ކެބިންއަށް ވަންނަންއައި އަލަން ސިހުނީ ކުއްލިއަކަށް ކުރިމައްޗަށްއެރި ލާނާ ފެނިފައެވެ. ލާނާގެ ލޮލުން އަލަން އަނދާއަޅިއަށް ހަދާފާނެހެންވެސް ހީވެއެވެ. ކުއްލިއަކަށް ލާނާ އަލަން ފަހަތަށް ކޮއްޕާލިއެވެ. ނުވިސްނާހުރި އަލަންގޮސް ފަހަތަށް ބިންމަށްޗަށް ވެއްޓުނެވެ. އެވަގުތު އޮފީސް ތެރޭގައި ކުޅިބަލަންތިބި އެންމެން ހޭންފެށިއެވެ. ހާއްސަކޮށް ފިރިހެންވެރިންނެވެ. “ކަންފަތް ހުޅުވައިގެން އަޑުއަހާ ޔޫސުފް އަލަން ޝާކިރު. މީގެ ފަހުން މަގޭ ގައިގަ ތި މުޑުދާރު އަތުން އަތްލާން ހިތަށްވެސް ނާރުވާތި. އަލަން ހީކުރަނީ އަހަރެންމީ ކުޅެން ގެންގުޅޭ ބުދެއްކަމައްތަ. ހީނުކުރާތި […]
ޔަޝަލްއަށް ގެއަށް އާދެވުނުއިރު އިރު އޮއްސެނީއެވެ. އޭސީ ޖައްސައިލުމަށްފަހު ފާހަނައަށް ވަންނަން ދަނިކޮށް ލޮލުގައި އަޅައިގަތީ ރީތިވާ މޭޒުމަތީ އޮތް ސްޓްރޯބެރީއެކެވެ. ސްޓްރޯބެރީ ނަގާފައި އޭގެ ދަށުގައި އޮތް ކަރުދާސްކޮޅު ނަގައި ނިއުޅުވައިލިއެވެ. އަދި އޭގައި ލިޔެފައި އޮތް ލިޔުންކޮޅު ކިޔައިލިއެވެ. “ހެލްޕް މީ…” ************************* “މިރޭ ތި ގެއަށް ދާނަން. ޔަޝަލް ކޮންމެހެންވެސް ޖީލާން ކައިރީގަ ބަހައްޓާތި. ޖީލާން ތި ގެއަށް ގެނޭ! ޖީލާންގެ ހަނދާންތައް އަނބުރާ ދޭނަން.” އަތުގައި އޮތް ސްޓްރޯބެރީއަށް ބަލައިލުމުން ޔަޝަލްއަށް […]
ފަތިސް ނަމާދު ބަންގި ގޮވި އިރުވެސް އަރުޝް އުޅުނީ ހަމަ އެހާލެއްގައެވެ. އެހެންކަމުން އަވަހަށް ވުޟޫ ކޮއްލައިގެން ބޭރަށް ނިކުތެވެ. ފަތިސް ނަމާދަށްފަހު ކޮފީއެއް ބޯލުމަށް ބަދިގެ ފަރާތަށް ދިޔައެވެ. އެހެންނަމަވެސް އަރުޝްގެ ފިޔަވަޅަށް ހުއްޓުމެއް އައީ ކުރިމަތިން ފެނުނު ސާރާ ފެނިފައެވެ. އިލޮށިފަތި ހިފައިގެން ކުނިކަހަން ދިއުމަށްޓަކައި ނިކުންނަން އައި ސާރާއަށް ވެސް އަރުޝް ފެނުމާއެކު ދެލޯ ބޮޑުވިއެވެ. އަޅަން ހުރި ފިޔަވަޅު ވެސް މަޑުޖެހުނެވެ. ހިނގައިގަންނަން ނޭނގިފައި ހުރެވުނީ ކުރިންދުވަހު ސްކޫލުގަ އޮތް ބައްދަލުވުމުގައި […]
ރ.އުނގޫފާރު އިންޖީނު ހަލާކުވުމުގެ ސަބަބުން ކަރަންޓް ދިޔަތާ ހަތަރުވަނައަށް ވީ ދުވަހު އާއިންޖީނެއްގެ އެހީއާއިއެކު މިއަދު ހެނދުނުގެ ވަގުތެއްގައި އަލުން ކަރަންޓްގެ ޚިދުމަތް ލިބެންފަށާފިއެވެ. ކަރަންޓް ނެތުމުން އޮފީސްތައްވެސް ބަންދުވުމުގެ ސަބަބުން އަޔާންއާއި ލިވްޔާއާއި ދިމާނުވެއޮތުމުން އަދިވެސް ލިވްޔާއަށް ޖަވާބެއް ލިބިފަކާނެތެވެ. 4 ދުވަސް ވީއިރުވެސް ލިވްޔާ އަދިވެސް އިންތިޒާރުކުރަމުން ދިޔައީ އަޔާންގެ ފަރާތުން އާނ ބަސް ލިބޭނެކަމަށެވެ. އަޔާންގެ ފަރާތުން އާނ ބަސް ލިބޭނެކަމަށްވާނަމަ އަޔާން ބޭނުންވާވަރަކަށް ވަގުތުދޭން ލިވްޔާ ހަމަތައްޔާރެވެ. ކަރަންޓު އަނބުރާއައުމުން ހުރިހާ […]
ޔޫހާން އެހުރި ގޮތަށް ދެ ޖީބަށް އަތް ޖަހައިލައިގެން ދުރު ބަލަހައްޓައިގެން ހުއްޓެވެ. ޔޫހާންގެ އެ ދުރުކަން ފެނި އައިލީންގެ ދެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. ” ޔޫހާން… ކިހިނެއް ވީ… ކަމަކާ ހިތްހަމަނުޖެހިފަތަ… މިހާ ދުވަސް ފަހުން ދިމާވީމަވެސް ހަގްވެސް ނުކޮށްލާނަންތަ…” ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަން މަސައްކަތްކުރަމުން އައިލީން ބުނެލިއެވެ. ދެންވެސް އެ ހުރި ގޮތަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ޔޫހާން ހުރީއެވެ. ޔޫހާން އެގޮތަށް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އައިލީންގެ […]
ސާރާ އެތަނުންް ނިކުމެގެން މަޑު ހިނގުމުގައި ދިޔައެވެ. އަރުޝްވެސް ސާރާއަށް ނުފެންނާނެހެން ފަސްފަހަތުން ދިޔައެވެ. ސާރާއަށް ފަހަތުން މީހަކު އަންނަކަމެއް ނޭނގެއެވެ. ސާރާ ފަހަތުން ދިޔަ އަރުޝް ހުއްޓުނީ އާދައިގެ ގެއަކަށް ސާރާ ވަނުމުންނެެވެ..ފުރަތަމަ ފަހަރަށް އެ ގެ ފެނުމާއެކުވެސް އެއީ ސާރާގެ ގެ ކަން އެނގުނެވެ. ސާރާ ގެއަށް ވަނުމުން އަރުޝްވެސް އަނބުރާލީ ގެއަށް ދިއުމަށެވެ. އެހެންނަމަވެސް ކުރި މަތީ ހުރި މީހާ ފެނި އަޅަން އުޅުނު ފިޔަވަޅުވެސް މަޑު ޖެހުނެވެ. އެސޫރަ ފެނުމާއެކު ކޮންމެސްތާކުން […]
“ހާއި. އައި އޭމް އަލަން. ލާނާގެ ވާންއުޅޭ ފިރިމީހާ.” އަލަން ވިހަ ގޮތަކަށް ހީލަމުން އިދާންއާއި ސަލާމް ކުރަން އަތްދިއްކޮށްލިއެވެ. އިދާން ނުކުރަން ހުރެފައިވެސް ސަލާމް ކުރީ ހަސީނުމެން ތިބީމައިއެވެ. ލާނާ ނުގޮސްވޭތޯ ދެއްކެންއޮތް ބަހަނާއެއް ދެއްކިއެވެ. ނަމަވެސް ބައްޕަމެންގެ އެދުމާއި ދެކޮޅު ހަދަން ނުކެރުމުން ދާން އެއްބަސްވިއެވެ. އަލަންގެ ތުންފަތާއި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ. އަނެއްކޮޅުން އިދާންގެ ހިތްކުދިކުދިވެފައި އިންނަން ޖެހުނީއެވެ. ވާހަކަ ދައްކަން އަނގަހުޅުވާލައި ކޮންމެ ބުރަކު އަލަން ކޮންމެވެސް އެއްޗެއް ބުނެއެވެ. އަލަން […]
ސާރާ އެތަނުންް ނިކުމެގެން މަޑު ހިނގުމުގައި ދިޔައެވެ. އަރުޝްވެސް ސާރާއަށް ނުފެންނާނެހެން ފަސްފަހަތުން ދިޔައެވެ. ސާރާއަށް ފަހަތުން މީހަކު އަންނަކަމެއް ނޭނގެއެވެ. ސާރާ ފަހަތުން ދިޔަ އަރުޝް ހުއްޓުނީ އާދައިގެ ގެއަކަށް ސާރާ ވަނުމުންނެެވެ..ފުރަތަމަ ފަހަރަށް އެ ގެ ފެނުމާއެކުވެސް އެއީ ސާރާގެ ގެ ކަން އެނގުނެވެ. ސާރާ ގެއަށް ވަނުމުން އަރުޝްވެސް އަނބުރާލީ ގެއަށް ދިއުމަށެވެ. އެހެންނަމަވެސް ކުރި މަތީ ހުރި މީހާ ފެނި އަޅަން އުޅުނު ފިޔަވަޅުވެސް މަޑު ޖެހުނެވެ. އެސޫރަ ފެނުމާއެކު ކޮންމެސްތާކުން […]
އަރްޝާދް މާލެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އަފްރީން ހުންނަތާ ތިންމަސް ވެއްޖެއެވެ. މިރޭވެސް އެނދުގައި ދެކޮޅަށް ފޮރޮޅިލަ ފޮރޮޅިލާ އޮތީ އަރްޝާދްގެ ޚިޔާލުތަގައެވެ. ހެނދުނު އަށެއް ޖެހިއިރު އަފްރީން ހުރީ އަފްޝަންމެން ގޭގައެވެ. ސުހެއިދު އޮފީހަށް ދަމުން ދިޔައީ އަފްރީން އެގެއަށް ލާފައެވެ. ކުޑަކޮށް ދުވެލާފައި ދޮރުން އެތެރެއަށް ވަން އަފްރީންގެ ފިޔަވަޅުތަށް ހުއްޓުނީ ދޮރުން ނިކުންނަން އައި އަރްޝާދް ފެނިފައެވެ. ހަމައެކަނި ކަކުލާ ހަމަައަށް އަންނަ ކުޑަ ސޯޓުބުރިއެއް ލައިގެން ހުރި އަރްޝާދްގެ ކަސްރަތީ ހަށިގަނޑު […]