އެވްލީން… 17
” ކިޔާ ޕްލީސް… ” ރިހާނީ އައިސް އަކިޔަސް ކައިރީގައި އިށީންނަމުން ، އަކިޔަސްގެ އަތުގައި ހިފަހައްޓާލިއެވެ. ” ރިނީ އައެމް ވެރީ ޓަޔާރޑް…. ” އަކިޔަސް ޓީޝާޓް ބޭލުމަށްފަހު ދާވަށިގަނޑަށް ލުމަށްފަހު އައިސް އެނދުގައި އޮށޯތެވެ. ރިހާނީ ބޮޑު ލޮލަށް ކަރުނަ ޖަމާވަގެން ދިޔަ އެވެ. ރިހާނީގެ ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިއުމުން ވެސްް އަކިޔަސް ލޯހުޅުވައި ނުލި އެވެ. ރިހާނީ ބާރު ބާރަށް ހިނގާލާފައި ގޮސް ފާޚަނާއަށް ވަނެވެ. ދުވަހަކުވެސް ފިލައިގެން ނުދާނެ ފަދަ ޒަހަމްތަކެއް އަކިޔަސް އޭނަގެ ހިތަށް ދީފި އެވެ.
* * *
އުޑުގައި ވިދާބަބުޅަމުން ދިޔަ ތަރިތަކުގެ ފަނޑު އަލިކަން ފާމްހައުސްގެ ބަގީޗާގެ ތެރެއަށްވަނީ ފެތުރިފައެވެ. ވައިރޯޅިތަކާއެކު ގަސްތައް ނަށަމުން ދިޔައިރު ބޫން އަޑަކުން ފަޒާވަނީ ގުގުމާލާފައެވެ. އުޑަށް ޖަމާވަމުންދިޔަ ކަޅު ވިލާތައް އުޑުގައި ވިދާ ބަބުޅަމުންދިޔަ ތަރިތަކުގެ މައްޗަށް ކުރިހޯދަމުން ދިޔައެވެ. އެވްލީން ޒަވީންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ހިނގަމުން ދިޔައިރު ފިނިކަމުން އެވްލީންގެ ހަށިގަނޑުގައި މަޑު ތުރުތުރު ލުމެއް އުފެދިފައި ވެއެވެ. ނޭވާ ލާއިރުވެސް ފަޒާގެ ތެރެއަށް ހުދުކުލައިގެ ދުންގަނޑެއް ފެތުރިގެން ދެއެވެ. ” މޭއިބީ ވީ ޝުޑް ގޯ ބެކް…. ފިނިކަމުން ގަނޑު ހިފާފަ މިހުރީ…. ” އެވްލީން ޒަވީންގެ މޫނަށް ނަޒަރު ހިންގައިލަމުން ބުނެލިއެވެ. އެވްލީންގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތް ހީވަނީ ލޭކޮޅެއް ހެންނެވެ. އެހާވެސް ރަތެވެ. ” ލީން ސްޓްރޯންގް ވާން ދަސް ކޮށްބަލަ… އެހެން ނޫނަސް އަހަރެން ހުއްޓާ ލީން ގަނޑުވިޔަކަ ނުދޭނަމެއްނު… ” ޒަވީން އެވްލީން ގެނެސް އެހަށިގަނޑާ ކައިރި ކޮށްލުމާއެކު އެވްލީން ހީފިލައިގެން ދިޔައެވެ. އެވްލީން ޒަވީންގެ ހަށިގަނޑުގައި ކުރިއަށްވުރެ ބާރަށް ބައްދާލިއެވެ.
ޒަވީންގެ ބޭނުންކޮށްގެން ހުރި ވަން މިލިއަން ސެންޓް ވަހުގެ ސަބަބުން އެވްލީންއަށް އެތެރެއަށް ނޭފަތް ދަމާލެވުނީ ބޭއިހްތިޔާރުގައެވެ. ” މިހާރު އޯކޭތަ… ” ޗެރީ ބްލޮސަމް ގަސްތައް ކައިރީގައި ބަހައްޓާފައިވާ ގާޑެން ބެންޗެއްގައި އިށީންނަމުން ޒަވީން އަހާލައިފިއެވެ. ޗެރީ ބްލޮސަމް ގަހުގެ މާތަކުން ބެންޗްވަނީ ފުރާލާފައެވެ. ހީވަނީ ފިޔާތޮށި ކުލައިން ޕެއިންޓް ކޮށްފައި ވާހެންނެވެ. ” ފީލިން ބެޓާރ… އެކަމަކު ސްޓޯމް އެއް އަންނަން އުޅޭހެން ހާދަ ހީވެޔޭ… ” ވަޔާއެކު ގަސްތައް ލެނބެމުންދިޔަ މަންޒަރު ފެނުމާއެކު އެވްލީން އިނީ ކުޑަކޮށް ބިރު ގެންފައެވެ. ކުޑަ އިރުކޮޅެއް ކުރިން އިވެމުންދިޔަ ދޫނިތަކުގެ އަޑުވެސް ކެނޑި ފަޒާގެ ތެރޭގައި އަތްގަދަ ކޮށްލާފައި ވަނީ ބޫން އަޑަކުންނެވެ.
” ލީން ބިރުން އުޅޭވަރުން ހަރިކޭން އެންޑް ޓޯނޭޑޯވެސް އަންނާނެހެން ހީވާނެ… ތިންކް ވޮޒިޓިވްލީ. ” ޒަވީން ހިނިތުންވުމަކާއެކު އެވްލީންގެ ކޯތާފައި ފިރުމާލިއެވެ. އެވްލީންއަށް ދެލޯމަރާ ތަގުޅި ކޮށްލެވުނެވެ. ޒަވީންގެ ކޮންމެ ބީހުކަމުން އެހަށިގަނޑުގެ ހުރިހާ ނާރުތަކެއްގައި ކަރަންޓް ރާޅުބާނީތަކެއް ދުވެލައެވެ.
” ޒޭވް… ” ވިދާލި އަލިގަދަ ވިދުވާއެކު ފަޒާ ގުގުމާލައިގެން ދިޔަ ބާރު ގުގުރީގެ އަޑުން ހީވީ ބާރު ގަދަ ބޮމެއް ގޮވިހެންނެވެ. އެވްލީންގެ ހިތުގެ ތެޅުން ބާރު ވެފައިވާއިރު ހީވަނީ މޭގަނޑު ފަޅާލާފައި ހިތް ނިކުމެގެން ހިނގައިދާނެ ހެންނެވެ. ޒަވީންއަށް ވެސް އެވްލީންގެ ހިތުގެ ތެޅުން އިހްސާސް ވާނެކަން ޔަޤީނެވެ. ” ލީން ރިލޭކްސް… ” ޒަވީން ބެންޗުން ތެދުވެލަމުން ބިރުން ގޮސް ރޫރޫއަޅަމުން ދިޔަ އެވްލީން ގެނެސް މެޔާލާާ ބޮނޑި ކޮށްލައިފިއެވެ. ” ލެޓްސް ގޯ… ” ބިރުންގޮސް އެވްލީންގެ އަޑުވެސް ބޭރުވެގެން އައީ އުދަގުލާއެކުއެވެ. ” ހޭއި ލީން… ޑޯންޓް ބީ ޓޫ ސްއެކާރޑް… ގުގުރައި ގަތީމަ ވަރަށް އަޑުގަދަވާނެ މިހިސާބުގައި… ” އެވްލީން އެހާ ބިރުން އުޅޭތީ ޒަވީން ކުޑަކޮށް ނުތަނަވަސްވާ ގޮތްވިއެވެ. ޒަވީން ބާރު ފިޔަވަޅު ތަކެއްގައި އެވްލީން އާއެކު ފާމްހައުސްއާއި ދިމާއަށް ހިނގައިގަތެވެ.
ވާރާގެ ސަބަބުން ފަޒާގައި ރީތި މިޔުޒިކެއް ކުޅެލަމުން ދިޔައިރު ޖެހެމުންދިޔަ ބާރުގަދަ ވަޔާއެކު ފޮރެސްޓްގައިވާ ބިޔަ ގަސްތައްވެސް ހީވަނީ މުލުން ލުއްސާލައިގެން ހިނގައިދާނެ ހެންނެވެ. ފުރާޅުގައި ގަސްގަހުގެ ފޮފިތައް ކޭއްތިލާއިރު ނާމާން އަޑެއް ފެތުރިގެން ދިޔައެވެ. ” ލީން، ލެޓް މީ ހެލްޕް ޔޫ ޓު ކްރޮސް ދަ ސްޓެއާސް…. ” އެވްލީން ތުރުތުރު އަޅަމުން ދިއުމުގެ ސަބަބުން ޒަވީން އެވްލީން އަތްދަނޑިމައްޗަށް އުފުއްލާލައިފިއެވެ. ކޮޓަރިއާއި ހަމައަށް ދެވެންދެން އެވްލީންއަށް ޒަވީންގެ ލޮލަށް ބަލަހައްޓައިގެން އޮވެވުނެވެ. އެއަޅިކުލައިގެ ދެލޮލުން އެވްލީންއަށް ފެނުނީ ލޯތްބާއި އަޅާލުމެވެ. ނަމަވެސް އަކިޔަސްގެ ހަނދާންތަކުން އެވްލީން މާޔޫސް ކޮށްލައިފިއެވެ. އަކިޔަސްގެ އިންޒާރު މަތިން ހަނދާން ނައްތާލަން ބޭނުންވި ކަމުގައި ވީނަމަވެސް އެވްލީންއަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ.
ކުޑަ ދޮރުތަކަށް އެއްވެސް ރަހުމެއްނެތި ހަމަލާ ދެމުންދިޔަ ވާރޭ ތިކިތައް ކުޑަދޮރުގެ ބިއްލޫރިތަކުން ތިރިއަށް ފައިބަމުން ދިޔައެވެ. ދޭތެރެއަކުން ފަޒާގެ ތެރެއަށް ފެތުރިގެންދާ ހޮނު ގުގުރީގެ އަޑުން ދޮރުތަކާއި ކުޑަ ދޮރުތައް ވެސް ވައިބްރޭޓްވެގެން ދެއެވެ. ޒަވީން އެވްލީން އެނދުގައި ބާއްވަމުން ގޮސް ހުޅުވާފައިވާ ކުޑަ ދޮރުތައް ލައްޕާލުމަށްފަހު ކާޓެއިންތައް ދަމާލައިފިއެވެ. ކޮޓަރިގައި ބަހައްޓާފައިވާ ބޮޑެތި އުށްބައްތިތަށް ޒަވީން ރޯކޮށްލުމާއެކު ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދިޔަ އަނދިރިކަން ފޫއަޅުވާލައިފިއެވެ.
” ފިނި ވަނީތަ ؟ ” ޒަވީން އޭނަ ލައިގެން ހުރި ކަޅު ކުލައިގެ ޖެކެޓް ބޭލުމަށްފަހު އައިސް އެނދުގައި އިށީނެވެ. އެވްލީން އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލައިފިއެވެ.
” ހޫނުކޮށްލަ ދޭންވީ ދޯ ؟ ” ޒަވީން އެވްލީންގެ އަތްތިލައިގައި ބޮސްދިނެވެ. ޒަވީންގެ ފިރުމުންތަކުން އެވްލީން ހީފިލައިގެން ދިޔައެވެ. އެވްލީންގެ މޫނަށް ލޭކުލަ ވެރިވެގެން ދިޔައިރު އެތުންފަތުގެ ރަތްކަން ކުރިއަށްވުރެ އިތުރުކޮށްދީފިއެވެ. ދިގު އިސްތަށިގަނޑުން އިސްތަށިތައް މޫނަށް ފައިބައިފައި ވާއިރު ހާދަ ފުރިހަމައެވެ. ބަލާ ފޫހިނުވާހާ ރީއްޗެވެ. ” ޒެ..ޒޭވް… ” އެވްލީންއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. ” ރެޑް ތުންފަތަށް ހާދަ ވަރެއް ތިކޮށްލަނީ… ” އެވްލީންގެ މޫނަށް ފައިބައިފައިވާ އިސްތަށިތައް ޒަވީން އެއްކައިރި ކޮށްލައިފިއެވެ.
މަޑުމަޑުން އެވްލީންއާއި ކައިރިވަމުން ގޮސް އެވްލީންގެ ތުންފަތަށް ޒަވީން ބޮސް ދިނެވެ. ވާރޭގެ ސަަބަބުން ފަޒާގެ ތެރެއަށް ފެތުރުމުން ދިޔަ ތެތް ފިނިކަމުގެ ސަބަބުން ފަޒާ ކުރިއަށްވުރެ ފިނިކޮށްލިއެވެ. ދެހަށިގަނޑުގައި ރޯވެގެން ދިޔަ ލޯބީގެ އަލިފާނުގެ ސަބަބުން އެވްލީން ހިތާއި ރުހުމުން ޒަވީންގެ ހުރިހާ ފިރުމުންތަކަށް ދައުވަތު ދިނެވެ. ޒަވީން ލައިގެން ހުރި ޓީޝާޓް ބޭލުމާއެކު އެވްލީން އޭނަގެ ފިނި ތުންފަތް ޒަވީންގެ ކަސްރަތީ ހަށިގަނޑުގައި ޖައްސާލައިފިއެވެ. ޒަވީންގެ އެވްލީންގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އެދޮން ކަނދުރާއަށް ބޮސްދިނެވެ. އެވްލީންއަށް ބާރަކަށް ޒަވީންގެ ހަށިގަނޑުގައި ބައްދާލެވުނެވެ. އެހަށިގަނޑުގެ ހުރިހާ ނާރުތަކާ ހަމައަށް ދައުރުކޮށްލި ކަރަންޓް ބާނިތަކުން މަޑު ހީލިކެރުވުމެއް އުފެދިގެން ދިޔައެވެ.
ކޮޓަރިތެރެއަށް ފެތުރިފައިވާ ފިނިކަމަމުގެ ސަަބަބުން ދެހިތުގެ ތެޅުންވެސް ކުރިއަށްވުރެ އަވަސް ކޮށްލައިފިއެވެ. ޒަވީންގެ ފަރާތުން ލިބެމުންދިޔަ ހިތްހަމަ ޖެހުމާއި އުފަލުގެ ސަބަބުން އެވްލީންގެ ހިތަށް ވަނީ ފިނިކަން ގެނެސްދީފައެވެ. ވަޔާއެކު ކޮޓަރީގައި ރޯކޮށްފައިވާ އުށްބައްތިތައް ނިވިގެން ދިޔަހިނދު ދެހަށިގަނޑުވަނީ އެއްހަށިގަނޑަކަށް ވެފައެވެ. ދުވަހަކުވެސް މުހާ ނުލެވޭފަދަ ގޮށަކުން ދެހިތް ވަނީ ބަނދެވިފައެވެ.
* * *
ކާޓެއިން ތަކުގެ ތެރޭން ފުރޭނިގެން އައިސް އިރުގެ ރަން ދަޅަތައް ވަނީ ކޮޓަރިތެރެއަށް ފެތުރިފައެވެ. ފޮރެސްޓް ތެރޭގައި އުދެހެމުންދިޔަ ބޭއި ވްރެން ، ބްރައުން ކީޕާރ ، ސްޓާލިންގްގެ ރީތި މިޔުޒިކީ އަޑު ފަޒާ ތެރެއަށް ވަނީ ފެތުރިފައެވެ. އެވްލީން ކަންނެތް ގޮތަކަށް ލޯހުޅުވާލުމަށްފަހު ކައިރީގައި ނިދާފައި އޮތް ޒަވީންއަށް ބަލައިލިއެވެ. އެވްލީން މަޑުމަޑުން އެނދުން ތެދުވެލުމަށްފަހު ގޮސް ފާޚަނާއަށް ވަނެވެ. އޭރުވެސް ޒަވީން ފުން ނިންޖެއްގައި ނިދާފައި އޮތެވެ. އެވްލީން ފެންވަރާލައިގެން ފާޚަނާއިން ނިކުމެެގެން އައީ ކުޑަ ބަކެޓަކަށް ފެން އަޅާލައިގެންނެވެ. އޭރު އެތުންފަތަށް ވަނީ ލާނެތް ހިނިތުންވުމެއް ވެރިވެފައެވެ.
.
” ގުޑް މޯނިންގް ހަނީ… ” ޒަވީންގެ މޫނަށް ފެން ބުރުއްސާލުމާއެކު ޒަވީން ސިހިފައި ލޯ ހުޅުވާލިއެވެ. ” ނޯޓީ ގާލް… ” ޒަވީން އެވްލީންގެ އަތުގައި ހިފާ ލުއްކިއެއް ޖެހުމާއެކު އެވްލީން ގޮސް ޖެހުނީ ޒަވީންގެ ތަނަވަސް މޭމަތީގައެވެ. އެވަގުތު ކޮޓަރި ތެރޭގައި ގުގުމާލައިގެން ދިޔައީ އެވްލީންގެ ބާރު ހަޅޭކުގެ އަޑެވެ. ” ޒޭވް… ޕްލީސް ދޫކޮށްބަލަ… އަހަރެން މިދަނީ ކޮފީ ހަދަން ވެގެންނޭ ، ޒޭވްގެ ފެވެރިޓް ގްރީންޓީ ވެސް ގެންނާން އެންޑް މިހާރު އެއޮތް އަށެއް ޖަހާނީ… ޒޭވް ބުނީމެއްނު މިއަދު ކޮންމެވެސް ތަނެއް ބަލަންދާ ވާހަކަ… ” ޒަވީންގެ ބާރުގަދަ އަތުގެރޭގައި ހައްޔަރު ވެގެން ދިއުމާއެކު އެވްލީން ބުނެލައިފިއެވެ. އެވްލީންގެ ޖުމްލަ އަޑު އިވުމާއެކު ޒަވީން އެވްލީންގެ ގައިން ދޫކޮށްލުމަށްފަހު ބާރު ފިޔަވަޅު ތަކެއްގައި ގޮސް ފާޚަނާއަށް ވަނެވެ.
އެވްލީން ބަދިގެއަށް ވަންނަމުން ފުރަތަމަވެސް ކުޑަދޮރުތައް ހުޅުވާލިއެވެ. އެއްވެސް ހުރަހެއްނެތި އެމޫނުގައި ބޮންދޭންފެށި ވައިރޯޅިތަކުން އެވްލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔަހެންނެވެ. ކުޑަދޮރު ކައިރީގައި އިންދާފައިވާ މެރީ ގޯލްޑް ގަސްތައް ވަނީ މާތަކުން ފުރާލާފައެވެ. ޝަބްނަމް ތިކިތައް މާތަކުގައި މޫތިތަކެއްހެން ވިދާ ބަބުޅަމުން ދިޔައެވެ. އެވްލީން ކޮފީމޭކާ ކައިރިއަށް ހުއްޓުނު ތަނާހެން ސިއްސައިގެން ދިޔައީ މީހަކު އައިސް އޭނަގެ އަތުގައި ހިފާ އެމީހަކާއި ދިމާއަށް އަނބުރާލުމާ އެކުއެވެ.
” ވަޓް ދަ ހެކް އިސް ރޯންގް ވިތް ޔޫ ؟ ” އެވްލީން އަކިޔަސްގެ މޭމަތީގައި އަތްއަޅާ ދުރަށް ކޮއްޕާލާން ބޭކާރު މަސައްކަތް ކުރަމުން ދިޔައެވެ. އަކިޔަސް ހުރީ އެވްލީން ގެނެސް އޭނަގެ ހަށިގަނޑާ ލައްކޮށްލައިގެންނެވެ. ” ޔޫ އާ ދަ ޕްރޮބްލަމް… ” އަކިޔަސް އެވްލީން އަތަށް ބާރުކޮށްލައިފިއެވެ. އެވްލީންގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ އަތުގައި އުފެދިގެން ދިޔަ ރިހުމެއްގެ ސަބަބުންނެވެ. ” ދޫކޮށްބަލަ ތަދު އެބަވެޔޭ…. އަކިޔަސް އަކަށް އަހަރެން ގަޔަށް ތިގޮތަށް އަތްލުމުގެ އެއްވެސް ހައްޤެއް ނޯންނާނެ…. ” އެވްލީންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކުން އެކޯތާފަތް ތެތްމާލައިފިއެވެ. ” ދަ ޑޭ ޔޫ ގޭވް މީ ދެޓް ލެޓާރ… އަހަރެންގެ ހިތަށްވެން ހާދަ ތަދެއްވިޔޭ… އަހަންނަށް ޤަބޫލެއްވެސް ނުކުރެވުނު ލީން އަހަންނަށް އެހާ ބޮޑަށް އޮޅުވާލާނެކަމަށް… ” އަކިޔަސް ދަތްކުޑިވިކާލި އިރު އެވްލީންއަށް އެދޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
” ވަޓް ! އަހަރެން ދުވަހަކުވެސް އަކިޔަސް އަކަށް ލެޓާއެއް ނުދެން… ޕްލީސް ލީވްމީ ، ޒޭވް މިހާރު އަހަރެން ނައިސްގެން ލަސްވެގެން އުޅޭނީ… ” އެވްލީން އަޑަށް ބާރުލާފާއި ބުނެލިއެވެ. ” ލަޔާރ… އަހަރެން އަނބުރާ މާލެ ދިއުމުން ލީން ލެޓާއެއް ނުދެންތަ ؟ އެދުވަހު އެލަޓާ ކިޔުނު ފަހުން އައި ކްނޯ ހައު ޑީގްރޭޑް ޔޫއާރ… ” ފަހަތައް ޖެހެމުން ގޮސް އަކިޔަސް ކިޗެން ކެބިނެޓް މައްޗަށް ވީއްލައިލި އެތިފަހަރާއެކު ހީވީ ކުޑަވަރެއްގެ ބިންހެލުމެއް އައިހެންނެވެ. ތަށިތައް ތެޅިލި އަޑުން ފަޒާ ގުގުމާލައިފިއެވެ. ” އަކިޔަސް ! ސްޓޮޕް އިޓް…. ” އެވްލީންއަށް ހަޅޭއްލަވައި ގަނެވުނެވެ. އޭނައޭ ކިޔައިގެން އަކިޔަސް ދައްކަމުން ދިޔަ ވާހަކަ ތަކަކީ ހަޤީޤަތެއް ނެތް ހުސް ދޮގު ވާހަކަ ތަކެކެވެ.
” ކިތައްފަަހަރު އަހަރެން ބުނާނީ އަހަރެން ބޭނުމެއްނޫނޭ ޕާސްޓާމެދު ވިސްނާކަށް… އައެމް ހެޕީ ވިތް ޒޭވް…. އެންޑް ވަން މޯރ ތިންގް އައި ނެވާރ ބިޓްރޭއިޑް ޔޫ… އަކިޔަސްގެ އެހީއާއި ހިމާޔަތަށް އަހަރެން އެދި އާދޭސް ކުރިވަގުތު އަކިޔަސް އަހަރެން ދޫކޮށްލާފައި ދިޔައީ… ޔޫ ވޯންޓް ކްނޯ ހައު މަޗް ޕެއިން އައި ހޭވް ސަފާރޑް…. އަހަރެން ކޮންމެ ދުވަހަކުގެ ވަގުތުތައް ހޭދަކުރީ އަކިޔަސް އަންނާނެ ކަމުގެ ފޮނި އުންމީދުގައި… ބަޓް ދެޓް ޑޭއި ނެވާރ ކޭމް… އަހަރެން ހާދަ ވަރަކަށް ރުއީމޭ…. އަކިޔަސްގެ މޫނު ދެކިލުމުގެ އުންމީދުގައި ހާދަވަރަކަށް އިންތިޒާރު ކުރީމޭ ! ” މާޒީގެ ކަންތައް ހަނދާން ވުމާއެކު އެވްލީންގެ ހިތަށް އެތައް ޒަހަމްތަކެއް ލިބުނެވެ. ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ހިތި ދުވަސް ތަކެކެވެ. އަކިޔަސްގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ވަގުތު އަކިޔަސް އޭނަ އެކަނި ކޮށްލާފައި ދިޔައީއެވެ.
” އައެމް ނޮޓް އަ ފޫލް ޓު ބްލީވް ޔޫ… ” އަކިޔަސްގެ ހިލަ ހިތަށް އެވްލީންގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތަކުން އެއްވެސް އަސަރެއް ނުކުރިއެވެ. އަކިޔަސް ދިޔައީ އޭނައަތުން އެވްލީންއަށް ދެވެން އޮތް ހުރިހާ ވޭނާކާއި އަނިޔާއެއް ދެމުންނެވެ. ” އަކިޔަސް ހަޤީޤަތް އެނގެން ބޭނުންނަމަ އަހާބަލަ ރިނީ ކައިރިން…. ” ގިސްލުވެމުންދިޔަ އެވްލީން އަކިޔަސްއަށް ބަލައިލިއެވެ. ” ރިނީއޭ ކިޔަައިގެން އެއްވެސް އެއްޗެކޭ ނުކިޔާތި ! ” ކައިރީގައި ހުރި ހޫނު ގްރީން ޓީގެ އެތެރެއަށް އެވްލީންގެ އަތްތިލަ ކޮށްޕައިލަމުން އަކިޔަސް ބުންޏެވެ. އަތް ފިހިގެން ދިއުމާއެކު އެވްލީންއަށް ބާރަކަށް ރޮއިގަނެވުނެވެ.
އަކިޔަސް އެވްލީން އެހާލަށް ދޫކޮށްލުމަށްފަހު ބަދިގެއިން ނިކުމެގެން ދިޔައެވެ. އެވްލީންގެ ބާރު ރުއިމުގެ އަޑުން ކޮޓަރީގައި ހުރި ޒަވީން ބާރު ބާރަށް ހިނގާލާފައި އައިސް ބަދިގެއަށް ވަނެވެ. ” ލީން… ” ކިޗެން ކެބިނެޓް ކައިރީގައި ހުއްޓިލައިގެން ރޯން ހުރި އެވްލީން ފެނުމާއެކު ޒަވީން އެވްލީންއަށް ގޮވާލިއެވެ. އޭރު ޒަވީންގެ މޫނުމަތިން ވެސް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ.
” ލީން ވަޓް ހެޕެންޑް… ” ގިސްލެވެމުންދިޔަ އެވްލީންއަށް ޒަވީންގެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. އަތުން ދިލަ ނަގަމުން ދިއުމުގެ ސަބަބުން އެވްލީންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ދިޔައީ ގިނަ ވަމުންނެވެ. ” ލީން ނުރޮއި ހުއްޓާލަބަ… ވެގެން އުޅޭ ގޮތެއް ބުނީމައެއްނު އަހަންނަށް ހެޕްލް ވެވޭނީ… ” ޒަވީން އެވްލީންގެ މޫނުގައި ހިފަހައްޓާލައިފިއެވެ. ” އަތް… ފި…ފިހުނީ… ” އަޅައިގަންނަމުން އެވްލީން ވާހަކަ ދެއްކިއެވެ.
ޒަވީންއަށް އެވްލީންގެ އަތް ފެނުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އެވްލީންގެ އަތްވަނީ ރަތްވެ ދުޅަވެފައެވެ. ” ލީން ހާސްނުވެބަލަ…. ކޫލް ވޯޓާރ ލާފަ ކެލަމައިން ކްރީމް ލީމަ ރަނގަޅު ވެދާނެ… އެންޑް އިޓްސް ޖަސްޓް ފަސްޓް ޑިގްރީ ބާން… ” ޒަވީން ފްރިޖް ހުޅުވާލުމަށްފަހު އައިސް ޓޭރޭއިން އައިސް ކިއުބްތަކެއް ނެގުމަށްފަހު އެވްލީންގެ އަތުގައި ހާކަން ފެށިއެވެ. އެވްލީން ދެލޯ މަރާ ބާރުކޮށްލައިގެން ހުރިއިރު އެސްފިޔަތައް ފޫދުއްވާލުމަށްފަހު ކަރުނަތައް ފައިބަމުން ދިޔައެވެ. އައިސް ކިޔުބުގެ ސަބަބުން ރިހުން މަޑުވެގެން ދިޔައެވެ. ޒަވީން އައިސް ކިޔުބް ހާކަމުން އެވްލީންގެ އަތަށް ފުމެމުންދިޔައިރު އެމަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތުގައި ހަސަދަވެރިކަން އުފެދޭނެއެވެ.
” ލީން އިސް އެނީ ތިންގް ރޯންގް ؟ … ” ބަދިގެއަށް ވަދެގެންއައި ރިހާނީ އެވްލީންއާއި ޒަވީންއާއި ދިމާއަށް ބަލައިލުމަށްފަހު ތުންކޮޅު އޫކޮށްލައިފިއެވެ. އޭނައާއި އަކިޔަސްއާ ދެމެދުވެސް އެހާ ގާތްގުޅުމެއް އޮތްނަމަ ކިހާ ރަނގަޅު ހެއްޔެވެ ؟
” ނަތިންގް… އަތް ފިހުނީ… ” އެވްލީން ރިހާނީގެ އަޑަށް ލޯހުޅުވާލުމަށްފަހު ހިނިތުންވުމަކާއެކު ބުނެލިއެވެ. ” ސިސް… ފަސްޓަ އެއިޑް ބޮކްސް ހިފައިގެން އާދެބަލަ… ” އެންމެ ފަހު އައިސް ކިއުބް އެވްލީންގެ އަތުގައި ހާކައިލަމުން ޒަވީން ބުނެލިއެވެ. ކުޑަ އިރުކޮޅެއްފަހުން ރިހާނީ ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ކިޗެން ކެބިނެޓް މަތީގައި ބެހެއްޓިއެވެ. ޒަވީން އަވަސް އަވަހަށް އެހުޅުވާލުމަށްފަހު ކެލަމައިން ކްރީމް ނަގައި އެވްލީންގެ އަތުގައި އުނގުޅަން ފެށިއެވެ. ” ކުރިންވެސް ލީން ކައިރީގަ ބުނީމެއްނު ބަލައިގެން އުޅޭށޭ…. ދެން އަހަރެން ލީންއަށް ކޮފީއެއް ހަދާލަ ދޭނަން… ” ޒަވީން ކޮފީ ހަދަން އުޅުމުން އެވްލީން އެކަމާ ދެކޮޅު ހެދިއެވެ.
” ކެއަރިންގް ހަސްބެންޑް އަކަށް ވާން ބޭނުން ވަނީ… ” ޒަވީން ކޮފީ މަގެއް ހިފައިގެން އައިސް އެވްލީންއަށް ދިއްކޮށްލިއެވެ. ” ސްޓްރޯއަކުން ދޯ ލީންއަށް ބޮވޭނީ ؟ ” ލާނެއް ރާގަކަށް ޒަވީން ވާހަކަ ދެއްކިއެވެ. ޒަވީންގެ ޖުމްލައިން ރިހާނީއާއި އެވްލީންގެ ހުނުމުގެ އަޑުން ބަދިގެ ގުގުމާލައިފިއެވެ. ” ޒޭވް ދެން މިހާރު އޮބްސެސް ތިވަނީ… ” ރިހާނީ ފްރިޖް ހުޅުވާލުމަށްފަހު މިލްކް ޕެކެޓެއް ނަގައިގެން އައިސް ތަށްޓަކަށް އަޅައިލަމުން އެބޯން ފެށިއެވެ. ” ކޮބާތަ ބްރޯ ؟ މިއަދު ނުވެސް ފެނޭ… ” ޒަވީންގެ ޖުމްލައިން އެވްލީންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ” ޖޮގިންއަށް ދިޔައީ ކަންނޭގެ… ” ރިހާނީ ޒަވީންގެ ސުވާލަށް ޖަވާބު ދިނެވެ.
* * *
ހެނދުނުގެ ނާސްތާއަށްފަހު ޒަވީންއާއި އެވްލީން ދިޔައީ ފާމްހައުސް ކައިރީގައި އޮތްނަ ފްލާވާ ފާރމްގައި ހިނގާލުމަށެވެ. ހޮލީހޮކްސް ، ކްރިސެންތް ، ސަންފްލާވާރ ، އޮރިއެން ލިލީސް ގަސްތައް އިންދާފައިވާއިރު އެގަސްތައް ވަނީ މާތަކުން ބަރާވެފައެވެ. ޓުއެސްޝަން މާކް ކޮކާތަކާއި މޮނާރޗް ކޮކާތައް މާތަކުން ފޮނި ބޯން އުދުހެމުން ދިޔައިރު ހާދަ ރީއްޗެވެ. ހީވަނީ ފިލްމްތަކުން ފެންނަހާ ރީތި މަންޒަރެއް ބަލާލެވޭހެންނެވެ. އެވްލީންއަށް މޮނާރޗް ކޮކާތައް ފެނުމާއެކު އެކޮކާތައް ހިފޭތޯވެސް ބެލިއެވެ. އެވްލީން އުޅޭގޮތުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އެހާ މައުސޫމެވެ.
” ހޭއި ބޭބް… ވަރަށް ރީތި އިނގޭ ހީވަނީ ސްނޯވައިޓް ހެން… ” ޒަވީން އައިސް އެވްލީންއާ އަރާހަމަކުރަމުން އެއްލޯ މަރާލައިފައި ހިނިތުންވެލިއެވެ. އެވްލީން ލައިގެންވެސް ހުރީ ނޫއަދި އޮރެންޖް ކުލައިގެ ހެދުމެކެވެ. މިއަދު އެހެން ދުވަސްތަކަށް ވުރެ ހޫނުހެންވެސް ހީވެއެވެ. ” ޒޭވް އެހެންވީމަ ވާނީ ޕަރިސްއަށް ދޯ… ” އެވްލީން އުދުހެމުންދިޔަ ކޮކާތަކަށް ނަޒަރު ހިންގާލައިފިއެވެ. ” ހޫމްމްމް ” ޒަވީން ހޫމް އަޅުވާލަމުން އެވްލީންގެ އަތުގައި ހިފަހައްޓާލިއެވެ.
” ހައިޑް އެންޑް ސީކް ކުޅެން ހިނގާބަލަ ޒޭވް… ގަސްތައްވެސް ކިހާ ބޮޑު… ޕާފެކްޓް ވާނެ… ” އެވްލީން ލުއި ހީލުމަކާއެކު ބުނެލިއެވެ .” އޯހް މައި ގޯޑް… ޔޫ އާރ ސްޓިލް ނޮޓްް އެ ގްރޯން އަޕް… ” ޒަވީން އެއްބުމަ އަރުވާލިއެވެ. ” ފައިން ، ލެޓްސް ގޯ ފޯއަ ވޯލްކް… ” އެވްލީން ކުދި ދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ. ” އޯކޭ ވާނެ… ” ޒަވީން އެވްލީން ގެނެސް ކައިރިކޮށްލަމުން ފާމްގައި ހިނގަން ހަދާފައިވާ މަގުން ހިނގަމުން ދިޔައެވެ.
* * *
ކޮޓަރިއަށް ވަންނަމުން އަކިޔަސް ކޮޓަރީގެ ދޮރު ލައްޕާލި އަޑަށް ސޯފާގައި އިށީންދެލައިގެން މެގަޒިންއެއް ކިޔަން އިން ރިހާނީ ދިޔައީ ސިއްސައިގެންނެވެ. ” ކިޔާ ކޮންތާކަށް ގޮއްސަ ތިއައީ… ؟ ” ރިހާނީ ސޯފާއިން ތެދުވެލަމުން އަލާލައިފިއެވެ. ” ނަން އޮފް ޔޯރ ބިސްނެސް… ” އަކިޔަސް އެނދުގައި އިށީންނަމުން ޖީބުން އޭނަގެ ފޯނުނެގިއެވެ. ” އަހަރެންމީ ކިޔާގެ ވައިފް… އަހަންނަށް އެނގެން ޖެހޭނެ ކިޔާ ދާތަނެއް، ކިޔާ ކުރާކަމެއް ” ރިހާނީގެ އަޑުގައިވެސް ހިތްހަމަ ނުޖެހުން އެކުލެވިގެންވިއެވެ. ” ފައިން… އަހަރެން ދިޔައީ ފިހާރަޔަކަށް…. ވޯންޓް އެކްސްޓްރާ ޑީޓެއިލްސް ؟ ” ރިހާނީ ސުވާލުކުރަން ފަށާގޮތަށް ޖަވާބު ނުލިބެނީން ހުއްޓާނުލާނެކަން އެނގުމުން އަޑަށް ބާރުލާފައި އަކިޔަސް ބުންޏެވެ. ރިހާނީ އަކިޔަސްއާއި ދިމާއަށް ބަލައިލުމަށްފަހު ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. ނަމަވެސް އަކިޔަސް ގޮވާލުމާއެކު ރިހާނީގެ ފިޔަވަޅުތައް ގަނޑުވިއެވެ.
” ރިނީ އަހަރެން މިކުރާ ސުވާލަށް ތެދުތެދަށް ޖަވާބު ދޭތި…. ” އަކިޔަސް ބާރަކަށް ހިނގާލާފައި އައިސް ރިހާނީ ކުރިމައްޗަށް ހުއްޓުނެވެ. ” ސުވާލު ކުރީމައެއްނު އަހަންނަށް ޖަވާބު ދެވޭނީ… ” ރިހާނީގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ” މީގެ ހަތަރު އަހަރު ކުރިން ލީން އަހަންނަށް ދޭށޭ ކިޔާފަ ދިން ލެޓާއަކީ ލީން ލުޔުނު އެއްޗެއްތަ ؟ ” އަކިޔަސް ދެބުމަ ގޮށްޖަހާލަމުން އަޑަށް ހަރުކަށިކަން ގެންނަމުން އަހާލިއެވެ. ” ހޫމްމްމް… އެކަމަކު އެލެޓާއަކީ ލީން ލިޔުނުއެއްޗެއް… ” އަކިޔަސްގެ ސުވާލުން ރިހާނީ ހާސްވާގޮތްވިއެވެ. ނަމަވެސް އޭނަ އެކަން އެއްވެސް ގޮތަކަށް ހާމަވިޔަކަ ނުދިނެވެ.
” ކިޔާ ކުއްލިޔަކަށް ތި ސުވާލު ކުރީ ކީއްވެތަ ؟ ” ރިހާނީ އެހިއެވެ. އަކިޔަސް ރިހާނީގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ގޮސް އެނދުގައި އިށީނެވެ. ރިހާނީ އަކިޔަސްއާއި ދިމާއަށް ބަލައިލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭރު އެވްލީންގެ ސަބަބުން އެހިތުގައި އަނެއްކާވެސް ރުޅިވެރި ކަމުގެ އަލިފާން ރޯވެގެން ދިޔައެވެ. އޭނައަށް އެވްލީން އެކަނި ހުއްޓާ ފެނިއްޖެނަމަ އެވްލީންގެ ދުވަސް ދުއްވާލާނެއެވެ.
* * *
ހަވީރު އަކިޔަސްއާއި ޒަވީން ރަށްޓެއްސެއްގެ ގެއަށް ދިއުމުން ގޭގައި ތިބީ ހަމަ އެކަނި ރިހާނީއާއި އެވްލީންއެވެ. ސިޓިންގް ރޫމްގައި އެވްލީން ޓީވީ ބަލަން އިނުމަށްފަހު ހިނގައިގަތީ ގޭގެ ބެކްޔާޑަށެވެ. އެވްލީން ވުޑްސް ތެރޭގައި ހިނގަމުން ދިޔައިރު ރިހާނީ އޭނަގެ ފަހަތުން އަންނަކަމެއް އެވްލީންއަށް ރޭކާވެސް ނުލިއެވެ.
” ޔޫ ބިޗް!!!… ކަލޭ ކީކޭ ކިޔައިގެން ތިއުޅެނީ ކިޔާ ކައިރީގައި ؟ ” ރިހާނީ ވިދާލި ވިދުވަރެއްހާ ބާރުމިނުގައި އައިސް އެވްލީންގެ އިސްތަށިގަނޑުގައި ބާރަކަށް ހިފަހައްޓާލިއެވެ. ” ރިނީ ދޫކޮށްބަލަ… ” ރިހާނީ އިސްތަށިގަނޑަށް ވާން ކޮށްލުމާއެކު އެވްލީންއަށް ބުނެލެވުނެވެ. ރިހާނީ ދެލޯ ހަނިކޮށްލައިގެން އެވްލީންއާއި ދިމާއަށް ކަޅިހަދާލައިގެން ހުރިއިރު އެބުޅި އިސްތަށިގަނޑުގެ ސަބަބުން ރިހާނީ ފެންނަމުން ދިޔައީ ފިލްމުތަކުން ފެންނަ ވިލަންއެއް ހެންނެވެ.
” ކަލެއަށް ނުހުރެވުނުދޯ ކިޔާއާ ކައިރިނުވެ…. ޒޭވް ލިބުނީމަވެސް ކިޔާ ފަހަތުން އަޅުވާލައިގެން ތިއުޅެނީ… ސްލަޓް! ” ރިހާނީ އެވްލީންގެ އިސްތަށިގަނޑުން ދޫކޮށްލުމަށްފަހު ހަޅޭއްލަވައިގަތެވެ. ” ރިނީ ! ” އެވްލީންގެ އަޑުގައިވެސް ރުޅިވެރިކަން އެކުލެވިގެން ވިއެވެ. ” ލާސްޓް ވޯނިންގް…. ކިޔާއާއި ކައިރިވެސް ވެއްޖެނަމަ ނިމުނީ… ” ރިހާނީ އެވްލީންގެ މޭމަތީގައި އަތްއަޅާލާ ކޮށްޕާލައިފިއެވެ. ނަސީބަކުން އެފަދަ ހަމަލާއަށް ތައްޔާރުވެގެން ހުރުމުގެ ސަބަބުން އެވްލީންއަށް ހަށިގަނޑު ބެލެންސް ކޮށްލެވުނެވެ.
” އަހަރެން ނޫޅެން އަކިޔަސް ފަހަތަކުން ، އަކިޔަސް ކައިރީ ބުނެބަލަ އަހަރެންގެ ފަހަތުން ނޫޅޭށޭ… އެންޑް އައެމް ހެޕީ ވިތް ޒޭވް… ” އެވްލީން އަޑަށް ބާރުލާފައި ބުންޏެވެ.
” ޔޫ ބެޓާރ ޝަޓް ޔޯރ މައުތް…. ” ރިހާނީ އެވްލީންއާއި ދިމާއަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން ލޯއަޅާލައިފިއެވެ.
” ޔޫ ބެޓާރ ކީޕް ޔޯރ މައުތް ޝަޓް… އަހަރެން ވާހަކަ ގިނަ ކޮށްފިނަމަ ޔޯރ ލައިފް ވިލް ބީ ރުއިންޑް… ” އެވްލީން ރިހާނީ ކުރިމަތީގައި ބަލިވާކަށް ބޭނުމެއް ނުވިއެވެ. އޭނަވެސް ”ސްޓްރޯންގް ” ވާން ބޭނުމެވެ.
އެވްލީން އެތެރެއަށް ދާން ހިނގައިގަތުމާއެކު ރިހާނީއަށް ކައިރީގައި ހުރި ރެޑްވުޑް ގަހަށް ލެނގިލެވުނެވެ. ރިހާނީ އަވަސް އަވަހަށް އޭނަގެ ފޯނުނަގައި ޖުނެއިނާގެ ފޯނަށް ގުޅާލައިފިއެވެ. ހަތަރު ފަހަރު ގުޅުމުންވެސް ޖުނެއިނާ ފޯނެއް ނުނެގިއެވެ. ރިހާނީގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ކުއްލިޔަކަށެވެ. ފޯނު ނަގާ ހޫރާލެވުނު އިރު ރުޅިއައިސް ރިހާނީ އެތެރެއިން އަނދަމުން ދިޔައެވެ.
” އެވްލީން!، އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮށްލާނަން… ” ރިހާނީ ދެދަތްޕިލް ޖައްސާ ބާރުކޮށްލިއެވެ. އެވަގުތު ހިޔާލަށް އަކިކަމެއްގެ ސަބަބުން ރިހާނީގެ ހުނުމުގެ އަޑުން ފަޒާ ގުގުމާލައިގެން ދިޔަ އެވެ.
(ނުނިމޭ)
24 Comments
Comments are closed.
Yeyy anekkaa ves first ?.. Vvvv reethi waiting for next part.. Obiness to tha maxs
Omg varah reethi. You be one of the bestestestest hama
Laa, me first.. Yayyy, finally first libuny oa ?
hei reader .. Laa kiyaafa huttaakah nuvaane .. eyee v goskameh .☺
Aff… laa akee goas ehcheh noon. It means NO in Arabic ?
????❤❤Yayy me first… Vvv nice..Masha allhah ….waiting for the next part
Lol we both first ?
Zo’3rd dhw.. mi part ves hama roolhaa iraa kudhi kudhi hama??
Maasha Allah.. waiting for the next part..
Haha dhww
i wanna be frnds with u
Koba ma kery comment??
story is beautiful .. .
but I’m a little confused….
actually how much does leen remember about her past?….
seems like she only renembers akiyas….,
she doesnt remember the mental asylum… the reason why she had to b there…
fizaaya and junainas evil deeds…,.
really,.only akiyas?
please clarify this doubt for me somebody
Hey dear, As the story progress all your question will be answered. So please continue reading <3
Aslu evleen xeyv aa marry kohgen egeyah dhiya thanun akiyas men fenunyma hurihaa ehcheh hadhaan v
❤️❤️????mi part ves v reethi
Story is”Roolhaai Iraa kudhi kudhi
??????
Leen ah dheragotheh nuhadhahchey
Efakyru haadha hithaamaeh kohfi eyy.. when next part..?? Um waiting for the next part…
Mireyge part thankolheh kuru dho
Ekam salhi igey story
30 parts ah story hadhaa part thah dhigu kollanvy ennu.
Haadha reechey mivaahaka
Kiyaa hithun keinuvaathy igey mihen mibunyves. Varah varah rythi
Waiting for muthaa ge varah kind reply akah ??????
Thirty parts ey liyunu baige thirty einy ehenthanakah gossa
Your opinion is already taken into consideration Mary. I’ll merge episodes so that the total episode count will be 30. But the episodes will be extraaaaaaa long per. Hope you’ll still enjoy it. 🙂
Story v salhi…zave ah rehani n leen ae sis kann ingumun ehves suvaal eh nufedhuny keeveba? Mental hospital ga leen inn iru zave ah reehani ge vahaka konmes varakah ingifa dhw innany..leen eyna sis fenunyma sakaryi vaakan so..????
Hey Kudaa, As the story progress your question will be answered. Hope you’ll continue reading and supporting the novel 🙂
Next part up kohdheyba
Thank you all for the lovely feedback. I really appreciate all the warm support support I’m receiving from you all. 🙂
Kobaa nextu paaaartu
english word ebahuri nubaikoh beynunkohffa.. know kiyan v thanah kuno, beleive kiyan v thanah buleeve