މާލެ ފެންނަން ފަށައިފިއެވެ. ލޯންޗު ދުވަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. ފުސްކޮށް ފެންނަ މާލެ ސާފުވަމުންދެއެވެ. އިރުކޮޅެއްގެ ތެރޭގައި މާލެއަށް ލޯންޗު ގާތްކުރިއެވެ. ޒިވާ މާލެ އެރީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ. ވަރަށް ރަނގަޅަށް ހަށިގަނޑު ދަމާލުމަށް ފަހު ގެއަށް ދިއުމަށް ހިނގައިގަތެވެ. ކުއްލިއަކަށް ޒިވާގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ ސަމީރް ނަޞްރީއެވެ. މިފަހަރު އެއީ އަސްލުނޫންކަމަށް ހިތައި ޒިވާ ނަޞްރީ އާއި ދިމާލަށް ވައްތަރު ޖައްސަން ފެށިއެވެ. ނަޞްރީ ކެކެމުން އަންނަ ސައިކުރައެއްހެން ކެކެން […]
ފުރާ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ޒިވާގެ ހިތަށް ނޭނގޭ އިހުސާސްތަކެއް ވެރިވަމުން ދިޔައެވެ. ޒިވާ ދަތުރު އެރެހައްޓަން އައިސް ތިބި ދެ ރަޙުމަތްތެރިން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އެބަ ތިއްބެވެ. ކުއްލިއަކަށް އައިސް ކުރިމައްޗަށް އެހުއްޓުނީ މީހުން މެރުމުގައި ހައްދުފަހަނަ އަޅާފައިވާ، ވައްކަން ކުރުމާއި، ފޭރުމުގައި އެހާމެ ކުޅަދާނަ އަދި އޭނަހާ މޮޅުމީހެއް ނެތް ކަމަށް ދައުވާކުރާ މުޅި ދިވެހި ރާއްގޭގެ މަޝްހޫރު ސަމީރް ނަޞްރީއެވެ. ނަޞްރީ ފެނުމުން ޒިވާގެ ނިދާފައިވާ މޭގަމޑު ތެޅިގަތީ ދެންމެ ބޭނި މަހެކޭ އެއްފަދައިންނެވެ. ޒިވާ ޒިވާގެ ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތީ ލެވުނު އެންމެ ބާރެއްކޮށް ހަޅޭލަވަމުން ނަޞްރީ އާ ދުރަށް ދިއުމަށެވެ. ޒިވާ ދުވަމުން ދުވަމުން ވަކި ހިސާބަކަށް ގޮސް ފަހަތް ބަލައިލިއިރު އެއްވެސް މީހެއް ފެންނާކަށެއް ނެތެވެ. ޒިވާގެ ރަޙުމަތްތެރިން ޒިވާއަށް ގޮވުމުން ޒިވާ ބަނދަރާ ދިމާއަށް ދިއުމަށް މިޞްރާބު ޖެހީމެވެ. ބަނދަރަށް ދިއުމުން ޒިވާގެ ރަޙުމަތްތެރިން ޒިވާ ގާތު ކަންވީގޮތް ކިޔައިދިނެވެ. އަދި ޒިވާއަށް ރޭގައި ހުވަފެނުން ނަޞްރީ ފެނުނު ވާހަކަ ޒިވާގެ ރަޙުމަތްތެރިންނަށް ކިޔައިދިނެވެ. ޒިވާގެ ރަޙުމަތްތެރިން ޒިވާ ގާތު އެކަންތައްތައް މަތިން ހަނދާން ނައްތާލުމަށް ބުނެ ހިތްވަރު ދިނެވެ. އަދި އަހަރެންގެ ރަޙުމަތްތެރިންނަށް އަލްވަދާޢު ކިޔުމަށްފަހު ލޯންޗު ތެރެއަށް ވަނީމެވެ. (ނުނިމޭ)
ރަށުގައި ނޫޅެ އަހަރެން ފުރައިގެން އައީ ހުޅަނގު މޫސުމުގައި ވަށައިގެން އުދައަރައި ރަށްގިރާލުން އެއީ އުޒުރަކަށް ވެގެނެއް ނޫނެވެ. އެ ރަށުން އާފަލާއި އޮރެންޖާއި ނުލިބޭތީ ރަށަށް ނާރަން ވެގެނެއް ވެސް ނޫނެވެ. އެކަމަކު އެއީ ވެސް އަހަންނަށް ނިސްބަތްކޮށް ރަށުގެ މީހުން ބުނެ އުޅުނު ވާހަކަ އެކެވެ. އަހަރެން އައީ އެއިން އެއްވެސް ކަމެއް ވެގެނެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ފަސޭހައެއް ރަށުން ލިބެން ނެތީމާ ފޫހިވެގެންނެވެ. ކުދިންނަށް ތައުލީމު ހޯދައިދެވޭނެ […]