Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 44

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
September 27, 2018 5 Mins Read
23 Comments

އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބި ގޮތުން ދެހިތުގައިވެސް އެކަކު އަނެކަކަށްޓަކައިވާ ލޯބި ހާމަކޮށްދެމުން ދިޔައެވެ. ޔޫހާން މަޑުމަޑުން އައިލީން އޭނަގެ ގަޔާއި ދުރުކޮށްލިއެވެ. ”އައިލީ… ނޯ މޭޓާ ވަޓް ހެޕެން، ޔޫ ވޮންޓް ލީވް މީ… އޯކޭ… އަހަރެމެން ދެމީހުން އެކުގަ ތިބިއްޔާ މިކަމުގެ ހައްލުވެސް ލިބޭނެ އިންޝާ ﷲ އަދި… އައި ވިލް ސޯލްވް ދަ ޕްރޮބްލެމް އިންޝާ ﷲ… ދުވަހަކުވެސް އައިލީ ނޫން އެހެން ކުއްޖަކަށް އަހަރެންގެ ހިތުންވެސް އަދި ދިރިއުޅުމުންވެސް ޖާގައެއް ނުދޭނަން… އެހާވެސް އަހަރެން ލޯބިވޭ އައިލީދެކެ… ” އައިލީންގެ މޫނުގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ ވަރަށް އަސަރާއެކު ޔޫހާން ބުނެލިއެވެ. ” އަހަރެންގެ މިހިތަކުންވެސް އަދި ދިރިއުޅުމަކުންވެސް ޔޫހާން ފިޔަވައި އިތުރު ފަރާތެއް ޖާގައެއް ނުދެވޭނެ… މިހިތުގަ އަބަދުވެސް ރަސްކަން ކުރާނީ ޔޫހާން… އަބަދުވެސް އަހަރެންގެ ހިތުގައި ޔޫހާންއަށްޓަކައި ލޯބިވާނެ… މިލޮއެބަކަށް ނިމުމެއްނާންނާނެ ދުވަހަކުވެސް އިންޝާ ﷲ… ” ޔޫހާންގެ މޭމަތީގައި އެއްއަތް ބާއްވާލަމުން އައިލީން ބުނެލިއެވެ. އޭރު އޭނަގެ އަނެއް އަތް ވަނީ ޔޫހާންގެ ކަނާއަތުގެ އިނގިލިތަކަށް މަހާލާފައެވެ. ދެއަތް ޖޯޑުކޮށްލެވިފައިވި މަންޒަރަަށް ބަލާއިލިއިރު ދެމީހުންގެ ތުންފަތުގައިވެސް ވަނީ ރީތި ހިނިތުންވުމެކެވެ.

ރަސްފަންނުގެ އެ ހިތްގައިމު މާހައުލުގައި ލޯބިވެތި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެމީހުންވެސް ގެއަށް ދާން މިސްރާބުޖެހީ ދިހައެއް ޖަހަން ގާތްވުމުންނެވެ. ގެޔަށް ގޮސް ތާޒާވެލައިގެން ދެމީހުންވެސް ނިދަން އަވަސްވެގަތެވެ.

މުޅިން އަައު ދުވަހަކަށް ދުނިޔެ މަރުހަބާކިޔެވެ. ދުނިޔޭގައި އުޅޭއިރު އެކިމީހުންނަށް ދިމާވަނީ އެކި ކަންކަމާއެވެ. ކުރުމަތިވާ ކޮންމެ އިމްތިހާނަކަށްވެސް ކެތްރެވެ އެކަމާ ކުރިމަތިލާންވާނެއެވެ. އަހަރެމެނަށް ކާމިޔާބު ލިބޭނީ އޭރުންނެވެ.

ނިދާފައި އޮތް އައިލީންގެ އިތުރުން ރިފްޝާއަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ތަޅާ އަޑަށެވެ. އޭރު ގަޑިން ހައެއް ޖަހަން ފަނަރަ ވަނީއެވެ. ދެމީހުންވެސް ފުންމައިގެން ތެދުވެ ދޮރާއި ދިމާލަށް މިސްރާބު ޖެހިއެވެ. ” މިހާރު ކިހާއިރެއް ދޮންތަ ގޮވާތާ… އަވަހަށް ދޭ ނަމާދުކުރަން… ހައެއް ޖަހަނީ މިހާރު… ” ދޮރު ހުޅުވާލުމާއެކު އާޝިޔާ ބުންޏެވެ. އައިލީން އާއި ރިފްޝާ އަވަސްވެގަތީ ނަމާދުކުރުމަށެވެ. ރިފްޝާ ފާޚާނާއަށް ވަދުމުން އައިލީން އަވަސްވެގަތީ ނިދާފައި އޮތް ޝައުނާއަށް ގޮވާށެވެ. ޝައުނާއަށް ގޮވުމަށް އޭނަގެ ގައިގައި އަތްލި އައިލީންއަށް އަތް ދަމައިގަނެވުނެވެ. އޭރު ޝައުނާ އޮތީ ހުމާ ފިހިފިހިއެވެ. ” ޝައު… ޝައު ހޭލަބަލަ… ތިއޮތީ ހުން އައިއްސައެއްނު… ތެދުވެ ބޭސްކާން… ” އައިލީން ގޮވަން ފެށުމުން ޝައުނާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އައިލީން އަވަސް އަވަހަށް ކޮޓަރިން ނިކުމެ އާޝިޔާ ގާތު ޝައުނާ ބަލި ވާހަކަ ބުނެލިއެވެ. އަދި އެނބުރި ކޮޓަރިއަށް އައިސް ނަމާދުކުރަން ތައްޔާރުވިއެވެ. ރިފްޝާ އާއި ދެމީހުން ނަމާދުކޮށް ނިމުނުތަނާ އަނެއްކާވެސް ކޮޓަރީގެ ދޮރުގައި ޓަކިޖަހާލި އަޑުއިވުނެވެ.

އައިލީން ގޮސް ދޮރު ހުޅުވާލިއިރު މިފަހަރުވެސް ހުރީ އާޝިޔާއެވެ. އޭނަ ކޮޓަރިއަށް ވަދެ ގެނައި ޓްރޭ އެނދު މަތީގައި ބޭންދުމަށްފަހު ޝައުނާއަށް ގޮވާލިއެވެ. ” ޝައު… ތެދުވޭ އެއްޗެއް ކާލައިގެން ބޭސްކާން… ބޭސްކައިގެން ނިދާލާނީ ދެން… ” އޯގާތެރިކަމާއެކު ޝައުނާގެ ބޮލުގައި ފިރުމާލަމުން އާޝިޔާ ވާހަކަ ދެއްކިއެވެ. ޝައުނާ އާޝިޔާގެ އެހީގައި ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. އަދި އޭނާ ގެނައި ސޭންޑްވިޗަކާއި އެކު ކިރު ތައްޓެއް ބޯލިއެވެ. ބޭސްކައިގެން އޮފީހަށް ސަލާމް ބުނުމަށްފަހު ޔައިޝްއަށްވެސް މެސެޖެއް ކޮށްލާފައި ޝައުނާ އަރާމުކޮށްލަން އެނދުގައި އޮށޯތެވެ. އޭރު އައިލީން އާއި ރިފްޝާ ސުކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ.

ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް ދިއުމަށްޓަކައި ނައުރީން އޮފީހުން ނިކުތެވެ. އޭނަ ދޮރު މަތީގައި މަޑުކޮށްލުމަށްފަހު ނަސީރުއަށް ގުޅާ ބަލައި އައުމަށް އެދުނެވެ. ދޮރު މަތީގައި މަޑުކޮށްލައިގެން ހުއްޓާ ދިނާޖުވެސް އޮފީހުން ނިކުތެވެ. ރީތި ހިނިތުންވުމެއް ނައުރީންއަށް ހަދިޔާކުރަމުން ދިނާޖު އޭނަގެ ސައިކަލާއި ދިމާލަށް މިސްރާބުޖެހިއެވެ. ސައިކަލަށް އަރާ ސްޓާޓްކުރަން އުޅެއުޅެ ސްޓާޓްނުވުމުން ދިނާޖު ގާތަށް ރުޅިއައެވެ. އެވަގުތު ނައުރީން އޭނައަށް ގޮވާލި އަޑު އިވުމުން ދިނާޖު އެދިމާލަށް ބަލައިލިއެވެ. އޭރު ނައުރީން އޭނައަށް ހަނާއަޅަމުން ދިޔައެވެ. ދިނާޖު އައި ރުޅީގައި ސައިކަލުގައި ފައިން ޖަހާލުމަށްފަހު ނައުރީންގެ ގާތަށް ދިއުމަށް މިސްރާބުޖެހިއެވެ. ”ސައިކް ސްޓާޓްނުވީތަ… ” ދިނާޖު އައިސް ކާއިރީގައި ހުއްޓުމާއެކު ނައުރީން ސުވާލުކުރިއެވެ. އެއާއެކު ނައުރީންއަށް ޖަވާބު ދިނުމުގެ ގޮތުން ދިނާޖު ބޯ ޖަހާލިއެވެ. ” އަހަރެންނާއެކު ދާންވީނު… ބައްޕަ މިހާރު އަންނާނެ އަހަރެން ބަލައި… އަހަރެމެން ގެއަށް ގޮސްލާފަ ދޯ ދާނީ… އެބެއް ދިނާޖުއާ ދައްކާލަންޖެހޭ ވާހަކައެއްވެސް…” ހިނިތުންވެލަމުން ނައުރީން އެހެން ބުނުމުން ދިނާޖުވެސް ހިނިތުންވެލިއެވެ. މާގިނައިރު ދެމީހުނަށްވެސް އިންތިޒާރުކުރާކަށް ނުޖެހުނެވެ. ނަސީރު ކާރުގައި އައިސް މަޑުކޮށްލުމާއެކު ދެމީހުންވެސް ކާރަށް އަރައި އެމީހުންގެ މަންޒިލަށް ދަަތުރު ފެށިއެވެ. ނައުރީންގެ ރަހުމަތްތެރިކަމުގައި އެގެއަށް ގޮސް އުޅުމުގެ ސަބަބުން ދިނާޖު އާއި ނަސީރު އާއި ދެމެދުވެސް ވަނީ ރަނގަޅު ގުޅުމެއް އުފެދިފައެވެ.

އެކި ވާހަކަތަކުގައި ތިބެ ކާރުގައި ދަތުރުކުރަމުން ދަނިކޮށް ނަސީރުގެ ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު ގުޅަމުން ދަނީ ޔާސިރުއެވެ. ފުރަތަމަ ފަހަރު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅަމުން ދިޔައެވެ. ތަކުރާރުކޮށް ގުޅަމުން ދާނީ މުހިއްމު ކަމަކުކަން އިނގޭތީ ނަސީރު އޭނަގެ ޖެހިގެން އިން ސީޓުގައި އޮތް އޭނަގެ ފޯނު ނެގުމަށް ނައުރީން ގާތު އެދުނެވެ. އެއާއެކު ނައުރީން ފޯނު ނަގައި ސްޕީކަރަށް ލިއެވެ. ” އައްްސަލާމްއަލައިކުމް … ޔާސިރު ކަމަކުތަ… ” ނަސީރު ވާހަކަ ދެއްކިއެވެ. ” ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން… ރޭގަ އަހަރެމެން މަޝްވަރާ ކުރި ކަންތަކާ ބެހޭގޮތުން… މިވަގުތު ވާހަކަ ދެއްކުން މުހިއްމު… ބައްދަލުކޮށްފަ ވާހަކަ ދެއްކުން ރަނގަޅީ… މިވަގުތު ބައްދަލުކޮށްލެވޭތޯ ބަލައިލަން މިއަހާލީ… ” ޔާސިރު އޭނަ ގުޅި ބޭނުން ހާމަކޮށްލިއެވެ. ” ބައްދަލުކޮށްލެވޭނެ މިހާރުވެސް… ޔާސިރު އޮފީހުގަތަ ތިހުރީ… ” ނަސީރު ސުވާލުކުރުމާއެކު ޔާސިރު އާނއެކޭ ބުނެ ޖަވާބުދިނެވެ. ” ތި އޮފީހާ މާ ދުރަކު ނޫން މިއުޅެނީ… ޔާސިރު ނިކުމެ ހުރޭ… ފަސްމިނިޓު ތެރޭ ތިކޮޅަށް ދާނަން… ” ނަސީރު އެހެން ބުނުމާއެކު ޔާސިރު އެންމެ ރަނގަޅު ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ.

އައިލީން އާއި ރިފްޝާ ސުކޫލުން ނިމުމުން ޓެކްސީއެއްގައި އައިޖީއެމްއެޗަށް ދިއުމަށް އަވަސްވެގަތެވެ. ޓެކްސީގައި ގޮސް އައިޖީއެމްއެޗްގެ ކުރިމަތީ މަޑުކޮށްލިއިރު ޝައުނާ އާއި ޔައިޝްގެ ފަހަތުން އާފިޔާ އާއެކު ރިޝްފާ އަދި މާނިއު ނިކުންނަނީއެވެ. އައިލީން އާއި ރިފްޝާވެސް ޓެކްސީއިން ފޭބުމަށްފަހު އެމީހުންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

ކާރުގައި އިން ޔާސިރުގެ ނަޒަރު ހުއްޓިފައިވަނީ ބޭރަށެވެ. އައިޖީއެމްއެޗު ކައިރިން ފެނުނު ސޫރައެއްގެ ސަބަބުން ޔާސިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން އޭނައަށް ކާރު ހުއްޓުމަށް ބުނެވުނެވެ. ޔާސިރުގެ އެ ހަރަކާތުން ކާރުގައި ތިބި އެހެން މީހުނަށް ހައިރާންކަން ލިބިގެން ދިޔައެވެ. ނަސީރު ކިހިނެއްވީތޯ ސުވާލުކުރުމުންވެސް ޔާސިރުގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭނާ ހަމަ އޭރު އިންގޮތަށް ބޭރަށް ނަޒަރު ހުއްޓާއިލައިގެން އިނެވެ. އޭރު ޔާސިރުގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ” އެތިބީ… އެތިބީ ކޮންބައެއްކަން އިނގޭތަ… ” ކުރަކިވެފައިވާ އަޑަކުން ޔާސިރު ސުވާލުކުރުމުން ނައުރީން އާއި ނަސީރުއަށް ލިބުނު ހައިރާންކަން އިތުރުވެގެން ދިޔައެވެ. ޔާސިރު ބުނި ދިމާލަށް ބަލައިލި ދިނާޖުގެ ދެބުމަ ގޮށްޖެހިގެން ދިޔައީ އެތަނުގައި ތިބި އައިލީންމެން ފެނުމުންނެވެ. ދިނާޖު އެތަނުގައި ތިބި މީހުން ކިޔައިދިނުމާއެކު ޔާސިރުގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. އޭނާ ކާރުން ފޭބިތަނާ އައިލީންމެން ދެ ޓެކްސީއަކަށް އަރައި ދުއްވާލިއެވެ. އެއާއެކު ޔާސިރު ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ހުއްޓުނެވެ. ހުއްޓުން އަރާފައިހުރި ޔާސިރަށް އާފިޔާމެން އެރި ޓެކްސީއަށް ބަލަހައްޓާއިގެން ހުރެވުނެވެ. ޔާސިރަށް ސިހިފައި ފަހަތަށް ބަލައިލެވުނީ އޭނަގެ ކޮނޑުގައި މީހަކު އަތް ލުމުންނެވެ. ފަހަތަށް ބަލައިލިއިރު އޭނަގެ ކުރިމަތީގައި ހުރީ ނަސީރެވެ. ޔާސިރުގެ ލޮލުގައި ކަރުނައިގެ އަސަރު ފެންނަން ހުރުމުން ނަސީރުގެ ނިތައް ރޫތަށް ޖަމާވެގެން ދިޔައެވެ. އޭނަގެ ހިތުގައި ސުވާލުތައް ފުނިޖެހިގެން ދިޔައެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަމުގެ ފެހި ސިގުނަލް އޭނަގެ ސިކުނޑި ދެމުން ދިޔައެވެ. މިތަނުގައި ހުރެ އެއްވެސް އެެއްޗެއް އޮޅުން ފިލުވަން އުނދަގޫވާނެތީ ގެއަށް ގޮސް ހަމަޖެހިލައިގެން ވާހަކަ ދައްކަން ނިންމަމުން ޔާސިރު ގާތު އަވަހަށް ގެއަށް ހިނގާށޭ ބުނެލިއެވެ. އެއާއެކު ޔާސިރު އަދިވެސް އެއްފަހަރު ފަހަތަށް ބަލައިލިއެވެ. ޔާސިރު ގޮސް ކާރަށް އެރުމާއެކު ނަސީރުވެސް ކާރަށް އަރައި ގެއަށް ދިއުމަށް ކާރު ދުއްވާލިއެވެ.

އައިލީންމެން ގެއަށް ގޮސް މެންދުރު ކައިގެން ފެންވަރާ ތާޒާވެލިއެވެ. އަދި ތިން ކުދިން އެކުގައި އަޞްރު ނަމާދު ކޮށްލިއެވެ. އަޞްރު ނަމާދުކޮށްލައިގެން ޝައުނާ ބޭސްކެއުމަށްފަހު އަރާމުކޮށްލަން ޖައްސާލިއެވެ. އައިލީން އާއި ރިފްޝާ ނަމާދުކޮށްލައިގެން ނިކުތީ ސިޓިން ރޫމަށެވެ. އޭރު އާޝިޔާގެ އިތުރުން ރިޝްފާ ހަވީރުގެ ސައި ތައްޔާރުކުރުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އާފިޔާވެސް އޭރު ވީ އަރާމުކޮށްލަން ގޮހެއެވެ. އައިލީން ސިޓިން ރޫމުގައި ޓީވީ ބަލަން އިން އިރު ރިފްޝާ އިފާންގެ ކޯލްއެއް އައުމުން ބެލްކަންޏަށް ދިޔައެވެ. ” އައިލީ… ދޭބަލަ މިތައި ކައިރި ހުންނަ ފިހާރައިން މޭވާކޮޅަކާ ތަރުކާރީކޮޅެއް ގަނެދޭން… އަން މިއޮތީ ރުފިޔާ… މޭވާ އާ ތަރުކާރީކޮޅު ހުސްވަނީ މިހާރު… ދެތިން އެތި އިނީ ދެން… މިދުވަސްކޮޅު ޝައުއަށްވެސް ގިނައިން އެފަދަ އެއްޗެހި ކާންދޭންވާނެ… ޑޮކްޓަރު ބުނި ގިނައިން މޭވާ އާ ތަކުރާރީ އަދި ދިޔާ ތަކެތި ގިނައިން ބޭނުންކުރަން… ހުން އައިއްސިއްޔާ ޝައުއަށް އަދި ވަރަށް ނުކެވޭ ދޯ… ” ކޮޓަރިއަށް ވަދެ ރުފިޔާ ހިފައިގެން އައިސް އައިލީންއަށް ރުފިޔާ ދިއްކޮށްލަމުން އާޝިޔާ ބުނެލިއެވެ. އެއާއެކު އައިލީން ރުފިޔާ ހިފައިގެން ފިހާރައަށް ދާން ނިކުތެވެ.

އައިލީން މަޑު ހިނގުމެއްްގައި ހިނގަމުން ދިޔައެވެ. ބޯމަތިވެފައި އޮތް ތޫފާނުގެ ހިލަމެއް ނުވާ ހާލު އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ކުރިއަށް ހިނގަމުން ދިޔައެވެ. ހިނގަމުން ދިޔަ އައިލީން ފޯނު ވައިބްރޭޓްވުމުން ސްކްރީނަށް ބަލައިލިއެވެ. ގުޅަމުން ދަނީ ނުދަންނަ ނަމްބަރަކުން ކަމުން އައިލީންގެ ނިތަށް ރޫތައް ޖަމާވިއެވެ. ނުދަންނަ ނަމްބަރަކުން ގުޅަމުން ދާތީ އޭނަ ފޯނު ނަގައި ޚިޔާލެެއް ނުކުރިއެވެ. ފުރަތަމަ ފަހަރު ނުނެގުމުން ދެވަނަ ފަހަރުވެސް ގުޅިއެވެ. މިފަހަރުވެސް އައިލީން ފޯނު ނަގައި ޚިޔާލެއް ނުކުރިއެވެ. ފިހާރައަށް ވަދެވަދެ ހުއްޓާ އަނެއްކާ ތިންވަނަ ފަހަރަށްވެސް ގުޅިއެވެ. އެހާ ވަރަށް އެމީހަކު ގުޅާނީ ކޮންމެވެސް ކަމަކު ކަމަށް ހިތައި އައިލީން މިފަހަރު ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. އެއާއެކު އެކޮޅުންވެސް ހަލޯ އޭ ބުނެލިއެވެ. އައިލީން ތީކާކުތޯ ސުވާލުކުރުމާއެކު އެމީހަކު ދިން ޖަވާބުން އައިލީން ލާން އުޅުނު ނޭވާވެސް ހީވީ ތާށިވިހެންނެވެ. ވަގުތުން އޭނަގެ ހަރަކާތްތައް ހުއްޓުނެވެ. ހިތް ނުތަނަވަސްވެރިކަމުން ފުރާލިއެވެ. ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ 48

Next

ދުޢާ 21

Next
September 27, 2018

ދުޢާ 21

Previews
September 27, 2018

ރާސްތާ 48

23 Comments!

  1. Ifoo ifoo says:
    September 27, 2018 at 8:24 pm

    Salaam dear readers ???… Kihineh tha hurihaa kudhinn??? I know mi part genesdhinun v v lasvehje kann ??? bt hama kameh dhimaavegen lasvy ???… I’m sorry my dear readers ???❤️❤️❤️… Here is the next part… Hope all will like this part too… N what do you think will happen next n kaaku henn heevany ailee ah e gulhy??? ???… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️????????????… Love you all my readers ❤️❤️❤️????????????… Next part In Sha Allah Sunday ga ???…

  2. Aalaa says:
    September 27, 2018 at 8:34 pm

    Me first yay my inthizaaruge nimumkah aissi waiting for next part curiously vrh reethj ifoo ????????????????❤❤❤❤❤❤❤❤❤

    1. Ifoo ifoo says:
      September 27, 2018 at 8:52 pm

      Aalaa ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… Ifoo v v v ufaavehje story reethi v ma dear ah n story ah inthizaaru kuri kann ingunyma ???❤️❤️❤️???… Ur comment is soooooo colourful ??????… I really like it ???… Btw this is ur first comment dhw ifoo ge story ah ???… V v v ufaavehje ???… Next part In Sha Allah Sunday ga ???… Lots of love from me ❤️❤️❤️?????????????…

  3. Zen says:
    September 27, 2018 at 8:53 pm

    Supporeh nuden

    1. Ifoo ifoo says:
      September 27, 2018 at 9:54 pm

      I just thanked the readers those who supportes for me ???… Ifoo ah support dhey baivaru readers ulhey… So that comment is for them ???…

  4. Grrl? says:
    September 27, 2018 at 9:15 pm

    Hello ifoo✨ Vrh dhuvas vejje dhw comment eh nukhleveytha?? sorryy inge?? Assu Grrl Alert dhuvas kolhalakah vefa bxy v ma mihn mi vee ? Ekms comment nukhlevunas baraabarah story kiyan ?? Vv lwbi story eh mee?? hama habeys?? Mi part vs vvvv salhi?? Masha Allah?Abadhvs bunaahn mifaharvs bunaani? this is the favourite story N ur the world best Author ?❤️??Vvvvv lwbivey?❤️?

    1. Ifoo ifoo says:
      September 27, 2018 at 10:21 pm

      Grrl ❤️❤️❤️???… After a long time dhw ???… V v v ufaavehje ehaa dhuvas fahun vx Grrl ge support colourful Comment eh fenunyma ❤️❤️❤️??????… Thankyou so much dear ❤️❤️❤️????????????… It’s ok dear knme faharaku comment nukurevunas… Asluvx v v v ufaavehje mihaa dhuvas fahun vx dear ge comment eh fenunyma n gavaidhun vaahaka kiyaakan ingunyma v v v ufaavehje ??????❤️❤️❤️… Love you too dear ❤️❤️❤️????????????…

  5. kainaa says:
    September 27, 2018 at 10:06 pm

    mi part vs salhi…………..ifoo waiting for next part…….ly……………..

    1. Ifoo ifoo says:
      September 27, 2018 at 10:24 pm

      Kainaa ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… I’m glad that u like it ??????… Love you too dear ❤️❤️❤️????????????…

  6. Maya says:
    September 27, 2018 at 10:20 pm

    Vv reethi MashaAllah.. Ifoo Ilove this part.. Thankolheh kuru dhw.. Haadha inthixaareh kohfymey mi story ah ??????????‍❤️‍?☺️????☺️☺️☺️☺️☺️Curiously waiting for next part. Avahah up kohdhehchey Darling luv u… Kaaku ge call eh baa????? ??????????

    1. Ifoo ifoo says:
      September 27, 2018 at 10:29 pm

      Maya ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part vx Maya ah kamudhiyaima ???… Yah… Mi part kuru bt dhen maa gina dhuvas v ma kurukoh viyas up kohly ???… Sorry dear ehaa dhigu inthizaareh kuran jehunyma ???… Next part In Sha Allah Sunday ga ???… Kaakuge call eh baa dhw… Hehe… Hingaa balamaa ???… Lots of love and from me dear ❤️❤️❤️????????????…

  7. Doodle says:
    September 28, 2018 at 10:10 am

    Ey ehvyma aslu rifoo a yoon aa ehbafaa dhw wow salhi waiting ingey

    1. Ifoo ifoo says:
      September 28, 2018 at 9:49 pm

      Doodle ❤️❤️❤️… Maybe ???… Heheh… Let’s see dhw vaagotheh ???… Thankyou so much ❤️❤️❤️????????????… Keep waiting ???…

  8. Naju says:
    September 28, 2018 at 2:09 pm

    IᖴOO ᗪEᗩᖇ ᗰI ᑭᗩᖇTᐯ᙭ ᐯᐯᐯᐯᐯᐯᐯᐯᐯ ᖇYTᕼI IᑎGEY ?????????… I ᒍᑌᔕT ᒪOᐯE IT ?????????… ᗰIᕼᗩᗩᖇᑌ Eᗷᗩ ᐯ IᑎTEᖇEᔕTIᑎG ᐯEᖇY ᖇIᖴOO ᗰOᗰ ᗰEᑎGE ᒪIᖴE ᗩᕼ ?????????… ᑎᗩᒍᑌ ᗩᕼ ᕼYᐯᗩᑎY EᗪᕼEᗰYᕼᑌᑎ ᗩᗪᕼIᐯ᙭ ᗰᗩᖇᖇIEᗪ ᕼEᑎ ???????‍❤️‍?‍??‍❤️‍?‍??‍❤️‍?‍?… ᗩIᒪEE ᑎ YOOᑎ GE ᗷᗩI ᕼᗩᗩᗪᕼᗩ ᗰᗩᗪᕼEY ᗰI ᑭᗩᖇYGᗩ IᖴOO ?????????… ᑎE᙭T ᑭᗩᖇTGᗩ EᗪᕼEKᑌᗪᕼIᑎGE ᗷᗩI TᕼᗩᑎKOᒪᕼEᕼ GIᑎᗩ KOᕼᗪᕼEᗩᑕᕼEY ???❤️❤️❤️???… ᗩᑎEᕼKᗩᗩ ᗩIᒪEE ᗩᕼ EGᑌᒪᕼY KᗩᗩKᑌᗷᗩᗩ ᗰIᕼᗩᗩᖇᑌ ᗰIᕼᑌᖇY ᗷᗩᒪᗩᗩᒪᗩᗩ ᕼITᕼᑌᑎ KEᕼᗰᗩᗪᕼᑌᐯEᖴᗩ ?????????… ᑕᑌᖇIOᑌᔕᒪY ᗯᗩITIᑎG 4 TᕼE ᑎE᙭T ????????????????????????… KEEᑭ ᑌᑭ TᕼE GOOᗪ ᗯOᖇK ᗪEᗩᖇ ???????????????… ᗰᑌᑕᕼ ᒪOᐯEᔕ ᖴᖇOᗰ ᑎᗩᒍᑌ ?????????????????????????????????❤️❤️❤️????️?️?️?????????

    1. Ifoo ifoo says:
      September 28, 2018 at 10:16 pm

      Naju ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… I just love it ❤️❤️❤️??????… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v Naju ah ???… Rifoo ge mom n yoohaan ge dad aa gulhumeh vx balamaa hingaa dhw plus e gulhi myheh vx ???… Yahh… Mi part ga Ailee n yoon ge bai madhu vaane… Try kuraanan next part ga ithuru kohlvey thr ???… Thankyou so much Naju ifoo ah thidhey support ah ???❤️❤️❤️???… I’m so happy to have a reader like you ???… Much loves from me dear ❤️❤️❤️????????????…

  9. Aalaa says:
    September 28, 2018 at 7:49 pm

    Thanks ifoo abadhuves stry kiyan comment mi kohlee alah a?❤

    1. Ifoo ifoo says:
      September 28, 2018 at 10:18 pm

      Aalaa ❤️❤️❤️???.. Most welcome dear ❤️❤️❤️??????… Ifoo v v v ufaavehje story ah comment kohleema ??????… Hope to see ur comment more often ❤️❤️❤️???…

  10. Livy says:
    September 28, 2018 at 8:26 pm

    Ifoo darling ??❤❤ Livy miulheny kuda koh balive.. How are you dear ? ?? Haadha dhuvas kollaafa ey mi story kiyaalan libuny.. Hama kehmadhu vefa hury ???? But I can understand we all are busy dhww ☺☺???❤❤❤ But kaaku baa mi gulhy ailee ah.. ???? I think dhinaaj kanneynge dhw ?? Anekka keehkuran baa e gulhi myheh gulhy ??? Story is amazing ingey dear ?????? Anekka yoon ge dad ah ves rifoo mamma fenuny dhw.. Varah varah interesting ?????? next part thankolheh dhigu koh up kolla dheveytho balahchey ingey ?????? Lots of love ???????❣??❤❤??????????????????

    1. Ifoo ifoo says:
      September 30, 2018 at 12:07 pm

      Livy ❤️❤️❤️???… Thankyou so much dear for the colourful Comment ❤️❤️❤️????????????… Ifoo v ragalhu ???… Get well soon dear ???… V v v ufaavehje livy ge comment eh fenunyma ???… N thankyou so much livy ehaa understanding v ma ❤️❤️❤️???… Let’s see dhw kaaku thr e gulhy ???… Now next part up kohlaifinn… Avahah kiyaalaa ???… N e part dhiguvaane ???… Lots of love and take care ❤️❤️❤️????????????…

  11. Shaya says:
    September 29, 2018 at 6:08 pm

    Its awesome..???? keep it up

    1. Ifoo ifoo says:
      September 30, 2018 at 12:08 pm

      Shaya ❤️❤️❤️… Thankyou so much dear ❤️❤️❤️????????????…

  12. Shaa says:
    September 30, 2018 at 6:24 am

    Woww ifoo mi part ves vrh rythi??keep it up ifoo dear☺☺?lots of love from shaa❤❤❤❤❤

    1. Ifoo ifoo says:
      September 30, 2018 at 12:09 pm

      Shaa ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje ???… Much loves from me dear ❤️❤️❤️????????????…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 45←


All Right Reserved!