Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (10

hattey Level 410 Stories100 Login100 Comments500 Login
July 2, 2018 6 Mins Read
17 Comments

“އަޒީލް…!” ތޫނު ހިމަ އަޑަކުން ގޮވާލުމުން އަޒީލް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލިއެވެ. އެއަޑު އަޒީލްގެ ކަންފަތުގައި ރަނގަޅަށް ވެސް ޖެހުނެވެ. ފަސްއެނބުރި ބަލާލަން ހިތަށް އަރުވާލާފައިވެސް ނުރުހިފައި އަޒީލް ކުރިއަށް ހިނގައިގަތެވެ. އެއީ ކާކުކަން އަޒީލްއަށް ޔަޤީންވާާ ކަހަލައެވެ. އާނއެކެވެ. އެއީ އެމީހެއްގެ އިންތިޒާރުގައި އަޒީލް އެތައް އިރެއްް ހޭދަކުރި އިންސާނާއެވެ. އެއީ ޝިފްނާ ނޫން ދެވަނަ މީހެއް ނޫނެވެ. “ސޮރީ…” މަޑުމައިތިރި ނިޔަނެތި އަޑަކުން ޝިފްނާ ބުނެލިއެވެ. ފަސްއެނބުރި ބަލައިވެސް ނުލައި އަޒީލް ދާން އުޅެގަތުމުން ޝިފްނާ މަޢާފަށް އެދުނެވެ. އަންނަން ބުނި ވަގުތަށް ޝިފްނާއަށް ނާދެވުނީތީ އަޒީލް ހުރީ ހިތްހަމަ ނުޖެހިފައިކަން ޝިފްނާއަށް ވިސްނުނެވެ. ޝިފްނާގެ ދެވަނަ ލަފުޒުން އަޒީލްގެ ހިތަށް އަސަރު ކުރުވިއެވެ. އެވަގުތު އޭނާގެ ހިތާއި ސިކުނޑީީގެ ވިސްނުން ހެޔޮ ވަރަކަށް ޖެހިލި ވައިރޯޅި އާއިއެކު ބަދަލުވެގެން ދިއެވެ. އެތަނުން ދާން އަޒީލް ކުރި ޚިޔާލު ދޫކޮށްލުމަށްފަހު ފަސްއެނބުރި ޝިފްނާއަށް ބަލާލިއެވެ. “ކީއްވެ އެހާ ލަސްވީ…؟ ކިހާއިރެއް ޝިފްނާގެ އިންތިޒާރުގަ ހުންނަތާ…އަދިކިރިޔާ ތި އާދެވުނީ…” ޝިފްނާއާއި އެއްފަރާތަށް އެނބުރިލުމަށްފަހު އަޒީލް ޝަކުވާ ކުރިއެވެ. އަދިވެސް ހިސާބަކަށް ނުރުހުމުގެ އަސަރު އެ ހިތުގައި އެކުލެވިފައިވާާކަން އެ ޝަކުވާތަކުން ހާމަވާން ހުރިއިރު އެ ޒުވާން މޫނުމަތިން ވެސް އޭގެ އަސަރު ފެންނަން ހުއްޓެވެ. “ސޮރީ…މީ އަަހަރެންގެ އެކުވެރިންގެ ހެޔޮކަން….މީ…އެއުޅޭ ނިހާމާއާއި މާޝާގެ ކަންތައް…..އަހަރެންް އަޒީލްއާއި ބައްދަލު ކުރަން އުޅޭކަން އެނގިގެން އެދެމީހުން އަހަރެން އަޔަނުދީ ހިފެހެއްޓީ….ދެމީހުން ވެސް ވަރަށް ޖެއްސުން ބޮޑުވާނެ….” ކަންވީގޮތް އޮޅުވާލުމެއް ނެތި ޝިފްނާ އަޒީލްއަށް ކިޔައިދިނެވެ. ޝިފްނާގެ އިންތިޒާރުގައި އަޒީލްއަށް އެހާ ގިނަ ވަގުތު ހޭދަކުރަން ޖެހުނީ އެކުގައި އުޅޭ ގާތް ދެ އެކުވެރިންގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އެއްވެސް ދެކޮޅުހެދުމެއް ނެތި ޝިފްނާގެ ވާހަކަ އަޒީލް ޤަބޫލުކުރިިއެވެ. އިތުރަށް ޝަކުވާނުކޮށް ހިނިތުންވެލުމަށްފަހު ޝިފްނާއާއި ވާހަކަ ދައްކަން އަޒީލް ފެށިއެވެ.

އަޒީލްއާއި ޝިފްނާގެ ބައްދަލުވުން ފެނުމުން ދާނިޝްގެ ސިކުނޑީީގައި ރީޝާގެ ޚިޔާލުތައް ދައުރުވާން ފެށިއެވެ. އެ ފަސްގަނޑުން އެންމެ ފުރަތަމަ ރީޝާ ފެނުނު ދުވަހުގެ ހަނދާންތައް އާވާން ފެށިއެވެ. ފުރަތަމަ ނަޒަރުން ވެސް ރީޝާއަށް ދާނިޝް ހިތް ކިޔާލީ އަންތަރީސްވާ ވަރަށެވެ. އެދުވަހުން ފެށިގެން ރީޝާގެ ފަސް ފަހަތް ބަލަމުން އައިސް ރީޝާގެ ލޯތްބަށް އެދި އެ ލޯބި ދާނިޝް ކާމިޔާބު ކުރީ ތަކުލީފު ތަކަކާއި އެކުގައެވެ. ރީޝާގެ ލޯބި ހާސިލު ވުމުން އެދުވަހު ދާނިޝް ހުރީ އިންތިހާއަށް އުފާވެފައެވެ. އެހެނަސް މިއަދު ދާނިޝްގެ ހިތުގައި ވަނީ ރިހުމެވެ. ލޮލުގައި ވަނީ ކަރުނައެވެ. ރީޝާދެކެ އިންތިހާއަށް ވެވުނު ލޯބި ވަނީ ނަފުރަތަަށް ބަދަލުވެފައެވެ. ރީޝާދެކެ ލޯބި ނުވެވުނު ނަމައޭ އޭނާގެ ހިތަށް އަރާ ފަހަރު މަދެއްނޫނެވެ. އެ ޚިޔާލު ތަކުގައި ހުއްޓައި ދާނިޝްގެ ސަމާލުކަން އަތުލީ އޭނާގެ ފޯނެވެ. މާޒީގެ ހަނދާންތަކުން ލޮލުުން ކޯރިގަތް ކަރުނަތައް އެއްފަރާތް ކޮށްލުމަށްފަހު ޖީބުން ފޯނު ނަގައި ކަންފަތުގައި ޖައްސާލީީ ގުޅަމުން އެދަނީ އޭނާއާއި އެއް އޮފީހެއްގައި އުޅޭ ރައްޓެއްސަކު ކަން އެނގޭޭ ހާލުގައެވެ.

ހަވީރުގެ ވަގުތެކެވެ. ހަނާޝް ރީތި ކޮށްލައިގެން ރީޝާ ކޮޓަރިން ނިކުތީ ހަވީރު ފިންޏަށް ބޭރަށް ޖެހިލާށެވެ. އެވަގުތު އޭނާގެ މަންމައާއި ކޮއްކޮ ރައީޝް އައިސް އެގެއަށް ވަނެވެ. އެހިނދު ރީޝާގެ މޫނުމަތި އުޖާލާވެގެން ދިއެވެ. ލޯބިވާ މަންމައާއި ކޮއްކޮ ފެނުމުން ހުރިހާ އުދާސްތަކެއް ވަޔަށް ބުރައިގެން ދިއަ ކަހަލައެވެ. ރީޝާގެ އުރުގައި ހުރި ހަނާޝް ފެނުމުން ޒުލޭޚާއަކަށް މަޑަކުން ނުހުރެވުނެވެ. ރީޝާގެ އަތުން ހަނާޝް ޖަހައިގަތީ ނިކަން އަވަހަށެވެ. އުފަން ދަރިއަކުފަދައިން ރީޝާ ހަނާޝްދެކެ ލޯބިވާގޮތަށް ޒުލޭޚާ ވެސް މާމަ ދަރިއަކުފަދައިން ހަނާޝްދެކެ ނިހާޔަތަަށް ލޯބިވެއެވެ. ޒުލޭޚާމެންގެ އަޑު އިވުމުން ވަސީމާ ވެސް ކޮޓަރިން ނިކުމެ އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވާލުުމަށްފަހު ސޯފާގައި އިށީނނުމަށް އެދުނެވެ. “ރީޝާ ދޭ މަންމަމެންނަށް ސައިި ތައްޔާރު ކޮށްލަން…” ރީޝާއަށް ބަލާލަމުން ވަސީމާ ބުނެލިއެވެ. ވަސީމާ ދެން ނަޒަރު ހިންގާލީީ ޒުލޭޚާއަށެވެ. “މިއަދު ގެއަށް ދާންވާނީ މިގެއިން ސައިބޮއެގެން…” ސޯފާގައި ރަނގަޅަށް އިށީންނަމުން ވަސީމާ ބުންޏެވެ. “އެންމެ ރަނގަޅު….އެކަމަކު…ޝަަރުތެއްގެ މަތިން….މި ހުރިހާ ދުވަސް ވީއިރުވެސް ވަސީމާއަކަށް އަހަރެމެންގެ ގެއަކަށް ނުދެވެއެއްނު….ވަސީމާވެސް އަހަރެމެންގެ ގެއަށް ސައިފޮދެއް ބޯލަން ދާންވާނެ…” ވަސީމާއަށް ބަލާލަމުން ޒުލޭޚާ ބުނެލިއެވެ. ޒުލޭޚާގެ އެ ދަޢުވަތު އުފަލާއިއެކު ވަސީމާ ޤަބޫލްކުރިއެވެެ. އިރުކޮޅަކު ވާހަކައިގައި ތިބުމަށްފަހު ރީޝާ ސައި ތައްޔާރު ކޮށްލުމުން އެއަށް އިންސާފު ކޮށްލުމަށް ވަސީމާގެ އެދުމުގެ މަތިން ޒުލޭޚާއާއި ރައީޝް ވަސީމާއާއިއެކު ހިނގައިގަތެވެ.

ސޯފާގައި ތިބެ ވަސީމާއާއި ޒުލޭޚާ މެދުކަނޑާލިި ވާހަކަ ކާމޭޒުދޮށުގައި ތިބެ ކުރިއަށް ގެންދަންފެށިއެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ވާހަކަ ފޯރިއާއިއެކު ވަސީމާމެން ދައްކަން ފެށުމުން ސައިތަށިން ކޯވަރެއް ދަމާލުމަށްފަހު އެ ވާހަކައިގައި ރީޝާވެސް ބައިވެރިވި ވެލިއެވެ. ލޯބިވާ މަންމައާއި ވާހަކަ ދައްކާލަން ލިބުނު އެ ފުރުސަތުގެ ބޭނުން ރީޝާ ހިފާލީ އެކަހަލަ ފުރުސަތުތައް ލިބުން މަދުވެފައި ވާތީއެވެ.

އޮފީހުން ނިމިގެން ދާނިޝްއަށް ގެއަށް އާދެވުނުއިރު އެގާރަ ޖަހަން ހުރީ މަދު މިނެޓްކޮޅެކެވެ. ވެފައިހުރި ވަރުބަލި ކަމެއްގެ ސަބަބުން ފުރަތަމަ ވެސް ދާނިޝްއަށް އެނދުގައި ބުރަކަށި ޖައްސާލެވުނެވެ. ކައިރީގައި ނިދައިފައި އޮތް އޭނާގެ ދަރިފުޅަށް ބަލާލީ އޭގެ ފަހުގައެވެ. ދާނިޝް މަޑުމަޑުން ބޯ ހިއްލާލުމަށްފަހު ހަނާޝްގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލިއެވެ. އެވަގުތު އޭނާއަށް ކޮންމެެސް ކަމެއް ފާހަގަ ކުރެެވުނެވެ. އެކަން ޔަޤީންކޮށްލުމަށް ކޮޓަރިތެރެ އެކީއެކަށް ދިއްލާލިއެވެ. ދެވަނަ ފަހަރަށް ވެސް ހަނާޝްގެ ބޮލުގައި އަތް ކާއްތާލުުމުން ދާނިޝްއަށް އިހްސާސްވީ ހަމަ އެއްކަމެކެވެ. ހަނާޝްގެ ބޯ ދުޅަވެފައި ހުއްޓެވެ. އެހިނދު ދާނިޝްގެ މޫނުމަތީީގެ ކުލަވަރު ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ބޮލުގައި ރިއްސައިގަތެެވެ. ހިތަށް ވެރި ކުރުވީ ބުނެދޭން ދަތި އަސަރު ތަކެކެވެ. ހަމަ އެ ވަގުތުު ފާޚާނާއިން ނިކުތް ރީޝާއަށް ދާނިޝް ކަޅި އަޅާލިއެވެ. ނުރުހިފައި ހުރެއެވެ. “ކިހިނެއްވެެފަ ހަނާޝްގެ ބޮލަށް އެހުރީ….؟” އެނދުން ތެދުވެގެން ގޮސް ދެބުމަ ގޮށްޖެހާާލައިގެން ހުރެ ރީޝާއާއި ދާނިޝް ސުވާލު ކުރިއެވެ. “އެއީ މިއަދު….” ރީޝާގެ ދޫ ހަރަކާތް ކޮށްލީ އެ ހިސާބަށެވެ. ދެންް ބޭރުވީ ވޭނީއާާހެކެވެ. ކަންވީގޮތް ދާނިޝްއަށް ބުނެދޭން މަސައްކަތްްކޮށްލި ވަގުތު ދާނިޝްގެ އަތުގެ ހޫނު ބޮނޑިއެއް ރީޝާގެ ކޯތާފަތް މައްޗަށް އެރިއެވެ. ވީތަދުން މޫނުގައި އަތް އަޅާލައިގެންހުރެ ދާނިޝްއަށް ރީޝާ ބަލާލީ ހަނާޝްއަށް ލިބުނު އަނިޔާގެ ސަބަބަކީ އޭނާއެއް ނޫނޭ ބުނާާކަހަލަ ގޮތަކަށެވެ. ރީޝާގެ ލޮލުން އިސާހިތަކު ކަރުނަ ހިލިގަތެެވެ. ރަަންކަނި ޖެހޭވަރު ވެފައިހުރި ދާނިޝް ގެ އެ އަމަލުން ރީޝާއަށް ސިހުން ގެނުވިއެވެ. ދާނިޝްގެ އެ ސިފަ މީގެ ކުރިން ރީޝާއަށް ވަނީ ސިއްރު ވެފައެވެ. އެކަން ޤަބޫލު ކުރަން ރީޝާއަށް ދަތިވިއެވެ. “އަނގަ ހުޅުވާފަ ވާހަކަ ދައްކަން ލަދެއް ނުގަނޭތަ…..؟ އަހަރު ނުފުރޭ ކުޑަ ކުއްޖެެކޭ އެއީ…..ކަލޭ މަށަށް ދިން އަނިޔާ ކުޑައީތަ….؟ މިހާރު މަގޭ ދަރިފުޅަށް އަނިޔާ ކުރަން ތި ފެށީ….” އައިސްފައި ހުރި ރުޅިމަތީގައި ތަނެއް ދޮރެއް ބަލާނުލައި ދާނިޝް ރީޝާގެ ބޮލުގައި ހަނާޝްއަށް އަނިޔާ ކުރިކަމުގެ އިލްޒާމު އަޅުވާލިިއެވެ. ކަންވީގޮތް ބެލުމެއްނެތި ކުށްވެރިއަކީ ރީޝާކަމަށް ނިންމައި އިންސާފުކޮށްލީ ވަރަށްވެސް ހަރުކަށި ރަހުމްކުޑަ ގޮތަކަށެވެ. “ހަނދާން ކުރާތި….! ދެން އަހަރެންގެެ ދަރިފުޅަށް ޒައްރެއްގެ މިންވަރަށް އަނިޔާ ކުރިއަސް އަހަރެންް މީ ނުލަފާ މީހެއްކަން ދައްކާލާނަން….” ކުޑަކުޑަ ހަނާޝްއަށް އަނިޔާ ކުރިކަމަށް ބުނެ ނުޙައްޤު އަދަބެއް ރީޝާއަށް ދިނުމަށްފަހު ދާނިޝް ކޮޓަރިން ނިކުތީީ ހިތުހުރިބާރަށް ކޮޓަރީގެ ދޮރުފަތްވެސް ޖަހާލުމަށްފަހުގައެވެ.

އެ އަޑަށް ސިއްސައިގެންގޮސް ހަނާޝް ތެޅިގަތެވެ. ދެން އިވުނީ ހަނާޝް ރޮއެގަތް އަޑެވެ. ރީޝާގެ ހިތަކަށް އެއަޑު އަހާކަށް ފަސޭހައެއްނުވިއެވެ. މޫނުން އަތް ނަގަމުން ހަނާޝްގެ ކައިރިއަށް ގޮސް ހަނާޝް މަސަލަސް ކުރެވޭތޯ އޭނާ ބެލިއެވެ. ރީޝާގެ އަތުގެ ފިރުމުން އިހްސާސް ވުމުން ހަނާޝްގެ ރުއިމުގެ އަޑު ލަސްތަކެއްނުވެ ކެނޑިގެންދިއެވެ. އެހެންކަމުން ހަނާޝްގެ މަގަތުގައި ރީޝާ އޮށޯތެވެ. ފިކުރެއް ނެތި ނިދާލެވޭތޯ ލޯމަރާލީ ފުން ނޭވާއެއް ދޫކޮށްލުމަށްފަހުގައެވެ. ނަމަވެސް ރީޝާއަކަށް ނިދޭ ގޮތެއް ނުވިއެވެ. ފާއިތުވެެގެންދިއަ މަދު މިނެޓްކޮޅެއްގެ ހަނދާންތައް އޭނާގެ ސިކުނޑި ބަރާކޮށް ހިތަށް އަސަރު ކުރުވަމުން ގެންދިއެވެ. އެކަން އޭނާގެ ލޮލުން ފޭދިގަތް ކަރުނަ ސާބިތުކޮށްދިނެވެ. ދާނިޝްގެ އެ ރަހުމްކުޑަ ޢަމަލުން ރީޝާގެ ހިތަށް ލޮޅުމެއް އެރިއެވެ. ޤަބޫލު ކުރަންދަތި ހާލެއްގައި ރީޝާ އޮތީ އެއީ ހަމަ ހަޤީގަތެެއްބާއޭ ހިތަށް އަރުވާލަ އަރުވާލައެވެ. އެ ޚިޔާލުުތަކުުން ފޭދުނު ކަރުނައާއިއެކު ރީޝާއަށް ނިދުނު އިރު ދަންދެބައިވެެއްޖެއެވެ.

“އަހަނ…! ދަރިފުޅާ…! މިއަދު ހާދަ އަވަހަކަށް ތި ހޭލީ….އަނެއްކާ މިއަދުވެސް އަޒީލްއާއިއެކު ތާކަށް ދާންވެފަ އޮތީތަ…؟” ހެނދުނު ހެނދުނާ ދާނިޝް ފެނުމުން ވަސީމާ އަހާލިއެވެ. ނަމަވެސް ވަސީމާގެ ސުވާލަށް ޖަވާބުު ދިިނުމެއްނެތި ކާމޭޒުދޮށުގައި ދާނިޝް އިށީނެވެ. އެއިރު ވަސީމާ ހުރީ ހެނދުނުގެ ސައި ތައްޔާރުކޮށް ނިންމާލަައިފައެވެ. ދާނިޝްގެ ފަރާތުން ޖަވާބެއް ނުލިބުމުން ކޮންމެެސް ކަމަކާއި ދާނިޝް ހިތްހަމަ ނުޖެހިފައި ހުރިކަން ވަސީމާއަށް މޭރުންވިއެވެ. އޭގެ ސަބަބު އޮޅުންފިލުވާލަން ހިތަށް އަރުވާލާފައިވެސް އެޚިޔާލު ވަސީމާ ދޫކޮށްލީީ އެވަގުތު ދާނިޝްގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން ޔަޤީންވާތީއެވެ. “މަންމަގެ ކުޑަ ދަރިފުޅު ހޭލައިފިތަ….؟” ދާނިޝްއަށް ފެންތައްޓެއް އަޅައިދެމުން ހަނާޝްގެ ވާހަކަ ވަސީމާ އަހާލުުމުން އާއެކޭ ބުނާކަހަލަ ގޮތަކަށް ދާނިޝް ބޯ ޖަހާލިއެވެ. ދަރިފުޅަށް އެނގޭތަ….؟ ރޭގަ އެސޮރަށް އެހުރީ އަނިޔާއެއް ލިބިފަ….ހާދަ ވަރަކަށް ރޮއެލިިއޭ…..އެސޮރު ސޯފާގަ ބައިންދާލާފަ އަތަކަށް ޖެހިލިތަނާ ދެން އިވުނީ މުށިތައް މައްޗަށް ވެއްޓުނުު އަޑު….ބޯ ޖެހުނު ގޮތަކުން ދުޅަވެސް ވެފަ ހުރީ….” އެރޭ އިރުއޮއްސުނުު ވަގުތު ހަނާޝްއަށް ލިބުނު އަނިޔާގެ ވާހަކަ ވަސީމާ ދާނިޝްއާއި ހިއްސާކޮށްލިއެވެ. އެއާއިއެކު ކުށެއްނެތި ރީޝާއަށް ދެވުނު އަދަބު ދާނިޝްގެ ހަނދާނަށްއައެވެ. އެހެނަސް އެކަމާއި މާބޮޑަށް ވިސްނާކަށް ދާނިޝް ގަސްތެއް ނުކުރިއެވެ. ސައިބޮއެ ނިމިގެން ދާނިޝް ނިކުތީ ބޭރަށެވެ.

އުޑުމަތި ސާފުވެފައި ވިލާތައް މަދެވެ. އިރުގެ ރަން ދޯދިތައް ފެތުރިފައި ހުރިއިރު ފަޒާތެރެ ފެންނަނީ ނިކަން ޗާލުކޮށެވެ. ކަނޑުގެ ލޮނުގަނޑު އޮތީ ވަރަށްވެސް ހަމަހިމޭންކަަން މަތީގައެވެ. ސިއްރު ސިއްރުން ވައިރޯޅި ވެލާކަން އިހްސާސް ކުރެވޭ ހާލުގައި ފުން ޚިޔާލަަކަށް ގެއްލިފައި ދާނިޝް އިނެވެ. “އެކަނި މާއެކަނި މިތާ ކީއްތިކުރަނީ….؟” ސިއްސައިގެން ގޮސް ފަސް އެނބުރި ދާނިޝް ބަލާލީ ކޮންމެެސް މީހަކު ފަހަތުގައިހުރެ އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. އެ މީހަކަށް ރަނގަޅަށް ބަލާލައިފައި ދާނިޝް ހައިރާންވިއެވެ. އެހާމެ އުފާވެސް ވިއެވެ. “ފަޔާޒް…!” އެތައް އަހަރަކަށްފަހުު އެކުގައި ކިޔަވަން އުޅުނު ފަޔާޒްއާއި ބައްދަލު ވުމުން ދާނިޝްއަށް އުފަލުން ތެޅިގަނެވުނެވެ. “ކޮންތާކު މިހުރިހާ ދުވަހު ތި އުޅުނީ….؟ ޚަބަރެއް ވެސް ނުވަމެއްނު….” ފާއިޒްއާއި ސަލާމް ކޮށްލުމަށްފަހު ދާނިޝް ބުނެލިއެވެ. “ކިހިނެއްތަ ޚަބަރެއް ވާނީ….؟ މިކޮޅުން ކިޔެވުން ނިންމާލިިގޮތަށް އަހަރެންް ދިޔައީ ރާއްޖޭން ބޭރަށް….ފަސްއަހަރު ފަހުން މާލެ މި އައީވެސް މަންމަ ބަލިކޮށް އުޅޭތީ….އަހަރެންް ބުނީމެއްނު އިންޖިނޭރަަކަށް ވާން ބޭނުންވާ ވާހަކަ…..މަސައްކަތް މި ކުރަނީ އެ ހުވަފެން ޙަޤީޤަތަަކަށް ހެދޭތޯ….” ލޮލުގައިއޮތް އަވި އައިނު ނަގަމުން ފަޔާޒް ވާހަކަ ދައްކަންފެށިއެވެ. މީގެ ފަސްއަހަރު ކުރިން ރާއްޖޭން ބޭރަށް ދިޔަގޮތަށް މާލޭގެ ފަސްގަނޑުުގައި ފަޔާޒް ފައިޖައްސައިލީީ ނިމިގެން ދިއަ ހަފުތާގެ ހުކުރު ދުވަހުއެވެ. ފަޔާޒްއަށް އައިސްފައި ހުރި ބަދަލުންވެސް ދާނިޝްއަށް ފަޔާޒް އެބުނި ވާހަކަ ޤަބޫލްް ކުރެވުނެވެ. މީގެ ފަސްއަހަރު ކުރީގެ ފަޔާޒްއާއި މިހާރު ދާނިޝްގެ ކުރިމަތީގައި އެހުރި ފަޔާޒްއާއި ހުުރި ތަފާތު ނިކަން ރަނގަޅަށް ހާމަވާން ހުއްޓެވެ. “ކޮބާ އަޒީލް…؟ މާލޭގަަ އެބައުޅޭތަ؟” ކުއްލިއަކަށް އަޒީލް މަތިން ހަނދާންވުމުން އަޒީލްގެ ވާހަކަ ފަޔާޒް އަހާލިއެވެ. “އެބައުޅޭ…..އަހަރެމެންނަކަށް މިތަންް ދޫކޮށްފަ އެހެން ތަނަކަށް ނުދެވޭނެ….މީ އަހަރެމެންގެ އުފަން ރަށް….މިތަން ދޫކޮށްފަ ޢާއިލާ ދޫކޮށްފަ އަހަރެމެންނަކަށް އެހެން ތަނަކު ނޫޅެވޭނެ…” ފަޔާޒްގެ ސުވާލަށް ޖަވާބުދެމުން ދާނިޝް ބުނެލިއެވެ. “ކިހިނެއްތަ ދާނިޝްގެ ދިރިއުޅުން…؟ ރަނގަޅަށްތަ ކުރިއަށް ދަނީ…؟ މީހަކާ އިނދެފިންތަ…؟ އަޒީލް މީހަކާ އިނދެފިތަ…؟” އެތައް އަހަރަކަށްފަހުު ދާނިޝްއާއި ބައްދަލުވުމުން ނޭގޭ އެތައް ކަންތައްތަކެއް ހުރީތީ ސުވާލަކަށްފަހު ސުވާލެއް ދާނިޝްއާއި ކުރަމުން ފަޔާޒް ގެންދިއެވެ. “އަހަރެން….އަހަރެންް މިހާރު ދެ ކައިވެނި ކޮށްފިން….ދަރިއަކުވެސް އެބަހުރި….އެކަމަކު….އަހަރެންގެެ ދިރިއުޅުން ކުރިއަށްދަނީ މާ އުފާވެރި ގޮތަކަށް ނޫން…. ސަބަބުތައް ބައިވަރު….އެވާހަކަތައް ކޮންމެެސް އެހެން ފުރުސަތެއްގަ ފަޔާޒްއަށް ކިޔައިދޭނަން….” ހަޔާތުގެ އެންމެ ބޮޑު ހަޤީގަތް ފަޔާޒްއަށް ދާނިޝް ބުނެދިނެވެ. “މަށަކަށް ހިއެއްނުވޭ މިއިން ޒަމާނަކުވެސް އަޒީލް މީހަކާއި އިނދެފާނެހެނެއް…މީހަކާއި އިންނާނީ އޭނާއަށް ކަމުދާ ކަހަލަ ރަނގަޅު އަންހެން ކުއްޖަކު ދިމާވެގެނެއްނު….ކިތަންމެ އަންހެން ކުއްޖަކު ވެސް އަޒީލްގެ ހަޔާތަށް އަތުވެއްޖެ….އެކަމަކު….ދެދުވަހު އެކަކާއި ރައްޓެހިވެގެނެެއް ނޫޅޭ…ހައިރާންވޭ..އެހާގިނަ ކުދިންނާއި ރައްޓެހިވިއިރުވެސް އެއްވެސް ކުއްޖަކާ ސީރިއަސްކޮށް ރައްޓެއްސެއް ނުވޭ….މިހާރުވެސް ކޮންމެެސް އަންހެން ކުއްޖަކު ފެނިގެން މާ ރީތިވެގެން އުޅެނީ….މަގޭ ހިތަށްއަރާ އޭނަަ އިސްލާޙްވާނީ ކޮންދުވަހަކުން ބާއޭ….” އަޒީލްގެ ވާހަކަ ފަޔާޒްއަށް ދާނިޝް ކިޔައިދޭޭންފެށީ ހިނިތުންވުމަކާއި އެކުގައެވެ. ނަމަވެސް އެވާހަކަ ނިންމާލީީ ހިތުގައި އޮތް ޝަކުވާއަަކާއި އެކުގައެވެ. އަޒީލްގެ ފަތިފުށް އެނގުމުން ފަޔާޒްއަށް ހެވެންފެށުނެވެެ. އަޒީލްއަށް ބަދަލެއް ނާދޭތާއޭ އޭނާގެ ހިތަށް އެރިއެވެ. “ކޮބާ ފަޔާޒްގެ ހާލަކީ…ފަޔާޒް ނީންނަންތަ މީހަކާ…؟” އަޒީލްގެ ވާހަކަ ކުޑަ ގޮތަކަށް ކިޔައިދިނުމަފަހުު ފަޔާޒްގެ ދިރިއުޅުމުގެ ވާހަކަ ދާނިޝް އަހާލިއެވެ. ފަޔާޒް ވެސް އޭނާގެ ހަޔާތުންް ޞަފްޙާއެއް ދާނިޝްއާއި ހިއްސާކޮށްލިއެވެ. ޢާއިލާއާއި އެތައް ހާސް މޭލެއް ދުރުގައިި އުޅެން ފުރަތަމަ އުނދަގޫވިކަމަށް ފަޔާޒް ބުންޏެވެ. ނަމަވެސް…މަޑުމަޑުން އައިސް ރަޙުމަތްތެރިން ގިނަވެ ތަނުގެ ހާލަތާާއި އާދަތައް ދަސްވެ އެ ވެއްޓަށް ހޭނުނީކަމަށް ފަޔާޒް ބުނެލިއެވެ. ދާނިޝްއާއި އެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅު ކުރުކޮށްލަން ފަޔާޒްއަށް ޖެހުނެވެ. އެވަގުތު އޭނާއަށް ފޯނުކޯލްއެއް އައުމުން ވަކިވެލަނީއޭ ބުނެ ފަޔާޒް ހިނގައިިގަތީ އެތަނަށް ސައިކަލެއް މަޑުކޮށްލުމުންނެވެެ. ލަހެއްނުވެ ދާނިޝްގެ ލޯމަތިން ފަޔާޒް ގެއްލިއްޖެއެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ނިހާ

Next

ހާމަ ކުރީމާ ލޯބިމަވާކަން 12

Next
July 2, 2018

ހާމަ ކުރީމާ ލޯބިމަވާކަން 12

Previews
July 1, 2018

ނިހާ

17 Comments!

  1. Jazlee says:
    July 2, 2018 at 12:09 pm

    Yeyy. Me first. Stry is awesome ngey..

    1. hattey says:
      July 5, 2018 at 5:34 pm

      Thank you…

  2. No one says:
    July 2, 2018 at 12:56 pm

    Finally new part eh up kohly dhw.. btw vr vr rythi mi part vx…♥️♥️…. I think there is some connection between reesha and fayaaz?♥️?

  3. unique says:
    July 2, 2018 at 1:08 pm

    vv reethi mi partvx

    1. hattey says:
      July 5, 2018 at 5:40 pm

      Thanks..

  4. Nunnu says:
    July 2, 2018 at 1:43 pm

    v reethi mi part ves
    next prt thankolheh avahah up kolladhehchey
    heevanee reeshaa dhaanish aaa dhuruvee sababeh ovegen hen
    lets see dho

    1. hattey says:
      July 5, 2018 at 5:41 pm

      Thanks..in sha Allah….

  5. Livee says:
    July 2, 2018 at 7:28 pm

    Yes dho nunnu varah Hervey thihen
    Vaahaka varah salhi

    1. hattey says:
      July 5, 2018 at 5:43 pm

      Shukran…

  6. Naushin says:
    July 3, 2018 at 8:30 am

    V reethi mi vaahaka..v kiyaa hithun kiyaalevey..when next part.. waiting waiting

  7. Zaahira says:
    July 3, 2018 at 7:22 pm

    Vaahaka v reethi. But maa lahee up vaaleh

    1. hattey says:
      July 5, 2018 at 5:48 pm

      Thanks…. Sorry….but I am trying to give my best

  8. kitty says:
    July 5, 2018 at 8:38 pm

    story v reethi.. whn is next part??

  9. Azuna says:
    July 7, 2018 at 9:40 pm

    Haadha lahun up vaa story eh?

  10. Aphy says:
    July 8, 2018 at 8:26 am

    Kureege baithah handhaan nethey varuveema up vanee..vaahaka liyanyyaa up kurunves avas kohllan vaane..ehen noonee vaahaka mathin foohi vedhaane kiuntherin

  11. Me says:
    July 8, 2018 at 9:32 pm

    Next part ah haadha inthixaarekey kuran mijeheny

  12. Soafy says:
    July 8, 2018 at 9:55 pm

    Mivaakaha kon dhuvahakun up vany ……..

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (11)←


All Right Reserved!