ރާސްތާ 48
“ވިލް ޔު މެރީ މީ މައި ލަވް؟” ސުޕެއިން ބަހުން ބުނި އެތި އިނގެރޭސިން އާރާޝް ބުންޏެވެ. “ޔޭސް މައި ލަވް އައި ވިލް މެރީ ޔޫ” އިސްދަށަަށް ޖަހާލަމުން މާނީ އޭނާ ދިން ޖަވާބު އިނގެރޭސިން ދިނެވެ. އެއާއެކު ނާވްޔާއާއި އިސްރާ އަދި އިޝްމާ ދުވެފައި ގޮސް މާނީ ގައިގައި އޮޅުލައިގަތެވެ.
މާނީއާ އާރާޝަށް ހުރިހާ ކުދިން މަރުހަބާ ކިޔެވެ. މާއިޒާއި އިޝްމާ އުފަލުން ހީވަނީ އެހެން ކަމެއް ހެއްނެވެ. “މާނީ ޔޫ އާ ގޮއިން ޓު ބީ މައި ސިސް އިން ލޯ. ވާއު. އަޅޭ!!” އިޝްމާ އަނެއްކާވެސް މާނީ ގައިގަ ބައްދާލިއެވެ.
“އާރާޝް މަގޭ ޅިޔަނަށް” ހިނިގަނޑެއް ޖަހާލަމުން މާއިޒްވެސް ބުންޏެވެ.
އާރާޝް މާނީ ގާތު އެދުނީ އޭނާއާ އެއްކޮށް މައްޗަށް އައުމަށެވެ. ހުރިހާ ކުދިންނަށް ނަޒަރެއް ދިނުމަށްފަހު އާރާޝްގެ ފަހަތުން މާނީ ހިނގައިގަތެވެ.
“މާނީ އެހަށް ބޭރު މަޑުކުރޭ. އާރާޝް ގޮވީމަ އެތެރެއަށް ވަންނާނީ އޯކޭ” އެޕާޓްމެންޓް ބޭރުގައި މާނީބަހައްޓާފައި އާރާޝް އެތެރެއަށް ވަނެވެ. އޭރުސޯފާގައި އަފްރާއާއި އަރްޝާދް އައްޒާމް އަދި އަފްރީން ތިއްބެވެ. އަފްރީން ބޮލުން އިޝާރާތް ކުރުމުން ހިނިތުންވެފައި އާރާޝް ބޯ ޖަހާލިއެވެ.
” ކޮބާ އާރާޝް ގެންނަން ބުނި ކުއްޖާ؟ އެކަނެއްނު ތިއައީ؟” އާރާޝްގެ ފަހަތުން އިތުރު ކުއްޖެއް އާދޭތޯ އަރްޝާދް ފަހަތް ހޯދާލިއެވެ. ފުން ނޭވައެއް ދޫކުރުމަށްފަހު އާރާޝް ވާހަކަ ދައްކަން ފެށިއެވެ. ” ބައްޕަމެންނަށް ޔަގީންތަ ހަމަ. އާރާޝް ގެންނަ ކޮންމެ ކުއްޖަކަށް ވެސް އޯކޭ ވާނަންތަ؟” އަރްޝާދްމެން ނުގަބޫލު ވެދާނެތީ އާރާޝް ކަންބޮޑުވިއެވެ. އަރްޝާދާއި އަފްރާ ބޯޖަހާލުމުން އާރާޝް ގޮސް މާނީ ގޮވައިގެން އެތެރެއަށް ވަނެވެ. “ނުންުނު؟” އަފްރާއަށާއި އަރްޝާދަށް ކޮޅަށް ތެދުވެވުނެވެ. ހައިރާންކަމާއެކީ މާނީ އާރާޝާއި ދިމާއަށް ބަލާލިއެވެ. “އާރާޝް ލޯބިވީ ކުއްޖަކީ މާނީ. މަންމަމެން އެއީ ކޮންކުއްޖެއްތޯ އެހުމުން ބުނަން ޖެހިލުން ވީވެސް މާނީ ވީމަ. ބުނަން އުޅެފަ ކޮންމެ ފަހަރަކުވެސް ފަސް ޖެހެވެނީ. މަންމާ ބައްޕާ. އައި ކާންޓް ލިވް ވިތް އައުޓް މާނީ. އައި ޖަސްޓް ލަވް ހާ. ޕްލީޒް” އިތުރަށް އާރާޝަކަށް ވާހަކައެއް ނުދެއްކުނެވެ. އަސަރުން ފުރިގެންވާ ބެލުމަކުން އަރްޝާދާއި އަފްރާއާ ދިމާއަށް އާރާޝް ބަލާލިއެވެ. އަރްޝާދާއި އަފްރާ ތިބީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އާރާޝް ލޯބިވީ މާނީދެކެ ހެއްޔެވެ؟ “ނުންނު އާރާޝްއާ އެކު އުޅެން ބޭނުންތަ؟” އަރްޝާދް މާނީކުރެން އެހިއެވެ. އާރާޝާއި ދިމާއަށް ބަލާލުމަށްފަހު މާނީ ބޯޖަހާލިއެވެ. “ހަމަ އަސްލުވެސް ބޭނުންތަ؟ ނޫނީ އާރާޝް ބުނީމަ ނޫނެކޭ ނުބުނަން ވެގެންތަ ތިއެއްބަސްވީ؟” އަފްރާ ކަންބޮޑުވެފައި ހުރެ މާނީ ގާތު އެހިއެވެ. މާނީގެ ތުންފަތް މަތީ ހިނިތުންވުމެއް ދުވެލިއެވެ. ލާނެއް ގޮތަކަށް އާރާޝާއި ދިމާއަށް ބަލާލުމަށްފަހު މޫނުގެ ކުލަވަރު މާނީ ބަދަލުކޮށްލިއެވެ. “ތިއްތާ. އަސްލު އާރާޝް ގާތު ނޯ ބުނުމަކީ ވަރަށް އުނދަގޫ ކަމެއް. އިވާނަށް ވުރެ ރަނގަޅު ބައިވެރިއަކަށް އާރާޝް ވާނެކަން ނޭންގެ. އާރާޝަށް ނޯ އޭ ބުނެ އާރާޝް ދެރަކުރާކަށް ބޭނުމެއް ނޫން ތިއްތަ ވެސް ކުއްބެވެސް ބޭނުމެއް ނުވާނެކަންނޭންގެ އާރާޝް ހިތާމައިގަ އުޅޭތަން ބަލާކަށެއް.” އާރާޝަށް މާނީއާ ދިމާއަށް ބަލާލެވުނެވެ. މާނީ ވާހަކަ ދައްކި ގޮތުން އަރްޝާދާއި އަފްރާއަށް ހީވާނީ މާނީ އާރާޝް ދެކެ ލޯބިނުވާހެންނެވެ. އެކަމު އާރާޝް ލޯބި ހުށަހެޅުމުން އިންކާރުކުރަން ނުކެރުނީހެންނެވެ. “ނުންނޫ. ތިއްތަމެން ދެރަވެދާނެތީވެ ކޮންމެހެން އާރާޝާއި އިންނަން އެއްބަސް ނުވާތި. ނުންނު އާރާޝްދެކެ ލޯބި ނުވަންނާ އޯކޭއޭ ރިޖެކްޓް ކުރިއަސް ތިއްތަމެން ނުންނު ދެކެ ރުޅިއެއް ނާންނާނަން” އަފްރާ ލޮތްބާއެކު މާނީގެ ބޮލުގައި ފިރުމާލިއެވެ. އޭރު އާރާޝް ހުރީ ފާޑަކަށް ހުޅުވިފައެވެ. އާރާޝް ހުރި ގޮތުން މާނީއަށް ހިނިގަނޑު ހިފަހައްޓައިގެން އިނދެވެނީ ކިރިޔާއެވެ. “އެއީ ތެދެއް ނުންނޫ. ނުންނުއެކޭ އިޝްކޮއޭ އަޝްކޮއެކޭ އާރާޝްއެކޭ ހަމަ އެއްވަރު ވާނީ.” އަރްޝާދް ވެސް މާނީގެ ބޮލުގައި ފިރުމާލިއެވެ. ކުއްލިއަކަށް އަރްޝާދް އެއްޗެއް ހަނދާންވެގެން އާރާޝާ ދިމާއަށް ބަލާލިއެވެ. “އަނެއްކާ އިވާނާ މާނީގެ ކައިވެނި” “ނޫން ކުއްބޭ. އޭރު އާރާޝް ނުންނޫ ގާތު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ. ނުންނު ބޭނުން ވެގެން އިވާން ނީންނަން ނިންމީ. އާރާޝް ހަމައެކަނި ނުންނު އަށް ހެލްޕްވެ ދިނީ.” މާނީ އަވަހަށް ބުންޏެވެ. އަރްޝާދް މެންނަށް ނުބައި ހީއެއް ވާކަށް މާނީ ބޭނުމެއް ނޫނެވެ. “ނުންނޫ އާރާޝް ދެކެ ލޯބިވޭތަ؟” ވަރަަށް ވިސްނަން ހުރެފައި އައްޒާމް އަހާލިއެވެ. މާނީގެ މުޅި މޫނު ރަތްވިއެވެ. ނަވްޔާމެން ކުރިމަތީ އެއްބަސް ވިއަސް އަރްޝާދްމެން ކުރިމަތީ އާއެކޭ ބުނާކަށް ނުކެރުނެވެ. ލަދުން ގޮސް މާނީއަށް އިސްޖަހާލެވުނެވެ. “އޯ ޔޫ ޑޫ ލަވް ހިމް ނުންނޫ.” އަފްރީން މާނީ ގާތަށް އައިސް މާނީގެ މޫނު އުފުލާލިއެވެ. މާނީގެ މޫނަށް އެރި ކުލަވަރުން މާނީވެސް އާރާޝްދެކެ ލޯބިވާކަން އަރްޝާދްމެންނަށް އެނގުނެވެ. އަރްޝާދްމެން ވެސް މާނީއާ އާރާޝްގެ ގުޅުމަށް މަރުހަބާ ކިޔެވެ.
އާދުވަހަކަށް އިރު އަރައިގެން އައި އެއްބަޔަކަށް އުފާވެރިކަން ގެންނަމުންނެވެ. އެމީހުންގެ ތެރޭގައި އާރާޝާއި މާނީވެސް ހިމެނެއެވެ. ދެހިތުގެ އަޑު ދެޒުވާނުން އެކަކު އަނެއްކަކަށް އިއްވާލުމުގެ ސަބަބުން ދެހިތަށްވެސް ވަނީ ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބިފައެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މާނީގެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. އޮފީހުގައި އުޅުނު ކުދިންނަށްވެސް އެކަން ފާހަގަވެގެން އެކަމާ ބެހޭ ގޮތުން މާނީއާ ސުވާލު ކުރިއެވެ. ޖަވާބުގައި މާނީ އެކުދިންނަށް ހަދިޔާ ކުރީ ހިނިތުންވުމެކެވެ.
“މާނީ ބޮސް ބުނީ ވަރަށް އަވަހަށް ބޮސްގެ ކެބިންއަށް ދޭ ބަލާށޯ!” މާނީ ރިޕޯޓެއް ލިޔަން ހުއްޓައި އޮފީހުގައި އުޅޭ ކުއްޖަކު އައިސް ބުންޏެވެ. ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ބޮސްގެ ކެބިންއަށް މާނީ ދިޔައެވެ.
އިސްރާ އައިރާއަށް ކާންދޭ ވެގެން މުޅި ސިޓިންރޫމްގައި ދުުވަން ޖެހުނެވެ. އެކަތިކޮޅު އަނގަޔަށް ލައިގެން ކޮންމެސް ދިމާއަކަށް ދުައްވައިގަނެއެވެ. އައިރާއަށް ކާންދީ ނިމޭއިރަށް އިސްރާ ހުންނަނީ ވަރުބަލިވެފައެވެ. އައިރާއަށް ކާންދިނުމަށްފަހު އިސްރާ އައިރާ ރީތި ކުރިއެވެ. އާލާއާ އައްމާރު އައިރާ އަދި އަންޖަލް ގޮވައިގެން ބޭރަށް ދިޔުމުން އަހުސަމާއި އިސްރާގޭގައި އެކަނިވިއެވެ. “އިސްރާ އަހަރެން އެބަ ވިސްނަން އައިރާއް އިސްރާ ގޮވައިގެން ޕެރިހަށް ބަދަލުވާން. އަބަދަކު މިހެންނެއް ނޫޅެވޭނެ ދޯ. ހަމައެކަނި ބްރޭކްގަ މި އާދެވެނީ. އެހެން މީހުން ފެމެލީ ގޮވައިގެން އުޅޭތަން ފެނުމުން ވަރަށް ދެރަވޭ. އިސްރާ އަހަންނަށް އެންމެ ބޭނުންވި ދުވަހު ކައިރީގަ ނުހުރެވުމުން ވަރަށް ދެރަވި. ސޯ އައި ވޯންޓު ޓޭކް ޔޫ ވިތް މީ” އަހުސަމް އިސްރާގެ ކޮނޑުގައި ބޯ އަޅާލިއެވެ. އައިރާ އުފަންވި ދުވަހު އޭނާއަށް ރާއްޖެއެއް ނާދެވުނެވެ. އެރޭ ލީގުގައި މުހިއްމު މެޗެއް އޮތުމުން ޓީމުން އޭނާ ދުލެއް ނުކުރިއެވެ. އަހުސަމް އަބަދުވެސް އެކަމާ ހިތާމަ ކުރެއެވެ. އެކަހަކަ ކަމެއް އިތުރަށްވާން ނޭދޭތީވެ އަހުސަމް ބޭނުންވަނީ އޭނާ ދިރިއުޅޭ ތަނަށް އިސްރާ އަދި އައިރާ ގެންދާށެވެ. ހަމަ ލޮލަށް އަހުސަމަށް އައިރާ ފެނުނީ އެކުއްޖާއަށް މަހެއްވެސް ވީ ފަހުންނެވެ. އަހުސަމްގެ އެދުމަށް އިސްރާ ދެކޮޮޅެއް ނުހަދައެވެ. އެހެނީ އިސްރާވެސް ބޭނުންވަނީ އަބަދުވެސް އަހުސަމް ގާތުގަ ވުމަށެވެ.
މާނީގެއަަށް ވަންގޮތަށް ބަދިގޭގައި ކައްކަން ހުރި ނަވްޔާ ގައިގައި އޮޅުލައިގަތެވެ. “އޯ ނާޔާ ގެސް ވަޓް. މަަށަށް ޗާންސް ލިބިއްޖެ ވޯލްޑް ކަޕް ކަވަރ ކުރަން ދާން އޯ ގޯޑް އައި އޭމް ސޯ ހެޕީ. ވަން މަންތް ފަހުން ފުރަން ޖެހޭ. ގުޑް ތިންގް އިޒް ދޮންބެމެންނާ އެއް ފްލައިޓަކުން ދާން ޖެހެނީ!” މާނީ ދެފައި ބިންމަތީގައި ނުޖެހެއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވަނީއެވެ. “އައިއޭމް ސޯ ހެޕީ ފޯ ޔޫ. ދެން މަށާ ޔާޒްއާ އެކަނި ވާނެ ދޯ.” ނަވްޔާ ދެރަވާކަމަށް ހެދުނެވެ. މާނީ އަޅޭއޭ ކިޔާ ނަވްޔާ ގައިގައި ބައްދާލިއެވެ.
މާނީ އެމީހުންނާ އެކު ދާކަން އެނގުމާއެކު އާރާޝް އުފަލުން ފޮޅުނެވެ. މާއިޒާއި އަކްމަލް އަދި އަހުސަމްގެ ދިމާ ކުރުންތަކާވެސް އާރާޝް ކުރިމަތި ލާން ޖެހުނެވެ.
އަޝްވާއަށް އާރާޝްއާއި މާނީގެ ގުޅުން އެނގުމުން މަޖާވެގެން އުޅުނެވެ. “ދޮންތިވާނީ އަޝްކޮގެ ދޮންބެ ދައްތައަަށް.ދޮންބެ ވާނީ ދޮންތިބެއަށް. ދިސް އިޒް ފަން.” އެއްރޭކާން އިނދެފައި އަފްރީން އަދި އަރްޝާދް ގާތު އަޝްވާ ބުންޏެވެ. އަފްރީނަށާ އަރްޝާދް ހޭން ފެށިއެވެ.
މާނީއާއި އާރާޝްގެ ކޯޅުން އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. ކޯޅުނެއް ކަމަކު ދެމީހުންގެ މެދުގައި އޮތް ލޯބި ފަނޑުވެގެން ނެއް ނުދެއެވެ. އަރްޝާދްގެ އެދުމަށް އާރާޝާއި މާނީ ޒަހީނަށް އެމީހުންގެ ގުޅުން ހާމަކުރިއެވެ. ޒަހީނު އާރާޝް ވަކިން ގެންގޮސް މާނީއާ އިނދެވޭނީ ވަކިކަމެއް ފުރިހަމަ ކުރުމުން ކަމަށް ބުންޏެވެ. އޭމްގެ ޝަރުތު އެހެން މީހުންނަށް އަންގައިގެން ނުވާނެ ކަމަށް ޒަހީނު އާރާޝް ގާތު ބުންޏެވެ. ޒަހީނުގެ ޝަރުތު ފުރިހަމަ ކުރުމަށް އާރާޝް އަޒުމް ކަނޑައެޅިއެވެ. ޒަހީނު އެދުނު ފަދައިން އެއްވެސް މީހެއްގާތު އެއީ ކޮން ޝަރުތެއް ކަމެއް އާރާޝް ހާމައެއް ނުކުރެއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އިވާން އަދި ރަޒީން ހައްޔަރުކުރެވުނެވެ. މާނީމެންނަށް އެކަން އެނގުމާއެކު އިވާން އިސްލާހު ނުވާކަން އެނގިގެން ދިޔައެވެ. އަފްރާއާ އަރްޝާދް ވަކިވާން ޖެހުނީ ރަޒީނުގެ ނުބައި ރޭވުމުންކަން އާރާޝަށް އިވާންގެ ފަރާތުން އެނގުނެވެ. މާނީއާ ކައިވެނި ކުރަން އިވާން ކައިރިން ރަޒީން އެދުނު ސަބަބުވެސް އިވާން އާރާޝަށް ކިޔާދިނެވެ. އާރާޝް ބޭނުންވީ ހިތުން ނުފިލާ ވަރުގެ އަދަބެއް ރަޒީނަށް ދޭށެވެ. އިސްރާ މާނީ އަދި އާރާޝްގެ ކިބައިން އިވާން މާފަށް އެދުނެވެ. އޭނާ މިހާރު ބޭނުންވަނީ މާނީއާ އާރާޝް އުފަލުގައި އުޅެން ކަމަށް އިވާން ބުންޏެވެ. މާނީ ހިތާހިތުން އިވާނަށް މާފުކޮށްދިނެވެ.
އެއް މަސް ފަސް
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.






Slm alikum. Miothy stry ge 48vana part. Dhen kihinehbaa vaany? Zaheen kon kamakah ba sharuthu kury? Aarashah ekan kureveynebaa?
Omg…hama superb… O lovef it… Curiously waiting igey plz avahah up kohdhehchey… Ly my girl ????????????????
Thanks dear. ISA avahah up kohdheveytho mibalany ly2
Bala balaa ohvaa up v….. Hehehe story habeys……. Masha allah.. Curiouly waiting ….. Yeyy me first
Thank you. Congratulations.
Wow… v v reethi mi part ves… ekam kury ? … waiting next part ❤
Thanks dear. Dhen oii part dhiguvaane kamah balamaa
Wow v habbu.. Pls maanee n aaraash ge fightns nikan ginain genedheeba
Thanks. Maanyand aaraash ge fights dho
OMG!! mi part ves vrh reethi.. when nxt part !? Maany and Aaraash.. and Ivaan Rangalhu V dhww ???
Alhey kiyaa thank you so much….??????upkohdheythy….maany and aaraash r just love birds ey buneveyny..❤❤❤❤❤❤they look so cute ehn ulheyiru….anehkaa zahyn kon sharuthehbaa bunii????kiyaa mee vvv dhigu vaahaka eh thr????i mean baaky gaaiygandakah kihaa part eh ebain????????????anyways mi part ves v nyc….it shows how talented u r….lots of love ❤ ? ? ? ? ? ? ? ?
Thanks mal.mihaaru hama vaahaka nimumuge magumathyga eulheny ly2
Alhey kiya love kolhu thnk you so much… U r the best ?❤️??❤️??❤️????☺️????????☺️?❤️?vv habeys mi story is osm.. Anehkaa kn sharuthehbaa ekuri.. Vv. Curiously waiting for next part… Luv yuh sis???????????????????
Thanks maya. Luv u2 sis
Alheyy kiya aaraash a maany marry kuryma vaahaka nimeyne dhw
Mi vaahaka nethiyya varah falhu vaane
Foohi vegen esfiya ah vadheliyas ginain up vefa innaany mi vaahaka
E zahyn ge sharuthaky kobaaba???
Alhe next part up kohdhyba waiting
Thanks dear. Next part miadhu up kohdheveytho mi try kurany. Kiyara busy nuvehjjeya miashu up kohdheynan ISA
oh yess varah salhi vaahkaeh mee abadhuves kiyan just love it abadhuves mivaahaaka ah inthizaaru kurevey love you kiya thee hama enmme best writer??????????????????????^_^
Thanks dear. Ly2.
When is next kiyara dear?
kiyaa
i can hardly wait for the next paaaart
LY kiyaa
?
kobaa next part
Kiyaa mivaahaka nimeyne dhw dhuvas kolhakunnnn….????????????????manii and arash ge bai genesdheythi v salhi ….??????u r the best ingey……V curious vey eba one month’s later……ehehhehehehe…??
Thanks. Yaa mihaaru hama nimumge magumathyga ulheny.
Kiyaa nulibe text eh i was waiting
Ohh ehentha. Mayb nubai number akah kahnneynge txt kurevuny email use kurantha?
Email use nukuran