ފިނިހިތް (ހަތަރު ވަނަ ބައި 2/2)
15 އޭޕްރިލްގެ ބަޔާ ގުޅޭ.
ދޮރުގައި މީހަކު ޓަކި ޖެހި އަޑަށް އަހަރެމެން ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް ވަގުތުން ބަލާލެވުނީ ޝެނިންގެ މޫނަށެވެ. އޭނާވެސް އޭރު ހަދާނެ ގޮތް ހުސްވެފައި ހުރި ކަހަލަ އެވެ.
ދޮރާ އަރާ ހަމަކޮށްފައި އަހަރެން އިތުރަށް ވިސްނަން ނުހުރެ ތަޅު އަނބުރާލީމެވެ. “…. ކޯއްޗެކޭ ހިތަށް އަރައިގެން ކުރި ކަމެއްތަ އެއީ؟” އަހަރެންނަށް ދޮރު ނުހުޅުވެނީސް އިރަމް ވަންނަމުން ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރި ކަމެއް ނޫނެވެ. އެހެން ނަމަވެސް ހާސްކަމެވެ.
އިރަމް ވަނުމާއެކު ދޮރު ލެއްޕުމަށްފަހު އަހަރެން އޭނާއާ ދިމާލަށް އެނބުރުނީމެވެ. “…އަ…” “އެއީ ޝެނިން އެއް ނޫން….. އިޓްސް ނޮޓް ހާރ އިރަމް،” އަހަރެން އެއްޗެއް ބުނުމުގެ ކުރިން ޝެނިން ބުންޏެވެ. އަހަރެންނަށާއި އިރަމް އަށް އޭނާއާ ދިމާލަށް އެއް ވަގުތެއްގައި ބަލާލެވުނެވެ.
އަހަރެން ބިރުގަތީ އޭނާގެ ރާގު ހުރިގޮތުންނެވެ. ކޮންމެވެސް ކަމެއް ވިސްނުން ކަހަލައެވެ. ޝެނިންގެ ސިކުނޑީގައި އޮތް އެއްޗެއް އެހުމަށްވެސް އަހަރެން ހުރީ ބިރުންނެވެ.
“…މިއީ އެއްފަހަރަކު ވި ނަމަވެސް އެއްވެސް ހާލަތެއްގައި އިއްތިފާގެއް ނޫން. އެމީހަކަށް އެނގޭ ތިއީ ކާކު ކަން. އެންޑް އެއީ އެއްވެސް ވަރަކަށް ރަނގަޅު ކަމެއް ނޫން….” ކުރިން ވާހަކަ ދެއްކިވަރަށްވުރެ ވެސް މަޑުން ޝެނިން ބުންޏެވެ. ވަށައިގެންވާ ރަތްވަމުންދާ ހުދު ފާރުތަކަށްވެސް އެއްޗެއް އަޑު އިއްވަން ބޭނުން ނުވާ ކަހަލައެވެ.
“… އެހެން ވިޔަސް ދެން ކަންތައް ގޯސް ވާނެ. ކުރިންވެސް ރެހެންދި ހޯދަމުން ދިޔަ ދޯ ފުލުހުން. އެކަމު އޭރު ފުލުހުންނަށް އެހީތެރިވަމުން ދިޔަ އިރު އެއްވެސް ވަރަކަށް މީހަކަށް ގެއްލުމެއް ނުވޭދޯ. އެކަމު މީހަކު މަރުވެއްޖެ މިހާރު. ދެން ހުރިހާ އެންމެންވެސް މަސައްކަތް ކުރާނެ އޭނާ އަތުލަން. އެއީ އެކަން ހިނގާނެގޮތް،” އަހަރެންނާ ދިމާލަށް ބަލަމުން އިރަމް ބުންޏެވެ.
ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މިހާ ދުރަކަށް ނުވިސްނަމެވެ. އެންމެން ބުނާ ތަންކޮޅު އައީއެވެ. އަހަރެންގެ އެންމެ ބޮޑު އެއް މައްސަލައަކީ ކަންތައްތައް އެއްކޮށް ނުވިސްނާ އެކަމެއް ކުރުމެވެ.
“…ދެން ކިހިނެއް ހަދާނީ…؟” ބަސްތައް އެދެވޭ ވަރަކަށް މިނައިގެން ވީހާވެސް ލަސް ލަހުން އަހަރެން ބުނީ ދެން ތިބި މީހުންގެ ފަރާތުން ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދެއްގައެއްވެސް ނޫނެވެ.
“ލިވީ އަށް އެނގޭނެ ކުރާނެ ކަންތައް ވެސް. ލިވީ އަށް އެނގޭނެ ދެން ވާންވި ގޮތް ވެސް،” އިރަމް އަހަރެން ގާތު ވަރަށް މަޑުން ބުންޏެވެ.
އަހަރެން ކޮޓަރިއަށް ވަނީ ރެހެންދީ އާ ގުޅޭ ހުރިހާ ކަމަކުން އަމިއްލަ ނަފްސު ދުރުކުރުމަށެވެ. ރެހެންދީ އާ ގުޅޭ އެއްވެސް އެއްޗެއް ބާއްވައިގެން އަހަރެންނަށް ގެއްލުމެއް ލިބިދާނެ ކަމަށް އެއްވެސް ބިރެއް ނެތެވެ. ބިރު ގަންނަނީ އަހަރެންގެ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން ޝެނިން އާއި އިރަމް އަށް ގެއްލުމެއް ލިބިދާނެތީއެވެ.
އަހަރެން އަމިއްލަ ސިކުނޑީގައި މިހާރު ޕްލޭން އެއް ތައްޔާރު ކޮށްފީމެވެ. ކަންތައް ކުރަންވީގޮތްވެސް އަހަރެންނަށް އެނގެއެވެ. ރެހެންދި ކުރާ މަސައްކަތްތައް ކުރާއިރު ލައިގެން ހުންނަ ކޯޓު ފިޔަވާ އެހެން އެއްޗެއް އަހަރެންނާ ދިމާލަށް އަނބުރައެއް ނާންނާނެއެވެ. އެހެން ކަމުން އެ އަންދާލަން ޖެހޭނެއެވެ.
ބަނޑުހައި ކަމެއްވެސް އަހަރެންނަަކަށް މިއަދު އިހުސާސެއް ނުކުރެވެއެވެ. އެއްޗެހި ބަދަލު ކޮށްލައިގެން އަހަރެން ގެއިން ނުކުތީ ކުޑަކޮށް ބޯ ހަމަޖައްސާލުމަށެވެ.
މާނައަކީ މޫދަށެވެ. މި ފަހަރުވެސް ޓްރެކަށް އެރެން އަހަރެން ދިޔައީއެވެ. ސަރުކާރު ދުވަހެއް ކަމަށްވުމުން ސްކޫލު ކުދިންނާއި ވަޒީފާއަށް ދާމީހުން އުޅޭނީ އެމީހުންގެ މަސައްކަތްތަކުގައި އަވަދިނެތިއެވެ. އެހެން ކަމުން ޓްރެކްގައި މީހުން ގިނަ ނުވާނެ ކަމަށް އުއްމީދު ކުރީމެވެ.
ކޮންމެއަކަސް ޓްރެކަށް ދިޔައިރު އެ ސަރަހައްދުގައި މީހުން މަދެވެ. އެތަނުގައި މޫދަށް އެރެން ތިބީ ތިން ފިރިހެނުންނެވެ. އަހަރެންނަށްވުރެ ދެ ތިން ވަރަކަށް އަހަރު ދޮށީވުން އެކަށީގެންވެއެވެ.
އަހަރެން މިދިޔަ ދުވަސްތަކުގައި ކުރަމުން އައި މަސައްކަތްތައް މަތިން ވިސްނަމުން މޫދަށް ފުއްމާލީމެވެ.
އަހަރެންނަކީ ފަރުވާ ކުޑަ މީހެކެވެ. އެކަން އެނގެއެވެ. އެހެން ނަމަވެސް އަހަރެންގެ ނިޔަތް ގޯހެއް ނޫނެވެ. އެ ކަންތައްތަކަށް ނިންމުމެއް ގެންނަން ޖެހޭއެބައެވެ.
އަހަރެން ރެހެންދީއަށް ވުން ހުއްޓާލި ނަމަވެސް އެކަންތައް އެ ކުރާ މީހެއް އެބަ ބަލަން ޖެހެއެވެ. އެކަމު އެމީހެއް ހޯދުމަށް އުޅޭނީ ކިހިނެއް ހެއްޔެވެ؟
ފެންގަނޑުން އެރުމަށްފަހު ދެވަނަ ފަހަރަށް މޫދަށް ފުއްމާލުމަށް އަހަރެން ޕްލެޓްފޯމަށް އެރީމެވެ. އޭރު އެއްކަލަ ތިން ފިރިހެނުން އަހަރެންނާ ދިމާލަށް ފާޑަކަށް ބަލަަން ތިއްބެވެ. ބޭއިހްތިޔާރުގައި ހުރެ އަމިއްލަ ހަށިގަނޑަށް ނަޒަރު ހިންގާލެވުނެވެ.
“…ޝިޓް… ފޮރ ދަ….” އަމިއްލައަށް ބުނެވުނެވެ. އަހަރެން މަތިން ލައިގެން ހުރި ޓީޝާޓް މާބޮޑަށް ތުނީއެވެ. ތެމުމުގެ ސަބަބުން އެތެރެއިން ލައިގެން ހުރި އެއްޗެހި ފެންނަން ހުރި އިރު ޓީޝާޓް ހަށިގަނޑުގައި ޖެހި ދެވަނަ ހަންގަނޑެއްހެން ފެނިގެން ދިޔައެވެ.
ޓީޝާޓްގައި ހިފާ ހަށިގަނޑާ ދުރަށް ދަމާލުމަށްފަހު އަހަރެން ގެއާ ދިމާލަށް ހިނގައިގަތީމެވެ. ވަކި ހިސާބަކަށް ދެވުން އިރަށް މީހަކު އަހަރެންގެ އަތުގައި ހިފިއެވެ. ސިއްސައިގެން ދިޔަގޮތަށްގޮސް ވަގުތުން އަތް ފޮޅާލީމެވެ. އަަހަރެންގެ ހަށިގަނޑުގައި ހުރި ފެންތައް “ވައިބްރޭޓް” ވަމުން ދާން ފެށިއެވެ. ރަނގަޅު ސިގްނަލެއް ނޫނެވެ.
ފެންްތައް މައްޗަށް އަރަން ފަށާތަން ފެނިއްޖެ ނަމަ އެމީހުންނަށް އަހަރެން މިއީ އާދައިގެ އިންސާނެއް ނޫން ކަން އެނގޭނެއެވެ. އެހެން ކަމުން ފަހަތް ބަލާލުމެއް ނެތި އަހަރެން ހިނގައިގަތީމެވެ.
“އޭތް…. ތިވައްތަރަށް ހެދުން އަޅައިގެން އުޅެނީ ދައްކާށޭނުން… އަހަރެމެން މިތިބީ ބަލަން ތައްޔާރަށޭ…” ފަހަތުން ފިރިހެނެއް ގޮވިއެވެ. އިތުރު ދެމީހަކުވެސް އެ ދިމާލުން ތުން ފުމެލީ އެވަގުތެވެ. އަހަރެން އަދިވެސް ފަހަތަށް އެނބުރުމެއް ނެތި ހިނގަމުން ދިޔައީމެވެ.
އެތައް މަސްތަކެއް އަހަރެންނަށް ކުރި އެކްސްޕެރިމެންޓްތަކުގެ ސަބަބުން އަހަރެންގެ ބާރުތައް ގަދަވެފައި ގިނަވިއިރު އެ ކޮންޓްރޯލް ކުރާކަށް އަދިވެސް ރަނގަޅަކަށް ދަހެއް ނުވެއެވެ. އެހެން ކަމުން ކޮންމެ ކަމެއް ކުރި ނަމަވެސް އެކަންތައް ބަލަން ޖެހޭނެއެވެ.
“އޭތް!!!! އާދެބަލާ!!” އިތުރު މީހެއް އަނެއްކާވެސް ފަހަތުން ގޮވިއެވެ. އެއީ ޓްރެކުގައި ތިބި ތިން ފިރިހެނުން ކަން އަހަރެންނަށް އެނގެއެވެ.
އެމީހުންގެ ފިޔަވަޅު ބާރުވަމުން އަންނަ އަޑު އިވުނެވެ. އެހެން ކަމުން އަހަރެން ދެން ކަންތައް ކުރީ އެންމެ ބޭނުން ނުވާގޮތަށެވެ. ހުއްޓުމެއް ނެތި ހިނގަމުން ގޮސް އަތް މުށްކަރުވާލީމެވެ. އެއީ ރަނގަޅަށް ފަރުވާ ބެހެއްޓުމަށެވެ. އަހަރެންގެ ނާރުތަކުގައި ދައުރުވަމުންދާ ލޭ ކުޑަކޮށް ހޫނުވާން ފެށިއެވެ. އެހެން މީހުންގެ ހަށިގަނޑުގެ ލޭ ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އެ ކޮންޓްރޯލް ކުރަން އެނގިއްޖެ ނަމަ ބޭނުން ގޮތެއް އިންސާނާގެ ހަށިގަނޑަށް ހަދާލެވޭނެއެވެ.
އިރުތަކެއް ނުވަ އަހަރެންގެ ހަށިގަނޑު އެއްކޮށް ހޫނުވާން ފަށައިފިއެވެ. އެއާއެކު އިވިގެން ދިޔައީ މީހެއްގެ ކަށިގަނޑު ބިންދައިގެން ދިޔަ އަޑެވެ. ވޫޕްސް. އެމީހާ ބިންމައްޗަށް ޖެހުނު އަޑުވެސް އިވުނެވެ. އަހަރެން ބަލާލީމެވެ. މަގުމަތީގައި އެކަކު އިނީ ކަކޫ ޖަހައިގެންނެވެ. އޭނާ ބިންދައިގެން ދިޔަ ތަނެއް ފެންނަ ވަރަކަށް ނުބަލަމެވެ. ކަށު ކަށިގަނޑެއް ނުބިނދޭ ނޫން ހެއްޔެވެ؟
އެމަންޒަރަށް އިތުރު ސަމާލުކަމެއް ނުދީ އަހަރެން މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. މީހުން ނެތް ހިސާބަކަށް އަރާ ހަމަވުމާއެކު އަހަރެންގެ ތެމިފައިވާ ޓީޝާޓުގައި ހުރި ފެންތައް ދަމައިގަތީމެވެ. ފެނަކީ އަހަރެންގެ އެލިމެންޓް ކަން ބުނީމެންނޫން ހެއްޔެވެ؟
11 Comments!
Comments are closed.

Haadha dhuvaheh ohfa ee thi up kuree
Nuliyan hithulaafa hury,
V reethi vaahaka ekamakuku kurin kiyaabaa hadhaan hunavara up koladhee plex eirun dhow vaahakaa ga vaanuvaa igay nee dhw
Thank you.
Eba balan avas kureveythoa
mibaives vrh reeethi 🙂 but avahah up koddhecchey ingey 🙂
Thankyou faxoo
Waiting for the next part
Alhe mi story ge aneh baithah kobaatha jaishan. Mi haadha salhi story ekey. V thafaathu mi story… V v kiyalaa hiyyvey dhn huri baithah. Dhn mi story up nimunytha alhe?? Plzz up kohdheeba….?
though i never commented….meethi kiyamun aiee..mee dhen boduvaru kanneynge mihaa dhuvas vi iryves nunerun kan..v disapointing ingeyyy..hama totalyy aarrrhhggggg
Alhe thankolhe avaha up kondhy ba story?
eyh jai keeh ve tha ,ihaadhuvas veeru ves up nukurannii