Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި – 5 ވަނަބައި

Anha Level 110 Stories100 Comments
August 14, 2018 5 Mins Read
18 Comments

“ހާއި. އައި އޭމް އަލަން. ލާނާގެ ވާންއުޅޭ ފިރިމީހާ.” އަލަން ވިހަ ގޮތަކަށް ހީލަމުން އިދާންއާއި ސަލާމް ކުރަން އަތްދިއްކޮށްލިއެވެ. އިދާން ނުކުރަން ހުރެފައިވެސް ސަލާމް ކުރީ ހަސީނުމެން ތިބީމައިއެވެ.

ލާނާ ނުގޮސްވޭތޯ ދެއްކެންއޮތް ބަހަނާއެއް ދެއްކިއެވެ. ނަމަވެސް ބައްޕަމެންގެ އެދުމާއި ދެކޮޅު ހަދަން ނުކެރުމުން ދާން އެއްބަސްވިއެވެ. އަލަންގެ ތުންފަތާއި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ. އަނެއްކޮޅުން އިދާންގެ ހިތްކުދިކުދިވެފައި އިންނަން ޖެހުނީއެވެ. ވާހަކަ ދައްކަން އަނގަހުޅުވާލައި ކޮންމެ ބުރަކު އަލަން ކޮންމެވެސް އެއްޗެއް ބުނެއެވެ. އަލަން އިންނަހައި ހިނދަކު އެވާހަކަ ނުދެއްކޭނެކަން އިނގޭނެތީ ފަހުން އެވާހަކަ ދައްކަން ބޭއްވީއެވެ. އިދާން މާޔޫސްވެފައި އިން މޫނަކާއި އެކު ހުޒާމްގެ މޫނަށް ބަލައިލީ އެހީއެއް ވެދޭތޯއެވެ. ނަމަވެސް ހުޒާމްވެސް ގޮތްހުސްވެފައި އިންގޮތަކަށް އިދާންއަށް ބަލަން އިނީއެވެ. ތިކަމާދެން ނޫޅޭށޭ ބުނާފަދަ ގޮތަކަށެވެ. ހުޒާމް އެހެން ކަންތައްކުރަނީ ކީއްވެކަމެއް އިދާންއަކަށް ނުވިސްނެއެވެ. ހުޒާމްއަކީ އެނާގެ ދުވަސްވީ ރަހުމަތްތެރިޔާއެވެ. މިހެން ކަންތައްކުރަނީ ކީއްވެބާއެވެ. ވިސްނާވަރަކަށް އިދާންގެ ސިކުނޑިއަށް ބާރުކުރަމުން ދިއައެވެ. ފާއިތުވެދިޔަ 45 މިނެޓަކީ އިދާންގެ ހަޔާތުގެ އެންމެ ދިގުލައިގެން ދިޔަ ވަގުތުހެންވެސް ހީވެއެވެ. ހަސީނާއި ފާހިރާގެ ސުވާލުތަމުގެ އިތުރަށް އަލަންގެ މަލާމާތާއިވެސް ކުރިމަތިލާން ޖެހުނެވެ. އިދާން ހީކުރިގޮތާއި ހިލާފަށް ހަސީނުމެން ވަރަށް ހިތްހެވެ. މުއްސަނދި ބަޔަކާއި ބަލާފައި ބޮޑާކަމެއް ނުހުރެއެވެ.

ލޯގަނޑުން ފަހުފަހަރަށް ލާނާ އޭނާގެ ސޫރަ ބަލައިލިއެވެ. އެއްވެސް މޭކަޕެއް ނުކޮށް ހުންނައިރުވެސް އެމޫނު އެހައި ރީއްޗެވެ. ހުދުކުލައިގެ ފޯއެވަރ21 އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ މެންގޯ ޖީންސެއް ލައިގެން ހުންނައިރު ލާނާއާއި ވަރަށް ގުޅެއެވެ. އެ ބުޅި އިސްތަށިގަނޑު ދޫކޮށްލައިފައި އޮތްއިރު ރީތިކަން އިތުރުކޮށްދެއެވެ. މޭކަޕަކައި ނުލައި ހުންނައިރުވެސް ލާނާ އެހައި ރީއްޗެވެ. ހަގީގަތުގައި ލާނާ މާ ރީތިވެގެން ދާހިތްނުވީއެވެ. އަލަންއަށް ތިއްތި ދެއްކެން ބޭނުން ނެތީއެވެ. ހިތާއި ދެކޮޅަށް ދާން ޖެހޭތީ ލާނާ ހުރީ ވަކިން ބޮޑަށް ފޫހިވެފައިއެވެ.

ލާނާ ކޮޓަރިން ނުކުމެގެން އައިތަންފެނި އަލަންގެ ކަޅި އެދިމާއަށް ހުއްޓުނެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް އަލަންގެ ބަސް ހުއްޓުނެވެ. ލާނާ އަސްލުވެސް ހާދަ ރީއްޗެވެ. މިއީ މިހާތަނަށް އަލަންއަށް ފެނުން އެންމެ ރީތި ކުއްޖާއެވެ. އަލަން ހަމަހޭވެރިކަންވީ ލާނާ އައިސް އިދާން ކައިރީ ދާން ބުނުމުންނެވެ. އަލަން ދަތްކުނޑި ވިކައިލިއެވެ. މި އިދާނައާއި އެކީ ދެވޭތޯ ބަލާނަމެވެ. ހަތަރު މީހުން  އެކީގައި ގެއިން ނުކުތެވެ. އިދާންވެސް ފަހުން އަދި އަންނާނެ ކަމަށް ބުނެ ނުކުތެވެ. ލާނާ ދޮރުން ނުކުތުމާއިއެކު އިދާންގެ އަތުގައި ހިފީ އަލަންގެ ކައިރިން ސަލާމަތްވުމުގެ ބޭނުމުގައި އެވެ. މިމަންޒަރުފެނި އަލަންގެ ގާތަށްއައީ ނުލަފާ ހިންޏެކެވެ. ލާނާ އަވަސް އަވަހަށް ލިފްޓަށް އެރިއެވެ. ހަގީގަތުގައި އެނާ ހުރީ ނުތަނަވަސް ވެފައިއެވެ. އަލަން އަކީ މިހެން ކުޅިބަލަން ހުންނާނެ މީހެއް ނޫނެވެ. ކޮންމެވެސް ނުބައި ކަމެއް އެ ނުލަފާ ސިކުނޑީގައި އެބަ ރާވައެވެ.

ލިފްޓު ތިރިއަށް ހުއްޓުމާއިއެކު އިދާން ލާނާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ނުކުތެވެ. ނަމަވެސް އަލަން މާ ހުށިޔާރެވެ. ބަލާކަށް ނުހުރެ ލާނާގެ އަނެއް އަތުގައި ހިފާ ގަޔާއި ދިމާއަށް ދަމައިލިއެވެ. އެވަގުތު ލާނާއައިސް ތައްވީ އަލަންގެ ގައިގައެވެ. އަލަން ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ލާނާއަށް ގުޑިވެސް ނުލެވެއެވެ. “ކޮންތާކަށް ތިދަނީ ޕަޕީ ފޭސް. މަށާއެކީގަ ދޯ ބޭރަށްދާން ފޮނުވީ. މަށާ ކައިވެނި ކުރަން އުޅޭއިރު އެހެން ފިރިހެނުންގެ އަތުގަ ހިފައިގެން ތިއުޅެނީ.” އަލަން ރުޅިވެރި ކަމާއިއެކު ބުނެލިއެވެ. އިދާން ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަދި ލާނާ އަތަށް ހިފައި ދަމައިލިއެވެ. ނުވިސްނައިހުރި އަލަންގެ އަތުން އެވަގުތު ލާނާ ދޫވިއެވެ. ލާނާ ފުރުސަތުބަލައި އިދާންގެ ގައިގައި ބާރަށް ބައްދާލިއެވެ. ލާނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ” ކަލޭ ކީކޭތަ ހިތައް އަރައިގެން ތިއުޅެނީ. މަ ދުވަހަކުވެސް އިންނާނެ މީހެއް ނެތަސް ކަލެޔާ ނީންނާނަން. މަ ލޯބިވަނީ އިދާން ދެކެ. އިންނާނީވެސް އިދާން އާ. އިނގިއްޖެތަ. އެންޑް ޔޫ ހުޒާމް. ތީ އިދީ ގެ ކުޑައިރުގެ ރަހުމަތްތެރިޔާ ނޫންތަ. ކީއްވެ އިދީގެ ލައިފް ހަލާކުވާން އުޅޭއިރުވެސް އެއްޗެއް ނުބުނެ ހުންނަނީ. ތިކަހަލަ ރަހުމަތްތެރިއެއް މީހަކަށް ނުދެއްވާށި.” ލާނާގެ އަޑު ތުރުތުރު އަޅައެވެ. ހުޒާމް ކުއްވެރިއެއްހެން އިސްޖަހައިލީ ދޭނެ ޖަވާބެއް ނެތީމައެވެ. އިދާން އިތުރަށް މަޑުނުކޮށް ލާނާ ގޮވައިގެން ދާން ހިނގައިގަތީ އަލަންގެ އަތްޖެހޭ ހިސާބުގައިވެސް ހުންނަން ބޭނުން ނުވާތީއެވެ.

ނަމަވެސް އެޅި ފިޔަވަޅުމަތީގައި މަޑުކުރަން ޖެހުނީ ލާނާގެ ވޭނީ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އިދާން ލާނާގެ މޫނަށް ބަލައިލިއެވެ. އޭރު ލާނާގެ ލޮލުން ކަރުނަ އާދެއެވެ. އޭރުވެސް އިދާން ހުރީ ލާނާގެ ގައިގައި ބައްދާލައިގެންނެވެ. ނަމަވެސް ލާނާ ކުރިއަކަށް ނުދެއެވެ. ބޮލުގައި އަތްއަޅައިގެން ހުރީއެވެ. އެވަގުތު އިދާންގެ ލޮލުގައި އަޅައިގަތީ ލާނާގެ އިސްތަށިގަނޑުގައި ބާރަށް ފަހަތުން ހިފަހައްޓައިގެން ހުރި އަލަން އެވެ. އޭރު ހުޒާމްވެސް އަލަން ދުރުކުރެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް އަލަން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. “މަ ބުނިން ދޯ މަށާއެކީގައޭ ދާންޖެހޭނީ. ކުރިޔަށް އެންމެ ފިޔަވަޅެއް އެޅިޔަސް ލިބޭ ވޭން މާ ބޮޑުވާނެ. މައި ޑިއާރ އިދާން.އޯހް ސޮރީ. އިދީ. އަވަހަށް މަގޭ ވާންއުޅޭ އަންހެނުން ގައިން ދޫކޮށްލާ. އެހެންނޫނީ ލާނާއަށް މާ ތަދުވާނެ.” އަލަން ހިނިއައިސްހުރެ ބުނެލިއެވެ. އިދާން ދޫކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ލާނާގެ މޫނަށް ބަލައިލުމަށްފަހު ދޫކޮށްލިއެވެ. ލާނާ ވޭނުގައި އުޅޭތަން ބަލަން ކެތްނުވެގެންނެވެ. އަލަން ތަންވަޅު ބަލާފައި ލާނާގެނެސް އޭނާ ގައިގައި ތައްކޮށްލިއެވެ. “ބާއި އިދާން. އަހަރުން މިދަނި ޑޭޓަކަށް. ޒިމީ ކައެ އިދާން ގެއަށްލައިފަ ދައްޗޭ” އަލަން ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ލާނާ އަތުގައި ބާރަށް ހިފައިގެންހުރެ ގެންދަންފެށިއެވެ. ލާނާ ނުދާންވެގެން ގަދަ ދެއްކިއެވެ. ނަމަވެސް ކުރެވުނު ކަމެއް ނެތެވެ. އަލަން ކުރިމަތީގައި ލާނާ މާ ބޮޑަށްވެސް ބަލިކަށީއެވެ. ކަރުނުން ފުރިގެންވާ ގޮތަކަށް އިދާންއަށް ބަލައިލިއެވެ. އިދާން ގުޑިލަންވެސް ނޭނގިފައި ހުރީއެވެ.

ލާނާ ދިޔަތަން ބަލަންހުރި އިދާން ސިހުނީ ހުޒާމް އޭނާގެ ކޮނޑުގައި އަތް ބާއްވައިލުމުންނެވެ. އިދާންގެ ކެތްތެރިކަން ކޮޅުންލިކަހަލައެވެ. “އަހަރެން ގައިގަ އަތްނުލާތި. އަލަން ބޭނުން ގޮތެއް ލާލާއަށް ހަދާއިރު ބަލަން ހުރެފަ މިހާރު މާ ހެޔޮއެދެން އުޅޭނެ ކަމެއްނެތް.” އިދާން ހަޅޭއްލަވައިތަގެވެ. ހުޒާމް ދެރަވިއެވެ. މިކަމުގައި އޭނާވަކި ކުރާނީ ކީއްހެއްޔެވެ؟ “އިދީ ބުނެބަލަ މަ ހަދާނެ ގޮތެއް. އަހަރެންނަށް ވިސްނާ ދޯ ދެވޭނީ. ކިހާ ވަރަކަށް އަލަން ކައިރީ ބުނާނި މިކަން ހުއްޓަން. އޭނާ ހިތުއަޅައިފި ކަމެއް ނުކޮށް ނުހުއްޓާނެ. އަހަރެންވެސް ބޭނުމެއް ނޫނޭ މިގޮތެއް.” ހުޒާމް ބެލީ އިދާންއަށް ވިސްނައި ދެވޭތޯއެވެ. އިދާން އިތުރަށް އެއްޗެއް ނުބުނެ ނުކުމެގެން ދިޔައެވެ.

ކުރީ ސީޓަށް ލާނާ ގުޅައަކަށް ޖެހުމަށްފަހު އަލަން ޑްރައިވަރ ސީޓުގައި އިށީނެވެ. އޭރު މުޅިމީހާ ހުރީ ރުޅިއައިސް ރަތްވެފައިއެވެ. ލާނާ ކާރުން ފައިބަން މަސައްކަތް ކުރިނަމަވެސް ހުރިހާ ދޮރެއް ހުރީ ތަޅުލައިފައެވެ. ލާނާއަށް ރޮވުނެވެ. “ކަލޭ ބޭނުންވެގެން ތިއުޅެނީ ކޯއްޗެއްތަ. ހެޔޮ…” ލާނާއަށް ބުނެވުނީ މިހިސާބަށެވެ. އަލަން ލާނާގެ އަނގައިގައި ހިފައި ފިއްތާލިއެވެ. އެދެ ލޮލުން ރުޅިވެރިކަމާއި ނަފްރަތުނޫން އެއްޗެއް ލާނާއަކަށް ނުފެނެއެވެ. “ހަބަރުދާރު. މީގެ ފަހުން މަށާ ކަލޭ ކިޔާފަ ވާހަކަ ނުދައްކާތި. މަށަށް ކިޔަނީ އަލަން. އެހެން ނުކިޔަންޏާ އެއްޗެކޭ ނުކިޔާ ހުރޭ.” އަލަން ހަޅޭއްލަވައިގަތެވެ. ލާނާއަށް އަޅާ ވޭނުން ރޮވުން ނޫން ކަމެއް ނުވެއެވެ. އެރޭ ބާކީބައިވެސް ދިޔައީ މިފަދަ ގޮތަކަށެވެ. އަލަން ބުނިހައި ގޮތެއް ހަދައިގެން ލާނާ އިނީ އިތުރަށް ގަދަ ހަދާނެހައި ވަރެއް ގައިގާ ނެތީމައެވެ. އަލަން މުޅިން ހެދީ ދޮގެއްވެސް ނޫނެވެ. ކާންވެސް ގެންދިޔައެވެ. ނަމަވެސް ކާން ޖެހުނީ އަލަން ބުނި އެއްޗެކެވެ. އަލަން ފޮނިވެފައި ލާނާގެ އަތުގައި ހިފައިގެން ހިނގީ އިނާމެއް އަތަށް އަރައިގެން އުޅޭ މީހެއްހެންނެވެ. ވާނީވެސް އެހެންތާއެވެ. ލާނާ ފެންނަ ކޮންމެ މީހަކު ހުންނަނީ ލާނާގެ ރީތިކަމުން ބަސްހުއްޓިފައެވެ. ނަމަވެސް ލާނާއަށް އިދާން ނޫން އެއްޗެއް ބޮލަކަށް ނާދެއެވެ. ފޯނު ސައިލެންޓަށް ލައިފައި އޮންނައިރުވެސް އެވަރަށް ގުޅައެވެ. ނަމަވެސް އަލަން ކައިރީ ހުރުމުން ފޯނު ނާންނަކަމަށް ހެދިގެން ހުންނަނީއެވެ.

ގެއަށް އާދެވުންއިރު 11 ޖެހީ އެވެ. ވަރުބަލިވެފައި ހުރިވަރު ބޮޑުކަމުން ލާނާ ފެންވަރައިގެންއައިސް ނިދަން އޮށޯވެލިއެވެ. އެވަގުތުވެސް އިދާން ގުޅިއެވެ. އެހެން ކަމުން ނެތްހިތްވަރު ނެރެގެން ފޯނު ނަގައި އިދާންކައިރީ ރޮމުން ކަންތައް ވީގޮތުގެ ކުޑަ ހުލާސާއެއް ދިނެވެ. މިހެން އޮއްވައި ފޯނަށް މެސެޖެއް އައުމުން ބެލިއިރު އެއީ އަލަންއެވެ. ނަމްބަރު ނެތަސް ‘މައި ގޮނަބީ ވައިފް’ އޭ ލިޔެފައި އިނުމުންއެއީ އެނޫން ދެވަނަމީހެއް ނޫންކަން ލާނާއަށް އިނގުނެވެ. އަދިވެސް ކުރެވުންވަރު ކުޑައީބާއޭ ލާނާގެ ހިތަށް އެރިއެވެ. އިދާން އާއި ވާހަކަ ދައްކަން އޮއްވައި އަލަން ގުޅަން ފެށިއެވެ. ލާނާ ވީ ފޫސެއްގެ ބޮޑުކަމުން ފޯނު ނުނަގައި އިނީއެވެ. ލާނާއަށް ނިދުނީވެސް އިދާންއާއި ވާހަކަ ދައްކަންއޮއްވައެވެ.

ފޯނު އެލާރމް ވާ އަޑަށް ލާނާއަށް ހޭލެވުނުއިރު ގަޑިޖެހެން 45 މިނެޓް ހުއްޓެވެ. ފޯނަށް ދެލޯކުޑަކޮށްފައި ލާނާ ބަލައިލިއެވެ. ވަގުތުން ލާނާގެ ނިދި ފިލިއެވެ. އަލަން ގެ 5 ‘މިސްޑް ކޯލް’ އިނެވެ. ކަންތަކާ ޖެހުނީއޭ ލާނާ ހިތަށްއެރިއެވެ. ފޯނު އެނދަށް ހޫރާލުމަށްފަހު ލާނާ ތައްޔާރުވާން ދިޔައެވެ. ގަޑިން ބަރާބަރު 8 ޖެހިއިރު ލާނާ ހުރީ އޮފީހުގައެވެ. އަލަން އައުމުގެ ކުރިން އާދެވުމުން އަދި މާބޮޑަށް ހިތްހަމަޖެހުނެވެ.

ފަރިހިނގުމުގައި ލާނާގޮސް އޭނާގެ ކެބިންއަށް ވަނެވެ. ދަބަސް މޭޒުމަތީގައި ބެހެއްޓުމަށްފަހު ގޮނޑީގައި އިށީންނަން ބަލައިލިއިރު ހެވިފައި އެއިނީ އަލަންއެވެ. ލާނާ މޭގަނޑު އަނގަޔަށްނައީ ކިރިޔާއެވެ. “ވަޓް ދަ ހެލް އަލަން. ކިރިޔާ އެންނު ބިރުން ހަލާކު ނުވީ. މަގޭ ކެބިންގަ ކީއްތިކުރަނީ. ނުކުމޭ. ހަމަ މިހާރު ނުކުމޭ.” ލާނާގެ ފޫހިކަން އިތުރުވިއެވެ. އަލަން ކޮޅަށް ތެދުވެ ލާނާގެ ފައިން ފެށިގެން މޫނަށް ބަލައިލިއެވެ. އަޅި ކުލައިގެ ގަޔަށް ހިފާފައިހުރި ބްލައުސް އަކާއި ކަޅުކުލައިގެ ޕެންސިލް ސްކާރޓް ލާނާ އާ ވަރަށް ގުޅެއެވެ. ލުއި މޭކަޕެއް ކޮށްފައި ބޮލުގެ މެދަށް ހުޅިއެއް ޖަހާފައި ހުރުމުން ވަކިން ރީތިކަމަށް ދައްކައެވެ. ލާނާގެ ރީތިކަންފެނި ލާނާ ހާސިލުކުރަން އަލަން އިތުރަށް ބޭނުންވިއެވެ. ކުއްލިއަކަށް ބަލަން ހުރެފައި އަލަން ލާނާގެ އަތުގައި ހިފައި ގަޔާއި ދިމާލަށް ދަމާލިއެވެ. ލާނާ އައިސް އަލަންގެ ތަނަވަސް މޭމަތީގައި ޖެހުނެވެ. ފަހަތަށް ޖެހެން ބޭނުން ވިއަސް އަލަން ހިފަހައްޓާފައި ހުރި ބާރުކަމުން ލާނާއަށް ގުޑާވެސް ނުލެވުއެވެ. އޭރު އަލަންގެ ހޫނު ނޭވާ ލާނާގެ މޫނަށް އެޅެއެވެ. މިކަމުން އުނދަގޫވެފައި ހުރި ލާނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. “އޯހ ޕަޕީ ފޭސް. ކީއްވެ ރޭގަ މަ ގުޅީމަ ފޯނު ނުނެގީ. މަ ބުނީމެންނު މަ ގުޅީމަ ފޯނު ނަގަން ޖެހޭނެއޭ.” ފަހަރަކަށް ވުރެ ފަހަރެއް އަލަންގެ ރުޅިދިޔައީ ގަދަވަމުންނެވެ. ލާނާ ހުރީ ބުނާނެ އެއްޗަކާމެދު ވިސްނާށެވެ.

“އަ.. އަ.. އަހަރެން ނިދާފަ އޮތީ.” އަޅައަޅައި ގަނެގެން ލާނާއަށް މިހެން ބުނެވުއިރު އަލަން ލާނާގެ އަތް އަނބުރައިލިއެވެ. ލާނާއަށް ވީ ތަދުން ލޯ މަރައިލެވުނެވެ. “ނިދާފައޮތްމީހާ ދޯ ‘ކޯލް ވެއިޓިންގް’ ގަ ހުރީ. މަގޭ ކުރިމަތީގަ ދޮގު ނުހަދާތި އޮޅިގެންވެސް. ” އަލަން އަނެއްކައިވެސް ލާނާގެ އަތް އަނބުރައިލިއެވެ. މިފަހަރު ކުރިއަށްވުރެ ބާރަށެވެ. ލާނާއަށް ރޮވުނެވެ. “އަލަން ހެޔޮނުވާނެ. އަހަރެންނަށް ތަދުވެޔޭ. ” ލާނާއަށް ރަނގަޅަށްވެސް ރޮވުނެވެ. “މީ އަދި ޓްރެއިލާރ ކައިވެނީގެ.” އަލަން ވިހަ ގޮތަކަށް އެއް ލޯ މަރައިލިއެވެ. އަދި ލާނާގެ އަތުން ދޫކޮށްލުމަށްފަހު ގަދަކަމުން ތުންފަތުގައި ބޮސްދިނުމަށްފަހު ދުރަށް ކޮއްޕައިލިއެވެ. “ސީ ޔޫ ޕަޕީ ފޭސް.” ފްލައިންގް ކިސްއެއް ފޮނުވާލުމަށްފަހު އަލަން ނުކުމެގެން ދިޔައެވެ. ލާނާ ގުޑިލަންވެސް ނޭނގިފައި ހުރީއެވެ. ލާނާ އެހައިބޮޑަށް ބަލިކަށިވީ ކޮންއިރަކުހެއްޔެވެ؟ އަލަން އަކަށް އެހެންނެއް ނުދެވޭނެއެވެ. ޖެހި ދުމެއްހެން ލާނާ ކެބިންގެ ބޭރަށް ދުއްވައިގަތެވެ.

ކެބިނައަށް ވަންނަންއައި އަލަން ސިހުނީ ކުރިމައްޗަށްއެރި ލާނާ ފެނިފައެވެ. އެބެލުމުން އަލަން އަނދައިއަޅިއަށް ހަދާލަފާނެހެންވެސް ހީވިއެވެ. ކުއްލިއަކަށް ލާނާ އަލަން ފަހަތަށް ކޮއްޕާލިއެވެ. ނުވިސްނާހުރި އަލަންގޮސް ފަހަތަށް ބިންމައްޗަށް ވެއްޓުނެވެ.

ނުނިމޭ

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 6

Next

ހިތްވަރު…

Next
August 14, 2018

ހިތްވަރު…

Previews
August 13, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 6

18 Comments!

  1. Haxna says:
    August 14, 2018 at 9:50 am

    Wowwwwwwwwww
    Srory vvvvvvvv reethi
    Anha keep it up
    Whn is next part i am waiting to read next part ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Anha says:
      August 15, 2018 at 12:24 am

      Thankyou dear.. next part insha allah 16th ga.❤

  2. She says:
    August 14, 2018 at 9:54 am

    Me first dhwh but haadha lahey up vaaleh?

    1. Anha says:
      August 15, 2018 at 12:24 am

      Las tha? Dhen miyah vuren avahah up kureveythoa balaanan ingey.?

  3. She says:
    August 14, 2018 at 9:55 am

    Oh sorry second?

  4. kookie says:
    August 14, 2018 at 9:57 am

    yey mw first. story varah habeys igey. when next part..?? waiting igey. 😀

    1. kookie says:
      August 14, 2018 at 9:58 am

      sry third

    2. Anha says:
      August 15, 2018 at 12:25 am

      Thankyou kookie. Iraadha kureviyyaa next part 16th ga?

  5. Ibsha says:
    August 14, 2018 at 10:19 am

    Varah reethi

  6. Enash says:
    August 14, 2018 at 10:20 am

    Alhey nice story waiting for next part

  7. faru says:
    August 14, 2018 at 5:49 pm

    V reethi story

  8. Maya says:
    August 14, 2018 at 6:04 pm

    Rangalhu thalha thirikohlaa????????????haadha foohi vey alan ulhey gothun… Ekamaku vvv habeyyyyyyś storyy.. Ilove it… Waiting for Next part ????????????????

    1. Anha says:
      August 15, 2018 at 12:26 am

      Thankyou maya. Keep reading. Hehe. Alan akee v rulhi gadha character ekey. Next part 16th ga.❤

  9. hamtii says:
    August 14, 2018 at 10:10 pm

    hey anha….how are u?btw
    story….hmmm…..its idk bunan vx v v v salhi koh nge mihaaru midhanii….hama amazing…when next part??hope mihaa gina days nunagaane kamah….waiting…waiting

    1. Anha says:
      August 15, 2018 at 12:28 am

      Thankyou hamtii. Im great. How have you been. Dhen insha allah nunagaane gina dhuvaheh. 16th ga next part. Emme dhuwahennu dhw.? keep reading. ?

  10. Anha says:
    August 15, 2018 at 12:29 am

    Hello everyone. So heres the 5th part. Next part will upload on thursday,16th insha allah. Thankyou all for the love. Keep reading. And let me know what you all think about this part too.❤

  11. Enash says:
    August 16, 2018 at 11:51 am

    where is 6th part?

  12. Anha says:
    August 16, 2018 at 2:45 pm

    Everyone. 6th part is already uploaded. Once the admin approves it can be seen.

Comments are closed.


All Right Reserved!