
ލޯބި އަހަރެން ވާނަމޭ 1
ރޭގަނގަޑުގެ އަނދިރިކަމުގެ ތަރެއިން އިންސާނުންގެ ލޯތަކަށް އަލިކަން ގެނެސްދިނީ މެދު އުޑުގައި ރަނިކަން ކުރަމުން ދިޔަ ފުރިހަމަ ހަނދެވެ. ކަޅުވިލާތަކުގެ އުނދަގުލެއް ނުފޯރުމުން އެ ހަނދުގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. ރާއްޖެ ގަޑިން ރޭގަނޑު އެގާރަ ޖަހާ ތިރީސް މިނެޓު ހިނގާފައިވާއިރު މަގުމަތީގައި އުޅޭ މީހުންގެ އަދަދު ދިޔައީ މަދުވަމުންނެވެ.
އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ނަރުހެއްގެ ފުރިހަމަ ވާޖިބު އަދާކުރަމަށްފަހު ގެއަށް ދާން އަވްލީން މިސްރާބުޖެހީ ފައިމަގުގައެވެ. ކުރިއަށް އަޅަމުން ދިޔައ އަމިއްލަ ފައިތިލައިގެ ފިޔަވަޅުތަކަށް ބަލަމުން ދިޔައިރު ވަށަގެންވާ މާހައުލަށް ނުބަލަން އަމިއްލަ ނަފްސަށް އޭނާ ހުވާކޮށްގެން ހުރިފަދައެވެ. ބެލިޔަސް އޭނާގެ ބޯ ގޮވުން ނޫންކަމެއް ނުވާނެއެވެ. ދެކޮޅަށް ދުއްވާ އެއްޗިހީގެ ސަބަބުންނެވެ. ދިރިއުޅޭ އެޕާރޓުމެންޓު ހުންނަ ގޯޅިއަށް އޭނާގެ ލަނބާލިއެވެ. އަނދިރި ގޯޅިއެކެވެ. ހޮޅިބުރިއެއްގެ އަލިކަން ހާ ހިސާބުވެސް ނެތެވެ. އިސްޖަހާލައިގެން ހުރިއިރު އޭނާގެ ކުރިމަތީގައި ތިބި މީހުން ދައްކަމުން ދިޔަ ވާހަކަ ވަރަށް ސާފުކޮށް އޭނާއަށް އިވެއެވެ. އިސްއުފުލާކަށް ގަސްތެއް ނުކުރިއެވެ.
“ކޮބާ އެތިކޮޅު. ހަތިޔާރުވެސް ބޭނުންވާނެ އިނގޭ” އަވްލީންއަށް އިސްއުފުލާލަމުން ދެލޯ ބޮޑުކޮށްލެވުނީ އޭނާގެ ކުރިމަތީގައި ތިބި ފަސް ފިރިހެނުން ދައްކަން ފެށި ވާހަކައިގެ ސަބަބުންނެވެ. މީ ރަނގަޅު ބައެއް ނޫނޭ ހިތަށް އެރިއެވެ.
ފިރިހެންނުންގެ ތެރެއިން އެކަކު ސުވާލުކުރުމާއެކު އޭނާޔާ ޖެހިގެން ހުރި މީހާ ދިއްކޮށްލީ ޕެކެޓުތަކެވެ. ކަޅުކުލައިގެ ސުއިޓު ކޭހަކާވެސް އެކުގައެވެ. އެކަކު އެ ސުއިޓް ކޭސް ހުޅުވާލިއެވެ. އޭގެތެރޭގައި ހުރީ ހުސް ބަޑިއެވެ. ބަރިބަރިއަށް އަތުރާފައެވެ. އަވްލީންގެ އަނގައިން މަޑު އަޑެއް ނުކުތެވެ. ހައިރާންވީވަރުންނެވެ. އޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނީ އެ ސަަބަބާހުރެއެވެ. މުޅި މާހައުލު ހިމޭންވެފައިވާއިރު އަވްލީންގެ އަޑު އެ ފަސް ފިރިހެންނުނާ ހިސާބަށް ނުފޯރާނެ ކަމާމެދު ޝައްކެެވެ.
ޝައްކު ޔަގީނަށް ބަދަލުވިއެވެ. ޝައުން އަތަށް ޕެކެޓުތަކާއި ސުއިޓް ކޭސް ދިން ރާއިލްގެ ތޫނު ކަންފަތާހަމައަށްވެސް އެއަޑު ފޯރިއެވެ. “ކޮންމެވެސް މީހަކު އެބައުޅޭ މިތާ.” އޭނާއާ ޖެހިގެން ސައިކަލު މަތީގައި އިން ޒިވާންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ކާކު. އަހަރުމެން އެކަންޏެއްނު މިތާ މިތިބީ. ބުރޯ ހާސް ކަނޑަލާ.” ރާއިލްގެ ކޮނޑުގައި ޒިވާން ޖަހާލިއެވެ. ހާސް ނުވުމަށް ބުނަމުންނެވެ. “ނޫން އަސްލުވެސް އެހެރީ އަންހެނެއްގެ އިސްތަށިގަނޑު ފެންނަން.” ވަށައިގެންވާ މާހައުލަށް ނަޒަރު ހިނގާލަމުން ޝައުން ބުނެލީ އޭނާގެ ލޮލުގައި އެތާހުރި ބަސްތާތަކެއްގެ ފަހަތުން އަންހެން ކުއްޖެއްގެ ފަން އިސްތަށިގަނޑު އަޅައިގަތުމުންނެވެ.
ބަސްތާތަކުގެ ފަހަތުގައި އުޑުފައިން ކަހަލަ ގޮތަކަށް އަވްލީން އިނީ ރޮވޭ ނުރޮވޭ ހާލުގައެވެ. ސަލާމަތްވުމަށް އެދި ހިތާހިތުން ތަކުރާރުކޮށް ދުޢާކުރެވުނެވެ. އަނގަމަތީގައި އަތް އަޅައިގެން އިނީ އަޑު ބޭރުވެދާނެތީއެވެ. އޭނާގެ ފަހަތުގައި ހަރަކާތްތެރިވަމުން ދިޔަ ޖާނުން ވަރުގަދަ ފަސް ފިރިހެނުންގެ އަޑު މާ ސާފުކޮށްވެސް އިވެއެވެ.
“ދޭބަލަ އެގޮލާ ކައިރިއަށް އޭނާއަށް އަހަރުމެން ކުރިކަންތަށް ފެނިފަ ތޯއްޗެއް ހުންނާނީ. އެހެން މީހުން ކައިރީ ކިޔައިފިއްޔާ ވަރަށް ސަކަރާތް ވާނެ.” ކައިސަންގެ އެދުމަށް ޒިވާންއާއި ރާއިލް އެ އަންހެން ކުއްޖާއާ ދިމާލަށް މިސްރާބުޖެހިއެވެ. ބިރުން ވިރިވިރި ތުރުތުރު އަޅާހާލުގައި އިން އަވްލީންގެ ހިތް ދިރޭ ރަހަފޮދެއް ފަދައިން ތެޅެމުން ދިޔަ ބާރުމިން އެހިސާބާ ކައިރިވަމުން ދިޔަ ޒިވާންއަށާއި ރާއިލްއަށް އިވޭނެކަން ޔަގީނެވެ.
ލޯމަރައި ތަގުޅިކޮށްލައިގެން އިން އަވްލީން ލޯ ހުޅުވާލިއިިިރު އޭނާއަށް ފެނުނީ އަނދިރިިކަމެވެ. ލޮލުގައި ފޮތިކޮޅެއް ބަނދެފައިވާކަން ރޭކާލީ މާ ފަހުންނެވެ. ކުއްލިއަކަށް ބިމުން މީހަކު އޭނާ އުފުލާލިހެން ހީވިއެވެ. ބާރުގަދަ މުލައްދަނޑިއެއްގެ ވެރިޔެކެވެ. އަވްލީންގެ ކޮނޑަށް އިންޖިކްޝަނެއް ހެރާލިކަހަލަ އިހްސާސެއް ވިއެވެ. ދެންވީގޮތެއް ނޭނގުނެވެ.
** ** ** ** ** **
އެސްފިޔަތަށް ދުރުކޮށްލަމުން ލޯ ހުޅުވާލި އަވްލީންއަށް ސީލިންގު ފެނުނީ ވަރަށް ފުސްކޮށެވެ. އަޅިކުލައިގެ ދަވާދު ލެވިފައިވާ ސީލިންގެކެވެ. ހަށިގަނޑު ބެލެންސްކޮށްލަމުން އެނދުން ތެދު ވަށައިގެން ވާ މާހައުލަށް ނަޒަރު ހިނގާލިއިރު އޭނާގެ ގައިގައި ނުރިއްސާ ތަނެއް ނެތެވެ. މުޅި ގައި ހިރުވަމުން ދިޔައީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. އަޅިކުލައާއި ކަޅުކުލަ ފެންނަމުން ދިޔައީ ފާރުތަކުން އެކަންޏެއް ނޫނެވެ. ފާރނީޗަރުންވެސް މެއެވެ.
ކުއްލިއަކަށެވެ. ކޮޓަރީގެ ފާހާނާ ހުޅުވުނެވެ. ފާހާނާއިން ނިކުތް ފިރިހެން މީހާ ފެނުމުން އަވްލީންގެ ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. ކަޅުކުލައިގެ ސޯޓުބުރިއެއްގައި ހުސް ގަޔާ އެހެރީ ހަމަ އޭނާއޭ އަވްލީންގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
( ނުނިމޭ )
27 Comments!
Comments are closed.
Seems interesting… Whn nxt
Oh you first dhw..thank you ❤❤❤
Hyvey varah reethi vaane hen……when next part?
Maasha Allah…..mi part vx varah furihama??
Thank you for the cute comment..next part on Tuesday insha allah ❤❤❤❤
O my. Pic ga eyny jungkook. May bias ??????❤❤??stort varah reethi Masha Allah. Kn irakun next part up kurany….??? Avahah up kohdhehchey. Waiting ❤❤????????
Nice story eh hen heevey. Knirakun next part??
Thank you shaaa..next part on Tuesday insha allah ❤❤
Mi story hyvany v rythi vaanehen.. Next adhi thankolheh dhigukohlahchey
Thank youuuuu..n yes will try ingey ❤❤❤
Varah reethi feshun and so curiouse to know what will happen next waiting for the nxt part??
Thank you ?..guess kohlaba dhen vaanegotheh…next part on Tuesday insha allah ❤❤❤❤
lol varah majaa gotheh vee. mi vaahakaiga avleen ey kiya kiyaafa dhen fenunee you may also like ga in avleen kiyaa vaahaka eh
Oh!?
vv nice.. maasha allah… whn nxt?? vv habeys vaane hn hyvey stry…
Thank you ❤❤❤
HI guys..I hope you all like this part. N konmme Monday Tuesday Thursday ehga new part eh genesdheynan insha allah❤❤❤
Vrh vrh reethi❤? vaane hen heevany mi story? …. nd ummeedhu kuran nimendhen up kohdheyne kamah …
Thank you baby girl ❤❤❤
Mi stry varah reethi vaanehen heevey..❤❤❤❤ huhtaa nulaa up kohdhehche. Next part kon dhuvahakun.
Thank you sis..next part Tuesday I mean miadhu nge ❤❤❤❤❤
cover pic ga eyny Jungkook. my bias. im a huge fan of him. nd BTS. Masha Allah. vaahakaige feshun varah varah reethi. nd kuriah onna baithahvx varah reethi vane kamah ummeedhu kuran. nd vaahaka nimendhen genesdheyne kamah ummeedhu kuran. waiting for next part.:-D
Thank so much for the sweet comment kookie..and same here…next part miadhu genesdheynan insha allah ❤❤❤❤❤
shaaly….vrh vrh reethi mi story ge first part…..keep it up…??? waitings
n okay tha “shaa” kiyas
Hamti ge one “i” is missing dhw…hehe…its “hamtii”
Of course shaa dhw salhi nicknameh hehe. Thank you soo much friend ❤❤❤❤
Okki hamtii or hamti hama same sound ?
wowww