ހިތުގެ ތެޅުން 11
ޔަޝަލްއަށް ގެއަށް އާދެވުނުއިރު އިރު އޮއްސެނީއެވެ. އޭސީ ޖައްސައިލުމަށްފަހު ފާހަނައަށް ވަންނަން ދަނިކޮށް ލޮލުގައި އަޅައިގަތީ ރީތިވާ މޭޒުމަތީ އޮތް ސްޓްރޯބެރީއެކެވެ. ސްޓްރޯބެރީ ނަގާފައި އޭގެ ދަށުގައި އޮތް ކަރުދާސްކޮޅު ނަގައި ނިއުޅުވައިލިއެވެ. އަދި އޭގައި ލިޔެފައި އޮތް ލިޔުންކޮޅު ކިޔައިލިއެވެ. “ހެލްޕް މީ…”
*************************
“މިރޭ ތި ގެއަށް ދާނަން. ޔަޝަލް ކޮންމެހެންވެސް ޖީލާން ކައިރީގަ ބަހައްޓާތި. ޖީލާން ތި ގެއަށް ގެނޭ! ޖީލާންގެ ހަނދާންތައް އަނބުރާ ދޭނަން.” އަތުގައި އޮތް ސްޓްރޯބެރީއަށް ބަލައިލުމުން ޔަޝަލްއަށް އެއީ ކާކުގެ ފަރާތުން ލިބުނު އެއްޗެއްކަން އިނގުނެވެ. ފުރަތަމަވެސް ބަލައިލެވުނީ ކުޑަދޮރާއި ދިމާއަށެވެ. އެރޭ ހިޔަނި ނުކުތްތަން ފެނުން ހިސާބުން އެއީ ހައިޝަމްކަން އޭނާއަށް އެނގެއެވެ. އަދި ކޮންމެވެސް ނުބައެއް އުޅޭކަމަށް ވަނީ ޝައްކުވެސް ކުރެވިފައެވެ. ޖީލާންގެ ހަނދާންތައް ދޭނަމޭ ބުނެފައި އޮތް ބަހުގެ މާނަ ނުވިސްނުނު ނަމަވެސް ޔަޝަލް ނިންމީ ހައިޝަމްގެ އެދުމުގެ މަތިން ކަންތައްކުރާށެވެ.
ދެންމެއަކު ބައްދަލުވެފައިވާއިރު، އަލުން ޖީލާން ގެއަށް ގެންނާނެ ގޮތެއް ޔަޝަލް ވިސްނިއެވެ. އެތައް އިރަކު ވިސްނުމަށްފަހު ދެން ކޮންމެގޮތެއް ހެވޭ ކިޔާލައިފައި ޖީލާންގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ޖީލާން ފޯނަށް ޖަވާބު ދިނުމުން ޔަޝަލް ބުނީ އޭނާގެ ގެއަށް އައިސްދިނުމަށެވެ. ސަބަބު އެހުމުން ޖީލާންގެ ހަނދާންތައް އޭރުން ލިބޭނެކަމަށް ބުނެ ޖަވާބުދިނެވެ. އަނެއްކޮޅުން ފޯނުގައި ހުރި ޖީލާންގެ ހިތުގައި އުފެދުނީ ޝައްކެކެވެ. އެހާ ފަސޭހައިން ހަނދާންތައް އަނބުރާ ލިބޭނެބާއެވެ؟ ނަމަވެސް އޭނާ ދާނަންކަމަށް އެއްބަސްވީ ޔަޝަލްގެ ސީރިއަސް ރާގުންނާއި، އެ ހަވީރު އިވުނު ވާހަކަތަކުން އޭނާގެ ހިތައް އުނދަގޫވަމުންދާތީއާވެސް އެކުއެވެ.
ޖިލާންގެ ގެއަށް އައި އެމިލީގެ މޫނު ވަނީ މިލާފައެވެ. ގޭޓުން ވަދެވަދެ ހުއްޓައި ލިފްޓުން ނުކުތް ޖީލާން ފެނިފައި ފިލުނީ ބޭއިޙްތިޔާރުގައެވެ.
“އަނެއްކާ ކޮންތާކަށް ދަނީބާ؟” އެމިލީގެ ހިތަށް އެރިއެވެ. ޖީލާން ބޭރަށް ނުކުތުމުން އޭނާ ފަހަތުން އަޅުވައިލީ ސިއްރުސިއްރުންނެވެ. ސައިކަލު ހަލާކުވެފަކަން ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ. އެެހެންނޫނަމަ ފަހަތުން ނުދެވުނީސްއެވެ.
ޖީލާންގޮސް ގެއެއްގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެމިލީގެ މޭގަނޑު ނެގިނެގިފައި ޖެހެންފެށީ ގޭގެ ދޮރު ފެނިފައެއް ނޫނެވެ. ދޮރުމަތީ ހުރި ޔަޝަލް ފެނިފައެވެ. ޖީލާން ޔަޝަލްއާއިއެކު ގޭތެރެއަށް ވަނުމުން އެމީލީ ގޮތްހުސްވެއްޖެއެވެ. ހަމަ ބުއްދި ފިލައިދިޔަދިޔައިނުން ފައިގައި ހުރިބާރެއްލާފައިގޮސް އެދެމީހުން ފަހަތުން ގެއަށް ވަދެގަތެވެ. ޖީލާންއާއި ޔަޝަލްއަށް ސިހިފައި ފަހަތައް އެނބުރެވުނެވެ.
“އެމިލީ؟” ޖީލާންއަށް އިތުރު ސުވާލެއް ނުކުރެވިގެން އުޅެނިކޮށް އެމިލީ އައިސް އޭނާގެ ކޯމައްޗަށް އަރުވައިލީ ހޫނު އެތިފަހަރެކެވެ. ކައިރީ ހުރި ޔަޝަލްގެ ލޮލަށް އަލިފާން އަރައިގަތެވެ. ފުންމައިގެން އަރައި އެމިލީ ގައިގައި ހިފައިނުގަނެވުނީ ކިރިޔާއެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލްކޮށްލުމުގައި އޭނާ ކާމިޔާބުވިއެވެ.
“އަހަންނާ ރައްޓެހިވެގެން ހުރެ އެހެން އަންހެނުންގެ ގޭގެއަށް ވަންނާކަށް ލަދެއް ނުގަނޭތަ؟ ހުރި ހަޔާތްކުޑަކަން ބަލާލަ. އަހަރެން ޖީލާންދެކެ… ޖީލާންދެކެ…” އެމިލީއަށް ޖުމުލަ ފުރިހަމަކުރެވޭގޮތެއް ނުވިއެވެ. ހިތުގައި އުފެދުނު ޖަޒުބާތުތައް ބަޔާންކޮށްދެވޭ ގޮތެއް ނުވިއެވެ. ލޮލުން ފައިބައިގަތް ކަރުނަތަކާއިއެކު އަޑު ބަދަލުވީ ގިސްލުމަކަށެވެ.
“އަހަރެން އެންމެ ފުރަތަމަ ޖީލާންއާ ރައްޓެހިވީ ޖީލާންއަށް އޮޅުވާލައިގެން. ޔަޝަލް އަަހަރެން ލޯބިވާ މީހާ އޭނަގެ ޖާދޫގަ ޖެއްސީމަ އެކަމުގެ ބަދަލުހިފަން. އެކަމަކު އަހަންނަށް ވިސްނުނީ ކްރިސްދެކެ ވެވުނީ ލޯބި ނޫންކަން. އެއީ ހަމައެކަނި ވަގުތީ އެދުމެއްކަން. އެކީ އުޅުނު ކުޑަ ދުވަސްކޮޅުތެރޭ ހަގީގީ ލޯބި ވެވުނީ ޖީލާންދެކެ. އެކަމަކު… އެކަމަކު އަނެއްކާވެސް ހަމަ ޔަޝަލް… އަނެއްކާވެސް ކަލޭ!” އެމިލީ ހަޅޭއްލަވައިގަތްފައި ޔަޝަލްއަށް ބަލައިލިގޮތުން ޖީލާން ޔަޝަލް ކުރިމައްޗަށް ހުރަސްވެލިއެވެ. ޔަޝަލް ހިމާޔަތްކުރުމަށް ކުރި އެ ހަރަކާތުން އެމިލީގެ ކެކުޅުންތައް ވީ އިތުރެވެ.
“އޯޅުވާލުމަކުންނޭ؟ ކޮބާ ތީގެ މާނައަކީ؟” ޖީލާންއަށް އެމިލީ ކީ އެއްޗެއް ނުވިސްނުނެވެ. އެމިލީ އެއްވެސް ޖަވާބެއް ނުދީ ނުކުމެގެން ދިޔައީއެވެ. ޖީލާން ސުވާލުގެ ނަޒަރުން ބަލައިލީ ޔަޝަލްއަށެވެ. ޔަޝަލްއަށް އެއްޗެއް އިނގޭހެން ހީވާތީއެވެ. ނަމަވެސް ޔަޝަލްގެ މޫނުން ފެނިގެންދިޔައީ ހައިރާންކަމެވެ. އޭނާވެސް ހުރީ އޭނާ ކިބައިން ބަދަލުހިފަން ޖީލާންއަށް އޮޅުވައިލިކަމަށް ބުނުމުން ނުވިސްނިފައެވެ.
“ކީކޯތަ އޭނާ އެ ކީ؟ އެއީ އަހަރެންގެ ގާރލްފްރެންޑެއް ނޫންތަ މާ ކުރީންސުރީވެސް؟… އަނެއްކާ ޔަޝަލް ތީ ކާކު؟ ތީ ހަމަ އަސްލުވެސް އަހަރެންގެ ރައްޓެއްސެއްތަ؟ ނޫނީ ހަމަ ނުވެސް ދަަންނަ މީހެއްތަ، އަހަންނަށް އޮޅުވާލަން އައިސް އުޅޭ؟” ޖީލާން ޔަޝަލްއާއި ދުރަށް ޖެހިލިއެވެ. އެއްވެސް މީހަކަށް އިތުބާރުކުރުމަށް ޖީލާން ފަސްޖެހެން ފެށިއެވެ. ޔަޝަލްއާއި މެދު ޖީލާން ކުރަން ފެށި ޝައްކުތަކަށް ޔަޝަލް ވަރަށް ހާސްވެފައި ބޯ ހަލުވަމުންދިޔައެވެ. “ޔަގީން، ޔަޝަލްވެސް ތިއުޅެނީ އަހަންނަށް އޮޅުވާލަންކަން! ތީ ކާކު؟ ކީއްކުރަން އަހަރެން ފަހަތުން އައީ؟”
“އައި ލަވް ޔޫ!” ޖީލާންއަށް އިތުރު ސުވާލެއް ނުކުރެވެނީސް ޔަޝަލް ތަންކޮޅަށް ބާރަށް ބުނެލިއެވެ. ޖީލާން އިރުކޮޅަކަށް މަޑުޖެހުނެވެ.
“ތީ ކާކު ކަމެއް އަހަންނަކަށް ނޭންގެ… އެކަމަކު ކީއްވެތަ ޔަޝަލްގެ ހިޔާލުތައް މިވަރަށް އަހަންނަށް އުނދަގުކުރަނީ؟ ކީޢްވެތަ ފެނުނީމަ މި ހިތް އެހާ ބާރަށް ތެޅެނީ؟ ކީއްވެތަ އަހަންނަށް މިކަހަލަ އިހުސާސުތަކެއް މި ވަނީ؟ ތީ ކާކުތަ؟” ޖީލާން އޭނާގެ ހިތުގައިވީ ސުވާލުތައް އެއްފަހަރާ ބޭރުކޮށްލިއެވެ. ޖަވާބުގައި ޔަޝަލް ކޮށްލިހާވެސް ކަމަކީ ޖީލާންގެ ތުންފަތުގައި ބޮސްދިނުމެވެ. ޖީލާންގެ ހިތުގެ ތެޅުން އިތުރަށް ބާރުކޮށްލުމެވެ. އެ ސުވާލުތައް މެދުވެރިކުރުވާ އިހުސާސު އިތުރަށް ގަދަކޮށްލުމެވެ. މަރައިލެވިފައިވާ ޔަޝަލްގެ ލޮލަށް ބަލަހައްޓައިގެން ހުރުމަށްފަހު ޖީލާންވެސް ލޯ މަރައިލިއެވެ.
“ޖީލާން؟…” ދެ މީހުންނަށް އެއްފަހަރާ ދުރަށް ޖެހިލުމަށްފަހު އެއްދިމާލަކަށް ބަލައިލެވުނީ މީހަކު ގޮވައިލި އަޑަށެވެ. އައި ނައި ދިމާއެއް ނޭންގެ ކުރިމަތީ ހުއްޓިގެން ތިބީ ހައިޝަމްއާއި ޖަންނަތެވެ. ޖަންނަތް ހީވީ ބިރެއް ފެނިފައި ހުރިހެންނެވެ.
“ޖީލާން… ޑޭވިޑްގެ ދަރިއާއިއެކީ…”
“އަަހަރެން މިކަންތައް ސިއްރުކުރީ. ޖީލާންއާއި ޔަޝަލް އެކަކު އަނެކަކުދެކެ ލޯބިވޭ.” ހައިޝަމް ޖަންނަތް ކައިރީ ބުންޏެވެ. ދެން އޭނާ އެނބުރުނީ ޔަޝަލްއާއި ދިމާއަށެވެ. “ޔަޝަލް އަހަންނަށް މާފުކުރޭ. އަހަންްނަށް އެންމެ ފުރަތަމަ ދިމާވީންސުރެވެސް ޔަޝަލްދެކެ ލޯބިވެވުނު. ޔަޝަލް ޖީލާންދެކެ ލޯބިވީމަ އަހަރެން ވަރަށް ހަސަދަވެރިވިން. މަސައްކަތްކުރީ… ޖީލާން މަރާލެވޭތޯ. އެކަމަކު އަނިޔާވީ ޔަޝަލްއަށް. ދެން ޖީލާން އެކްސިޑެންޓުވުން ވީ އަހަންނަށް ލިބުނު ފުރުސަތަކަށް. ޖީލާންގެ ހަނދާންތައް އަތުލީ އަހަރެން.” ކުށަށް އިއުތިރާފުވި ހައިޝަމް، އަތުން ފޮނުވައިލި ދުންކޮޅުގޮސް ހީވީ ޖީލާންގެ ނިއްކުރިން އެތެރެއަށް ފޭދުނުހެންނެވެ. އެއާއިއެކު އޭނާގެ ސިކުނޑީގައި ގެއްލިފައިވީ ހަނދާންތައް ފިލްމު ރޯލެއްހެން ދައުރުވެލިއެވެ. ޖީލާން ޔަޝަލްއާއި ދިމާއަށް ބަލައިލިއިރު ޔަޝަލްވެސް ހުރީ އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހިނދުކޮޅެއްގެ ކަޅި ބައްދަލުވުމަކަށްފަހު ޔަޝަލް ހިނިތުންވެލިއެވެ. ނަމަވެސް އަނެއްކާވެސް ހައިޝަލް ހުރި ފަޅިއަށް އެނބުރެންޖެހުނީ ޖަންނަތްގެ އަޑަށެވެ.
“ކަލޭ… ޖީލާންއަށް….. ކީއްވެތަ ނުވިސްނުނީ މަށަށް ކުރިން؟ ޖީލާން ހަނދާންނެތުނު ހިސާބުންވެސް އިނގެންޖެހޭނެއެންނު ހަނދާން ނެއްތުން މީ މީނަ އެންމެ މޮޅުކަންތައްކަން! ނުކުރާނަން މާފެއް! ހަމަ މިހާރު މި ދަނީ ކަލޭ ބަފާގެ ފުރާނަ ދުއްވާލަން.” ޖަންނަތް ދުލަށް އައިހާ ނުބައި އެއްޗެއްވެސް ކިޔަން ފަށައިފިއެވެ. ހައިޝަމް ޖަންނަތްގެ ގައިގައި ހިފެހެއްޓީ ދިޔަ ނުދިނުމަށެވެ. ބާރުގެ ބޭނުންކޮށް އޭނާއަށް ޣައިބު ނުވެވޭނެހެން ހަދަމުންނެވެ. “ނޫން! ދެފައިގަ ހިފާފަ މިބުނީ، އަހަންނަށް މާފުކޮށްދީ! މަންމާ!”
“މަންމާއޭ؟…” ވާނުވާ ދެނެގަންނަން ނޭންގިފައި ހުރި ޖީލާން ހައިޝަމްގެ ބަހަށް ކިޔައިލިއެވެ. ޖަންނަތް ވަގުތުން މަޑުޖެހުނެވެ. އަދި ޖީލާންއާއި ދިމާއަށް ބަލައިލިއެވެ. “މަންމާ… ކިހިނެތްތަ މި ވަނީ؟ މީ ކާކުތަ؟” ޖީލާން ސުވާލުކޮށްލިއެވެ.
“މީ… މީ…” ޖަންނަތަށް ހަގީގަތް ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ. އެންމެ ފަހުން ދޫކޮށްލަން ޖެހުނީ ފުން ނޭވާއެކެވެ. ޔަޝަލްވެސް ހުރީ ޖަންނަތްގެ ޖަވާބަށް އިންތިޒާރުގައެވެ. “ދަރިފުޅާ… މަންމައަކީ ދަރިފުޅުކަހަލަ އިންސާނެއް ނޫން. މިހިރަ ހައިޝަމްއަކީ މަންމަގެ އުފަން ދަރި. މަންމައާއި މަންމަ ފިރިމީހާގެ ދޭތެރޭ މައްސަލަޖެއްސީ ޔަޝަލްގެ އަސްލު ބައްޕަ ޑޭވިޑް. ޑޭވިޑްއަކީ ހައިޝަމް ބައްޕަގެ ގާތް އެކުވެރިއެއް. ޖިންނިއެއް އިންސިއެއް ނުބަލާ. އެކަމަކު މަންމަދެކެ ލޯބިވެވުނު ހިސާބުން ޑޭވިޑް ހުރިހާ ނުބައެއް ހަދަންފެށީ. ދެ އާއިލާ ދޭތެރޭ ހަނގުރާމަ ފެށުނީ. ބަލިވީ އެ ފަޅިން. މަންމަ ހައިޝަމްގެ ބައްޕަ ހައްޔަރުކުރީ ހައިޝަމް ބާރުގެ ދަށަށް ގެނެސް ހައިޝަމް ލައްވާ ޑޭވިޑް ކިބައިން ބަދަލު ހިފަން. އެންމެ ފުރަތަމަ ރާއްޖެ އެރި ޑޭވިޑްއަށް މުހިންމު ކޮންމެ މީހަކު މަރައިލަން ތައްޔާރުވިން.” ޖަންނަަތްގެ ހަގީގަތް އިނގުނު ޖީލާން ހުރީ ބަސް ހުއްޓިފައެވެ.
“ޑޭވިޑްއޭ؟ ނުވާނެ! އެންމެ އަށާރަ އަހަރުންސުރެ ޑޭވިޑް ލޯބިވަނީ އަހަރެންގެ މަންމަ ޖެނީދެކެ. ތި އުޅެނީ އޮޅުމެއްގަ.” ޔަޝަލް ގޮންޖަހައިލިއެވެ. ޖީލާންއަށް ޔަޝަލްއަށް ބަަލައިލެވުނީ އެންމެ ހަމަޖެހޭ އެއްޗެއް މިއަދު އަދި މި އިވުނީ ޔަޝަލްގެ އަނގައިންނޭ ހިތަށް އަރައިފައެވެ. ހަވީރު ކިޔައިދިން ވާހަކައަކީ ޔަޝަލްގެ ހަޔާތުގެ ވާހަކަކަން އޭނާއަށް ވިސްނިއްޖެއެވެ. އޭގައި ޑޭވިޑްއާއި ޖެނީގެ ލޯބީގެ ވާހަކަވެސް ވަނީ ސާފުކޮށްދީފައެވެ. ވީއިއިރު ޖަންނަތް މިކިޔަނީ ކީކޭބާއެވެ؟
“ދެން ތި ބުނަނި ހުރިހާ މައްސަލައެއް ޖެއްސީ ޑޭވިޑްއެއް ނޫނޭތަ؟ ދެން ކާކު؟” ޖަންނަތްގެ އަޑު ބާރުވިއެވެ.
“ތިއެންނު ހޯދަންވީ.” ޔަޝަލް އެއަށްވުރެ ބާރަށް ބުންޏެވެ. އޭނާގެ ބައްޕަގެ ބޮލުގައި މިފަދަ ބޮޑު ތުހުމަތެއް އެޅިފައި އޮއްވާ ހަމަޖެހުމެއް ނުލިބޭނެއެވެ. ޖަންނަތް ވަރަށް ހާސްވެފައި ހުރިހާ ކަމަކާއި ވިސްނަން ފެށިއެވެ. އޭނާއަށްވެސް މިހާރު ވާނުވާ އޮޅިއްޖެއެވެ. ޔަޝަލްގެ ގޮންޖެހުމުގައި އޮއްޓަރުކަމެއް ހުރިކަން ވިސްނުނީ، އޭނާއަކީ ޑޭވިޑްއާއި ޖެނީގެ ހަގީގަތް އިނގޭ އެކަކަށްވާތީއެވެ. އެއާއެކު ސިކުނޑި ފީނައިގަތީ އޭގެ އެކާވީސް އަަހަރު ކުރިއަށެވެ.
ޖިންނިންކަމުގައި ވީ ނަމަވެސް ޖަންނަތާއި އޭނާގެ ފިރިމީހާ ފަލާހު (ހައިޝަމްގެ ބައްޕަ) އަކީ އިންސާނުންނާ އެކުވެރިކަން ބަހައްޓައި، އިންސާނުނާއި އެކީގައި އުޅޭހިތްވާ ދެ މީހުންނެވެ. އެހެންކަމުން އިންސާނުންގެ ދުނިޔޭގައިި އެކުވެރިން ވަރަށް ގިނައެވެ. އޭރު ދެމަފިރިން ދިރިއުޅެމުން އައީ ލަންޑަންގައެވެ. ޑޭވިޑްއަކީވެސް ޖަންނަތްގެ ގިނަ އެކުވެރިންގެ ތެރެއިން އެކަކެވެ. ހަތަރު އަހަރު ދޮށީ އެކުވެރިޔާއަށް ޑޭވިޑް ދިޔައީ އޭނާގެ ލޯބީގެ ވާހަކަ ހިއްސާކުރަމުންނެވެ. ޖަންނަތްވީ އޭނާގެ އެންމެ ގާތް ލަފާދާރަށެވެ. ހަރުކަށި މަންމަގެ އިހާނެތި ނިންމުމުގެ ސަބަބުން ދެމީހުން ވަކިވާންޖެހުނުއިރު އަތެއްފައެއް ހަލުވާނުލެވުމުން ޖަންނަތް ހިތާމަކުރިއެވެ. އެގާރަ އަހަރު ފަހުން، ފަލާހު އޭނާ ގާތަށް އައިސް މޫނުމަތީ ވީއްލުމަށްދާންދެންނެވެ. ފަލާހު އޭނާގެ ބޮލުގައި އެޅުވީ ޑޭވިޑްއާއި ނަހަލާލު ގުޅުމެއް ހިންގާކަމުގެ ތުހުމަތެވެ. ކައްސައިލައިގެން ޑޭވިޑްގެ ގައިމައްޗަށް ވެއްޓިފައި އޮތް ޖަންނަތްގެ ފޮޓޯ ދެއްކީ ހެއްކެއްގެ ގޮތުގައެވެ. ބަލާބެލުމުން ކޮންމެ މީހަކަށްވެސް ނެގޭނީ ނުބައި މާނައެކެވެ. ވިސްނައިދޭން މަސައްކަތްކުރި ޖަންނަތްގެ އާދޭސްތަކަށް ފަލާހު ދިނީ ބީރު ކަންފަތެކެވެ. ލޯބިވާ ދަރިފުޅުގެ ކަރުނަ ފެނި އައި ރުޅީގައި ޖަންނަތްގެ ބައްޕަ ފަލާހުއަށް ދިން ހަމަލާ ވީ ހަނގުރާމައެއްގެ ފެށުމަށެވެ.
ހަނގުރާމައިގެ މެދުތެރެއިން ޖަންނަތަށް ލިބުނީ ސިޓީއެކެވެ. އޭގައި އޮތީ ޖަންނަތްދެކެ ލޯބިވާ ވާހަކައާއި، އެހެން މީހަކު އެ ލޯބީގެ ދެމެދަށް އަޔަކަ ނުދޭނަންކަމަށެވެ. އެ ސިޓީ ފޮނުވި މީހަކު ހުރިހާ ކަމެއް ރޭވީ ވަރަށްވެސް މޮޅަށެވެ. ސިޓީ ފޮނުވީ ޑޭވިޑްގެ ނަމުގައެވެ. ވީވެސް އެ މީހަކު ބޭނުންވި ގޮތަށެވެ. ޖަންނަތް ޑޭވިޑްދެކެ ކުރަންފެށީ ނަފުރަތެވެ. އޭނާގެ ބާރުން، އެކުވެރި ލުތުފީ ގެންގުޅޭ ދަރިއަކީ ޖެނީއާއި ޑޭވިޑްގެ ދަރިއެއްކަންވެސް އިނގުނީ އޭގެ ފަހުންނެވެ. ނަސީބު ބުރަވި ކޮޅުން، ޔަޝަލްއަށްވެސް ނުވަތަ ކްރިސްއަށްވެސް އަނިޔާއެއް ނުދެވި އުޅެނިކޮށް ހަނގުރާމަ ނިމުނެވެ. ފަލާހުގެ އާއިލާ ބަލިވި ނަމަވެސް އެންމެ ފަހު ވަގުތު ޖަންނަތާއި އޭނާގެ އާއިލާ މީހުން ލަންޑަނުން ނެރެލައި އަލުން އަނބުރާ ނާދެވޭ އެތިފަހަރެއް ހެދުމުގައި ކާމިޔާބުވިއެވެ.
ހިޔާލުން ބޭރަށް ނުކުމެވުނު ޖަންނަތް އަވަސްއަވަހަށް ޣައިބުވެލިއެވެ. ހައިޝަމްވެސް ޔަޝަލްއާއި ޖީލާންގެ ލޯ މައްޗަށް ކަޝްފުވެއްޖެއެވެ.
ފެނޑާގައި ތިބި ޖީލާންއާއި ޔަޝަލްގެ ދެމެދުގައިވީ ޓީވީގެ އަޑު އެކަންޏެވެ. ދެ މީހުންގެ ހިތް އެދެމުންދިޔައީ އެކަކު އަނެކަކާ ވާހަކަދެއްކުން ކަމުގައިވިޔަސް، ފަށާނެ ގޮތެއް ނޭންގިފައި އެތައް އިރަކު ތިއްބެވެ. ދެ ހިތުގެ ތެޅުން ވަނީ ބާރުވެފައެވެ.
“ސޮރީ އިނގޭ އެރޭ ނުދެވުނީމަ.” އެންމެ ފަހުން ޔަޝަލް، އޭނާ ބުނަން ބޭނުންވެފައި ހުރި ފުރަތަމަ އެތި ބުނެލިއެވެ. “ބައްޕަ… މިބުނީ ލުތުފީ ގެންދިޔައީ ލަންޑަނަށް، ކިޑްނެޕްކޮށްގެން. ކީކޭ ދެން ބުނާނީ. މީ ހިންދީ ފިލްމެއްތަ އަޅެފަހެ.” ޔަޝަލް ރާގަކަށް ބުނެލިއެވެ. ޖީލާންއަށް ކުޑަކޮށް ހެވުނެވެ. ޖީލާން ހޭތަން ފެނުމުން ޔަޝަލްއަށްވެސް ހީލެވުނެވެ.
“އެރޭ އަހަރެން އުޅުނީ ޔަޝަލްދެކެ ލޯބިވާ ވާހަކަ ބުނަންވެގެން.” ޖީލާން ހީވެސް ނުކުކުރާހާ ކުއްލިއަކަށް ފާޅުކޮށްލުމުން ޔަޝަލްއަށް ލިބުނީ ހައިރާންކަމެކެވެ. ތަލިން ކުޅުވެސް ހިކިއްޖެއެވެ. ޔަޝަލްއަށް ވީގޮތް ފެނިފައި ޖީލާންއަށް އަނެއްކާވެސް ދެން ބުނާނެ އެއްޗެއް ނުވިސްނުނެވެ. ހަދާނެގޮތް ނޭންގިގެން ޔަޝަލްއަށް ބޯ އަނބުރައިލެވުނީ އަނެއް ކޮޅަށެވެ.
“ދެން ކީކޭ ބުނަންވީ؟ އައި ލަވް ޔޫ ޓޫ؟… ނޫން ނޫން… އޭތި ކަޑަ….. އެކަމު އޭނާ އެބުނީ ލޯބިވާ ވާހަކަ. ދެނޯ؟… އަހަންނަށް ކުރިން ބުނެވިއްޖެދޯ އަަހަރެންވެސް ޖީލާންދެކެ ލޯބިވާ ވާހަކަ… ބުނެވުންތަ؟ ނޫނީ ނުބުނެ ދިޔަގޮތައް ކިސްއެއްތަ ކުރެވުނީ؟” ޔަޝަލް އޭގެ ފަނަރަ މިނެޓު ކުރިން ކުރެވުނު ކަންތައްވެސް ހަދާންނެތޭގޮތްވިއެވެ. “އޭތް، އެކަމު އެ ވާހަކަ ކިޔައިދިންއިރު ކީން ދޯ އަންހެންކުއްޖާ ފިރިހެން ކުއްޖާދެކެ ލޯބިވާ ވާހަކަ. މިހާރު ޖީލާންއަށް އިނގިފަ އޮންނާނީ އެއީ އަހަރެންކަން. އާއާރ!!… ކީއްކުރަން ކުރި ކަމެއްތަ އެއީ؟” ޔަޝަލްގެ ސިކުނޑީގައި އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުންދިޔައެވެ.
“އެހެންވީމަ އަހަރުން ރައްޓެހިވާން ވީނު.” ޔަޝަލް އެއްޗެކޭ ނުބުނުމުން ޖީލާން އިނދެ އިނދެފައި ބުނެލިއެވެ.
“ދޯ… ދެން؟… ކިސް ކުރަނީތަ؟” ޔަޝަލް ދެން ހަދަންވީ ގޮތެއް ނޭންގިފައި އެއްސެވެ. “ނޫން ދޯ… ދެންމެވެސް ކުރީމެންނު.” ޖީލާން ޖަވާބެއް ނުދިނުމުން އަނެއްކާވެސް ވާހަކަދެއްކީ ޔަޝަލްއެވެ.
“ދޯ…” ޖީލާން ދޯ ކިޔައިލިއެވެ. އިރުކޮޅެއް ފަހުން ޔަޝަލްއަށް ހޭންފެށުނެވެ. ޖީލާންއަށްވެސް ހެވިއްޖެއެވެ. ދެމީހުން ހުއްޓުމެއް ނެތީ ހީހީފައި ހުއްޓައިލިއިރު މޫނުމަތިން އުފާވެރިކަން ނުފިލައެވެ. ޔަޝަލް ޖީލާންއާއި ގާތަށް ކެހިލާފައި ކޮނޑުގައި ބޯ އަޅައިލިއެވެ. ޖީލާން އޭނާގެ އަތް ޔަޝަލްގެ ފަހަތުން ގެންގޮސް ކޮނޑުގައި އަޅުވައިލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





Oo mi 1st tha….. stry hama habeysss… keep up the hard work dear.. luv ur stries n always will❤❤❤
yup u first n thnk u maii. so sweet of u
When is the next part dear?
When is the next part dear?
next part tuesday ga
V.reethi keep up the good work..luv ya❤❤❤???
thnk u luv u more
v salhi mi part as usual….n falaah keehveyo liyunee….will tell her….eheheh….when next up kohdhey nii
bunachey reaction balan. alhaeh hulaane kanne ehaa varakah. noonee ehen buneemama aissane vaahaka kiyanves dhw. mashah ithuru view ennu. buney ma eyna bappa hayyaru koffi ey vaahakaiga. ?
ehen visnaafa eh noon ingey liyuneekee ekamu. dhen falaahu kiyaa baivaru meehun ulheyne ennu. hamtii thihen buneema mi handhaanvee ves falaahube mathin?
ehentha?eyna bunee ahaanamo you kairee keehveho liyunee….n i said kiyaabala she e part vias, she said dhuvahaku vx nukiyaa namo…n yess ragalhah thibunee….alhaeh nulaa, heyn feshee falaahey kiyaafa…hehehe….ntw waiting for next
magey kairee ahaifiyya bunaanan hamtii buneema ey falaahube mathin handhaan veeves. n hevey eyna nukiyas? i have my lovely readers like hamtii. eyna nukiyekey kiyaafa magey views iraadhakurevviyya dhasheh nuvaane, dhw hamtii. gimme a brofist!?
nxt prt tuesday ga ingey
Alheyy??…… tuesday haadha gina dhuvaheh… bt will try to be patient
sry maii n thx 4 understanding?
im sooooo sry ppl!!!! dhemme heyli thanaa mamma e bunee hingaasho furan dhaan 3 gadi bai ga. dhen annanee mianna saturday ga. ehemma ekolhun wifi nulibijjiyya tuesday ga vaahaka up eh nukureveyne. sunday ga up kodheynana. please dont kill meeeee!!! eid mubaarak 🙂
hey…koba next?
Koba next part
mihaaru up koffa innane nxt prt