މާޒީ…… ކުލަ ގަދަ ހަފްލާއަކަށް ފަހު އައްމާރާއި އާލާގެ ކައިވެނި ކުރވިގެން ދިޔައެވެ. ކައިވެނި ޕާޓީ އޮތީ ރަށުގެ އަތިރިމަތީގައެވެ. ހަނދުވަރުގެ އަލިން މުޅި ސަރަހައްދުވަނީ އަލިވެފައެވެ. ދޮންވެލިގަނޑު މަތީ ބޮޑު މޭޒެއް ބަހައްޓާ ތަފާތު ވައްތަރުގެ ކާނާތައް ވަނީ މޭޒުމަތީ އަތުރާފައެވެ. އަތިރިމަތީގެ އެކި ސަރަހައްދުގައި ވަނީ މޭޒު ބަހައްޓާފައެވެ. ކޮންމެ މޭޒެއްގެ މަތީގައި ހުދު ފޮތިގަނޑެއް އޮތީ އަޅާފައެވެ. އަދި ފޮތިގަނޑުގެ އެކި ހިސާބުތަކުގައި މަޑު ނޫކުލައެއްގެ ރިބަން އެލުވާާފަ ހުއްޓެވެ. ކޮންމެ މޭޒެއް […]
ފުރޮޅީގޮނޑިއެއްގައި އިންނަން ޖެހިފައިވާ، ނުކުޅެންދުންތެރިކަން ހުންނަ މީހަކަށް އޭނާއަށް ހަގީގީ ލޯބި ލިބިދާނެ ކަމަކަށް އުންމީދު ކުރުމަކީ އާންމު ކަމެއް ނޫނެވެ. އަދި އޭނާ ހުވަފެނުން ވެސް ނުދެކޭހާ ރީތި އަންހެނަކާ ކައިވެނި ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ އެވެ. ނަމަވެސް ޝިފާޒު އަށް ވަނީ މި ހުވަފެން ސީދާ ވެފަ އެވެ. ޝިފާޒު އުފަންވި އިރު އާދައިގެ އެހެން ކުދިންނެކޭ ތަފާތެއް ނެތެވެ. ނަމަވެސް ހިނގޭ އުމުރަށް ދިޔައިރު ވެސް ހިނގާބިނގާވެ ނޫޅެވޭތީ ކޮންމެވެސް މައްސަލައެއް […]
ކުޑަ ހިނދުކޮޅަކަށްފަހު ބުޅާތަށް ދިޔުމުން އެ އެއްޗެހީގެ އަޑު ކެނޑުނެވެ. ވާނުވާ މިކްއަލްއަށް ރޭކާލީ ދެނެވެ. އުރުން މިޝްޔާ ބާލުވާ ދުރަށް ކޮށްޕާލިއެވެ. “ވަޓް ދަ**” މިޝްޔާގެ ކޯތާފަތް މައްޗަށް އަރުވާލި ހޫނު އެތިފަހަރުން މަންޒަރު ބަލަން ތިބި މީހުންގެ ހައިރާންކަން އިތުރުވިއެވެ. މުޅި ހަޔާތުގައިވެސް އަލަށް ތަޖުރިބާކުރެވުނު އެކަންތަށް މުޅި ދުނިޔެއަށް ފެންނާނެކަން އިނގުމުން މިކްއަލްގެ ހިތުގައި އެ އަންހެން ކުއްޖާއާ މެދު ރުޅިވެރިކަން އުފެދުނެވެ. އެންމެންގެ ކުރިމަތީ އޭނާ ފަޝީހަ ކޮށްލީތީއެވެ. އޭނާއަށް ފަސްދީފާ […]
ވިންޗެސްޓާރ ސިޓީގައި އޮތް ބައްދަލުވުމަކަށް ތިން ދުވަހަށް ދިޔަ ޑޭވިޑް، ދެ ދުވަސް ފަހުން އެނބުރި ލަންޑަނަށް އަންނަން ޖެހުނީ ބައްދަލުވުން ކެންސަލްވުމުންނެވެ. ފޮށި ހިފައިގެން ހަވޭއްޔަށް ވަދެވުނުއިރު ޖާރިޔާއެއްވެސް ފެންނާކަށް ނެތެވެ. ވިކްޓޮރިއާ ފެނޭތޯ ދެކޮޅު ބެލުމަށްފަހު ޑޭވިޑްގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ފެނިގެންދިޔައީ އޭނާ ހައިރާންކުރުވަނިވި މަންޒަރެކެވެ. ************************* “ޑޭވިޑް؟!” އެނދުމަތީ އިން ވިކްޓޮރިއާ ސިހިފައި ކައިރީ އިން ކެންއާއި ދުރަށް ޖެހިލަމުން ގޮވައިލިއެވެ. ކެން ދާހިތްލައިލިއެވެ. އަންހެނުނާއި ގުޅުން ހިންގަން މަސައްކަތް ކުރި އެކުވެރިޔާއަށް […]
މަންޒަރު ބަލަން އިން ނައުރީންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ” ލެޓްސް ގޯ ނައު… ” ޔޫހާން މިހެން ބުނެ ނައުރީން ބުނާނެ އެއްޗަކަށް ބެލުމެއްނެތި ގޮނޑިން ތެދުވެ އެތަނުން ނިކުންނަން ހިނގައިގަތެވެ. ނައުރީން އަވަސް އަވަހަށް ފައިސާ ދެއްކުމަށްފަހު ޔޫހާންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ” ޔޫން… ވަޓް ހެޕެން… މާ އަވަސް އަވަހަށް ކިހިނެއްވެ ތި ނިކުތީ… ޑްރިންކްވެސް ހުސްނުކޮށް… ” ބޭރުގައި ހުރި ޔޫހާންގެ ކުރިމަތީ އައިސް ހުއްޓެމުން ނައުރީން ބުނެލިއެވެ. […]
ބަޑި ބޭހުގެ ކުޅިވަރުތަކާއެކު އައު އަހަރަކަށް ރާއްޖެ ގަޑިން މަރުހަބާކިއެވެ. ގަޑީގެ ކުޑަކަށި ނަންބަރު ބާރައިގައި ޖެހުމާއެކު ހިމޭންވެފައިވާ ރާއްޖޭގެ ވެރިރަށް އަޑުގަދަކޮށްލީ ބަޑި ބޭހުގެ އަޑުން އެކަންޏެއް ނޫނެވެ. އިވިގެން ދިޔަ ހިތްގައި ފިރިހެންވަންތަ އަޑު ތަކާއެކުގައެވެ. މަޝްހޫރު ބޭންޑް “ރޮކް” ގައި ހިމެނޭ ހަތަރު ޒުވާނުންގެ އަޑެވެ. ހުވަފެންތަކުން ހިތްހަމަޖެހުން ދެނީ ކީތްވެބާ… ހޭލާހިތެއް އަމުދުން ނުވޭ ނިދިން ކީތްވެބާ….. ލޯތްބޭ މިއީ.. މީ ހަމަ ޔަގީން ޝައްކެއް ނެތޭ ގުޅިފައިވަނީ…ފުން ގުޅުމަކުން.. މިދެހިތޭ.. […]
އަނާނީއަށް ފެރީ އިން ފޭބުނީ ލޫކަސްގެ ފަހަތުންނެވެ. އެކަމަކު އޭރު ސާރާގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. އެހާ އަވަހަށް ސާރާ އެ ދިޔައީ ކޮންތާކަށް ބާއޭ އަނާނީ ހިތަށް އެރިއެވެ. ފެރީ ތެރޭގައި ލޫކަސްއާ ދެމީހުން މައްސަލައެއް ޖެހުނީ ހެއްޔެވެ. މިހެން ހިތަށް އަރާފައިވެސް އަނާނީ މާ ބޮޑަކަށް އަޅައެއް ނުލިއެވެ. އޭނާއާ ބެހޭ ކަމެއް ނޫނޭ ހީކޮށް، އަވަހަށް ގެއަށް ދާން ޓެކްސީއެއް ހުއްޓުވިއެވެ. އޭރު ލޫކަސް އޭނާގެ ސައިކަލުގައި ނައްޓައިލީ އަނާނީއަށް ބަލަން […]
ދުވަސްތައް މާޒީއާއި އެކުވެގޮސް ލިވްޔާއާއި އަޔާންއާއި ދެމެދުއޮތް ބީރައްޓެހިކަންފިލާ ގުޅުން ރަނގަޅުވަމުންދެއެވެ. އޮފީހުގަވެސް ލިބޭ ހުސްވަގުތު އަމިއްލަ ވާހަކަދައްކައި މަޖާކޮށް ހަދައެވެ. އެހެންކަމުން ލިވްޔާގެ ހިތް އަޔާންއަށް އެދޭވަރު ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުންނެވެ. ނަމަވެސް އަޔާންދެކެނީ ލިވްޔާއަކީ ހަމައެކަނި ގާތް ރައްޓެއްސެއްކަމުގައެވެ. މިހާރަކަށް އައިސް ލިވްޔާގެ ހިތްއަބަދުމެ އެދެނީވެސް އަޔާންއާއި ގުޅުމަށް ކަމުން ލިވްޔާ ހުންނަނީވެސް އަޔާންއަށް ލޯބިހުށައަޅާން ރަނގަޅު ވަގުތަކަށް ބަލާލަބަލާލައެވެ. އަޔާން އިސްވެއެކަމާ އުޅޭތޯ އިންތިޒާރު ކޮށްކޮށް އަދިވެސް އެކަމުގެ ކުޑަވެސް ނިޝާނެއް ނުފެނެއެވެ. […]
އޮއްސެމުންދިޔަ އިރުން ފޮނުވި ސަލާން، ކަނޑުގެ ބާނިތަކާ އެކުވެގެން އައިސް އަހަރެންގެ ފައިގައި ބޮސްދިނެވެ. ދިޔަރެހުގައި ކުޅެސަމާސާ ކުރަމުންދިޔަ ރިވެލީގެ ކުލަކުލައިގެ ތަރިތައް ވިދައިބެބުޅިއެވެ. “ހޭއި. މޭން. މިތާ ކީއްވެފަ؟” ފަހަތުން އަައި މީހަކު ގޮވާލުމުން އިޚްތިޔާރެއް ނެތި ފަސް އެނބުރި ބަލާލީމެވެ. އެެއީ އެކުވެރި ޝާޔަންއެވެ. “އަހަން. ކަލޭ ދޯ… މި ހަމަ ސަންސެޓުގެ ފޮޓޯއެއް ނަގާލަން އައިސް. އިންސްޓާރ ކޮށްލަން ކަމަށް” ހިނިތުންވެލަމަނުން އަހަރެން ޖަވާބު ދިނީމެވެ. އެއީ ހުޅުމާލޭގެ ހިތްގައިމު ގޮނޑުދޮށެވެ. “އޭއް، […]