Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ޙިމާޔަތުގައި (ފަސްވަނަ ބައި)

Rau Level 210 Stories100 Comments100 Login
July 1, 2018 3 Mins Read
11 Comments

އެވަގުތު ޔާސްމީންގެ ފަހަތުން ގޭތެރެއިން އައި ބާރު އަޑާއެކު ޔާސްމީން ފަސް އެނބުރި ބަލައިލިއެވެ. ނިތްކުރީގައި ޝަހާދަތް އިނގިލިން ފިރުމާލަމުން އޭނާ ކުރިމަތީގައި ހުރި ޒަފްގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާވެސް ހުރީ ޔާސްމީންގެ ފަހަތުން ފަނޑު އޮރެންޖް އަލި އެޅި ބިއްލޫރި ކުޑަދޮރުގެ ފަރުދާއިން ހިޔަނިވަމުންދިޔަ ދެމީހުންނަށް ބަލަހައްޓައިގެންނެވެ. ވަމުންދާގޮތް ކުރިމަތިން ސިފަވަމުންދިޔަޔަސް، އެއްވެސް މީހަކު އެކަމާގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ދޭން ޔާސްމީން ހުރީ ތައްޔާރުވެގެންނެއްނޫނެވެ. ފަސްއެނބުރި ގެއަށް ވަންނަން އޭނާ ހިނގައިގަތީ އެހެންވެއެވެ. ޔާސްމީން އެއްވެސް އެއްޗެއް ނުބުނެ ދާން ހިނގައިގަތުމާއެކު ޒަފްވެސް އިތުރަށް ޔާސްމީން ހުއްޓުވަން ނޫޅެ އެތަނުން ދާން ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެ އޭނާއަށް ހާއްސަކުރެވިފައިވާ، ބާވެ ހަސްފަސްނެތިފައިވާ ކުޑަ ކޮޓަރިގަނޑުގެ ކަނަކަށްވާގޮތަށް ގޮދަޑިއެއްވެސް ނެތި އިން ހަނި އެނދުގައި އޮށޯލިއެވެ. ވަށައިގެން ފެންނަ ވީރާނާކަމަށްވުރެ ހަގީގަތުގައި އޭނާގެ ދިރިއުޅުމުގެ ވީރާނާކަން ބޮޑެވެ. ގޭތެރޭގެ ދިރިއުޅުމާމެދު ވިސްނިވިސްނިހެން އޭނާގެ ސިކުނޑިއަށް  ބުރަހެލިކަން ވެރިވެ، ހިތް މާޔޫސްވާގޮތްވެއެވެ. ގަދަކަމުންވެސް އޭނާގެ ވިސްނުންތަކުގެ އަމާޒަކަށް ޒަފް ހަދަން އޭނާ މަސާއްކަތްކުރީ އެހެންވެއެވެ. ހިތް އެދޭގޮތަކީ އެއީ ނަމަވެސް، ބައެއްފަހަރު ހިތުގެ މައްޗަށް ސިކުނޑީގެ ހިސޯރުކުރުން ބޮޑުވާފަހަރުވެސް އާދެއެވެ. ޒަފް އާ ދޭތެރޭ ވިސްނާލެވުމާއެކު މަޑު މަޑު ހިނިތުންވުމެއް އޭނާގެ ތުނި ތުނި ތުންފަތާ ކުޅެލައިފިއެވެ.

ޚިޔާލީ ދުނިޔެއެއްގައި، އެގޮތުގައި އޭނައަށް އޮވެވުނީ ކުޑަ ހިނދުކޮޅަކަށެވެ. ކޮޓަރިއަށް ވަންނަން ހުރި ޓިނުން ހަދާފައިވާ ދޮރުގައި ބޭރުގައި ހުރެ ކޮންމެވެސް މީހަކު ޖެހުމާއެކު ދޮރުގައި ހަރުކޮށްފައިން ލަކުޑިން ހަދާފައިވާ މަކުޑި ދޮރު ކަންޏާވަކިވެ ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ ޢުމުރުން ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ ޒަރީރު އެވެ. ބޮލުގެ އިސްތަށިގަނޑުން ކަލުކުލައިގެ އަސަރު ފަނޑުވެ ހުދުކުލައިގެ އަސަރު ގަދަވެފައިވެއެވެ. ފަނޑު އޮރެންޖް ކުލައިގެ އަލީގެ ތެރެއިން ޒަރީރުގެ ކަޅު ދިހުންކުލައަރާ މޫނު ފެންނަނީ ބިރު ވެރިކޮށެވެ.

ޒަރީރު ފެނުމާއެކު ޔާސްމީނަށް ބޭއިޚްތިޔާރުގައި އެނދުން ތެދުވެވުނެވެ. މަކަރާއި ނުލަފާކަމުން ފުރިފައިވާ ހިނިތުން ވުމަކާއެކު ޒަރީރު ޔާސްމީނުގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. އޭނާގެ އަތުގެ މުލައްދަނޑީގައި ހުރި ބާރެއްލައި ޔާސްމީނުގެ ދެކޮނޑުގައި ހިފާ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. އެހިނދު، ބޭއިޚްތިޔާރުގައި ގައިގައި ހުރި ބާރެއްލައި ޔާސްމީނުގެ އަތުގެ ހޫނު ހަމަލާއެއް ޒަރީރުގެ ކަންކަށި މައްޗަށް ރައްދުކޮށްލައިފިއެވެ. ލިބުނު ސިހުމާއެކު ޒަރީރުއަށް ޔާސްމީނުގެ ގައިން ދޫކޮށްލެވުނެވެ.

“އަދި މިއަށްވުރެ ބާރު އެތިފަހަރެއް ބޭނުންތަ؟ އަހަރެންގެ ގައިގަ ހުންނާނީ އަރަމުންދާ ބާރު… ކަލޭގެ ގައިގަ ހުންނާނީ ފައިބަމުން ދާ ބާރު…” ޔާސްމީން ހަޅޭއްލަވައިގަތެވެ. މިއީ މިއިން ދުވަހަކު އޭނާއަށް ލިބުނު ހިއްވަރެއް ނޫނެވެ. ޔާސްމީންގެ އެ ޖެހިލުން ކުޑަކަންފެނި ޒަރީރަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ކުއްލިއަކަށް ނަމަވެސްއޭނާއަށް ޔާސްމީނާ ދުރަށް ޖެހިލެވުނެވެ. ހަމައެހާ އަވަހަށް އޭނާ ރުޅިވެސް އައެވެ. ދެވަނަ ސިކުންތުގެ ތެރޭގައި އަނެއްކާވެސް ޔާސްމީނުގެ އަތުގައި ހިފާ ޔާސްމީން އެނދުމައްޗަށް ކޮއްޕާލައިފިއެވެ. ޔާސްމީންގެ ގައިމައްޗަށް ޖެހިގަންނަން އޭނާ ކުރި މަސައްކަތް ބޭކާރުވިއެވެ. ޔާސްމީންގެ ފައިގެ ބާރު ހަމަލާއިން ޒަރީރު ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ. ޖެހުނުލެއް ބާރުކަމުން ޒަރީރު އޮތީ ވީ ތަދުން ދެއަތަށް ފުރޮޅިލަ ފޮރޮޅިލައެވެ. އެވަރުންވެސް ޔާސްމީނުގެ ހިތެއް ނުފުރުނެވެ. ފައިވަންކިބަ އަތަށް ހެޔޮވަރުކޮށްލަމުން ޒަރީރުގެ ހަށިގަނޑަށް އެ ފައިވާންކިބައިގެ ހޫނުކަން އޭނާ ދައްކާލިއެވެ. މި ހުރިހާދުވަހު ޒަރީރުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި އެޅިވޭނުގެ އަސަރު ޒަރީރުގެ މުސްކުޅި ހަށިގަނޑަށްވެސް ދައްކާލަން އޭނާ ބޭނުންވިއެވެ. ” އައްދިއްޔޯއި…. އައްދިއްޔޯޔޭ… ނުތަޅާށޭ…” ޒަރީރު ރޮއި ހޭރެމުން އަޑުގެ ކޮޅަށް ހަޅޭއްލެވިއެވެ. ހަފްސާ އައިސް ކޮޓަރިއަށް ވަނީ އެވަގުތުއެވެ. “މާތް ކަލާކޯ” އޭ ކިޔައި، ޔާސްމީންގެ އަތުން ހަފްސާ ފައިވަން ކިބައަތުލިއެވެ.

“ބަލަ ކަލޭގެ ލަދެއް ހަޔާތެއްވެސް ނެތީއޭ ދޯ މިހާރު! ބަލާބަލަ އެފަކީރަށް ހަދާފަ އޮތްގޮތް. ހޮޔޮވާނީ ކިހިނެތް” ޒަރީރު އޮތް ހާލު ފެނުމުން ހަފްސާގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ.

” މަންމަ ކީއްވެތަ ނުބަލަނީ އޭނަ ދަންވަރު މިގަޑީގަ މި ކޮޓަރިއަށް ވަންނަ ސަބަބު؟ ” އިސްޖަހާލަމުން ޔާސްމީން އެހެން ބުނެލީ މަޑުމަޑުންނެވެ.  ހަފްސާއަކީ ބަނޑުއަޅައި ވިހޭ މައިމީހާއަށްވީ ނަމަވެސް މަންމަ އޭނާއަށް ކުރާ ނަފްރަތު އޭނާ އަށް ހަމަ އެއްގޮތަކަށްވެސް ނުއޮޅެއެވެ. މަންމައަށް ނޭނގޭ ކަމަށް ހެދިޔަސް ގޭތެރޭގަ ހިނގާ ހުރިހާކަމެއް މަންމަ އަށް އެނގޭކަން ޔާސްމީނަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. ނަމަވެސް މަންމަގެ ލޯބި ގަދަކަމުން އޭނާ ހޯދާނީވެސް ކިހިނެތް ހެއްޔެވެ. މަންމަ ދެކެ އޭނާ ވާ ލޯތްބާއެއްވަރަށް، އެ މަންމަ ދެކެ އޭނާ ބިރުވެސް ގަނެއެވެ. އަންހެންކުއްޖެއްގެ ތަކްލީފު މައިމީހާއަށް ނުވިސްނޭނަމަ، އެކަން ވިސްނޭނެ ހަމައެކަކުވެސް މިދުނިޔޭގައި ނުހުންނާނެއޭ ޔާސްމީނުގެ ހިތް އަބަދާއި އަބަދު އޭނައަށް ބުނެދެއެވެ.

” ނުޖެހޭ ބަލާކަށް… ޝުކުރު ކޮށްބަލަ މިގޭގަ ހުރެވޭކަމަށް ޓަކައިވެސް… ” ހަފްސާ އެހެން ބުނެލަމުން، ޒަރީރު އަތުލަފިކޮށްގެން ކޮޓަރިން ނުކުންނަން ހަފްސާ ހިނގައިގަތެވެ. މަންމަ ނިކުތް ދޮރާ ދިމާއަށް ބަލަންހުރެ، ޔާސްމީންގޮސް އެނދުގައި އިށީނދެލިއެވެ. އިސްޖަހާލައިގެން އިނދެ އޭނާ އެތައް އިރެއްވަންދެން ރުޔެވެ. މިއަނދިރިކަމުން އޭނާ ސަލާމަތްވާނީ ކޮންދުވަހަކުން ބާއޭ އޭނާ ހިތަށް އެރިއެވެ. ފަތިސް ނަމާދު ބަންގިގޮވީވެސް އޭނާ އެގޮތުގައި އިންދައެވެ. ފަތިސް ނަމާދު ކުރަން އޭނާ އަވަސްވެގަތެވެ. ދިރިހުރުމާމަރާދެމެދު ތެޅެމުންދާ ހިތަކަށް ލިބޭނެ އެންމެ ބޮޑު ފަރުވާއަކީ ނަމާދެވެ. ދުނިޔެމަތީގައި އެއްވެސްމީހަކު އޭނާއަށްޓަކައި ނެތްނަމަވެސް، މާތްﷲ އޭނާއާއެކު ވޮޑިގެންވާކަމުގައި ޔާސްމީން ގަބޫލުކުރިއެވެ.

ފަތިސްނަމާދުކޮށްލައިގެން، ފަތިހުގެ ފިންޏާއެކު ޔާސްމީން ގެއިން ބޭރަށް ނުކުތެވެ. އޭނާގެ މިސްރާބުހުރީ ރަށުގެ ފާލަންކޮޅާ ދިމާއަށެވެ. ހަމަހިމޭން މަގުތަކުުގައި އޭނާ ހިނގަމުންދިޔައީ ފުރިހަމަ މިނިވަންކަމާއެކުގައެވެ. އެވަގުތު އޭނާގެ ބޯކޮޅު ބަލަމުން ފަސްފަހަތުން މީހަކު އަންނަ ކަމެއް އޭނާ ނުދެނެ ހުއްްޓެވެ.

ފާލަންކޮޅާ ހަމައަށް އާދެވުމާއެކު ދެފައި އެލުވާލައިގެން، އޭނާ ފާލަންމަތީ އިށީނދެލިއެވެ. ކަޅު ވޫލުކޮޅުން ހައްޔަރުކޮށްލެވިފައިވާ އޭނާގެ ރީތި އިސްތަށިގަނޑު، ސީދާ ކަނޑުން އަންނަ ފިނި ރޯޅިތަކުގެ ބީހިލުމަށް ދޫކޮށްލިއެވެ. އަރަމުން ދިޔަ އިރުގެ ދޯދިތަކުން މާހައުލްށްފެތުރިފައިވާ ފަނޑު ރަން އަލި އެޅި ޔާސްމީންގެ ދޮން ކަނދުރާގެ ރީތިކަން އިތުރުކޮށްދީފައި ވެއެވެ.

“ހާދަ ފަތިހަކާ ހޭލައިގެން ތިއުޅޭނީ” ފަހަތުން އައިސް މީހަކު އެހެން ބުނެލުމާއެކު ޔާސްމީން ފަސްއެނބުރި ބަލައިލިއެވެ. އޭނާއާ ޖެހިގެން ތަންކޮޅެއްފަހަތުގައި ހެވިފައިހުރީ ޒަފްއެވެ. ލައިގެން ހުރި ކަކުލާހަމައަށް އަރާ ކަޅު ސޯޓާއި ހުދުކުލައިގެ ޓީޝާޓްގައި އޭނާ ފެންނަލެއް ފިރިހެން ވަންތައެވެ. ޒަފްގެ ކިބައިގައިވާ ޔާސްމީން އެންމެ ހިތްހަމަ ނުޖެހުނު ސިފައަކީ ކަރުގައާއި އަތުގައި އަޅަފައި އެއޮންނަ ގިގުނި ފައްޗެވެ. ހަގީގަތުގައި އެ “ގަހަނާ” ތައްނެތި ފިރިހެނުން ފެންނަލެއް ޔާސްމީނަށް ހިތްގައިމުވެފައި ރީއްޗެވެ.

“އަހަރެންކަހަލަ އެކަނި ވެރިއަކަށް ފަތިހުގެ ހަމަހިމޭންކަމަކީވެސް ބައިވެރިއެއް..” މާނަ ފުންނަޒަރަކުން ޒަފްއަށް ބަލައި ލަމުން ޔާސްމީން ބުނެލިއެވެ. ޔާސްމީނުގެ ރީތި ދެލޮލަށް ބަލައިލަމުން ފޫޓޭއްހާ ދުރުމިނުގައި ޔާސްމީން އިންގޮތަށް ޒަފްވެސް އިށީނދެލިއެވެ.

“ބައިވެރިއަކަށް އަހަރެން ކިހިނެތް؟” ޒަފް އެހެން ބުނެލުމާއެކު ޔާސްމީނުގެ އަތަށް ފިނިވެގެން ދިޔައެވެ. ހިތުގެ ވިންދު އަވަސްވެލިހެން ހީވިއެވެ. ޒަފްގެ ތުންފަތުގައި ކުޅެލީ މާނައިން ފުރިގެންވާ ހިނިތުންވުމެކެވެ.

(ނުނިމޭ)

ނޯޓު: މިވާހަކަ އަކީ 2017 ވަނަ އަހަރު އަޅުގަނޑު ލިޔަންފެށި ވާހަކައެކެވެ. އަމިއްލަ ދިރިއުޅުމުގައި ދިމާވި ކަމެއްގެ ސަބަބުން، މި ވާހަކަ ފުރިހަމަނުކޮށް މެދުކަނޑާލަން ޖެހުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށްއެދެމެވެ. އެހާ ގިނަދުވަސް ތަކަކަށްފަހު މިވާހަކަ އަލުން ފަށާއިރު ކުރީގެ ބައިތައް ހަނދާންނެތިފައިވުމަކީވެސް އެކަށީގެންވާކަމެކެވެ. ނަމަވެސް އަލުން މިވާހަކަ ފަށައިގެން ގެނެސް ދިނުމުގެ ބަދަލުގައި އޭރު ނިންމި ހިސާބުން ފެށިގެން ކުރިއަށް ގެންދިއުން ރަނގަޅު ކަމުގައި އަޅުގަނޑަށްފެންނާތީ އެގޮތަށް ކުރިއަށް ގެންދާނަމެވެ. ހަނދާންނެތިފައިވާނަމަ އަޅުގަނޑުގެ ނަމަށް ކްލިކް ކޮށްލައިގެން ކުރީގެ ބައިތައް ކިޔުއްވާލެއްވުމަކީ އެދުމެކެވެ. މިވީ ދުވަސްތަކުގައި ފޭސްބުކުން އަޅުގަނޑުގެ ޕޭޖަށް މެސެޖްކޮށްގެން އަޅުގަނޑު އަލުން ވާހަކަ ލިޔުމަށް ހިތްވަރުދީ ކިޔުންތެރިން އަޅުގަނޑާ ދޭތެރޭ ބެހެއްޓި ގާތްކަމަށް ޝުކުރުއަދާކުރަމެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

އެ ވަޢުދު (12) ދެވަނަބައި

Next

ހާމަ ކުރީމާ ލޯބި މަވާކަން ( ކިޔުންތެރިންނަށް)

Next
July 1, 2018

ހާމަ ކުރީމާ ލޯބި މަވާކަން ( ކިޔުންތެރިންނަށް)

Previews
July 1, 2018

އެ ވަޢުދު (12) ދެވަނަބައި

11 Comments!

  1. Jazlee says:
    July 1, 2018 at 4:44 pm

    Yeyyy me first dhw. Vrh reethi mi prashah. .

  2. Jazlee says:
    July 1, 2018 at 4:45 pm

    Part *

  3. zeen says:
    July 1, 2018 at 4:53 pm

    haadha dhuvas kohlaafa ey dho emme oart ehves up kuran thi hithah ery
    mi part haadhahaavaa kurey
    nuliyevnyaa nuliye hureema nimuneenu dho keehkuran liyaneekee
    maa las v ma meehunge faadu kiyun ves amaazu vaane dho ??????????????

  4. hasen says:
    July 1, 2018 at 4:59 pm

    zeen eh kamaku meehunaa dhimaalah thigothakah vaahaka eh nu dhehkeyne
    aslu its not fair
    hasen ah ves beynumiyya rau aa dhimaalah ehchehi ki dhaana dho

  5. Fathimath says:
    July 1, 2018 at 5:32 pm

    Ahahaha… dhn mithaa fight eh fattain vaahaka liyan v thoa nuliyan vythoa bahus eh kurumuge beynumeh nufenun.. zeen vx kiyan beynumiyya kiyan v… vaahaka liyunas adhi eyga zeen ah kiyan force nukuranna mahsala eh nufene… rau vaahaka reethi.. avahah up khla dheyne kamah ummeedh kuran… vaahaka nimendhen genesdhehchey

  6. ***** says:
    July 1, 2018 at 5:57 pm

    Nimendhn genesdhenikh varihama dhw garunaku eh faharu viyas…. vrh hevvaaa dhn…..

  7. Livee says:
    July 1, 2018 at 5:57 pm

    Salhi!dhen ehaa gina dhuvas nukuraanan dho

  8. hajja says:
    July 1, 2018 at 9:35 pm

    He he Welcome back dear story nice

  9. Reality says:
    July 1, 2018 at 10:20 pm

    Aslu komme meehakyves life ga ekikaha kankamaa kurimathilaan nehidhaane myheh. Rau ge life ga dhimaavy konkahala kameh kanves neyngi thihaa rude vaakah nuvaane dho. Mi site ah story liye aharemen entertain kohdhey liyuntherinnah shukuru haggu hama. Evves agakaanulaa hamaekani kiyuntherinnahtakaa dho a liyany

  10. juma says:
    July 1, 2018 at 11:32 pm

    Reality thibuny hama thedheh. Rau aky hama baraabarah story up kuraa kuhjeh..dhen konme meehakah vs ekahala kameh dhimaavedhaane.. ehen noonas story kiyaa hiyy nuvaa meehun nukeema veenu.. rau konme meehaku konme ehcheh kias story up kuran vaane ingey.. Hurihaa enmmen hinhama jehey gothah ehvs kameh nuvaane abadhu eh.. rau ge story thah hama varah salhi ingey

  11. Kiyaa meeha says:
    July 6, 2018 at 7:29 am

    V reethi.komme dhuvahaku kahalain mi sitah vadhe eba check kohlan rangalhu liyuntheriyehge vaahaka indheytho. Imagination ge vaahaka nimun fahun adhi milibuny kiyaalan kamudhaakahala vaahaka rh mi situn

Comments are closed.



All Right Reserved!