ކަޅި (އެއްވަނަ ބައި)
އަތުގައި ފިނި ވައިރޯޅިއެއް ބީހިލުމާއެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. ގަސްތަކާއި ނުލާ އަހަރެންނަށް ހުޅުވިފައިވާ ދޮރަށް ނަޒަރު ހިންގާލެވުނެވެ. ހަލުވިކަމާއި އެކު އެއްޗެއް ހުރަސްކޮށްލިތަން އަހަރެންނަށް ފެނުނެވެ. އެއީ އަހަރެންނަށް ކުރިން ފެނުނު ކަޅު ހިޔަންޏެވެ. އެ ހިޔަނީ އެހާގާތުން ފެނުމުންވެސް، އޭގެ މަންޒަރު ސިފަވާގޮތެއް ނުވިއެވެ. “ސަމާ!”……. އެއަޑާއެކު އަހަރެން ދިޔައީ އެއްލިގެނެވެ.
“ކީކޭ ހަފިއްތާ؟” އަހަރެން ހިންދިރުވާމަލުން ބުނެލީމެވެ. “އަވަހަށް ދޭ ފެންވަރާލައިގެން އަންނަން! ހަފިއްތަ ކާގެ ކުޑަކޮށް ތަރުތީބު ކޮށްލާނަން އެނގޭ!” ހަފިއްތަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އަހަރެން ލަސްފިޔަވަޅުތަކެއް އަޅަމުން އަހަރެންގެ ކުޑަކުޑަ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހީމެވެ. ކޮޓަރި ތެރޭގައި ބަލާލާ ކޮންމެ ދިމާއަކުން ސިފަވަނީ މަންމަގެ ސޫރައެވެ. މަންމަގެ އަތްތެރި މަސައްކަތްތަކުން މުޅި ކޮޓަރި ޒީނަތްތެރި ވެފަވެއެވެ. މަންމަގެ ހެދުންތަށް ފެންނަ ކޮންމެ ފަހަރަކު އަހަރެން ފެންކަޅިވެއެވެ. އެހެދުންތަކުގެ ވެރިއަކީ މިހާރު އަހަރެންނެވެ.
މަޑުމަޑުން ގޮސް އަހަރެން އެނދުގައި އިށީންދެލީމެވެ. ތިރި ބަލަހައްޓައިގެން އިނދެ އާއިލާގެ ހަނދާންތައް އާ ކުރަންފެށީމެވެ. އުމުރުގެ އެންމެ ފަހަށް ދަންދެންވެސް އަހަރެންނަށް އަޅާލި މަންމައެވެ. ދުވަހަކުވެސް މަންމަ އަހަރެންނާއި މެދު ބަދު ދުޢާއެއް ކޮށްފައެއް ނުވެއެވެ. އަދި ދުވަހަކުވެސް، އަހަރެން ހިތުގައި ޖެހޭފަދަ އެއްޗެއް ބުނެފައި އެއް ނުވެއެވެ. ބައްޕައެވެ. ބައްޕަ ޖަލުގައި އިންނަތާ ދެއަހަރުވެއްޖެއެވެ. އެދުވަސް އަހަރެންގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ.
އުޑު ޒީނަތްތެރި ކުރަމުން އަންނަ ތަރިތައް ވަނީ ގެއްލިފައެވެ. ހުދު ބޮތްކެއް ފަދައިން ދިއްލިފައި އިންނަ ހަނދުގެ ހިލަމެއްވެސް ނުވެއެވެ. ކަޅުފޮއެ ރެއެކެވެ. ބަނަ ކަޅު ވިލާތަކުގައި ކޮންމެވެސް ވަރަކަށް އަލިކަމެއް ހުއްޓެވެ. ވިއްސާރަވުމުގެ ސަބަބުން މަގުގެ އެކި ހިސާބުގައި ފެންގަނޑު ގަނޑު ހެދިފައި ވެއެވެ. ވިދާލާ ކޮންމެ ވިދުވަރަކުން މުޅި ޖައްވު އަލިވެގެން ދެއެވެ. އެއަށްފަހު ޖަހާލާ އަޑުބާރު ހޮނުގުގުރިން މުޅި ޖައްވު ގުގުމައިގެން ދެއެވެ. ގަނޑުވާފަދަ ފިނިކަމެއް މުޅި މާހައުލުގައި ވަނީހިފާފައެވެ. ދެކަންފަތް މަތީ ބާލީސް އަޅައިގެން އަހަރެން އޮތީ އެނދުގައެވެ. ބިރުން ގޮސް މުޅިމީހާ ތުރުތުރު އަޅަންވީ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ހީކަރުވާ ވަރުން ދަތްދޮޅި ތެޅެއެވެ.
މުޅި މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ގޭތެރޭން އިވެން ފެށި ޒުވާބުންނެވެ. ހަފްޞާ އަކީ ދުވަހަކުވެސް ޒުވާބު ކުރާ މީހެއްނޫނެވެ. އަދި ބައްޕަ އަކީ އެހާ ބާރަށް ހަޅޭއް ލަވާމީހެއް ނޫނެވެ. “ކާކުތަ ބުނީ ކަލެއޭ! މަ މިބުނީނުން އެއީ އެތާ ހުރި ބަންގާޅި މީހާއޭ!” އެއީ ދަންނަ އަޑެއް ނޫނެވެ. ކާކުބާވައެވެ؟ މާރަމާރީއެއް ހިނގަނީ ބާވައެވެ؟ އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އަދި ދެފިކުރެއްގެ މަތީގައި ތެދުވީމެވެ. ބުރުގާ އެޅުމަށްފަހު ކޮޓަރި ތެރޭގައި އިން ދަނޑިގަނޑެއް ނަގާ އަތަށް ހެޔޮވަރު ކޮށްލީމެވެ. އަދި މަޑުމަޑުން ކޮޓަރީ ދޮރުހުޅުވާލާފައި ނިކުތީމެވެ.
“ކަލޭ ހިތުންނުފިލާވަރުގެ ކުޅިއެއް ދައްލާކާނަން! ހަނދާންކުރާތި!” އެއީ ތިންމީހުންގެ ގޭންގެކެވެ. އެތާހުރި އެންމެ އިސްކޮޅުން ކުރުމީހާ ބުންޏެވެ. “ރުޅިމައިތިރި ކޮށްބަލަ! އަހަރެން ކަލޭމެންގެ ވާހަކައެއް އެއްވެސް ބަޔެއްގެ ގާތަކު ދައްކާފައި ނުވާނެ! އަހަރެން މީ ތިކަމާ ގުޅުން ހުރި މީހެއް ނޫން، އަދި ތިކަމާ ބެހޭވެސް މީހެއް ނޫން!” އަހަރެންގެ ބައްޕަ އަތުގައި އޮތް ގަލަން ޖީބަށްލަމުން ވަރަށް ހަމަ ޖެހިލާފައި ބުންޏެވެ. ބައްޕަ އާއި މިމީހުނާއި ގުޅުމެއް ވޭހެއްޔެވެ؟ ބައްޕަ އެދައްކަނީ ކޮން ވާހަކައެއް ބާވައެވެ؟ އެތަކެއް ސުވާލުތަކެއް އަހަރެންގެ ހިތުގައި ފުނިޖެހުނެވެ. އެސުވާލުތަކުގެ ޖަވާބު ލިބެން އޮތީ ދެންވާނެ ގޮތް ބެލުމުންނެވެ. “ހައިޝަމް ތިއުޅެނީ ކުށް ބޮލުން ނައްޓާލަން ވެގެން! ކަލޭ މިކަމުން ރެކެން އުޅެންޏާމުން ދެން މިހިރަ ކުއްޖާއާއި އަަހަރުމެން ދިމާކުރާނީ! ކަލޭ ރުހެން؟؟” އަހަރެންގެ ފަހަރި އާއި ދިމާއަށް އިނގިލި ދިއްކުރަމުން އެ އިސްކޮޅުން ކުރު މީހާ ހަޅޭއްލަވައިގަތެވެ. އެމީހާ ކަޅެވެ. ބޯ ތަލައެވެ. އެއް ކަންފަތް ވަނީ ތޮރުފާފައި ރިހި ބޮޅެއް ލައްވަައިފައެވެ. ލައިގެން ހުރީ ކަޅު ގަމީހަކާއި ކުރު ފެހި ސޯޓެކެވެ. “ކަލޭމެން އަހަރެންގެ މިދަރިފުޅުގައިގައި އިނގިލި ކުރިވެސް ޖައްސާއިގެން ނުވާނެ!” ބައްޕަ ހަފިއްތަގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ބުންޏެވެ. “އެހެންވެއްޖެއްޔާމުން ދެން އޮތީ އެހެން ގޮތެއް! އަހަރެން ބުނާ ވަރަކަށް ފައިސާދޭންވީ!” އިސްކޮޅުން ކުރު މީހާ ބުންޏެވެ. “މަ؟ މަ ދުނިޔޭގައި ހުރިހާ ދުވަހަކުންވެސް ކަލެއަކަށް އެންމެ ލޯލާރިއެއްވެސް ނުދޭނަން! ރިފްއަތު، ކަލޭގެ ވާހަކަ ދެން މަ އަންގާނީ ޕޮލިހަށް!” ބައްޕަ ވަރަށް ރުޅިއައިސްފައި ހުރިކަން އަޑުން ފާހަގަ ވެއެވެ. ރިފްއަތު ގެ ކަނާތްފަރާތުގައި ހުރި މީހާ ހަފިއްތަގެ ކޮނޑުގައި ހިފާ ދަމާގަތެވެ. އަދި ހަފިއްތަ ގެ ދެއަތް ފުރަގަހަށްލުމަށްފަހު އަނގަމަތީ އަތް އެޅިއެވެ. އަހަރެންގެ ދެލޮލުން ކަރުނަ ހިލުނެވެ. ނޫނެކެވެ. ނޫނެކެވެ. ހަފިއްތަ ނުގެންދާށެވެ. އަހަރެން ހިތުން ކިޔަން ފެށީމެވެ. ނޫނެކެވެ. ނޫނެކެވެ. ހަފިއްތަ އަށް އަނިޔާނުކުރާށެވެ. ކިތަންމެ ޖެހިލުންވެ ބިރުގަތަސް އަހަރެން މިއަދު އެމީހުނާއި ކުރިމަތި ލާނަމެވެ. “ހެހެހެހޭ! ކަލެއަށް ހެޔޮވާނެ ދޯ އަހަރެން މި ފަރި ނަލަ ކުއްޖާ ގެންގޮސް ކޮންމެ ކަމެއް ކުރިޔަސް! ކަލޭ އެހެންނޫނީ އަހަރެން ބުނާވަރަކަށް ފައިސާ ހަވާލުކުރޭ!” ރިފްއަތުގެ އަޑުގައި މަސްތީކަމެއް އެކުލެވިފައި ހުއްޓެވެ. އަދި އެ ކަޅު ތުންފަތް މަތީގައި ލާނެތް ހިނިތުންވުމެއްވެސް އެބަވެއެވެ. ނުލަފާ މީހެއްތާ އޭ އަހަރެންގެ ހިތަށް އެރިއެވެ.
“މަގޭ ދަރިފުޅު ދޫކޮށްލާށޭ!” އަހަރެންގެ ބައްޕަ އެމީހުނާއި ދިމާއަށް ފުންމާގަތީ ވަލު ޖަނަވާރެއް އެއެއްޗެހީގެ ޝިކާރައަށް ފުންމާލާ ފަދައިންނެވެ. ބައްޕަ އެހާވަރަށް ރުޅިގަދަ ވެފައި ހުއްޓަކާއެއް އަހަރެން ނުދެކެމެވެ. އަހަރެން ކުރިމަތިން ސިފަވަމުންދާ މަންޒަރު ބަލަހައްޓާގެން ހުރީ ފެންކަޅިވެފައެވެ. ތިން މީހުނާއި އެކަކު ތަޅާނީ ކޮންފަދައަކުން ހެއްޔެވެ؟ ހަފިއްތަ ހިފަހައްޓައިގެން ހުރި މީހާ ހަފިއްތަގެ ބުރުގާ ގަދަކަމުން ނެގުމަށްފަހު އެ ބުރުގާއިން ހަފިއްތަގެ އަތް ބަނދެލިއެވެ. އަދި އެމީހާ ގޮސް ބައްޕަގެ ބަނޑުގައި އެތިފަހަރެއް ޖެހިއެވެ. ރިފްއަތު ބައްޕަގެ ބޮލުގައި ގޮށްމުއްކަވާފައި ޖެހިއެވެ. “ނޫން! ބައްޕަ ދޫކޮށްލާ! އަހަރެންނަށް އަނިޔާ ކުރަންޏާ ކުރޭ! ބައްޕަ ދޫކޮށްލާ!” މުތީތަކެއް ފަދައިން ވިދަވިދާ ހުރި ކަރުނަ ތިކިތަކެއް ހަފިއްތަގެ ދެލޮލުން ނީރާލިއެވެ. އަހަރެމެންނަށް އެހީ ވެދެން ހުރި މީހަކީ ހަމައެކަނި ދޮންބެ އެވެ. ނަމަވެސް ދޮންބެވެސް ވަނީ ކަމަކު ރަށުން ބޭރަށް ފުރައިގެނ ގޮސްފައެވެ.
އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެންމެ ފަހުން އަހަރެންގެ އަތުގައި އޮތް ދަނޑިބުރިން ފުންމާގެން ގޮސް ރިފްއަތުގެ ބޮލުގައި ޖެހީމެވެ. އެއާއެކު ބާރު ހަޅޭކަކާއެކު އޭނާ ބިންމައްޗަށް ތިރި ވިއެވެ. އަހަރެންގެ އަތުގައި އޮތް ދަނޑިބުރި ބިންދައިގެން ދިޔައެވެ. އަހަރެން ބަލައިލީ ރިފްއަތު އާއި ދިމާއަށެވެ. އޭރު އޭނަގެ ބޮލުން ރޮނގަކަށް ލޭގެ ތިކިތަށް ފައިބައެވެ. އަހަރެންގެ ތުންފަތަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ނަމަވެސް، އެހިނިތުންވުން ފިލައިގެން ދިޔައީ ވަރަށް ގާތުން ބަރު އަޑަކުން މީހަކު ހޭންފެށުމުންނެވެ. މަޑުމަޑުން އަހަރެން އެދިމާއަށް ބަލައިލީމެވެ. އެއާއެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. އަދި އަހަރެންގެ އަތުގައި އޮތް ދަނޑިބުރި ވެއްޓުނެވެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.

Nice story ☺️….. nd next part up kohdhehche avahah
kiyuntherin hiyhama nujehey kammeh ovvejjeyya alhugandah angaala dhevvun edhen..
wow!!!!! varah varah reethi…… avahah up kurahchey
Reethi…
varah reethi.. ummu bunelevi dhaanetha kon rasheh tho?
anehhen vaki rasheh noon dhw, haqeeqatheh noon veema!
Ummu ulhenee Male ga, ummu ge aslu Laam atoll
Ummu kon rasheh heyyo??
Nice
V reethi. Thankolheh kuree…….. next part avahah up koh dhehchey and dhigu vx kohdhehjey……
Insha allah
V rythi ….
Ummydhu kuran vaahaka nimendhen gavaaidhun up kuraane kamah…. las vanya kiyuntherin v foohi vaane….. vaahkaige feshun salhi….
vaahaka varah salhi…. but thankolheh kuri edhen faharakun dhigu kollahchey…?
Woww… v v v reethi… next part kiyaalan keiymadhuvejje… next part avahah up kollahchey…
Wow. v salhi ingey. keep it up. avah naehbai ves up koh dhehchey
kobaa 2 vana bai..anyways varah salhi vaahaka eh
Nice avaha up kolaathi next part
Next part up kuran kihaa dhuvaheh nagaane
Ummu bussy vejjeyya dhe dhuvas varu nagaane, ehen noonee Ummu ah veevarakun enme avahakkah genesdheveytho balaanan insha allah
Mi story feshun v nyc… V reethi vaanehen heevany avahah up kohdhyba ??
mi vaahaka vihkaakah nuhurey thrr
very boring stories………….?
i hope next stories will be my best stories
Haisham akee Sama ge bappa tha??