އެ ތޫފާނީ ދުވަސް
(ނޯޓް:މިއީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް)
ވިއްސާރައިގެ އިންޒާރު ދީގެން ކަޅުވިލާތަކުން ބަނަވެފައިވާ އުޑުމައްޗަށް ކަޅިއެއްލަމުން ލީވާން ނިކުތީ އޮފީހުންނެވެ.އަތުކުރީގައިވާ ގަޑިއަށް އަވަސް ނަޒަރެއް ދެމުން އޭނާ ގޮސް އެރީ ދުރުގައި ޕާކްކޮށްފައިވާ ސައިކަލަށެވެ.އެއާއެކު ތުނިތުނިކޮށް ވާރޭކަނި ޖަހަންފެށުމުން ލީވާން ސައިކަލު ދުއްވާލީ ވާރޭ ބޯނުކުރަނީސް މަންޒިލަށް ފޯރާތޯއެވެ.ނާސަރީއިން ލޯބިވާ ދަރިފުޅު ނިމޭގަޑިއަށް ކޮންމެހެންވެސް ނުދެވިއްޖާ ފަރިފުޅު ދެރަވެ މައްސަލަޖައްސާނެތީއެވެ.އެކަނިވެރި ބައްޕައެއްގެ ގޮތުގައި މަންމައަކާ ނުލާ ތުއްތު ދަރިއަކު ބެލުމަކީ ކުޑަކަމެއްނޫނެވެ.ބޮޑު މަސްއޫލިއްޔަތަކާ ޒިންމާއެކެވެ.އަދި އަމުދުން، އޮފީހުގަ އޭނާ ހޭދަކުރާވަގުތުތަކުގައި ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް އައިސްދޭ ލަންކާ އަންހެންކުއްޖާވެސް ތިމާގެ މީހަކު ނިޔާވެގެން ރޭގަ އެނބުރި ގައުމަށް ދިއުމުން،މިއަދު ދަރިފުޅު ބެލެހެއްޓުމުގެ ކަންކަން ހަމަޖައްސާނެގޮތަކާ ދޭތެރޭ ލީވާން ހުރީ ފިކުރު ބޮޑުވެފައެވެ.ތިންއަހަރުގެ ތުއްތު ކުއްޖަކު އެކަނި ގޭގަ ބަހައްޓާފަ ވަޒީފާއަށް އަންނާކަށް އޭނާއަށް ލާހިކެއްނޫނެވެ.އެކަމަކު ކުއްލިއަކަށް ދަރިފުޅު ބަލައިދޭނޭ މީހަކު ހޯދާނީ ކިހިނެއްހެއްޔެވެ.ކޮއްކޮ އައިޝާވެސް ބަލިވެއިނދެ ވިހަން ގާތްވެފަ ވުމާއެކު އެހާ ހަލަނި ސިޔާސަ ކުއްޖެއް ބަލައިދޭން އެދޭކަށް ލީވާންއަކަށް ނުކެރޭނެއެވެ.ލަންކާ އަށް ދިޔަމީހާ އެނބުރި އަންނަންދެން އޭނާ ޗުއްޓީ ނަގަންވީބާއެވެ.
ވިސްނުމުގަ އިނދެ ސައިކަލް ދުއްވަނިކޮށް ލީވާން ސިހިގެން ދިޔައީ މަތިން ފެންއެއްޗެއް އޮއްސާލިހެންހީވެފައެވެ.ތުނިކޮށް ވެހެމުން ދިޔަ ވާރޭ ތަންދޮރު ނުފެންނާނެހާ ބޯކޮށްލީއެވެ.މިއިންޒަމާނަކުވެސް ހުއްޓާނެ ކަމެއް ނޭނގެއެވެ.ލީވާން ކޮންމެސް ވަރަކަށް ހާސްވީ މިވީގޮތަކުން ގަޑިއަށް މަދަރުސާ ދޮށަށްނުދެވިދާނެތީއެވެ.ސައިކަލް މަގުގެ އެއްކައިރިއަކަށް ޖައްސާލުމަށްފަހު އޭނާ ފިހާރައެއްްނުދެވޭީވެފައެވެ.ތުނިކޮށް ވެހެމުން ދިޔަ ވާރޭ ތަންދޮގެ ހިޔަލަށް ވަނެވެ.އެވަރުންވެސް ޖެހޭ ބާރުވައިރޯޅިއާއެކު އަންނަ ކެރި ކޮންމެސް ވަރަކަށް އަސްކަނި ދޮށަށް ބުރުވަމުންދިޔައެވެ.ލީވާން ފޯނުން ގަޑި ބަލައިލިއެވެ.އެއަށްފަހު އޭނާ ގުޅީ ދަރިފުޅު ކިޔަވަން ދާ މަދަރުސާއާ ނުހަނު ކައިރި ގެއެއްގައި ފިރިމީހާ އާއެކު ދިރިއުޅެމުންދާ ކޮއްކޮ އައިޝާއަށެވެ.އައިޝާ ގެ ކިބައިން ލީވާން އެދުނީ އޭނާއަށް ދެވެންދެން ދަރިފުޅު ސްކޫލުންނެރެ އެގޭގަ ބަހައްޓާލަ ދިނުމަށެވެ.
ފޯން ކަޑާލާފަ ލީވާން ލީ ޖީބަށެވެ.އެއަށްފަހު ކަޅި ހުއްޓާލެވުނީ އަމިއްލަ ހަށިގަނޑަށެވެ.ވާރޭގެ ތިކިތަކުން އޭނާވަނީ ކޮންމެސް ވަރަކަށް ތެމިފައެވެ.އަޅައިގެން ހުރި ޓައީއިން ބަޔަކާ ލައިގެން ހުރި މަޑުފެހިކުލައިގެ އަތްދިގު ގަމީހުން ކޮނޑުމަތިން ބައެއްތެމި ވަނީ ގައިގަ ތަތްލާފައެވެ.އެކަމުގެ ސަބަބުން އޭނާގެ ކަސްރަތީ ހަށިގަނޑު ކޮންމެސް ވަރަކަށް ފާޅުވާން ހުއްޓެވެ.އޮފީސް ހެދުމުގަ ހުއްޓާ މިލައިގަތީ ކޮންތޫފާނަކާހެވެ.
ވާރޭ ހުއްޓާނެ އިރަކަށް ކެއްމަދުވެފަ ހުރެ ލީވާން ނަޒަރު އުކަމުންދިޔައީ މަގަށެވެ.އެހެން ހުއްޓާ އޭނާގެ ލޮލުގަ އަޅައިގެން މަންޒަރަކުން ހަށިގަނޑު ތެދުކޮށްލާފައި ބަލައިލެވިއްޖެއެވެ.މޫނު އަޅައިގެން ދޫކަޅުހެދުމުން ދެލޯ ފިޔަވާ މުޅި ހަށިގަނޑު ނިވާކޮށްގެން ހުރި އަންހެންކުއްޖަކު މިބޯވާރޭ ތެރޭ ތެމިފޯވެގެން ލަސްލަހުން ހިނގާލާފަ އެއައި ގޮތް ލީވާންއަށް ބަލަން ހުރެވުނެވެ.ވާރޭ ވެހެމުންދިޔަވެސް ދެލޮލުގަވާ ރަތްކަމާ ގަނބުކައިފަހުރެ ބުދެއްހެން ކުރިއަށް އައި އައުން ފެނި އެއަންހެންކުއްޖާއެވަނީ ހިތާމައާ މުސީބާތެއްގަކަން ލީވާންއަށް ދެނެގަނެވުނެވެ.އޭނާއާ އަރާހަމަވި އިރު އަންހެންކުއްޖާގެ އަނގައިން ބޭރުވަމުން ދިޔަ ހިމޭން ގިސްލުމުގެ އަޑު ލީވާންއަށް ހަމަ ރަނގަޅަށްވެސް އިވި ހިތަށް ގޮތެއްވެލިއެވެ.މިކުއްޖާއަށް ޖެހިގެންމިއުޅޭ މުސިބާތެއް ނޭނގުނަސް ހިތަށް ހަމްދަރުދިވަނެވެ.ލީވާން ސިހިގެން ދިޔައީ އޭނާ ފަސްދީފަ ލަސްލަހުން ދަނިކޮށް އަންހެންކުއްޖާ ޕޭމަންޓް މައްޗަށް އަރިއަޅާލައިގެން ވެއްޓެން އުޅުމުންނެވެ.އެކަމަކު ބިމުގަ އެހަށިގަނޑު ޖެހުމުގެ ކުރިން ދުވެގޮސް ލީވާންގެ ބާރުގަދަ އަތުގެ ހިމާޔަތަށް އޭނާގެނައެވެ.އެހަށިގަނޑުގަ ހިފަހައްޓާލެވުމާއެކު ލީވާންގެ އަތަށް އިހުސާސްވެގެންދިޔައީ ދޫހެދުން ތެރޭ ފޮރުވިފަމިހުރި އަންހެން ކުއްޖާގެ ހަށިގަނޑުގެ ތުނިކަމާއި ލޫޅާފާތިކަމެވެ.ލީވާން ކޮންމެސް ވަރަކަށް ހާސްވިއެވެ.މިބޯ ވާރޭތެރޭ އަންހެންކުއްޖަކު މިގޮތަށް މަގުމެދަށް ހަބަރުހުސްވެ އޭނާގެ އަތަށް ދެމުމުންނެވެ.އެއަންހެންކުއްޖާގެ ދެލޯ ވަނީ މެރިފައެވެ.ނިވާވެފަ ހުރިލެއް ބޮޑުކަމުން އިތުރު ސިފައެއް ނުފެނަސް ކަޅުކަން ގަދަ ބޯ އެސްފިޔަތަށް ލީވާންގެ ލޮލުގަ އަޅައިގަތެވެ.އޭނާ ކޮންމެސް ވަރަކަށް ޖެހިލުންވެ ހުރެ ދެފަހަރަކު އަންހެންކުއްޖާ ތަޅުވާލިތަނާ ލަސްލަހުން އެ އެސްފިޔަތަށް ހަރަކާތްކޮށްލަމުން ލޯ ހުޅުވާލިއެވެ.އަޖައިބެއްފަދަ ކަޅުކަންގަދަ ފުން ދެލޮލެކެވެ.ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު ސިހިފަ އަންހެންކުއްޖާ ލީވާންގެ އަތުގެ ތެރެއިން ނިކުމެ ބަލަން ހުރީ ލޯ ބޮޑުކޮށްގެނެވެ.ދެވަނަ ސިކުންތުގަ ހިތްހަލާކުވާފަދަ ވޭނާއެކު ގިސްލަމުން އޭނާ ތިރިވީ ބިމަށެވެ.ޖޯޑުކޮށްލި ދެއަތްތިލަ މޭތެރޭ ފޮރުވާލަމުން އަންހެންކުއްޖާ ރޮމުންދިޔަގޮތް ފެނި ލީވާންގެ ހިތަށް ކުރީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ.ޔަގީނުންވެސް މިކުއްޖާމިވަނީ ބޮޑު މުސީބާތެއްގައެވެ.މިހާވޭނުގަ ހުއްޓާ މިފަދަ ތޫފާނީ ދުވަހެއްގަ މަގުމެދަށް ދޫކޮށްލާފަ އެހީނުވެ ދާކަށް ލީވާންއަކަށް ނުކެރުނެވެ.
“ކިހިނެއްވީ..އަހަރެންކައިރި ބުނެބަލަ..ކޮބާ އާއިލާ” ވެގެން އުޅޭ ގޮތް އޮޅުންފިލާތޯ ލީވާން ސުވާލުކޮށްލިއެވެ.އަންހެން ކުއްޖާ ކައިރީ ކުޑަކަކޫ ޖަހާ އޭނާ އިށީނދެލިއެވެ.ނަމަވެސް ހިއްވަރު ދިނުމުގެ ގޮތުންވެސް ދެވަނަ ފަހަރަށް ގައިގަ އަތްލަން ނުކެރުނީ މިއީ މޫނުއަޅާ އަންހެން ކުއްޖަކަށް ވާތީ އިހުތިރާމު ކުރުމުގެ ގޮތުންނެވެ.
“އަހަރެންގެ އެކަކުވެސް ނެތް..އަހަންނަށް އެހީވެދީ ހެޔޮނުވާނެ..މި ފިންޏަށް އަހަރެން ދޫކޮށްނުލާ..ﷲ އަށްޓަކާ މިބުނަނީ” ގިސްލެވި އިނދެ އަޑުތުރުތުރު އަޅާ ހާލު އަންހެންކުއްޖާ ބުނެލިއެވެ.އެއާއެކު އަނެއްކާވެސް އެތަށް އަސަރަކާއެކު ފެށީ ރޯށެވެ.އިންސާނިއްޔަތު ކަމުގެ ކުޑަމިންވަރެއް ވިޔަސް ހިތުގަވާނަމަ އެވޭނީ ރުއިމުގެ އަޑުއިވި ހިތަށް އަސަރު ނުކޮށެއް ނުދާނެއެވެ.ނުވެސް ދަންނަ މީހެއްކައިރީ ރޮވިފައި އިނދެ އެގޮތަށް އެހީއަށް އެދޭނީ ކިހާ ގޮތްހުސްވުމުންކަން ލީވާންއަށްވެސް ވިސްނުނެވެ.ވީއިރު އެހީތެރިކަން ނުދީ ދެވޭނީ ކިހިނެއްހެއްޔެވެ.
“ޝްޝްޝް ނުރޮއެ ހުއްޓާލާ..އަހަންނަކަށް ނޭނގެ ތީ ކޮންނަމެއް ކިޔާ ކޮންކުންޖެއްކަމެއްވެސް..އެކަމަކު ތިފަދަ ހާލެއްގަ ވަނިކޮށް ދޫކޮށްފަ ދާހާ އަހަރެންގެ ހިތް ހަރެއް ނޫން..އަހަރެންގެ ގެއަށް ދާން ކެރޭކޮންކުންޖެއްކަމެއްވެސް..އެކަމަކު ތިފަދަ ހާލެއްގަ ވަނިކޮށް ދޫކޮށްފނެތަ” ލީވާން އަހާލިއެވެ.އެއަޑުއިވި އެއްވެސް އެއްޗެއް ނުބުނެ އަންހެންކުއްޖާ އިސްދަށަށް ޖަހައިގެންއިނދެ ބޯޖަހާލުމުން ލީވާން ތެދުވީ ދާށެވެ.އަންހެންކުއްޖާވެސް ލަސްލަހުން ތެދުވިއެއްކަމަކު ގެއާ ހަމައަށް ފޯރަންދެން ހިނގޭނެހާ ވަރު އެހަށީގަ ހުރެހެން ހީނުވެއެވެ.
“އަހަންނާއެކު ސައިކަލަށް އަރަން ކެރޭނެތަ” އަނެއްކާވެސް ލީވާން އަހާލުމުން އަންހެންކުއްޖާ ބޯ ޖަހާލިއެވެ.ހައްތާވެސް ލީވާންއަށް ސުވާލު ކުރެވެނީ މޫނު އަޅާ ކުއްޖަކަށްވާތީ ހިތުގަވާ އިހުތިރާމުންނެވެ.
ގެއަށް ވަދެވުނު އިރު ހިޔަލެއްނެތި އައުމުން ދެމީހުންމެ ތިބީ ތެމިފޯވެފައެވެ.އެޕާރޓްމެންޓްގެ ދޮރު ހުޅުވާލާފަ އެތެރެއަށް ވަންނަމުން ލީވާން އެގޮތްނޭނގޭ އަންހެންކުއްޖާ ސޯފާގައި އިށީންނާން އެދުނެވެ.ދޮރު ތަޅުލާފަ ލީވާން ހުރީ ހަދަންވީ ގޮތެއްވެސް ނުވިސްނިފައެވެ.ދެމީހުންގެ ހެދުމުން ތަޅަމުން ދިޔަ ފެންތިކިތަކުން ޓައިލްސް ތަކުގަ ކޯރެއް ހެދެން އުޅުނު ކަހަލައެވެ.ލީވާން ކުޑައިރުކޮޅަކު އެކުއްޖާއަށް ބަލަން ހުރެ ވިސްނުނެވެ.ހިލެ އަންހެންކުއްޖެކެވެ.ކާއެއްޗެއް ދީފަ އަވަހަށް ފޮނުވާލަންވީހެވެ.ނޫނީ އޭނާ ހަމަޖެހިގެން އަމިއްލައަށް ނިކުންނަންދެން ބޯހިޔާވަހިކަމުގެ އަތެއް ދިއްކޮށްލަން ވީހެވެ.
“އިށީނދޭ” ބުދެއްހެން އެކުއްޖާ ހުންނަން ފެށުމުން ލީވާންއަށް ބުނެވުނެވެ.މަޑުމައިތިރިކަމާއެކު އެކުއްޖާ ބުނެލީ އޭނާގެ ހެދުމުން ސޯފާ ތެމޭނެކަމަށެވެ.
“ރަނގަޅުވާނެ..ތިހާލުގަ ކިހިނެއް ކޮޅަށް ހުންނާނީ..ފަހުން އަހަރެން ސާފްކުރާނަން..އެބަ އަންނަން..”
ލީވާން ގޮސް ކޮޓަރިއަށްވަދެ އިރުކޮޅަކުން ނިކުތީ ތެތްއެއްޗެހި ބަދަލުކޮށްގެނެވެ.އޭރު އަންހެންކުއްޖާ ސޯފާގައި އެސްފިޔަތަށް ތިރިކޮށްލައިގެން އިނެވެ.ލީވާން ބަދިގެއަށްވަދެ ނިކުތީ ހޫނު މައިލޯ ތަށްޓަކާ ކުކީސް ކޮޅެއް ހިފައިގެނެވެ.އޭނާ ދިއްކޮށްލި ތަށީގައި އަންހެންކުއްޖާ ހިފުމުން ލީވާން އިށީނީ ކުރިމަތިވާނެހެން ސޯފާގައެވެ.
“ކޮންނަމެއް ކިޔަނީ..”
“ޒޭނާ” ލަސްލަހުން އޭނާ ބުނެލިއެވެ.
“އަހަންނަކަށް ނޭނގެ ޒޭނާއަށް ދިމާވީ ކޮންފަދަ މުސީބާތެއްކަމެއްވެސް..އެނގޭހާވެސް އެއްޗަކީ ތިވަނީ ވަރަށް ހިތާމައިގަ ކަން.މިވަގުތު އަހާ އޮޅުންފިލުވާކަށް އަހަރެން ނެތީން..ޒޭނާ ބޭނުންވީ އިރަކުން ކިޔާދޭންވީ…އަހަންނަށް ކިޔަނީ ލީވާން..ޒޭނާ ބޭނުންވަންދެން މީގޭގަ ހުރެވިދާނެ..ހުސްކޮެސް..އެނގޭހާވެސް އެއްޗަކީ ތިވަނީ ވަރަށް ހިތާމައިގަ ކަން..އަހަންނަށށް އެހެރަ ކޮޓަރީގައި..މީކީ އިތުރު ބަޔަކު އުޅޭ ތަނެއްނޫން..އަހަންނާއި އަހަރެންގެ ތުއްތު ދަރިފުޅު އެކަނި..ސޯ ޒޭނާއަށް މިގެއިން ފުރިހަމަ މިނިވަންކަން ލިބޭނެ..ނުދަންނަ މީހަކަށް ވިޔަސް އަހަރެންނާ ދޭތެރޭ ޒޭނާ ހާސްވާކަށް ނުޖެހޭނެ..އަހަރެންގެ ހިތް ވަރަށް ސާފް”ލީވާން ދެއްކި ވާހަކަތަށް އަޑުއަހަން ޒޭނާ އިނީ ހިމެންކަމާއެކުގައެވެ.ވަކި އެއްޗެއް ނުބުނުމުން ލީވާން ތެދުވެ ދާން ހިނގައިގަތީ ކަމެއް ހަނދާންވެފައެވެ.އޭނާ ކުރިމަތީ އެގޮތަށް ވިއްދާފަ އިނުމުން ޒޭނާއަށް ނުކެވޭނެކަން އެނގޭތީއެވެ.
“އެކޮޅުގަ އޭނީ މެޝިނު..ތެތް ހެދުން އޭގެން ހިއްކާލާ..އެހެރީ ޒޭނާގެ ރޫމު..އަހަރެން މިދަނީ ދަރިފުޅުބަލާ..ދެން އަންނާނީ ގަޑިއެއްހާއިރު ފަހުން..”ލީވާން ނިކުމެ އެޕާޓްމެންޓް ތަޅުލިއެވެ.އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.ނުވެސް އެނގި ހުއްޓާ މިޖެހުނު ކަމަކުން ލީވާން ހުރީ ހިސާބަކަށް ހާސްވެފައެވެ.ވާރޭ ހުއްޓާލާފަ ވުމާއެކު ލީވާން ސައިކަލަށް އަރައިގެން ދުއްވާލިއެވެ.
ދަރިފުޅު ގޮވައިގެން އައިމަގުމަތީގަ މިއަދު ގޭގަ އެހެން ދައްތައެއް އުޅޭނެކަމަށް ލީވާން ބުނެދިނީ ލޯތްބާއެކީގައެވެ.އެއީ މަންމަތޯ ކުޑަކުޑަ ޒީކް ކޮށްލި ސުވާލުން ލީވާން ސިހުނެވެ.އޭނާ މިހާލޯބި ދޭއިރުވެސް މަންމަ ގެ ވާހަކަ ޒީކް ދޭތެރެއަކުން ދައްކާލައެވެ.އެއީ ކަންވާނެގޮތެވެ.މަންމައަށް ބޭނުން ނުވާނީ ކާކުހެއްޔެވެ.އެކަމަކު އެމަންމައަށް ދަރިފުޅަށް ވުރެން ދުނިޔޭގެ އުފަލާ މަޖާ މުހިއްމުވެގެން ދަރިފުޅު ދޫކޮށްލާފަ ދިޔައީއޭ ލީވާން ބުނާނީ ކިހިނެއްހެއްޔެވެ.މަންމަ ކޮބާތޯ ޒީކް ސުވާލުކުރާ ކޮންމެ ފަހަރަކު ވެސް ލީވާން ދެނީ އެއްޖަވާބެކެވެ.މަންމަ މިވަގުތު ނެތަސް ކޮންމެސް ދުވަހަކުން އަންނާނެ ކަމަށްބުނެ ދަރިފުޅުގެ ހިތްހަމަޖައްސައިދެއެވެ.
“އެއީ ދައްތައެއް..އެދައްތައާ ފްރެންޑްވާޗޭ ދަރިފުޅު އިނގޭ”ސައިކަލު ގޭދޮށަށް ޕާކްކޮށްފަ ގެއަށް ވަދެވުނުއިރު އިރުއޮއްސުމާ ގާތްވެއްޖެއެވެ.ދަރިފުޅު އުރާލައިގެން ލީވާން ވަތްއިރު ޒޭނާ ފެންނަންވެސް ނެތެވެ.ކޮޓަރީގަކަމަށް ޔަގީންކޮށްފަ އޭނާވެސް ދަރިފުޅާއެކު ވަނީ ކޮޓަރިއަށެވެ.
ޒީކްގެ ޔުނީފޯމް ބަދަލުކޮށް ފެންވަރުވާލާފައި ލީވާން އަވަސްވެގަތީ ކާއެއްޗެއް ހަދާށެވެ.އެކަނި މިހެން އުޅެއުޅެ ގޮސް ލީވާން ވަނީ ހުރިހާކަމަކަށް ފަރިތަވެ އެކަނި އުޅެން ދަސްކޮށްފައެވެ.
ލީވާން ޕާސްޓާ ކެއްކީ ރެއަށްވާ ވަރަށާ އެކީގައެވެ.އިތުރު މެހެމާނަކު ވާކަން ހަނދާންކޮށްފައެވެ.ޒީކަށް ކާންދީގެން ބަދިގެތެރެ މައިތިރިކޮށްލާފައި ދަރިފުޅު އުނގަށްލައިގެން ލީވާން އޮށޯވެލީ ސޯފާގައެވެ.ގުރުއާން ޖަހައިގެން ދެބަފައިން ތިއްބާ މޭމަތީ އޮވެ ދަރިފުޅަށް ނިދިއްޖެއެވެ.
ޒީކް ކޮޓަރިއަށް ލާންދާންވެގެން ލީވާން ތެދުވެލިއިރު ޒޭނާ އޭނާގެ ކޮޓަރިން ނިކުންނަނީއެވެ.ނިދާލާފައައިހެން ހީވީ ލޮލުގައިވާ އަސަރަކުންނެވެ.ލީވާން ހަމައެކަނި ހިނިތުންވެލިއިރު ޒޭނާގެ ކަޅިހުއްޓިފައިވަނީ ކޮނޑުމަތީ ލޯބިކޮށް ނިދާލާފައިވާ ފުށްގަނޑަށެވެ.
ދަރިފުޅު ތަންމައްޗަށްލާފައި ނިކުމެ ލީވާން ކެއުމަށް ޒޭނާއަށް ދައުވަތު ދިނެވ.
“ދަރިފުޅުތަ އެއީ..މާޝަﷲ”މޭޒުދޮށުގަ އިށީނދެލަމުން ޒޭނާ ބުނިއެއްޗެއް އަހާފަ ލީވާން ހިނިތުންވެލިއެވެ.ޒޭނާއަށް ފުރުސަތު ދިނުމުގެ ގޮތުން ކައެއްޗެހި ތައްޓަށް އަޅައިގެނ ްލީވާން ނިކުތީ ސިޓިންގރޫމަށެވެ.
“ތިވެދޭ އެހީތެރިކަމަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭނގޭ..ތީ ކޮންފަދަ މާތް އިންސާނެއް” އެހިސާބަށް ބުނެވުނު އިރަށް ޒޭނާ ފެންކަޅިވެއްޖެއެވެ.ކިރިޔާ ނުރޮވި ހުރެ ޒޭނާ އަދި އެދުނީ ކުޑަ ދުވަސް ކޮޅަކަށް އެގެއިން އޭނާއަށް ހިޔާވަހިކަން ދިނުމަށެވެ.
ލީވާން ވިސްނާލިއެވެ.އޭނާއަށް ޒޭނާއަކީ ކާކުކަމެއްވެސް ނޭނގެއެވެ.ކުޑަމިނުން ހުރިސިފަވެސް ނުފެނެއެވެ.އެދެލޯ ފިޔަވާ ފެންނަ ތަނެއް ނެތެވެ.އެކަމަކު ޒޭނާގެ އެދުމަށް އެއްބަސް ވެވުނީ ލީވާންގެ ހާލުވެސް އެވަގުތު ހުރިގޮތުންނެވެ.ދަރިފުޅު ބަލަމުންދިޔަ ލަންކާ އަންހެންކުއްޖާ ނެތުމުން ވާނެދަތި ހިތަށްއަރާފައެވެ.ޔަގީނުންވެސް އޭނާ އެދެފިޔާ ޒޭނާ ދަރިފުޅު ބަލައިދޭނެއެވެ.ޒޭނާގެ މަޑުމައިތިރިކަމާ އަހްލާގް ފެނި ނުވެސް ދަންނަ ކުއްޖަކަށްވިޔަސް މިހާ އަވަހަށް އިތުބާރުކޮށް ދަރިފުޅު ބެލުމުގެ މަސްއޫލިއްޔަތު ޒޭނައާ ހަވާލުކުރެވުނީ ހިތުން ރުހުމުންނެވެ.
ހަފްތާއެއް ވެލިއިރަކަށް ޒީކް މުޅިން ޒޭނާއަށް ދޯޅުވެ ނިމިއްޖެއެވެ.ނުލިބުނު މަންމައެއްގެ ލޯބި ޒޭނާގެ ކިބައިން ޒކްއަށް ލިބެމުންދާކަހަލއެވެ.ދަރިފުޅާ ދޭތެރޭ ޒޭނާ ބަހައްޓާ ފަރުވާތެރިކަމާ ސަމާލުކަން ފެނި ލީވާންގެ ހިތްފުރުނެވެ.ޒޭނާގެ ފަރުވާތެރި ކޮންމެ އަމަލަކަށް ހިތުގެ އަޑިން ތައުރީފް ކުރެވުނެވެ.ގެވެހި އަތްބެއްގެ ހުންނާނެ ހުރިހާ ރިވެތި ސިފައެއް މިގޮތް ނޭނގޭ އަންހެންކުއްޖާގެ ކިބައިގައި އެބަވެއެވެ.ލީވާންވެސް އެއްއިރެއްގަ ބޭނުންވީ މިފަދަ ގެވެހި ދީންވެރި އަންހެންކުއްޖެކެވެ.ނަމަވެސް އޭނާގެ އުއްމީދުތަށް ފުރިހަމަނުވެ ދިރިއުޅެން ޖެހިފަމިވަނީ ދަރިފުޅާއެކު އެކަންޏެވެ.ލީވާން އެހާލޯބިން ހޯދި ހަޔާތުގެ ބައިވެރިޔާ ހީކުރިފަދަ މާތް ކުއްޖަކަށް ނުވިއެވެ.އުއްމީދު ނުކޮށް ތައްޔާރުނުވެ ތިއްބާ ދަރިއަކު ލިބުމުން ސުމާރުޅިގަދަވީއެވެ.ޖަލެއްގަ ބަންދުވެއްޖެ ކަމަށް ބުނެ ތާއަބަދު ޝަކުވާ ކުރަންފެށީ ދަރިފުޅުގެ ސަބަބުން ލިބެންޖެހޭ މިނިވަންކަން ގެއްލިއްޖެކަމަށް ބުނެއެވެ.އާއިލާއަށް ވުރެ ސުމާއަށް މުހިންމުވީ އެކުވެރިންނާ ދުނިޔޭގެ އުފަލާ މަޖަލެވެ.އެންމެފަހުން ލީވާން މަތިންވެސް ފޫހިވެ ތާއަބަދު ވަރިއަށް އެދެންފެށީ ލީވާންގެ ހިތަށް ކުރާ އަސަރާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާނުލައެވެ.ލީވާން ކިތަންމެ ދެރަވެ ކަރުނައެއް އެޅިޔަސް ދާންހުރި މީހެއްގެ އަތުގައި ގަދަކަމުން ހިފަހައްޓާނީ ކިހިނެއް ހެއްޔެވެ.ވަރިކުރަން ބޭނުންނުވިޔަސް މެދުނުކެނޑި ސުމާ ލަމުންދިޔަ ސިޓީތަކުން ކޯތުން ދެމީހުންގެ ކައިވެނި ރޫޅާލުމާއެކު ލީވާން ދަރިފުޅާ އެކަނިވީއެވެ.އޭނާގެ ހަޔާތުން އެދުވަހު ނިކުމެގެން ސުމާ ދިޔައީ ދަރިފުޅަށްޓަކާވެސް ރަހުމެއް ނެތްކަން ދައްކާދީފައެވެ.ބައެއް މައިންނަކީވެސް ހިތްގަދަ ބައެއްކަން އެދުވަހު ސުމާ ސާބިތުކޮށްދިނެވެ.މިހާރުވެސް އޭރުގެ ހަނދާންތަށް އާވެފާ ލީވާންގެ ދެލޯ ތެމިދެއެވެ.ދަރިފުޅު ރުއިރުއިން ހިތަށް އަރާފައެވެ.މަންމައެއްގެ ލޯތްބަށްޓަކާ ހަމަހުގެ ފުރާނަ ގިސްލާ ރުއި ރޭތަށް ހަނދާންވެފަ މިހާރުވެސް ލީވާންގެ ހިތް މޭތެރެއަށް ގެނބިގެން ދާފަދައެވެ.އެދަނޑިވަޅު ކުރާނެ އަސަރު އެނގޭނީ ދަރިފުޅު ދެކެ ލޯބިވާ ބައްޕައަކަށް އެކަންޏެވެ.ހިއްވަރުގަދަ ލީވާންގެ މަސައްކަތުން މަޔަކާ ނުލާ އެދަރިފުޅު ބަލާ އެވަނީ ތިންއަހަރު ފުރިފައެވެ.
“ބައްޕާ” ޒީކް ނިންދަވަން ބައްވައިގެން އެނދުގަ އޮށޯވެލައިގެން އޮއްވާ އެތުއްތު އަޑުން ގޮވާލުމުން ލީވާންގެ ހިތްފުރިގެންދިޔައެވެ.ހިނިތުންވުމަކާއެކު އޭނާ އެނބުރި ދަރިފުޅުގެ ކޮލުގައި ބޮސްދެމުން ވީކީއްތޯ ސުވާލުކުރިއެވެ.
“ޒޭނާ ދައްތައާ ކޮއްކޮގެ މަންމައާ އެހާވައްތަރީ ކީއްވެ” މައުސޫމު ގޮތަކަށް އެސްފިޔަ ޖަހާލަމުން ޒީކްކޮށްލި ސުވާލުއިވިފާ ލީވާންއަށް ތެދުވެވުނެވެ.
“ދަރިފުޅު ދެކުނިންތަ ޒޭނާ ދައްތަގެ މޫނު” ލީވާންއަށް އަހާލެވުނެވެ.
“ކޮއްކޮއަށް ފެނުނު މިއަދު..ކޮއްކޮ ހުއްޓާ ޒޭނާ ދައްތަ ރޫމުގަ ބުރުގާބޭލި..މަންމަގެ ހުންނަ ކުލަ ޒޭނާ ދައްތަގެ ލޮލުގަވެސް ހުރީ..އެއީ ކީއްވެ” ޒީކްގެ ވާހަކަތަކުން ލީވާންއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ.ބުނަންވީ އެއްޗެއް ނުވިސްނުނެވެ.ދަރިފުޅު ދެއްކި ވާހަކަތަކުގަ ކޮންމެސް ކަހަލަ ހަގީގަތެއްވާނޭ ހިތްބުނީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ.އެކުއްޖާއަށް ހަދަހަދައިގެން އެފަދަ ވާހަކައެއް ދައްކަން ނޭނފޭނެތީއެވެ.ޒީކަށް ވާނީ އެތަށްފަހަރަކު ސުމާގެ ފޮޓޯތަށް ފެނި މަންމަގެ ސިފަތަށް ދަސްވެފައެވެ.ވީމާ ޒޭނާ އާ ސުމާ ވައްތަރުކަމަށް ޒީކް ބުނާނީ ހަގީގަތުގައިވެސް އޭނާއަށް އެއްޗެއް އެނގުމުންނެވެ.
ލީވާން ކޮންމެސް އެއްޗެކޭ ކިޔައިގެން ދަރިފުޅު އެހިޔާލްތަކާ ދުރުކޮށްފަ ނިދެންދެން ކައިރީގަ އޮތެވެ.އެއަށްފަހު އޭނާ ތެދުވީ ޒޭނާގެ އަސްލު ހޯދުމަށް ޝައުގުވެރިވީ ވަރުންނެވެ.އޭނާއަށް ޒޭނާއާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގިފަ ނެތްކަން ވިސްނުނު ހިސަބަކީ އެއީއެވެ.ކިޔާ ނަންފިޔަވާ އެނގެނީ ކޯއްޗެއްހެއްޔެވެ.ނުވެސް ދަންނަ އަންހެނަކު ގެއަށް ލައިގެން މިހާދުވަހު އުޅެނީ ހަމަ އޭނާ މޮޔަވީމައެވެ.
ލީވާން ނިކުތްއިރު ފެނުނީ ބަދިގޭގަ ޒޭނާ ކޮފީއެއް ހަދަން އުޅެ މަންޒަރެވެ.މިގަޑީގައިވެސް ހުރީ މޫނު އަޅާ ނިވާވެގެނެވެ.ލީވާންގޮސް ކައިރިއަށް ހުއްޓިލިއެވެ.ޒޭނާ އެނބުރިލުމާއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.ލީވާންގެ ހިތަށް ގުޑުމެއް އަރައިގެން ދިޔައީ ބޯ އެސްފިޔަތަކުގަ ހިޔަލުގައިވާ ޒޭނާގެ އެދެލޯ ފެނުމުންނެވެ.އަޅި ކުލައިގެ ތަފާތެއްނެތް އެކަޅިއެވެ.ކަޅު ކަޅިއެއްގެ ވެރި ޒޭނާގެ ލޮލަށް މިރޭ މިއައީ ކޮންބަދަލެއްހެއްޔެވެ.ލެންސް ލައްވާފަ ބާއެވެ.ލީވާންގެ ހިތުގެ ހިނގުން އަވަސްވެލީ ނިދަން އޮވެ ދަރިފުޅު ދެއްކި ވާހަކަތަށް ހަނދާންވެފައެވެ.
“ތީކާކު؟” ހައިރާންކަމާއެކު ލީވާންއަށް އަހާލެވުނެވެ.އެތަށް ސުވާލަކުން ފުރިފައިވާ އެމޫނު ފެނި ޒޭނާ ބަލަން ހުރީ މިވާ ގޮތް އެނގޭހާލުގައެވެ.ލީވާންއަށް ސިހިގެން އެއްފިޔަވަޅު ފަހަތަށް އަލާލެވުނީ ޒޭނާ ކުއްލިއަކަށް ކޮށްލި ކަމަކުންނެވެ.ކޮފީތަށި މޭޒުގަ ބަހައްޓަމުން ފުރަތަމަ ފަހަރަށް މޫނު ފޮތިކޮޅު ނެގީއެވެ.
“ވަޓް؟؟؟ސުމާ؟؟؟؟” ކަޝްފުވެގެން ދިޔަ އެމޫނު ފެނި ލީވާންގެ އަޑު ނިކުތެވެ.އެތަށް ހައިރާންކަމަކާއެކުގައެވެ.މިއި މީގެ އަހަރުތަކެއްކުރީން ފޫހިވެގެން ދުނިޔެއާ އެކުވެރިން މުހިންމު ވެގެން އޭނާ ދޫކޮށްލާފަ ދިޔަ އަނބިމީހާ ހެއްޔެވެ.
“ލީވާން އަހަންނަށް މާފްކޮށްދީފާނަންތަ؟”ސުމާގެ އަޅި ލޮލުގައި ގިނަވެފައިވާ ކަރުނަތިކި ޖަންބެއްފަދަ ކޯތާފަތުގަ ރޮނގުދަމާލިއެވެ.އަޅި ކުލައިގެ އެދެލޮލަކީ އެއްއިރެއްގަ ލީވާން މަރުދިން ސިފައެކެވެ.ލީވާން ޖެހިލީ ފަހަތަށެވެ.ލިބިފައިވާ ހައިރާންކަން މޫނުން ފިލާނުދެއެވެ.
ސުމާ ލީވާންއަށް ފުރަގަސް ދެމުން ރޯންފެށިއެވެ.އޭނާގެ ކުށް މިއަދު އޭނާއަށް އިހުސާސްވި ކަހަލައެވެ.އެދުވަހު ދަރިފުޅާ ފިރިމީހާ ނިކަމެތިކޮށް ދޫކޮށްލާފަ ދިޔަގޮތް ހަނދާންވެ ދެރަވެ ލަދުގަންނަ ފަދައެވެ.ހަގީގަތަކީ ސުމާ ބޭނުންވީ ލީވާންގެ މާފެވެ.އެމީހުން ދޫކޮށްފާ ދިޔަފަހުން ސުމާއަށް ހަމަޖެހުމެއް ނުލިބުނެވެ.އެކުވެރިންވެސް އޭނާއަށް ދިނީ ކެއްސެވެ.ދިރިއުޅުމުގަ ހެދުނު ގޯސް ސުމާއަށް އިހުސާސްވީ އެހިސާބުންނެވެ.ޖަވާހިރެއްފަދަ ރަނގަޅު ފިރިއަކު ކުށެއްނެތި ދޫކޮށްލެވިއްޖެކަން ވިސްނުނީ އެދުވަހުއެވެ.ބަނޑުއަޅައިވިހޭ ދަރިފުޅު ހަނދާންވެ ކަރުނަ އޮއްސަންފެށުނީ އެހިސާބުންނެވެ.އަލުން އެނބުރި އެހަޔާތަށް އަންނަން އޭނާ ކިތަންމެ ހާވެސް ބޭނުންވިއެވެ. އެކަމަކު އެދުވަހު ކަންތަށް ކުރެވުނު ގޮތް ހިތަށް އަރާފައި އައުމުގެ ހިއްވަރު ނުލިބި އެތަށް ދުވަހަކު އޭނާ ހުރީ ލީވާން މާފު ނުދޭނޭ ހީވެފައެވެ.ކުރެވުނު ކުށުން މާފަށް އެދެންވެސް ލަދުގަނެފައެވެ.
އެކަމަކު ހިތުގައި އުތުރި އަރަމުންދިޔަ މައިވަންތަ ލޯބިން ކެއްނުވެ އެންމެފަހުން އޭނާ މޫނު އަޅައިގެން ކަޅު ލެންސުން އެދެލޯ ހިމާޔަތް ކޮށްގެން އޮޅުވާލުމެއްގެ ތެރެއިން ލީވާންގެ ހަޔާތަށް އައީއެވެ.ބޭނުންވީ އެންމެ ކަމެކެވެ.ލީވާންގެ މާފެވެ.ދަރިފުޅަށް ޓަކާ ހިތުގަވާ ލޯތްބެވެ.ލީވާން މާފު ދީފަ އަލުން އަތްބެއްގެ ގޮތުގައި އޭނާ ބަލައިގަންނާނެ ނަމަ ކިހާ ރަނގަޅުހެވެ.މިއަދު އޭނާ މިވަނީ ލީވާން ބޭނުންވިފަދަ ދީންވެރި ގެވެހި އަންހެނެއްގެ ގޮތުގައެވެ.
“މާފަށް އެދެންވެސް މިއަދު އަހަރެން ލަދުގަނޭ…ލީވާންގެ މާފު ހައްގެއްވެސް ނޫން ކަންނޭނގެ..އެކަމަކު ހެޔޮ ވިސްނުން ލިބުމަށްފަހު އަހަރެން ކުރި ހިތާމަ ﷲ ބައްލަވާ ވޮޑިގެންވޭ..ލީވާން އެކަނި މާއެކަނި އެތަށް ބުރަޔަކާއެކު ދަރިފުޅު މިހިސާބަށް ގެނައުން މިގޮތަށް އައިސް މާފަށް އެދެން އަހަރެން ލަދުވެސް ގަންނަން ޖެހޭނެ..ގަބޫލުކުރަން އެކަން..އެކަމަކު ދަރިފުޅާ ދުރުގަ ހުންނާކަށް ދެން ކެތެއްނުވާނެ..ﷲގެ ވަޖްހުފުޅަށްޓަކާ މިބުނަނީ..އަހަންނަށް މާފުކޮށްދީ..ތިހަޔާތުން އަލުން އަހަންނަށް ޖާގައެއްދީ..ދަރިފުޅާ އަހަންނާ ވަކިނުކުރޭ” ސުމާ ރޮމުން ރޮމުން ތިރިވީ ލީވާންގެ ފައިބުޑަށެވެ.އެދެފައިތިލައިގެ ކަރުނަޔާއެކު ބޮސްދެމުން އޭނާްދީ..ދަރިފުޅާ އަހަންނާ ވަކިނުކުރޭ” ސުމާ ރޮމުން ރޮމުން ތިރިވީ ލީވާންގެ ފައިބުޑަށެވެ.އެދެފައިތިލައިގެ ކަރުނަޔާއެކު މާފަށް އެދެމުން ދިޔައެވެ.
ހަގީގަތް އެނގުމުން ލީވާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.ފެންކަޅިވީ ނުވެސް އެނގި ހުއްޓައެވެ.އޭނާ އިންތިހާއަށް ލޯބިވި ސުމާ މިއަދު މިވަނީ ހީނުކުރާ ފަދައިން ބަދަލުވެފައެވެ.ސުމާގެ ރީތި އަހްލާގާ އުޅުން ޒޭނާގެ ގޮތުގައި ލީވާންއަށް ތަޖުރިބާ ކުރެވިއްޖެއެވެ.ދަރިފުޅުމިވަނީ މި އަންހެނާއަށް ދޯޅުވެ ނިމިފައެވެ.ނޭނގި ނަމަވެސް މީ އެކުއްޖާގެ ހަގީގީ މަންމައެވެ.މަންމައަކާ ދަރިއަކު ދުރުކުރެވޭނެ ހެއްޔެވެ.ވިސްނިގެން އައިސް މާފަށް އެދުމުން މާފު ނުދޭންވި ކީއްވެހެއްޔެވެ.އިންސާނުންނަށް ކުށް ކުރެވޭނެއެވެ.ކުށަށް މާފް ދިނުމަކީ އެންމެ ރިވެތި ސިފައެކެވެ.ތައުބާ ވުމުން ﷲ އެތައުބާ ގަބޫލު ކުރައްވާއިރު ލީވާން ވަކި ސުމާއަށް މާފު ނުދޭންވި ސަބަބެއް ނެތެވެ.ދެވަނަ ފަހަރަށް އަތްބެއްގެ ގޮތުގައި މިއަންހެންކުއްޖާ އޭނާގެ ހަޔާތަށް ގެނައުމަށް ލީވާން ކެއްމަދުވިއެވެ.އަހަރު ތަކަކަށްފަހު އޭނާގެ އެކަނިވެރިކަން މިފިލީ އަޖައިބެއްފަދަ ގޮތަކަށްށެވެ.ތޫފާނެއް ފަދައިން އޭނާގެ ދިރިއުޅުމުން ނިކުމެގެންދިޔަ އަންހެން ކުއްޖާ އަހަރު ތަކަކަށްފަހު ތޫފާނީ ދުވަހެއްގަ އޭނާގެ ހަޔާތާ އައިސް ގުޅުނީއެވެ.
(ނިމުނީ)
4 Comments!
Comments are closed.

Yeyy me first dhw ??
varah reethi vaahakaeh
Me first vrah reethi❤❤❤❤
Vrh vrh reethi vaahaka….???
Good luck keep doing good work dear ….