އަހަރެންނަށް އުފަލުންގޮސް ރޮވުނެވެ.ބައްޕަ ދެކިލާ،ބައްޕައާއި ބައްދަލު ކޮށްލާހިތުން ކެތްމަދުވާންފެށިއެވެ. “މަންމާ.ހަމަ އަސްލުވެސް އެދެއްކީ ބައްޕަގެ ވާހަކަތަ.. އަހަރެން ބޭނުން ބައްޕަ ގެންނަން. އެކަމަކު ކިހިނެއް؟ ސޯޅަ އަހަރު މިވީ ބައްޕައަކަށް ނާދެވުނު.” އަހަރެން މާޔޫސްވެ ކަރު އެލުނެވެ.ބައްޕަ ދުނިޔޭގައި ހުރެ އެ ބައްޕަ އާއި ވަކިންއުޅުމަކީީ ހާދަ ހިތްދަތި ކަމެކެވެ. “ކޮއެފުޅާ އިރާދަކުރެއްވިއްޔާ ބައްޕަވެސް އަދި ދެންހުރި ކުއްޖާވެސް ސަލާމަތް ކުރެވޭނެ. ބޭބެ ވަރަށް މަސައްކަތް ކުރާނަން.އެއީ ރަސްމަތިކޮޅުން އައިސްފައި އޮތް އާއިލާއެއްވީމަ އާދައިގެ ޖިންނީންނާއި ހިލާފަށް ތަންކޮޅެއް ބާރުގަދަވާނެ.. އެހެނަސް ބޭބެ އަތުގަ އެމީހުންގެ މައިތިރި މިހާރު އެބައޮތް.އިރާދަކުރެއްވީތީ އެހީކުރާހާ އަހަރެމެން ނިކަމެއްޗެއްނޫން.އެކަމަކު ހީކުރާހާ ފަސޭހަކަމަކަށްވެސް އެކަމެއް ނުވާނެ. އެހެންވީމަ މިރޭ ނިދަންދޭ ދެން.ބޭބެ މިރޭ ފޮތްތައް ބަލާލާނަން.” އެހެން ބުނުމަށްފަހު ހާދީބެ ގޮސްވަނީ ފާހާނާ އަށެވެ.އަހަރެމެން އެންމެން އެކޮޓަރިންނިކުމެ ސިޓިންގރޫމްގައި އިށީނީމެވެ. “މާމާ!އަހަރެން ވަރަށް އުފާވެއްޖެ ބައްޕަ ދުނިޔޭގައި ހުރިކަން އެނގުމުން.ވަރަށް ބޭނުން ބައްޕަ ދެކިލަން.ބައްޕައަށް އަހަރެން ނުވެސް އިނގޭނެދޯ؟” ކޮއްކޮ ދެރަވެލާފައި ވާހަކަ ދެއްކިއެވެ.މާމައަށް ރޮވެންފެށިއެވެ. މާމަގެ ދަރިފުޅު ދުނިޔޭގައި ހުރިކަން އެނގި މާމައަށް ލިބިފައިވަނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ.ކޮންމެ މަޔަކަށް ނަމަވެސް ވަާނީ ހަމަ އެފަދަގޮތެކެވެ. މަންމަގެ ހާލަކީވެސް އެޔެވެ.ލޯބިވާ ފިރިމީހާޔާއި ވަކިވެ އެކަނި މާއެކަނި ދަރިންތަކެއް ބަލާބޮޑުކުރީ ހާދަ ނިކަމެތި ހާލުގައެވެ.އެންމެންގެ ލޮލުންވެސް ކަރުނަ އޮހެނީއެވެ.. “މަންމާ؟މާމާ.ދެން ހުއްޓާލަބަލަ.އިރާދަކުރެއްވިއްޔާ އަހަރެން ބައްޕަ ގެނެސްދޭނަން.ކުރަންޖެހުނު ކޮންމެ ކަމަކާއި އަހަރެން ކުރިމަތިލާނަން. މަންމަމެން އަހަރެންނަށް ހިތްވަރުދޭން އަބަދުވެސް ތިބެއްޗޭ.” އަހަރެންގޮސް މަންމަގަެ އުނގުގައި ބޯއަޅާލަމުން ވާހަކަދެއްކީމެވެ.ލޯބިވާ މީހުންނާއި ވަކިވުމަކީ ހާދަ ހިތްދަތި ކަމެކެވެ.އެކަން މިއަދު އަހަރެންނަށް އިހުސާސް ވަމުންއެބަދެއެވެ. “ދަރިފުޅާ!މަންމަމެން މިތިބީ ދަރިފުޅާއި އެކު.ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަން މީހާރުވެސް ސާބިތު ކޮށްދީފީމެއްނު.ދެން ނުރޮއެ ދޭ މާމަ ކޮޓަރިއަށް ވައްދަދޭން. މާމައަށް ނިދުނީމަ ކޮޓަރިއަށް އާދޭ އިނގޭ.މަންމަ މިދަނީ ދަރިފުޅު ކޮޓަރިއަށް.” މަންމަ ލޯފޮހެލަމުން ހިނިތުންވާން މަސައްކަތްކުރަމުން ބުންޏެވެ.އަހަރެން ތެދުވެގެންގޮސް މާމަ ގޮވައިގެން ކޮޓަރިއަށް ދިޔައީމެވެ.އަދި މާމައަށް ނިދެންދެން މާމަކައިރީ ވާހަކަދައްކަން އިނީމެވެ.އެއަށްފަހު ކޮޓަރިއަށްގޮސް ނިދަން ތައްޔާރުވެގެން އެނދަށްއަރައި ޖައްސާލީމެވެ.އަދި މާމައަށް ވާހަކަ ނުދެއްކޭ ސަބަބު ހޯދަން ވިސްނަންފެށީމެވެ. އޭރު މަންމަވެސް ތިރީގައި ގޮދަޑިއެއް އަޅައިގެން ނިދާފައި އޮތެވެ.އެހެން އޮއްވައި ނިދުނުއިރެއްވެސް އަހަރެންނަކަށް ނޭންގެއެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ.އެހެން ދުވަސްދުވަހާއި މިއަދު ތަފާތުހެން ހީވަނީ ކީއްވެބާއެވެ؟ބައްޕްަ ދުނިޔޭގައި ހުރިކަން އެނގި އެލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ހީވާގޮތެއްކަމަށް ވެދާނެއެވެ.އަދި ނާދްވެސް ސަލާމަތުން ހުރިކަން އެނގޭތީ ހިތަށާއި ހަށިގަނޑަށް ލިބިފައިވާ ތާޒާކަމަކުން ކަމަށްވެސް ވެދާނެއެވެ.އެހެންނަމަވެސް އަދި މުޅިން ހަމަޖެހިލެވެން ނެތްކަންވެސް އަހަރެންނަށް އެނގެއެވެ.
ހެނދުނުގެ ސަޔަށްފަހު އަހަރެންނާއި ބައްދަލުކޮށްލަން ބޭނުންކަމަށް ހާދީބެ ބުނުމުން،ކުޑަގޮތަކަށް ސައި ބޮއެގެން އަވަސްއަވަހަށް ބޭރަށް ނިކުތީމެވެ.އޭރު ހާދީބެ، ދުފާތަބަށް އުނގަށްލައިގެން ދުފާލަދުފާލާ އިނެވެ.އަހަރެންގޮސް ހާދީބެ އާއި ޖެހިގެން އެއްޖޯލި ދޫކޮށްފައި އިށީންދެއްޖައީމެވެ. “ކޮޔާ ރަޝާގާ.ރޭގައި ބޭބެ ވަރަށް ބަލައިފިން ކަންތައްތައް އޮޅުންފިލާތޯ.ބޭބެ ބެލިބެލުމުން ކުރިންނޭންގޭ އެތައްކަމެއް އެނގިގެން ގޮސްފި. މިކަންތައްތައް ފެށިފައިވަނީ އެކޮއެގެ ކާފަ އާއި ހިސާބުން.މިވާހަކަ ރަނގަޅަށް އަޑުއަހަށްޗޭ.މިއީ އަދި އެކޮއެ ކާފަ ކިޔިދިން ވާހަކަތަކެއް އިނގޭ.އޭގެފަހުން އަދި ފަހުން އެނގުނު ކަންތައްތައްވެސް ކިޔައިދޭނަން. ކުރިން ވީކަންތައްތައް ތާދޯ ކުރިން ކިޔަންޖެހޭނީވެސް.މިވާހަކަތައް އެނގޭނެ އެކޮއެ މާމަމެންނަށްވެސް.”ހާދީބެ، ޖޯލިފަތިން ޖޯއްޔެއްގެ ދެމަޅި ދުރުކޮށްލަމުން އެދޭތެރެއިން ރަތްކުޅުގަނޑެއްޖަހާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.އޭރު މަންމަވެސް މާމަ ގޮވައިގެން އައިސް ޖޯލީގައި އިށީންނަނީއެވެ. “އެކޮއެގެ ކާފަ, ކުއްށަވަށްފަލަށްގޮސް އުޅުނު ދުވަހެއްގައި މާމަވެސް އިތުރު ކުދިންކޮޅަކާއިއެކު ކުއްޅަވަށްފަލަށް ދިއަ.އޭރު އަދި އެދެމީހުން ކައިވެންޏެއް ނުކުރޭ.ކާފަ އޭރުހުރީ މާމައަށް ހިތްކިޔަކިޔާކަމަށްވަނީ.އަދި ކާފަ ފެނުމުން މާމަވެސް ކާފައަށް ކަތިނަޒަރުތައް ދޭކަމަށްވަނީ.ދެން އެދުވަހު އެލިބުނު ފުރުސަތުގައި މާމަގާތު އިންނަން އަހަން ކާފަ ގަސްތުކުރި.އަދި ކުއްޅަވަށްގަހުގެ ފަތެއްގައި ބައްދަލު ކުރަންވީތަނާއި ގަޑި ޖަހާފައި ކުއްޖަކާއި ހަވާލުކޮށްފައި މާމައަށް ފޮނުވި.ދެން މާމަމެން ދިޔަ ދިމާއަށް އެކުއްޖާގޮސް މާމަމެން ހޯދަހޯދާ ނުފެނިގެން ދެތިންފަހަރަކު މާމަގެ ނަމުން ގޮވާލިކަމަށްވަނީ.އެއިން ކުއްޖެއްގެ ހިލަންވެސް އެހިސާބުގައިނެތް.ދެން އެއްވެސް ހަބަރެއްނުވުމުން ހިނގައިގަތްތަނާ ގަސްތަކުތެރޭން ތަންކޮޅެއް އެތެރޭގައި ރަތްލިބާހެއްގައި ހުރި އަންހެނަކު ހުއްޓައިފެނިއްޖެ.އޭނާ ހުރީ ފުރަގަސްދީގެން ކުއްޅަވަށްގަހެއްގެ ތިރި އަފިކޮޅަކުން ކުއްޅަވަށް ބިންނަން. އެހެންކަމުން އޭނާ ގޮވައިލި އަޑަށް އެހެންކުދިންނާއި ވަކިވެ މާމަ އައީކަމަށް ހީކޮށް މިއޮތީ ރާބެގޯތި އަލީ ދިންއެއްޗެކޭ ކިޔާފައި ގެންގޮސް އެމީހާގެ ފައިދޮށަށް ވައްޓާލާފައި ދުވެ ގޮސްފި. އޭގެ އިރުކޮޅެއްފަހުން ކާފަ ގަޑިކީތަނަށް އައި އިރުގައި އެތަނުގައި ފުރަގަސްދީގެން މާމަ ހުއްޓައި ފެނިއްޖެ. އެހެންކަމުން ވަރަށް އުފަލުންގޮސް މާމަގާތަށް ހުއްޓި އޭރުގެ އެންމެ ޝާހީކޮށް މީހުންގާތު އިންނަންއަހާގޮތަށް ޅެންބަހުރުވައިން ކާފަ މިއަހަނީ *ކަނބުލޮ މަށާ ރުހެންޏާ،އެކުގަ އުޅެންހުރިއްޔާ،ރަންކިޔުމަށް ދެހެކިންނާ ތިންގަނޑެތި މިރޭ ފޮނުވާނަން*. މި ޅެންބައިތު ހަމަނިމުމާއިއެކު އެކޮޅުން ޖަވާބު އައިސްފި.”އަހަރެން ގަބޫލު.”އެއާއި އެކު އެތަނުގައި ހުރި އަންހެންމީހާ ކާފައާއި ދިމާއަށް އެނބުރިއްޖެ.ކާފަގެ ދެލޯބޮޑުވެ ހެޔަށްގޮތްނުވީ ކިރިޔާ.އެއީ މާމައަށް ނުވުމުގެ އިތުރުން އެރަށުވެސް ކުއްޖަކަށް ނުވީތީ.އަދި ލާފައިހުރި ލިބާހުގެ މޮޅުކަމާއި ކުއްޖާގެ ރީތިކަމުން. ހަމައެވަގުތަކީ އެއްކަލަ ފަތް މާމައަށް ހަވާލުކުރަންދިޔަ ކުއްޖާ އަޑުގެ ނެތްތަނަށް ރޮމުން ދުވަމުން ހަޅޭއްލަވަމުން އައި ވަގުތު.އޭނަ އާއިއެކު މާމައާއި އަދިވެސް ދެތިން އަންހެން ކުދިންނާއި ފިރެހެންކުދިންވެސް އައި.އެމީހުންގެ އަޑަށް އެދިމާއަށް ކާފަ އެނބުރި ބަލާލި.އެވަގުތު އެތަނުގައި މާމަ ހުރިތަން ފެނުނު.ދެން އެނބުރި ބަލާލިއިރަކު އެއްކަލަ އަންހެން މީހާއެއްނެތް.ދެންކުއްލިއަކަށް ކާފަގެ ހެޔަށްގޮތްވެ ވެއްޓުނީ. އެދުވަހުން އެ ކުއްޖާއަށް މާމައާއި މިދިމާވީ އެފަތް ދީފައި ދިޔަމަގުމަތީ.އަދި މާމަގެ ލިބާސް ބަދަލުވެފައި ހުރީމައި ވާހަކަ އަހާލީމައި މިއެނގުނީ ފަތްދެވުނީ މާމައަށް ނޫންކަން.ދެން އެސޮރަކީ ކުޑަކޮށް ސޭކު ކުއްޖަކަށްވީތީ އެކަމާއި ވީ ދެރައިންނާއި ކާފައެއްޗެހި ކިޔާފާނެތީ ރޮމުން ހަޅޭއްލަވަމުން މާމަމެން ގޮވައިގެން އެތަނަށް އަވަހަށް ދިޔައީ. އޭރު ވާނެއެއްޗެއްވެ ނިމިއްޖެ. އޭގެފަހުން ކާފަގެ ބައްޕަމެން ވަރަށް ފަންޑިތަ ހަދައިގެން އެޖިންނިއާއި ވަކިކުރީ.ޖިންނީންގެ އޮންނަ ގޮތުންވިއްޔާ އިންނަން އާނބަސް ބުނާހިނދުންފެށިގެން އެ ކައިވެނިވީ.އޭރު އުޅުނު ވަރަށްމޮޅަށް ފަންޑިތަ ހަދާމީހެއްމިރަށުގައި.އެހެންނޫނުްނަމަ ކާފަ ސަފާމަތެއް ނުވީސްކަމަށްވަނީ. ކޮންމެއަކަސް އެކަމުން ކާފަ ސަލާމަތްވެ މާމަ އާއި ކައިވެނިކުރީ.” އެހާހިސާބަށް ވާހަކަ ދެއްކުނުތަނާ ހާދީބެގެ ފޯނު ރިންގުވާންފަށައިފިއެވެ. ހާދީބެ އަތުން އިޝާރާތްކޮއްލާ މަޑުކޮއްލާށޭ ބުނެ ފޯނުނަގައިފިއެވެ.އަދި ޖޯލިންތެދުވެގެންގޮސް ތަންކޮޅެއް ދުރުގައި ހުރެގެން ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ.އަދި އިރުކޮޅަކުން ވަރަށް ހާސްވެ ހުރެ ވާހަކަ ދައްކަމުން އައިސް ޖޯލީގައި އިށީންދެއްޖެއެވެ.އަދި ވީ އެންމެ އަވަހަކަށް ތިކޮޅަށްދާނަމޭ ދެން ވަރަށް ސަލާމޭބުނެ ފާޑަކަށް ބޮލުގައި އަތްހާކަނޯްްްްް އިނދެ ފޯނުބާއްވައިފިއެވެ. “އަހަރެން އެކޮޅުން ފަންޑިތަ ހަދަމުންދާ މީހަކު ސަކަރާތްވެގެން އެގޭ މީހުން އެގުޅީ.ތަވީދު ގެއްލުނީޔޯ. އެހެންވީމައި ބޭބެ ނުގޮހެއްވެސް ނުވާނެ.” ހާދީބެ ހާސްކަން ކަނޑުވަން މަސައްކަތްކުރަމުން ވާހަކަ ދެއްކިއެވެ. “އެކަމަކު ދެން މިކޮޅުން މިއުޅެނީ ކަންތައްތައް ރަނގަޅަށް ނުވެސް ފެށިގެން ދެއްތޯ؟ ދެން ކިހިނެއްތޯ ވާނީ އެހާއަވަހަށް ދުރުވީވަ.” މަންމަ ހިތްހަމަ ނުޖެހިފައި އިންނަމަވެސް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. “އަހަރެން ދިއުމުގެ ކުރިން ކޮންމެވެސްވަރެއް ކޮށްދޭނަން. އެކޮއެ ވާނެ ހިތްވަރުކުރަން.” އަހަރެންގެ ބޮލުގައި ފިރުމާލަމުން އެހެންބުނެފައި ހާދީބެގޮސް ގެއަށް ވަދެއްޖެއެވެ.ފޫުުުުުން ނޭވާއެއްލަމުން ދެފަރާތަށް ބޯހަލުވާލަމުން މަންމަ ތެދުވެގެން ގޮސްފިއެވެ.އަހަރެން މާމަ އާއި ދިމާއަށް އެނބުރުނީމެވެ.މާމަވެސް އިނީ ކޮންމެވެސްވަރަކަށް ހިތްހަމަ ނުޖެހިފަހެން ހީވެއެވެ.ނަމަވެސް އަހަރެން މާމައަށް ވިސްނައިދިނީމެވެ. ހާދީބެ އަހަރެމެނަށް ދެރަގޮތެއް ނަހަދާނެކަމަށެވެ.އަދިވެސް މިނޫން ތަފާތުވާހަކަތަކުން މާމަގެ ހިތްހަމަޖައްސައި ދެވޭތޯ އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ..
ޖެހިގެން އައިދުވަހުގެ ހަވީރު ހާދީބެ ފުރައިފިއެވެ. ދިއުމުގެކުރިން މުޅި ގެ ވަށައިގެން ފެންކިޔަވާފައެވެ.އަދި އަހަރެންގެ އުނަގަނޑުގައި ތަވީދެއްވެސް އެޅުވިއެވެ. އެއްވެސް ހާލެއްގައި އެ ތަވީދު ނުނެގުމަށް އެތައް ފަހަރަކުމަތިން ބުނެ ނަސޭހަތްތެރިވިއެވެ.
ހާދީބެ ފުރުވާލުމަށްފަހު އިޝާއާއި އަހަރެންދިޔައީ ރަށު ދެކުނުކޮޅު ތުނޑިބަލައިލާށެވެ. އެތަނަކީ ވަރަށް ހިތްގައިމު ތަނަކަށްވެފައި ބައިވަރުމީހުން ގޮސްއުޅެއެވެ. އަހަރެމެން ތުނޑިއަށް ދިޔައިރު އެހެންދުވަސް ދުވަހާއި ހިލާފަށް އެތަނުގައި މީހުން ވަރަށްމަދެވެ. “ހާދަ މީހުންމަދޭ މިއަދު މިތާ.” އަހަރެން އިޝާގާތު އަހާލީމެވެ. “ސާބަސް ރަޝާއަށް.އެއްކަލަ ބޮޑު ބަށިމުބާރާތް ފަށައިގެންނޫންތަ އެއުޅެނީ. މިފަހަރު ގާފަރުންވެސް ބައިވެރިވިއެއްނު. މިއަދު އެކުޅެނީ ގާފަރު ޓީމާއި އުތުރުކޮޅު ޓީމަކާ.އެރަށުން ބައިވަރު މީހުން އައޭ. އަހަރުމެންގެއަށްވެސް ބަޔަކުއައި.ވަރަށް ސަޅި ބިޓުންވެސް ތިބި.” އިޝާ ފޮނިގޮތަކަށް ބުނެލިއެވެ.”ސާބަސް އިޝާއަށް.މިހާރު އަންހެންކުދިން ރީތިވާންފެށީތަ؟” އަހަރެން އިޝާގައިގާ ޖަހާލަމުން ބުނީމެވެ. “ޕިސްޕިސް.މިބުނީ ފިރެހެންކުދިންގެ ވާހަކައޭ.ސަޕޯޓަރުން ތެރޭ ހުސް އަންހެނުންނެއް ނޫނެއްނު އުޅޭނީކީ.އެހެން ނޫނަސް މަށަށް ވަރަށް ރީތި ގާފަރު ފިރެހެން ކުދިން. މަހަށްދާތީ ކަންނޭންގެ އެހާ ސަޅިކޮށް ފިޓުކޮށް އެތިބެނީ.” އިޝާ ހީވަނީ އަނގަ ތަތްވެދާނެތީ އުޅޭހެނެވެ. “ހޫމް ދެން އިޝާގެ ލޯބިވާ ފާލިހުއަށް ކިހިނެއް ހަދަނީ؟ކަޓުވާލާނީދޯ؟އޭރުން އަހަރެން އަވަހަށް ފާލިހް ގާތު ރައްޓެހިވާން އަހާނަން..!” އަހަރެން އިޝާގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލީމެވެ. “ޕިސްޕިސްޕިސް.!! އަހަރެން މިބުނީ އަޅެ ކީކޭތަ؟މިބުނީ އެރަށުކުދިން ސުމާރޓް ވާހަކަވިއްޔަ.ދެންތިބުނީ މަގޭ ހިތްގަނޑުގެ ވާހަކަ.ރަޝާ ބުންޏަސް އޭނައެއް ނުދޭނަން.” އަހަރެންގެ އަތް އޭނާގެ ކޮނޑުން ނައްޓާލަމުން މޭފުއްޕާލާފައި އިޝާ ބުންޏެވެ. “އައްޗި އަހަރެން ނޫޅެން. އަހަރެން ބޭނުމީ ނާދް.!” އިހްތިޔާރުން ބޭރުގައި އަހަރެންނަށް އެބުނެވުނު ޖުމްލައިން އިޝާ ހުއްޓުންއެރިއެވެ. “ކީކޭ؟ ނާދްއޭ؟ މިހާރު އޭނަޔާ ރައްޓެހިވީތަ؟” އިޝާ ހީކުރީ އަހަރެން ނާދްއާއި ގުޅިގެން އުޅެނީކަމަށެވެ. “ނޫނޭ.ތިކަހަލަ ކަމެއް ނުވޭ.ނާދް އާއި ރަނގަޅަށް ވާހަކަ ދައްކާލާ،ނާދްގެ ގޮތް އެނގެންވީއިރު ނާދް ގެއްލިއްޖެ.އަސްލު ވަރަށް ދެރަވޭ.އަހަރެންގެ ސަބަބުން އެހެން އެވީވެސް.”އަހަރެންނަށް ރޮވޭގޮތްވިއެވެ. “އެ ކީއްވެ ރަޝާއާއި ހެދި ނާދް ގެއްލުނީއޭ ތިބުނީ؟ އަނެއްކާ މޫސައާއި ގުޅިގެން ނާދް ފޮރުވަން ރަޝާ ބައިވެރިވީތަ؟” އިޝާއަށް އެންމެފުރަތަމަ ވިސްނުނުގޮތަށް ބުނެލިއެވެ. “ނޫނޭ.އެހެނެއްނޫން ވީކީ.އިޝާ އާއި ދިމާނުވާތީ އެވާހަކަތައް ނުދެއްކިފައި މިހުންނަނީ”. އަހަރެން ބުނީމެވެ.އަދި ހާދީބެ ޖިންނި ގެނައި ވާހަކައާއި އޭގެ ފަހުން ދެއްކި ވާހަކަތަކާއި އިޝާއަށް ކިޔައިދިނީމެވެ. “އެހެންވީމަ ތިވީ ހާދަ ދެރަގޮތެކޭ.ދެން ކިހިނެކޯ އެމީހުން ސަލާމަތް ކުރެވޭނީ؟ ” އިޝާ ސުވާލުކޮށްލިއެވެ. “ނޭންގެ އަދި. ހާދީބެ އައިސް ކިޔައިދޭނަމޯ ބުނީ.އަންނާނެ ދެތިންދުވަސް ފަހުން.” އަހަރެން ބުނީމެވެ. “ރަޝާ!ރަޝާ! ބަލާބަލަ.އެހެރީ ކާކު؟ ހާދަ ވައްތަރޭ ނާދް އާ؟” އަހަރެމެންނަށް ފުރަގަސް ދީގެންހުރެ ތުނޑިމަތިން ހިނގާފައި ދިޔަމީހަކު ދައްކަމުން އިޝާ ބުންޏެވެ.އަހަރެންވެސް ރަނގަޅަށް ބަލާލީމެވެ. ހަގީގަތުގަވެސް ފުރަގަހުން ނާދްއާއި ވަރަށް ވައްތަރެވެ. “ހެހެ.އެވެދާނެ މިއަދު މެޗު ބަލަން އައިސްއުޅޭ ގާފަރު ކުއްޖަކަށްވެސް.” އަހަރެންގެ ހިތް އެއީ ނާދް ކަމަށް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. “މެޗް ބަލަންއައި މީހަކު މިތާ ކީއްކުރަނީތަ؟އެއީދެން ކޮންމެ މީހަކަށްވިޔަސް ހެވޭ.ހިނގާބަލަ ވާހަކަ ދައްކާލަން.ވާހަކަ ނުދެއްކިޔަސް އެތްލީސްޓް ދުރުދުރުން ނޫންކަމަށް ހަދާފައި ބަލާލެވިދާނެއެއްނު.ދެން ހިނގާބަލަ.” އަހަރެންގެ އަތުގައި ހިފާ ދަމަމުން އެދިމާއަށް ދަމުން އިޝާ ބުންޏެވެ.
އެ މީހަކާއި ތަންކޮޅެއްދުރުން އަހަރެމެން ތަންކޮޅެއް ބާރަށް ހިނގަމުން ދިޔައީމެވެ. އޭނާގެ މޫނު ފެނޭތޯއެވެ. އަދި އޭނާގެ ކުރިއަރައި އެމޫނަށް ބަލާލީމެވެ. ދެމީހުނަށްވެސް ސިހުން ގެނުވީ އެމީހާ ނާދް އާއި ވައްތަރުކަމުންނެވެ.އެކަމަކު ނާދްވީ ޖިންނިތަކެއްގެ ބާރުގެ ދަށުގައެވެ.ދެން ނާދް އައީ ކިހިނެއްބާއެވެ؟ އަނެއްކާ ޖިންނިތައް ނާދް ދޫކޮށްލީބާއެވެ؟ނޫނީ ނާދް ފިލައިގެން އައީ ބާއެވެ؟ އެކަމަކު އެއީ ވާނެކަމެއްހެއްޔެވެ؟ މިފަދަ އެތައް އެއްޗެއް އެއްފަހަރާ ހިތައްއަރާ ފައިބަންފެށިއެވެ. “އެއީ ހަމަ ނާދް.އަހަރެން މިދަނީ ނާދް އާއި ވާހަކަދައްކަން.” އިޝާ އެއްވެސް ޖެހިލުމެއްނެތި އެމިީހާ އާއި ދިމާއަށް ހިނގައިގަތެވެ.އަހަރެންނަށް ޖެހިބުދެއް ފަދައިން ހުރެވުނީއެވެ. ދާންވީބާއެވެ؟ މިހެން ހުރެގެންވެސް ވާނުވާއެއް ނޭންގޭނެތާއެވެ. ދަތުރު ފެންނާނީ ފުރީމަ ނޫންހެއްޔެވެ. ވާގޮތެއް އެނގިދާނެތާއެވެ. އަހަރެންވެސް މަޑުމަޑުން އެދިމާއަށް ހިނގައިގަތީމެވެ.އޭރު އިޝާގޮސް އެމީހާ ކައިރިއަށް ހުއްޓެނީއެވެ. އަހަރެންގޮސް ހުއްޓުނުއިރު އެމީހާވެސް ހެވިފައި އަހަރެމެންނާއި ދިމާއަށް ބަލަންހުއްޓެވެ. “ހައެ!ނާދް.ކިހިނެއްތަ؟ މިހާރު ކޮންދުވަހެއް ނާދް އާއި ދިމާނުވާތާ؟ ކޮންތާކު އުޅެފަ ތިއައީ؟” އިޝާ އަހާލިއެވެ. އެވަގުތު އޭނާވެސް ހިނިތުންވެލަމުން އިޝާއަށް ޖަވާބު ދިނެވެ. “ދެން އަހަރެން ގެއްލިގެން ހޯދަން ނިކުމެތަ ތިއުޅެނީ.؟” އޭނާގެ އަޑުވެސް ނާދްގެ އަޑާއި ކުޑަވެސް ތަފާތެއް ނެތެވެ…
ނުނިމޭ
513 Comments
Comments are closed.
8th partves kamudhaanekamah hope kuran.. hurihaa kudhingeves faadu kiunthakah hama maruhabaa ingey.. love u all readers..
Nice☺
V reethi mibaives.
Thanks axoO
Varah salhi ekm kuruhen heevany vedhaane kiaa hithun ineema kamah vx !! V v v vv salhi
Thanks jeejee.mifaharu thankolheh dhigukoh migenes dhiny leem hithun..
v teethi mipart ves
Thank u same
Thankolheh bodah biruveri kollaba leem…☺☺☺
V reethi
kobaaa 9th part leem (inlove) ?????
haadha lahey update vaaleh
update nuvaane Kaman ninmaalan veethaveetha haadha furihama vaahaka key ekammm