މިއީ އަޅުގަނޑު އަމިއްލަ ހިޔާލަށް ލިޔަން ފަށާފައިވާ ވާހަކައެއް މިސައިޓްގައި މިވާހަކް ޝާއިރު ކުރަން ބޭނުން މިވާހަކަޔަކީ ދަތުގޮސް އުޅުނު ފަސް ކުދިން ނަށް ދިމާވާ ބިރުވެ ކަންތައްތަގެއްގެ މަށް އަޅުގަނޑު އަމިއްލަ ޙިޔާލައް ލިޔާވާހަކައެކެވެ. އަދިމިއީ މިގޮތައް އޮންލައި ކުރާ ފުރަތަމަ ވާހަކައެވެ.
ކުއްލިއަކަށް ގޭ ދޮރުގެ ބެލް އަޑު އިވުނެވެ. މަންމަ ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައީ ދެ ފުލުހުންނެވެ. އަހަރެންނާއި ދޮންބެއަށް ވަގުތުން ތެދުވެވުނެވެ. “އާސީން އަހްމަދު” އެތަނުން އެކަކު އަހަރެންގެ ނަން ކިޔާލިއެވެ. އަހަރެން މަންމައާއި ދޮންބެއަށް ބަލާލަމުން ކުރިއަށް ޖެހިލީމެވެ. “އާދެ.. އަޅުގަނޑަކީ އާސީން” އަހަރެން ބުނެލީމެވެ. “އަޅުގަނޑުމެންނާއި ފުލުސް އޮފީހަށް ދުރުވެ ދެއްވާ..” އެމީހާ މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ. “އެއީ ކީއްކުރަން.. ކޮބާ ބޭނުމަކީ” ދޮންބެ ކުރިއަށް ޖެހިލަމުން ހަރުކަށިކަމާއި […]
ލިވީ އަހަރެންނަށް ގޭތެރެއަށް ވަދެވުން އިރު މެންދަމު ފަސްވެ ތިނެއް ޖަހައިފި އެވެ. މާދަމާ ސްކޫލުގައި ވަރަށް ވަރު ވާނެއެވެ. ވަރިހަމައެވެ. ކިތަންމެ ވަރުބަލިވި ކަމުގައިވިޔަސް އަހަރެން މިހުރީ ވަރަށް ހިތް ހަމަޖެހިފައެވެ. އަނެއްކާވެސް އިތުރު މީހަކު ހަވާލު ކޮށްލެވިއްޖެ އެވެ. އެކަކަށްވެސް އަހަރެން މި ލިބޭ އުފަލެއްގެ އިހުސާސެއް ނުކުރެވޭނެ އެވެ. އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް މިފަދަ ބޮޑު ކަމެއް ކުރެވުމުން ވަރަށް ހިތްހަމަ ޖެހެއެވެ. ތިމާގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތް […]
ނިދިފައި އޮތް އާމިނައާއި ދިމާލަށް ރޫހީ ބަލަން އޮތީ ބުޅާ މަސްގަނޑާ ދިމާލަށް ބަލާ ފަދަ ގޮތަކަށެވެ. ރޫހީގެ ދެލޮލުގެ ކަޅީގެ ކުލަވަނީ ބަދަލުވެފައެވެ. ވަޅުވަދެފައިވާ ލޮލުގެ ތެރެއިން އަޅިކުލައިގެ ކަޅި ފެންނަނީ އެހާވެސް ބިރުވެރި ގޮތަކަށެވެ. ކުރަކިވެފައިވާ ތުންފަތާއި ހޭވިފައިވާ އިސްތަށިގަނޑުންވެސް ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ. ރޫހީގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ މަޚްލޫގު ވިސްނަމުން ދިޔައީ އާމިނަމެންގެ ކިބައިން ބަދަލު ހިފުމަށެވެ. ކަޅި ޖަހާނުލާ އާމިނައަށް ބަލަމުން ދިޔައީ ވަރުގަދަ ހަސަދައެއް ފިލުވާލާށެވެ. “އަލިބެ […]
ކުރިމިނަލު ކޯޓު ކައިރިއަށް އެެހެންދުވަސްތަކާ ހިލާފަށް އެއްވަމުންދިޔަ މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ.ކުޅިބަލަން ދިޔަ މީހުނާ ހަބަރުތަށް ހޯދަން ދާ މީހުނެވެ.ސިޔާސީ ޕާޓީ ތަކުގެ މީހުންނާ މީޑިއާ ތަކުގެ މިހުނެވެ. އެހެންނުވާންވި ސަބަބެއް ނެތެވެ.މިއަދު މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބިރުވެރި އެއް މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނަ ދުވަހެވެ. އަހަރެންވެސް މީހުންތަށް އެއްފަރާތް ކުރަމުން ކުރިއަށް އެރޭތޯ މަސަތްހަތް ކުރަމުން ދިޔައީމެވެ.ކަރުގައިވާ ނަންކާޑު ކޮޅު ރަނގަޅު ކޮއްލަމުން ކުރިއަށް ޖެހެލީމެވެ. އެވަގުތު ފުލުހުންގެ ވެހިކަލްް […]
މަޑުމަޑުން އެ މަޚްލޫގް އައިސް ރޫހީގާތުގައި ހުއްޓުނެވެ. އެ ހިނދު ރޫހީއަށް އޭނާ އެތަނަށް އެ އައި ބޭނުން ނަގައިގަނެވުނެވެ. ރޫހީއަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އިންކާރުކޮށްފި ނަމަ ވާނޭގޮތް އޭނާ ވަނީ ތަޖުރިބާ ކޮށްފައެވެ. އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ރޫހީއަށާއި އޭނާގެ އާއިލާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަމުގެ ބިރު ރޫހީގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ދެލޯ މަރާލުމަށްފަހު ހިމޭނުން އޮތީއެވެ. ރޫހީގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ތިރިއަށް ކެހެމުން ދިޔައެވެ. ފޮތިގަނޑު ކެހެމުން […]
މިއީ އަޅުގަނޑުގެ “ހަތިޔާރު” ވާހަކައިގެ ސީކުއެލް އެކެވެ. އެހެން ކަމުން މި ވާހަކަ ވަކިން ކިޔަން ފެށި ނަމަވެސް ކުރީގެ ވާހަކަ ކޮންމެހެން ކިޔާކަށް މަޖުބޫރެއް ނޫނެވެ. އެހެން ނަމަވެސް ކުރީގެ ވާހަކައިގެ ކެރެކްޓަރުން މިވާހަކައިގައި އުޅުމާ ގުޅިގެން ބައެއްކަހަލަ މައުލޫމާތު ހޯދުމަށް ފުރަތަމަ ވާހަކައަށް ދިޔުން އެކަށީގެންވެއެވެ. އެހެން ކަމުން މުޅި “ހަތިޔާރު”ގެ ދުނިޔެ އުފެދިގެން އައި ގޮތް ބަލާލުމަށް ދާނީ: http://www.esfiya.com/2563 އަރުން ހަފްތާގެ ކިޔަވައިދޭ ފަހު ދުވަހެވެ. އަހަރެން ސްކޫލަށް ވަނީވެސް ފޫހި ވެ […]
މަންޝާގެ ލޮލުން ވިދަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އަޒީމާ ކުރިމަތިލާން އެނބުރިލިއެވެ. އަޒީމްގެ ގަމީހުގެ ގިރުވާން ރީތިކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ އޮތް އަތްދަބަސް މަންޝާގެ ކޮނޑުގައި އަޅުވަމުން އަޒީމާއެކީ އެ އެޕާޓްމަންޓުން ބޭރަށް ނުކުތެވެ. ދޮރު ތަޅުލުމަށްފަހު މަންޝާގެ ތަޅުދަނޑި ދަބަހަށް ލަމުން ސިޑިން ފޭބީ އަޒީމްގެ ފަހަތުންނެވެ. އެގޭ ދޮރު ކުރިމަތީގައި ޕާކްކޮށްފައިވާ އަޒީމްގެ ސައިކަލަށް ދެމީހުން އެރިއެވެ. އަޒީމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗް އަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާފައި […]
“އާހް… ނޫންންންން…. ދޫކޮށްފެލަ…. ދޫކޮށްފެލަ…. މީ ކޮންފަދަ ބޮނޑޮ ކަމަށް…. މަ ދޫކޮށްފެލަ…..” އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ނަވާރަ އަހަރުގެ ރޫހީ މަސައްކަތް ކުރަމުން ދިޔައީ އައްސާފައިވާ އޭނާގެ ދެއަތް މޮހާލެވޭތޯއެވެ. އެނދުގެ ދެފަރާތުގައިވާ ހޮޅިދަނޑީގައި ރޫހީގެ ދެއަތުގެ ކުޑަހުޅާ ހިސާބުންވަނީ އައްސާފައެވެ. ދެއަތުން ހޮޅިދަނޑީގައި ބާރަށް ހިފަހައްޓާލަމުން ރޫހީ ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އެނދުގެ ވަށައިގެން ތިބި މީހުންނާ ދިމާލަށް ނަޒަރު ހިންގާލިއެވެ. މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަކުގެ ނިވަލުން ރޫހީގެ ރުޅިވެރި […]