އަބަދުވެސް ލޯބި ދޭނަން….3
ޑޮކްޓަރު ވިޔާދުގެ ޙާލު ރަނގަޅޭ ބުނުމާއެކު ސަމާގެ ހިނިތުންވުން ފުންވިއެވެ.އަދި ނީޝާ ގެއަށް ލައިދޭން،
އެމީހުން ގެންގުޅޭ ކާރު ޑްރައިވަރ ކައިރީ ބުނުމުން އެމީހާ އައެވެ.އަދި ނީޝާ ގެއަށް ލައިދިނެވެ.
ސަމާ ބޭނުންވީ ލޯބިވާ ފިރިމީހާގެ ޚިދުމަތުގައި ހުންނާށެވެ.
*******
“ކަލީޝާ ކާން ހަދައިދީބަ..ވަރަށް ބަނޑުހައި..” “ސާބަސް ޔޫޝައު އަށް…މޭޒު ދޮށުގައި ހުންނާނެ ކުރަފި މަސްހުނި
ހަދާފަ..ވަރަށް މީރުވާނެ..”ކަލީޝާ ބުނި ވާހަކަ އިން ޔޫޝައު ފަކުރު ގަތެވެ.
“ޗީ..ލީޝް ދޭބަ އޭތި ކާން…މަ ނުދާނަން ތިކުރަފި މަސްހުނިގަނޑެއް ކާކަށް..”ކަލީޝާ އަނެއްކާވެސް ބުނެލިއެވެ.
“ސާބަސް..މަންމަ އެބަހުރި ކާން ހަދާފަ،ޔޫޝައު އަށް..”ކަލީޝާ އެހެން ބުނުމާއެކު ޔޫޝައު ހިނިގަނޑެއް ޖަހާލާފައި
ބުނެލިއެވެ.”ހޫނ..މިދަނީ..ނޫޅެމޭ ލީޝް އަށް އުނދަގޫ ކުރާކަށް..”ކަލީޝާއަށް ނޭނގުނުކަމަކީ،ޔޫޝައު ކަލީޝާ
އޭނާއާ އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ޙައިރާންވި ކަމެވެ.
********
ކައިލީ އެނދުގައި ގޮސް އޮށޯވެލިއެވެ.ލޮލަށް ނިދި ސަވާރު ނުވިއެއްކަމަކު،ދެލޯ މަރާ ތަގުޅި ކޮށްލިއެވެ.
ލާޝީން ނާންނާތީ ކައިލީ ދެރަވިއެވެ.ފިރިމީހާގެ ފަރާތުން ލޯތްބާ އަޅާލުން ނުލިބޭ ތާނގައި
ހެޔޮހިތުން ބަހެއްވެސް ނުބުނެލައެވެ.މިރޭ ލާޝީން ލަސްވީ އޮފީސް ކަމަކުއޭ ހިތައި،ކައިލީ އެކަމާ
ފަހުން އަޅައެއް ނުލައެވެ.ކައިލީއަށް ނޭނގުނު ކަމަކީ،ލާޝީން އޮތީ ސިޓިން ރޫމްގައި ހުރި ސޯފާގައި ނިދާފަ ކަމެވެ.
********
އާދުވަހަކަށް އިރުއެރީ އެކިމީހުންގެ ޙަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ.ހިތްދަތިކަމާ ވޭނާ އެކު
އުޅޭ މީހުންނާ އުފަލާ ހިތްހަމަޖެހުމާއެކު އުޅޭ މީހުންނެވެ.ލޯބީގެ ގަނޑުވަރު ބިނާކުރާ މީހުންނާ
ލޯބީގެ ގަނޑުވަރު ނެތިކޮށްލާ މީހުންނެވެ.
ނީޝާ،ގާޑެން ސުކޫލުގެ ގޯތި ތެރެއަށް ވަތް ގަޑީގައި މީހެއްގެ ގައިގައި ޖެހި އަރިއަޅާލިއެވެ.
********
ތުއްތު ހާވީއާއެކު ސަމާސާ ކުރަންއިން ޔޫޝައު އަށް ސިހުންގެނުވީ ކަލީޝާ ގޮވައިލި އަޑަށެވެ.ޔޫޝައު،
ހާވީ ގޮވައިގެން ކާކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.
އެވަގުތު ކަލީޝާ ވެއްޓިފައި އޮތުމުން ،ޔޫޝައު ޕަކަޕަކަ ލާފައި ހޭން ފެށިއެވެ.
އެއާއެކު ކަލީޝާ ހިިނިތުންވެފައި ތުން އަނބުރާލިއެވެ.
********
ނީޝާއަށް އޮވެވުނީ ނޫކުލައިގެ ކަޅިއެއްގެ ވެރި ސޫރައަށް ބަލަ ހައްޓައިގެންނެވެ.
އެޒުވާނާއަށް،ނީޝާ ހިތާހިތުން ތަަޢުރީފް ކޮށްލިއެވެ.އެޒުވާނާއަށްވެސް ވީ ހަމަ އެވަރެވެ.ކުރިމަތިން އެ ފެންނަނީ
ހޫރު ޕަރީއެއް ހެއްޔޭ،ލަމާންގެ ހިތައް އެރިއެވެ.މިހުރެވުނީ ކީއްކަން އެނގި ދެމީހުންވެސް ވަރަށް ލަދުގަތެވެ.
މީހަކަށް ފެނުމުގެ ކުރިން ދެމީހުން ކޮޅަށް ތެދުވިއެވެ.
********
“އަޅެ ޒަވީދާ ބުނެބަލަ..ތި ގޯތި ޒާޝާ އެއުޅެނީ މީހަކާ އިންނާށޯ..އެވެސް މަގޭ ދަރި ނަމަ ކިހާ ރަނގަޅު..
އެ ކަރީމާއަށްވެސް ކަމުދިޔައީ އެގޮތް…”ސަމީލާ،އޭނާގެ އެންމެ ގާތް އެކުވެރިޔާ(ޒަވީދާ)ކައިރީ
ބުނެލިއެވެ.
********
” އަދިވެސް މިޔޫޝައުގަނޑަށް ހޭންދޯ އެނގުނީ…އެ މަންޖެ ނަގާބަލަ..”ޔޫޝައުއަށް މީހެއްގެ އަޑެއް އިވުނެވެ.
އެވަގުތު ފަހަތް ބަލައިލިއިރު ހުރި މީހާ ފެނުމުން ޔޫޝައުއަށް ހަދަންވީ ގޮތެއް ނޭނގުނެވެ.
އެވަގުތު އޭނާއަށް ހަމައެކަނި ކޮށްލަން އެނގުނުކަމަކީ ކުޑަކުޑަ ހާވީ އުރައިލައިގެން ހުރުމެވެ.
*********
“އެހެންދޯ…އެންމެ ރަނގަޅު ގޮތް ކަންނޭނގެ އެއީ…” “ޒަވީދާ…..?”ސަމީލާ،ރުޅިވެރި މޫނަކާއެކު ޒަވީދާއާ
ދިމާލަށް ބަލައިލިއެވެ.ޒަވީދާ ހުރީ ބިރުން ތުރުތުރު އަޅާ ޙާލުގައެވެ.ވާނީވެސް އެހެން ތާއެވެ..
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Maa gina meehunge bai ehfaharaa genesdheythy vaa eh nuvaa eh neygey. Adi ehaa kuru koh genesdheneeves.
Sorry this is not the correct one..
yeah i agree.. but try kuraathi ingey kudakoh improve kollan.. vaahaka dhigu kollan ves.. plz.. hope it would be a nice story
Thanks Kyleen dear ??Aslu vaguthu nuvaathy aee…I’ll try to improve my writing skills..And dear buneli gothah kuriah huri part thah dhigukohleveythw masahkaiy kuraanan☺☺☺