Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (ސާދަވަނަބައި)

InaaSh Level 210 Stories100 Comments
October 26, 2018 4 Mins Read
39 Comments

ޝާމާވެސް ވަގުތުން ހޭނެތުނު އިރުގައި ނުއުމާންއަށް ޝާމާ ތިރިއަށް ވެއްޓުނަނުދީ ހިފަހައްޓައިލެވުނީ ހަމަކިރިޔާއެވެ. ޝާމާއަށް ފަރުވާދޭން ފެށިތާ ާގިނައިރު ނުވަނީސް ޝާމާހެއިއެރި އެއްކަމަކު މާހިލްއޭ ކިޔާ ރޮމުންދިޔައެވެ. ޝާމާ ހަމައަކަށް އެޅުނީ އަނިލްއެތަށް ނަސޭހަތެއް ދީ ވިސްނައިދިން ފަހުންފަހުނެވެ. ނޫރްއަށް ލޭ ދީފައި އައި ނަވީލްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހިތްތައް ކަތިލާފަދަ ހިތްދަތިކަމެވެ. އަނިލް ރިޔާޒްއަށް ގުޅާ މިހަބަރު ދިނުމުން ރިޔާޒްއަށް ވެސް ލިބުނީ ޝޮކެކެވެ. ރިޔާޒް ބޭނުންވީ އެންމެ އަވަހަށް އޮތް ފްލައިޓަކުން ރާއްޖެ އަންނާށެވެ. ނާހިދާއާއި ރާއިންއަށްވެސް މިހަބަރު ލިބުމުން ވަގުތުން ރާއްޖެދާން ބޭނުންވިއެވެ. ވެއިޓިން ރޫމްގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ކަންބޮނޑުވުމެގެ އަސަރުތަކެވެ. ނުއުމާންވެސް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރުގައި ބެލެނީ އޮޕަރޭޝަން ތިއޭޓަރ އިންދިމާއަށެވެ. ގާތްގަނޑަކަށް ތިން ގަނޑިއިރެއް ހާއިރުފަހުން ނޫރްއަށް ފަރުވާދެމުން ދިޔަ ޑޮކްޓަރ އަންނަތަންފެނުނެވެ. އެންމެން ގޮނޑިން ތެދުވެގެން ގޮސް ޑޮކްޓަރ ގާތުގައި މަޑުކޮށްލިއެވެ.
“ހައު އިޒް ޝީ؟…..”
“ޝީ އިޒްނައު އައުޓް އޮފް ޑޭންޖާ…..ވާރޑްއަށް ޗޭންގް ކުރާނެ އިރުކޮޅަކުން……. ހޭއަރާނެ ވަކި އިރެއް ނޭންގެ ބުނާކަށް……އިތުރުކަމެއް އުޅެންޔާ އިނގޭނީ ހޭ އެރީމަ ޗެކްއަޕް ހަދާލާފަ……”
“الحمد لله….ތެންކިޔޫ ޑޮކްޓަރ…..”
އެންމެންގެ މޫނުމަތިން ކުޑަހިތްހަމަ ޖެހުމެއް ފެނިގެންދިޔަ ނަމަވެސް އަދިވެސް މާހިލްގެ ހަބަރެއްނުވާތީވެ ތިބީ ހާސްވެފައެވެ. ފަތިހުގެ ވަގުތެވެ. ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިއެއްގައި އޮތްނޫރް މަޑުމަޑުން ލޯހުޅުވައިލިއެވެ. ނޫރްއަށް ފުރަތަމަވެސް މަޑުމަޑުން ބަނޑުގައި އަތްހާކާލެވުނެވެ.
“ދަރިފުޅާ……”
ނޫރްހޭއެރި ތަންފެނި ރިޔާޒްނޫރްގެ ބޮލުގައި ފިރުމައިލިއެވެ. ނޫރްގެ ތުންފަތް މަޑުމަޑުން ހަރަކާތްކުރިއިރުގައި ދެލޯފެންކަޅިވެގެން ދިޔައެވެ.
“ދަރިފުޅާ….”
ރިޔާޒުގެ ލޯވެސް ފެންކަޅިވެގެން ދިޔައީ ލޯބިވާ އަންހެންދަރިފުޅުގެ ހާލުފެނިފައެވެ. އެވަގުތު އެތާގައި ހުރި ނުއުމާން ނޫރް ހޭ އެރިތަންފެނި ގޮސްއައީ ޑޮކްޓަރ ގޮވައިގެންނެވެ. ޑޮކްޓަރ ނޫރްބެއްލެވުމަށްފަހު އިތުރު އެއްވެސް ކަމެއްނެތް ވާހަކަ ބުންޔެވެ. އަދި ސައުވިސް ގަނޑިއިރު އޮބްޒަވޭޝަންގައި ބާއްވާލައިފައި ގެއަށް ދޫކޮށްލާނެކަމަށް ޑޮކްޓަރ ބުނަމުން ދިޔައީއެވެ.
“ބައްޕާ…..މާހީ…..މާހީ….ކޮބާ؟…..އަޅުނގަޑުގެ ދަރިފުޅު…..”
ނޫރްއަށް ވާހަކަ ދެއްކުނީ ވަރަަށްވެސް އުދަނގުލުންނެވެ. ރިޔާޒް ނޫރްއަށް އެއްވެސް ކަމެއް ސިއްރުނުކޮށް ކިޔާދިނީ އިތުރުއެއްވެސް ގޮތެއް ނުވިސްނުނީމައެވެ. ފިރިމީހާ އޮތްހާލާއި ދަރިފުޅު ބައިގެންދިޔަ ވާހަކަ އަޑުއިވި ނޫރްއަށް ހީވީ ހިތުގެތެޅުންވެސް ކުޑައިރުކޮޅަކަށް މަޑުޖެހިލިހެންނެވެ. ނޫރްއަށް ރޮވެމުންދިޔައީ ވީދެރައިންނެވެ. ނަމަވެސް ނޫރް ކެއްކުރަންބޭނުމެވެ. ވަގުތުން މާހިލްގެ ހާލުބަލަން ދާން ނޫރް ބޭނުންވިއެއް ކަމަކު ޑޮކްޓަރ އެކަން މަނާކުރުމުން ނޫރްއަށް ދެވޭގޮތެއްނުވިއެވެ. ޑޮކްޓަރ ނޫރްއަށް ނިދާއިންޖެކްޝަނެއް ދިނީ ނޫރް މާބޮޑަށް ހާސްވެ އެކަމާއި ވިސްނާތީއެވެ.
މާހިލްގެ އޮޕަރޭޝަން ފަސްވަރަކަށް ގަނޑިއިރަށް ދިގުދެމިގެން ދިޔައިރު އެންމެންވެސް ތިބީ ޑޮކްޓަރ އައިސް ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. ޑޮކްޓަރު އަންނަތަން ފެނުމުން އެންމެންވެސް ތިބީ ޑޮކްޓަރ ދޭނެ ހަބަރެއް ނޭންގޭތީވެ އެކަމާއި ބިރުންނެވެ. ނޫރްއަށް އަދިވެސް އޮތީ ނިދިފައި ކަމުން ނާހިދާއާއި ރާއިންތިބީ ނޫރްކައިރީގައެވެ. ޑޮކްޓަރ ކައިރިވަމުން ދިޔަ ވަރަކަށް އެންމެންގެ މޫނުމަތީގައި ވީ ކަންބޮޑުވުން އިތުރުވިފަދައެވެ. އެންމެނަށް ހިތާހިތުން މާހިލްއަށް ދުޢާ ކުރެވެމުން ދިޔައެވެ.
“ހައު އިޒް ހީ؟…..”
“އަމް ސޯ ސޮރީ…..”
ޑޮކްޓަރުގެ ޖުމްލައާއިއެކު އެއްބައިމީހުން ހިފަހައްޓައިލައިގެން ތިބި ކަރުނަތަށް އޭގެ މަގާމު ދޫކޮށް ފައިބަންފެށިއެވެ. ޝާމާއަށް ރަގަނޅަށްވެސް ރޮވިއްޖެއެވެ. ނަވީލްއާއި ނުއުމާންގެ ލޯވެސް ފެންކަޅިވެގެން ދިޔައެވެ.
“ކީކޭ……”
އަނިލްގެ ހިތުގެ ތެޅުންއަވަސް ވެފައިވާހާލު ޑޮކްޓަރާއި އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“ހީ އިޒް އިންއަ ކޯމާ……އަޅުގަނޑުމެންނަށް ޕޭޝަންޓްގެ ފުރާނަ ސަލާމަތްކުރެވިފައި ވީނަމަވެސް ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ޕޭޝަންޓްވަނީ ކޯމާއަކަށް ގޮސްފަ……ހޭ އަރާނެ އިރެއް ނުވަތަ ދުވަހެއް ބުނާކަށް ނޭންގޭނެ…..މިއަދުވެސް ހޭއަރާފާނެ….ނޫނީ މާދަމާވެސް…..ނުވަތަ މަހެއް ނޫނީ އަހަރެއް ފަހުންވެސް…..އެހެން ބުނާކަށް ނޭންގޭނެ…..ވީ އާ ސޯ ސޮރީ…..ލެޓްސް ހޮޕް ފޯދި ބެސްޓް……”
ޑޮކްޓަރުގެ ވާހަކަ އަޑު އަހަންތިބި އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތާމައިގެ ކުލަވަރެވެ. ނަމަވެސް އެކަކުވެސް އުންމީދު ދޫކޮށެއްނުލައެވެ. ނޫރްގެ ހާލަތު ރަގަނޅުވަމުން އަންނާތީވެ ދެދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލިއެވެ. އެދުން ތެދުވަން ޑޮކްޓަރުގެ އަމުރު ލިބުމާއި އެކުހެން ނޫރްގެ މިސްރާބު ހުރީ މާހިލް ބާއްވައިފައި އޮތް ކޮޓަރިއަށް ދިއުމަށެވެ. މާހިލް ކޯމާއަކަށް ދިޔަ ހަބަރު އަޑުއިވުނު ނޫރްއަށް ލިބުނީ އިތުރު ހިތާމައެކެވެ. މާހިލްގެ ފުރާނަ ސަލާމަތް ކުރެއްވީތީވެ މާތް ﷲ އަށް ނޫރް ހަމްދް ކުރިއެވެ. ނަމަވެސް ހިތުގައި ނުތަނަވަސް ކަމެއްވީ މާހިލް ހޭއަރާނެ ދުވަހެއް ނޭންގޭތީއެވެ. ފުރަަަތަމަ ފަހަރަށް މާހިލް ބާއްވައިފައި އޮތް ކޮޓަރިއަށްވަތް ނޫރްގެ ދެފައި ފާޑަކަށް ތުރު ތުރު އަޅަމުން ދިޔައީ ލޯބިވާ ފިރިމީހާ އޮތްހާލު ފެނިފައެވެ. ނޫރް ކިތައްމެ ހިތްވަރު ކުރަން އުޅުނުނަމަވެސް ކަރުނަތައް ނުހިފެހެއްޓުނެވެ. ނޫރް އައިސް މާހިލް އޮތް އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން މާހިލްގެ އަތުގައި މަޑުމަޑުން ހިފައިލަމުން އަތަށް ބޮސްދިނެވެ. އަދި ނޫރް މާހިލްއަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ. މާހިލްގެ ބޮޮލުގެ އިސްތަށިގަނޑު ބާލައިފައި ވާއިރު ވަނީ ބޭސް އަޅައިފައެވެ. މާހިލް ހީވަނީ ގަދަ ނިންޖަކުން ނިދައިލައިފައި އޮތްހެންނެވެ. ނޫރްއަށް ރޮވުނީ މާހިލްގެ ހާލު ފެނިފައެވެ.
“މާހީ……”
“މާހީ……ތިހެންނޯވެ އަވަހަށް ތެދުވަބާ……މާހީ…….އަހަރުމެންގެ ދަރިފުޅު…….އަހަރުމެންގެ ދަރިފުޅުވެސް އަހަރުމެން ދޫކޮށްފަ ހިނގައްޖެ…..މާހީ ވެސް އަހަރެން ދޫކޮށްލާފަ ނުދައްޗޭ…..އޭރުން އަހަރެން……”
ނޫރްއަށް ރޮވެމުން ދިޔައެވެ. ވާހަކަ ދެއްކުނީވެސް ވަރަށްވެސް އުނދަގުލުންނެވެ.
“މާހީ……އަހަރެން ނޭދެން ދުވަހަކުވެސް މާހީއާ ވަކިވާކަށް……އައި ލަވް ޔޫ…..ކިތައްމެ ދުވަހެއް ވިއަސްވެސް އަހަރެން އިންޝާﷲ މާހީއަށް އިންތިޒާރުކުރާނަން…..”
މީ ނޫރް މާހިލްދެކެ ލޯބިވާ ވާހަކަ ބުނި ފުރަތަމަ ފަހަރެވެ. މާހިލްވެސް އަނގަބަހުން ނޫރްދެކެ ލޯބިވެއޭ ނުބުންޔަސްވެސް މާހިލްގެ އަމަލުތަށް ހުންނަ ގޮތުން މާހިލް ނޫރްދެކެ ވާލޯބި ހާމަވެއެވެ. ނޫރް މާހިލްއާއި އެތަށް ވާހަކަ އެއް ދެއްކިއެވެ. މާހިލްއަށް އިންތިޒާރު ކުރާނެ ވާހަކަ ނޫރް ބުނީ ނިކަން ސާބިތުކަމާއި އެކީގައެވެ. ނޫރް މާހިލްއަށްޓަކައި ކެއްކުރާނެއެވެ. ހަފްތާއެއްވަންދެން މާހިލް ހޮސްޕިޓަލުގައި ބޭއްވުމަށްފަހު އަނިލް ބޭންނުންވެގެން މާހިލްގެއަށް ބަދަލުކުރީ އިތުރު ފަރުވާތަކެއް މާހިލްއަށް ދޭން ނުޖެހޭތީއެވެ. އެހެންނޫނަސް މާހިލްގޭގައި އޮތިއްޔާ އެންމެންވެސް މާ ހިތްހަމަ ޖެހޭނެއެވެ. ރިޔާޒްމެން އަނެއްކާވެސް ފުރީ މާހިލް ގެއަށް ބަދަލުކުރި ފަހުން ހަފްތާއަކު މަޑުކޮށްލުމަށް ފަހުގައެވެ. ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުންދިޔައެވެ. މިހާރު މާހިލް ކޯމާއަށް ދިޔަތާ އަހަރެއް ފާއިތުވެގެން ދިޔައީއެވެ. ނޫރްހަމަ ކުރިންވެސް ހުރިގޮތުގައި ސާބިތުކަންމަތީ މާހިލްގެ އިންތިޒާރުގައި ހުއްޓެވެ. އެކަކުވެސް އުންމީދުކަޑައެއް ނުލައެވެ. މާހިލް ކޯމާއިން ހޭލާނެ ދުވަހަކަށް އެންމެންވެސް އިންތިޒާރުކުރަމުން ދިޔައެވެ. އާދައިގެ މަތިން ނޫރްއިނީ މާހިލްގާތުގައި އިށީންދެލައިގެން ޤުރުޢާން ކިޔަވާށެވެ. މީ ނޫރްގެ އާދައެވެ. ކޮންމެ ނަމާދެއްގެ ފަހުގައިވެސް މާހިލް ކައިރީގައި އިނދެ ޤުރުޢާން ކިޔެވުމަކީ ނޫރްގެ އާދައެކެވެ.
“ޕޮއް…..”
ޝެޒާއައީ ރަށަށް ގޮސްފައިކަމުން ޝެޒާއައީ ނޫރްއަށް އެންމެ މީރު ތެލުލިބަބުލެޔޮ ދަޅެއްހިފައިގެންނެވެ.
“ޝެޒް ހާދަ ރަގަނޅޭ……ޖަޒަކިﷲ ޙައިރަން…..”
“ހާއި މާހިލް…..”
ޝެޒާ މާހިލްއަށް ވެސް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނޫރް ރީތި ހިނިތުންވުމެއް ޝެޒާއަށް ހަދިޔާކޮށްލަމުންގޮސް ކިޔަވަންއިން ޙަތިމު ބާއްވައިލިއެވެ. ޝެޒާ ރަށަށްގޮއްސައި ވީހުރިހާ ކަމަކާއި ކުރި ހުރިހާ ކަމެއް ނޫރްއަށް ކިޔާދެމުންދިޔައިރު ނޫރް ހެވިފައި އަޑުއަހަން އިނެވެ.
“ކޮބާތަ މިގޭގަ އުޅޭ ފޮނިގަނޑު…..މޭ ފުއްޕާލާފަ އުޅޭއިރު ހީވާނެ ތިމާވަރު މީހެއް ނެތްހެން….ވަރަށް ފޫހި ވޭ ހުވާ މިބުނީ……”
ޝެޒާ އެދައްކަނީ ނުއުމާންގެ ވާހަކަ ކަން ނޫރްއަށް އިނގުނެވެ. ޝެޒާ އާއި ނުއުމާން ދިމާވެއްޖެނަމަ ކޯޅުންގަނޑެއް ނުހިނގާނީ ވަރަށްވެސް މަދުފަހަރަކުއެވެ.
“ޝެޒް ތިބެންއުޅެމުން އެންމެ ފަހުން ނުއުމާންއާ ކަންނޭންގެ އިންނާނީ ވެސް…..”
“ޗީ….މަށެއް ނޫޅެން…. މިއުޅެނީ އިންނާނެ މީހެއްނެތިގެން ވީއްޔަ…..އޭނަ އާ އިންނަން…….”
ޝެޒާ އަނގައަށް ވައްތަރެއް ޖައްސާލަމުން ފަހަތަށް އެބުރިލިއިރު ނުއުމާން ހުރީ ޝެޒާގެ ފަހަތުގައި ޖީބަށްއަތް ޖަހައިލައިގެން ނުލަފާ ގޮތަކަށް ހެވިފައެވެ. ޝެޒާ އަނގައަށް ހަދައިލިގޮތުން ހީވީ ހިތިއެއްޗެއް ކައިލެވުނު ހެންނެވެ.
“ހަމަ ނީންނާނަންތަ؟…މިވީ ގޮތުން މިޖެހުނީ ޝެޒްއާ އިންނާކަށްނު…..ދޮންބެ ދައްތަ ހިތްހަމަ ޖެހޭ ވަރުގެ ފަހަރިއެއް ގެއަށް ގެންނަންވެސް އެބަ ޖެހޭ ވިއްޔަ…..”
ނުއުމާން އާދައިގެ މަތިން ޝެޒާއާއި ދިމާކޮށްލިއެވެ.
“ހޫން….ވަރަށް ފޫހިވެ….ނޫ ދަނީއޭ ދެން….މިއޮށްވީ ކަމަކުން މުޅި މޫޑް ހަރާބު ވެއްޖެ….”
ޝެޒާ އަތުން ނުއުމާންއަށް އިޝާރާތް ކޮށްލަމުން ދާންހިނގާގަތީ ނުއުމާންއާއި ދިމާއަށް ތުންއަބުރާލަމުންނެވެ. ނުއުމާން ހެވިފައި ހުއްޓެވެ. ނޫރްވެސް ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ނުއުމާން މާހިލްއަށް ގޮވާލަމުން ނޫރްއަށް ސަޅި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ދިޔައީ ޝެޒާގެ ފަހަތުންނެވެ. ސިޑިން ފައިބަންދިޔަ ޝެޒާ ސިއްސައިގެން ދިޔައީ މީހަކު ޝެޒާ އަތުގައި ހިފާގެނައިސް ފާރާއި ކައިރިކޮށްލުމުންނެވެ. ނުއުމާން ޝެޒާއަށް ނުދެވޭނޭހެން ދެއަތް ޝެޒާގެ ދެފަރާތުގައި ޖައްސައިލަމުން ޝެޒާއާއި ދިމާއަށް ބަލާލިއެވެ.
“ކިހިނެއްވީ މިހާރު؟….ލެޓް މީ ގޯނައު….”
“ނޫނީ ކީއްކުރާނީ……ޝެޒް އަހަންނާ އިންނަން ވީނު ދެން…..”
ނުއުމާންހުރީ ނުލަފާގޮތަކަށް ހެވިފައެވެ.
“އަހަރެން ދިޔަ ދޭނަންތަ ނޫނީ ނޫންތަ؟….”
ނުއުމާންއަށް ޝެޒާ އެންމެ ކަމުދަނީ ޝެޒާއަށް މިހާކެރޭތީއެވެ. ޝެޒާނޫން އެހެން އަންހެން ކުއްޖަކަށް މިހާކެރިގެން ނުއުމާންއާއި ކުރިމަތިލާން ކެރިފައެއް ނެތެވެ. އެހެން އަންހެންކުއްޖެއްނަމަ ހުންނާނީ ނުއުމާންގެ އެންމެ ނަޒަރަކުންވެސް ނުއުމާންއާށް ފިދާވާން ތައްޔާރަށެވެ. ޝެޒާ އެހެން ހުރިހާ ކުދިންނާއިވެސް ހާދަ ތަފާތެވެ.
“ކިސްއެއްދިނީމަ ދޫކޮށްލަފާނަން…..”
ނުއުމާން މިހެންބުނީ ޝެޒާއަށް މިކަންކުރަން ނުކެރޭނެކަން އިނގޭތީވެ ވަރަށް ވިސްނައިލައިފައެވެ. ޝެޒާ ބަލާކަށް ނުހުރެ ކުޑަކޮށް ކޮރައިލަމުން ނުއުމާންގެ ކޯތާފަތުގައި މަޑުމަޑުން ބޮސްދިނެވެ. ނުއުމާން އަށްލިބުނު ކުއްލިހައިރާންކަމުން އަތް ދޫކޮށްލެވުނެވެ. ނުއުމާންހުރީ ދެލޯބޮޑުވެ އަނގަވެސް ކުޑަކޮށް ހުޅުވިފައެވެ.
“އޯކޭ އެއްނު ދޯ މިހާރު…..ސީޔޫ އެރައުންޑް…..”
ޝެޒާ ނުއުމާންއަށް ސަޅި ހިނިތުންވުމެއް ހަދިޔާ ކުރަމުން ދިޔައީއެވެ. ނުއުމާންއަށް އެއްވެސް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ޝެޒާ ސިޑިންފައިބައިގެން ގޮއްސިއެވެ. ނުއުމާންހުރީ ހައިރާންވި ވަރުން ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ.
“ޝެޒް އަދި އެންމެ ކުެއޖަކާ މިހާތަނަށް ރައްޓެހިވީ…..ތީ ޝެޒް ތިކަހަލަގެ ކަމެއް ކުރި ފުރަތަމަ ފަހަރު……ޝެޒް އެހާ ކެރިފަ އުޅުނަސް ވެސް ޝެޒްއަކީ އަހްލާގު ގޯސް ކުއްޖެއްނޫން….މޭބީ ޝީ ސީކުރެޓްލީ ލައިކްސް ޔޫ……..”
އެމަންޒަރު ފެނުނު ނޫރް އައިސް ނުއުމާން ގާތުގައި މަޑުކޮށްލަމުން ބުނެލިއެވެ. ނުއުމާން ނޫރްއާއި ދިމާއަށް ބަލާލަމުން ކުޑަކޮށް ބޯކަހައިލި އިރުގައި ހުރީ ހިނިތުންވެލައިގެނެވެ. ނުއުމާންވެސް ޝެޒާއާއި ގަޔާވާން ފެށިތާ މިހާރު ކިތައްމެ ދުވަހެކެވެ. ނަމަވެސް އަދި އެވާހަކަ ބުނާނެ ރަގަނޅު ފުރުސަތެއް ނުލިބޭތީވެ މަޑުކޮށްލައިގެން ހުރީއެވެ. އިޝާ ނަމާދު ކޮށްލައިގެން އައިސް ނޫރް އިނީ މާހިލްގެ އަތުގައި ހިފަހައްޓަލައިގެން ޤުރުޢާން ކިޔަވާށެވެ. އެހެންއިން ނޫރްއަށް މާހިލްއަތް ހަރަކާތްކުރި ހެންހީވެގެން މާހިލްއާއި ދިމާއަށް ބަލާލެވުނީ ދެލޯ ބޮޑު ކޮށްލަމުން ސިހިފައެވެ. ނޫރްގެ ދެލޯ ވަގުތުން ފެންކަޅިވެގެން ދިޔައެވެ.
“الحمد لله…..”
ނޫރް ވަގުތުން މާތްﷲ އަށް ޙަމްދުކުރީ ވީ އުފަލުންނެވެ.
(ނުނިމޭ)

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ހިތް އެދުނަސް… (13)

Next

ކާމިޔާބު1

Next
October 26, 2018

ކާމިޔާބު1

Previews
October 26, 2018

ހިތް އެދުނަސް… (13)

39 Comments!

  1. Navii says:
    October 26, 2018 at 2:57 pm

    Yey .. Me first

    1. Navii says:
      October 26, 2018 at 3:05 pm

      Awesome..???? Vvvvv reethi mi part ves??☺????☺?.. Curiously waiting for next…??

    2. InaaSh says:
      October 26, 2018 at 3:20 pm

      Hehe…jazakillah khairan ?

  2. Zeish says:
    October 26, 2018 at 3:20 pm

    vvv reethi
    Haadha dhuveh kohlaafa thi up kohdhiny
    Aslu heevany thankolheh avas aruvaalaigen ulhey hen

    1. InaaSh says:
      October 27, 2018 at 6:25 am

      Jazakillah khairan zeish… hehe eheneh nun… beynun wanee awaha wahaka nihmaalan.. ?

  3. InaaSh says:
    October 26, 2018 at 3:20 pm

    I so sorry mi part thankolheh kuru dho…insha allah next part v haa wes awaha upload kohladheynan… ?

  4. Anonymous says:
    October 26, 2018 at 3:25 pm

    Maa sha Allah.. Alhey haadha reehchey.. Adhi ehaa asarugadha…?????? when next? Dear ah miadhu nxt part up nukohdheveynetha? Vrh kiyaa hiyyvehje.. Hehe..?☺️????

    1. InaaSh says:
      October 26, 2018 at 6:45 pm

      Jazakillah khairan… insha allah v haaves awahaka up kohladheynan ?

  5. Gud❤ says:
    October 26, 2018 at 3:45 pm

    Alhamdulillah…. maahil asha noor asha dhera gotheh nahadahchey dn…hama hiy kudhi kudhi vedhaane…?… vrh reethi mi part.. mashallah..

    1. InaaSh says:
      October 26, 2018 at 6:45 pm

      Jazakillah khairan ?

  6. mar-hath says:
    October 26, 2018 at 3:54 pm

    masha allah story v reethi

    1. InaaSh says:
      October 26, 2018 at 6:46 pm

      Jazakillah khairan ?

  7. un known says:
    October 26, 2018 at 4:14 pm

    nice. ekam maa kuru.

    1. InaaSh says:
      October 26, 2018 at 6:47 pm

      Jazakillah khairan….insha allah next part dhigu kohlaanan… ?

  8. Anonymous says:
    October 26, 2018 at 4:29 pm

    Mi bae kuru viyas reethi ?? and maahil ves heyeri ??thank god

    1. InaaSh says:
      October 26, 2018 at 6:47 pm

      Jazakillah khairan ?

  9. Eyna says:
    October 26, 2018 at 4:39 pm

    Rangalhey buniii ???

    1. InaaSh says:
      October 26, 2018 at 6:47 pm

      Jazakillah khairan ey bunii ?

  10. Noona says:
    October 26, 2018 at 5:06 pm

    ? Beautiful

    1. InaaSh says:
      October 26, 2018 at 6:48 pm

      Jazakillah khairan ?

  11. Shaiii says:
    October 26, 2018 at 5:37 pm

    Mi storyge enme salhi thankolhaky hindi dramahen dhigu dhahmaa nulaathy. Story vrh salhi.. next part avas kohdhyba

    1. InaaSh says:
      October 26, 2018 at 6:48 pm

      Jazakillah khairan ?

  12. sam says:
    October 26, 2018 at 5:37 pm

    Thanks ? .. Waiting next part love it ?

    1. InaaSh says:
      October 26, 2018 at 6:49 pm

      Jazakillah khairan ?

  13. Sme1 says:
    October 26, 2018 at 7:35 pm

    When next part?? Heh rythi mi part vx …keep it up inaash

    1. InaaSh says:
      October 27, 2018 at 6:26 am

      Jazakillah khairan… ? balaanan next part v awahah up kohladheweytho ?

  14. Zoya says:
    October 26, 2018 at 8:19 pm

    Vrh reethi ehermay asharu gadha..
    ekkam mi part maa bodah kuree..
    Noor and maahil ah dhera gotheh nuhadhahchey inaash.. next part
    Mi part ah wureh dhigukon genesh dheyne kamah zo hope kuran..
    Keep it up inaash?

    1. InaaSh says:
      October 27, 2018 at 6:27 am

      Jazakillah khairan.. hmmm….maa kuru dho…insha allah next part dhigu kohladheweytho balaanan ?

  15. Nas says:
    October 26, 2018 at 10:07 pm

    ❤❤❤❤❤❤❤❤❤❤?

    1. InaaSh says:
      October 27, 2018 at 6:26 am

      ❤

  16. Shina says:
    October 27, 2018 at 3:21 pm

    vrh reethi? . .Mee kithah part ge story eh Tha inaash. .nimen ulhey hn heevaathy

  17. huduhna says:
    October 28, 2018 at 8:03 am

    varah reethi

  18. sunni says:
    October 28, 2018 at 8:05 am

    ti vaahakaaga yaaniu aa nihayaa ge loabige vaahaka genaa nama varah reeti vaane

  19. ali says:
    October 28, 2018 at 8:06 am

    ti vaahaka varah sali

  20. aiman says:
    October 28, 2018 at 8:08 am

    pls yaaniu and nihayaa ge loabige vaahaka ti vaahakaige terein neredheebala

  21. Anonymous says:
    October 28, 2018 at 10:58 pm

    When is the next part

  22. Yelsa says:
    October 29, 2018 at 2:03 am

    Waiting for next part….

  23. Pimpi says:
    October 29, 2018 at 7:28 am

    Varah rythi story

  24. Kidy kidy says:
    November 22, 2018 at 7:28 pm

    Varah hihdathi

Comments are closed.


All Right Reserved!