ނޫރީންއާއި ވާހަކަ ދައްކާލަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް ނޫރީންއަށް ނޭނގޭނެހެން ޔަންހާ ގޭގެ އަނެއްފަރާތަށް ދިޔައެވެ. ބޮޑު ބިއްލޫރި ބިތް ކައިރީ ހުއްޓިލައިގެން ހުރި ޔަންހާ އެ ބިއްލޫރިގަނޑުގައި އަތް ޖައްސާލިއެވެ. އޭނާގެ އަތަށް އެވަގުތުވެސް ފިނިކަން އިޙުސާސް ވެގެން ދިޔައެވެ. މިދުވަސްކޮޅަކީ ކެނެޑާއަށް ފިނި މޫސުން ކަމުން މުޅި ގޭތެރެވެސް ހީވަނީ އޭސީ ކޮށްފަ ހުންނަހެންނެވެ. ގޭގެ ބޮޑު ބަގީޗާގަ ހުރި ހުރިހާ ގަސްތަކެއްގައިވެސް ވަނީ ސްނޯ ހަރުލައިފައެވެ. އެހެން ނަމަވެސް މަންޒަރު ނުހަނު […]
ވެހެމުންދިޔަ ބޯވާރޭގަނޑުގެ ތެރޭގައި ހުއްޓުންއަރައިފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަން ހުރީ އެތަނުންދާން ބޭނުންނުވެފައެވެ. ދާނީވެސް ކިހިނަކުންހެއްޔެވެ؟ ދާދި ދެންމެއަކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރެއަށްލައި ފަސްއެލެވުނީ އޭނާގެ އަލަތު ލޯތްބެވެ. އުފަލާއި ހިތްހަމަޖެހުމެވެ. އެކުގައި އަބަދަށް އުޅުމަށް ވައުދުވި އޭނާގެ ހަޔާތުގެ ބައިވެރިޔާއެވެ. މުޅި ދުނިޔެއަށް އަރްޒަން އެކަނިކޮށްލުމަށްފަހުއެވެ. އެންމެފަހަރަކުވެސް އެލޯތްބާނުލައި އޭނާ އުޅޭނީ ކޮންފަދަ ހިތްދަތި ހާލެއްގައިކަން ޔޫލީއަށް ނުވިސްނުނީހެއްޔެވެ؟ އަރްޒަން ޔޫލީއަށް އެންމެ ބޭނުންވިދުވަހު އޭނާ މުޅި އުމުރަށް ލޯމަރައިލީ މިއަނިޔާވެރި […]
” ނައު ” ހައިރާންްްވެފައި ހުރެ ޔޫހާންއަށް ބުނެލެވުނެވެ. ” ހޫމް… ނައު… ކިހިނެއްވީ؟ ސަޕްރައިޒް ކަމަކު ނުދޭތަ؟ ހެހެހެ… ” ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުރެ ނައުރީން ބުނެލިއެވެ. ” ނޫނޭ… ސަޕްރައިޒް ހަމަ ވަރަށް ސަޅި… ހެހެހެ… އެކަނިތަ އައީ؟ ” ސިޑިން ފައިބައިގެން ދަމުން ޔޫހާން އަހާލިއެވެ. ” ނޫނޭ.. ބައްޕަ އާއެކު… ” ޖަވާބުގައި ނައުރީން ބުނެލިއެވެ. އެމީހުން ތިރިއަށް ފޭބިއިރު ނަސީރު ޔާސިރު އާއެކު ސިޓިންރޫމުގައި ވާހަކަ […]
އަމްނާގެ މޭގަނޑު އަތަށް ނައީ ހަމަ ކިރިޔާއެވެ. ކަނާތު ފައިގެ ކަކުލާ ހަމައިން ވަނީ ބުރި ކޮށްލާފައެވެ. އަނެއް ބައި ވީ ތަނެއް ވެސް ނޭނގެއެވެ. އެފަކީރު ބިރުން ރޯން ފެށިއެވެ. ގައިގެ އެތައް މިތަނުން ތަދުވަނީއެވެ. ދިލަ ނަގަނީއެވެ. ގައިން ވަރު ހުސް ވުމުން ތަނެއްގައި ހިފޭއްޓޭތޯ ކުރަމުން ދިޔަ މަސައްކަތް ވެސް ހުއްޓާލިއެވެ. ދެއަތުން ގައިގަ ފިރުމާލީ ލިބޭ ވޭނަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ. އެއްވެސް ހުރަހެއްނެތި ހަށިގަނޑުގައި އަތް ޖެހުމުން ބަލާލި އިރު […]
ޢެއީ އެދުވަހެވެ.އަހަރެން ގެ ހިތް ފުޑުފުޑު ވި ދުވަހެވެ.ކުރިހާ ހުރިހާ އުންމީދުތަށް ފެނަށް ވި ދުވަހެވެ.އެ ލޯބި ހޯދަން ކުރިދަތުރު ނާކާމިޔާބު ވި ދުވަހެވެ.އަހަރެން ގެ ހިތުން އެ ލޯބި ފަޑުވާނެ ހެއްޔެވެ. އެއީ މީގެ 7 އަހަރު ކުރިއެވެ.އަހަރެން ގުރޭޑް 9 ގައި އުޅުނު އަހަރެވެ.އަހަރެން ނާއި އަހަރެން ގެ އެންމެ ގާތް އެކުވެރިޔާ އަކީ އެކަކު އަނެކަކު ވަރަށް ރަގަޅަށް ހިތުދަސްކޮށް ފައިވާ ދެމީހުންނެވެ.ނަމަވެސް އަހަރެމެން ދެމީހުން އަކީ ދުވަހަކުވެސް ލޯބީގެ ވާހަކަތަށް އެކަކު […]
ބިރުގަތް ވަރުން އަހަންނަށް އެމީހާއާއި ދިމާލަށް ބަލާލާކަށްވެސް ނުކެރުނެވެ. މަލްހާ ވެސް ހުރީ ލަދުގަނެފައެވެ. އޭނާގެ ސަބަބުން އެވަރުގެ ކަމެއް އަހަންނަށް ލައިގަތީމައެވެ. އަހަރެން މަލްހާގެ އަތުގައި ބާރަކަށް ހިފާފައި ހިނގައިގަތީމެވެ. ފަސްއެނބުރި ބަލާވެސް ނުލަމެވެ. އެވަގުތު އެމީހާ ގޮވާލިއެވެ… “ހަލޯ އެކްސްކިއުޒް! ބަލަ މަގޭ އަތުގައޮތް ބިސް ކޮތަޅުގަ ތިބި ހުރިހާ ބިހެއް އެދިޔައީ ތަޅައިގެން. އެކަމަކުވެސް ތިދަނީނުން ހަމަ އަޅާވެސް ކަހާވެސް ނުލާ! ކީކޭދޯ ބުނާނީ. އެންމެ ކުޑަމިނުން ސޮރީއެއް ބުނެލި ނަމަވެސް..” އަހަރެން […]
ލިފްޓު މަޑުކުރުމާއެކު ލިފްޓުން ނިކުމެ ރަޔާންގެ އެޕާރޓުމެންޓުގެ ދޮރު ހުޅުވާލިއެވެ. އަލާނިޔާ ހައިރާންވީ ވަރުން އަނގަމަތީގައި އަތް އަޅާލިއެވެ. އުފާވީވަރުން އޭނާގެ ލޮލުން ކަރުނަވެސް ހިލުނެވެ. އޭނާއަށް ނޭފަތް ދަމާލެވުނީ ކޭންޑަލްސް ތަކުން ދުވި މަސްތީ މީރުވަހުންނެވެ. މަޑު އޮރެންޖުކުލައިގެ ފަނޑު އަލީގެ ތެރޭގައި އެ ކޮޓަރީގެ ޑެކެރޭޝަން ފެންނަލެއް ވަރަށް ފުރިހަމައެވެ. ހީވަނީ ކައިވެނީގެ ފުރަތަމަ ރެއަށް ތައްޔާރު ކޮށްފައިވާ ކޮޓަރިއެއްހެންނެވެ. ކޮޓަރި ހުޅުވާލާ އިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނަ ހުދު ކުލައިގެ ކިންގް […]
ރުޅި އައިސްގެން ގޮސް ފަޅައިގެން ދާ ވަރުވެފައި ހުރެ އަމްނާ ގެއަށް ދިޔައެވެ. މަންޒަރު ބަލަން އަމީމް އިނީ ބަސް ހުއްޓިފައެވެ. ހަމްދާނަށް މިއައީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ ” އަމީމް. އެކަމާ ނޫޅޭ. ރަނގަޅު މަންޖެ އެއް ނޫން. ޖިންނީގެ ކަމެއް އެބަ އުޅެ. އަވަހަށް ތިކަމުން ރެކި ގަންނަން އުޅޭ.” ސުވާލު ދުލުން ބޭރުވީ ބާވައެވެ؟ ނޫނެކެވެ. ދެން އެހެން ވީ އިރު ހަމްދާނަށް އަޑު އިވެންވީ ކިހިނެއް ހެއްޔެވެ؟ އިއްތިފާޤަކީ ބާއެވެ؟ […]
ވަސީމާގެ އާދޭހާއި އެކު މާ ކުލަގަދަ ގޮތެއްގައި ނޫނަސް ދާނިޝްއާއި ރީޝާގެ ކައިވެނި ކުރެވިގެން ދިޔައެވެ. ހަނާޝްގެ އުޖާލާ މުސްތަޤުބަލަަށްޓަކައި ވަސީމާގެ އާދޭސްތައް ދެމީހުންނަށް ވެސް ޖެހުނީ ޤަބޫލު ކުރާށެވެ. މާދަމާ ވާނެ ގޮތެއް ނޭގި ހުރެ ވެސް އަޒީލް ވެސް އެ ކައިވެނި ކުރުމަށް ދާނިޝްއަށް ބާރު އެޅިއެވެ. ކޮންމެއަކަސް ހިތާއި ދެކޮޅަށް ނަމަވެސް ދާނިޝް އާއި ރީޝާގެ ކައިވެނި ކުރެވިގެން ހިނގައްޖެއެވެ. ކައިވެނީގެ ޚަފްލާ ފެށިގެން ނިމެންދެން ދެމީހުންގެ މޫނުމަތީގައި ވެސް ފަނޑު ހިނިތުންވުމެއް […]