ހާސިލް ވުމަށް އެދި ހިތް ރޮނީ 24
އަނެއްކާ ވެސް ޒިން ތަކުރާރުކޮށް ރިންގްވަމުން ދިޔަ އޭނާގެ ފޯނަށް ބަލާލިއެވެެ. ރާއްޖެއިން ބޭރު ނަންބަރަކުން ގުޅުމުން އެވާނީ މައިރީން ގެ ކޯލް އަކަށް ކަން ޒިން އަށް އެނގެއެވެ.އެހެނަސް ހުރެވުނު ބައްދަލް ވުމުގެ މުހިއްމު ކަމުން ފޯނަށް ވަކި ސަމާލުކަމެއް ނުދީ ސައިލެއްޓް ކުރުމަށް ފަހު މޭޒުމަތީ ބޭއްވިއެވެ.”އައި ތިންކް ޔޫ ޝުޑް އެޓެންޑް ދި ކޯލް ސާރ” އަނެއްކާވެސް ރިންގްވާން ފެށުމުން ޒިން ވާހަކަ ދައްކަން ހުރި މީހާ ފޯނަށް އިޝާރާތް ކުރަމުން ބުނެލިއެވެ….
ފުންނޭވާ އެއް ދޫކުރަމުން ފޯން ނަގާ ކަންފަތުގާ ޖައްސާ ހަމަޖެހިލަމުން ޒިން ގޮނޑިއަށް ލެނގިލިއެވެ. އިނގިރޭސިބަހުން ވާހަކަ ދައްކަމުން އެކޮޅުން ވާހަކަ ދެއްކި މީހާ ދިން ޚަބަރާއެކު ޒިން އަށް ހިވީ އޭނާެ މޭގަނޑު އަނގަޔަށް އައިހެންނެވެ. “ބުމަ ގޮށްޖަހާލަމުން ހަށިގަނޑު ސީދާ ކޮށްލެވުނީ އޭނާގެ ކޮއްކޮ މަރުވީ ވާހަކަ އެހާ ރޭންޑަމް ގޮތަކަށް މީހަކު ގުޅާފައި ބުނުމުންނެވެ. “އާރ ޔޫ އައުޓް އޮފް ޔޫއާރ މައިންޑް..ޑޫ ޔޫ ނޯ ހޫމް ޔޫ އާރ ސްޕީކިން ވިތް..؟؟” އެއީ މީހަކު އޭނާޔާ ކުރި ސަމާސާއެއްކަމަށް ހިތާ ޒިން ގެ ރުޅިގަދަވިއެވެ. އެހެނަސް ހޮސްޕިޓަލްގެ ފަރާތުން ވާހަކަ ދެއްކި ޑޮކްޓަރުގެ އަޑުގާ ވި ސީރިއަސްކަމާއެކު ޒިން ގެ ހިތް ފިނިވެ ހަތަރެސްފައިން ވާގި ދޫވާހެން ހީވިއެވެ. އެމީހާ އެދައްކަނީ ހަމަ އޭނާގެ ކޮއްކޮގެ ވާހަކަ ބާވައެވެ؟ އެހެން ވާންވީ ކީއްވެގެންބާވައެވެ؟؟ އެންމެ ފަހުން މައިރީން އާ އޭނާ ވާހަކަ ދެއްކީ ރޭގައެވެ. އޭރުވެސް ހުރީ ނުލާހިކު އުފަލުންނެވެ. ވީއިރު ކުއްލިއަކަށް މައި މަރުވާންވީ ކީއްވެ ހެއްޔެވެ؟؟ މަތިން ވެއްޓެންވީ ކީއްވެ ހެއްޔެވެ؟އަނެއްކާ މީހަކު..؟” ޒިން ގެ ސިކުނޑި ހަލުވި ކަމާއެކު އެކި ކޮޅުކޮޅަށް އެނބުރިގަތް އިރު މުޅި މީހާ ދާހިއްލާ ފޯވިއެވެ. ހިތުގާ ސުވާލު ފުނި ޖެހެމުން ދިޔަ ނަމަވެސް ކަރު ތެރެބެދުނު ކަހަލަ އިހްސާސެއް ކުރެވި ޒިން ގެ ދޫ ހަރަކާތެއް ނުކުރިއެވެ. އަޑު އިވުނު ޚަބަރު ގަބޫލު ކުރަން ދަތިވެފާ ހުރި ޒިން ދެއަތުން ބޮލުގާ ހިފަމުން އަނެއްކާވެސް ގޮނޑިއަށް ލެނގިއެވެ. އެއާެކު އަތުން ދޫވެގެން ބިންމައްޗއް ވެއްޓުނު ފޯނާ ދިމާލަށް ބަލަން ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ޒިން އަށް ވީ ގޮތް ފެނީ މީޓިން ގައި ތިބި މީހުން ހައިރާންވެ ވާނުވާ ނޭނގި އެކަކު އަނެކަކުގެ މޫނަށް ބަލަމުން ދިޔައެވެ….
******
ތެޅިފޮޅެމުން ދުވެފައި އައިސް މީހަކު ބާރުބާރަށް ދޮރު ހުޅުވާލުމާއެކު ސޯފާގައި ވާހަކަ ދައްކަން ތިބި އަލްޔާން އާއި އީން ދިޔައީ ސިއްސައިގެންނެވެ. ރޮވިފާ ހުރި އަލްކާ ފެނުމާއެކު ހައިރާންކަމާއެކު ބަލަމުން އީން އަށް ތެދުވެލެވުނެވެ.”މައިރީން..އެކުއްޖާ މަރުވެއްޖެ..އެތާ..އީތަން..” ގިސްލެވެމުން ދިޔަ އަލްކާ އަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ. އެހެނަސް އޭނާ ބުނެދިން ޚަބަރުން އީން އާއި އަލްޔާން ގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އީން ދުވެފައި އަލްކާ ކައިރިއަށް ގޮސް އޭނާގެ ކޮނޑުގާ ދެއަތުން ހިފާ ތަޅުވާގަތެވެ. “ވަޓް !!! މައިރީން ކިހިނެތްވީ އޭ؟؟” އީން ގެ ސުވާލާ އެކު ގިސްލެވެމުން ދިޔަ އަލްކާ ބަޑިފަޅާއިގެން ދިޔައެވެ. އެއާ އެކު އީން ގެ ދެއަށް ދުރުކުރުވަމުން ފަހަތަށް ޖެހި ހަޅޭއްލަވާގަތެވެ.”އާން..ޝީ އިޒް ޑެޑް..އަހަރުމެން ބަލަން ތިއްބާ ފުއްމާލީ ޓެރެސް އިން… އީތަން އާ މަށާ ދެމީހުން ކުރިމަތިން…އޭނަ އަށް ހުރިހާ ކަމެއް އެނގިގެން އެހެން ހެދީ” އަލްކާ ގެ ރިއެކްޝަން ފެނި އަލްޔާން ހައިރާން ވެގެން ގޮސް ދެލޯ ބޮޑުވިއެވެ.ކަންތައް ވަރަށް ގޯސް ވެއްޖެކަން އޭނާގެ ސިކުނޑިއަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު އީން ގެ އަތުގާ ހިފާ ގޮވައިގެން ދުއްވާގަތީ ޓެރެސް އާ ދިމާލަށެވެ. އަލްކާ ވެސް އެމީހުންގެ ފަހަތުން ދުއްވާގަތެވެ.
ޓެރެސް ގެ މެދަކާ ހިސާބުގާ ގާވެފާ ހެން ހުރި އީތަން ފެނުމާއެކު އަލްޔާން ދުވެ ގޮސް އީތަން ގައިގައި ހިފާ އޭނާޔާ ދިމާލަށް އަބުރާލިއެވެ.”ހޭއި ބްރޯ…ވަޓް ހެޕެންޑް…” އަލްޔާން ހާސްވެފާ ހުރެ އީތަން ކޮނޑުގާ ހިފާ ތަޅުވާލިއެވެ. ހުވަފެނަކުން ހޭލެވޭ މީހަކު ފަދައިން އީތަން ތެޅިގެންފާ އަލްޔާން ގައިގައި ބައްދާ ގަތެވެ. “މައި މަރުވެއްޖެ އަމިއްލައަށް..އޭނަ ފުއްމާލީ މިތަނުން..މަ އުޅުނިން ހިފަން.. އެކަމަކު..އަލްޔާން އޭނަޔަށް ހުރިހާ ކަމެއް އެގިއްޖެ..ބުނީ ތިމަންނަ އަށް އޮލުވާލީޔޯ…މަކަރު ހެދީޔޯ..އަހަރެން ވެސް ދޮގުހެދީ ޔޯ..އޯ ގޯޑް ކިހިނެތް މިވީ..” އީތަން ދެލޯބޮޑުކޮށްގެން ހުރެ މާނޭވާލަމުން ވާހަކަ ދައްކަމުން ދިޔައިރު އޭނާ ހުރީ އަދިވެސް ޝޮކެއްގާ ކަން އަލްޔާން އަށް އެނގުނެވެ. އެ ޚަބަރާއެކު އަލްޔާން ގެ ހިތްވެސް ތެޅިފޮޅެމުން ދިޔައެވެ. އެހެން ނަމަވެސް އޭނާ ހަމަޖެހިލަމުން އީތަން ގޮވައިގެން ގޮސް އެއްފަރާތެއްގައި ހުރި ބެންޗްގައި ބޭންދިއެވެ. “ހޭއި..ރިލެކްސް..އީޒީ ބްރޯ..ގައިމު އަހަރެން ކިޔާ ނުދެން އެކައްޗެއްވެސް..މީގެ އިރުގަނޑެއް ކުރީން ހުރިހާ ކަމެއް ހަނދާން ވީވެސް..އަދި އޭގެ ފަހުން މައި އާ ބައްދަލެއްވެސް ނުވޭ..” އަލްޔާން ގެ ވާހަކަ އިވުމުން ވެސް އީތަން ހަމައަކަށް ނޭޅުނެވެ. ކޮނޑުމަތީގާ އޮތް އަލްޔާން ގެ އަތް ނަގާ ހޫރާލަމުން ތެދުވެ ހަޅޭއްލަވާގަތެވެ. “މަށަކަށް ނޭނގޭ އޭނަ އަށް އެނގުނު ގޮތެއް..އެކަމަކު ޝީ ނިއު އެވްރީތިންގް..ޝި ވޯޒް މެންޓަލީ ސިކް..އައި ޝުޑް ހޭވް ޑަން ސަމްތިންގް..އެކަމަކު އަހަރެން ނަކަށް އޭނަ ގައިގަ ނުވެސް ހިފުނު..ސަލާމަތެއް ނުކުރެވުނު..ފުރަތަމަ އެދޮގު އޭނަ ކައިރީ ހެދީވެސް މަ..އައިމް ރެސްޕޮންސިބްލް ފޯ ހާ ޑެތް..” އީތަން އަށް ކޮށްފާ ހުރި އަސަރުން ރޮމުން ބިންމަތީގާ އިށީދެލެވުނެވެ. އަލްޔާން އަށް އީންގެ ލޯބި ލިބުމަށް ކިތަންމެ ވަރަކަށް އެދެވުނު ކަމުގާ ވިޔަސް މައިރިން އަށް މިފަދަ ދެރަ ގޮތެް ވުމަކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. އަދި އަމުދުން މައިރީން ގެ ފުރާނަ އޭނާ ކުރިމަތީ އެފަދަ ނިކަމެތި ގޮތަކަށް ނިމިގެން ދިޔުމުން އީތަން ގެ ހިތަށް ވަނީ ހަގީގަތުގާ ވެސް ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. “ކަމޯން މޭން…ސްޓޮޕް ޓޯކިން ޝިޓް!!!ޔެސް ޝީ ވޯޒް ސިކް…އެންޑް ޔޫ އާރ ނޮޓް ރެސްޕޮންސިބްލް ފޯ އޯލް ދިސް ..މައި އަށް ދެރައެއް ލިބުމަށް އަހަރުމެން ކުރެ އެކަކު ވެސް ނޭދޭ…މޮޔަ ވާހަކަ ނުދައްކާ ތެދުވޭ ތިތަނުން…ކޮންމެ ގޮތެއް ވިޔަސް ކޮންމެވެސް ދުވަހަކުން ޝީ ހެޑް ޓު ފޭސް ދި ޓްރުތް..” އަލްޔާން ގޮސް އެއްއަތުން ލުއްކެތް ޖަހާ އީތަން ތެދުކުރުވަމުން އޭނާ އަށް ހިތްވަރު ދީ ވާހަކަ ދެއްކުމަށް ފަހު ގޮވައިގެން ދިޔައެވެ. އޭރު ފަަހަތުގާ ތިބި އަލްކާ އާއި އީން އަށް ވެސް ތިބީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ފިނިކަން ގަދަވެފާ ވީ މޯޗަރީ ތެރޭން ހިނގާފައި ދިޔަ އިރު ވެސް އަލްޔާން ގެ ނިތުން ދާތިކިތަށް ވިދަވިދާ ހުއްޓެވެ. މައިރީންގެ މަރުގެ ޚަބަރު އަޑު އިވުނީއްސުރެ އޭނާގެ ހިތުތެރޭ ވަނީ ނޭނގޭ ބިރުވެރިކަމެއް އުފެދިފައެވެ. މަޑުހިނގުމެއްގާ ގޮސް އަލްޔާން ހުއްޓުނީ 416 ވަނަ ނަންބަރު ލޮކަރ ކުރިމަތީގައެވެ. ފުން ނޭވާއެއް ދޫކުރަމުން އަލްޔާން ދެން ބަލާލީ އޭގެ އެއްފަރާތު ކަނެއްގާ ރަތް ކުލައިން ލިޔެވިފާ ވީ އޮޕެން އަކުރާ ދިމާލަށެވެ. މަޑުތުރުތުރުލުމެއް އެކުލެވިފައި ވީ އަތުން އޭގައި އަތް ޖައްސާ ފިތާލުމުން އިންޖީނެއް ސްޓާރޓް ވާއިރު އިވޭކަހަލަ އަޑަކާއެކު ބާރު ސްޕީޑްގައި އެލޮކަރު ބޭރަށް ނިކުތެވެ. މަރުފަދަ ހަމަހިމޭންކަން ވެރިވެފާ ވީ އެމާހައުލުން އިވުނު އެއަޑާ އެކު އަލްޔާން ގެ މޭގަނޑު ހިވީ އަނގަޔަށް އައި ހެންނެވެ. ލިބުނު ކުއްލި ސިހުމާއެކު ފުއްމައިގެން ފަހަތަށް ޖެހެވުނު އިރު އަނގައިން ޒާތެއްގެ އަޑެއްވެސް ލައްވާލެވުނެވެ.އަލްޔާން އަށް ވީ ގޮތް ފެނިފާ އޭނާޔާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި އެޓެންޑެންޑެންޓް ވެސް ކުޑަކޮށް ހިނިއައިސް އަނގަމަތީ އަތް އެޅިއެވެ. އެއްއަތުން ކުޑަކޮށް ބޯ ކަހާލަމުން ބަރު ނޭވާލަމުން ދުންފިނި އަރަމުން ދިޔަ އެ ލޮކަރާ ގާތަށް އަލްޔާން ޖެހިލިއެވެ. އެއާއެކު ދުވަން ފެށި ނުބައި މިނީވަހުން ނޭފަތާ އެކު އަނގަމަތީ އަތް އަޅާލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް މި ދުނިޔެ މަތީން މައިރީން އެންމެ ފަހު ފަހަރަށް ދެކެން އަލްޔާން ބޭނުން ވިއެވެ. ހާލަތު ފަހުން ބަދަލުވި ނަމަވެސް މައިރީން އަކީ އޭނާގެ ދިރިއުޅުމުގައި ފެށުނީއްސުރެ އެކީގައި އުފާވެރި ވަގުތުތަށް ހޭދަކޮށްފައިވީ ރަނގަޅު އެކުވެރިޔެކެވެ. އެހެން ކަމުން ހިތްވަރު ކޮށްފައި ބޯދިއްކޮށް އެ މެޓަލް ލޮކަރުގައި އޮތް މައިރީން ގެ ގަބުރަށް އަލްޔާން ބަލާލިއެވެ. އެތެރެއިން ފެނުނު މަންޒަރުން އަލްޔާން އަށް އިތުރަށް އެންމެ ސިކުންތަކަށް ވެސް ކެތް ނުކުރެވުނެވެ.މުޅި ހަށިގަނޑު ރޫރޫ އަޅާގަތެވެ. މައިރީންގެ އެދޮން މޫނު ހީވީ ކަޅު ވިލާގަނޑެއް ހެންނެވެ. ފުފި ބޮޑުވެފައިވީ އެމޫނުގެ އެއް ފަރާތުގެ ލޯ ނުވެސް ނެތް އިރު އެތަނުގެ ތެރެއަށް ހުދުކުލައިގެ ކަފަލުމަށް ފަހު ވަނީ ފަހާ ބަންދުކޮށްފައެވެ. ކޯކަށިގަނޑާ ދިމާލުން މަސްކޮޅެއްވެސް ނެތް އިރު ކަށިގަނޑު ބޭރަށް ފެންނަން ހުއްޓެވެ. ތުންފަތުގެ ދެ ކައިރިން ވެސް ފަހާފައިވާއިރު ނޭފަތުގާ ޖަހާފައިހުރި ދެ ކަފަކޮޅުވެސް ވަނީ ލެއިން ފޯވެފައެވެ. އެފަދަ ބިރުވެރި ގޮތަކަށް އޮތް އިންސާނެއް މީގެ ކުރިން އަލްޔާން ދެކެފާ ނުވެއެވެ. އެވަގުތު މޭނުބައިކޮށް އިޚްތިޔާރަކާ ނުލާ އޯކާއަށް ދެމި އަލްޔާން އަށް ހޮޑުލެވުނެވެ. އެއާ އެކު ދުވެފައި އޭނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެޓެންޑެންޓް ހިވީ އެފަދަ ކަމަކަށް ތައްޔާރު ވެގެން ހުރި މީހެއް ހެންނެވެ. އަވަސް އަވަހަސް އައިސް ޓިޝޫ ބޮކްސް އަލްޔާން އަށް ދިއްކޮށްލަމުން ގޮސް ހުޅުވިފައި ހުރި އެލޮކަރުގައި އަތް އަޅާ ކޮއްޕާލިއެވެ. އެއާއެކު މަޑުމަޑުން އެ ލޮކަރު ލެއްޕެން ފެށިއެވެ. އަލްޔާން ގެ ހިތަށް އެވަގުތު އެތަކެއް ވާހަކަ އަރާ ފައިބަމުން ދިޔައެވެ.” އައިމް ސޮރީ މައި..ތިފަދަ ހާލެއްގާ މައި ވަނިކޮށް ފެނިދާނެޔޭ ދުވަހަކު ހިތަކަށް ނާރާ.. ތިފަދަ ދެރައެއް މައި އަށް ލިބެން ދުވަހަކުވެސް ނޭދެން..ވައި ޑިޑް ޔޫ ޑިސްޓްރޯއި ޔޯ ސެލްފް ލައިކް ދިސް..ކީއްވެ މައި..މީހާ ދުނިޔެއިން ނެތިގެން ދާ ވަރަށް އަހަރެން ދެކެ ލޯބިވީ ކީއްވެ..އައިމް ސޮރީ..ޕްލީޒް ފޮގިމް މީ..ޕްލިޒް މައި…ދެން ދުވަހަކުވެސް އަނބުރާ އައުމެއް ނެތް ހަޔާތަކަށް މައި ތި ދިޔައީ އަހަރެން ގެ ބޮލުގަ ވަރަށް ބޮޑު ބުރައެއް އަޅުވާފަ…ކުއްވެރިޔަކީ ކާކު ކަން ބުނާކަށް ނޭނގޭ..އެކަމަކު ޑީޕް ވިތިން މައި ހާރޓް އައި ފީލް ސޯ ގިލްޓީ މައި…މައި ގެ ފުރާނަޔަށް ސުވަރުގެ މިންވަރު ކުރައްވާތޯ ދުނިޔޭގަ ހުރިހާ ދުވަހަކު ދުއާ ކުރާނަން..ދެޓްސް އޯލް އައި ކޭން ޑު ފޯ ޔޫ ނައު..އަހަންނަށް މާފު ކުރާތި…” ލޮކަރުގެ ދޮރު ލެއްޕުމާއެކު އޭގެ ތެރޭން ވެރިވެފާ ހުރި އަލިކަން ގެއްލި ތަނަށް ފުސް އަނދިރިކަން ވެރިވިއެވެ. ފެންކަޅިވެފާވާ ހާލު ގުޑިލަން ވެސް ނޭނގި އަލްޔާން އަށް ހުރެވުނީ ދެންވެސް އެދިމާލަށް ބަަލަންށެވެ. ބުނެދޭން ނޭނގޭ އެތަށް އިހްސާސްތަކެއް އެ ހިތަށް ވެރިވަމުން ދިޔައިރު މިވަގުތު މި ފެންނަނީ ހުވަފެނަކަށް ވާނެ ނަމަ އޭ އަލްޔާން ގެ ހިތަށް އެރަމުން ދިޔައެވެ.މާތް ﷲ ހުރުމަތް ތެރި ކުރައްވާ ބިންމައްޗައް ފޮނުއްވި ފުރާނަ އަމިއްލައަށް ނަގާލުމަކީ ކުފުރުގެ އަމަލެއް ކަމުގާ ވިޔަސް އަލްޔާން ގެ ހިތާހިތާ ދުއާ ކުރެވެމުން ދިޔައީ މައިރީން މިދުނިޔެއިން ލިބުމަށް އެދުނުހާ އުފާތަށް އާޚިރަތުގާ ލިބި އޭނާގެ ފާފަ ފުއްސެވުމަށެވެ. މަރުވި މީހާ ކޮންމެފަދަ ގޮތަކަށް މަރުވި ކަމުގާ ވިޔަސް ދިރިތިބީންގެ މައްޗައް އޮތީ އެމީހަކަށް ފާފަ ފުއްސަވާތޯ ދުއާ ކުރުމެވެ.
***********
ހަމަ އެދުވަހުގެ ހަވީރު ޗާރޓަރ ފްލައިޓަކުން މައިރީން ގެ ހަށިގަނޑު މާލެ ގެނެވުނެވެ. އަހްމަދު އަބްދުއްރައްޒާގުގެ އަންހެން ދަރިފުޅު ސިންގަޕޫރުގައި އަމިއްލަ އަށް މަރުވި ޚަބަރުން މުޅި ރާއްޖެ ސިއްސުވާލި އިރު އޭނާ ގެ ވާހަކަ އެތަށް ގޮތަކަށް އެތަށް ބަޔަކު ދެއްކިއެވެ. އެއްބަޔަކު އެއީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އައި ކުއްޖެއްކަމުން އަމިއްލަ އަށް މަރުވީ ކަމުގާ ބުނަމުން އައިއިރު އަނެއް ބަޔަކު އެއީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގަސްތުގާ ހިންގި ގަތުލް އާއްމެއް ކަމަށް ވެސް ތުހުމަތު ކުރަމުން ދިޔައެވެ. މުޅި ސޯޝަލް މީޑިޔާގައި މައިރިން ގެ ފޮޓޯތަށް ޝެއާކޮށް ހެޔޮދުއާ ކުރެވެމުން ދިޔައިރު ހަގީގަތް އެނގޭ މައިރީން ގެ ބައެއް ރައްޓެހިންނާ ހަވާލާ ދީ ނޫސްތަކުގާ އަލްޔާން އާއި މައިރީންގެ މަރާ ގުޅުވައިގެން ވެސް ވާހަކަތަށް ލިޔެވުނެވެ. މައިރީން އަކީ ސިކުނޑިހަމަނުޖެހޭ ކުއްޖެއްކަމަށް ބުނެ އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ޚަބަރު ލިޔުނު އޮންލައިން ނޫހެއްގެ ނޫސްވެރިޔަކަށް ހަމައެދުވަހު މަގުމަތީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ވެސް ކުރެވުނެވެ. އެކަމުގެ ސަބަބުން މާލެތެރެ ހަލަބޮލިވެ މީހުންގެ ތެރޭގައި ބިރުވެރިކަންވެސް އުފެދުނެވެ. އެތަށް ސަތޭކަ ބަޔަކު މައިރީންގެ މޫނު ބެލުމަށް ސަހަރާއަށް ދިޔައިރު މިނިސްޓަރުން ނާއި ސަރުކާރުގެ އިސްވެރިން ވެސް ވަނީ މައިރީން ގެ މޫނު ބެލުމަށް ވަޑައިގެން އަހްމަދު އަބްދުއް ރައްޒާގު އާއި ޒިން އަށް ތައުޒިއާކޮށް ހިތްވަރު ދީފައެވެ. ވަލީދު ގެ ދެމަފިރީން އެވަގުތު ރާއްޖޭން ބޭރުގައި ތިބި ނަމަވެސް ޚަބަރު ލިބުމާއެކު ވަލީދު އަހްމަދު އަށް ގުޅިއެވެ. އެހެނަސް ފޯނަށް ޖަވާބު ނުދޭތީ ތައުޒިއާެ ގެ މެސެޖް ފޮނުވިއެވެ. އަހްމަދުއާއި އޭނަގެ ގުޅުން ގޯސްވެފާވީ ނަމަވެސް މައިރީން އާ މެދު ވަލީދު ގެ ދެމަފިރިންގެ ހިތުގާ ދުވަހަކުވެސް ކިލަނބު ކަމެއް ނުވެއެވެ. މައިރީން ގެ ހަށިގަނޑު ލެވިފައިވީ ސަންދޯކު ވަޅުގަނޑުތެރެއަށް ތިރިކުރެވުނު މަންޒަރު ބަލަން އަސަރާއެކު ހުރި ޒިން ހީވަނީ ހަތަރު އުދަރެސް ފެނު ޖެހިފައި ހުރި މީހެއް ހެންނެވެ.މިލާމޯޅި ވެފާވީ އެމޫނުމަތީން ބަޔާން ކުރަން ދަތި ހިތްދަތިކަން ފާޅުވާން ހުއްޓެވެ. އޭނާގެ ލޯބިވާ ކޮއްކޮ އަށް އެންމެ ފަހުގެ ވަދާއީ ސަލާމް ކުރަމުން ވެލިމުށެެއް ނަގާ ވަޅުގަނޑު ތެރެއަށް އެއްލާލި ވަގުތު ޒިން ގެ ކެތްތެރިކަން ކޮޅުން ލިއެވެ.ކުރިމަތީ ހުރި ބައްޕަ ގެ ކަރުނުން ފުރިގެންވީ ދެލޯ ފެނުމުން ހިތުގާޖެހި ގިސްލެވެން ފެށުނެވެ. ރުއިން ކޮންޓްރޯލް ކުރަން އުނދަގޫ ވުމުން އަނގަމަތީ އަތް އަޅާއިގެން ބާރުބާރަށް ހިނގާފައި ގޮސް ޒިން އެރީ އޭނާގެ ކާރަށެވެ. ރިޝްވާން ވެސް ހަލުވި ހިނގުމެއްގާ ޒިން ފަހަތުން ގޮސް ކާރަށް އަރާ ދުއްވާލިއެވެ. މޫނުގައި ދެއަތް އަޅަމުން ޒިން އަށް ރޮއިގަނެވުނެވެ. ދެއަތުން ބާރަށް މުއްކަވާލެވިފާ ވީއިރު އަތުގެ ނާރުތަށް ވެސް ފުފި ހީވަނީ ފަޅާލާފައި ނިކުމެދާނެހެންނެވެ.. އެމަންޒަރު ފެނި ރިޝްވާން ވެސް އިނީ ހާސްވެގެން ގޮސް ނޭވާލާން ވެސް ނުކެރިފައެވެ. ޒިން ގެ އެ ރުއިމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ހިނގާނެ ބިރުވެރިކަމުން ފުރިގެންވީ ނުލަފާ ކަންތައްގަނޑެއްގެ އިންޒާރުކަމަށް ރިޝްވާން ގެ ސިކުނޑި ބުނަމުން ދިޔައެވެ.
“ވަރަށް ބިރު ގަނޭ އެބަ..” ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުރި އީން ގެ ކޮނޑުގައި އަލްޔާން އަތްލުމުން އީން ދިޔައީ ސިއްސައިގެންނެވެ.އެކި ކުލައިގެ މާތަކުން ފަރިވެފައިވީ ފެހިކަން ގަދަ ބަގީޗާގެ ތެރެއަށް އީން ގެ ނަޒަރު ހުއްޓިފާ ވިޔަސް ހިތުގާ ވަނީ ބިރުވެރިކަމުގެ ހައިޖާނެއް އުފެދިފައެވެ. ކަންބޮޑުވުން ފާޅުވާން ހުރި އީން ގެ ނުތަނަވަސް މޫނު ފެނުމުން އަލްޔާން ފުން ނޭވާއެއް ދޫކޮށްލަމުން އީން ގެ ނިތުގާ ބޮސް ދިނެވެ.”އީން..ދިރިއުޅުމުގަ ހިނގާ ބައެއް ކަންކަމަކީ ކިތަންމެ ބޭނުން ވިޔަސް އިންސާނާގެ ބާރު ފޯރުވޭނެ ކަންތަކެެެއް ނޫން..ވީ ހޭވް ޓު ސަމްޓައިމްސް ޖަސްޓް ގޯ ވިތް ދި ފްލޯ.” އަލްޔާން ނިކަން ލޯބިން އީން ގެނެސް މޭގާ ޖައްސާ ބާރުކޮށްލިއެވެ. “ނަތިން ވިލް ހެޕެން..އިރާދަ ކުރެއްވިޔާ ހުރިހާކަމެއް ރަނގަޅުވާނެ” އީން ބިރުގަންނަ ވާހަކަ އެބުނީ ޒިން އާ މެދުގަ ކަން އަލްޔާން އަށް އިނގެއެވެ. އެކަމަކުވެސް އެކަމާ ގުޅޭ އިތުރު ވާހަކައެއް ދެއްކުމަށް އަލްޔާން ބޭނުން ނުވެއެވެ.ޒިން އަކީ ކިހާ ނުރައްކާތެރި މީހެއްކަން އަލްޔާން އަށް ރަނގަޅަށް އިނގެއެވެ. އަދި ކޮއްކޮ ގެ މަރުގެ ބަދަލް ހިފަން އޭނާއަށް ނުނީ އީން އަށް ގެއްލުން ދޭން ޒިން މަސައްކަތް ކުރާނެކަން އަލްޔާން ހިތް ބުނަމުން ދިޔައެވެ. އެހެން ކަމުން އީތަން އާއި ދެމީހުން ވެގެން އިމްރާން ގެ ވެސް އެހީތެރިކަމާއެކު ޒިން ގެ ހަރަކާތް ތަކަށް އެމީހުން ދިޔައީ އެދުވަހުން ފެށިގެން ފާރަވެރިވަމުންނެވެ.އަދި އެކަމުގާ ރިޝްވާން މެން ގޭންގް ގެ ބައެއް މެންބަރުންނަށް ރިޝްވަތުދީ އެމީހުންގެ ފަރާތުން ސިއްރު މައުލޫމާތުވެސް އަލްޔާން މެން ދިޔައީ ހޯދަމުންނެވެ. ގާނޫނީ އިންތަކުގެ ތެރެއިން ރައްޔިތުމީހާ އަށް ރައްކާތެރިކަން ނުލިބޭކަމުގައިވާނަމަ އަނިޔާވެރިވާ ބަޔަކު ތިބި ދަރަޖައަކަށް ވެއްޓި ނަމަވެސް އަމިއްލަ ރައްކާތެރިކަން ހޯދަން ޖެހޭނެ ކަމަށް އަލްޔާން ގަބޫލްކުރިއެވެ. ކޮންމެ ގޮތެއްވިޔަސް އީން އާއި އޭނާގެ އާއިލާ މީހަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެހެން އަލްޔާން ވެސް ހުރީ ގަދަފައި ވިއްދާފައެވެ. އަނެއްކޮޅުން މައިރީން ގެ މަރުގެ ވާހަކަ އަލްޔާން އާއި ގުޅުވާއިގެން ދެއްކުމާއެކު ވަލީދު ވެސް އޭނާގެ ދަރިފުޅުގެ ރައްކާތެރިކަމާ މެދު ފިޔަވަޅު އެޅިއެވެ. ކުރީގައިވެސް އަލްޔާން ގެ ބޮޑީގާޑުންނަށް އުޅުނު ތިން މީހުން އޭނާ ކައިރިއަށް ފޮނުވިއެވެ.
******
ހަލުވި ހިނގުމެއްގާ ގޮސް ޒިން ވަނީ އޭނާގެ އޮފީހަށެވެ. އަވަސް އަަހަށް މެއިލް ހުޅުވުމަށް ފަހު މައިރީން ގެ މަރު ތަހްގީގް ކުރުމަށް ސިންގަޕޫރުގައި ހަރަކާތްތެރިވަމުން ދިޔަ ޓީމުން އޭނާއަށް ފޮނުވާފައި ހުރި ވީޑިއޯ ތަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. އެކި އެންގަލް ތަކުގެ ސީސީ ޓީވީ ފުޓޭޖްތަށް ބަލަމުން ދިޔައިރު މައިރީން ފައި ބެލެންސްނުވެ ވެއްޓެން ދިޔަ މަންޒަރު ފެންނަ ވީޑީއޯ ފެނުމާއެކު މުއްކަވާލަމުން ޒިން އަށް މޭޒުމަތީގައި ވަރުގަދަ އެތިފަހަރެއް އަޅާލެވުނެވެ. ނިތުގާ ރޫތަށް ގިނަވެ އޭނާާގެ ބުމަ ގޮށްޖެހިފާ ވީއިރު ފެންކަޅިވެފާ ވީ އެދެލޮލުން ފެންނަން ހުރީ ރުޅިވެރިކަމެވެ. އަލްޔާން ކައިރިއަށް އީން ވެސް ސިންގަޕޫރަށް ގޮސްފައިވުމާއެކު ޒިން އަށް ޔަގީނާ ގާތަށް ގަބޫލްކުރެވުނީ މައިރީން އަމިއްލައަށް މަރުވާ ހިސާބަށް ކަންތަށް ދާނީ އަލްޔާން ބުނި އެއްޗަކުން ނުވަތަ އެދެމީހުން އެކުގައި ފެނުމުން ކަމަށެވެ.” ކޮބާ ރެޑީ..” އަނދިރިކަން ވެރިވެފާވީ އެކޮޓަރީގެ ދޮރު ހުޅުވުމާއެކު ޒިން ހަރުކަށިރާގަކަށް ސުވާލުކުރިއެވެ. އޭނާ ފިޔަވާ އެކޮޓަރިއަށް ވަދެވޭނެ ހަމައެކަނި މީހަކީ ރިޝްވާން ކަމަށް ވީތީ ޒިން އިސްއުފުލާ ބަލާވެސް ނުލައެވެ. “ޔާ..އޯޑަރު ކުރި ގޮތަށް ހުރިހާ ކަމެއް ތައްޔާރު..” ރިޝްވާން އައިސް ޒިން ކައިރީ ހުއްޓި ޔަގީން ކަމާއެކު ބުނެލިއެވެ.”ގުޑް..އިޓް ބެޓާ ބީ..”ކުރިމަތީގައި ހުރި ލެފް ލައްޕާލަމުން ޒިން އޭނާގެ އިނގިލިތަށް އޭގެ މަތީގައި ހިނގާލީ ރުޅިވެރިކަމާއެކުގައެވެ.
**********************
މައިރީން މަރުވިތާ ތިންވަނައަށް ވީ ދުވަހު އީން އާ އަލްކާ ގޮވައިގެން ކުއްލި ގޮތަކަށް މާލެ ދިޔުމަށް އީތަން ޓިކެޓް ނެގިއެވެ. އަލްޔާން އެހާ ފަސޭހައިން އޭނާ ރަށަށް ފޮނުވާން އެއްބަަސް ވުމުން އީން ހައިރާންވިއެވެ.އަހަރެން ބޭނުމެއް ނޫން އަލްޔާން ދޫކޮށްފަ ދާން..ޕްލީޒް ލެޓް މީ ސްޓޭ ވިތް ޔޫ..އެހެން ނުނީ އަލްޔާން ވެސް ހިނގާ..” ހެނދުނުގެ ނާސްތާ ކުރުމަށް މޭޒުދޮށުގައި ތިބެފައި އީން ބުނެލިއެވެ.އެއްވެސް އެއްޗެއް ނުކައި ތުންދަމާފައި ރުޅިއައިސް ކަމަށް ހެދިގެން ހުއްޓަސް އީން ގެ ހިތްވަނީ ޝަކުވާއިން ފުރި މާޔޫސް ވެފައެވެ.އަލްޔާން ކުޑަކޮށް ހިނިތުންވެލާފައި އީން ގެ ބޮލުގާ ފިރުމާލިއެވެ. އެހިތުގެ ހާލު އެނގުނު ނަމަވެސް މިވަގުތު އެނޫން ގޮތެއް އޭނާއަކަށް ނެތެވެ. ޒިން އާއި ރިޝްވާން ސިންގަޕޫރަށް ފުރަން ޓިކެޓް ނެގި މައުލޫމާތު ލިބުމާއެކު އަލްޔާން ބޭނުން ވީ އީން މާލެ ފޮނުވުމަށްފަހު އޭނާ މަޑުކުރުމަށެވެ. އެއީ އެކަމުގައި އިމްރާން ވެސް މަޝްވަރާ ދިން ގޮތެވެ.”އީން..އައި ވިލް ކަމް ސޫން އައި ޕްރޮމިސް..ބްރެއިން ސީ.ޓީ ނެކްސްޓް ވީކް ގަ ހަދަން ޖެހޭތީ އައި ވިލް ހޭވް ޓު ސްޓޭ..އަހަރެން ހުރިހާކަމެއް މި ކުރަނީ ދެމީހުންނަށް ރަނގަޅަކަށް…ޓްރަސްޓް މީ” އެއްޗެކޭ ނުބުނެ އަލްޔާން ގެ ލޮލަށް ބަލަހައްޓައިގެން އީން އިރުކޮޅަކު ހުރެލިއެވެ. އެދެލޮލުން ފެންނަމުން ދިޔަ އިންތިހާ ދަރަޖައިގެ ލޯބީގެ ޖަޒްބާތަށް އޭނާ ލޯމަރައިގެން ހުރެވެސް އިތުބާރު ކޮށްފާނެއެވެ. އެކަމަކު އިތުބާރު ނުކުރެވެނީ އަމިއްލަ ތަގްދީރަށެވެ.ނޭނގި ހުއްޓާ ހާލަތު ބަދަލް ވެ ކޮންމެ ފަހަރަކު އަލްޔާން އާއި އޭނާ ދުރުވާން މަޖްބޫރު ވަނީއެވެ. އަނެއްކާ ވެސް އެފަދަ ކަމެއް ދިމާވެދާނެތީ އިން ބިރުގަންނަނީއެވެ.” އޯކޭ..ތީ އަލްޔާން ގެ ފަހުގެ ނިންމުން ކަމަށް ވާނަމަ ދާނަން..އެކަމަކު ދެން އަހަރެން އަލްޔާން އާ ވަކިވާން ޖެހިއްޖެނަމަ ކެތެއް ނުކުރެވޭނެ..އައި ވިލް ޑައި..” އަސަރާއެކު ރޮވިފައި ހުރެ އީން ބުނި ޖުމްލައާއެކު އަލްޔާން ގެ ހިތް ފިނިވިއެވެ.ކުއްލިއަކަށް ގޮނޑިން ތެދުވެ އީން އަތުގާ ހިފާ ތެދުކުރުވަމުން އޭނާގެ ދެއަތުގެ ތެރެއަށް ގެނެސް ބާރުކޮށްލިއެވެ. “ޑޯންޓް އެވާ ސޭ ދެޓް އެގެއިން..އެއްވެސް ކަމެއް ނުވާނެ..އީން އަށް އެއްވެސް ކަމެއް ވިޔަކަ އަހަރެން ނުދޭނަން..” އީން ހިތާހިތުން އިންޝާ ﷲ ކިޔަމުން ލޯމަރާލިއެވެ.
****************
ސިންގަޕޫރުގެ ޗާންގޭއި އެއާޕޯރޓް އެރައިވަލްސް އިން ނިކުމެގެން ގޮސް ކާރަށް އަރަން ދިޔަ ޒިން އަށް ކުއްލިއަކަށް މަޑުޖެހިލެވުނީ ފޯނަށް އައި މެސެޖް ފެނުމުންނެވެ.އެއާއެކު ކަޅުކުލައިގެ ކޯޓްފަޓްލޫން ލައިގެން އޭނާއާއި އެކު ހިނގަމުން އައި ހަތަރު މީހުންވެސް ވަގުތުން ހުއްޓުނެވެ. ދެފަހަރަކު މެސެޖް ކިޔާލަމުން ފޯން ނަގާ ބިންމަތީގައި ޖަހާލަމުން ޒިން ރުޅިވެރި ނަޒަރު އަމާޒުވީ ފަހަތުގާ ހުރި ރިޝްވާން އަށެވެ.
އެއާޕޯރޓް ގެ ޑިޕާޗާރ ގައި އަލްކާ އާއި އީތަން އާއެކު ހުރެފައި އީން ހިނގާގަތީ ރެސްޓް ރޫމަށެވެ. އަލްކާ އެކުގައި އަންނަން ބުނުމުން ނޫނެކޭ ބުނެ އީން ދިޔައީ އެދެމީހުންނަށް ވެސް ޕްރައިވެޓް ވަގުތުކޮޅެއް ދިނުމުގެ ނިޔަތުގައެވެ. އީތަން ކައިރީ ހުންނަ އިރު އަލްކާއަށް އަންނަ ބަދަލް އީން އަށް ވެސް ވަނީ ފާހަގަ ކުރެވިފައެވެ. ފާހާނާއިން ނިކުމެ ބަލާލިއިރު މީހަކު ނެތުމުން އީން ހައިރާންވިއެވެ. އޭނާ އެތެރެއަށް ވަން އިރު ތިން ވަރަކަށް މިހުން އެތަނުގައި ތިއްބެވެ. އެހެންނަމަވެސް އަޅާނުލާ ގޮސް ސިންކް ކައިރީ ހުއްޓި އަތްދޮވެލުމަށް ފަހު ލޯގަނޑުން ބަލާލިއިރު ހުދުކުލައިގެ ގަމީހަކާ ކަޅު ފަޓްލޫން ލައިފައި ފަހަތުން ފެންނަން ހުރި މީހާފެނި އީން ގެ އަނގަހުޅުވި ދެލޯ ބޮޑުވެ ހުއްޓުން އެރިއެވެ. އެއީ ހީވީ ހީވުމެއް ކަމަށް ހީކޮށް އަވަސް އަވަހަށް ފަހަތް ބަލާލީ ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އެއީ ހުވަފެނެއް ނޫނެވެ. ލައިގެން ހުރި ކޯޓު އެއް އަތް މަތީ އަޅުވާލައިގެން ރުޅިވެރި ނަޒަރަކުން އީން އާ ދިމާލަށް ބަލަން ހުރީ ދެވަނަ މީހެއް ނޫނެވެ.” ޒިން” އީން އަށް މަޑުމަޑުން ޒިން ނަން ކިޔާލެވުނީ ހައިރާންވެ ކަންބޮޑުވެފާ ހުރެއެވެ.އެދެލޮލުން އީން އަށް ފެނުނީ ބުނެދޭންވެސް ނޭނގޭފަދަ ނުރައްކާތެރިކަމެކެވެ.ވިދުވަރެއް ފަދައިން ޒިން އައިސް ހުއްޓުނީ އީން ކުރިމަތީގައެވެ. ބިރުންގޮސް ކުއްލިއަކަށް ފަހަތަށް ޖެހެވުނު އީން ހަޅޭއްލަވަން އަނގަ ހުޅުވާލި ނަމަވެސް އަޑެއް ނުނިކުތެވެ. މުޅި މީހާގެ ހަށިގަނޑު ރޫރޫ އަޅައިގަތީ އޭނާގެ ތުންފަތުގާ ޒިން ޖައްސާލި ކަޅުކުލައިގެ ފިސްތޯލް ފެނުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




yay me first varah reethi mi part
Yaayyyy me first dhw… ? Hama habeys ingey… ?????????? when next part?
Anjoo.. anekkaa miveegoiy handhaanun nufilanees next part genesdhehchey avahah plsss.. v nice
Yeahh me first
dhen angal avahah up kohlaa dhy ba haadha kiyaa hithuney mihurii. stry mma lahy up kuraaleh handhaa nethey fahun up thi kuranii. anyway stry reethi ingey.
Anjal plssss adheys kohfa miunany avahah up kohdheeba…….i cant wait plsssssss….??????..vaahaka v v reethi..abadhuves , v ginadhuvahah fahu comment mi kury ekam baraabarah kiyan..ok ehnun…???keep up the good work??? luv ya..maagadhah inthizaar nukuruvahcheyyy. Eyrun v dheravaane,ingey keitherikamuge meyvaa donivaanekanves…ekamves mifaharu ekaninamaves ip kohdheveytho balahchey sis…….and mivaahakaiga anna twist thah..love it…bye see u soon
Beautifully expressive prose! Congrats!