Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުވަހަކުވެސް މާފެއް ނެތް – 4

yarn Level 1
September 26, 2018 4 Mins Read
11 Comments

“ނޫނޭ. ތީ ކުޑާއަށް ހީވިގޮތެއް. ގޭގައިއެއްވެސް ކަމެއް ނުވޭ” ފައިހާ ކަމެއް ނުވާކަން ދައްކަމުން ބުނެލިއެވެ. ކުއްލިއަކަށް ފައިހާގެ ފޯން ރިންގުވާން ފަށައިފިއެވެ. ފައިހާ އަތް ދަބަހުން ފޯނުނަގާ ބަލާލިއިރު ފޯނުކުރަނީ ދަންނަ ނަންބަރަކުން ނޫނެވެ. އެހެންވެ ފޯނު އަލުން ޖީބަށްލާން އުޅެފަވެސް ފޯނު ނަގާފައި ކަންފަތުގައި ޖަހާލިއެވެ. ފޯނުން އިވުނު އަޑު ކަންފަތުގައި ޖެހުމާއެކު ފައިހާ ކުއްލިއަކަށް ސިހިގެން ދިޔައެވެ.

“މީ މަށޭ. ހައްހައްހައް. އެނގިންޖެދޯ. ޖާނު ކޮންތާކު؟” ފައިހާއަށް އަބަދުވެސް ފޯނުކުރާ އެނުލަފާ މީހާ އަނެއްކާވެސް ގުޅީއެވެ. ފައިހާ ތުރުތުރުއަޅާ ކަހަލަ ގޮތެއްވާންފެށުމާއެކު ފޯނު ކަނޑާލުމަށްފަހު ދަބަހަށް ލައިފިއެވެ.

“ފައި. ކާކު ގުޅީ؟ ކިހިނެއްވީ؟ ހާދަ ހާސްވެފައި. ފައި” ފައިހާއަށް ވީގޮތް ފެނުމުން ހީނާ ވީގޮތް އޮޅުންފިލުވަން ބޭނުންވިއެވެ. ޖަވާބުގައި ފައިހާ ބުނީ އެއީ ކްލާސް ކުއްޖެއްކަމަށާއި، ކްލާހުގެ ކުއްޖަކު ކުއްލިއަކަށް ބަލިވެއުޅޭ ވާހަކަ ބުނީމާ އެކަމާ ކަންބޮޑުވީކަމަށެވެ. އަދި ގެއަށްދާން ބޭނުންކަމަށް ބުންޏެވެ. ފައިހާ އެހާބޮޑަށް ހާސްވެ ގެއަށް ދާން އެދުމުން ހީނާވެސް އެކަމަށް އެއްބަސްވެ ގެއަށް ދާން ހިނގައިގަތެވެ. ގެއަށްދިޔަ މަގުމަތީގައި ފައިހާ ވިސްނަމުން ދިޔައީ ދެންމެ އޭނައަށް އައި ފޯންކޯލްއާއި މެދުގައެވެ. ފައިހާއަށް ގުޅީ ޔުނިވަސިޓީގެ ތިނަދޫ ކެމްޕަސްގައި ފައިހާއާއި އެއް ކްލާހެއްގައި ކިޔަވަމުންދާ ފައިހާއަށް ވުރެ ހަތް އަހަރު ދޮށި މުނީރު ކިޔާ ގޮތެއް ފޮތެއްނެތް ވިޔާނުދާ މީހެކެވެ. އޭނާ އެކްލާހުގެ ގިނަ އަންހެން ކުދިންނާ ފޮށެއެވެ. ޚާއްޞަކޮށް ފައިހާއާ އަޅާގެންފައި ހުންނަ ވަރުން ކްލާހުގައި އިންނަންވެސް އުނދަގޫވާވަރު ވެއެވެ. އެންމެ ފަހުން ފޯން ނަމްބަރު ހޯދައިގެން ގުޅާ އުނދަގޫވެސް ކުރަން ފެށީއެވެ. ގުޅައިން ދައްކަނީ ހަޑިމުޑުދާރު އަޑުއަހަން އުނދަގޫ ވާހަކަ ތަކެވެ. މީހާރު އެތައްފަހަރު އޭނައަށް ނުގުޅުމަށް އާދޭސް ކުރެވިއްޖެއެވެ. އެކަމަކު މީގެ 2 މަސްކުރިން ފެއްޓި އުނދަގޫ ހުއްޓާލާނީ އޭނާއާ ރައްޓެހިވީމާ ކަމަށް އޭނާ އަންނަނީ ބުނަމުންނެވެ.

ފައިހާ އެއްވެސް އެއްޗެއް ނުބުނެހުއްޓާ ގެއާ ހަމަޔަށް ދެވިއްޖެއެވެ. ފައިހާގެ ކްލާސް ކުއްޖާއަށް ގޮވާލަން ދާންބުނެފައި ހީނާވެސް އޭނަގެ ގެއަށް ދަނީކަމަށް ބުނެ ގެއަށްދާން ހިނގައިގެންފިއެވެ. ފައިހާ ގެއަށްގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު ކުއްލިއަކަށް ޔާނިއުގެ ތަސްވީރު އަނެއްކާވެސް އޭނަގެ ޚިޔާލަށް އައެވެ.

“ޔާނިއު ވީކޮންތާކުބާ؟ އޭނާއަށް ވެސް މަށަށް މިވާގޮތްތައް ވާނެބާ؟” ފައިހާ ޔާނިއުއާމެދު ވިސްނަމުން ދިޔައެވެ.

*****************

“ޔާނިއު. ކޮބާ ނުކުންނާކަށް ނުވޭތަ؟ މިމިހުރީ އައިސް” އަރީން އޭނާ ބޭރުގައި ޔާނިއު ނުކުންނަންދެން އިންކަން އަންގާލިއެވެ.

“ނޫނޭ. މަ ކައިގެން ކުޑަ ރެސްޓެއް ކޮއްލީ. އެނދުގައި ޖައްސާލާފައި ތެދުވެ ނުކުންނަން އުޅެނިކޮށް ތިގޮވީ” ޔާނިއު ދޮރުހުޅުވާލުމަށްފަހު އަރީންއާއެކު ގެއިން ނުކުންނަމުން ބުންޏެވެ.

“އޭ ހިނގާބަލަ ކޮފީއެއް ބޯލަން ފުރުމުގެ ކުރިން މިރަށުން ބޮވޭނެ އެންމެ ފަހު ކޮފީކަންނޭގެ މީ ދޯ؟” އަރީން ސައިކަލް ދުއްވާލަމުން ދާންވީތަން ޔަގީންކުރިއެވެ.

“އާނ. އެނޫންކަމެއް ދެން ނެތެއްނު މިރޭ ކުރެވޭކަށް” ދެމާނަ އެކުލެވޭ ގޮތަކަށް ޔާނިއު އަރީންއާއި އެއްބަސްވިއެވެ.

އަރީންއާއި ޔާނިއުގެ ސައިކަލު ސްކައި ވިއު ކެފޭކައިރީ ޕާކުކޮށްލުމަށްފަހު ކެފޭގެ ފުރަތަމަ ފަންގިފިލާގެ ކަނެއްގައި ވަކިން ހުރި މޭޒެއްގައި އިށީންނަމުން ވޭޓަރަށް އިޝާރާތްކޮށް ދެ ލަވާޒާ ކޮފީ ގެނައުމަށް ބުންޏެވެ.

“ކޮބާ އެއްކަލަ މަންޖެއަށް ގުޅިންތަ؟” ޔާނިއު ޝައުގުވެރިވާ ކަހަލަ ވާހަކައެއް އަރީން ފެއްޓިއެވެ.

“އެއްކަލަ ދިމާކުރަންފެށީދޯ؟ ބުނަން އަރީން ތީ މަގޭ އެންމެ ބެސްޓީ ދޯ. އަސްލު އެހާދިސާގެ ފަހުން މަށަށް ފައިހާއާމެދު ވަރަށް އެބަވިސްނޭ. އެކަނިވެއްޖެއްޔާ ހަމަ އޭނަގެ ސޫރަ އަބަދު ފެންނަނީ” ޔާނިއު އެންމެފަހުން އަރީންއަށް އޭނައަށް މިހާރަކަށް އައިސްއެންމެ އުނދަގޫވެފައިވާ ބޮޑު ސިއްރު ހާމަކުރިއެވެ.

“ކީކޭ. މަށަށް ގަބޫލެއްވެސް ނުކުރެވޭ. ތީހަމަ ޔާނިއުތަ؟ ހައްހައްހައް!!!” ޔާނިއުއާ ދިމާކޮށްލަމުން އަރީންއަށް ގަދައަށް ހެވުނެވެ.

“އޭ ތިމީހުން ބުނާހެން މަށަށްވެސް އެކުއްޖާ ދެކެ މި ލޯބިވެވެނީތަ؟ ހެހެހެ!” ޔާނިއު ވެސް ހެމުން ސުވާލުކޮށްލިއެވެ.

“މަށަކަށް ތިއެއް ނޭނގެ. އެނގޭހާވެސް ކަމަކީ ތިޔަހުރީ ދީވާނާ ވެފައިކަން. އަހަރުމެންނަށްވެސް ތިވަރެއް ނުވޭ. ހައްހައްހައް!” އަރީންގެ ހުނުންގަނޑު ބާރުވިއެވެ.

“އޭއަރީން. މަދެން ކިހިނެއް ހަދާނީ. މާދަން މިފުރަނީ. މަބޭނުން އޭނައާ މީޓްކުރަން” ޔާނިއު ބޭނުންވެގެން އުޅޭކަންތައް ހާމަކުރިއެވެ.

“ތީއެއްވެސް ކަމެއްނޫނެއްނު. މަ ދިނިން އޭނަގެ މޯބައިލް ނަމްބަރުވެސް. އަވަހަށް ގުޅާ. ބުނޭ މިރޭ ކޮންމެހެންވެސް މީޓްކުރަން ބޭނުމޯ” އަރީން ވަގުތުން ޔާނިއުއަށް ޚިޔާލެއް ދިނެވެ.

“އޭރުންނޯ. އޭނައަށް ކުއްލިއަކަށް ނުދަންނަ ނަންބަރަކުން ގުޅާއިރަށް ފޯނު ނަގާނެތަ؟ އޭސަމާސާނުކޮށް މިކަމަށް ރަނގަޅު އައިޑިއާއެއް ދީބަލަ” ޔާނިއު ކެތްތެރިކަން ކޮޅުންލާފައިވާކަން ހާމަވެގެންދިޔައެވެ.

“މިރެއިން މިރެއަށް ތިޔަކަން ކުރެވެން އޮތްގޮތް މިބުނީ. ދެންވެސް އަވަހަށް ގުޅާބަލަ. ކިހިނެއް އެނގޭނީ އޭނަގެ ހިތުގެ ހާލުވެސް. ވެދާނެދޯ ދެމީހުން އެއް ހާލެއްގައި ކަމަށް ތިޔަތިބީ. ހެހެހެހެ!” ސީރިއަސްކޮށް ބުންޏަސް ޔާނިއުއަށް ވާގޮތް ފެނުމުން އަރީންއަށް ހިނިގަނޑު މައިތިރި ނުވެވެނީއެވެ.

“އޭނަ ހުންނާނީ މަދެކެ ވަރަށް ރުޅިއައިސްފައި. އެކަމަކު ތިބުނިހެން އެހެންގޮތެއް ނެތް. މާދަން ފުރަންވެސް ޖެހޭ. ހަމަގުޅަންވީދޯ؟” ފޯނު ނަގަމުން ޔާނިއު އަނެއްކާވެސް އަރީންކުރެން ޔަގީންކަން ހޯދިއެވެ.

“ސާބަސް. ތިވަރަށް ހާސްވެގެން ހުރެ ގުޅީމަ ކިހިނެއްވާނީ. އޭރުން ކިޔޭނުކިޔޭވެސް ނޭގޭނެ. ތަންކޮޅެއް ހަމަޖެހިގެން ގުޅާބަލަ. މިހާރު އެއޮއްގެން 10 ޖަހަނީ. މިރަށު ކުދިން ވަރަށް އަވަހަށް ނިދާނެ. ދެންވެސް ތިޔަކަން ކުރަންބޭނުމިއްޔާ އަވަހަށް ގުޅާބަލަ” ޔާނިއުއަށް އަރީން ހިއްވަރު ދެމުންދިޔައެވެ. އަރީން ނަމްބަރު ކިޔުމުން ޔާނިއު ނަމްބަރު ޖެހުމަށްފަހު އެނަންބަރަށް ގުޅާލިއެވެ. އިރުކޮޅަކުން ފޯން ރިންގުވާންފެށިއެވެ. ހަތަރު ފަސްފަހަރު ފޯން ރިންގުވީއިރުވެސް ފޯނެއް ނުނެގިއެވެ. ޔާނިއު އަރީންއަށް ބަލާލާފައި ފޯނު ނުނެގި ނޫންހޭ ބުނާކަހަލަ ގޮތަކަށް ނިތްއަރުވާލިއެވެ. ޔާނިއު ފޯން ކެނޑެންދެން ބެހެއްޓިއެވެ.

ފައިހާއިނީ ކޮޓަރީގެ މޭޒުކައިރީގައި އެސައިންމެންޓެއް ހަދާށެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން ފޯނަށް ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އެހެންވެ އެއީ އޭނައަށް އުނދަގޫކުރަން ގުޅާ މުނީރުކަމަށް ހީވެ ފޯނު ނުނެގި ބަލަން އިންދާ ފޯނު ކެނޑިއްޖެއެވެ.

“އޭ އަދި އެއްފަހަރު ގުޅާބަލަ. ޔަގީން ފޯނު ނަގާނެ” އަރީން ޔާނިއު ލައްވާ އަލުން ފައިހާއަށް ގުޅުމަށް ހިއްވަރު ދިނެވެ.

“މަށަކަށް ހީއެއް ނުވޭ. ވެދާނެ ނިދީކަމަށްވެސް. ނޫނީ ނުދަންނަ ނަންބަރަކަށްވީމާ ނުނެގީކަމަށްވެސް ވެދާނެނު” ޔާނިއު މާޔޫސްކަމާއެކު ފޯނަށް ބަލަން އިނދެ އަރީންއަށް ޖަވާބު ދިނެވެ.

“އެކަމަކު އަދި ގުޅާލަންވީ ދޯ؟” ޔާނިއު ފައިހާއާ ބައްދަލުކުރަން ބޭނުންވާ މިންވަރު އިތުރަށް ހާމަވެގެން ދިޔައެވެ.

“އަހަރުމެން ގްރޫޕް މިތާ މިހާރު އޮތްނަމަ ހާދަ ދިމާކޮށްލާނޭ ދޯ. ހައްހައްހައް! އާ އަވަސްކުރޭ ދެންވެސް” އަރީން ހެމުހެމުން ބޯޖަހާލިއެވެ.

ފައިހާ އާޓިކަލްއެއް ކިޔަން އިންދާ އަނެއްކާވެސް ފޯން ރިންގުވާން ފެށުމުން ހާސްވާންފެށިއެވެ. އަނެއްކާވެސް އެނަންބަރުން ގުޅަންފެށީއެވެ. އެނުލަފާ މުނީރު ނޫނީ މިގަޑީގައި ނުގުޅާނެއެވެ. ކުއްލިއަކަށް ފައިހާގެ ޚިޔާލަށް އައި ކަމަކާއެކު ފޯނު ނަގާފިއެވެ.

“އޭ ފޯނު ނަގާފި. ޝްޝްޝް. ހެލޯ. ފައިހާތަ؟” ފައިހާ ފޯނު ނެގިކަން އަރީންކައިރީ ބުނަމުން އެއްވެސް އެއްޗެއް ނުބުނުމަށް އެދެމުން ފޯނުން ވާހަކަ ދައްކަން ފެށިއެވެ.

“ލަލައްބަބަ! ތީކާކުބާ؟” މިފަހަރު ގުޅީ މުނީރު ނޫންކަން އެނގުނު ނަމަވެސް ކާކުކަން ނޭނގޭތީ ފައިހާ އެއީ ކާކުތޯ ބަލަން ބޭނުންވިއެވެ. އެހެންނަމަވެސް އެއަޑަކީ ފައިހާ ދަންނަ އަޑަކާ ވައްތަރުވިއެވެ.

“މީކާކުކަން ނުބުނެފިއްޔާ ފޯނު ބާއްވާނަންތަ؟” ޔާނިއު ފައިހާ ދޭނެ ޖަވާބެއް ބަލަން ބޭނުންވިއެވެ.

“އަހަރެން ނުދަންނަ މީހުންނާ ވާހަކަ ދައްކާ ނޫޅެން. ތީކާކުކަން ނުބުނަންޏާ ފޯނު ބާއްވަނީ” ފައިހާ އެއީ ކާކުތޯ ބުނުވަން ގަދަކޮށްލިއެވެ.

“އިހައް ފޯނު ނުބާއްވަ ބަލަ. މަގޭ އަޑު އިވުނީމަ ނޭގުނުތަ ހަމަ؟” ޔާނިއު ބޭނުމީ ފައިހާ ކުޑަކޮށް ތަޅުވާލާށެވެ.

“ފޯނުން އަޑުއިވޭއިރަށް އޭކާކުކަން މަށަށް އެނގޭކަށް ނުޖެހޭ. ތީ ކޮންމެ މީހަކަސް މަށަށް ހެޔޮ. ފޯނު ބާއްވަ……….” ފައިހާއަށް އެއީ ކާކުކަން ނޭގުނަސް އޭމީހަކާ ވާހަކަ ދައްކަން ހިތުގައި ނުރުހުމެއް ނެތެވެ.

“މަޑުކޮށްބަލަ ފައި. އެތަކެއް ގަޑިއިރު ޖެހިޖެހިގެން ހުރެ ރުޅިއައިސް މަށާވާހަކަ ދެއްކިހަދާން ނެތްތަ؟ ފައިހާއަށް އެނގޭނެހެން ނަން ނުބުނެ ޔާނިއު ބުނެލިއެވެ.

“ހޫނ. މަގޭގަޔަށް ކުލަ ފެންއަޅާފަ އެވަރުން ނުފުދުނީތަ؟ މިހާރު ކޮންކަމެއް ކޮއްލާމަނޭ ހިތާ މަގޭ ނަންބަރު ހޯދައިގެން ތިޔަގުޅީ؟” ފައިހާއަށް ގުޅީ ޔާނިއުކަން އެނގުމުން ލިބުނު އުފާވެރިކަން އޮއްބާލަމުން ރުޅިވެރިކަން ދައްކާލިއެވެ.

“ފައި. މަށަކަށް ވަގުތެއް ނެތް ޖަދަލުކުރާކަށް. މާދަން ހެނދުނު 9 ޖަހާއިރު މަ މާލެދާން ފުރަން. އެހެންވެ މިގުޅީވެސް” ފައިހާގެ ފަރާތުން ލިބޭނެ ޖަވާބަކަށް އުންމީދުކުރަމުން ޔާނިއު ބުންޏެވެ.

“މާދަން ފުރަނީއޭ. މީ… މިބުނީ މާދަން ފުރީމަ މަށަށް ކީއްތަ؟” ޔާނިއު ކުއްލިއަކަށް މާދަން ފުރާވާހަކަ ބުނުމުން ފައިހާ ބޭއިޚުތިޔާރުގައި ކަންބޮޑުވިނަމަވެސް އެކަން ޔާނިއުއަށް ނުދައްކަން އުޅުނެވެ.

“މަ ބޭނުން މީޓްކުރަން ފައިއާ. މިރޭ 11 ޖަހާއިރަށް ތިގޭ ކައިރިއަށް ދާނަން. ނުކުންނާނެކަމަށް އުންމީދުކުރަން” ފައިހާއާ މީޓްކުރުމަށް ދާނެކަމާއި، ގަޑި އަންގާލަމުން ޔާނިއު ފޯނު ކަނޑާލިއެވެ.

“މަށަކަށް….” މީޓްކުރަން ޔާނިއު ބުނުމުން އޭނާއަކަށް ނުކެރޭނެކަމަށް ބުނަން އުޅެނިކޮށް ޔާނިއު ފޯނު ކަނޑާލިއެވެ. ފައިހާ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. ޔާނިއު އެހެން ބުނެފިއްޔާ އަންނާކަން ފައިހާއަށް ޔަގީންވިއެވެ. ދެން ހަދާނީ ކިހިނެއްބާއެވެ. ފައިހާ އިންތިހާއަށް ބިރުވެސް ގަނެއެވެ. އެކަމަކު ޔާނިއު މީޓްކުރަން ބުނުމުން މީޓްކުރަންވެސް ބޭނުންވެއެވެ. އެންމެފަހުން ފައިހާ ގޮތެއް ނިންމިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

yarn

Level 1

Other Articles

Previous

ދުވަހަކުވެސް މާފެއް ނެތް – 3

Next

ރާސްތާ 48

Next
September 27, 2018

ރާސްތާ 48

Previews
September 26, 2018

ދުވަހަކުވެސް މާފެއް ނެތް – 3

11 Comments!

  1. ? Unknown ? says:
    September 27, 2018 at 7:16 am

    V nice. Faiha meet kuraane dhw yaaniu aa. ?
    Me first dhw???

  2. Aileen says:
    September 27, 2018 at 9:52 am

    Loabi mi prt vesss??

    1. yarn says:
      September 27, 2018 at 10:04 pm

      Thanx

  3. Nash says:
    September 27, 2018 at 10:06 am

    Mi vaaahaka kiyaafa othy

  4. no name says:
    September 27, 2018 at 10:23 am

    im 3rd

  5. been says:
    September 27, 2018 at 1:04 pm

    ey v v salhi……….. yarn maadamaa 5 part libey ney dhw….. masha alaah …… inthizaar kolaanan part 5,6
    tanks ma mivaahaka up kureemaa v ufaavi….by…ly….

    1. understand says:
      September 27, 2018 at 2:58 pm

      mihaaru iny 5th part up kohlafa yarn ah olhigen 2nd part ge badhaluga up kurevifa iny 5th part ehnve aslu 2nd part in 4th part ah genesdhinee e

  6. kookie says:
    September 27, 2018 at 2:44 pm

    mee asluvx hageegee vaahaka eh tha..??

    1. yarn says:
      September 27, 2018 at 10:03 pm

      mee asluves hageegee haadhisaa ehge machchah liyamundhaa vaahaka eh.

  7. yarn says:
    September 27, 2018 at 3:10 pm

    mee hageegee haadhisaa ehge machchah liyaa vaahaka eh.

  8. Laara says:
    September 30, 2018 at 12:13 am

    Nais

Comments are closed.

Next Episodeދުވަހަކުވެސް މާފެއް ނެތް – 5←


All Right Reserved!