Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ 12

Ninnu Level 210 Stories
September 28, 2018 5 Mins Read
25 Comments

ޔަލާ ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިން އައްރާދުގެ ހިތުގައި އުތުރި އަރަމުން ދިޔައީ މިހުރިޙައި ދުވަހު އޭނާއަށް ކުރެވެމުން އައި ކަންތަކެވެ. ރުހާނީ ބުނީ ތެދެއް ހެއްޔެވެ؟ އާރާއަކީ ހަމަ އަސްލުގައުވެސް އޭނާގެ ދަރިއެއް ހެއްޔެވެ؟  މޫނުގައި އަތް ހާކާލަމުން އައްރާދު ހާޅޭއްލަވައި ގަތެވެ. އޭނާ މިވަގުތު ދެކިލަން ބޭނުމީ ހަމައެކަނި ރުހާނީއެވެ. އާރާއަކީ އޭނާގެ ދަރިއެއް ވިއްޔާ އެކުއްޖާ ގެންނާށެވެ. އައްރާދު ކުއްލިއަކަށް ހަނދާންވީ ރުހާނީ އޭރު ބޮލުގައި ރިހޭތީ އުޅުނު ދުވަސްތައް މަތިންނެވެ. ރުހާނީ ހޭނެތުނު ދުވަސްމަތިން އިތުރަށް ހަނދާންވުމުން ބޮޑަށް އައްރާދަށް ޔަޤީންވިއެވެ. އެއީ އެފޮޓޯތަކެއް އޭނާއަށް ފެނުމުގެ މާދުވަސް ތަކެއް ކުރިންނެވެ. ލޯމަރާލަމުން އައްރާދު އެނދަށް ވެއްޓި ގަންނަމުން ފޯނުނަގައި ރުހާނީއަށް ގުޅާލިއެވެ. ނަމަވެސް ރުހާނީ ފޯނު ކަނޑާލީއެވެ. ރުޅިއައިސް ރަތްވި މީހާ އެނދުން ތެދުވެގެން ބޭރަށް ހިނގައިގަނެއްޖެއެވެ.

އައްރާދު ވަގުތުން ސައިކަލަށް އަރައިގެން އެގެއާއި ދިމާލަށް ދުއްވާލިއެވެ. ސައިކަލު ޕާކު ކޮއްލުމަށްފަހު އައްރާދު އެގޭގެ ތެރެއަށް ވަގެދެން ދިޔައީ ކުޑަކޮށް ދުވަމުންނެވެ. ދޮރުގައި މީހަކު ބާރަށް ޓަކި ޖަހަން ފެށުމުން ނޫރުއައިސް ދޮރު ހުޅުވާލިއެވެ. ކަން ދިމާކުރި ގޮތުން ނޫރު ހުރީވެސް އާރާ ގޮވައިގެންނެވެ. އެވަގުތަކީ އާންމުކޮށް ނޫރު ބްރޭކް ގަޑި ކަމުން އޭނާ އަބަދުހެން އުޅޭނީ ތިން ކުދިން ގޮވައިގެންނެވެ. އައްރާދު ވަގުތުން ނޫރު އަތުން އާރާ އަތުލަމުން ދުރަށް ހިނގައި ގަނެއްޖެއެވެ. ނޫރު ހަޅޭއްލަވައިގަތީ އައްރާދުގެ އާރާ ޖަހައި ގަނެގެން ކަހަލަ ގޮތަކަށް ދިޔުމުންނެވެ. އައްރާދުގެ ފަހަތުން ނިކުމެގެން ދުވަމުން ނޫރުއަކަށް އައްރާދާއި އަރައި ހަމައެއް ނުކުރެވުނެވެ. އެއަށް ވުރެ ބާރަށްހެ އައްރާދު ގޮސް ޓެކްސީއަކަށް އަރައިފިއެވެ. ނޫރުއާއި އެކުހެން ދުވަމުން އައި ރުހާނީ ރޮވެން ފެށުނީ އައްރާދު ކާރަށް އެރިތަން ފެނުމުންނެވެ. އޭރު އާރާއަށްވެސް ރޮވެއެވެ. އައްރާދު ބޭނުންވީ އޭނާގެ ގެއާއި ހަމައަށް ރުހާނީ ގެންނާށެވެ. ހަމައެކަނި އެވަރެވެ.

“ރާދު…” ތިރިވެ އިށީނދެވުނު ރުހާނީ ގައިހުރި ބާރެއްލާފައި ހަޅޭއްލަވައިގަތެވެ. އަދި ރޮވެންފެށުމުން އޭނާ އަނގަމަތީގައި އަތްއަޅާލިއެވެ. ނޫރު ވަގުތުން ރަހުމާއާއި ރިޔާޒު އަދި ޝަރޫނާއަށް ގުޅާލިއެވެ. އޭނާއަށް ހަދާނެ ގޮތެއް ނޭނގުނެވެ.

އެޕާޓްމެން ދޮރުގައި ތަންކޮޅެއް ބާރަށް މީހަކު ޓަކި ޖަހާލުމުން އައްރާދު ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ރަހުމާއެވެ. ރަހުމާ އައްރާދުގެ އުރުގައި ހެވިފައި އިން އާރާއަށް ބަލާލަމުން އައްރާދުގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަދި ރަހުމާއެއީ ކާކުކަން ބުނަމުން އެތެރެއަށް ފިޔަވަޅު އަޅާލިއެވެ.

“ރާދު ދޯ…” ރަހުމާ ފަރުވާތެރި ކަމާއެކު ބަލާލަމުން ބުނެލިއެވެ.

“ހޫމް…” އައްރާދުވެސް ބޯ ޖަހާލިއެވެ. އަދި އާރާ ރަހުމާގެ އަތަށް ދިއްކޮށްލަމުން މާފަށް އެދުނެވެ. ރުހާނި ރުޅިއަންނާނެ ވަރު ހިތަށް އެރުމުން އައްރާދު އިތުރަށް ހާސްވިއެވެ. މިހާރު ރުހާނީ ރޯނެވަރު އައްރާދު އިހުސާސްވިއެވެ.

“ރާދު ތިހެން ކަންތައް ކުރީމަ ހީވޭތަ ރިޔާޒު ހުންނާނެހެން މަޑުން…” އިންޒާރެއް ދޭފަދަ ގޮތަކަށް ރަހުމާ ބުނެލިއެވެ. ތެދެކެވެ. ރިޔާޒު އޭނާގެ ދެދަރިންނަށް ދެރައެއް ލިބުނަކަ ނުދޭނެއެވެ.

“ރިޔާޒު މިތަނަށް އައިސް މުނިގެ ބޮލަށްލާނެ.. މީ ރިޔާޒުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ އަންހެން ދަރި… އަދި ހުރި ހަމައެކަނި އަންހެން ކާފަ ދަރި…” ރިޔާޒުގެ ފާޑު ހަނދާންކޮށް ދޭފަދަ ގޮތަކަށް ރަހުމާ އެހެން ބުނެލުމުން އައްރާދު އިތުރަށް ހާސްވިއެވެ. އޭނާ ކިތަންމެ ބަޔަކު ދެކެ ރުޅިއައި ނަމަވެސް އެހެން ގޮސް ކުއްޖާ ގޮވައިގެން އައިސް ގެނެއްނުވާނެއެވެ.

“އާރާއަކީ އަހަރެންގެވެސް ދަރިއެއްނު…” ހާސްވެފައި ހުރި އައްރާދަށް ހަދާނެ ގޮތެއް ނޭނގުނެވެ. އޭނާއަށް ކުރެވުނު ކަމެއް މިއެނގުނީ އަދި ކިރިޔާއެވެ.

“ރާދުއަށް އެއްޗެއް ދައްކަންށާއެކުގަ އަހަރެން މިތަނަށް މިއައީ… އެހެން މީހަކު އައުމުގެ ކުރިން… ރިޔާޒު ފުރަތަމަ އަހަންނަށް ގުޅީ އަހަރެންނާ ހެދި ވާގޮތޭ ކިޔައިފަ…. އެމީހުން މިގެއަށް އެބަ އާދޭ… ” ކަރު އެލުވާލަމުން ރިޔާޒުގެ މަތިން ހަނދާންވި ރަހުމާ ބުނެލިއެވެ.

 

ރަހުމާ އޭނާގެ ފޯނު ހުޅުވާލަމުން އޭނާގެ ފޯނުގައި ރިކޯޑު ކޮއްފައިވާ ވީޑިއޯ ކޮޅު ދައްކާލިއެވެ. ދަތްކުނޑިވިކާލި އައްރާދު ވަގުތުން އެތަނުން ތެދުވެގެން ތިރިއަށްދާން ހިނގައި ގަތެވެ. ރަހުމާވެސް އައްރާދު ފަހަތުން ހިނގައިގަތީ އާރާގެ އުރުގައި ޖަހާލައިގެން އިނދެއެވެ. ތިރިއަށް ފޭބި އައްރާދު ފުރަތަމަވެސް ބަލާލީ އެތަނުގައި ސިބަތު ހުރިތޯއެވެ. މިވަގުތު އޮޅިގެންވެސް އޭނާއަށް ސިބަތު ފެނުނިއްޔާ ސިބަތު މަރާލަންވެސް އޭނާ ފަސް ނުޖެހޭނެއެވެ. ނަމަވެސް ތިރީގައި ތިބީ ސިބަތުއާއި އޭނާގެ އާއިލާ އެކަންޏެއް ނޫނެވެ. ރިޔާޒުއާއި ރުހާނީއާއި އަދި ޕޮލިހުންވެސް ތިއްބެވެ. އައްރާދު މަޑުޖެހިލަމުން ރޮވިފައި ހުރި ރުހާނީއާއި ދިމާލަށް ބަލާލަމުން ލޯމަރާލިއެވެ. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން މިއެނގުނީ އަދި ކިރިޔާއެވެ. ރަހުމާ އާރާ ގޮވައިގެން އަންނަތަން ފެނުމުން ރުހާނީ ދުވެފައި އައިސް އާރާ އުރާލައިގެން އެގެއިން ނިކުންނަން ހިނގައިގަތެވެ. އެއްފަހަރުވެސް ފަހަތަށް އެނބުރި ބަލާނުލައެވެ.

“ރޫހީ…” އައްރާދު މޫނުގައި އަތް ހާކާލަމުން ރުހާނީގެ ފަހަތުން ހިނގައި ގަތެވެ. ނަމަވެސް ގޭގައި ތިބި ދެޕޮލިހުން އެކަން މަނާކުރިއެވެ. އަދި އައްރާދުއަށް ނަސޭހަތް ދިނުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ. ދެވަނަ ފަހަރު މިކަހަލަ ކަންތައް ތަކުރާރު ނުކުރުމަށްވެސް ބުނެލިއެވެ.

“ރާދު ކީކޭ ހިތަށް އަރަނީ… ބޭނުންވީމަ ރުހާނީއަށް ގޮތްގޮތް ހެދޭނެއޭތަ… ބުނަން އަހަރެންގެ ހުރީ އެންމެ އަންހެން ފުރާނައެއް…”

“ބޮޑުބެ މާ ރީއްޗެއް ނޫން ރުހާނީ ދެކެ ލޯބިވާ ވާހަކަ ދައްކާކަށް…” އައްރާދު އައި ރުޅިމަތީގައި އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“ރާދު.. ތީތަ ބައްޕަ ދަސްކޮށްދިން ގޮތަކީ…” ރާމިޒު އައިސް އައްރާދުގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ.

“ބައްޕަ އަހަންނަށް ގޮތެއް ދަސްކޮށް ދިނިންތަ؟ އަހަރެން ބަލާ ބޮޑު ކުރީ މަންމައޭ… އެންމެ ފަހަރަކު ނަމަވެސް އަހާލިންތަ އަހަރެން ލޯބިވަނީ ކާކު ދެކެހޭ… އަހަރެން ރޫހީއާއި އިންނަން އެއްބަސްވެސް ވީ ބައްޕަ ގުޅާފަ މަންމައަށް ބިރު ދެއްކީމަ…” ރުޅިއައިސްފައި ހުރި އައްރާދު ތުރުތުރު އަޅައެވެ. މިއަދު ހީވަނީ ހިތުގައި ހުރި ހުރިހާ އެއްޗެއް އޭނާގެ ދުލުން ބޭރުވާނެ ހެންނެވެ.

“މިތަނުގަ މީހަކަށް މީހަކުގެ ވާހަކަ ދެއްކެން އެބައޮތްތަ… އަހަރެން ރޫހީ ދޫކޮށްލީ ބޭނުން ނުވެގެނެއް ނޫން… އެއީ ބައެއްގެ ރޭވުން… ބައެއް މީހުންހާ ދަށު ދަރަޖައަކަށް ދާކަށް ނޫން…” ފާޑަކަށް ހީލަމުން އައްރާދު އެހެން ބުނެލިއެވެ. ލޮލުގެ އެއްކަނަށް ޖަމާވަމުން ދިޔަ ކަރުނަތަށް ހިންދާލަމުން އައްރާދު ރާމިޒުއާއި ދިމާލަށް އެނބުރިލިއެވެ.

“ރާދު މިހާރު ކޮން ވާހަކައެއް ތިދައްކަނީ…” މިލްސިއާ އައިސް އައްރާދުގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. އޭނާ އަބަދުވެސް ނައުމަށްއެދި އާދޭސް ކުރިދުވަހަކީ މިއީއެވެ.

“ދައްތައަކަށް ނޭނގޭތަ އަހަރެން މިދައްކާ ވާހަކައެއް… މިދައްކަނީ ބައްޕައާއި މަންމަ ރީތި ރީތިކޮށް އުޅެނިކޮށް ދައްތަ އެދެމެދަށް ވަން ގޮތުގެ ވާހަކަ.. ދައްތަ ކީއްވެ މަސައްކަތް ނުކުރެވުނީ ހަމަ އަޅުގަނޑަށް ބައްޕަގެ ލޯބި ހޯދާދޭން… ބައްޕައާއި މަންމަގެ ލޯބި ލިބިގެން މިއާއިލާއިން ބޮޑުވީ އިރުފާންއާ ރައްޔާން އެކަނި…” އައްރާދު އެންމެނާއި ދިމާލަށް ބަލާލީ މަލާމާތުގެ ގޮތަކަށެވެ. އައްރާދު ބުނީ ދޮގެއް ނޫނެވެ. މައިން ބަފައިން އެހެން މީހުނާއި އިނދެގެން ދަރިން ހަކާލުވެގެން ދާކަމެއް އެމީހުނަކަށް ނުވިސްނުނެއެވެ. ހަމައެކަނި ހަރަދު ދިނުމުން އެނިމުނީ ހެއްޔެވެ.

“ބައްޕައަށް އެނގޭތަ މަންމަ ބަލިވެ އުޅޭކަން.. ބައްޕައަށް ކޮން ކަމެއް ކޮށްދެވުނީ އަހަންނަށް.. ސޯ މިއަދު އަޅުގަނޑާއި ރޫހީއާއި ދިރިއުޅުމަށް މިހެން ވުމުން އެކަކުވެސް އަހަރުމެން ބްލޭމް ނުކުރޭ… ވީ ޑިންޓްޓް އީވެން ވޯންޓް ދިސް…” އައްރާދު އެހެން ބުނެފައި ސިބަތު ހުރި ދިމާލަށް ހިނގައި ގަނެއްޖެއެވެ. އަދި ސިބަތު ކައިރީގައި ހުއްޓެމުން ބަލާލި ގޮތުން އެކަނިވެސް އައްރާދަށް ހުރިހާ ހަޤީޤަތެއް އެނގިއްޖެކަން ސިބަތުއަށް އެނގުނެވެ.

“އަހަރެން ބޭނުމެއް ނޫން މީނަ މިގޭގަ ހުންނާކަށް…” އައްރާދުދެން ބަލާލީ  ރާމިޒުގެ މުނަށެވެ. އައްރާދުގެ މޫނަށް އަރާފައިވާ ކުލައިން އެކަނިވެސް އޭނާއަށް އައްރާދުގެ އާދޭސް ނަގައި ގަނެވުނެވެ.

“އެއީ ކީއްވެ؟ މީ ސިބަތުގެވެސްގެ.. އަހަރެންގެ ސިބަތު އެއްވެސް ތާކަށް ނުދާނެ..” މިލްސިއާ ހަޤީޤަތް ނޭނގިހުރެ ސިބަތުގެ އަތުގައި ހިފަމުން ގެނެސް ރާމިޒުގެ ކައިރީގައި ބެހެއްޓިއެވެ.

“ރާމިޒު ސިބަތު ވަކި ދާނީ ކޮންތާކަށް… ރާމިޒުގެ ދަރިއެއްހެން ސިބަތުވެސް ބޮޑުވީ..” މިލްސިއާ ރޮވޭ ގޮތްވުމުން ރާމިޒު ދުރަށް ބަލާލިއެވެ. އޭނާއަށް މާގިނައިން އަންހެނުން ބުނާ ގޮތް ހެދިއްޖެއެވެ. އައްރާދު އެއްވެސް ކަމެއްނުވެ އެހެން ނުބުނާނެކަން ރާމިޒުއަށް އެނގެއެވެ.

“މީ އަހަރެންގެ ދެދަރިންގެ ގެއެއް މިލްސިއާ… މިލްސިއާ މެންގެ ބޮޑު ގެއެއް އެބަހުރި އޭރު ސިބަތު ކުޑަކަމުން މިލޫއާއެކު ގެނައީ… މިހާރު އަހަންނަށް މުހިންވީ އަހަރެންގެ ދަރި…” އައްރާދުގެ ލޮލަށް ބަލާލަމުން ރާމިޒު ހީލިއެވެ. ބަދަލުގައި ހީނުލި ނަމަވެސް އައްރާދުގެ މޫނުމަތިން އުފާވެރިކަން ފާހަގަވިއެވެ.

“އެކަމް..” މިލްސިއާ އެއްޗެއް ބުނުމުގެ ކުރިން ރަހުމާ އޭނާގެ ފޯނުގައިވި ވީޑީއޯ އެންމެނަށް ދައްކާލިއެވެ. ހުރިހާ މީހުނަށްވެސް އަނގަމަތީގައި އަތް އަޅާލެވުނީއެވެ. މިލްސިއާ ވަގުތުން ސިބަތުގެ އަތުން ދޫކޮށްލާފައި ދުރަށް ދުއްވައި ގަނެވުނީއެވެ. އެންމެންގެ ތެޜޭގައި އޭނާ މިއަދު ހުންނާކަށް ބޭނުމެއް ނުވިއެވެ.

ރަހުމާއާއި ރިޔާޒު އެތަނުން ނިކުމެގެން ދިޔައީ އެއްކޮށް ހެނެވެ. ނަމަވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެއަށްވުރެ އެދެމީހުން ތިބީ ރުޅިއައިސްފައެވެ. ސިބަތުގެ އެރޭވުމުން ހަލާކުވީ ރުހާނީއާއި އައްރާދުގެ ދިރިއުޅުމެވެ. ނަމަވެސް އަދި އުފަލަކީ އެދެމީހިން ވަރި ނުވާކަމެވެ. ގެއަށް ވަން ރިޔާޒު އެންމެ ފުރަތަމަވެސް ބަލާލި ގޭ އެތެރެއިން ރުހާނީ ފެނޭތޯއެވެ. މިއަދު އައްރާދު ދެއްކި ވާހަކަތަށް ވިސްނާލެވުމު ރިޔާޒުގެ ބޮލުގައި އެނބުރެމުން ދިޔައީ ރައްޔާން ރުހާނީ ގޮވައިގެން އެގެއަށް އައި ދުވަސް މަތިންނެވެ. އެމީހުނާހެދި ހަލާކުމިވީ އެހެންދެކުދިންގެ ދިރިއުޅުމެވެ. ދަރިން ރަނގަޅު މީހަކާއި އިންނަން އުޅުމުން ނުހުއްޓުވާންވީ އެހެންވެއެވެ. ފަހުން އެކުދިން މައިންބަފައިން ގަބޫލުވާ މީހުނާއި އިނދެގެން ދިރިއުޅުން ހަލާކުވުމުން އެކަމާއި ދެރަވާނީވެސް ހަމަ އެމައިންނާއި ބަފައިންނެވެ. ދަރިން ނަފްރަތުކުރުން ގިނަވަނީވެސް މިހެން ވެގެންނެވެ. ސޯފާގައި އިށީން ރިޔާޒު މެޔާއި ދިމާލަށް އަތް ގެންގޮސް ގަމީހުގެ މަތިން ހިފަހައްޓާލީ މެއަށް އެރި ތަދެއްގެ ސަބަބުންނެވެ. ތިރިއަށް އައި ރުހާނީ ފެނުމުން ރިޔާޒު އެދިމާއަށް އަތް ދިއްކޮށްލިއެވެ.

“ބައްޕާ..” އެދިމާލަށް ދުވެފައިއައި ރުހާނީ ހަޅެއްލަވައި ގަތެވެ. ލޯމައްޗަށް އަނދިރިވަމުންދިޔަ ރިޔާޒު ހީލީ އެހައި ދުވަސް ފަހުން ރުހާނީ ބައްޕާއޭ ކިޔާފައި ގޮވާލުމުންނެވެ. އެއަޑަށް އެހެން މީހުންވެސް އެދިމާއަށް  ދުއްވައި ގަނެއްޖެއެވެ. އޭރު ރިޔާޒު ލޯމެރި ސޯފާއަށް ވެއްޓިއްޖެއެވެ.

*****

1 އަހަރު 3 މަސްކުރި

“ގެޓް ދެޓް ސްލަޓް އައުޓް އޮފް މައި ހައުސް…” ރުޅި އައިސްފައި ހުރި އައްރާދު ރައްޔާންއާއި ދިމާލަށްވެސް ހަޅޭއްލަވައި ގެތެވެ.

” ރާދު… ދެން ތިހެން ނުބުނައްޗޭ… އެއީ އަހަރެންގެ ކޮއްކޮ..” ރައްޔާންގެ ރަތްވެގެން ދިޔަ މޫނާއިއެކު އޭނާގެ އަތްވެސް ހަރަކާޔް ކޮއްލިއެވެ.

“ކީއްވެ ނުބުނަންވީ.. އޭނަ އެހެރީ އެހެން މީހެއްގެ ދަރިއަކަށް ބަލިވެ އިނދެ…” އައްރާދު އެހެން ބުނުމުން ރައްޔާން ބަލާލީ ރުހާނީގެ މުނަށެވެ.

“ރޫހީ ވަޓްސް ގޮއިން އޯން.. ޓެލްމީ ހީއިޒް ލައިން…” ރުހާނީ ގަބުވެފައި އިންނަން ފެށުމުން ރައްޔާން އޭނާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ރުހާނީ ހުރީ އައްރާދުގެ މޫނަށް ބަލަހައްޓައިގެން ދެލޯބޮޑު ކޮއްލައިގެންނެވެ. އެއްފަހަރު ނަމަވެސް އޭނާއާއި ދިމާލަށް ބަލާލާއި އެއީ ދޮގެކޭ ބުނެބަލާށޭ ރުހާނީގެ ހިތަށް އަރަމުން ދިޔައެވެ. ބައެއް ފަހަރު ދޮގުކަން އެނގޭއިރުވެސް އަހަރުމެންނަށް އެއްޗެކޭއެއް ނުބުނެވެއެވެ. ލޯބިވާ މީހާގެ ފަރާތުން ކަންތަކަށް އެދެވޭލެއް، އިތުބާރުކުރެވޭލެއް ބޮޑުކަމުން ރުހާނީއަށްވެސް ވީއެހެންނެވެ. ދެލޯ ބޮޑުކޮއްލައިގެން އައްރާދު އެއީ ދޮގެކޭ ބުނޭތޯ އިނދެވުނީއެވެ. ރުހާނީ އައްރާދުގެ ލޮލަށް ބަލަންއިނީ ކުޑަވެސް ލޯބީގެ މިންވަރެއް އޭނާއަށްޓަކައި ފެނޭތޯއެވެ. ދެންމެ ދެންމެ ހަށިގަނޑުން ފުރާނާ ދަމައިގަނެފައި އިން މީހެން ފަދައިން ގަބުވެފައި އިނދެވުނީއެވެ. ރޯކަށްވެސް ހަނދާނެއް ނެތެވެ. ނޭވާލާންވެސް ހަނދާންނެތެވެ. އައްރާދު ތީ ދޮގެކޭވެސް ނުބުނެވުނެވެ. ހަމައެކަނި އައްރާދުގެ ލޮލަށް ބަލަހައްޓައިގެން އިނީއެވެ. ލޮލުން ފުރަތަމަ ކަރުނަ ތިކި ވެއްޓުނީ އައްރާދު ރުހާނީގެ މޫނަށް ބަލާނުލުމުންނެވެ.

ނުނިމޭ

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ދުވަހަކުވެސް މާފެއް ނެތް – 6

Next

ރާސްތާ 49

Next
September 28, 2018

ރާސްތާ 49

Previews
September 28, 2018

ދުވަހަކުވެސް މާފެއް ނެތް – 6

25 Comments!

  1. Ninnu says:
    September 28, 2018 at 8:38 pm

    guys sorry lahun up v ma.. i was busy with work ehnve aslu mihaa las mi v.. Sorry again.. 🙂

  2. Anonymous says:
    September 28, 2018 at 8:52 pm

    its ok . mi part ves v reethi. when next dear

    1. Ninnu says:
      September 28, 2018 at 8:55 pm

      veehaaves avahah up kuraanan next part in shaa allaah

  3. Aish maaya says:
    September 28, 2018 at 9:08 pm

    V salhi?❤emme kiyaahihva hisaabun e nimuny…next part whn…waiting?❤????????????❣

  4. Ma says:
    September 29, 2018 at 12:31 am

    Mi vaahaka dhigu vaahaka eyge gothuga genesdhin nama v salhivaane i mean 2 meehun dhuruvaan jehunu kantha ingunuley aslu ma avas… vaahaka v nice ekam heevani baey unikohlaaafa avahah nihmaalan ulheyhen

  5. Sasha says:
    September 29, 2018 at 7:04 pm

    i cant wait for next part
    avahah up kohdhehchey please :*

  6. Aish maaya says:
    September 29, 2018 at 11:02 pm

    Ninnu kobaa next part…pls avahah up kohdheeba..can’t wait

  7. Hai says:
    September 30, 2018 at 6:23 am

    Vvv reethi koba next part

  8. Loona says:
    September 30, 2018 at 6:24 am

    Vvvv. Obi❤❤❤❤??

  9. Hee says:
    September 30, 2018 at 6:28 am

    Koba next part
    Ava’s kolachay

  10. Fiu says:
    September 30, 2018 at 6:30 am

    Vvvvvvvvvvvvvvvvvv sali mi part was????

  11. Lim says:
    September 30, 2018 at 6:31 am

    Den ruhi enaga sakuvatha raadu a kiyadi…….this story is now my no. One story… Awsime
    Superb writer

  12. Giggle says:
    September 30, 2018 at 6:32 am

    When next part

  13. Kobaa kobaa says:
    September 30, 2018 at 11:52 am

    Next part kobaa

  14. Jai says:
    October 1, 2018 at 6:21 am

    Koba next part

  15. Hai says:
    October 1, 2018 at 6:24 pm

    Reethi hisaba diyama stuck via that….
    Vvvvv sali

  16. Yy says:
    October 1, 2018 at 6:25 pm

    Pls avaha up kodiba pls

  17. Up says:
    October 1, 2018 at 7:13 pm

    Mioh rythi hisaabah aissa stuck v.. alhey ???? dhn konirakun aneh part up kuranee

  18. ?☹ says:
    October 1, 2018 at 7:16 pm

    Alhey?mi story dhn up nuvanetha..pls ehn nuhadhahchey ninu

  19. Lim says:
    October 2, 2018 at 6:06 am

    koba that next part pls up kodiba…??????

  20. Anonymous says:
    October 2, 2018 at 4:44 pm

    ninnu plx upload soooon ???????

  21. Tt says:
    October 2, 2018 at 5:01 pm

    Pls a Ava’s kola ba….

  22. Ggg says:
    October 2, 2018 at 6:32 pm

    When next part

  23. Shaina says:
    October 2, 2018 at 6:51 pm

    Waiting for next part eagerly

  24. Love the stry says:
    October 2, 2018 at 8:05 pm

    Koba tha next part …pls up kodiba????????????????????

Comments are closed.


All Right Reserved!