މަންމާ މަންމާ ބަލާލަބަ އަހަރެންގެ މުޅި ބުރަކާށީގަ މިހިރަ ވަކިތަކެއް ވަރަށް އެބަތަދުވޭ.. ހާފިޒް ކޮޓަރިން ނިކުމެގެން އައިސް އޭނަ މަންމަައައް ބުރަކަށި ދައްކަމުން ބުންޏެވެ… އެހެންނުން ވާނީ ނިޔަފަތި ތިހުންނަނީ ސަމްސާއެއްގެ ދިގުމިނަށް ދިގު ކޮޮއްފަ ވީޔަ.. ކިތައް ދުވަހު ބުނެފިން ތި ނިޔަފަތިތައް ކަޑާށޭވެސް..ބުނާ އެއްޗެއް އަޑު އިވޭ ކަމަކައް ނުވޭ ވިއްޔާ.. ދެންވެސް ނިޔަފަތި ކަނޑަން އުޅޭ މިހާރު ވެސް ތިހުރީ ބުރަކަށްޓަވެފަ ހުރި ވަރު.. ނިދީގަ އޮވެގެން ކެހެނީހެން މަންމައައް ހީވަނީ… […]