Skip to content
އެސްފިޔަ

އިންތިޒާރު

މިއީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. ހުރިހާ ކިޔުންތެރިންނަށްވެސް  ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

****************************

އިންތިޒާރު 1

ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރެވެ. އެހެންކަމުން ރަށުތެރެ ވަރަށް ހަލަބޮއްޔެވެ. މިއީ ކޮންމެ އަހަރެއްގެވެސް ހާލަތެވެ. ނިދާފަ އޮތް ޒާލިފްއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ.

” ކީކޭ މޭން……..؟ ” މޯޅިއަކަށް ދެމިލަމުން ޒާއިފް ވާހަކަ ދެއްކިއެވެ.

” ސާބަސް ހަމަ ކައެއަށް… އަދިވެސް ނިދަނީތަ؟… 4 ޖަހާ އިރަށް ދިމާކުރަން ބުނި މީހާ އަރާ ވައިމަތީގަ…. އަހަރުން ކިހާ އިރެއް މިތާ ތިބޭތާ…..” އެކޮޅުން ވާހަކަ ދެއްކީ ޒާއިފްގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޝާއިމްއެވެ. ފުންމައިގެން ތެދުވެ ޒާއިފްއަށް ގަޑި ބަލާލެވުނުއިރު 4 ޖަހާ އިތުރަށް 20 މިނެޓް ހިނގައިފިއެވެ.

” އޭ ސޮރީ…. މަ ނަމާދުން އައިސް ޖައްސާލިއިރަށް ނިދުނީ…. މިދަނީ މިހާރު…” ފޯނު ބޭއްވުމަށްފަހު އަވަސް އަވަހަށް އޭނާ ގޭން ނިކުތެވެ. އުމުުރުން 18 އަހަރު ވީ އިރުވެސް ލޯތްބަކީ ޒާއިފް ގަބޫލުކުރާ އެއްޗެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި އެއަކީ ވަރަށް ކަޑަ މީހުން ކުރާ ކަމެކެވެ. އޭނާގެ ރައްޓެހިންވެސް އެތަށް ފަހަރަކު އެހެން ކިޔުމުންވެސް ޒާއިފްގެ ހިޔާލު ބަދަލުވާ ގޮތެއް ނުވިއެވެ.

ވަރަށް ބާރަށް ބައިސްކަލު ދުއްވާފައި ދިޔަ ޒާއިފްއަށް ސިއްސައިގެންގޮސް ބުރެކި ޖައްސާލެވުނީ ޖެހިގެން އިން ގޯޅިން ނިކުތް ދެ އަންހެން ކުދިން ފެނިފައެވެ.

” ޕިސް ޕިސް… ތި ތަންކޮޅެއް ބަލާލައިގެން އުޅެބަލަ ދޯ…… ނަސީބެއްނު ކަމެއް ނުވިކަން….” ޒާއިފްއާއެކު ގުރޭޑު 10 ގައި ކިޔަވަން އުޅުން ލަމްހާ ތުން އަނބުރާލާފައި ބުންޏެވެ.

” އޭ ސޮރީ ލަމް… މަ ގަސްތުގައެއް ނޫނޭ …. މިއުޅޭ ޝާއިމް ގުޅާ ވަރުން މިދަނީ….. އޭނައާ ހެދި މަ ބީ.ޕީ މައްޗަށް ދާނެ….. ” ޒާއިފް ސަމާސާ ކޮށްލިއެވެ. ދާން އުޅުނު ޒާއިފްއަށް ހުއްޓުން އެރީ ލަމްހާ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނިފައެވެ. އެއީ ދުވަހަކުވެސް އެ ރަށުން އޭނާ ދުށް ކުއްޖެއް ނޫނެވެ. ހަމުގެ ކުލަ އަލިވެފައި ރީއްޗެވެ. ބޮޑު ލޮލަކާއިއެކު މޫނުގައި ވަނީ ސާދާ ހިނިތުން ވުމެކެވެ. ލުއި ހިނިތުންވުމެއް ޒާއިފްއަށް ހަދިޔާ ކުރުމަށްފަހު އެ ކުއްޖާ ފަސް އެނބުރި ހިނގައިގަތެވެ. ކޮންފަދަ ރީތި ކަމެއްހޭ ޒާއިފްގެ ހިތަށް އެރިއެވެ. ކޮންމެއަކަސް ހަޔާތުގައި ފުރަތަމަ ފަހަރަށް ޒާއިފްއަށް އަންހެންކުއްޖަކާ ދޭތެރޭ ވިސްނެން ފަށައިފިއެވެ.

**** ނުނިމޭ****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Haxna

    Feshun vvvvv reethi hykuran nimedhen up kodheyne kama and keep going okay

    1. Almaa2004
      Haxna

      Thank yu

  2. samir

    V rythi vrhaka eh almaa

  3. kookie

    Masha Allah. feshun varaha reethi. Hope kuran nimendhen genesdheyne kamah. 😀

  4. Yanak

    Hyvey varah reethi vaanehen…….whn next part?

    1. almaa2004
      Yanak

      Thnak u
      Insha allah mi week thereyga next part up kuraanan

  5. rafhaan

    V salhi i enjoyed it

  6. Ige Ehnnu

    Kinda Interesting… keep Going??

  7. Twinkle?

    hyvey vvvcrythi vaane hn

  8. Sima

    Heevey obi vaanehen

  9. Suhaana29

    Vvvv salhi feshun ?

  10. shahy

    V reethi feshun

Comments are closed.