Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 6

Sh@_n@ Level 410 Stories100 Comments100 Login
August 13, 2018 4 Mins Read
24 Comments

ސާރާ އެތަނުންް ނިކުމެގެން މަޑު ހިނގުމުގައި ދިޔައެވެ. އަރުޝްވެސް ސާރާއަށް ނުފެންނާނެހެން ފަސްފަހަތުން ދިޔައެވެ. ސާރާއަށް ފަހަތުން މީހަކު އަންނަކަމެއް ނޭނގެއެވެ. ސާރާ ފަހަތުން ދިޔަ އަރުޝް ހުއްޓުނީ އާދައިގެ ގެއަކަށް ސާރާ ވަނުމުންނެެވެ..ފުރަތަމަ ފަހަރަށް އެ ގެ ފެނުމާއެކުވެސް އެއީ ސާރާގެ ގެ ކަން އެނގުނެވެ. ސާރާ ގެއަށް ވަނުމުން އަރުޝްވެސް އަނބުރާލީ ގެއަށް ދިއުމަށެވެ. އެހެންނަމަވެސް ކުރި މަތީ ހުރި މީހާ ފެނި އަޅަން އުޅުނު ފިޔަވަޅުވެސް މަޑު ޖެހުނެވެ.

އެސޫރަ ފެނުމާއެކު ކޮންމެސްތާކުން ދެކުނު ހަނދާނެއް އަރުޝް އަށް ވިއެވެ. އެހެންނަމަވެސް އެއީ ކޮންތާކުން ކަމެއް ނޭނގުނެވެ.
އެމީހާ ކަޅުކުލައިގެ އާދައިގެ ބުރުގަލެއް އަޅާފައިވާއިރު ލައިފައި ވަނީ ދިގުހެދުމެކެވެ. އެއްއަތުގައި ކޭލި ޖަހާފައިވާ ދެ ކާށި އޮތެވެ. މީހާ ހުރީ ވާރެއާ ތެމި ފޯވެފައެވެ. ހީވާގޮތުން އެމީހާ އެއައީ ކާށި ހޮވައިގެންނެވެ. އަރުޝް ހިނިތުންވެލުމުން އެމީހާވެސް ހިނިތުންވެލިއެވެ. އަރުޝްގެ ގައިން ހީބިހި ނަގައިގަތެވެ. އަދި ހިތާހިތުން އަމިއްލަ ހިތުގެ މައްޗަށް ކުދިކިޔުނެވެ. އަންހެން ކުއްޖަކާ ހެދި ވަރެއް ވެފަ ދޯއޭ އަމިއްލަ ހިތަށް ބުނެވުނެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އެމީހާ ހީލުމުން ސާރާ ސިފަވީއެވެ.
އަރުޝް އަނެއްކާވެސް ހިނިތުންވެލިއެވެ. އަދި ހިނގައިގަންނަން އުޅެނިކޮށް އެމީހާ ވާހަކަ ދެއްކުމުން މަޑުކޮއްލިއެވެ.
“ކޮއްކޮ މިރަށެއް ނޫންދޯ, މިރަށުން ނުފެންނާތީ މިއަހާލީ”އެމީހާގެ ސުވާލަށް އަރުޝް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
“މިހިސާބުގަ ކީއްކުރަނީ, މިހިސާބަކީ މީހުން ވަރަށް ނާންނަ ހިސާބެއް, އަނެއްކާ ވިއްސާރައިގައި މަގު އޮޅުނީތަ” އެމީހާގެ ސުވާލަށް އަރުޝް ހިނިތުންވެލުމަށްފަހު ޖަވާބުދިނެވެ. ” ނޫނޭ ދައްތާ, ވިއްސާރަ ވީމަ ކުޑަކޮއް ހިނގާލަނީ, މިހާރުދެން ވާރޭވެސް ތުނިކޮއްލާފައެއްނު, ކިހިނެއް ދިޔައިއްޔާ އެންމެ އަވަހަށް ޤުމްރީ ގެއަށް ދެވޭނީ،”
ހަގީގަތުގައި އަރުޝް ހުރީވެސް ގެއަށް ދާނެ ގޮތެއް ނޭނގިފައެވެ. ސާރާގެ ފަހަތުން އައިއިރު ކޮން ހިސާބެއްކަން ހަނދާންކުރުމަށް ވުރެ އަރުޝްގެ ހިތުގައި އެވަގުތު ހިނގާދިޔަ ކަންތައް ބޮޑެވެ.

“ތީ ހައްވަމެންގޭގައި އުޅޭ ކުއްޖެއް ދޯ, ހައްވަ ބުންޏޭ ކުދިންތަކެއް އަންނަ ވާހަކަ” މިހެންބުނެ އެ ގެ އަށް ދެވޭނެ އެންމެ ފަސޭހަ ގޮތް ކިޔައިދިނެވެ. އަރުޝް ޝުކުރު އަދާ ކުރުމަށްފަހު ހިނިތުންވެލަމުން އެމީހާ ބުނި މަގުން ގެއަށް ދިޔައެވެ.

އަރުޝްއަށް ގެއަށް ދެވުންއިރު ޝާނިމްއާއި ހަމީދު އަރުޝް ނައިސްގެން ކަންބޮޑުވެފަ ތިބި ވަރު އެމީހުންގެ މޫނުމަތިން ހެކިދެއެވެ. އަދި ކުރަންފެށި ސުވާލުތަކުންވެސް އެކަމަށް، ފުދޭނެއެވެ. “އޭ, އަރުޝް،، ކޮންތާކުން ތިއައީ, ފިހާރައަކަށޭ ކިޔާފަ ދިޔަ މީހާ ތީ, މިހާރު ގަޑިން ވީ ވާރު އެނގޭތަ, އަދި ފޯނުވެސް ނިވާލާފަ, ހޯދާން ދާނީ ކޮންތާކަށް ކަމެއް ނޭނގިފަ ތިއްބާ ތިއައީ” ހިތްހަމަ ނުޖެހިފަ ހުރެ އަދި މާޔޫސްކަމާއެކު ޝާނިމް ބުނެލިއެވެ.
“ސޮރީ, ބްރޯ, އަސްލު އެފިހާރަށް ދިޔައިރު ގަންނަން ބޭނުންވި އެއްޗެއް ނެތީމަ, އެތާހުރި މީހަކު ކައިރީ އެހީމަ ބުނީ އެކޮޅުގަ ހުރި ފިހާރައިގައި ހުންނާނޭ، އެހެންވެ ދިޔައީ, ފޯނުވެސް ނިވިފަ އޮތީ, ސޮރީ އިނގޭ” މިހެން ބުނެ ދެ އެކުވެރިންގެ ކޮނޑަށް އަތް ވައްޓާލައިގެން ނަމާދަށް ހިނގާށޭ ބުނެ ގެއިން ނުކުތެވެ. އޭރު މަޢްރިބް ނަމާދު ބަންގިދަނީ ގޮވަމުންނެވެ. އަރުޝް ހަޔާތުގަވެސް ފުރަތަމަ އަރުޝްގެ އެންމެ ގާތް ދެއެކުވެރިންނަށް ދޮގު ހެދީ މިވަގުތު އެކަން ސިއްރުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަރުޝްއަށް ފެނުނީމައެެވެ.

އޭ ނަޢުފަލް ކައޭ, ހަމަޖެހިބަލަ, ކިހިނެއްވެގެންތަ ތިއުޅެނީ” ހަބީބް މަސައްކަތް ކުރަމުންދިޔައީ ނަޢުފަލް ހަމަޔަކަށް އެޅުވޭތޯއެވެ. ނަޢުފަލް ރުޅިއައިސްގެން ކޮޓަރީގައި ހުރި އެއްޗެހި އުކަމުންދެއެެވެ. ބިއްލޫރި މާވަށިގަނޑުވެސް ވަނީ ބިމާ ހަމަވެފައެވެ އެނދުގެ ބާލިހާއި ބެޑްސީޓު އޮތީ ބިންމަތީގައެވެ. އަލަމާރީގައި ހުރި އަންނައުނުތައް ވެސް އެކި ދިމަ ދިމާލަށް ވަނީ އުކާލާފައެވެ. ކުނި ގޮނޑަކާ އެއްވެސް ތަފާތެއް ނެތެވެ.

ނަޢްފަލް އެ ބާރު މިނުގަ އައިސް ހަބީބް ގަމީހުގެ ގިރުއާނުގައި ހިފިއެވެ. ނަޢުފަލްގެ ރުޅިގަދަ ވެފައިވާ މޫނު ފެނުމާއެކު ހަބީބްގެ އަރުގައި އޭނަ ބުނަން އުޅުން ބަސް ވެސް ތާށިވިއެެވެ. ދުވަހަކުވެސް ނަޢުފަލް އެހާ ރުޅި އައިސަ ހުރި ތަނެއް ހަބީބް ނުދެކެއެވެ.

“ހަމަޖެހޭށޭ, ކައެ ތިބުނީ މަ ކައިރީ ހަމަޖެހޭށޭ, ކަލެއަށް ކޯއްޗެއް އެނގެނީ, އެކައްޗެއްވެސް ނޭނގޭނެ, “ނަޢުފަލްގެ ރުޅި އިތުރަށް ގަދަވިއެވެ. ހީވީ އޭނާގެ ރުޅީގެ އަލިފާނުން ހަބީބްވެސް އަންދާލަން އުޅޭހެންނެވެ. ހަބީބް އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލުމުން ހަބީބްގެ ގަމީހުގެ ގިރުއާނުން ދޫކޮއްލިއެވެ.
“މިވީހާ ތަނަށް އަހަރެންނާ ދިމާލަށް އެއްޗެކޭ ބުނަން ކެރޭ މީހަކު ނޫޅޭ, އެކަމަކު މިއަދު އެ ސާރާއަށް އެ ލިބުނީ ކޮން ހިތްވަރެއް ކަމެއް ނޭނގެ, ޖެހިތަނުން އަދިވެސް ދިލަ ނަގާ, ސާރާގެ ކިބައިން އަހަރެން އެކަމުގެ ބަދަަލު ނުހިފައި ފިއްޔާ އަހަރެންގެ ނަމަކަށް ނަޢުފަލް އެކޭ ނުކިޔާނަން”ނަޢުފަލް ދަތްކުޑި ވިކާލަމުން އެހެން ބުނުމުން ހަބީބުއަށް ލިބުނީ ކުއްލިސިހުމެވެ.

” ވަޓް, ބްރޯ ގައިގަ ސާރާ ޖެހީއޭ, ހާދަ ގަބޫލްނުކުރެވޭ, އޭނަ އެއީ ބްރޯ ފެންނަ އިރަށް ބިރުން ހަލާކުވާ ވަރުގެ މީހެއް, މަށަށް ހީވަނީ އޭނަ ކުއްޖަކާ ގުޅުމެއް އޮތީހެން, އެހެންވެ ކަންނޭގެ މާ ގައްޑާވެފަ އެ އުޅެނީ “ހަބީބްގެ ވާހަކައިން ދެކޮޅަށް ހިނގަ ހިނގާ ހުރި ނަޢުފަލް ހުއްޓުނެވެ.
“ބްރޯ ކައެ ކޮއްދެންވީ ކަމަކީ ސާރާ ކުރާ ހުރިހާ ކަމެއް މަަށަށް އަންގަންވީ، މަ މިއުޅެނީ ހަފްތާއަކަށް ޒަކިއްޓޭމެން ރަށަށް ދާން, އަހަރެން އައިސަ އެ ސާރާއަށް ހިތުން ނުފިލާވަރުގެ ބޮޑު ބޮނޑިއެއް ދޭނަން, ސާރާއަށް އަދި ނޭނގެނީ އެ ކުޅެވުނީ ކިހާ ވަރެއްގެ މީހަކާކަން، އަހަރެންގެ ކޯތާފަތުގައި މި ރިހޭ ރިހުން ސާރާގެ މުޅި ހަށިގަނޑުގައި ރިހޭ ވަރު ކޮއްފައި ނޫނީ މައިތިރި ނުވާނަން” ރުޅިއާއި ނަފްރަތުގެ ބުނުމަކުން ބުނުމަށްފަހު ނަޢުފަލް ކޮޓަރިން ނުކުމެގެންދިޔައެވެ.

ސާރާ ގެއަށް ދިޔަގޮތަށް އެ ވިއްސާރާ ދުވަހު ވެސް ވަނީ ފެންވަރާށެވެ. ނަޢުފަލް އަތްޖެހުނު ކޮންމެ ތަނެއް އެތަށް ފަހަރަކު ދޮންނަމުންދަަނީ ނަޖިހެއް ޖެހުނީމައި ސާފުކުރާ އުސޫލުންނެވެ. ސާރާއަށް ނަޢުފަލް އަކީ ނަޖިހެއްކަހަލައެވެ. ސާރާ ރޮއެރޮއެ ހުރީ ވަރުބަލިވެފައެވެ.އެހެންނަމަވެސް ސާރާ ހައިރާންވީ ސާރާއަށް ނަޢުފަލްގަައިގަ ޖަހަން ކެރުނީ ކީއްވެކަން ހުދު ސާރާއަށްވެސް ނޭނގުނީމައެވެ. ނަޢުފަލް އެެންމެ ފަހުން ބުނި ބަސްތައް ސިކުނޑިއަށް ވެރުވުމާއެކު ކިހިނެއް ބަދަލް ހިފަން ބާއޭ ސާރާ ހިތާހިތުން ސުވާލުކުރެވުނެވެ. ހަމަ އެހިނދު ހިތަށް އެރި އެއްްޗަކުން ހީބިހި ނަގައިގަތެވެ. އަދި މަންމާ ކޮބައިބާއޭ ކިޔައި އަވަސް ހަރަކާތާއެކު ފެންވަރާ ތާޖާ ވެލުމަށްފަހު ފާހާނާއިން ނިކުތެވެ. ސާރާ ފެންޑާއަށް ނިކުތްއިރު މަންމަ އިންތަން ފެނުމުން ހިނިތުންވެވުނެވެ. ސާރާ މަންމަވެސް ހިނިތުން ވެލިއެވެ. ސާރާއައިސް މަންމަ ކައިރީ އިށީނދެ މަންމަ ގައިގަ ބައްދާލިއެވެ. “ދަރިފުޅު މިއޮށް ފިނި އިރުވެސް ފެންވެރީތަ, ރޯގާ ޖެހިދާނެއެއްނު” އާފިޔާ ވަރަށް ލޯތްބާއެކު ސާރާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. “މަންމާ, ފެންވަރާކަށްނު ޖެހޭނީ, އެ އުޅޭ ކުޑަކުޑަ މައިޝަންމެންނާ އެކު ކުޅެންޖެހުނީމަ, ހަމަހިލާ ދިޔަކަ ނުދިން, އެހެންވެ ތެމުނީ, ” ސާރާ ސާރާގެ މަންމައަށް މިއަދު ހިނގާ ދިޔަ ކަންތަށް ސިއްރުކުރިއެވެ.

އަރުޝް ނިދަން މަސައްކަތް ކޮށް ކޮށް ވެސް ނުނިދުނެވެ. އެހެންކަމުން ކަންނެތްކަމާއެކު ފޯނު ހޯދާ ގަޑި ބަލާލިއެވެ. އޭރު ގަޑިން ދަންވަރު 3 ޖަހަނީއެވެ. މާދަމާގެ ޕްރޮގްރާމަށް ހަމަ ނިދި ނުލިބިއްޖެނަމަ ބްރޫ އަރާނެކަން އެނގޭ އިރުވެސް އަރުޝްއަށް އެނދުން ތެދުވެވުނެވެ. އަދި ހަމީދުއަށް ބަލައިލިއެވެ. ހަމީދު އޮތީ ގަދަ ނިދީގައެވެ. އަރުޝް ދެލޯ މެރިލާ އިރަށް ފެންނަނީ ސާރާގެ މައުސޫމް މޫނާއި އެ ވަލު ޖަނަވާރެއް ފަދަ ނަޢުފަލްއެވެ. ނަޢުފަލް ފެންނަ ކޮންމެ ފަހަރަކު އަރުޝްގެ ރުޅި ކޮންޓްރޯލުން ނައްޓައެވެ. އެހެންކަމުން ފޯނު ހުޅުވައި ސާރާގެ ފޮޓޯއަށް ބަލަމުން އަރުޝްގެ ހިތުގެ އުދާސްތައް ބަންޑުން ކޮއްލިއެވެ.
“އަހަރެންނަށް މިވާ ގޮތެއް ނޭނގެ ބުނެދޭކަށްވެސް, ޖަވާބު ހޯދާނީ ކޮންތާކުން ކަމެއްވެސް ނޭނގެ, ތި ސޫރަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އޭގެ މަގާމް ދޫކޮށް ދާ ކަހަލަ, އަބަދު ތި ސޫރަ ދެކޭ ހިތްވަނީ, ދުވަހަކުވެސް ކުއްޖަކު ފެނިގެން އަހަރެންނަކަށް މިހާ ވަރެއް ނުވޭ, އަހަރެންނަށް ހީވަނީ އަހަރެންނަށް ސާރާދެކެ ލޯބިވެވިއްޖެހެން, ވަރަށް ބޮޑަށް, ސާރާގެ ކޮންމެ ހަރަކާތެއް ބަލަން އަހަރެންނަށް ހުރެވެނީ އާށޯހުވެފަ, އެކަމް އަހަރެންނާ ސާރާ އެކަށީގެންވާނީ ކިހިނެއް، ބޮޑު ވަލު ޖަނަވާރެއް ކަހަލަ މީހަކު ސާރާގެ އިއްފަތްތެރިކަން ނަގާލަން އުޅުން އިރުވެސް އަހަރެންނަށް މަންޒަރު ބަލަން ހުރެވުނީ, ސާރާ އަހަރެންނަށް މަޢާފްކުރޭ, ސާރާ ސަލާމަތް ކޮއްދޭން އަހަރެންނަށް އުޅެވުނީ ވަރަށް ލަހުން, އެކަމަކު އަހަރެން ވަރަށް އުފާވެއްޖެ ސާރާއަށް ތިވަރުގެ ހިތްވަރެއް ލިބުނީތީ, ދެން އަހަރެން ހުއްޓާ ސާރާއަށް ދެރަގޮތެއް ނުވާނެ، އަހަރެން ހިމާޔަތް ދޭނަން, މި އަތުގެ ތެރޭގައި މުޅި އުމުރަށް ރައްކާކުރާނަން, ސާރޫ މަށަށް އެންމެ ފަހަރަކު ފެނިލަބަލަ, އަަހަރެންނަކަށް ދެން ނުވާނެ ކެތެއް ސާރޫ, ވަރަށް ލޯބިވޭ” އަރުޝްގެ ހިތުގެ އުދާސްތައް ބަންޑުން ކޮއްލިއިރު, އަރުޝްގެ ލޮލުން ވެސް ކަރުނަ އައެވެ. ދުވަހަކުވެސް އަންހެނަކަށް ޓަކައި އަރުޝް ކަރުނަ އަޅާ ރޮއެފައެއްނެތެވެ. އެހެންނަމަވެސް މިއަދު އަރުޝްއަށް މިވަނީ މީހަކު ދެކެ އިންތިހާއަށް ލޯބިވެވިފައެވެ. އަދި އިންތިޒާރުވެސް ކުރަން ޖެހިފައެވެ.

ފަތިސް ނަމާދު ބަންގި ގޮވި އިރުވެސް އަރުޝް އުޅުނީ ހަމަ އެހާލެއްގައެވެ. އެހެންކަމުން އަވަހަށް ވުޟޫ ކޮއްލައިގެން ބޭރަށް ނިކުތެވެ. ފަތިސް ނަމާދަށްފަހު ކޮފީއެއް ބޯލުމަށް ބަދިގެ ފަރާތަށް ދިޔައެވެ. އެހެންނަމަވެސް އަރުޝްގެ ފިޔަވަޅަށް ހުއްޓުމެއް އައީ ކުރިމަތިން ފެނުނު ސާރާ ފެނިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ރާސްތާ 27

Next

ކުށަކާނުލައި – 5 ވަނަބައި

Next
August 14, 2018

ކުށަކާނުލައި – 5 ވަނަބައި

Previews
August 13, 2018

ރާސްތާ 27

24 Comments!

  1. lam says:
    August 13, 2018 at 8:18 pm

    me first…yeyy

    1. lam says:
      August 13, 2018 at 8:19 pm

      n the story is amaxing..keep the good work..lov ur storys n u too..hehe

  2. Livee says:
    August 13, 2018 at 8:20 pm

    Wow me first dhw v habeys

    1. correction says:
      August 13, 2018 at 8:29 pm

      ur second livee…dhen faharakun first ah try kohlla

  3. Sh@_n@ says:
    August 13, 2018 at 8:33 pm

    Hii hurihaa kudhin. Miothy 6th part. Late vi kamahtakaa maafah edhen. And I know mi part kurukan. Vvv busy v ma nuliyevuny. And I really miss u all, and all lovely comments. Ones again thank you so much❤❤❤????

  4. Sh@_n@ says:
    August 13, 2018 at 8:36 pm

    ?yess lam ur first. And thank you so much

  5. ??? says:
    August 13, 2018 at 8:38 pm

    Mihaadhuvas kohfa genes dhin iruves ehaa kuru??

  6. Sh@_n@ says:
    August 13, 2018 at 8:39 pm

    Livee ur second. But next time 1st ah try kohlaa ingey❤??

  7. Sh@_n@ says:
    August 13, 2018 at 8:47 pm

    Sry dear. Me ge dad operation kohgen ulhen jehunyma nuvee. But next time dhigukohlaanan ingey. Dhen story ah mifaharu commenteh kohlaa ingey❤??❤❤

  8. Shinass says:
    August 13, 2018 at 10:08 pm

    Nice story..❤❤ v ufaavejje stry kiyaalan libuneema.. ummedhu kuranee stry nimeedhen kiyaalan libeynekamah.. sh@n@ ge dadah avas shifaayakah edhen..

  9. Reet says:
    August 13, 2018 at 10:11 pm

    Saara ah dheragotheh nuhadhaathi please

  10. Reet says:
    August 13, 2018 at 10:14 pm

    Bappa ah avass shifaa akah edhen

  11. Sh@_n@ says:
    August 13, 2018 at 10:25 pm

    Thanx shinass. Insha Allah story nimendhen genesdheynan.

  12. Sh@_n@ says:
    August 13, 2018 at 10:26 pm

    Thanx reet❤?❤❤

  13. Rish says:
    August 14, 2018 at 1:28 am

    Haadha inthizaareh kurevuney mi story yah komme dhuvahaku balaalevey mi story fonuvaafatho. V v v ufaavehjje kiyaalan libuneetheeve. dad ah get well soon my dear. Komme meehakahves kameh dhimaavedhaane akan gaboolkuran adhi lasvumakee massala eh noon rish dhekey gothuga. Story v v v v habeys beynun vaneeves mikahala simple story kiyaalan. Mi story kiyaahirhun indha thi nimmaalee. Visnenee dhen vaanee kihineh baayey vaanee haadha kiyaahihveyey beynunvanee saaraa an arush gulhen. Thi liun theriyaa my dea yah assaribahaa saabas dhen.

  14. Fan says:
    August 14, 2018 at 5:48 am

    Maa sha Allah.. Vrh Vrh Vrh furihama mi part ves… Neynge Bunaane ehcheh ves..?????? keep up the good work dear.. ❤️???????? waiting for the next… When is next part?????❤️❤️❤️❤️❤️❤️❤️❤️❤️ And shafakallah khair Sh@_n@ ge dad..?

  15. Sima says:
    August 14, 2018 at 6:21 am

    Masha allah v v v v v v reethi mi part ves.. ???? shifaayakah allah dad ah❤❤❤❤❤

  16. Sh@_n@ says:
    August 14, 2018 at 7:20 am

    Thank you so much Fan. ❤❤❤❤???

  17. Sh@_n@ says:
    August 14, 2018 at 7:21 am

    Thank you sima?❤???

  18. Sh@_n@ says:
    August 14, 2018 at 12:58 pm

    Happy news. To night new part kiyaalan libeyne

  19. Sh@_n@ says:
    August 14, 2018 at 3:12 pm

    Thank you rish. Thidhey hiy varah❤?❤❤?next vaa goii balamaa dhw

  20. Sh@_n@ says:
    August 14, 2018 at 3:14 pm

    Kiyaalaafa comment kohlahchey hurihaa kudhin vess. And thidhey hiy varah shukuruverivan?❤???

  21. Naju says:
    August 14, 2018 at 8:39 pm

    Shana ge dad ah avas shifa akah edhen n story hama v nice..

  22. Xuam says:
    August 14, 2018 at 9:03 pm

    Alhey….. varah varah varah reethi….. waiting….

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 6←


All Right Reserved!