Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި 10

Sh@_n@ Level 410 Stories100 Comments100 Login
July 17, 2018 4 Mins Read
7 Comments

އަހަރެންނަށް ހީވީ އަހަރެން ލާން އުޅުން ނޭވާ ވެސް ހުއްޓުނުހެންނެވެ. އަހަރެންނަށް ކުއްލިއަކަށް ކޮޅަށް ތެދުވެ އާކިފްއޭ ބުނެލެވުނެވެ.
އަހަރެންނަށް އާކިފްއޭ ބުނެވުނު ގޮތުން އާކިފް އަހަރެންނަށް ދުވަހަކުވެސް ނުބަލާ ގޮތަކަށް ބަލާލިއެވެ. އެހެންކަމުން އަވަހަށް އިށީނދެ ކަމެއް ނުވާ ކަމަށް ހެދުމުން ވެސް އާކިފްގެ ސުވާލުތަކާ ކުރިމަތިވިއެވެ. ” ކިހިނެއްވީ, އަނެއްކާ ފެންނަން ނުވާ ވަރުގެ މީހަކީތަ މީ, ކުއްލިއަކަށް ދެލޯ ބޮޑުވެފަ ތިހުރީ، އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް” މިހެންބުނެ ދެ އަތުން މޭޒުގައި ބެރު ޖަހާހެން ދެއަތުން ޖަހަންފެށިއެވެ. އަހަރެން އިނީ އާކިފް އެތާ އިނުމުން ކަންތައް ބޮޑުވެފައެވެ.

އަހަރެން އެެެެންމެފަހުން ކޮޅަށް ތެދުވެ ގެއަށް ދަނީ ކަމަށް ބުނެ ގޮނޑީން ތެދުވީމެވެ. އެހެންނަމަވެސް ވާރޭ ވަރަށް ބޯކޮއް ވެހެޔޭ ބުނުމުން އަނެއްކާވެސް އަހަރެންނަށް މަޖުބޫރުވީ އިށީނުމަށެވެ.

ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. އާކިފްވެސް އެއްޗެކޭ ނުބުނުމުން އަހަރެން އެންމެ ފަހުން ވާހަކަދެއްކީމެވެ.
” ކަމަކުތަ އައީ, އަހަރެން ވަރަށް އަވަހަށް ގެއަށްދާން ބޭނުން”.
މިހެން ބުނެ އަހަރެންނަށް އިސްޖަހާލެވުނެވެ.

“ގެއަށްދާން ދޯ, ދެންމެ ދުވެފަ ދިއައީ ގެއަކަށް ނޫންތަ, އެންމެ ފަހުން ވާރޭއާ ހުރެ ނުދެވިގެން ތިއައީ ދޯ, މުޅި މީހާ ތީނީ ތެމިފަވިއްޔަ, ލޯ ވެސް ރަތްވެފަ, ކިިހިނެއްވީ ރޮއެފަތަ”
އާކިފް އެހެން ބުނުމާއެކު އަހަރެންނަށް ހީވީ އަހަރެންގެ މޫނުމަތީ މީހަކު ބާރު ބޮނޑިއެއް އެޅިހެންނެވެ. އެހެންވީމާ އެގަނޑީގައި އެޖެހުނީ އާކިފްގެ ގައިގައި ބާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެންނަށް ބުނާނެ އިތުރު އެއްޗެއް ނޭނގުމުން އެންމެފަހުން އެބަ އަންނަމޭ ބުނެ ކެބިން އިން ނިކުންނަން ހިނގައިގަތީމެވެ. އާކިފްގެ ކުރިމަތީ އެންމެ މިނެޓެއްވެސް ހޭދަ ކުރުމަކީ އަހަރެންގެ ހިތް ކުދިކުދި ވާ ވަރުގެ ކަމެކެވެ. އަދި އެފޮޓޯ އިރުކޮޅަކާ ލޯ ކުރިމަތީ ސިފަވާތީއެވެ.

ކުއްލިއަކަށް އަހަރެންނަށް ހަޅޭލަވާގަނެވުނީ އާކިފް އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނަޔާ ދިމާލަށް ދަމާލުމުންނެވެ. އަހަރެން ނުވިސްނާ ހުރުމުން އަހަރެންގޮސް ޖެހުނީ އާކިފްގެ ތަނަވަސް މޭގައެވެ. އާކިފްގެ މޫނު އެހާ ކައިރިން ފެނުމުން އަހަރެންގެ ހިއްސުތަކަށް ގޮތްވެގެންދިޔައެވެ.އަދި އާކިފްގައިން ދުވަމުންދާ ސެންޓުވަހުން އަހަރެންގެ ލޭ ހިނގުން އަވަސްވިކަހަލައެވެ. މުޅި މީހާގެ ގައިން ހީބިހި ނަގައިގަތެވެ. އަދި އަހަރެން ހުރީ ތެމުނު ގޮތަށް ރަނގަޅަށް ނުހިކި ކަމުން އާކިފްގެ ހޫނު ނޭވާ އިހުސާސް ކުރެވުމުން އަހަރެންގެ އިހްސާސްތައް ކޮންޓްރޯލުން ނައްޓަން އުޅުނެވެ. އެހެންނަމަވެސް ހަމަޖެހިލަނީ އެއްވެސް ކަމެއް ނުވާކަމަށް ދައްކަމުންނެވެ.

އާކިފްވެސް އެއްވެސް އެއްޗެކޭ ނުބުނެ އަހަރެންގެ މޫނަށް ބަލަމުންދިޔަ ގޮތުން އަހަރެން އިސްޖަހާލީމެވެ. އެބުލުމުން އަހަރެންގެ ހިތް ހަމައިން ނައްޓާނެކަން އެނގުމުންނެވެ މީގެ އެތައް އިރެއް ކުރިން ހިނގާދިޔަ އެއްވެސް ކަމެއް އަހަރެން ހަނދާން ނުވާ ކަހަލައެވެ. އެއްމެފަހުން އާކިފް މަޑުމަޑުން ފަހަތަށް ގޮސް އަހަރެން ފާރުގައި ލައްކޮއްލިއެެވެ. އަދި ދެފަރާތުން އޭނަގެ އަތް ފާރުގައި ވިއްދާލިއެވެ. އޭރުވެސް އާކިފްގެ ހިނިތުންވުން ފިލާނުދެއެވެ.

އާކިފް އެހާ ކައިރީ ހުރުމުން އަހަރެންގެ ނޭވާވެސް އަވަސްވަމުންދިޔައެވެ. އަހަރެން އިންތިޒާރުކޮއްގެން ހުރީ އާކިފް ކޮންމެސް އެއްޗެއް ބުނާނެ އިރަކަށެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު އާކިފް ކަނާއަތުން އަހަރެންގެ އިސްޖެހިފައިވާ މޫނު އުފުލާލިއެވެ. އާކިފްގެ ފުން ދެލޮލަށް އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނެވެ. އާކިފްގެ ފުން ދެލޮލުން އަހަރެންނަށް ވާ ލޯބިފެނުނެވެ. އަހަރެން ހިތް ބުނަނީ އާކިފް ލޯބިވެޔެވެ. އެހެންނަމަވެސް އެ ފޮޓޯގެ ސަބަބުން އަހަރެންނަށް ވިސްނަންވީ ގޮތް ނޭނގުނެވެ. އެހެންކަމުން އާކިފްގެ ކޮންމެ އަމަލަކަށް މިވަގުތު އަހަރެންނަށް ހިތުން ރުހުމުން ރުހެވެމުން ދިޔައީ އަމިއްލަ ބާރަކާނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

“އެނގޭތަ އަހަރެން މިއައީ ކީއްކުރަން ކަން” އާކިފްގެ އެ ސުވާލުން އަހަރެންނަށް ދެފަރާތަށް ބޯހޫރުވާލީމެވެ.
” ޖަންނަ ތީ ހިތުގެ ޑޮކްޓަރެއްނު, އަަހަރެންގެ މިހިތަށް ފަރުވާއެއް ލިބޭތޯ? މިހެން ބުނެ އަހަރެންގެ އަތް ގެންގޮސް އާކިފްގެ ހިތާވީ ދިމާލުގައި ބާއްވާލިއެވެ. އަހަރެންނަށް އާކިފްއަށް ބަލާލެވުނެވެ
” ދޮގެއްތަ މި ބުނީ, ޖަންނަ އަހަރެންނަށް ފަރުވާދީ, އޭރުން މިހިތް މި ވެފައިވާ ޒަހަމް އެއްކޮއް ފިލާނެ, ޖަންނަ ނޫން އެހެން މީހެއްނެތް, އަހަރެންނަށް ހާދަ އިންތިޒާރެއް ކުރެވިއްޖޭ، ހާދަ ލޯބިވޭ ޖަންނަދެކެ, ދެން ނުވާނެ ކެތެއް, އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި, ޖަންނަ އަހަރެންދެކެ ލޯބިވޭ ދޯ, ” އާކިފްގެ އެ ހިތާމަވެރި އެހެނަސް އަހަރެން އަބަދު އިންތިޒާރުކުރި ބަސް އިވުމުން އަހަރެންނަށް އުފަލުން ރޮވުނެވެ.

” އަހަ… މިހާރު ކިހިނެއްވެގެން ތިރޮނީ, އަނެއްކާ މަށަށް ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނީތަ”މިހެން ބުނެ އާކިފް އަހަރެން ދެ ކޮޑުގައި ހިފާ ތަޅުވާލުމުން އަހަރެންނަށް ސިހުންވިއެވެ. އަމިއްލަ ހިޔާލަށް ގެއްލިފައި ހުރުމުން އަހަރެންނަށް ހޭލާ ހުއްޓަވެސް އެ ފެނުނީ ހުވަފެނެއްކަން އެނގުމުން އަހަރެންނަށް އިތުރަށް ރޮވުނެވެ. އާކިފްވެގެން އުޅޭ ގޮތް އެހުމުންވެސް އަހަރެންނަށް ޖަވާބު ދޭނެހާ ހިތްވަރެއް ނުލިބުނެވެ. އާކިފް ލޯބިވާނަމަ އެވާހަކަ ބުނާހާ ގިނައިރު އާކިފް އަހަރެން ދިޔަނުދީ އަތްވިއްދައިގެން ހުއްޓެވެ. އެހެންކަމުން އާކިފް އެއީ މީހެއްގެ ހައްގެއްކަން އަހަރެންނަށް ގަބޫލުކުރަން މަޖުބޫރުވިއެވެ. ނޭނގިނަމަވެސް އާކިފް އެކުޅުނީ އަހަރެންގެ އިހުސާސްތަކާއެވެ.

އަހަރެން ހިމާޔަތް ބޭނުންވެފައިވާ މީހެއްފަދައިން އާކިފްގެ މޭގައި ބޯ އަޅާލީމެވެ. އެންމެ ފަހު ފަހަރަށްވެސް އާކިފްގެ ހިމާޔަތް އެދޭތީއެވެ. އާކިފް އަހަރެން ހުއްޓުވަން ނޫޅުމުން އާކިފްގެ ހަށިގަނޑުގައި ރަނގަޅަށް ބައްދާލީމެވެ. އާކިފްވެސް އަހަރެންގެ ހަށިގަނޑު އާކިފްގެ ބާރުގަދަ ދެއަތުން ވަށާލިއެވެ.
އިރުކޮޅަކު އެހެންހުރުމަށްފަހު އާކިފް އަހަރެން ދުރުކޮއްލުމަށްފަހު އަހަރެންގެ ދަތް ދޮޅީގައި ހިފާ އިސްއުފުލާލުވިއެވެ އަދި އަހަރެންގެ ލޮލުން ފައިބައިފައި ހުރި ކަރުނަތައް ވަރަށް ލޯތްބާ އެކު ފޮހެލަދިނެވެ. އެއީ ވަގުތީ ކަމެއްކަން އަހަރެންނަށް އެނގެއެވެ މާދަމާ ވާނީ މީހެއްގެ ފިރިއަކަށެވެ. އެހެންނަމަވެސް އެވަގުތު އާކިފްގެ އަޅާލުން ބޭނުންވިއެވެ.

ާމަޑުމަޑުން އާކިފްގެ މޫނު އަހަރެންގެ މޫނާ ކައިރިވަމުންދިޔައެވެ. އަހަރެންނަށް ބޭ އިހުތިޔާރުގައި ލޯމަރާ ލެވުނީ އާކިފްގެ އެއަމަލަށް އިޖާބަ ދިނުމަށެވެ. އެހެންނަމަވެސް އެ ސިކުންތުގައި އަހަރެންގެ ހަވަނަ ހިއްސު ބުނަމުންދިޔައީ އެއީ މީހެއްގެ ހައްގެއް ކަމެވެ. އެހެންކަމުން އާކިފްގެ މޭގައި އަތްއަޅާ ކޮއްޕާލީމެވެ. އާކިފް ނުވިސްނާ ހުރުމުން ބެލެންސް ނެތި ނުވެއްޓުނީ ކިރިޔާއެވެ. އެވަގުތު މޭޒުގެ އެހީ ނުލިބުންނަމަ ވެއްޓޭންކަން ކަށަވަރެވެ.

” ކީއްކުރަން ތިއުޅެނީ, ތީ މީހެއްގެ ހައްގެއް, އަހަރެން އެނގިހުރެ މީހެއްގެ ހައްގަކަށް އަރައިނުގަންނާނަން, އަހަރެންނަށް ކިތަންމެ އަނިޔާއެއް ލިބުނަސް މީހެއްގެ އުފަލަކުން ވައްކަމެއް ނުކުރާނަން, އަހަރެން އާކިފް ދެކެ ވަރަށް ލޯބިވޭ, އެކަމް ވަގުތު ފާއިތުވެއްޖެ, އާކިފް ތިއުޅެނީ ދިރިއުޅުމެއް ފަށަން, އާކިފް އަޅާ އެންމެ ކަތިފިޔަވަޅަކީ ތި ފަށަން އުޅޭ ލައިފަށް ބުރޫ އަރާނެކަމެއް, ޕްލީޒް އަހަރެން ކުރިމަތިން ދުރަށްދޭ, ” އަހަރެންނަށް ހިތާ ދިމާލުގައި އަތް އަޅާ ބާރުކޮއްލަމުން ބުނީމެވެ.

އޭރު އާކިފް ހުރީ މި ވަނީ ކީއްކަން ނޭނގިފައެވެ. އޭނަ އެތައް ފަހަރަކު ކީކޭހޭ ވެސް އަހާލީ މިވަނީ ކީއްކަން ނޭނގޭތީއެވެ. އެހެންނަމަވެސް އަހަރެން ހުރީ މީހަކު ދައްކާ ވާހަކައެއް އަޑުއެހުމަށްވުރެ ހަމައިން ނައްޓާފައެވެ.
“އަސްލުވެސް ޖަންނަ އަހަރެންދެކެ ލޯބިވޭތަ, ދެން ކީއްވެ ނުބުނީ، އަހަރެން ވަރަށް އުފާވެއްޖެ, އެކަމް ކާކު ބުނީ އަހަރެން ދިރިއުޅުމެއް ފައްޓަނީއޭ, އެކަހަލަ އެއްވެސް ކަމެއްނެތް, ހިނގާ އަވަހަށް މެރީ ކުރަން،” އާކިފް މިހެންބުނެ އައިސް އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ވަގުތުން އާކިފްގެ އަތް ފޮޅުވާލީމެވެ.

“އަދި ނޭނގޭ ކަމަށް އެބަ ހަދައެއްނު, މީހަކު ބުނީއެއްނޫނޭ, އަހަރެންގެ ލޮލަށޭ ފެނުނީ އިންސްޓަރ ގްރާމް އިން, ދެން ބުނޭ އެވެސް ދޮގެކޭ, އަހަރެންދެކެ ލޯބި ވާނަމަ އިންތިޒާރު ކުރާނެ” އޭރުވެސް އަހަރެންގެ އަޑު ތުރުތުރުއަޅައެވެ.

އާކިފްއަށް ވެގެން އުޅޭގޮތް އެނގުމުން އަހަރެންގެ ކައިރިއަށް އައިސް އޭނަ ދައްކާ ވާހަކަ އަޑުއެހުމަށް ބުންޏެވެ. އެެހެންނަމަވެސް އަހަރެން އެ ފުރުސަތު ނުދީ ވާހަކަ ދައްކަމުންދިޔައީމެވެ. ކުއްލިއަކަށް އަހަރެންގެ އަޑު ހުއްޓުނީ ބަން ލާފާ އާކިފް މޭޒުގައި ޖެހުމުންނެވެ. އެހެންކަމުން އަހަރެންނަށް އާކިފް އާ ދިމާލަށް ބަލާލެވުނެވެ. އާކިފް އެހުރި ގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.

“ޖަންނައަށް އަހަރެންގެ ލޯތްބާމެދު އެއްވެސް އިތުބާރެއްނެތީމަ މިއަދު ތި ގޮތަށް ތި ވާހަކަ ދައްކަނީ, ޖަންނަގެ އިންތިޒާރުގައި 7 އަހަރު އަހަރެން މި ހުރީ, މަދު ދުވަހެއްތަ އެއީ, ޖަންނަ އައިމަތަ އަހަރެން އެހެންމީހަކު ހޯދަންވީ, ކުރިން ނުހޯދި މީހަކު ޖަންނަ އައިމަ ވަކި ކީއްކުރަން ހޯދަންވީ, އަހަރެންގެ ކައިވެންޏަށް ކިތަންމެ މީހަކު ހުށައެޅި, އެކަމް އަހަރެންގެ ހިތް ޖަންނަ ނޫން އެހެން މީހަކަށްޓަކައި ވިންދެއް ނުވެސްޖަހާ, ދެން ތި ދައްކަނީ ފޮޓޯ ވާހަކަ, އޭގެ ތެދު ދޮގު އަހަރެންދެން ބުނާކަށް ނެތިން, ޖަންނަ އަހަރެންދައްކާ ވާހަކަ ގަބޫލުނުކުރާނެކަން އެނގޭ, ކޮންމެސް ދުވަހަކުން އެނގޭނެ އެކަންވެސް, އަހަރެންވަރަށް ދެރަވެއްޖެ މިއަދު,
ޖަންނަ ތިބުނީ ދާށޭ ދޯ, އޯކޭ, ދެން އަހަރެން ޖަންނަ އަކަށް ނުފެންނާނެ ” މިހެން ބުނެ އާކިފް އެތަނުން ނުކުމެގެން ދިޔައެެވެ.

އަހަރެން ހުރީ އެވާހަކަތަކުން ނަގަންވީ މާނަ ނޭނގިފައެވެ އާކިފްގެ އަޑުގައި ވޭނާ ހިތާމަ ހުއްޓެވެ. އެވާހަކަ ތަކުން އަހަރެންގެ ހިތްހީވީ ތޮރުފާލިހެންނެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑި އެކަން ގަބޫލުކުރަން ބޭނުން ނުވެއެވެ. އެހެންކަމުން އަހަރެން އަހަރެންގެ ގޮތުގައި ހުރީމެވެ.

ެުދުވަސްތައް ފާއިތުވަމުންގޮސް އައު މަހަކަށް މަރުހަބާ ކިޔެވެ. މިވީ ފާއިތު ދުވަސްތަކުގައި އާކިފް އަހަރެންގެ ލޮލަށް ނުފެނެވެ. އަސްލަށްވެސް އާކިފް އަހަރެންނާ ދުރަށްދިޔައީ ބާއޭ ހިތަށް އެރިއެވެ. އަހަރެންގެ ގޭ މީހުންނަށް ހިތުގެ ހާލް ފޮރުވައިގެން މަސްނޫޢީ ހިނިތުންވުމެއްގައި އުޅެމުންދިޔައީމެވެ.

މިރެއަކީ މަންމަގެ ގާތް މީހެއްގެ ދަރިފުޅުގެ ކައިވެނި ޕާޓީ ކަމުން އަހަރެންވެސް ދާން ތައްޔާރުވީމެވެ. އެތައް ބަހަނާ ދެއްކުމުންވެސް ނުގޮސް ނުހުރެވޭނެ ކަމަށް މަންމަ ބުނުމުންނެވެ.

ޕާޓީގެ ތެރެއަށް ވަދެގެން ދިޔައިރު އަހަރެންނަށް ފަރާތް ފަރާތަށް ބެލެމުންދިޔައީ އެތަން ޒީނަތްތެރި ކޮއްލާފަ އޮތްލެއް ރީތިކަމުންނެވެ. ކުއްލިއަކަށް މެހުމާންއާ ސަލާންކުރަން ހުރި ކައިވެނީގެ ޖޯޑް ފެނުމާއެކު އަހަރެންގެ ފިޔަވަޅުތައް ހުއްޓި އަހަރެންގެ ދެލޯ ބޮޑުވިއެވެ. އާނ އެކެވެ. އެއީ ހަމަ އޭނައެވެ. އަހަރެންނަށް އޭނަ ނޯޅޭނެކަން ޔަގީނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އޮޅުމަކުން

Next

އެ ކޮޓަރީގެ ސިއްރު (04)

Next
July 17, 2018

އެ ކޮޓަރީގެ ސިއްރު (04)

Previews
July 17, 2018

އޮޅުމަކުން

7 Comments!

  1. dhonkanbulo says:
    July 17, 2018 at 12:20 pm

    V salhi.

  2. Sh@n@ says:
    July 17, 2018 at 12:37 pm

    Hii. Kudhin kihineh. V bodah Sry up kurun lasvaathy. V busy v ma nuvany, ekm miadhu vaguthun liyeli gothah up mikohly. So mistakes huredhaane. Hope u all like this part. ?❤❤

  3. Baby girl ❤ says:
    July 17, 2018 at 1:01 pm

    Vrh vrh loabi mi part vess.. nd mi vrh gina dhuvahuge nimun………..?

  4. Anonymous says:
    July 17, 2018 at 1:06 pm

    Thanx baby girl and dhonkabulo❤

  5. Anonymous says:
    July 17, 2018 at 1:31 pm

    Wen nxt???aah haadha dhigu inthizaarakah fahu this stry is amazing???is aakif marrying someone else ???dont do that to janna . Curiously waitin 4 nxt part

  6. Sha-na says:
    July 17, 2018 at 2:16 pm

    Let’s see what happens to Janna. Thanx for hurihaa kudhin ge supportah

  7. unique says:
    July 20, 2018 at 6:50 pm

    vvv reethi

Comments are closed.

Next Episodeނުހައްގުލޯބި 11←


All Right Reserved!