އަހަރެން ހުރީ ދެލޯ ވަރަށް ބޮޑަށް މަރާލައިގެން ބޮލުގައި ދެއަތުން ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. “އެމަންޖެއާއި ކައިރިނުވާތި” ހީވާގޮތުން ދޮންބެ އުޅުނީ އަހަރެންގެ ކައިރިއަށް އަންނާށެވެ. އެކަމަކު މުހައްމަދުފުޅުގެ އަޑު އިވުމުން ދޮންބެ ހުއްޓުން އެރިއެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލެވޭތޯ މަސައްކަތް ކުރީމެވެ. ދެލޯ ހުޅުވުނު ނަމަވެސް އަހަރެންނަށް ތަންތަން ފެންނަމުން ދިޔައީ ވަރަށް ނުސާފުކޮންނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހަރެންނަށް މަޑުމަޑުން އެތަނަށް ތިރިވެވުނެވެ. “ކޮއްކޯ” ދޮންބެގެ އަޑު އިވުނެވެ. އަހަރެން އެދިމާލަށް ބަލާލީމެވެ. […]
“ކީކޭ…. މީހަކާ އިންނާށޭ… ކިޔަވާ ނުނިމެނީސް އިންނަނީތަ؟… އަދި މާ އަވަހެއްނުން… ދެން ދަރިފުޅު ބޭނުން ގޮތެއްދޯ އޮންނާނީ…” ނޫނެކޭ ބުނަން އުޅެފައިވެސް މަދީހާ އެކަމާ އެއްބަސްވާން ހިތަށް އެރިއެވެ. އޭނާގެ ދިރިއުޅުމުގައި ވީފަދަ ގޮތެއް މަންޝާއަށް ވެދާނެތީއެވެ. މީހަކާ އިންނަން ބޭނުންވި ދުވަހު އެކަމާ ދެކޮޅު ނުހަދާ އިންނާށޭ ބުނީ މަޑުކޮށްފިއްޔާ މަންޝާ ޅަ އެއްޗެއް އަޅާފާނެތީއެވެ. މަންޝާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ މަދީހާއެވެ. “ކޮންރަށަކު ކާކުކަން އިނގޭތަ؟… މާލެ […]
ކުޑަ ކުއްޖާ މި ވާހަކައަކީ ހަގީގީ ޚާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔާ ޚިޔާލީ ވަހަކައެކެވެ. އެހެންކަމުން ވާހަކައިގައި ބޭނުންކުރެވިފައި ވާނީ އަސްލު ނަންތަކެއް ނޫނެވެ. ______________________________________________________________________________ އަހަރުތަކަކަށް ފަހު ރަށަށް އާދެވޭތީ އަލީމް ހުރީ ވަރަށްވެސް ހިތްހަމަ ޖެހިފައެވެ. ލޯބިވާ މަންމައާއި ބައްޕަ އަދި ކޮއްކޮ ދެކިލާހިތުން ކެތްމަދުވެފައި އަލީމު އިނެވެ. އޭރު އެއަރޕޯޓު ފެރީ ރަށާއި ގާތް ކުރަނީ އެވެ. މިވީ ދިހަ އަހަރު ދުވަސްތެރޭ ރަށަށް އައިސްފައިވާ ބަދަލުތަކާއި ތަރައްޤީ ފެނި […]
އަހަރެން ބުނެފިނަމަ އައިރްއަށް ވިސްނައިގެން އުޅެން ފަސޭހަވާނެއެވެ. “އާސީން..” އައިރް ގޮވާލިއެވެ. އަހަރެން ސިހިފައި އައިރްއާއި ދިމާލަށް ބަލާލީމެވެ. “ލުކް.. އަހަރެން މިހާރު ފުލުހެއް ގޮތަށް މަސައްކަތް ކުރާ ވަރަށް ދުވަސް ވެއްޖެ.. އޭގެ ކުރިން އަހަރެން ކިޔަވަން ހުރީ ރާއްޖެއިން ބޭރުގައި.. އެހެންވީމަ އަހަރެންނަށް ވަނީ ވަރަށް ގިނަ ތަންތަން މިދުނިޔެމަތިން ފެނިފައި.. އަހަރެން ބުނަން މިއުޅެނީ އާސީންއަކަށް އަހަރެން ގަބޫލު ނުކުރާނެ ވާހަކައެއް ނުބުނެވޭނެއޭ” އައިރް އަހަރެންގެ ކުރިމަތީގައި އެއްކަކޫ ޖައްސައިގެން އިށީދެލިއެވެ. އަހަރެން […]
ފޯނު ކަނޑާލުމަށްފަހު މަންޝާ ގޮނޑިން ތެދުވެ ފޮތްތައް ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ މަންޝާގެ ފޮތްތައް ބަހައްޓާފަ ހުންނަ ކަނުގައި ފޮތްތައް ބަރިއަކަށް ބަހައްޓާލިއެވެ. ހެދުން ބަދަލުކުރަން ގައިން ހެދުން ވަކި ކޮށްލުމުން އަނެއްކާވެސް ގައިގާހުރި ވަކިތަކާއި ނޫފައިގެންފައިވާ ތަންތަން ފެނުމުން މަންޝާގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. “މީ ކޮން ކަންތައް ގަނޑެއްބާ؟… ގައިމު އަހަރެންގެ ނިޔަފަތިވެސް ކަނޑާފަ ހުންނާނީ…. ދެން މީކޮން ވަކިތަކެއް؟….” ހިތާހިތުން އެތައް ސުވާލުތަކެއް ކުރަމުން ދިޔައީ އެކަމަކީ މަންޝާއަށް […]
އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ޖައިޝް އިނީ އެނދުގައި އިށީދެގެންނެވެ. އެނދުމަތީގައި އަޅާފައި އޮތް ފޮތިގަނޑުގައި ބާރަށް ދެއަތުން ހިފަހައްޓައިގެން އިން އިރު މީހާގެ މޫނުމަތިން ބިރުގަނެފައިވާކަން ރަނގަޅަށް އެނގެއެވެ. އެއްދިމަލާކަށް ކަޅި ހުއްޓާލައިގެން އިން ގޮތުން އަހަރެންވެސް ބިރުގަތެވެ. “ޖައިޝް.. ” އަހަރެން އޭނަގެ މޫނު ކައިރީގައި ދެފަރާތަށް އަތް ހުރަސް ކޮށްލީމެވެ. އެވަގުތު ސިހިގެން ގޮސްފައި ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލީ ބޮޑު ބިރަކާއި ދިމާލަށް ބަލާލާ ގޮތަށެވެ. އެގޮތަށް ބަލަން […]
މި ވާހަކަ އަކީ ހިޔާލީ ވާހަކައެށް މި ވަާހަކަ އަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލީ ވާހަކައެކެެ.އުއްމީދުކުރަނީ ހުރިހާ އެންމެނަށް ކަމުދާނެކަމަށް ސާދަވިލޭރޭ ހަނދު އުޑުގައި، ތަރިތަކާއި އެކު ، ވިދަ ވިދާ އިނެވެ. އެ ފުރިހަމަ ހަނދުގެ ރީތިކަން ޝާއިރަކަށް ވެސް ބަޔާން ނުކުރެވޭހާ ފުރިހަމައެވެ. އެހަނދަށް ބަލަހައްޓައިގެން ޒީނާ އިންއިރު އެ މަޑުފެހި ކަޅީގައި ހުއްޓުމެއްނެތި ވިދުން ހުއްޓެވެ. އެކަނިވެރިކަން ނޫން އެއްޗެށް ވަށައިގެން ނުވާ އެ ދޮންވެލި ބީޗަށް ވެރިވެފާ ވަނީ އަނދިރި ކަމާއި […]
ހަތަރު ވަނަ ބައި ދިގުކޮށް ގެނެސްދިނުމަށްޓަކައި ފުރަތަމަ މި ދެނީ ކުޑައެތިކޮޅެކެވެ. މީގެ ދެވަނަ ބައި ހުކުރުދުވަހުގެރޭ ނުވަތަ ހޮނިހިރު ދުވަހުގެރޭ އަޕްލޯޑް ކުރާމެވެ. ވާހަކައަށް އިންތިޒާރު ކުުރައްވާތީ އަބަދުވެސް ޝުކުރުކުރަމެވެ. ލިވީ ޝެނިން އައިސް ގެއަށް ވަތް އިރުވެސް ހާލަތު ވަރަށް ގޯސްވެފައިވާ ކަން އަހަރެންނަށް އެނގުނެވެ. އޭނާ ލޯގެ އެތެރެ އެއްކޮށް ކަޅުވާން ވަނީ ފަށާފައެވެ. ނަމަވެސް ރުޅިގަނޑު ހައްތަހާ އިތުރުވަމުން ދާ ކަހަލައެވެ. ލޮލުގެ ހުދުބައި އެއްކޮށް ގެއްލިއްޖެއެވެ. ލޯ ކައިރީ ކަޅުކުލައިގެ […]
ފޯނަށް ހެޑްސެޓްގެ ވާގަނޑު ގުޅާލުމަށްފަހު ނަވާފްގެ ޖިންސުގެ ޖީބަށް ފޯނު ލިއެވެ. އަދި ނަވާފްގެ ކަންފަތަށް ހެޑްސެޓް ހެޔޮވަރު ކޮށްލިއެވެ. ލިފްޓުން ގްރައުންޑް ފްލޯއަށް ދާން ސްވިޗަށް ފިތާލައިގެން ހުރި އިރު އަޒީމް އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ނަވާފް ހުރީ ދަތްޕިލަ ސޭލް އަޅުވައިގެންނެވެ. ބައްޕައަކަށް ވުމުގެ އުފާ ދެވަނަ ފަހަރަށް ކުރުމުންވެސް ނަވާފަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ތިރީބުރިއަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ނަވާފް މިސްރާބު ޖެހީ ނަރުސްކުދިން […]