Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 27

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 13, 2018 5 Mins Read
13 Comments

އަރްޝާދް މާލެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އަފްރީން ހުންނަތާ ތިންމަސް ވެއްޖެއެވެ. މިރޭވެސް އެނދުގައި ދެކޮޅަށް ފޮރޮޅިލަ ފޮރޮޅިލާ އޮތީ އަރްޝާދްގެ ޚިޔާލުތަގައެވެ.

ހެނދުނު އަށެއް ޖެހިއިރު އަފްރީން ހުރީ އަފްޝަންމެން ގޭގައެވެ. ސުހެއިދު އޮފީހަށް ދަމުން ދިޔައީ އަފްރީން އެގެއަށް ލާފައެވެ. ކުޑަކޮށް ދުވެލާފައި ދޮރުން އެތެރެއަށް ވަން އަފްރީންގެ ފިޔަވަޅުތަށް ހުއްޓުނީ ދޮރުން ނިކުންނަން އައި އަރްޝާދް ފެނިފައެވެ. ހަމައެކަނި ކަކުލާ ހަމަައަށް އަންނަ ކުޑަ ސޯޓުބުރިއެއް ލައިގެން ހުރި އަރްޝާދްގެ ކަސްރަތީ ހަށިގަނޑު ފެނުމުން ހިން ދިރުވާލަން ވެސް އަފްރީން ހަނދާންނެތުނެވެ. އަރްޝާދް އަފްރީނަށް ރީތި ހިނިތުން ވުމެއް ހަދިޔާ ކުރިއެވެ. “ދައްތަ މިގަޑީގަ ނޫޅޭ ގެއަކު. ރީން ނުގުޅާ ދޯ ތިއައީ. ހިނގާ ދައްތަ މެން އަންނަން ދެން އަހަންނާއެކީ އެފަރާތު މާގަސްތައް ކާރިއަށް” އަރްޝާދް އެހެން ބުނުމާއެކު އަފްރީންގެ ހިތް އުފަލުން ފޮޅުނެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތި އަރްޝާދްގެ ފަހަތުން ހިނގައިގަތެވެ.

ދެ މީހުން ގޮސް ގަސްތައް ކައިރީ ބަހައްޓާފައި ހުރި ގޮނޑިތަކުގައި އިށީނެވެ. އަރްޝާދް ފުން ވިސްނުމެއްގައި އޮތް އިރު އަފްރީން އިނީ ދައްކާނެ ވާހަކައެއް ނޭންގިފައެވެ.

ދެ މީހުން އަނގައިން ނުބުނެ ފަސްވަރަކަށް މިނެޓު ހޭދަވިފަހުން އެތަނަށް ޒަހީނުއައެވެ. އަރްޝާދް ފެނުމުން އަފްރީނެކޭ އެއްވަރަށް އެނަ ވެސް ހައިރާންވިއެވެ. އަރްޝާދް ނުބުނެ އައީ ކީއްވެހޭ އެހުމުން ބައްޕަމެންނަށް ސަޕްރައިޒެއް ދޭން ކަމަށް ބުނެ އަރްޝާދް ހަމަ އަޅުވާލިއެވެ.

ޒަހީނު ބޭނުންވީ އަވަހަށް ކައިވެނީގެ ވާހަކަ ދައްކާށެވެ. އަރްޝާދް ގާތު ތާޒާ ވެލައިގެން ސައި ބޯން އަންނާށެ ބުނެ އަފްރީން ގޮވައިގެން ޒަހީނު މައްޗަށް އެރިއެވެ. އެއަށްފަހު ސުހެއިދުއަށް ގުޅާފައި ވަރަށް އަވަހަށް އެގެއަށް އައުމަށް އެދުނެވެ.

އަފްރީން ކާގެއަށް ދިޔައިރު މިޒްނާ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އަފްރީން ދަބަސް މޭޒުމަތީ ބޭއްވުމަށްފަހު މިޒްނާއަށް އަތްގާތް ކޮށްދޭން ފެށިއެވެ.

މާއިޒް ގޮވައިގެން ހެނދުނު ހިނގާލަށް ގޮއްސައި މިހްރާނާއި އަފްޝަން ގެއަށް އައިރު އަށް ގަޑި ފަނަރަ ވެއްޖެއެވެ. މިހްރާނާއި މާއިޒް ހަވާލުކުރުމަށްފަހު އަފްޝަން ބަދިގެއަށް ދިޔައީ މިޒްނާއަށް އަތް ގާތް ކޮށްދޭށެވެ. އޭނާ ބަދިގެއަށް ވަންއިރު އަފްރީނާއި މިޒްނާ ވަނީ ނާސްތާ ތައްޔާރުކޮށް ނިންމާފައެވެ. “މާ ލަހުން ދޯ މިއާދެވުނީ. މާއިޒް ބޭނުމެއްނުވި އަވަހަށް އަންނާކަށެއް. ހަ ގަޑި ބައިވަނިކޮށް ދިޔަ ގޮތަށް އަށެއް ޖެހިފަހުން ގެއަށް އަންނަން ހިނގައިގަނެވުނީ” މިޒްނާ އެއީ ވަރު ކަމެއް ނޫންކަމަށް ބުންޏެވެ. އަދި އަފްޝަންގެ ބަދަލުގައި އަފްރީން އޭނާއަަށް އެހީތެރިވެދިން ވާހަކަ ބުންޏެވެ. އެ މީހުންނަށް އިތުރަށް ވާހަކަ ދައްކަން ނުތިބެވުނީ ޒަހީނުމެން ސައިބޯން އައުމުންނެވެ. ޒަހީނުއާއެކު ސުހެއިދު ފެނުމުން އަފްރީނާއި އަފްޝަންވެސް ހައިރާންވިއެވެ. އެމީހުންނާއެކީ މާއިޒް ގޮވައިގެން މިހްރާންވެސް އައިސްހުއްޓެވެ.

އެންމެން އިށީންއިރުވެސް އަރްޝާދެއް ނާދެއެވެ. އެ މީހުން ކާން ނުފަށާ ތިބީ އަރްޝާދް އަންނަންދެނެވެ. ދިހަ ވަރަކަށް މިނެޓު ފަހުން އަރްޝާދް ވެސް އައެވެ. އޭނާ ހުރީ ރަތް ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއް ލައިގެންނެވެ. އިސްތަށިގަނޑުވަނީ ވޫލްކޮޅަކުން އައްސާފައެވެ.

އަރްޝާދް ބޯ އައްސާފައި ހުރުމުން ޒަހީނު ހިތްހަމަ ނުޖެހުނެވެ. އޭނާ ނިންމީ ފަހުން އަރްޝާދާއި އެ ވާހަކަ ދައްކާށެވެ.

އަރްޝާދް އައި ގޮތަށް އައިސް އަފްރީނާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އަދި އަފްރީނަށް ރީތި ހިނިތުންވުމެއްވެސް ހަދިޔާ ކުރިއެވެ. އެ ވަގުތު އަފްރީންގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. މާއިޒަށް އަރްޝާދް ފެނުމާއެކު ކޫ އޭ ކިޔާ ގޮވަން ފެށިއެވެ. އަރްޝާދް އިން ތަނުން ތެދުވެ މާއިޒް ގޮވައިގެން އަނބުރާ އައިސް ގޮނޑީގައި އިށީނެވެ. މާއިޒް ނިކަން ހެވިފައި އަރްޝާދް ގެ އުނގުގައި އިނެވެ. އަދި އަތްތިލަ ބަޑި ޖަހާލިއެވެ.

ސައި ބޮއެ ނިމުމާއެކު ޒަހީނު ކައިވެނީގެ ވާހަކަ ދެއްކިއެވެ. އެ ވާހަކަ ދެއްކުމުން އަފްރީން ލަދުން ގޮސް ވިރޭވަރުވިއެވެ. އަރްޝާދަށް ހީވީ އޭނާގެ މޫނުގައި މީހަކު އެތި ފަހަރަކުން ޖެހިހެންނެވެ. ބައްޕަމެން އޭނައަަށް އަންގާވެސް ނުލައި އެހާ ބޮޑު ނިންމުމެއް ނިންމުމުން އޭނާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭންގިފައެވެ. އަރްޝާދް ވަގުތުން ކައިވެންނާ ދެ ކޮޅު ހަދަން ބޭނުންވިއެވެ. ނަމަވެސް ދެވަނަ ސިކުތުންގައި އޭނާގެ މޫނު މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. އަފްރާ މަތިން ހަނދާން ނައްތާލަން އެއީ ރަނގަޅު ގޮތެއް ކަމަަށް އޭނާއަށް ވިސްނުނެވެ. އެހެންވެ ވަގުތުން އެއްބަސް ވިއެވެ. އަފްރީން އުފަލުން ގޮސް ފޮޅުނެވެ.

މިހާރު …….

އަރްޝާދް ކިޔާދިން ވާހަކަ ގަބޫލު ކުރަން އަފްރީނަށް ދަތިވިއެވެ. އަފްރާ އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަފްރީންގެ ޟަމީރު އެއްބަހެއް ނުވިއެވެ. އަފްރާއާ ދިމާވި ދުވަހުން ފެށިގެން އާލާގެ ކައިވެނި ޕާޓީގައި ހިނގާދިޔަ ހާދިސާ އަފްރީނަން ކިޔާދިނެވެ. އަދި މިހާ ތަނަށްވެސް އަރްޝާދަށް އެކަމުގެ ހަގީގަތެއް ނޭންގެއެވެ. ނަމަވެސް އަދިވެސް އެހިތުގައިި އަފްރާގެ ނަންވަނީ ލިޔެވިފައެވެ. ” އާރާޝް އަހަންނާ ވައްތަރުވީމަ އެއީ އަހަރެންގެ ދަރިއެއްކަން ގަބޫލު ކުރީ. އަހަރެން ރީނަށް މި ވާހަކަތައް ނުކިޔާދިނީ އެއީ އާހަރެންގެ މާޒީއަށް ވީމަ. އަހަރެން ބޭނުންވީ އެ ދުވަސްތައް މަތިން ހަނދާން ނައްތާލާފަ ރީންއާ އެކީ އުފާވެރި ދިރިއުޅުމެއް ހޯދަން. އެކަމު ތަގުދީރު ވަނީ މުޅިން އެހެން ގޮތަކަށް ލިޔެވިފަ.” ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން އަރްޝާދް ބުންޏެވެ. އަފްރީނަށް އިތުރަށް އެންމެ ބަހެއްވެސް ބުނާކަށް ނުކެރުނެވެ. އޭނާ ހިތާހިތުން އަޒުމް ކަނޑައެޅީ އެ ހާދިސާގެ ހަގީގަތް ހޯދާށެވެ. އޭނާގެ ކޮއްކޮއަކީ އެހާ ނުބައި  ކުއްޖެއްކަމަށް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

ހަފްތާގެ ދުވަސްތަށް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް ހަފްތާ ނިމުނެވެ. އަފްރީން އަފްރާއާ އެ ވާހަކަ ދައްކަން މަސައްކަތް ކުރާ ކޮންމެ ފަހަރަކުވެސް ކޮންމެސް ކަމެއް ދިމާވެގެން އެ ވާހަކަ ދެއްކޭ ގޮތެއް ނުވެއެވެ. އަފްރީން ދެންވެސް ކެތްތެރި ކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ އެ ވާހަކަ ދައްކަން ރަނގަޅު ވަގުތަކަށެވެ.

ދައުވަތު ދެވުނު އެންމެންނަށް އާދެވުނުއިރު ދޭއް ޖަހާ ބޮޑުވެއްޖެއެވެ. ހުރިހާ ފިރިހިނުން ކާން އެެރުމުން އަންހެން ވެރިން ސިޓިންރޫމްގައި ތިއްބެވެ. އާލާގެ އިތުރުން އަފްރާ ތަށިތައް ގާތް ކޮށް ދިނުމަށް ކާގޭގައި އުޅުނެވެ. އާލާ އާއި އަފްރާ ވެގެން ރަނގަޅު ކެއުމެއް ވަނީ ތައްޔާރު ކޮށްފައެވެ. ފިރިހެން ވެރިން އަނގަތަޅަމުން ވަރަށް ފޯރީގައި ކަމުން ދިޔައެވެ. “ޒަހީނުއާ އަބްދުﷲ ތިބި ނަމަ މަ އެކަނި މުސްކުޅިއަކަށް އިންނާކަށެއް ނުޖެހުނީސް ދޯ. ޒަހީނު ގާތު ބުނީމަވެސް އޭނަ ނޫޅުނު ވިއްޔާ މިޒްނާ ގޮވައިގެން މިކޮޅަށް އަންނާކަށެއް” ޒަހީނުއާއި މިޒްނާވެސް އެ މީހުންގެ ދިރިއުޅުން ރައްޖެއިން ބޭރަށް ވަނީ ބަދަލުކަށްފައެވެ. އެ މީހުން ނެތުމުން ސުހެއިދަށް ފަޅުކަން އިހްސާސް ކުރެވުނެވެ. “ބޭބެ ދެރަނުވޭ މިހާރު އަހަރުމެންވެސް ތި ލިސްޓަށް އަރަންވެފަ މި ތިބީ. ދަރިން ކޮޅު ބޮޑެތި ވެފަ އެތިބީ މިހާރު. ނޭންގެ މާދަމާ ނޫން ކަމެއް މީހަކާ އިންނަން ބޭނުމޭ ކިޔާފަ ކުއްޖެއް ގޮވައިގެން އަންނާނީކީ ދޯ ކުދިންނޭ!” ފޮރުވިފައިވި މާނައަަށް އެކުލެވޭ ގޮތަށް އައްމާރު ބުންޏެވެ. އާރާޝް, މާއިޒް އަދި އަކްމަލަށް އެއީ އަހުސަމަާއި ދިމާއަށް ބުނި އެއްޗެއްކަން އެނގުމުން ހެވުނެވެ. އަހުސަމް މޫނަށް ވައްތަރެއް ޖައްސާލަމުން އާލާއާ ދިމާއަށް ބަލާލިއެވެ. އޭރު އާލާވެސް ހިނިއައިސްފައި ހުއްޓެވެ.

” މާއިޒް ނުވޭތަ މީހަކާ އިންނާކަށް ؟ ތި އުމުރުގެ ގިނަ ކުދިން މިހާރު އުޅެނީ މީހުންނާ އިނދެގެން ނީނަސް ކޮންމެސް މަންޖެއެއް ގެންގުޅޭނެ” ދާނިޝް މާއިޒާއި އެ ސުވާލު ކުރުމުން އޭނަ ކުށި އަރާ ގޮތްވިއެވެ. ދެން ތިބި ތިން ކުދިން ތިބީ ހިނިގނޑު ހިފަހައްޓާގެންނެވެ. ދާނިޝް މާއިޒާއި އެ ސުވާލު ކުރީ އެ ހަތަރު ފިރިހިން ކުދިންގެ ތެރެއިން އެންމެ ދޮށީ މާއިޒަށް ވީމައެވެ. “ދަރިފުޅާ މާއިޒް ކާފަ ވަރަށް ދެކެން ބޭނުއްވާ ދުވަހެއް އެއީ ދަރިފުޅު ހަޔާތެއް ފަށާ ދުވަސް ކާފަގެ ތިން ދަރިންވެސް ވަރަށް ޅައިރުގަ މީހުންނާ އިނދެފި. އެ ތިން ކުދިންނަށްވެސް ލިބުނީ ހެޔޮލަފާ ފިރިން. ކާފަ ބޭނުން ކާފަގެ ކާފަ ދަރިން ވެސް ރަނގަޅު ކުދިންނާ އިނދެގެން އުޅޭތަން ބަލަން.” އައްޒާމާއި އަރްޝާދާ ދިމާއަށް ނަޒަރު ހިންގާލަމުން ސުހެއިދު ބުންޏެވެ. އާރާާޝަކީ އަރްޝާދްގެ ދަރިއެއް ކަމެއް ސުހެއިދުއަކަށް ނޭންގެއެވެ. އޭނާ ހީކުރާ ގޮތުގައި އާރާޝްއަކީ އައްޒާމާއި އަފްރާގެ ދަރިއެކެވެ. “މާއިޒް ގެންގުޅެން ދޯ ކުއްޖެއް؟ ދެން އެހާ ސިއްރުވެގެން ނޫޅެބަ މިހާރު ތިހިރީ މީހަކާ އިންނަ އުމުރަށް ގޮއްސަ ބުންނަސް ރަނގަޅުވާނޭ.” އައްމާރު އަނގަގަދަ ކުރަން ފެށިއެވެ. އޭނަ އެހުންނަނީ އެކަހަލަ ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބިފައެވެ. އުމުރުން ސާޅިސް އަހަރުވާން ކައިރިވިޔަސް އައްމާރުގެ އުޅުން އަށާރަ އަހަރުގެ ކުއްޖެކޭ އެއްވަރެވެ. “އެއީ ތެދެއް ބުނެބަ ގެން ގުޅެންތަ ކުއްޖެއް؟” ދާނިޝްވެސް އައްމާރުއާ އެއްބައިވެގެން މާއިޒްއާ ސުވާލު ކުރަން ފެށިއެވެ. ދާނިޝް އެހެން އެހުމުން މާއިޒް ހާސްވާން ފެށިއެވެ. މާއިޒްގެ ލޯބިވެރިޔާއަކީ ދާނިޝްގެ ދަރިކަން އެނގުމުން ދާނިޝް އެހާ މަޖާވެފައި އެ ވާހަކަ ދައްކާނެ ހެއްޔެވެ؟ “ބައްޕަމެންވެސް ދޯ ދައްކާ ވާހަކަ. އަސްލު ގާލްފްރެނޑްސްގެ ވާހަކަ ދައްކާ ކަށް އެހާ ރަނގަޅެއް ނުވާނެ. އެ ވާހަކަތައް ފަށާ ތަނުން އެންމެންނަށް ހާޓެޓޭކް ޖެހުން ނޫންކަމެއް ނުވާނެ” އަކްމަލް ވެސް މަޖާވެފައި ބުންޏެވެ. “ތިވީ ގޮތުން ވަރަށް އަޑު އަހާ ހިތްވެއްޖެ” އައްޒާމަކަށް ވެސް ހިމޭނަކުން ނީންދެވުނެވެ. ” ހާދަ ބިރުން ތި އުޅެނީ އެ ކުދިންނާ ރުޅި ވާކަށެއް ނުބުނާނަމޭ” އަރްޝާދް ވެސް އެ މީހުން ދައްކަމުން ދިޔަ ވާހަކައިގައި ބައިވެރިވިއެވެ. “ކުޑަ ހިންޓެއް ދީފާނަން. މާއިޒްއަކީ އަކުމަލްގެ ޅިޔަނު” އާރާޝަށް ހިމޭނުން ނީންދެވިގެން ބުންޏެވެ. އެއާއެކު އެންމެންގެ ބަސް ހުއްޓުނެވެ. މާއިޒް ދެ ލޯ ބޮޑު ކޮށްގެން އިނދެ އާރާޝާއި ދިމާއަށް ބަލާލިއެވެ. “މަގޭ މިހިރަ ސޮރު އުޅެނީ މާނީއާ ރައްޓެހިވެގެން؟” ދާނިޝަށް ބުނެވުނެވެ. އައްމާރާއި އައްޒާމްގެ އިތުރުން އަރްޝާދަށް ވެސް އެއީ ތެދެއްހޭ އާހާލެވުނެވެ. “ނޯ” އަކްމަލް ވަގުތުން ދެފަރާތަށް ބޯ ހޫރުވިއެވެ. “އިޝްމާ؟” އަރްޝާދަށް އަހާލެވުނެވެ. “އައި އޭމް ޑެޑް” އަކްމަލް އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ބުންޏެވެ. މާއިޒް ލަދުގަންނަވަން ހަދައިގެން މި ބެދުނީ އޭނައެވެ. އަކްމަލަށް އާއެކޭ ބުނާކަށް ނުކެރުނެވެ. އަކްމަލްގެ އެ ހަމަހިމޭން ކަމުން އެންމެންނަށް ވެސް އެ ސުވާލުގެ ޖަވާބު ލިބުނެވެ.

އަކަމަލަށް އިސް އުފުލައި ބަލައިލެވުނީ އަރްޝާދް ހޭންފެށި އަޑަށެވެ.

“އައްމާރު ބުނީކީ ދޮގެއް ނޫން ދޯ. ދާނިޝް އަހަރުންގެ ދަރިންފަތި ބޮޑު ވެއްޖެއެއްނު. ކުރިއަށް ވުރެއްވެސް ގާތްވީތާ” ދާނިޝްވެސް އަރްޝާދާއި އެއްބަސްވިއެވެ. “މަގޭ ންވްޔާގެ ހާލާކީ ކޮބާ ކަމެއްވެސް ނޭންގެ” ދާނިޝް އަނގައިގަ އެއްބައި އޮއްވައި އަކްމަލް މާއިޒްއޭ ބުންްޏެވެ. “އަސްލު ހިންޓޭ ކިޔާފަ ބުނީ އެވާހަކައޭ. ނަވްޔާއާއި މާއިޒްގެ ވާހަކަ” ދާނިޝް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” އަރްޝާދް އިތުރަށް ބަދަހިވީ” އެހެން ބުނުމާއެކު އެންމެން ހޭން ފެށިއެވެ. “މަގޭ މިހިރެ ސޮރުވެސް ނިކަން ވަގަށް އުޅެނިކޮށް އެހެރީ ފަޅާ އަރާފަ ދޯ. އަހަރުންނަށް ވުރެ ކުރީގަ މިމީހުން މިއުޅެނީ މި ސޮރު ގެންނަށް އުޅޭ މަންޖެ ނިކަން ލަދު ރަކި މާނީމެންނާ އެއްކޮށް އުޅޭ އިސްރާ އަތުއަޅުވައިގެން މި ސޮރު އުޅެނީ. ދޯ ދަރިފުޅާ” އަހުސަމް ލަދުން ގޮސް ހަލާކުވާވަރުވިއެވެ. އެންމެން ކުރިމަތީ އޭނަ ބޭޒާރުވީއެވެ. “އާރާޝް ގެއަށް ގެންނާނެ ކުއްޖެއް ނެތްތަ؟” އަނެއް ތިން ކުދިންވެސް މީހުންނާ ރަށްޓެހިވެގެން އުޅޭތީ އައްޒާމް ހީކުރީ އާރާޝްވެސް އުޅޭނީ ކުއްޖަކާ ރަށްޓެހިވެގެން ކަމަށެވެ.

“ބޭބެ އާރާޝް ނުޖެހޭނެ ކުއްޖެއް ގެންދާކަށް ތިގެއަަކަށް އެ ކުއްޖާ އުޅެނީ ތިގޭގަ” އަހުސަމް ލާނެއް ފާޑަކަށް ބުންޏެވެ. އާރާޝް ވަގުތުން މޫނު ހަދާލިއެވެ. “ތި ބުނީ؟” އަފްރާއަށް އަހުސަމް ބުނީ ކީކޭކަން ނުވިސްނުމުން އެހިއެވެ. އަހުސަމާއި އަކްމަލް ހޭންފެށިއެވެ. މާއިޒްވެސް މި ފަހަރު ހުރީ ވާނުވާގައެވެ.”ދައްތާ އެއީ އެހެން ބުނި އެއްޗެއް ނޫން. އެއީ އާރާޝް ސިންގަލްކޮށް ހުންނާތީ ރުޅިއަރުވަން ކިޔާ އެއްޗެއް” އަކްމަލް ހެމުން ހެމުން ބުންޏެވެ. އޭރުވެސް އާރާޝް ދެލޯ ބޮޑުކޮށްގެން ހުރި ގޮތަށް ހުއްޓެވެ. “ދުވަހަކުވެސް ކުއްޖެއްދެކެ ލައިކްވެސް ނުވޭތަ؟” އައްމާރު އަހާލިއެވެ. ” ލައިކް ވާނީ އަންހެން ކުއްޖަކާ ދިމާއަށް ބަލާގެންނު.” އާރާޝްގެ ބަދަލުގައި މިފަހަރު ޖަވާބުދިނީ މާއިޒެވެ. “އާރާޝް އެއީ މާނީ ގުރޫޕް. ފޯ އެވަރ ސިންގަލް ކުދިން ދޯ. އެ ދެމީހުން ވީ ދެވަން” އަހުސަމް އާރާޝްއާ ދިމާކުރިއެވެ. އެއި އަބަދުހެން އެމީހުން އަރާޝްއާ ދިމާލަށް ކިޔާ އެއްޗެކެވެ. “ޝަޓް އަޕް. އިންނާނެ މީހަކު ނުވިޔަސް ސަންތި މަރިޔަބަކާ ނީންނާނަން” އާރާޝަށް ބުނެވުނު އެތި ވިސްނާލެވުނީ މާފަހުންނެވެ. އެންމެން ކުރި މަތީގައި އެހެން ބުނެވުމުން ލަދު ވެސް ގަތެވެ. ވަކިން ޚާއްސަކޮށް ސުހެއިދު ހުއްޓާ އެހެން ބުނެވުމުންނެވެ. އަފްރާ އާރާޝް ގެ ބޮލުގެ ފުއްކިބައިގައި އަތުން ޖަހާލިއެވެ.

އަންޖަލް ބުނެގެން ފެން ފޮދެއް ބަލައި ބަދިގެއަަށް ވަން މާނީއަށް އާރާޝް ބުނި ވާހަކަ އަޑު އިވުނެވެ. އެއާއެކު އޭނާގެ ހިތުގައި ޖެހުނެވެ. އާރާޝް ކުރިން ވެސް އެހެން ބުނެއެވެ. ގިނަ ފަހަރަށް ބުނާނީވެސް އޭނައާ ދިމާއަށެވެ. އެހެނަސް މިއަދު ވީ ފަދަގޮތެއް ނުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ރާސްތާ 26

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 6

Next
August 13, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 6

Previews
August 12, 2018

ރާސްތާ 26

13 Comments!

  1. akuu says:
    August 13, 2018 at 7:31 pm

    hahah. e thibe ba eh dhw. ???? majaa part eh. vrh rythi mi prt vx. waitin for the nxt prt.. ME FIRST DHW ❤️❤️ ??

  2. Anonymous says:
    August 13, 2018 at 7:46 pm

    ma heehee halaaku.. kiriyaa hinigandu matha kohlaigen indhevuny.. hahahaha.. vrh salhi mi part ves.. mi part majaa v ma vrh kamudhiya.. hehehehe.. mihaaru emme reethi hisaabuga miothy.. alhe nxt part kon irakun???? vrh vrh vrh kiyaa hiyy vey eba.. maany and aaraash dhw.. haha..

    1. Anonymous says:
      August 13, 2018 at 8:28 pm

      truth…alhe kiyaa many n araash gulhu vadhee…n waiting for the next best part of the story…ur the best kiyaa…lysm

  3. Stry Kiyaa Man says:
    August 13, 2018 at 8:09 pm

    Majaa kameh huvaa.eii dad inn nakyy.gadha.
    N stry v furihama masha allah.maany aa araash gulhuvaa eyrun hama viyy.haha .
    Waiting 4 next part.
    When next part.
    -salaam-?????

    1. Anonymous says:
      August 13, 2018 at 8:22 pm

      yess…hama magey hithuga oi gothah thi bunee…ey ey aslu dad mn nakee…

  4. lam says:
    August 13, 2018 at 8:26 pm

    majaa kameh…v v v hevunu…evarah heythee ve kokko ves ehi kihinei vee hey…hehehe…adhi vx eba hevey…hahahahah….kiyaa this is the best best story I’ve ever read…n mivaahaka mihaaru gossa oi hisaabu idk neynge bunaakah vx v v v v salhi ey bune veynii….keep it up kiyaa….
    luvs
    kiyaa ge storys ge fan eh

  5. Lotus says:
    August 13, 2018 at 9:52 pm

    This is my first comment to this story but m a regular reader of this story.. mi part hama fakka kamun himeynun needhevigen mi comment kollee. V habbu?keep it up dear

  6. Navya says:
    August 13, 2018 at 10:14 pm

    Hahah it’s so funny..and b rythi..thihen up kohdhehchey..??dhm othy maany and aaraash dhw..edhe myhunge bai kiyaahiyy vany..keep the good work up kiyara.. ??❤?

  7. Maany says:
    August 14, 2018 at 1:10 pm

    Dhn up vaane ireh bunedhyba????? ?

  8. Kiyaa ge fans❤ says:
    August 14, 2018 at 8:50 pm

    Maanyyy

    1. Maany says:
      August 17, 2018 at 1:01 pm

      Yes dear

  9. Kiyaa ge fans❤ says:
    August 14, 2018 at 8:52 pm

    Keep it up ?kiyaa u r the best….this part is the best ……..vvvvvv salhi ….?❤curiously Waiting for the nxt prt. ..luv ya ?❤????

  10. Navya says:
    August 17, 2018 at 12:59 pm

    Salaam kiyaa❤❤❤❤❤❤❤ mi stry v awesome…???ekam thankolheh avahah up koudheynama rangalhuvaane kanneynge..plx dont mind ingey mihen bunyyas..???????????? i love ur stries..??????and next part avahah up kohdheba..????

Comments are closed.

Next Episodeރާސްތާ 28←


All Right Reserved!