Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 7

Sh@_n@ Level 410 Stories100 Comments100 Login
August 15, 2018 4 Mins Read
22 Comments

ފަތިސް ނަމާދު ބަންގި ގޮވި އިރުވެސް އަރުޝް އުޅުނީ ހަމަ އެހާލެއްގައެވެ. އެހެންކަމުން އަވަހަށް ވުޟޫ ކޮއްލައިގެން ބޭރަށް ނިކުތެވެ. ފަތިސް ނަމާދަށްފަހު ކޮފީއެއް ބޯލުމަށް ބަދިގެ ފަރާތަށް ދިޔައެވެ. އެހެންނަމަވެސް އަރުޝްގެ ފިޔަވަޅަށް ހުއްޓުމެއް އައީ ކުރިމަތިން ފެނުނު ސާރާ ފެނިފައެވެ.

އިލޮށިފަތި ހިފައިގެން ކުނިކަހަން ދިއުމަށްޓަކައި ނިކުންނަން އައި
ސާރާއަށް ވެސް އަރުޝް ފެނުމާއެކު ދެލޯ ބޮޑުވިއެވެ. އަޅަން ހުރި ފިޔަވަޅު ވެސް މަޑުޖެހުނެވެ. ހިނގައިގަންނަން ނޭނގިފައި ހުރެވުނީ ކުރިންދުވަހު ސްކޫލުގަ އޮތް ބައްދަލުވުމުގައި ފެނުނު މީހާ ކުރިމަތިން ފެނުމުންނެވެ. މިފަދަ ގޮތަކަށް ދިމާވެދާނެ ކަމަށް ސާރާ އުއްމީދެއް ނުކުރެވެ. ފުރަތަމަ ފެނިލުމުންވެސް ސާރާގެ ހިތުގެ އެންމެ ފުނުގައި އެ ސޫރަ ކުރެހުނެވެ. އެދުވަހަށް ފަހު ސާރާއަށް ހަމަ ނިދި ލިބޭގޮތް ވަނީ ނުވެފައެވެ. ސާރާއަށް ބޭ އިޙްތިޔާރުގައި އިސްޖަހާލެވުނީ އެ ދެލޮލަށް ބަލަން ކެތް ނުވުމުންނެވެ. ސާރާގެ އެ ހަރަކާތް އަރުޝްއަށް ވަރަށް ކަމުދިޔައެވެ. އެހެންކަމުން މަޑު ހިނގުމުގައި އައިސް ސާރާގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރުވެސް ސާރާ އިސްޖަހައިގެން ހުރީއެވެ. ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ. ދުއްވައިގަންނަން ބޭނުން ވިޔަސް އެ ހިތްވަރެއް ނުލިބުނެެވެ.

ފަތިހުގެ އެ ހިތްގައިމު ވަގުތުގައި ދެމީހުންގެ ހިތަށްވެސް ބުނެދޭންނޭނގޭ އިހްސާސެއް ވެރި ކުރުވަމުންދެއެވެ.

ބުނެދޭން ދަތި ސިއްރެއް ހިތުގަ ވެޔޭ

ބުނެދޭން އެހެނަސް ހަމަ ހިތް އެދެޔޭ

ބުނެދޭނެ ގޮތެއްވެސް ހަމަ ނޭނގި ވެޔޭ

ބުނެދޭނެ ގޮތެއް ދެން ބޭނުންވެޔޭ

މީ ތެދެކެ އެހެނަސް ސިއްރެކޭ

އަރުޝްގެ ހިތުގައިވި ލަފްޒުތަށް ލަވައެއްގެ ސިފަގައި ދުލުން ބޭރުވެގެން ދިޔައީ އަރުޝްއަށް ވެސް ނޭނގިހުރެއެވެ. މިކިޔުނީ ކީކޭ ކަން އެނގުމާއެކު އަރުޝް ރަކިވިއެވެ. އަދި ވަރަށް ރީތި ލަވައެއްދޯއޭ ބުނެވުނެވެ. އަރުޝްގެ މާނަ ފުން އެ ލަފްޒުތަށް އެ ޖާދޫވީ ފިރިހެން ވަންތަ އަޑުން އިވުމާއެކު ސާރާގެ ގައިން ހީބިހި ނަގައިގަތެވެ. ސާރާގެ ހިތް އޭގެ އެންމެ ބާރުމިނުގައި ވިންދު އަވަސް ވަމުންދިޔައެވެ. ސާރާއަށް އިތުރަށް ކެތް ނުވުމުން ދުވެފައި މަގުމައްޗަށް ނިކުތީ އަރުޝްގެ ނަޒަރުން ސަލާމަތް ވުމަށެވެ.

އަރުޝް ވެސް ގޮތް ދޫކުރަން ބޭނުން ނުވާތީ ސާރާގެ ފަހަތުން ނިކުންނަން ދިޔައެވެ. އެހެންނަމަވެސް ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ ޝާމިންގެ އަޑުންނެވެ.

“ކޮންތާކަށް މިއޮށް ފަތިހާ, ނަމާދަށް ނުވެސް ގޮވިއެއްނު, ކޮފީ ބޮއެފިންތަ, ” ޝާމިންގެ ސުވާލުން އަރުޝް އެނބުރި އައިސް ގޯތި ތެރޭގައި ހުރި ޖޯލި ފަތީގައި ޖައްސާލިއެވެ. “ތަނަކަށް ނޫން, ކިހާވަރަކަށް ގޮވާނީ ނަމާދަށް ދާން, ތިއިން އެކަކުވެސް ހޭލީކީ ނޫން, އެހެންވެ އަޅާނުލީ، ތިޔަ މީހުން ނެތީމަ އަހަރެން އެކަނި ކިހިނެއް ކޮފީ ބޯނީ, އެހެންވެ މި އެނބުރެނީ” އަރުޝް ހަމަޖެހިލަމުން ބުނެލިއެވެ.

“އެހެންތަ, ހިނގާ ކޮފީ އެއް ބޯލަމާ” މިހެން ބުނެ ބަދިގެ ފަރާތަށް ގޮސް ދެ ކޮފީ ތަށި ހިފައިގެން އައިސް އަރުޝް އަށް އެއްތަށި ދެމުން ޖެހިގެން ޖޯލި ފަތީގައި އިށީނެވެ. ދެ މީހުން އެކި ވާހަކަ ދައްކަމުން ދިޔައެވެ. ދިރިއުޅުމުގެ ވާހަކައެވެ. ސިއްހަތާ ބެހޭ ވާހަކަ ތަކެވެ. “ތިޔެއް ނޫނޭ ސާރާ އައިތަ” ޝާމިން ކުއްލިއަކަށް އެ ކުރި ސުވާލުން ކޮފީ ބޯން އިން އަރުޝް ވަގުތުން ކޮށިއެރިއެވެ. އެ ދައްކަނީ ކޮން ސާރާއެއް ކަން އެނގުމުން ރަނގަޅަށްވެސް ސިހުނެވެ. ޝާމިންވެސް ސިއްސައިގެން ގޮސް ބްރޯ ކިހިނެއްހޭ ތި ހެދީ ކިޔައި އަރުޝްގެ ބުރަކަށީގައި ފިރުމަންފެށިއެވެ. އަރުޝް ހަމައަކަށް އެޅުން އިރު މުޅި މީހާ ދެލޮލުން ފެން އައިސް ލޯ ވަނީ ރަތްވެފައެވެ.

އަރުޝް އަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް ޝާމިން ކިހިނެއްވީހޭ އަހައިލިއެވެ. އަރުޝްއަށް ދޭނެ ޖަވާބެއް ނޭނގިގެން އިރުކޮޅަކު އިންނަން ޖެހުނެވެ. އަރުޝްގެ ޖަވާބަށް ޝާމިން އިންތިޒާރުގައި އިންކަން އެނގެނީ އަރުޝްގެ މޫނަށް ބަލަހައްޓައިގެން އިނުމުންނެވެ. ” ސާބަސް, ތިހާ ވަރަށް ނުބެލިޔަސް ބުނެފާނަމޭ, ހީވަނީ އަންހެނަކަށް ބަލަހައްޓައިގެން އިންހެން” އަރުޝް ހެމުން އެހެން ބުނުމުން ޝާމިން ވެސް ހޭން ފެށިއެވެ. “ތިހެން ވިއްޔާ ބުނެބަލަ މީހާ އަށް ތިވަރު ތިވީ ކީއްވެޔޯ, ސާރާ މާ ހާއްސަ ނަމަކީތަ” ޝާމިންގެ އެ ސުވާލުން އަރުޝްގެ ހިތް ތެޅިގަތެވެ. އެހެންނަމަވެސް ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ.
” ބްރޯ, އަހަރެން ކައިރީ ތި އެހީ ސާރާ އައިހޭ, ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ކައިރި އަހާ އިރުވެސް މަށަށް ނޭނގޭނެކަން, އަނެއްކާ އަހަރެން ކައިރީ ތިއެހީ އަންހެން ކުއްޖެއްގެ ވާހަކަ, އެހެން އެހީމަ ވަރަށް އަހާލާ ހިތްވޭ ސާރާ އެއީ ކާކުތޯ, ހާއްސަ ކުއްޖެއްތަ” އަރުޝް އެ ސުވާލު އެހީ ހިތުގައި ގާ ގަޑެއް ބާއްވައިގެންނެވެ. އަދި ސާރާ އަކީ ޝާމިންއަށް ހާއްސަ ކުއްޖެއް ކަމުގައި ވިއްޔާ އަރުޝްގެ ހިތް ހަލާކުވީއެވެ.

ޝާމިން ހިނިތުންވެލުމަށް ފަހު ދިން ޖަވާބުން އަރުޝްގެ ހިތް ހީވީ ހުއްޓުނުހެންނެވެ. ސާރާ އުމުރަށް ގެއްލިއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ. ދެވަނަ ފަހަރަށް ވެސް ކީކޭހޭ އަހާލެވުނީ ގަބޫލް ނުކުރެވިފައެވެ.
“އާނ, އެއީ ވަރަށް ހާއްސަ ކުއްޖެއް” ޝާމިންގެ ޖަވާބުން އަރުޝްގެ ހިތަށް ހީވީ ތޫނު ހަންޒަރެއް ހަރާލިހެންނެވެ. ވަރަށް ހިތްވަރުކޮއްފައި އިތުރަށް އެނގެން ބޭނުންވާތީ އަނެއްކާވެސް ބުނެވުނެވެ.
“ދެން ކީއްވެ ކުރިން ނުބުނީ” ވޭނީ އަޑަކުން އަރުޝްއަށް އަހާލެވުނެވެ. ޝާމިންއަށް އަރުޝް އާ ދިމާލަށް ބަލާލެވުނީ އަރުޝްގެ އަޑު ތަފާތުވުމުންނެވެ. “ސާބަސް އަރުޝް، އެއީ ބުނާ ވަރުގެ ކަމެއްތަ, ތިޔަ ހީކުރާހާ ހާއްސަ އެއްނޫނޭ، މަންމަގެ ވަރަށް ގާތް މީހެއްގެ ކުއްޖެއް އެއީ، މަަންމަ ބުނެގެން ދުވަސްދުވަހުން މިގެއަށް އަންނާނެ, މަންމަ ކުއްލިއަކަށް ކާފަ ބަލިވެގެން އިނގުރައިދުއަށް ދާން ޖެހިގެން ދަމުން ބުނެފަ ދިއައީ ސާރާ އަންނާނޭ, އެހެންވެޔޭ އެހީ, އަހަރެން ހާއްސަ ބުނި ބަހުގެ މާނަ އެހެން ގޮތަކަށް ނަގައިގެން ތިއިނީ, އެހެންނޫނަސް އަހަރެން ކަހަލަ ފަހަރަކު މީހަކާ ހިތާވާ މީހަކު ނުވާނެ އެއްނު އެކަހަލަ އަދި ނިކަމެތި ކުދިންނަށް ދޯކާ ދޭކަށް, ސާރާ އަކީ ވަރަށް ރަނގަޅު ކުއްޖެއް، މުރާލި, މީހުންނާ ގުޅޭ ކުއްޖެއް، އަހަރެންނަށް ލޯޔަލް ނުވެވިދާނޭ އެ ހިޔާލް ދޫކޮއްލީ, ހީކުރީ ދޯ އެކަހަލަ ކަމެކޭ, އަހަރެން ދެކެނީ ކޮއްކޮއެއްގެ ހައިސިއްޔަތުން, އަހަރެން އެހެން ގޮތަކަށް ދެކެނީ ކަމަށް ހީކޮށް ކަޑަވެފަ ދޯ ތި އިނީ, އެކަހަލަ ކަމަކަށް ވިސްނުމުގެ ކުރިން ވެސް އަރުޝް ކައިރީ ބުނާނަން, ދެން ތި މޫޑް ރަނގަޅު ކުރޭ” ޝާމިންބުނެލި ބަސްތަކުން އަރުޝްއަށް ހީވީ ދެ އީދު އެއްފަހަރާ އައިސްގެން އުޅުނުހެންނެވެ. ދެެެންމެ ކުލަ އޮއްސިފައިވާ މޫނު އުފަލުން ފުރުނެވެ. އަލްޙަމްދުލިއްލާހި އޭ ވަގުތުން ހިތާ ހިތުން ބުނެ, ޝާމިންގެ ގައިގަ ބައްދާގަތްފަ އިންތަނުން ތެދުވެގެން ދިޔައެވެ. ޝާމިން ވެސް ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު އަޖައިބެއް ކަހަލަ މީހެކޭ ބުނެ ތެދުވެގެންދިޔައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަރ ޖެއްސި ފްލައިޓުން ފޭބި އަންހެނަކަށް އެ ސަރަހައްދުގައި ތިބި މީހުންގެ ލޯތަށް އަމާޒުވެގެން ދިޔައެވެ. ކުރިއަށް ދާ ވަރަކަށް މީހުންގެ ބެލުންތަށް އިތުރުވިއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ތުން ތަޅުވަމުން ދިޔައީ ދިވެއްސެހޭ ސުވާލު ކުުުރަމުންނެވެ. އެހެން ނުވާންވީ ސަބަބެއްނެތެެވެ. ބަލާބެލުމަށް ވެސް މުއްސަނދި ދިރިއުޅުމެއް އުޅޭ މީހެއްކަން ފެންނަ ކޮންމެ މީހަކަށް ވެސް އެނގޭހާ ވެއެވެ. އަތުގައި ރަނުގެ ކެވެލިތަކުން ވަނީ ފުރިފައެވެ. ފައިގައި ކެވެލި އަޅައިފައެވެ. ލާފައިވާ ކުޑަ ޓޮޕް ކޮޅުން ބަނޑުގެ އެއްބައި ފެންނަ އިރު, ތުނި ލޭސް ޓޮޕް ކޮޅުގެ އަޑިން ލާފައިވާ ހިމަ ވާކޮޅުލީ ކުރު ބޮޑީ ޝޫޓްއިން އެއްބައި ފޮރުވުނަސް ބުރަކަށީގެ ބައެއް ހާމަވެއެވެ. އަރާފައިވަނީ މިހާރުގެ އެންމެ ފެޝަން ހީލްއަކަށެެވެ. ބޮލުގެ އިސްތަށިގަނޑުގައި ރަން ކުލައެއް ޖައްސާފައިވާ އިރު އިސްތަށިގަނޑު ވަނީ މައްޗަށް ނަގާ ހުޅިއެއް ޖަހާފައެވެ. އެހެންކަމުން އެމީހާގެ ދޮން ކަނދުރާ އޮތީ ހާމައަށެވެ.އަތުގެ ނިޔަފަތިތަށް ދިގުކޮށް ކުލަ ޖައްސާފައިވެއެވެ. ކަންފަތުގައި ބޮޑު ބޮޅެއް އެލުވާފައި ވާ އިރު އޭގެ މަތިން ތިން ހަތަރުތަން ތޮރުފާފައި ހުރި އިރު ނޭފަތްވެސް ތޮރުފައިފައިވެއެވެ. ބަލާބެލުމަށް އެންމެ ވައްތަރީ ޔޫރަޕްގެ މީހަކާއެވެ. އެހެންނަމަވެސް އެމީހަކީ މި ދިވެހި ރާއްޖެއަށް އުފަން ދިވެހި ދަރިއެކެވެ.

އެއަރޕޯޓުން ނިކުތް ގޮތަށް ފާލަން ކައިރީ މަޑުކޮއްލުމުން އެ ލޯންޗުގައި ހުރި މީހާ އައިސް ފޮށިތަށް އެރުވުމުން އަންހެންމީހާ ލޯންޗަށް އަރާ ހަމަޖެހިލިއެވެ. ބަލާބެލުމަށް ހީވަނީ އަމިއްލަ އެއްޗެއް ހެންނެވެ. ލޯންޗަށް އެރުމާއެކު ލޯންޗު ނައްޓާލިއެވެ. އަމާން އޮމާން ކަމާއެކު ކަނޑުގެ ލޮނު ގަނޑު ކަފަމުން އައި ލޯންޗް މާލޭގެ ބަނދަރަށް މަޑު ކުރި އިރު އިންތިޒާރުގައި ކާރެއް އައިސް އޮތެވެ. ލޯންޗު ކައިރި ކުރުމާއެކު ޑްރައިވަރު ފޮށިތަށް ނަގާ ޑިކީ އަށް އެރުވުމުން, އަންހެންމީހާ ގޮސް ކާރަށް އެރިއެެވެ. އެރުމާއެކު ކާރު ދުއްވާލިއެވެ. މާލޭގެ ހަލަބޮލި މަގުތަކުގައި ކާރު ދުއްވަމުންގޮސް މަޑުކޮއްލީ 10 ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. އެމީހާ ކާރުން ފައިބައިގެން ގޮސް ކާޑު ޖައްސާލުމަށްފަހު އެތެރެއަށް ވަނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ލޯތްބަކީ 6

Next

އެ ރޭގަނޑު 3

Next
August 15, 2018

އެ ރޭގަނޑު 3

Previews
August 15, 2018

ލޯތްބަކީ 6

22 Comments!

  1. Kiuntheriyaa says:
    August 15, 2018 at 2:15 pm

    Dhigu inthizaarakah fahuves haadha kurey but nice story

  2. naash says:
    August 15, 2018 at 2:17 pm

    yeehh… me first

  3. naash says:
    August 15, 2018 at 2:19 pm

    ooooopps me second dhw… anyway stry vvvvvv nice maasha allah

  4. Sh@_n@ says:
    August 15, 2018 at 3:07 pm

    Thanx kiuntheriyaa❤?❤❤

    1. Your fan says:
      August 15, 2018 at 3:14 pm

      Umm.. Dear.. Reply ah fihthaalaafa readers aa dear reply kollan v nu.. Maa faseyha vaane eyrah dear ah ves.. ☺️ Hama bunely ingey.. ☺️ BTW story is fantastic! As usual.. Hehe.. ☺️☺️☺️☺️????? ❤️It.. ?☺️?????

  5. Sh@_n@ says:
    August 15, 2018 at 3:09 pm

    Thanx naash dear?❤❤??

  6. Xuam says:
    August 15, 2018 at 4:17 pm

    Maasha ahlla…. varah varah varah reethi….

  7. Sh@_n@ says:
    August 15, 2018 at 4:21 pm

    Thanx xuam❤?❤?

  8. Maya says:
    August 15, 2018 at 5:21 pm

    Vvv reeethi mi part vess??????❤️❤️?????… Eii arush ge mom kannenge dhww????thankolheh avahah up kohdhehchey plyxx ❤️❤️????❤️???

    1. Anonymous says:
      August 15, 2018 at 5:28 pm

      ??? I ah ves heevany Arush ge mamma hen.. Dhn balamaa dhw.. ???☺️

    2. Anonymous says:
      August 15, 2018 at 5:28 pm

      Vrh zeelagadha vaanehen heevany..

  9. Sh@_n@ says:
    August 15, 2018 at 6:05 pm

    Thanx Maya❤?❤?❤

  10. Sh@_n@ says:
    August 15, 2018 at 6:07 pm

    Heheh. Anonymous and maya lets see kaaku thw eee. ❤?❤?❤

  11. Unknown girlll.. says:
    August 15, 2018 at 7:25 pm

    Adhi alhah kanneyge commen5 mi kurany..ekamaku sh@_n@ ge vaahaka thakuge ehves part eh miss nukuran….mostly alhugandu kiyany favourit writers stories… ekamaku story eh reethikan ingeyny estory eh kyma dhw….egothah foohivegen eh dhuvahaku ky ememe furathama story ..v. reethi ..ur name ve been added to my favourit writers ge listah….. mi vaahaka ves habeys… keep up the good work..????…alhugandah vaahaka kamunogossiya dhen evaahakaeh nukiyan….ur story , 1st impression last impression..too good darling.?????.luv u more ❤❤❤,waiting….???

  12. Naju says:
    August 15, 2018 at 8:46 pm

    Masha Allah vvvvvvv nice mi story ❤❤❤❤

    1. Naju says:
      August 15, 2018 at 8:48 pm

      Naju ahvx hyvany eyee arushge mom hen

  13. Sheen says:
    August 15, 2018 at 8:57 pm

    Haadha kurey

  14. Sh@_n@ says:
    August 16, 2018 at 9:49 am

    Thanx naju❤???❤❤❤

  15. Sh@_n@ says:
    August 16, 2018 at 9:51 am

    Sry sheen. Vaguthu v varakun liyevey thw balany. try kuran dhigukurevey
    thw ❤???❤❤❤

  16. Ishaa says:
    August 17, 2018 at 12:38 am

    Vara Vara reeti …. Waiting waiting ….. koniruku next part

  17. Ishaa says:
    August 17, 2018 at 8:39 pm

    Alhey mirey part 8 up kodheebala plxxx

  18. Sh@_n@ says:
    August 17, 2018 at 11:47 pm

    Thank you so much unknown girlll. Thank you very much. Kuriah dhiumah v Bodu hiy vareh libey thikahala loabi loabi comment in. Luv u more and more darling❤?❤❤??❤❤?

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 8←


All Right Reserved!