Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 24

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 30, 2018 5 Mins Read
14 Comments

ރޭގަނޑުގެ ކެއުމުގައި އޭނާގެ ކާފަ ދަރިންގެ އެކުވެރިން ބައިވެރިވުމުން ސުހެއިދު ހުރީ ވަރަށް އުފާވެފައެވެ. އެއިން ކޮންމެ ކުއްޖަކަށްވެސް  ހަދިޔާއެށް ސުހެއިދު ދިނެވެ.

އާލާއާ އައްމާރާއި އެއްމޭޒު ދޮށެއްގައި ކާން ޖެހުމުން އިސްރާއަށް ރަނގަޅަށް ކެވޭ ގޮތެއް ނުވިއެވެ. އެންމެ ރޮށްޓެއް ކާލުމަށްފަހު އޭނާ ކެއުން ނިންމާލިއެވެ. އަހުސަމް އަށްވެސް ރަނގަޅަށް ކެވޭ ގޮތެއް ނުވިއެވެ.

އަކްމަލް ކާން އިންގަޑީ އިޝްމާއަށް ކުދި އުނދަގޫ ކުރަމުން ދިޔައެވެ. އިޝްމާ އިނީ އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ކަމުން ދޭތެރެއަކުން އިޝްމާގެ ފައިގަ އަކްމަލްގެ ފައިން ޖަހާލައެވެ. އެއް ފަހަރަކު އޮޅިގެން އަފްރީންގެ ފައިގައިވެސް ޖެހުނެވެ. އެއާކު ވަރަށް ނޫން ކަމަށް ހަދާފައި އަކްމަލް ކެއުމާގެން ކުރިޔަށް ދިޔައެވެ. އިޝްމާ އިނީ ބަނޑަށް ހީހީ ހަލާކުވެފައެވެ.

މާއިޒްއާ ނަވްޔާ ލޮލުގެ އިޝާރާތުން ލޯބީގެ މެސެޖުތައް ރައްދުކުރަމުން ދިޔައެވެ. އަބަދުހެން އެގެއަށް އައިސް އުޅުމުގެ ސަބަބުން ނަވްޔާއަށް ވަނީ އާކަން ކެނޑިފައެވެ. އެހެންކަމުން އެއްވެސް ނުތަނަވަސް ކަމެއް ނެތި ނަވްޔާއަށް އެގޭގައި އުޅުވެއެވެ.

ޒުވާން ކުދިންނެކޭ އެއްފަދައިން އައްމާރުއާ އާލާވެސް ލޯބީގެ އާލާމުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. ކާތަށްޓަށް ވުރެ އާލާއާ ދިމާއަށް އައްމާރު ބަލަން ހުންނަ ވަގުތު ގިނައެވެ.

އަރްޝާދް ކިތަންމެ ނުބަލަން ހުއްޓަސް އަފްރާއާ ދިމާއަށް އިރު އިރު ކޮޅާ ބެލެއެވެ. އަފްރާ ކަމުން ދިޔައީ މޫނު ފޮތިކޮޅު ނުނަގައެވެ. އެއްފަހަރު ނަމަވެސް އަފްރާގެ ރީތި މޫނު ފެނޭތޯ އަރްޝާދަށް ހިތާހިތުން ދުޢާ ކުރެވުނެވެ. އެއީ ނުރަނގަޅު ކަމެއްކަން އެނގޭއިރުވެސް އޭނާގެ ބަސްނާހާ ހިތް އެކަމަށް އެދެނީއެވެ.

އަރްޝާދްގެ ބެލުން ތަކުން އަފްރާއަށް ދިޔައީ އުނދަގޫވަމުންނެވެ. އިރު އިރު ކޮޅާ އަރްޝާދްގެ ނަޒަރު އޭނައަށް ހުއްޓިފައި ހުންނަކަން އަފްރާއަށް އެނގެއެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ އެމީހުން ލޯބީގެ ބަގީޗާގައި އުޅުނުގޮތް އަފްރާއަށް ސިފަވަމުން ދިޔައެވެ. އަފްރާގެ ހިތްވެސް އަރްޝާދާ ދިމާއަށް އެއްފަހަރު ނަމަވެސް ބަލާލަން ގޮވަމުން ދިޔައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާއަކީ މީހެއްގެ އަންބެއް ކަން ހަނދާންކުރުމަށްފަހު ހިތުގެ ގޮވުމަށް އިޖާބަނުދީ ހުންނަނީއެވެ.

އަރްޝާދްގެ ނަޒަރު އަފްރާއަށް ހުއްޓޭ ކޮންމެ ފަހަރަކު އަފްރީންގެ ހިތަށް ތަދުވަމުން ދިޔައެވެ. އޭނާއަކީ ކުއްވެރިއަކަމަށް އިހްސާސްކުރެވެމުން ދިޔައެވެ. އަރްޝާދްގެ ހިތުގައި އަދިވެސް އަފްރާގެ ނަން ވާކަން އަފްރީން ހަނދާންވާ ކޮންމެ ފަހަރަކު އެހިތް ކުދިކުދިވެއެވެ.

އައްޒާމް މޫނުމަތިން ނިކަން ހަމަޖެހޭ ކަން ދެއްިކިޔަސް އޭނާ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. މިއަދު މަގުމަތިން އޭނާއަށް ފެނުނު މީހެއްގެ ސަބަބުން އޭނާގެ ހަމަޖެހުން ވަނީ ނަގާލާފައެވެ.

އަޝްވާއާ އަންޖަލް އެމީހުންގެ އަމިއްލަ ދުނިޔޭގައި ތިބެ ކަމުން ދިޔައެވެ. ދެން އެތާ އެހެން އެއްވެސް ބައެއް ތިބިހެނެއް އެކުދިންނަކަށް ހިއެއް ނުވެއެވެ.

ހުރިހާ އެންމެންގެ ލޯބީގެ ކުޅިގަނޑު ބަލަން އާރާޝްއާ މާނީ ތިއްބެވެ. ކަމުން ދިޔަ ގަޑީ ނުހަނު ފަރުވާތެރިކަމާއެކު ކޮންމެ މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. އިސްރައާ އަހުސަމްގެ ނުތަނަވަސްކަން ފެނި ހިނިއަންނަގޮތްވެއެވެ. އަކްމަލް އިޝްމާއާ ކުރާ ސަމާސާ ބަލާ ފޫހިނުވާނެއެވެ. ނަވްޔާއާ މާއިޒް ލޮލުގެ ޒަރިއްޔާއިން ވާހަކަ ދައްކަމުން ދިޔައިރު އެދެ މީހުންގެ ލޯބީގެ ވަރުގަދަކަން ހާމަވަމުން ދިޔައެވެ. އައްމާރުގެ ލާނެއްކަން ފެންނަމުން ދިޔައެވެ. އަފްރީން އަރްޝާދް އަދި އަފްރާގެ ތިނެސްކަން ލޯބިވެސްމެއެވެ. އައްޒާމްގެ މޫނު މަތިން ފެނުނު ނުތަނަވަސްކަން ވެސް އެދެކުދިންނަށް ސިއްރެއް ނުވިއެވެ.

ކުރިއަށް އޮތް ހަފްތާގެ ހުކުރު ދުވަހުގެ ކެއުމަށް އާލާ ހުރިހާ އެންމެނަށް ދައުވަތު ދިނެވެ. އަދި ވަކިން ގޮސް އެއްފަހަރު އިސްރާގާތު ކެއުމަށް އަންނަން ދައުވަތު ދިނެވެ. ވަރަށް ލަދުން ހުރެ އިސްރާ އާބަސް ބުންޏެވެ. އެއާއެކު އަންޖަލް އުފަލުން ގޮސް ފުމެން ފެށިއެވެ.

ދަންވަރު ބާރަ ޖެހިއިރުވެސް އައްޒާމްގެ ލޮލަށް ނިންޖެއް ނައެވެ. ލޯމަރާލާ އިރަށް ހީވަނީ އެމިހާ އައިސްދާނެހެންނެވެ. ކެއުމަށްފަހު ކަންތައް ދިޔަ ގޮތުން އަރްޝާދާއި ވާހަކަ ދެކެވޭ ގޮތެއް ނުވިއެވެ. އޭނާ ބޭނުމީ ވިހާވެސް އަވަހަކަށް އަރްޝާދް ގާތު އެމީހާގެ ވާހަކަ ބުނާށެވެ. އަފްރާއާ ހިއްސާނުކޮށް އެހުންނަނީ އަފްރާ ބިރުގާނެދާނެތީއެވެ.

އައްޒާމެކޭ އެއްފަދައިން ެެަެެެެަެ އަފްރާއަށް ވެސް ނިދޭ ގޮތެއް ނުވުއެވެ. އަރްޝާދާއި އެކު ހޭދަވި މަދު ދުވަސްތައް މަތިން މާ ބޮޑަށް ހަނދާންވަނީއެވެ. ނަވާރަ އަހަރު ކުރީގެ އެ ދުވަސްތައް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ.

މާޒީ…

ކަޅު ފޮއެ އަނދިރި ރެއެކެވެ. ވިއްސާރައިގެ ކޮޅުމަތި ކޮންމެވެސް ވަރަކަށް އުޑުމަތިން ފެންނަމުން ދިޔައެވެ. އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދުގެ މައްޗަށް ކަޅު ވިލާތައް ވަނީ ގަދަވެފައެވެ. ރަށުގެ ހިތްގައިމު ގޮނޑުދޮށުގައި އަރްޝާދްގެ ކޮނޑުގައި ބޯ އަޅައިލައިގެން އަފްރާ އޮތެވެ. ރާޅުޖަހާލާ ކޮންމެ ފަހަރަކު އެ ދެ ލޯބިވެރިންގެ ފައި ތެންމަމުން ދިޔައެވެ. އަރްޝާދް އަފްރާވެ އުނަގަނޑުގައި އަތް އަޅުވައިގެން ހުރުމުން އެމަންޒަރު އިތުރަށް ފުރިހަމަވެގެން ދެއެވެ.

“އަރްޝާދް ދުވަހަކުވެސް އަހަރެން ދޫ ކޮށްފަ ނުދައްޗޭ! އަބަދުވެސް އަފޫއާއެކީ ވައްޗޭ” އަރްޝާދްގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ އަފްރާ ބުންޏެވެ. ” މިތާވާހާ އެއްޗެއް ހެކި ކޮށް މި ބުނަނީ އަހަރެން ދުވަހަކުވެސް އަފޫ ދޫކޮށްފަކައި ނުދާނަން މުޅި އުމުރަށްވެސް އަރްޝާދް ވާނީ އަފްރާގެ މީހަކަށް. މި ހިތުން ދުވަހަކުވެސް އިތުރު އަންހެން ކުއްޖަކަށް ޖާގައެއް ނޯންނާނެ” އަފްރާގެ ލޮލާ ދިމާއަށް ބަލާހައްޓާގެން ހުރެ އަރްޝާދް ބުނެލިއެވެ. އެއަށްފަހު އަފްރާގެ ނިއްކުރީގައި ލޯބިން ބޮސްދިނެވެ. އަރްޝާދްގެ އެއަމަލުން އަފްރާއަށް ދެ ލޯ މަރާލެވުނެވެ.

މިހާރު…

އަރްޝާދް އޭނާގެ ކޮނޑުގައި ބޯ އަޅައިގެން ނިދިގައި އޮތް އަފްރީނަށް ބަލާލިއެވެ. އަފްރީންގެ މޫނުގައި ވި ހިތާމަ އޭނާއަށް ފެންނަމުން ދިޔައެވެ. އެހެނަސް އަފްރީންގެ ހިތާމައަށް ލުއި ހޯދާދެވޭނެ ގޮތެއް އަރްޝާދަކަށް ނުވިސްނުނެވެ. އޭނާގެ އަމިއްލަ ނަފްސު ވެސް އެވަނީ ލޯބީގެ ކަނޑުގައި އޮޔާ ގޮއްސައެވެ. ދެން އަފްރީން އެ ކަނޑުން އޭނާއަަށް ސަލާމަތް ކުރެވޭނީ ވަކި ކިހިނަކުން ހެއްޔެވެ؟ އަފްރީންގެ ނިތުގައި ބޮސް ދިނުމަށްފަހު މަޑުމަޑުން އެނދުގައި އަފްރީން ބޭއްވިއެވެ. އެއަށްފަހު އޭނާވެސް އެނދުގައި އޮށޯވެލީ ޚިޔާލުތަކުން ދުރުވެ ސިކުނޑިއަަށް ލުޔެއް ހޯދާދިނުމަށެވެ.

އާދައިގެ މަތިން އާރާޝް ޓެރަހަށް ދިޔައެވެ. މާލޭގައި ހުންނަ ރެެއެއް ނަމަ ރޭގަނޑުގެ އެވަގުތު އާރާޝް ހޭދަކުރަނީ ޓެރަހުގައެވެ. އޭނާ އުންމީދު ކޮށްގެން ހުރީ ރެއެކޭވެސް އެއްފަދައިން މިރޭވެސް އަރްޝާދް ޓެރަހުގައި ހުންނާނެކަމަށެވެ. ނަމަވެސް އުއްމީދު ކުރި ގޮތާ ޚިލާފަށް އަރްޝާދްގެ ހިލަމެއްވެސް އެތަނުގައި ނެތެވެ.

އާރާޝް ހިޔާކޮށްފައި އިން ބަޔަށް ދިޔައިރު މާނީވެސް އުނދޯލީގައި އިނެވެ. ދެކަކޫ މައްޗަށް ނަގައިގެން ކަކުލުގައި ބޯއަޅާގެން އުޑާ ދިމާއަަށް ބަލަން އޮތް އިރު ނުހަނު ހިތްގައިމެވެ. ހަނދުވަރުގެ އަލި މާނީގެ މޫނަށް އެޅިފައި ހުރުމުން އިތުރަށް ދޮންކަމަށް ދައްކައެވެ. “ހެއި ސަންތިމަރިނބު. ކިހިނެއްވެފަ ތިއޮތީ؟” އާރާާޝްގެ އަޑު އިވުމާއެކު މާނީ ބޯ ނެގިއެވެ. އެއަށްފަހު އާރާޝާ ދިމާއަށް ވައްތަރެއް ޖައްސާލުމަށްފަހު ދެފައި ތިރިކޮށްލިއެވެ. “ކަމެއްނުވެ. ހަމަ އޮތީ ނުންނުގެ ޕްރިންސް ޗާމިން އަންނާނީ ކޮންއިރަކުންތޯ މި ވިސްނަނީ.” އާރާޝްއަށް އިށީނަން ތަންދައްކަމުން މާނީ ބުންޏެވެ.”ހިޔާލީ ފޮލާ ކައްކަނީ ދޯ!  ކާކުތަ މާނީ ކަހަލަ އެންގްރީ ބާޑްއަކާ މެރީ ކުރާނީ. ކަމެއް ވާއިރަށް އިންނާނީ ރުޅިއައިސްގެން ގޮސް ހަލާކުވާން ކައިރިވެފަ” މާނީ ރުޅި އަރުވާލުމުގެ ނިޔަތުގައި އާރާޝް ބުންޏެވެ. ހަމަ އެހެން ބުނުމާއެކު މާނީ ދެނޭ ކިޔާ އާރާޝް އަތުގައި ބޮނޑިއެއް އަޅާލިއެވެ. “ދެން އާރާޝް ދެން ދެން” މާނީ ބުނި ރާގަށް ހިމަ އަޑަކުން އާރާޝް އެހެން ބުންޏެވެ. އެއާއެކު މާނީ ރުޅި އައިސްގެން އާރާޝްގައިގަ ޖަހަން ދިމާކޮށްލިއެވެ. އާރާޝް އުނދޯލިން ތެދުވެގެން ދުއްްވައިގަތެވެ. މާނީވެސް އާރާޝް ފަހަތުން ދުއްވައިގަތެވެ. އާރާޝް މުޅި ޓެރަސް ވަށައި މާނީ އަތުނުޖެހެންވެގެން ދުވުނެވެ. އާރާޝް ވަކި ހިސާބަކަށް ގޮސް ދުވުން ހުއްޓާލިއެވެ. އާރާޝް ފަހަތުން ބާރަށް ދުވަމުން އައި މާނީ އައި ގޮތަށް އައިސް އާރާޝްގައިގައި ޖެހި ދެމީހުން އެކީ ބިންމައްޗަށް ވެއްޓުނެވެ.

ބިންމައްޗަށް ވެއްޓުނުއިރު އާރާޝް މާނީގައިގަ ނުޖެހި އޮވެވުނީ ބިންމަތީގައި ދެއަށް ވިއްދައިގެން އޮތުމުންނެވެ. އާރާޝްގެ ގައިދަށުގައި އޮތް މާނީ ދެލޯ ބޮޑުކޮށްގެން އާރާޝާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

އާރާޝްގެ މޭގައި އަތް އަޅައި މާނީ ކޮށްޕާލި ބޮނޑީ އާރާޝް ގޮސް އަނެއްފަރާތަށް ވެއްޓުނެވެ. އާރާާޝަށް އެތަނުން ތެދުވެވުމުގެ ކުރިން އޭނާއާ ދިމާއަށް ދޫ ނެރެފައި މާނީ ތިރިއަށް ދާން ދުއްވައިގަތެވެ.

އާރާޝްގެ ކުރިމަތީގައި ކިތަންމެ ހަމަޖެހޭކަން ދެއްކެން ހުއްޓަސް މާނީގެ ހިތް ހީވަނީ މޭފަޅާފަ ނުކުމެދާނެހެންނެވެ. އާރާޝް އޭނައާ އެހާ ގާތު ހުރުމުން ގައިގެ ލޯލިތައް ހުރީ ކޮޅަށް ޖެހިފައެވެ. ދުވެފައި ތިރިއަށް ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެއަށްފަހު އެނދަށް އަރާ ދެލޯ މަރާލީ އަދި އެއްފަހަރު އެމަންޒަރު ހިތަށް ސިފަ ކުރަންށެވެ.

******************

ބޮޑު އޮފީހެއް ކަހަލަ ތަނެކެވެ. ފަސް މީހުންގެ ޓީމަކުން ބޮޑު ސްކްރީން އަލުވައިގެން ބަލަމުން ދިޔައީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗެވެ. މެޗުގެ ބައެއް މަންޒަރުތައް ރިވައިންޑް ކޮށްގެން ވެސް އެމީހުން ބަލަމިން ދިޔައެވެ. ޚާއްސަކޮށް އަކްމަލްގެ ކުޅުން ޚާއްސަ ސަމާލުކަމެއް ދީގެން އެމީހުން ބަލަމުން ދިޔައެވެ. އެމީހުންގެ މެދުގައި މަޝްވާރާ ކުރުމަށްފަހު އެ މީހުން ގެންގުޅުނު ޓެބްލެޓުން ކޮންމެވެސް މަސަައްކަތެއް ކުރިއެވެ.

******************

ސްކޫލުން ގެއަށް އައި ގޮތަށް ޔުނީފޯމްވެސް ނުބާލާ މާނީ އެނދަށް ވެއްޓިގަތެވެ. ގިނަ ބަންދު ދުވަސްތަކަށް ފަހު ސުކޫލަށް ދިއުމުން ގިނަ ފިލާވަޅުތަކެއް ސްކޫލުން ދިނެވެ. މާނީ އެ ގޮތަށް އޮތުމުން މާއިޒް ދެތިން ފަހަރަކު އޭނާއަށް ގޮވިއެވެ. ހަތަރު ވަނަ ފަހަރަށް ގޮވުމުން ކަންނެއް ކަމާއެކީ ތެދުވެ ފާޚާނައަށް ވަނީ ފެންވަރާލުމުގެ ބޭނުމުގައެވެ.

އިޝްމާ ގެއަށް އައި ގޮތަށް އެންމެ ފުރަތަމަވެސް އަކްމަލަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ފެން ވަރައިގެން ކާގެއަށް ދިޔައީ ބަނޑުހައިވެފައި ހުރި ވަރުން ކާށެވެ.

ބަދިގެއަށް ދިއުމުން އަފްރީން އޭނަ ގާތު ކާން މައްޗަށް އެރުމަށް ބުންޏެވެ. އަދި އިޝްމާ ދަމުން މާނީވެސް ގޮވައިގެން ކާންދާން ބުންޏެވެ.

އިޝްމާ މާނީމެން ބަޔަށްގޮސް ބެލް ޖެހުމުން ދޮރު ހުޅުވީ މާއިޒްއެވެ. މާއިޒް ދޮރު ހުޅުވުމުން އިޝްމާ މާނީއަށް ގޮވަންވެގެން މާނީގެ ކޮޓަރިއަށް ދިޔައެވެ. އޭރު މާނީ އޮތީ ފެންވަރައިގެން ނިކުތް ގޮތަށް ތެތް އިސްތަށިގަނޑާއެކީ ނިދާފައެވެ. މާނީއަށް ދެފަހަރަކު ގޮވާލުމުންވެސް ނުހޭލިއެވެ. މާއިޒް އިޝްމާ ގާތު މާނީ އޮތް ގޮތަށް ބާއްވާފައި ކާން ހިނގާށޭ ބުނެ ދެ މީހުން އެކީ ކާން ދިޔައެވެ.

ނިދައިފައި އޮތް މާނީއަށް ހޭލެވުނީ ފޯނު ރިންގް ވާ އަޑަށެވެ. އޭރު އެގުޅާ މީހަކު ވިއްސަކަށް ފަހަރު ގުޅާފިއެވެ. ގުޅަނީ ކާކު ތޯވެސް ނުބަލާ ދެލޯ މަރައިގެން އޮވެ މާނީ ފޯނު ނެގިއެވެ. “އޭ މާނީ މީ އިވާން އިނގޭ. އިސްރާގެ ނަންބަރު ލިބިދާނެތަ” ފޯނު ނެގިތަނުން އިވުނު އަޑުގެ ސަބަބުން މާނީގެ ނިދި އެކީހެން ފިލައިގެން ދިޔައެވެ. “އިސްރާގެ ނަންބަރު ދޭށޭ؟ އިވާން ލަދެއް ނުގަނޭތަ އިސްރާގެ ނަންބަރު އަހާކަަށް؟ އިސްރާގެ ނަންބަރެއް އިވާނަކަށް ނުދޭނަން. ދެން ނުގުޅައްޗޭ މަށަށް އިސްރާގެ ނަންބަރު ހޯދަން. ގުޅިއަސް ނުދޭނަން” ރުޅިވެރި ކަމާއެކު އިސްރާ އެހެން ބުނުމަށްފަހު އިވާނަށް އެއްޗެކޭ ބުނަން ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ.

މާނީ ފޯނު ކަނޑާލުމާއެކު އަތުގެ ކޮޅަށް އިވާން ފޯނު ހޫރާލިއެވެ. އޭރު އޭނާގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އިވާން ގާތު ތިބި މީހުންވެސް ތިބީ ގުޑިލަން ނުކެރިފައެވެ. ” ހެޔޮ އެކަކުވެސް މަށަށް އިސްރާގެ ނަންބަރު ނުދިނަސް މަ އަމިއްލައަށް ހޯދާނަން” ބޮލުގައި ޖަހައިފައި އިން ހުޅި ނައްޓާލަމުން އިވާން ބުނެލިއެވެ. ހުޅި ނައްޓާލުމާއެކު އިވާންގެ ބުޅި އިސްތަށިގަނޑު ކޮނޑާ ހަމައަށް ތިރިވިއެވެ. ބުޅި އިސްތަށިގނޑާއި ކަރުގެ އިތުރަށް ގައިގެ އެތަން މިތާގައި އަޅާފައި ހުރި ގަހަނާއިން އިވާނަކީ ކޮންކަހަލަ މީހެއްކަން ހާމަވެގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބި އަހަރެން ވާނަމޭ 1

Next

“ހިތް” ލޭ ކޮށެވިފައި……17

Next
July 31, 2018

“ހިތް” ލޭ ކޮށެވިފައި……17

Previews
July 30, 2018

ލޯބި އަހަރެން ވާނަމޭ 1

14 Comments!

  1. baby girl says:
    July 30, 2018 at 10:06 pm

    me 1st….yeyy

  2. Kiyaa ge fans❤ says:
    July 30, 2018 at 10:22 pm

    Me 2nd. ……wwoohoo

  3. Anonymous says:
    July 30, 2018 at 10:28 pm

    Me 3 yayyy wen next ???? avahah up koh dhechey pls vvv.inthizaaru kuraa stry eh miee???LY

  4. Aesh says:
    July 30, 2018 at 10:38 pm

    Thank you thank you thank you soooooooooooo much kiyaaaa.. Adhi nuvey kiyan.. Happy vefa huri varun furathama thank you Mi bunely.. Hehe.. ????☺️☺️ Jazakillah khairan dear.. ☺️☺️❤️❤️❤️❤️❤️❤️

  5. Unknown girlll.. says:
    July 30, 2018 at 10:43 pm

    V.reethi…’sifakuransheve nukiyaane, sifakuraasheve nuvatha sifakurumuge beynumugaieve…..’ okkkk….. keep up the good work..??? luv ya❤❤❤

  6. Aesh says:
    July 30, 2018 at 10:47 pm

    Maa sha Allah.. Vrh reethi.. Part Akah fahu part eh furihama.. ???? dhn vaane gotheh neyngifa mihaaru meeny.. ☺️☺️☺️ When next kiyaaraa dear??

  7. Baby girl ❤ says:
    July 31, 2018 at 4:59 am

    Vrh vrh reethi…❤❤
    When next part …

  8. Rai says:
    July 31, 2018 at 2:04 pm

    Kakulugai boa alhaigen udah balan oveveytha??

  9. Aish maaya says:
    July 31, 2018 at 2:22 pm

    Whn next part… waiting waiting miharu mi site ga huri enme rythi vaahaka

  10. Someone says:
    July 31, 2018 at 3:12 pm

    Alheyyy so cute.,…????mii mihaaru ni site in emme rythi vaahaka..???.i loved this part tooo..?????.when next part??????????❤❤❤❤

  11. Twinkle? says:
    July 31, 2018 at 6:47 pm

    alhey… kaaku baa ivaan aky… vvv curious… mi part vs hama habeys???

  12. Jacqueline says:
    August 1, 2018 at 6:40 pm

    I am getting impatient to read next part……..plx…….25 …….part……soon!!!!

  13. Kiyara says:
    August 1, 2018 at 10:15 pm

    Slm hurihaa readers. Varah bodah thanks thikudhin alhugandah dhehvva supportah. Vakivakin comments thakah reply nukureveythy varah bodah maafah edhen. Kuriah oii dhe hafthaa aky alhugandah varah bura dhe hafthaakamun konme dhuvahaku vaahaka nugenes dheveyne vaahaka hithaama aa eky dhannava. Namaves 1 part namaves genesdheveytho masakkai kuraanan. Mikamah takai kiyuntheringe kibain nihaayathah maafah edhen. Hurihaa kiyuntherinah ves understand vaane kamah ummedhu kuran.
    Kiyara

  14. Maany says:
    August 7, 2018 at 11:49 am

    Alhey dhn aneh part konirakun tha kiyara????u told eh part namaves up kureveythw balaanamey..plx

Comments are closed.

Next Episodeރާސްތާ 25←


All Right Reserved!