Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ؟ (5)

Kyleen Level 110 Stories
July 16, 2018 2 Mins Read
8 Comments

ވާހަކަ ކިޔައިދީ ނިމުނުތަނާހެން މަންމަ ކުއްލިއަކަށް ބަލާލީ ކައިލާން އަށެވެ. ގޯހެއް އުޅޭ ކަމުގެ ސިގްނަލެއް އަހަރެންނަށް ލިބުނެވެ. ވާން އުޅެނީ ކިހިނެތް ކަމެއް ނޭނގި ވިސްނަން ހުއްޓާ އަހަރެން ސިހިގެން ދިޔައީ މަންމަގެ ހޫނު ‘އެތިފަހަރެއް’ ކައިލާންގެ ކަންކަށިމައްޗަށް އަމާޒުވީ އަޑު އަހާފައެވެ. ދެވަނަ ފަހަރަށް މަންމަ އަތް އިސް ކުރުމުން އަހަރެން މަންމަ ހުއްޓުވީމެވެ. “ކައިނާ.. މަންމަ ދޫކޮށްލާ.. ދޮންބެއަށް މިއަދަބު ލިބުން ހައްޤު.. އަދި މި އަދަބު މާ ކުޑަ.. މިއަށް ވުރެ ބޮޑު އަދަބެއް ލިބެން ޖެހޭނެ ދޮންބެއަށް…” ކައިލާން ބުނެލިއެވެ. ނަމަވެސް އަހަރެން މަންމަ ދުރަށް ލީމެވެ.

“ހަޔާތްކުޑަ! އަދި އެބަ ބުނެއެއްނު މަށަށް މި އަދަބު ހައްޤޭ! ލޯބިވެރިޔާއަށް ޓަކާ ތިމާގެ ކޮއްކޮ ދޫކޮށްލާފަ ދާނީ ހާދަ ގޮތްކުޑަ ވީމައޭ! ބޮޑެތި ފާފަ ތަކަށް އަރައިނުގަނެ ރަނގަޅު ކަމަކު ދިޔަނަމަތާ އެވެސް! ކައިނާވެސް މީނައަށް މާފު ކޮށްފިއޭ އަދި.. އެއުޅޭ ޝީންއަށް ވެސް މާފު ކުރީ ކީއްކުރަން؟ މަނަމަ އެކަކަށްވެސް މާފެއް ނުކުރާނަން! އެވަރުގެ ވިޔާނުދާކޮށް އުޅޭކަށް ނުވާނެ ދޯ އެކަމަކު!” މަންމަ އައި ރުޅީގައި ކިޔޭ ނުކިޔޭ އެއްޗެއް އިނގޭ ހެނެއް ހިޔެއް ނުވެއެވެ. “ދެން ހުއްޓާލާ މަންމާ!” އަހަރެން ބުނީމެވެ. ކައިލާން އަދިވެސް ކުށްވެރިއެއް ފަދައިން އިސް ޖަހައިގެން ހުރީއެވެ. އާނއެކެވެ. ހަޤީޤަތުގައި އެއީ ކުށްވެރިއެކެވެ. ނޭނގި ނަމަވެސް ބޮޑު ކުށެއް ކުރެވިފައިވާ މީހެކެވެ.

ކައިލް ރޯ އަޑަށް އެންމެނަށް އެދިމާއަށް ބަލާލެވުނެވެ. ކައިލް އުރާލީމެވެ. ކައިލާން އަތަށް ކައިލް ހަވާލު ކުރުމަށްފަހު އަހަރެން މަންމަ ގޮވައިގެން ވަނީ ކޮޓަރިއަށެވެ. ޒުވާބު ގަނޑު އިތުރަށް ހޫނު ކުރަން ބޭނުން ނުވާތީއެވެ.

އެނދުގައި އިށީނދެލުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ޑްރެސިންގް ޓޭބަލް މަތީގައި ހުރި ފޮޓޯ ލޯގަނޑެވެ. އޭގައި ވަނީ އާއިލާއެއްގެ ފޮޓޯއެކެވެ. އުފާވެރި އާއިލާއެކެވެ. އަހަރެމެންގެ އާއިލާއެވެ. މަންމަ ހުރީ އަހަރެން އުރާލައިގެންނެވެ. ބައްޕަ ހުރީ ކައިސަން ކޮނޑަށް އަރުވައިގެންނެވެ. “ބައްޕަ މަތިން ވަރަށް ހަނދާންވޭ!” އަހަރެންގެ ހިތުގައިވީ ޖުމްލަ ދުލު ކުރިއާ ހަމައަށް އައުމުގެ ބަދަލުގައި ކަރުނަ ތިއްކެއްގެ ސިފައިގާ އަހަރެންގެ ކޯތާފަތް މަތީގައި ދުވެލިއެވެ.

އަހަރެންގެ ބައްޕައަކީ ރަށު ސްކޫލުގެ ސާނަވީ ދިވެހި ކިޔަވައިދޭ ޓީޗަރެކެވެ. އެއްދުވަހަކު ބައްޕަ ސްކޫލަށް ދާންވެގެން ސައިކަލުގަ ރަށު ބޮޑު މަގަށް އެޅި ތަނާ އެ މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކާ ޖެހި އެކްސިޑެންޓެއް ވިއެވެ. މިއެކްސިޑެންޓުގެ ސަބަބުން 2 މަސް ދުވަހުގެ ކޯމާއެއްގައި އޮވެފައި ވަރަށް ކުއްލި ގޮތަކަށް ބައްޕަ ނިޔާވީއެވެ. އެއީ އަހަރެންގެ އުމުރުން އެންމެ 9 އަހަރުގައެވެ.

*********************

“ކީއްވެ ދަރިފުޅު ދޮންބެއަށް މާފު ކުރީ؟” ޚިޔާލުތަކުން ބޭރު ވެވުނީ މަންމަ ވާހަކަ ދެއްކި އަޑަށެވެ. “މަންމާ!” އަހަރެން މަންމަ ގައިގާ ބައްދާލީމެވެ. “ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ ދޯ! ފުރަތަމަ ފަހަރަށް އެކުށް ކުރީމަ މާފު ދޭންވާނެ.. އޭރުން އެމީހަކަށް ވިސްނިގެން ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރާން މަސައްކަތް ކުރާނެ… ތިމާގެ ކުށް ތިމާއަށް ޤަބޫލު ކުރެވިގެން މާފަށް އެދުމަކީ ކިހާ ރަނގަޅު ސިފައެއް.. ނޫންތަ؟ އެހެން ނޫނަސް އަހަރެންގެ ހިތުގަ ނެތް ދޮންބެއާ ނޫނީ ޝީންއާ ދޭތެރޭ އެއްވެސް ބަދު ބަހެއް.. އެދެމީހުންނަށް ވިސްނުނު ކަމަށްޓަކައި އެކަމާ އަހަރެން އުފާ ކުރަން..” އަހަރެން ބުނެލީމެވެ. “މަންމަ ވަރަށް އުފާވެއްޖެ.. ތީ އަބަދުވެސް މަންމަ ފަޚުރުވެރިވާނެ ކުއްޖެއް! މަންމަމެން ދިން ތަރުބިއްޔަތުގެ ބޭނުން ހިފީތީ މަންމަ އެހެންނޫނީ ހިތްހަމަ ނުޖެހޭ ވަރަށް ހިތްހަމަ ޖެހިއްޖެ.. މަންމަ ވަރަށް ލޯބިވޭ ދަރިފުލު ދެކެ!” މަންމަގެ ބަސްތަކުން އަހަރެންނަށް ހިތްވަރު ލިބޭ ކަހަލައެވެ. ބުނެލަން ކިތަންމެ ފަސޭހައަކަސް މައެއްގެ ފަރާތުން ލިބޭ ލޯތްބާ އަޅާލުމަށްވުރެ ރަނގަޅު ޚިދުމަތެއް ނޯންނާނެއެވެ. މަޔަކު ދަރިއަކު ދެކެ ލޯބިވާ ވަރު ކިރާނެ ކައްޓާއެއްވެސް ނުހުންނާނެއެވެ. އެހެން ނަމަވެސް މައިންބަފައިން ކޮށްދޭ މިންނެތް މަސައްކަތްތަކުގެ އަގު ވަޒަން ކުރަނީ ކިތައް މީހުން ހެއްޔެވެ؟

މަންމަ ބޭނުންވީ އަވަހަށް މެންދުރު ނަމާދު ކޮށްލައިގެން ކައިލާން ގާތުން މާފަށް އެދުމަށެވެ. އަހަރެން ނަމާދަށް އެރީ މަންމައާ އެކުގައެވެ. ވަރަށް ގިނަ ދުވަސް ތަކަކަށް ފަހުއެވެ. ލިބުނު ހިތްހަމަ ޖެހުން ބަޔާން ކޮށްދޭން ދައްޗެވެ. ނަމާދު ކޮށް އަވަދިވެގެން އަހަރެމެން އެންމެނށް ކެތްތެރިކަން ދެއްވާ، މުޅި އާއިލާގެ ކުރިއަށް އޮތް ދުވަސްތައް ބާއްޖަވެރި ކޮށްދިނުމަށް އެދި އަހަރެން ދުޢާ ކުރީމެވެ. ކައިސަން އާއި ދަރިފުޅާއެކު މުޅިން ތަފާތު، އުފާވެރި ޙަޔާތެއް ދިރިއުޅުމުގެ މަގު ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދެންނެވީމެވެ.

ކާން ހަދަނީ ކަމުގައި ބުނެ މަންމަ ބަދިގެއަށް ވަނުމުން އަހަރެން ނުކުތީ ބޭރަށެވެ. އަހަރެންނަށް ބޭރަށް ނުކުމެވުނު އިރު ކައިލާން، ކައިލް ގޮވައިގެން އައިސް ގެއަށް ވަންނަނީއެވެ. ކޮންތާކުންތޯ ސުވާލު ކުރުމުން މިސްކިތުން ކަމުގައި ބުންޏެވެ. “ކައިލް ހަމަ ވަށައިގެން ތަންތަން ބަލަނީ.. ދެކޮޅަށް ދުވެލަ ދުވެލާ އުޅުނީ ސަފުތައް ފަޅަމުން..” ކައިލާން ހެމުން ބުނެލިއެވެ. އަހަރެން ގާތަށް ވެސް ހިނި އައެވެ. ކައިލް އެހެން ނޫޅޭންވީ ސަބަބެއްވެސް ނެތެވެ. ކައިލްއަށް މިސްކިތް އެ ފެނުނީ އަލަށެވެ. މަންމަ ނުކުތީ އެ ވަގުތުއެވެ. ކައިލާންގެ ހިނިތުންވުން ފަނޑު ވިއެވެ. މީހާ މަޑުމައިތިރި ވިއެވެ. ކައިލާންގެ މި ކުއްލި މަޑުމައިތިރިކަން އަހަންނަށް ވަރަށް އުނދަގޫ ކުރިއެވެ. އެހެން ނޫންނަމަ ކައިލާން އަކީ ވަރަށް ސަކަ މިޒާޖެއްގެ މީހެކެވެ.

މަންމަ ކައިލާން ގާތަށް ޖެހިލިއެވެ. ކައިލާން ހުރީ ބިރުން ކަން ކައިލާންގެ މޫނު މަތިން ކަޝްފުވެއެވެ. މަންމަ ކައިލާން ގައިގާ ބައްދާލިއެވެ. ‘ދަރިފުޅާ’ އޭ ބުނެ ރޮއެގަންނަމުންނެވެ. “ދަރިފުޅާ.. މަންމައަށް މާފު ކުރޭ.. އެއީ މަންމަ ގަސްދުގަ ބުނި އެއްޗެއް ނޫން.. މަންމަ ދަރިފުޅަށް މާފު ކޮށްފިން.. ދެން ދަރިފުޅު މަންމައަށް…” “މާފު ކޮށްފިން މަންމާ! މަންމަ ނުޖެހޭނެ މާފަށް އެދޭކަށް..” މަންމަ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކައިލާން ބުނެލިއެވެ. “މަންމަ ދެން ނުރޮއެ ހުއްޓާލާ.. މާޒީއިން ޢިބްރަތް ޙާޞިލް ކޮށްގެން ކުރިއަށް ދާނީ.. މާޒީގަ ހިފާ ދަމަމުން ކޮނޑަށް ލައިގެން އުޅެންޏާ ނުވާނެ އެއްވެސް ކަމެއް.. ދެން ހުއްޓާލާ..” ކައިލާން މިހެން ބުނެލުމާއެކު މަންމަގެ ރުއިން ހުއްޓިއްޖެއެވެ. ނަމަވެސް އަދިވެސް ގިސްލުން ހުއްޓިގެނެއް ނުދެއެވެ. އަހަރެންވެސް ކައިރި ވެލާ ދެމީހުން ގައިގާ ބައްދާލީމެވެ. ތުއްތު ކައިލްގެ ކުޑަ ކުޑަ އަތްތިލަވެސް އަހަރެމެން ވަށާލިއެވެ. މިހިނދުކޮޅު ދެމިގެން ދިޔުމަށް އަހަރެން ހިތާ ހިތާ ދުޢާ ކޮށްލީމެވެ.

“އަޅޭ! ހާދަ ލޯތްބޭ.. ” އަހަރެމެން ސިހިގެން ދިޔައީ މީހަކު ވާހަކަ ދެއްކި އަޑަށެވެ. އަވަށްޓެރި ނާޒިމާއެވެ. “ސޮރީ އުނދަގޫ ކުރެވުނީމަ.. އެކަމަކު މި އުޅެނީ މިއަދު ލައިގެން ކާނެ އެއްޗެއް ނުކައްކާ.. ނެތްތަ ރިހަކޮޅެއް ލިބޭކަށް؟” “ނޫނޭ.. އަވަހަށް އާދޭ.. ދަރިފުޅުމެންވެސް އާދޭ ކާން އަވަހަށް.. އެއޮތް ދޭއް ޖަހާ ބޮޑުވަނީ..” މަންމަ މިހެން ބުނެ ނާޒިމާ ގޮވައިގެން އެތެރެއަށް ވަނެވެ. ނާޒިމާ ރިހަތަށި ހިފައިގެން ބޭރަށް ނުކުތުމުން އަހަރެމެން ކާން ވަނީމެވެ. ކައިލް އަށް ކާންދީ ނިންމާފައި އަހަރެން ކައި ނިމުނު އިރު 3 ޖަހައިފިއެވެ. އަހަރެން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ނަމަވެސް ގެއަށް ދާނެ މަގު ނޭނގުމުން އަހަރެމެން ގެއަށް ލައިދޭން ކައިލާންއާ މަންމަ އައެވެ. “ދެން އިނގެން ވާނެ މަގުތަކުގަ ހިނގަން!” މަންމަ ބުނެލި އެއްޗަކުން އަހަރެން ލަދުވެސް ގަތެވެ. އަމިއްލަ ރަށުގައި ހިނގަން ނޭނގުމަކީ ކިހާ ބޮޑު ލަދެއްކަން އިހުސާސް ކުރެވުމުންނެވެ.

އަހަރެން ގެއަށް ވަދެ ފެންވަރާލީމެވެ. ކައިލް ފެންވެރުވުމަށްފަހު ކައިލް ނިންދަވާލީމެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Kyleen

Level 110 Stories

//story addict~love to write~love to read~inspired by reading and writing stories~loves to get comments from readers to improve my writing//

Other Articles

Previous

އެ ތޫފާނީ ދުވަސް

Next

އޮޅުމަކުން

Next
July 17, 2018

އޮޅުމަކުން

Previews
July 16, 2018

އެ ތޫފާނީ ދުވަސް

8 Comments!

  1. Boobu says:
    July 17, 2018 at 9:39 am

    Next part when?

    1. Kyleen says:
      July 17, 2018 at 1:12 pm

      insha allah mihaaru mi balanee vee emme avahakah hurihaa baeh ves up kuramun dheyveytho.. maybe today or to
      morrow

  2. Eekko says:
    July 17, 2018 at 1:06 pm

    Yay me first dhw

  3. Leah says:
    July 17, 2018 at 2:07 pm

    Kyle varah reethi Mi part ves ❤❤ keep it up and whn next part?? Kyle your the best❤❤hope you up koh dheyne kamah varah avahah

    1. Kyleen says:
      July 17, 2018 at 10:08 pm

      Thanks Leah… Insha Allah Maadhamaa next part up kohdheynan

  4. Eny says:
    July 17, 2018 at 2:10 pm

    V Salhi Mi part? keep it up kyleen??❤❤??

    1. Kyleen says:
      July 17, 2018 at 10:08 pm

      Thnx Eny..

  5. unique says:
    July 20, 2018 at 6:01 pm

    itx so cute kyl

Comments are closed.


All Right Reserved!