އެއަންހެންކުއްޖާ ފެެނިފާއި ފަޔާޒަށް އެކުއްޖާގެ ފަހަތުން ދެވެން ފެށިއެވެ. އެއި ކޮންޖުއްޖެއްކަމެއް ފަޔާޒަކައް ނެގެއެވެ. އަދި ފަޔާޒަކައް އޭނާގެ މޫނުވެސް ނުފެނެއެވެ. އަދި އެކުއްޖާގެ ސިފަވެސް ނޭގެއެވެ. ނަމަވެސް އެނާއަށް އެއަންހެން ކުއްޖާގެ ފަހަތުން ހަމަ ހިގެނީއެވެ. ފަޔާޒް ހިގަމުން ހިގަމުން ދަނިކޮއް އެކުއްޖާ ފަޔާޒާއި ދިމާލައް އެބުރެލިއެވެ. ފަޔާޒަށް ހުރެވުނީ ހިނގައި ގަންނަންވީ ކޮން ދިމާލަކަށް ކަމެއް ނޭގިފައެވެ. އެމޫނުގައި ވާރީތި ކަމާކާއި ފުރިކަމެއްތާއެވެ. މޫނުގެ ހަން ގަނޑް އޮމާންވެފައި ދޮނެވެ. ނޭފަތްވެސް އެހާފުރިހަމައެވެ. ނޭފަތްކާރީގައި […]
އޭގެތެރެއިން އަހަރެން ފޮޓޯ ގަނޑު ނެގީމެވެ. “ކީއްވެ ކުރިން ދުވަހު އަހަރެންނަށް ދޮގު ހެދީ” ފޮޓޯގަނޑު މޭޒުމަތީގައި ބައްވާ ނާސިރުއާއި ކައިރިކޮށްލަމުން އަހަރެން ބުނެލީމެވެ. ނާސިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަވަސްކަމާއި އެކު އެދެލޯ ކަރުނުން ފުރިގެން ދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ. އަހަރެން އެ ފޮޓޯގަނޑު އަހަރެންނާއި ކައިރިއަށް އަނެއްކާވެސް ދަމާލީމެވެ. “ކިހިނެއް.. ކާކު ދިން އެއްޗެއް ތީ” ނާސިރު އުދަގޫ ކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން ފެށުމުގެ ކުރިން ބުނިން އަހަރެންނޭ […]
އެރޭ އެތައް އިރެއް ވަންދެން އޮންލައިންގަ މަންޝާ އެހެން އޮތެވެ. އެންމެ ފަހުން މަންޝާގެ ލޮލަށް ނިދި ބަރުވެ ގަދައަށް ނިދިއްޖެއެވެ. މަންޝާއަށް ގަދައަށް ނިދުމުން އަތުގައި އޮތް ފޯނު އަތުން ދޫވެ އެނދު މައްޗަށް ވެއްޓުނެވެ. ގަދަ ރަތްކުލައިގެ ސެޓިން ފޮތީގެ ނިދާހެދުމުގައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ފުރިހަމަކަން ފާހަގަވެއެވެ. މަންޝާއަކީ ހަމުގެ ކުލަ ކަޅު ކުއްޖަކަސް އޭނާގެ ހަމުގެ ކުލަޔާ ރަތްކުލަ ވަރަށްވެސް ގުޅެއެވެ. މަންޝާގެ ހަށިގަނޑަށް ފާރަލަމުން އައިސްހުރި އެ މަޚްލޫގު މަންޝާއާއި […]
ކުޑަ ކަމެއް އެޑްރެސް ކޮށްލަން ބޭނުމެވެ. އަޅުގަނޑު ލިޔަން ފަށާފައިވާ ފިނި ހިތް ވާހަކައަކީ އެއްވެސް އެއްޗެއް ކޮޕީ ކުރުމަށް މަސައްކަތް ކޮށްފައިވާ ވާހަކައެއް ނޫނެވެ. ނަމަވެސް ގިނަ ފިކްޝަން އެއްޗެހިން އައިޑިއާ ހޯދައިގެން އަމިއްލަ އަށް ވިސްނައިގެން ތައްޔާރު ކުރާ ވާހަކައެކެވެ. އަދި އެއީ “ސުޕަގާލް” އާ ވައްތަރު ކޮށް އޭގެ ކޮޕީއެއް ކަމަށް ހީކުރާ ކަމުގައި ވާނަމަ މި ޕްލޮޓްއަކީ އަޅުގަނޑު 2014 ގައި ތައްޔާރުކުރި ޕްލޮޓާ އެއްގޮތަށް ކުރިއަށް ގެންދާ ވާހަކައެއް. އަޅުގަނޑުގެ […]
“ދެވަނަ ސަބަބެއް އަޑެއް ނާހާނަންތަ.. އަހަރެން އާސީންއާއި ބައްދަލު ކުރަން ބޭނުންވި” ނާސިރު ބުނެލިއެވެ. އަހަރެން ހުއްޓުނީމެވެ. އަދި ނާސިރުއާއި ދިމާލަށް އެބުރެލީމެވެ. “އާސީން ވަރަށް ކަމުދޭ.. އަހަރެންގެ ޖިންނިއަށް” ނާސިރު ބުނެލިއެވެ. އަހަރެން ދެލޯ ބޮޑު ވިއެވެ. “ކިހިނެއްވީ.. މާ ހައިރާން ތިވީ.. އަހަރެން ޖިންނި ގެންގުޅޭކަން އާސީންއަށް ރަނގަޅަށް އެނގޭ.. އެހެން ނޫންނަމަ މިތަނަށް އައުމުގެ ކުރިން ތި އުނަގަނޑުގައި އޮތް ތަވީދު ނަގާނެ” އަހަރެންނަށް ވަގުތުން އުނަގަނޑުގައި އަތް ޖައްސާލެވުނެވެ. އަދި ބާރު […]
ޤައުމީ ކުތުބްޚާނާއިން ގެނައި ފޮތްތަކާއި އެސައިންމަންޓް ހަދަން ގެންގުޅުނު އެގްޒަމިނޭޝަން ޕޭޑް ހުޅުވާލުމަށްފަހު އެފޮތްތައް ކިޔާ ދިރާސާ ކުރަމުން ދިޔައިރު ގަޑިން ވީ ކިހާ އިރެއް ކަންވެސް މަންޝާއަށް ރޭކާނުލިއެވެ. ކަރު ގުދުކޮށްގެން މޭޒު ދޮށުގައި އެހެން ގިނަ ވަގުތު އިންނަން ޖެހުމުން މަންޝާގެ ކަނދުރާއަށް ވާޅުވިއެވެ. ފޮތް ލައްޕާލުމަށްފަހު ރަނގަޅަށް ގޮނޑީގައި ލެނގިލައި ހަށިގަނޑު ދަމާލިއެވެ. ދެލޯ އުނގުޅާލާ، ފޮހެލުމަށްފަހު ދެލޯ މަރާލަމުން ހަށަން ބަނދެލައިގެން އެހެން އޮތީ ކުޑަ އަރާމެއް ހޯދުމުގެ ނިޔަތުގައެވެ. އެހެން […]
“ދޮންތަގެ ބިޓު އެބަހުރި އައިސް” ކޮއްކޮ ބުނެލިއެވެ. އަހަރެން ބުމަ އަރުވާލީމެވެ. “އެއްކަހަލަ ނައިސް ހޭންޑްސަމް” އެހާ ހިސާބަށް ބުނެވުނުތަނާ އަހަރެންނަށް އެއީ ކާކުކަން އެނގުނެވެ. އަވަސް ކަމާއިއެކު ނިކުން އިރު ޖައިޝް އިނީ ބައްޕައާއި މަންމައާއި ދެމީހުންނާއި ވާހަކަ ދައްކާށެވެ. “ހެލޯ އާސީން” މީގެ ކުރިން ދުވަހަކުވެސް ޖައިޝް އަހަރެންނާއި އެހާ ރީއްޗަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އަހަރެން ހައިރާންވި ވަރުން އަނގަ ހުޅުވުނެވެ. ޖައިޝް އެގޮތަށް ގެއަށް އަތުވެދާނެ ކަމަށް އަހަރެން ހިޔެއް ނުކުރަމެވެ. […]
ފައި އަރިއަޅާލުމުން ފަޔަށް ތަދުވިއެވެ. އުސްފައިވާން ގަނޑު ބާލާފައި އެއްލާލަންވެސް ހިތަށް އެރިއެވެ. ދެން ސިޑިން މައްޗަށް ދާން އިތުރަށް ބޭނުން ނުވާތީ ފޯނު ނަގާ އަޒީމްއަށް ގުޅޭތޯ ބެލިއެވެ. ނަމަވެސް މަންޝާގެ ފޯނު އެވަގުތު އޮތީ ބެޓެރިލޯވެގެން ނިވިފައެވެ. “ނޯ.. ނޯ.. މިގަޑީގަތަ އަދި ފޯނު ނިވެންވެސް އެނގުނީ….” އެންމެފަހުން ވަރުބަލިވެގެން މަންޝާ އައިސް ލިފްޓު ކައިރިއަށް ހުއްޓުނެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން އުނަގަނޑުގައި އަތް ވިއްދާލައިގެން ގުދުވެލީ ހަމަޔަށް ނޭވާ ލެވޭތޯއެވެ. ފައިގެ ކުޑަހުޅުގައި […]
މިއަދަކީ ހޮނިހިރު ދުވަހެވެ. ފަޔާޒާއި އޭނާގެ އެކުވެރިން ރަށް ކާރީގައި އޮތް ފަޅުރަށައް ދަތުރުދިޔާއި މޫސުން ވެސް ރީތިވީމައެވެ. 4 ކުދިންގެ މިގުރޫޕް ދަތުރުދިޔައީ އެކުދިންނާއި އަލައް ގުޅުނު އިނާޝް ވެސް ގޮވައިގެނެެވެ. ރަށަކީ ގަސްބޯ ޖަންގަލި ރަށެކެވެ. ހިރިޔަން ދޫއައް ދިޔައީ އޯވާރ ނައިޓް ހަދާލާށޭވެ. އެދުވަސް ވަރަކީ ވަރަށް އޯވާރ ނައިޓް ދުވަސް ކޮޅެކެވެ. ރަށަށް ފޭބިގޯތައް އިނާޝް ފުރަތަމަވެސް އޭނާގެ އެލްޖީ ފޯނުން ސެލްފީއެއް ނަގާ ވަގުތުން ފޭސް ބުކައް އަޕްލޯޑް ކޮއްލިއެވެ. […]