Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 6

Dhonthiii Level 210 Stories100 Comments
August 15, 2018 3 Mins Read
16 Comments

ރ.އުނގޫފާރު އިންޖީނު ހަލާކުވުމުގެ ސަބަބުން ކަރަންޓް ދިޔަތާ ހަތަރުވަނައަށް ވީ ދުވަހު އާއިންޖީނެއްގެ އެހީއާއިއެކު މިއަދު ހެނދުނުގެ ވަގުތެއްގައި އަލުން ކަރަންޓްގެ ޚިދުމަތް ލިބެންފަށާފިއެވެ. ކަރަންޓް ނެތުމުން އޮފީސްތައްވެސް ބަންދުވުމުގެ ސަބަބުން އަޔާންއާއި ލިވްޔާއާއި ދިމާނުވެއޮތުމުން އަދިވެސް ލިވްޔާއަށް ޖަވާބެއް ލިބިފަކާނެތެވެ. 4 ދުވަސް ވީއިރުވެސް ލިވްޔާ އަދިވެސް އިންތިޒާރުކުރަމުން ދިޔައީ އަޔާންގެ ފަރާތުން އާނ ބަސް ލިބޭނެކަމަށެވެ. އަޔާންގެ ފަރާތުން އާނ ބަސް ލިބޭނެކަމަށްވާނަމަ އަޔާން ބޭނުންވާވަރަކަށް ވަގުތުދޭން ލިވްޔާ ހަމަތައްޔާރެވެ. ކަރަންޓު އަނބުރާއައުމުން ހުރިހާ މުއައްޒަފުންވެސް މިއަދު އޮފީހަށް ނުކުންނަންޖެހުނެވެ. ކަޅިޖަހާނުލާ އަޔާންއަށް ބަލަންއިން ލިވްޔާއަށް އޮފީހު މަސައްކަތްވެސް ކުރެވޭ ކަމަކަށްނުވިއެވެ. ލިވްޔާގެ ބެލުމުން އަޔާންއަށް އުނދަގޫވި ނަމަވެސް ނުދެނަހުރިކަމަށް ހަދައިގެން އިނުންނޫންކަމެއް ނުކުރެވުނެވެ. އޮފީސްގަޑި ހަމަވެ ގެޔަށް ދިޔައީވެސް އަޔާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއެވެ.        * * * * *              ކަރަންޓް ލިބުމާއިއެކު ޝައިރާ އަވަހަށް ބެލީ އޮންލައިންވުމަށްފަހު ރާއިލްއަށް ރިޕްލައިކުރެވޭތޯއެވެ. އެފްބީއަށް ވަތްހާއިރުން މެސެޖްތައް ފުލުފުލުން އަންނަންފަށާފިއެވެ.                   “އޭމް އައީ ރިޖެކްޓެޑް؟ ކީއްވެ ޖަވާބު ނުދެނީ؟ ވަގުތު ބޭނުންވަންޔާވެސް ބުނެބަލަ. ހެޔޮނުވާނެ ތިހެން ނުތަޅުވާ ޖަވާބެއްދީބަލަ. މަ ތަޅުވަން ދޯ އޮންލައިންވެސް ނުވަނީ. ފައިން. އެޓްލީސްޓް ބޭނުންނުވަންޔާ ނޯއޭވެސް ބުނެލިއްޔާ ކީއްތަވަނީ؟ އައިތޯޓް ޔޫއަރ ޑިފަރެންޓް. އެކަމް އެހެން އަންހެނުންނެކޭ އެއްވެސް ތަފާތެއްނެތް. ބައިދަވޭ މައި މޮމް ވިލްނޮޓް ލައިކް ޔޫ އެއިދާރ ކޯޒް ޔޫ އަރ ފްރޮމް އަ މިޑުލްކްލާސް ފެމިލީ އެޑް ވީއަރ ސުޕަރ ރިޗް. ސޯ ޔޫ ޑަޒަންޓް ޑިޒާރވްމީ.” ރާއިލްގެ މެސެޖުކިޔާ ނިމުންއިރު ޝައިރާހުރީހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ރާއިލް އެވަރަށް އެއްޗެހި ކިޔުމުން ޝައިރާގެ ކުށެއްނެތްކަން ބުނެދޭން ބޭނުންވިއެވެ.                   “އެއްގޮތަކަށްވެސް ރާއިލް ތަޅުވާކަށެއްނޫން ހަމައަސްލުގަވެސް ރިޕްލައި ނުކުރެވޭކަހަލަ ގޮތެއް މެދުވެރިވީ. ރާއިލްއަށް އެވަރު ނުވިސްނުނީތީ ވަރަށްދެރަވެއްޖެ. ރަށު އިންޖީނު ހަލާކުވެގެން ކަރަންޓާ ނުލާ އުޅޭތާ 4 ދުވަސްވީ އެންޑް މި މިޑުލްކްލާސް އަންހެންކުއްޖާގެ ގޭގާ ހުންނަނީ ވައިފައި އެންޑް ޑާޓާ ހަދަން އިތުރު ޚަރަދެއް ނުކުރެވޭނެ މުއްސަނދިން ނޫންވީމަކާއެއް. ބައިދަވޭ އައިވޯންޓެޑް ޓު ސޭ ޔެސް ބަޓް އައިމް ޝުއަރ ނައު ޔޫ ޑޯންޓްނީޑް މައި އާންސާރ.” ނަސީބު ދިމާކުރިގޮތުން ރާއިލްއިނީ އޮންލައިންގާ ކަމުން ވަގުތުން ކިޔާލާފަ ރިޕްލައިކުރީއެވެ.          “އޯ ޝިޓް، އައިމް ސޯސޮރީ. ރުޅިއާދެވުންވަރުން ކިޔުން ނުކިޔުން އެއްޗެއްވެސް ނޭނގުނީ. ޕްލީޒް ވަން މޯ ޗާންސްއެއް ދީބަލަ. ޕްލީޒް ޕްލީޒް”   ރާއިލްގެ އެ މެސެޖް ފެނުމުން ޝައިރާއަށް ވަގުތުން “ޔެސް ޔެސް ޔެސް” އޭ އެތަށް ފަހަރަކު ރިޕީޓްކޮށް ފޮނުވުނެވެ. ޝައިރާއެހުރީ ހަމަރަނގަޅަށްވެސް ރާއިލްއަށް ގޮސް ހުސްވެފާކަން ޝައިރާގެ އެއަމަލުން ކޮންމެ މީހަކަށްވެސް ދޭހަވާނެކަން ކަށަވަރެވެ. އެނޫންނަމަ ރާއިލް އެވަރަށް އެއްޗެހި ކިޔުމުންވެސް ކަމެއްނުވާކަމަށް ހަދާލާފަ އެހާ އަވަހަށް ރާއިލްއަށް އާނ ބަސް ނުދޭނެކަން ގައިމެވެ. ކޮންމެއަކަސް މިއަދު ރާއިލްއާ ޝައިރާގެ ގުޅުން އެއޮތީ ފެށިފައެވެ. ކޮންމެ ރެޔަކު 8:00 ގެ ފަހުން އޮންލައިންވުމަށް ބުނެ ރާއިލް އޮފްލައިންވީއެވެ.                   * * * * * *           ހަފްތާއެއް ވީފަހުން އަޔާންގެ ޖަވާބު ލިވްޔާއަށް ލިބުނެވެ. އެދުވަހު ހަވީރު އޮފީސް ނިންމާފަ ގެއަށް ގޮސް ވަތްހާއިރުން އައި މެސެޖްއިން އަޔާންގެ ޖަވާބު އެނގިގެންދިޔައެވެ. އަޔާން އާނއެކޭ ބުނީއްސުރެން އަޔާންގެ ކައިރިއަށް ދާހިތުން ލިވްޔާއަށް ކެއްވަނީކީއެއްވެސް ނޫނެވެ. މިރޭ ދިމާވެލާން ބޭނުންކަމަށްބުނެ ތަނާއި ވަގުތު ވެސް ލިޔެލާފަ މެސެޖްކޮއްލުމަށުފަހު ލިވްޔާ ވެސް ދިޔައީ ކާއެއްޗެއް ކައިގެން އަވަހަށް ފެންވަރާ ރެޑީވެލާށެވެ. އަޔާން އެއްގޮތަކަށްވެސް ލިވްޔާއާއި މީޓްކުރާކަހަލަ މޫޑެއްނެތުމުން ބޮލުގާ ރިއްސާތީ މިރޭ ނިދާލަން ބޭނުމޭ ކިޔާ ބަހަނާއެއް ދައްކަމުން ލިވްޔާއަށް މެސެޖް ކޮށްލުމަށްފަހު ވިސްނާލިއެވެ. ލިވްޔާދެކެ ލޯބިނުވިޔަސް ލިވްޔާދެރަނުކޮށްލަން އާނ އެކޭ ބުނެވުނު މޮޔައެބަހިތަށްއަރައެވެ. ލިވްޔާ ބައްދަލް ކުރުމަށް އެދުމުން އަބަދަކު މިގޮތަށް ބަހަނާއެއްވެސް ނުދެއްކޭނެއެވެ. މިހާރު އަޔާންއާއި ސުމާގެ މާބޮޑު ތަފާތެއްވެސް ނެތެވެ. ސުމާވެސް އަޔާން އާދޭސް ކޮށްކޮށް ކަންފަތިވީމާ ނޫނީ ބައްދަލު ކޮށްލަންވެސް ނާންނާނެއެވެ. ހަމައެކަނި ތަފާތަކީ ސުމާހާ ބޮޑާވެ ހިތުހުރިހާއެއްޗެއް ނުކިޔާކަމެވެ. ލޯބިނުވާ މީހަކާއެކު އުޅުމީ ހާދަހާވާ އުނދަގޫ ކަމެކޭ އަޔާންގެ ހިތަށްއެރިއެވެ.                      * * * * * *                ރާއިލްއާއި ބައްދަލު ކުރަން ޝައިރާ މާލެދާދުވަސް ވެސް އައިސް ޖެހިއްޖެއެވެ. ރާއިލް ރާއްޖެއަންނަން ބުނި ދުވަހަކީ ބޮޑުޢީދު ދުވަސްކޮޅެވެ. ނަސީބު ދިމާކުރިގޮތުން ޝައިރާގެ ބައްޕަވެސް އީދުޗުއްޓީގާވަނީ ވިޔަފާރިކޮށްލުމަށް މާލެދާން ހަމަޖެހިފައެވެ. ޝައިރާ މާބޮޑު ބަހަނާއެއް ދައްކަން ނުޖެހުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. މަންމަ ކައިރި ވަރަށް އަވަހަށް އަންނާނަން ކަމަށްބުނެ ޝައިރާ ބައްޕައާއި އެކު މާލެފުރާފިއެވެ. މާލެ ދިޔަފަހުން އެނގުނީ ރާއިލްއަށް އާދެވެން ނެތްކަމެވެ. ޢީދުޗުއްޓީ ލިބުނުނަމަވެސް އެސައިންމެންޓްތައް ގިނަކަމުން އާދެވެންނެތް ވާހަކަބުނީވެސް ޝައިރާ މާލެދިޔުމުންކަމުން ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ. އެކަމަކު ރާއިލްއަށް ދެން ލިބޭ ސެމިސްޓާރ ބްރޭކްގާ ޝައިރާމެން ރަށަށް އަންނާނެކަމަށް ބުނެ ހިތްހަމަޖައްސާލަދިނެވެ. ކަންތަން އެހެންވުމުން ޢީދު ޗުއްޓީނިމި އަނބުރާ ރަށަށް ދާންޖެހުނީވެސް ރާއިލްނުފެނިއެވެ.                   * * * * * * *     ދެމަސްދުވަސް ފާއިތުވެދިޔައިރުވެސް އަޔާންއާއި ލިވްޔާގެ ގުޅުން ކުޑަކޮށްވެސް ރަނގަޅު ނޫންކަން ލިވްޔާގެ ހަވަނަހިއްސު ލިވްޔާއަށް އިންޒާރުދިނެވެ. އެއީ އެހެން މީހުން ރައްޓެހިވެގެން އުޅޭއިރު މާފޮޅުވާ، އުޑުން ތަރިބާާއަލާދީ، ލޯބިވާވަރު ބަޔާންކޮއްދީ، މިސްވާވަރުން އަރުތެރެން ކާއެއްޗެއް ނުދިރި، ލޮލުފިޔައެއްނުޖެހި، އެތަކެއް ވައުދާ ހުވައެއްކޮށް، ދުނިޔޭގާ ލިބޭނެހާ އުފަލެއް ހޯދާދޭން ބުނެ، ދުވަހަކުވެސް ދޫނުކޮށްލާނެކަމަށް ބުނާނެއެވެ. ނަމަވެސް އަޔާން މިއިން އެއްކަމެއްވެސް ނުކޮއްދޭއިރު ކުޑަމިނުން ލޯބިވެޔޭވެސް ބުނެނުލައެވެ. އެހެންކަމުން ލިވްޔާ ނިންމީ އަޔާންއާއި ވާހަކަދެއްކުމަށެވެ. ރޭގަނޑު އެކަނިމާއެކަނި އަޔާންއާއި ބައްދަލުކުރަން އެގޭ ކައިރިއަށް ގޮއްސާ ގުޅީވެސް ބައްދަލުކުރަން އަޔާން ނައިސްދާނެތީއެވެ. ލިވްޔާގެ ލޮލުކޮޅައް އަޔާންފެނުމާއިއެކު ޝަކުވާކުރަންފެށިއެވެ. ނަމަވެސް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. އަޔާން ބުނިހާވެސް އެއްޗަކީ އަޔާސް އަކީ ޓީނޭޖް ކުއްޖެއް ނޫންކަމާއި 28އަހަރު ވެފާހުރި ބޮޑު ފިރެހެނެއްކަމުން އެހެންއުޅޭން ބޭނުންނުވަނީއެވެ. ކުއްލިއަކަށް އަޔާންގެ ކަނދުރާގާހީފާ ތިރިކޮށްލުމަށްފަހު އަޔާންގެ ތުންފަތުގާ ބޮސްދިނެވެ. އަޔާންއަށް ލިބުނު ސިހުމުން އަތުހުރިބާރާއެކު ލިވްޔާ ކޮއްޕާލެވުނެވެ. “މިހާރު ކީއްތަވީ؟ ގައިމުވެސް މިފަހަރު މިކުރީ ބޮޑެތި މީހުންކުރާކަމެއް އަހަންނަށް އެނގޭ އަޔާން… …..” ލިވްޔާގެ ވާހަކަ ނުނިމެނިސް އަޔާންއަވަހަށް ގޮސް ގެއަށްވަނެވެ. ދެންއައީ ބޮޑުޢީދު ޗުއްޓީކަމުން އޮފީސްވެސް ނެތުމުން ލިވްޔާއަށް އަޔާންއާއި ދިމާވާނެގޮތެއްނުވިއެވެ. ކިތަންމެވަރަށް ގުޅިޔަސް ބުނަނީ އެނަންބަރު ބޭނުންނުކުރާކަމާއި ނަންބަރު ޗެކްކޮށްލުމަށްފަހު އަލުންގުޅުމަށް.       ޢީދުބަންދު ނިމި އޮފީހަށް ނުކުތްދުވަހު އެނގުނީ އަޔާން އޮފީހުން ވަކިވިކަމެވެ. އަނެއްކާ އަޔާންއަށް ކަމެއްވީބާއެވެ ނޫނީ ލިވްޔާއާހެދި އޮފީހުން ވަކިވީބާއެވެ.                       =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ޙަމްޒާ ރަޟިޔަ ﷲ ޢަންހު

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 7

Next
August 15, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 7

Previews
August 15, 2018

ޙަމްޒާ ރަޟިޔަ ﷲ ޢަންހު

16 Comments!

  1. naash says:
    August 15, 2018 at 2:10 pm

    yeh.. me first

  2. naash says:
    August 15, 2018 at 2:11 pm

    stry vvv salhi.. maasha allah… bt thankolheh kury.. bt its okii nxt part dhigu kohdhee fiyya k…

    1. Dhonthiii says:
      August 15, 2018 at 3:25 pm

      Yes ur first.. Thanks… will try ingey ??

    2. Twinkle? says:
      August 16, 2018 at 1:37 pm

      Congra lwbivaa naash sis

  3. Reeshh says:
    August 15, 2018 at 3:30 pm

    Varah reethi..
    Waiting for next part..

    1. Dhonthiii says:
      August 15, 2018 at 3:33 pm

      Thanxs Reeshh… ???wait kohlahchey

  4. kokkii says:
    August 15, 2018 at 4:42 pm

    v salhi….n thii raa atoll kujjeh tha?ehen ahaalee raa.ungoofarey liyefa otheema….just don’t mind nge

    1. Dhonthiii says:
      August 15, 2018 at 5:15 pm

      Thankyou…. nope im from lhaviyani atoll.. eii den hama hitah ai rasheh jahaalee hehehe..

  5. Twinkle? says:
    August 16, 2018 at 1:37 pm

    Stry hama best masha allah

    1. Dhonthiii says:
      August 16, 2018 at 1:52 pm

      Thankyou ??

  6. hash says:
    August 17, 2018 at 8:04 am

    wow hama habey..curius vejje mihaaru…when next part…waiting waiting???

    1. Dhonthiii says:
      August 17, 2018 at 3:12 pm

      Thanxs. Maadhan up kohladheynan…

  7. reee says:
    August 17, 2018 at 2:13 pm

    When is nxt part

    1. Dhonthiii says:
      August 17, 2018 at 3:13 pm

      Maadhan up kohladheynan…

  8. someone says:
    October 22, 2018 at 5:45 pm

    nice vaahaka eh vvv kiyahiiy va gothaka liyefa huree keep it up???

  9. Unknown says:
    November 5, 2018 at 6:27 pm

    EY, konmehen kujjeh eba ulhey mi story nufenigen. Please help her!!

Comments are closed.

Next Episodeލޯތްބަކީ 7←


All Right Reserved!