Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް… 21 ވަނަ ބައި..

Fantasy
June 25, 2016
11 Mins Read
53 Views
52 Comments

އަހަރެން ދެލޯ ހުޅުވާލީ ލިފްޓް ދިހަވަނަ ފްލޯއަށް ހުއްޓުނު އަޑަށެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން އަހަރެން ލިފްޓުން ފޭބީމެވެ. އޭރު މުހައްމަދު ލަތީފް އަހަރެންގެ އިންތިޒާރުގައި ދޮރުހުޅުވާލައިގެން ހުއްޓެވެ. “އާސީން.. ދުރުވޭ.. ވަރަށް އުފާވެއްޖެ ގަޑިއަށް ދުރުވީތީ” ސަލާމަށް އަތް ދިއްކޮށްލަމުން ލަތީފް ބުނެލިއެވެ. “ޝުކުރިއްޔާ އަޅުގަނޑަށް މިފުރުސަތު ދެއްވީތީ މިނިސްޓަރ” އަހަރެން އޭނައާއި ސަލާމް ކޮށްލަމުން ބުނެލީމެވެ. އެވަގުތު އޭނަ އަހަރެންގެ އަތަށް މަޑުމަޑުން ފިއްތާލިއެވެ. އަދި އިނގިލިން އަތާއި ކުޅެލިއެވެ. އަހަރެން އެއްފަހަރު އޭނަގެ މޫނަށް ބަލާލީމެވެ. އޭނަގެ ނިޔަތް އެހާ ހިސާބުންވެސް އަހަރެންނަށް ނަގައިގަނެވުނެވެ. ކިތައްމެ ރުޅިއެއް އައިނަމަވެސް އެއްވެސް އެއްޗެއް އަހަރެން ނުބުނަމެވެ. އޭނަ އަހަރެންގެ އަތް ދޫކޮށްލުމަށްފަހު އެތެރެއަށް ވަނެވެ. ބޮޑު ސިޓިން ރޫމްއެކެވެ.

“އިށީދޭ” ސޯފާ އަތުން ދައްކާލަމުން ލަތީފް ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުގައި އިށީދެލީމެވެ. ލަތީފްވެސް އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ސޯފާގައި އިށީދެލިއެވެ. “އެހެންވީމަ އަޅުގަނޑު ސުވާލު ކޮށްލާނަން އިނގޭ” އަހަރެން ދަބަސް ތެރެއިން ކުޑަ ނޯޓް ފޮތަކާއި ގަލަމެއް ނަގާ ތައްޔާރުވެލީމެވެ. އަދި ދަބަސް ރީއްޗަށް ސޯފާގައި ބެހެއްޓިމެވެ. “ކީއްކުރަން އެހާ އަވަހަށް ފަށަނީ.. ފުރަތަމަ ހިނގާބަލަ” ފާޑަކަށް ބަލާން އިދެފައި ލަތިފް އެހެން ބުނެލަމުން ތެދުވިއެވެ. “މައާފް ކުރައްވާ.. އަޅުގަނޑު މިއައި ވަރަށް މުހިއްމު ކަމަކާއި ބެހޭގޮތުން އިންޓަވިއު އެއް ލިބޭތޯ” އޭނާ ތެދުމުން އަހަރެންގެ ހިތް ތެޅިގަތެވެ. ކޮންމެވެސް ނުބައި ކަމެއް ޥާން އުޅެނީ އޭ އަހަރެންގެ ހަބަނަ ހިއްސު ބުނަމުން ދިޔައެވެ.

އަހަރެން މަޑުމަޑުން ފަހަތަށް ޖެހިލީމެވެ. ލަތީފް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ އެ ދެލޮލުންވެސް އަހަރެން ކާލަފާނެ ހެންނެވެ. “އާސީން.. ނުބުނަން އުޅުނަސް އަހަރެންނަށް އެނގޭ.. އާސީން މިތަނަށް އައީ ކޮން ބޭނުމަކު ކަން” ލަތީފް މަޑުމަޑުން އަހަރެންނާއި ދިމާލަށް ގުދު ވެލިއެވެ. އަހަރެންނަށް ކުއްލިއަކަށް އެތަނުން ދުރައްޖެހިލެވުނީ ބޮޑު ފަކުރު އެއްޗެއް ފެނިގެން ދުރައްޖެހިލާ ގޮތަށެވެ. ވާނީވެސް އެހެންތާއެވެ. އެމީހާ އެއީ އަހަރެންގެ ބައްޕަގެ އުމުރުގެ މީހެކެވެ. ލަދެއް ނެތި އަހަރެންނާއި ކައިރިވާން ވިސްނީތީވެސް އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތެދުވި ގޮތަށް އަހަރެންނަށް ބިރުން ފޮތާއި ގަލަން މެއާއި ކައިރިކޮށްލެވުނެވެ. ހައިރާންވި ވަަރުން އެމީހާއާއި ދިމާލަށް ފާޑަކަށް އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނެވެ. “ކިހިނެއްވީ.. ހާދަ ބިރަކުން ތިއުޅެނީ.. މިގަޑީގައި މިގެއަށް އަންނަ އިރުވެސް އަހަރެންނަށް އެނގޭ.. އާސީން ބޭނުންވަނީ ކޮންކަމެއްކަން.. އެހެންވެ އެއްނުން މިކހަލަ ވަގުތެއްގައި ތިއައީ…” ލަތީފްގެ ވިސްނުން ހުރި ގޮތުން އަހަރެންނަށް އަނގަ ހުޅުވުނެވެ. އަހަރެން މިތަނަށް މިގަޑީގައި އަންނަން ބުނީ އޭނައެވެ. އެހެންވީމަ އޭނަގެ ހިތުގައި އޮތީ މިކަހަލަ އެއްޗެއް ދޯއެވެ.

އަހަރެންނަށް ވަގުތުން ރުޅިގަދަވެވުނެވެ. މިކަހަލަ މީހުން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ. މިކަހަލަ ވަގުތެއްގައި އަންހެނަކު މިކަހަލަ ގޮތަކަށް ފެނުމުން އެމީހުންނަށް ވާގޮތެއް ދޯއެވެ. އަންހެނުންނަކީ ބަލިކަށި ބައެއް ކަމަށް ހެއްޔެވެ. ކޮންމެ އަންހެނެއް އެމީހުން ހެދިހާ ގޮތެއް ހަދަންދެން ތިބޭނެ ކަމަށް ހެއްޔެވެ. އަންހެން ކިޔައިފި ކަމަށްވާނަމަ ބޭނުންހާ ގޮތެއް އެމީހަކަށް ހެދޭނެ ކަމަށް ހެއްޔެވެ. އަހަރެން އެހެން ވިޔަކަ ނުދޭނަމެވެ. މިކަހަލަ މީހުންނަށް ލިބޭ ބާރަކީ އަންހެން މީހާ ގަންނަ ބިރެވެ. ބިރުގަނެގެން ފަހަތަށް ޖެހޭ ވަގުތު އެއީ އެމީހުންނަށް ދެވޭ ފުރުސަތެކެވެ. އެކަމަކު އަހަރެން މި މީހާއަކަށް އެފުރުސަތެއް ނުދޭނަމެވެ. އަހަރެން މިތަނުން ސަލާމަތް ވާނަމެވެ. އަހަރެން ބަލާލީ އަހަރެންގެ ދަބަހާއި ދިމާލަށެވެ.

ލަތީފް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އަހަރެން ލަތީފްގެ މޫނަށް ބަލާލީމެވެ. ލަދެއްގެ ކަންފުޅެއްވެސް ނެތެވެ. ރީތި ގޮތުގައި އަހަރެން އޭނަ ބޭޒާރުކޮށްލާނެވެ. އެމޫނުމަތިން ފެންނަން އެހުރި ހިނިތުންވުން ވަކިވަކިން ނަގާ އެއްލާލާނަމެވެ. “އަހަރެން ހީކުރީ ތިއީ ވަރަށް ރެސްޓްޕެކްޓް ކުރަން ޖެހޭ މީހެއް ކަމަށް.. އޯހް.. އޯކޭ ދޯ އަހަރެން ކިޔައިގެން ވާހަކަ ދެއްކިޔަސް.. އައި މީން މިހާރު އަހަރުމެން އިތުރު ގުޅުމަކަށް ދާއިރު އަހަރެންނަށް އަބަދު އަޅުގަނޑު އަޅުގަނޑު ކިޔަ ކިޔައެއް ނުހުރެވޭނެ” އަހަރެން އިސްވެ ލަތީފްއާއި ހަތަރުކަޅި ހަމަކޮށްލީމެވެ. ލަތީފްގެ މޫނުމަތިން ކުޑަ ވަގުތު ކޮޅަކަށް ހައިރާންކަން ފާޅުވެގެން ދިޔައެވެ. ނަމަވެސް އަވަސްކަމާއި އެކު އޭނާ ހަމައަކަށް އެޅިލިއެވެ. “އާ އަހަރެންނަށް އޯކޭ..” އެހެން ބުނެ އަނެއްކާވެސް އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އޭނާ އަޅާލިއެވެ. އަހަރެން އޭނަގެ ފައިން ފެށިގެން ބޮލަށް ބަލާލީމެވެ. އަހަރެން ކުރިން ވިސްނި ގޮތަށް އަހަރެން ކުޅެންޖެހޭ ގޭމް ހަޑިވާނެއެވެ. އަހަރެން ކުޑަކޮށް ފަހަތަށް ޖެހިލީމެވެ. “އަހަރެންނަކީ އެހާ ފަސޭހައިން އަތު ޖެހޭނެ މީހެއް ނޫން.. ކުޑަކޮށް ހިތްވަރުކޮށްލަން ޖެހޭނީ” އަހަރެން ކުޑަ ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުން ދުރައް ދިއުމަށް ހިގައިގަތީމެވެ. ލަތީފް އަހަރެންނާއި ދިމާލަށް ބަލަމުން ދިޔައީ ބުޅާ މަސްގަނޑަށް ބަލާ ހެންނެވެ.

އަހަރެން ސޯފާތައް ވަށާލުމަށްފަހު ގޮސް ހުއްޓުނީ ލަތީފްގެ ފުރަގަހަށް ވާ ގޮތަށެވެ. އަހަރެން ބޭނުންވީ ސޯފާ މަތީގައި ހުރި ދަބަސް ނަގާށެވެ. ވީހާވެސް އަވަހަށް އެތަނުން ސަލާމަތްވާނެ ގޮތެއް ހޯދޭތޯ އަހަރެން ސިކުނޑި މަސައްކަތް ކުރަމުން ދިޔައެވެ. ލަތީފް އަހަރެންނާއި ދިމާލަށް އެބުރުނެވެ. “ކަމޯން އާސީން..” ލަތީފް އަވާރާވެފައި ހުރެ ބުނެލިއެވެ. އަހަރެން ކިތައްމެ ރުޅިގަދަވި ނަމަވެސް އެކަން އަހަރެން ބެލީ ވީހާވެސް ނުދައްކާ ވޭތޯއެވެ. “އަހަރެން މި ބުނީނުން އަހަރެންނަކީ އެހާ ފަސޭހައިން އަތު ޖެހޭނެ މީހެއް ނޫނޭ.. މައްސަލައެއް ނެތް.. ލަތީފް ބޭނުންވަނީ ތި ގޮތް ވެއްޖެނަމަ އަހަރެން ލަތީފްއަށް ފުރުސަތެއް ދޭނަން.. އެކަމަކު ގޭމް އެއް ކުޅެން އެއްބަސް ވާ ގޮތުގެ މަތިން” އަހަރެން ބުނެލީމެވެ. ލަތީފް ޝައުގުވެރިކަމާއި އެކު އަހަރެންގެ ހަށިގަނޑަށް ބަލަމުން ދިޔައެވެ. އަހަރެން ލައިގެން ހުރީ އާދައިގެ މަތިކޮޅެކެވެ. ދެން ޖިންސްއެކެވެ. މިކަހަލަ ކަމެއް މިރޭ މިތަނުގައި ވާނެކަން އެނގޭ ނަމަ އަހަރެން އަންނާނީ ބޮޑު ހެދުމެއް ލައިގެންނެވެ.

އަހަރެންގެ ރުޅިގަނޑު ހީވަނީ ފަޅާފައި ބޭރަށް ނިކުންނަން އުޅޭ ހެންނެވެ. ކިތައްމެ ފަހަރަކު އޭނަގެ ދެލޯ ނަގަންވެސް ބޭނުންވިއެވެ. އެކަމަކު އަހަރެންނާއި ލަތީފްމެންކަހަލަ މީހުންނާއި ހުރި ތަފާތަކީ އެއީ އެވެ. ގިނަ ކަންތައްތަކުގައި އެކަހަލަ މީހުން އިސްކުރާނީ އަމަލެވެ. ނަމަވެސް އަހަރެން އިސްކުރަނީ ބުއްދިއެވެ. “ކޮބާ އެއްބަސްތަ” ލަތީފް ބަލަމުން ދިޔަ ގޮތުން އުދަގޫވެގެން އަހަރެން އަހާލީމެވެ. ލަތީފް ބޯޖަހާލިއެވެ. “އޯކޭ.. ސޯ ލެޓްސް ސްޓާޓް ދަ ގޭމް.. މި ގޭމް ވަރަށް ސިންޕަލް.. ލަތީފް ހުންނާނީ އެހާ ހިސާބު.. އަހަރެން ހުންނާނީ މިހާ ހިސާބު.. އަހަރެންކުރާނަން ސުވާލުތަކެއް.. އޭގެން ރަނގަޅު ޖަވާބު ލަތީފް ދީފިނަމަ އަހަރެން ލަތީފް ކައިރިއަށް ފިޔަވަޅެއް ކުރިއަށް އަޅާނަން.. ޖަވާބު ރަނގަޅު ނޫން ނަމަ… އެއް ފިޔަވަޅު ފަހަތަށް އަޅާނަން.. އެއްމެ ރަނގަޅު..” އަތުން ލަތީފް ހުންނަންވި ހިސާބާއި އަހަރެން ހުންނާނެ ހިސާބު ދައްކަމުން އަހަރެން ބުނެލީމެވެ. ލަތީފް މައްސަލައެއް ނެތް ކަމަށް އެއްބަސް ވިއެވެ.

ގޭމް ފެށުމުގެ ކުރިން އަހަރެން ދަބަސް ނަގާ ކޮނޑުގައި އަޅުވާލީމެވެ. އަހަރެން ސުވާލު ތައް ކުރަން ފެށީމެވެ ލަތީފްއާއި ބެހޭގޮތުން އަހަރެންނަށް ވަރަށް ގިނަ މައުލޫމާތު އެނގެއެވެ. އޭނަގެ ހުންނަނީ އަތްބަކާއި ތިން ދަރިންނެވެ. އެއީ ހަމީދުއާއި ހުމާމްއާއި ހުމާ އެވެ. އޭގެ ތެރެއިން ދުނިޔޭގަ ތިބީ ދެމީހުންނެވެ. ހަމީދު މިހާރު އުޅެނީ ރާއްޖެއިން ބޭރުގައެވެ. ހުމާއަކީ އެގޭ އެންމެ ކުޑަ ކުއްޖާއެވެ. މިހާރު ކިޔަވަމުން ދިޔަ ނަމަވެސް މިދުވަސްކޮޅުގައި ވީ އޭނަގެ މަންމައާއި އެކު ރައްޖެއިން ބޭރުގައެވެ. އަހަރެން ފުރަތަމަ ކުރަން ފެށި ސުވާލު ތަކަކީ އެމަންޒަރު ފެންނަ ކޮންމެ މީހަކަށް އެއީ ލަތީފްކަން އަންގައި ދިނުމުގެ ގޮތުން ކުރި ސުވާލު ތަކެވެ. އޭގެ ކޮންމެ ސުވާލަކުން އޭނައަކީ ކާކުކަން އެގިގެންދާނެވެ. ރަނގަޅު ޖަވާބު ދޭ ކޮންމެ ސުވާލަކަށް އަހަރެން ލަތީފް ކައިރިއަށް ފިޔަވަޅެއް އަޅަމުން ދިޔައީމެވެ. ނުބައި ޖަވާބު ދޭ ކޮންމެ ސުވާލަކަށް ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައީމެވެ. އޭނަގެ ހިތުން އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގެއެވެ.

ސުވާލު ކުރަމުން ގޮސް އަހަރެން ހުރީ އޭނައާއި ފުދޭވަރަކަށް ކައިރިއަށް އާދެވިފައެވެ. “ދެން އޮތް އަހަރެންގެ ސުވާލު.. ހަމީދުގެ މަސްތުވާތަކެތީގެ މައްސަލަގައި އޭނައަށް ހުކުމް ނުކުރީ ކީއްވެ..” އަހަރެން އެސުވާލު ކުރުމާއި އެކު ލަތީފް ހައިރާންކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ތިއީ ކިހިނެއް އާސީންއަށް އެނގުނު ކަމެއް..” ލަތީފް ސުވާލު ކުރިއެވެ. “ތިއީ ޖަވާބެއް ނޫން.. އަވަހަށް ޖަވާބު ދީ.. އެންޑް ބުނަން އަހަރެންނަށް އެނގޭނ ތެދު ނޫން ޖަވާބު ދިނަސް..” އަހަރެން ބުނެލީމެވެ. ލަތީފް އެއްވެސް އެއްޗެއް ނުބުނެ އަހަރެންނާިއ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “ކިހިނެއްވީ.. ލަތީފް ހީކުރީ ލަތީފްއަށް އެކަނި ކަމަށްތަ މިކަހަލަ ކަންތައް ފޮރުވަން އެނގެނީ.. ބަލަ އަހަރެންނަކީ ނޫސްވެރިއެކޭ.. އަހަރެން ބޭނުންނަމަ ގަނޑު އަޑީގައި އޮންނަ ގާވެސް ފޮރުޅޭނެ” އަހަރެން ބުނެލީމެވެ. ލަތީފްގެ މޫނުމަތިން ހާސްކަން ފެންނަން ފެށިއެވެ. އަހަރެންގެ މަގްސަދު އޭނައަށް އެނގުނީ ތޯއްޗެކެވެ. “ލަތީފް ހީކުރީ ލާރިތަކެއް ދިނުމުން މިކަހަލަ ކަންތައްތައް ފޮރުވޭނެ ކަމަށްތަ.. އަހަރެން އަތުގަވެސް މި އެބަ ހުއްޓޭ” އަތުން ލާރިގެ ނިޝާން ދައްކާލަމުން އަހަރެން ބުނެލީމެވެ. “މައްސަލައެއް އެއީ ޖަވާބުދޭން އުދަގޫ ސުވާލެއް ކަމަށް ވަންޏާމު ހިނގާ އެހެން ސުވާލަކަށް ދަމާ.. ހުމާމް.. މަރުވުމުގެ ކުރިން އޭނަވަނީ ކަމެއްގެ ތުހުމަތުގައި ހައްޔަރު ކުރެވިފައި.. އެކަން ހިންދާލީ ކިހިނެއް” އަހަރެން އެސުވާލު ކުރުމާއި އެކު ލަތީފްގެ މޫނުމަތިން ރުޅިވެރިކަން ފެނިގެން ދިޔައެވެ.

“އަހަރެންގެ އަތުގައި ހެކި އެބަ ހުރި އެކަން ހިންދާލި ކަމުގެ” އަހަރެން ބުނެލީމެވެ. “އޯހް އޯ.. ރުޅި ނުދުރުވޭ.. އަދި ގާތްވެސް ނުވެ އެއްނުންތޯ ރުޅި ދުރުވާކަށް.. ލަތީފްއަށް ރަނގަޅަށް އެގި ވަޑައިގަންނަވާނެ އަޅުގަނޑު މިކިޔާ އެއްޗެއް.” އަހަރެން ދަތްޕިލަ ފިއްތާލަމުން ބުނެލީމެވެ. “ކަލޭ މިތަނަށް ތިއައީ ކާކު ބުނެގެން” ރުޅިވެރިކަމާއި އެކު ލަތީފް އަހާލިއެވެ. “އަޅުގަނޑަށް ހީވަނީ މަނިކުފާނަށް މިހާރު އެނގިވަޑައިގެންފިހެން އަޅުގަނޑު މިތަނަށް މިއައީ ކާކު ބުނެގެންހެން.. ރަނގަޅަށް ތި ހީކުރެއްވީ.. ނަސީރު ބުނެގެން.. ނަސީރު ކިޔާ ބޭފުޅެއް ދަންނަންތޯ.. އެއީ ނަޝްފާގެ ބައްޕަ.. ނަޝްފާ ކިޔާ ކުއްޖެއްގެ ނަން އަޑު އެހިންތޯ.. ކުއްޖަކު މަރާލުމުގެ ކުށުގައި ހުމާމް ހައްޔަރު ކުރެވުނެއް ނޫންތޯ.. އެއީ އެކުއްޖަކީ.. ހުމާމްމެން މަރާލި ކުއްޖަކީ” އަހަރެން އެހެން ބުނެލީމެވެ. ލަތީފްގެ މޫނުމަތިން ފެންނަން ހުރި ރުޅިގަނޑު ހީވީ އަހަރެން އެހެން ބުނުމާއި އެކު ފަޅައިގެން ދިޔަ ހެންނެވެ. “ޖަވާބުދީ.. އަހަރުމެންގެ ގޭމް އަދިވެސް ނުނިމޭ” އަހަރެން ކުޑަކޮށް ފޮނިވެލަމުން ބުނެލީމެވެ. ލަތީފް އަހަރެންނާއި ދިމާލަށް ބަލަން ހުރީ ސިންގާ އޭތީގެ ޝިކާރައާއި ދިމާލަށް ބަލާ ފަދައިންނެވެ. “ހީކުރީތަ މިތަނުން އާސީންއަށް ނިކުމެވިދާނެއޭ” ލަތީފް އެހުރި ގޮތަށް ހުރެ ހަށަން ބަދެލިއެވެ. އޭރު އަހަރެންނަށް ހުރެވުނީ ބެރަށް ނިކުންނަ ދޮރާއި ދުރަށްވާގޮތަށެެވެ. އަހަރެންނާއި ދޮރާއި ދެމެދަށް ވާ ގޮތަށް ލަތީފް ހުއްޓުނެވެ. “ތި ހުރިހާ އެއްޗެއް އެގި ހުރެ އަހަރެންނަށް އާސީން މިތަނުން ނެރެވޭނީ ކިހިނެއް.. ނޫންތަ” ލަތީފް ބުނެލިއެވެ.

އަހަރެން ބޭނުންވި އެއްވެސް ސުވާލުގެ ޖަވާބެއް ނުލިބުނެވެ. ނަމަވެސް އިތުރަށް އެތަނުގައި ހުރެއްޖެނަމަ އަހަރެންގެ ފުރާނައަށާއި އަހަރެންގެ ނަފްސަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު ހީވަން ފެށިއެވެ. އެހެންކަމުން އެތަނުން ދުރައްޖެހިލީމެވެ. “ދާންތަ ތި ރެޑީވަނީ.. ހީވޭތަ އާސީންއަށް ދެވޭނެހެން” ލަތީފް އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ފިޔަވަޅެއް ފަހަތަށް ޖެހިލެވުނެވެ. ވީހާވެސް އަވަހަކަށް އަހަރެން އެތަނުން ނިކުންނަން ބޭނުންވިއެވެ. އެކަމަކު ލަތީފްވަނީ ރަނގަޅަށްވެސް އަހަރެންގެ ކުރި ބައްދާފައެވެ. ނިކުންނަން ހަނދާނެ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. އެވަގުތު ލައިގެން ހުރި ޖިންސުގެ ޖީބުގައި އޮތް ފޯނު އަހަރެންގެ އަތުގައި ޖެހުނެވެ. “އަހަރެންނާއި ކައިރިއަށް ދެން އެންމެ ފިޔަވަޅެއްވެސް ނާޅާތި” ފޯނު ނަގާ ދައްކާލަމުން އަހަރެން އެހެން ބުނެލީ ލަތީފް އަހަރެންނާއި ކައިރިވަމުން ދިއުމުންނެވެ. “އެހެން ނޫނީ މީގައި ރިކޯޑް ކޮށްފައިވާ އޯޑިއޯ އަހަރެން ނެޓަށް ލާ ލަތީފް ބޭޒާރު ކޮށްލާނަން” ފޯނު ގައި ރިކޯޑް ވެފައިވާ ލަތީފްގެ އަޑު އިއްވާލަމުން އަހަރެން އެހެން ބުނެލީމެވެ. އެއީ އެގެއަށް ވަނުމުގެ ކުރިން އަހަރެން ކުރިކަމެވެ. ލަތީފްގެ ނިޔަތް އެގުނު ިހިސާބުން އަހަރެން އަވަހަށް ފޯނު ރިކޯޑަށް ލާފައި ޖީބަށް ލީއެވެ. “ހަމަ ތެދެއް މި ބުނަނީ.. މި އޯޑިއޯ މުޅި ދުނިޔެއަށް އިއްވާނަން” އަހަރެން އެހެން ބުނެލަމުން އަނެއްކާވެސް ފޯނު ދައްކާލީމެވެ.

ނަމަވެސް ލަތީފްއަށް ވީ އެކަން މަޖާ ކަމަކަށެވެ. އޭނަ ހޭން ފެށިއެވެ. “ކާކު ގަބޫލު ކުރާނީ.. ތީގެން ތި އިވެނީ އަހަރެންގެ އަޑުކަމެއް.. އެހެން ނޫނަސް އަހަރެން ބޭޒާރު ވުމަށް ވުރެއް ބޮޑަށް ތީގެން ބޭޒާރުވާނީ އާސީން.. ކަމޯން އާސީން.. އާސީން ހީކުރަނީ ކީކޭ ކަމަށްތަ.. އަހަރެންނަކީ ކުޑަކުއްޖެއްކަމަށްތަ ތިހެން ބިރު ދައްކާލީމަ ބިރުން ގޮސް ހަލާކުވާން.. ބުނެބަލަ” ލަތީފް އަހަރެންނާއި ކައިރިއަށް އަނެއްކާވެސް ޖެހެން ފެށިއެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. ހާސްވާން ފެށިއެވެ. ދޮރާއި ދިމާލަށް ދެވޭތޯ އެކި ފަރާތް ފަރާތަށް ޖެހެން ފެށީމެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ލަތީފް އަހަރެންގެ ކުރިމައްޗަށް އެރައެވެ. ވަރަށް މަސައްކަތުން އޭނަގެ އަތު ނުޖެހި އެއްސައިޑަކުން ދެވުނު ވަގުތު ދުއްވައިގަތީމެވެ. ނަމަވެސް އަހަރެންގެ ނަސީބު ދެރައެވެ. ލަތީފް އެއްލި އަތުން ހިފީ އަހަރެން ލައިގެން ހުރި ޓީޝާޓް ކަހަލަ މަތިކޮޅުގައެވެ. ވަގުތުން އޭނަ އަހަރެން ސޯފާ މައްޗަށް އެއްލާލީ ކުޑަ ކުނިކުފެއް އެއްލާލާ ހެންނެވެ.

އަވަސްކަމާއި އެކު ތެދުވަން މަސައްކަތް ކުރި ނަމަވެސް ހުޝިޔާރު ވެގެން ހުރި ލަތީފް އަހަރެންގެ ގައި މައްޗަށް ޖެހިގަތީ ބަނޑުހައިވެފައިވާ ކުއްތާއެއް އެ އެއްޗަށް މަސްގަނޑެއް ފެނުމުން ޖެހިގަންނަ އުސޫލުގެ މަތިންނެވެ. އަހަރެން ދަބަހުގައި ބައްދަމުން ދޫކޮށްލުމަށް އެދި ގޮވަމުން ދިޔައީމެވެ. ނަމަވެސް އަހަރެންގެ އަޑު އަހާނެ އެތަނުގައި ހުރީ ކާކު ހެއްޔެވެ. އެއްވެސް ފަރުވާލެއް ނެތި ހަރުކަށިކަމާއި އެކު އަހަރެންގެ ދެއަތުގައި ހިފާ އެބާރުގަދަ ކަމުގެ ދަށަން ގެންދިޔައެވެ. އަހަރެންގެ ދެލޯ އެވަގުތު ކަރުނުން ފުރުނެވެ. މިއީ އެންމެ ފަހުވަގުތޭ ހިތައް އެރުމުން މީހާގެ ހިތް ހުއްޓުނު ކަހަލައެވެ. އެމީހާގެ ކައިރިން ސަލާމަތް ކޮށްދިނުމަށް އެދި އައިރްއަށް ހިތުން ގޮވުނު އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް..

ކުއްލިއަކަށް ހީވީ ލަތީފްގެ ކަރުގައި މީހަކު ހިފެހެއްޓިހެންނެވެ. ނޭވާ ހާސްވެގެން ތެޅިގަންނަ ފާޑަކަށް ތެޅިގަންނަމުން ހާސްކަމާއި އެކު އަހަރެންގެ ގައިން ދޫކޮށްލުމަށްފަހު އަމިއްލަ ކަރުގައި ހިފެހެއްޓީ ކަރުގައި އޮތް އެއްޗެއް ނެއްޓުމުގެ ބޭނުމުގައެވެ. ފުރުސަތު ލިބުނު ވަގުތު އަހަރެން ވަގުތުން ސޯފާމަތިން ތެދުވީމެވެ. އަވަސްކަމާއި އެކު ބަލާލި އިރު އަހަރުމެންނާއި ތަންކޮޅެއް ދުރުގައި ބަންޝީލް ހުރީ ރުޅިއައިސް ރަތްވެފައެވެ. ބިރުގަނެފައިވުމާއި ހާސްވެފައި ހުރުމުގެ ސަބަބުންނާއި އެ ނުލަފާ ލަތީފް ކައިރިން ސަލާމަތްވާން ބޭނުންވެފައިވާލެއް ބޮޑުކަމުން އަހަރެންނަށް ދުވެފައި ގޮސް ބަންޝީލްގެ ފުރަގަހަށް ވަދެވުނެވެ. އޭރު ލަތީފް ނޭވާ ހާސްވެގެން އެތަނުގައި ތެޅެމުން ދިޔައެވެ. ބަންޝީލް ހުރީ ހަމައެކަނި އޭނައާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެންނެވެ. ނަމަވެސް ދެލޯ ހުރީ ސީދާ ލަތީފްއާއި އަމާޒުވެފައެވެ. އަހަރެންނަށް ދުވެފައި ގޮސް ބަންޝީލްގެ ފުރަގަހަށް ވަދެ އޭނަގެ ގަމީހުގައި ހިފަހައްޓާލެވުނު އިރު މީހާ ތުރުތުރު އަޅަމުން ދިޔައެވެ. “އާސީން.. އޯކޭތަ” އިވިގެން ދިޔައީ ބަރުއަޑެވެ. އަހަރެންނަށް ބޯޖަހާލެވުނު އިރު ބަންޝީލްގެ ފުރަގަހުން ކޮނޑުގައި ބޯޖައްސާލެވުނެވެ.

“ކީކޭތަ ހީކުރީ ކަލޭ.. އޭ.. ޖަވާބު ދީބަލަ.. މާ ބާރުގަދަ މީހަކަށް ހެދިގަނެގެން.. އާސީންގެ ގައިގައި ކަލޭ އަތްލީ ކޮން ހައިސިއްޔަތަކުން..އޭ” ބަންޝީލް ހަޅޭލަވައިގަތެވެ. އަހަރެން ލަތީފްއާއި ދިމާލަށް ބަލާލީ ބަންޝީލް ހަޅޭލަވައިގަތީމެވެ. އޭރު ލަތީފްގެ ދެކަޅިވަނީ ހުއްޓިފައެވެ. ނަމަވެސް އޭރުވެސް އަތާއި ފައި ތެޅެމުން ދިޔައީ ނޭވާ ހާސްވާ މީހަކު ތެޅެމުން ދިޔަ ގޮތަށެވެ. އަހަރެންނަށް ވަގުތުން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވުނެވެ. “ބަންޝީލް… ސްޓޮޕިޓް.. ސްޓޮޕިޓް” ބަންޝީލް އާއި ދުރައްޖެހިލަމުން އޭނަގެ ކުރިމައްޗަށް އަރާ ލަތީފްއާއި ދެމީހުންގެ ހުރަހަކަށްވަމުން އަހަރެން ބުނެލީމެވެ. ބަންޝީލްގެ މޫނުމަތިން ފެންނަން ހުރި ރުޅިވެރިކަމެވެ. ދެލޯވަނީ އަގުރު އަލިފާންކޮޅެއްހާ ރަތްވެފައެވެ. މޫނުމަތީގެ ސިފަ ވަނީ ކުޑަކޮށް ނަމަވެސް ބަދަލުވެފައެވެ. “ސްޓޮޕިޓް” އަހަރެން އަނެއްކާވެސް ބުނީމެވެ. ބަންޝީލް އެވަގުތު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި އިނގިލި ތިރިކޮށްލިއެވެ. އަހަރެން ލަތީފްއާއި ދިމާލަށް ބަލާލިއިރު އޭނަ ނޭވާ ލެވޭތޯ ބަލަމުންދިޔައެވެ. ފުން ނޭވާ ތަނެއް ސޯފާގައި އެއްއަތުން ހިފަހައްޓާލައިގެން ސިޓިންރޫމް ތެރޭގައި އިށީދެގެން އިދެ ލަމުން ދިޔައެވެ.

“އާސީން.. ކީއްވެ އަހަރެން ތި ހުއްޓުވީ.. އޭނަ އުޅުނީ އާސީން.. އޭނަ ދުނިޔޭގައި ބަހައްޓާކަށް އަހަރެން ބޭނުމެއްނުވޭ” އެހެން ބުނެ އަނެއްކާވެސް ބަންޝީލް ލަތީފްއާއި ދިމާލަށް އެބުރުނެވެ. ވަގުތުން އަހަރެން އޭނައަށް ހުރަސް އެޅީމެވެ. “ކާކުތަ ބަންޝީލްއަށް ހުއްދަ ދިނީ މީހުން ދުނިޔޭގައި ބަހައްޓާށާ މީހުން މަރަން.. އޭނަ އަހަރެންނަށް ކޮންމެ ކަމެއް ކުރިޔަސް އަހަރެން މި ބުނަނީ.. އޭނަ މަރާލައިގެން ނުވާނެއޭ.. އަޑު އިވިއްޖެ..” ހަރުކަށިކަމާއި އެކު އަހަރެން ބުނީމެވެ. ބަންޝީލް ވަގުތުން އިސްޖަހާލިއެވެ. ފުންކޮށް ނޭވާ އެއް ބޭރުކޮށްލީ މީހާ ހަމަޖެހުމައްޓަކައި ތޯއްޗެކެވެ. އަހަރެން ލަތީފްއާއި ދިމާލަށް ބަލާލީމެވެ. އޭރު އޭނަ އަހަރެންނާއި ބަންޝީލްއާއި ދިމާލަށް ބަލަމުން ދިޔައީ ބިރުވެރި އެއްޗަކާއި ދިމާލަށް ބަލާ ބީދައިންނެވެ. އޭނަ އިނީ އެހާވެސް ބިރުގަނެވެ. “އަހަރެން އަދި އެއްފަހަރު ސުވާލު ކުރާނަން.. ކުރާ ސުވާލަށް ތެދު ޖަވާބު ނުދީފިނަމަ.. ލަތީފްއަށް އެނގޭނެ ވާނީ ކިހިނެއްކަން” އަހަރެން ލަތީފްއާއި ދިމާލަށް އެބުރުނީމެވެ.

ލަތީފް އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަހަރެންނާއި ބަންޝީލް ހުރިހާ އެއްޗެއް އަޑުއެހީމެވެ. “ކަލޭ ކަހަލަ މީހުން މިރާއްޖޭގެ ސަރުކާރުގައި އުޅޭތީ ސަރުކާރަށް ކުރަންޖެހޭ އިހްތިރާމް މީހުން ނުކުރަނީ.. ތިކަހަލަ މީހުންނާއި ހެދި މި ރާއްޖޭގައި އެއްވެސް އިންސާފެއް ގާއިމް ނުކުރެވެނީ.. އެކަމަކު ނޫން.. އަހަރެން ނަޝްފާއަށް އިންސާފް ހޯދައިދޭނަން.. އަދި ބުނަން ކަލޭއަށް އަދަބުވެސް ލިބޭނެ.. މިރޭ ތި ކުރި ކަންތަކަށްވެސް އަދި މީގެ އެތައް އަހަރެންގެ ކުރިން ކުރި ކަންތަކަށްވެސް.. އެކަން ހަނދާންކުރާތީ” އަހަރެން އެތަނުން ބޭރަށް ނިކުތުމުގެ ކުރިން ލަތީފްއާއި ދިމާލަށް ބުނީމެވެ.

އަވަސްކަމާއި އެކު އަހަރެން އެ އިމާރާތުން ފައިބާ ބޭރަށް ނިކުތީމެވެ. ސައިކަލު ކައިރިއަށް ގޮސް މަޑީގައި އަތް ޖައްސާލަމުން ފުންނޭވާއެއް ބޭރުކޮށްލީ އެ ބިރުވެރިކަމުން ސަލާމަތްވީތީއެވެ. މަޑުމަޑުން އަހަރެންނަށް ލަތީފް އަހަރެންގެ އަތުގައި ހިފެހެއްޓި ހިސާބުގައި ފިރުމާލެވުނެވެ. އެތަނުން އޭރު ފާޑެއްގެ ދިލައެއް ނަގަމުން ދިޔަކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. “ޝުކުރިއްޔާއޭ ވެސް ނުބުނާނަންތަ” ބަންޝީލްގެ އަޑު އިވުނީ ފަހަތުންނެވެ. އަހަރެން އެބުރި ބަލާލިއިރު އޭނަގެ ފުރިހަމަ ހިނިތުންވުމާއި އެކު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ބަންޝީލް ހުއްޓެވެ. އާއެކެވެ. މިއަދު ބަންޝީލް ނައިނަމަ އަހަރެންގެ ދިރިއުޅުން ވެއްޔާއި މޮޑެވޭނެއެވެ. “އަހަރެން ބުނެގެންތަ ބަންޝީލްއާއި” ކިތައްމެ ޝުކުރުއަދާ ކުރަން ބޭނުންވި ނަމަވެސް އެއީ ކާކުކަން އަހަރެން ހަނދާން އެބަ ހުއްޓެވެ. އަހަރެން ގޮތް ދޫކުރާނެ ހެއްޔެވެ. އެވަގުތު ބަންޝީލް އެއްކޮޅުން ހީލިއެވެ. “އަދިވެސް އެހާ ބޮޑާ ގޮތް ގަނޑު.. އަޅެ ތި ގޮތް ދޫ ނުކުރާނަންތަ” ބަންޝީލް ބުނެލިއެވެ. ހުންނަ ލަދުކުޑަކަން ކޮބާ ހެއްޔެވެ. ބޮޑާ ގޮތްގަނޑު ހުންނަނީ އަހަރެންގެ ހެއްޔެވެ. ނޫނީ އެނުލަފާ ޖިންނި ގަނޑުގެ ހެއްޔެވެ. ހިތުން އަހަރެން އެތިވަރު ގޮވަމުން ދިޔައީމެވެ. “ކިޔާ އެއްޗެއް އަޅެ ދުލުންވެސް ކިޔާނަމަ.. ތިހެން ހިތުން ހިތައް މެސެޖް ފޮނުވުމެ ބޭނުމަކީ ކޮބާ” ކުރިއަށް ފިޔަވަޅެއް ބަންޝީލް އެޅިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ސައިކަލާއި ދިމާލަށް އެބުރުނީމެވެ.

“އެވަރަށް ގޮވި އިރުވެސް އައިރު އައިތަ.. ނައީ ކީއްވެތޯ ސުވާލު ނުކުރާނަންތަ” ބަންޝީލްގެ ސުވާލާއި އެކު އަނެއްކާވެސް އަހަރެންނަށް ހުއްޓުން އެރިއެވެ. ބަންޝީލްއާއި ދިމާލަށް އަހަރެން މަޑުމަޑުން އެބުރުނީމެވެ. “އަހަރެންނަށް އަޑުއިވުނޭ.. އައިރްއަށް އެހީއަށް އެދި ގޮވިއަޑު.. އަހަރެންނަށް ޔަގީން އޭނައަށްވެސް އިވޭނެކަން… އެކަމަކު ކީއްކުރާނީދޯ.. އޭނަ ނައެއް ނުން” ބަންޝީލް އޭނަގެ ޖީބައް އަތް ޖަހާލިއެވެ. ބަންޝީލްގެ ބޭނުމަކީ ކޮބާ ހެއްޔެވެ. އަހަރެންނާއި އައިރް އާއި ދެމީހުންގެ ދޭތެރެ ޖެއްސުން ހެއްޔެވެ. އެއީ ޖިންނިން ކުރާ ކަހަލަ ކަންތައްތައް ހެއްޔެވެ. އެކަމަކު އައިރް ނައީ ކީއްވެ ހެއްޔެވެ. “އަދިވެސް އާސީންއަކަށް ވިސްނޭކަށް ނުވޭތަ.. އަޅެ އަހަރެން އާސީން ދެކެ” “ލުކް.. ބަންޝީލް ބޭނުންވަނީ އަހަރެން ބަންޝީލްއަށް ޝުކުރު އަދާކުރާކަށް ނުން.. ސޯ ތެންކްސް ވަރަށް ބޮޑަށް.. އަހަރެން އެތަނުން ސަލާމަތް ކޮށްދިނީތީ.. އުފާ ވެއްޖެތަ މިހާރު.. އެންޑް ޕްލީޒް.. ލީވް މީ އެލޯން” އެހެން ބުނެލަމުން އަހަރެން ސައިކަލަށް އަރާ ސްޓާޓް ކޮށްލީމެވެ. އަދި ބާރު ސްޕީޑްއަކާއި އެކު އެތަނުން ދުރައް ދުއްވާލީމެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް ބަންޝީލްގެ ކުރިމަތިން ދާށެވެ.

އައިރް އޭ ކިޔައިގެން ބަންޝީލް އެހެން އެވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ. އައިރް އަހަރެންނަށް ދެރައެއް ދީ ފާނެ ހެއްޔެވެ. އެކަމަކު.. އައިރް ކޮބާ ހެއްޔެވެ. އޭނަ އަހަރެންނާއި ދުރުދުރުން އެއުޅެނީ ކީއްވެ ހެއްޔެވެ. އޭނައަށް ކަމެއް ވީ ހެއްޔެވެ. އަހަރެންގެ ސިކުނޑީގައި އެބުރެމުން ދިޔައީ އެކަމުގެ ކަންތައްތަކެވެ. އަދި ލަތީފްގެ ފަރާތުން ދިމާވި ކަންތައްތަކެވެ. ދޮންބެ އާއި ޖައިޝް އަހަރެންގެ އިންތިޒާރުގައި ތިބޭނެއެވެ. އަހަރެން އެމީހުންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. ވަކި ބުނާނީ ކީކޭ ހެއްޔެވެ. ލަތީފް އަހަރެން ރޭޕް ކުރަން މަސައްކަތް ކުރި ވާހަކަ ބުނަންވީ ހެއްޔެވެ. ލަތީފް ބުނީ ތެދެކެވެ. ލަތީފްގެ އަގަށް ވުރެއް ބޮޑަށް ވެއްޓިގެން ދާނީ އަހަރެންގެ އަގެވެ.

ސައިކަލް ގެ ކައިރިއަށް ޕާކް ކުރުމަށްފަހު އަހަރެން އެތަނުގައި މަޑުކޮށްލީމެވެ. އަތުން އިސްތަށިގަނޑާއި ހެދުން ރީތި ކޮށްލީމެވެ. ދަބަސް ތެރެއިން ކުޑަ ލޯގަނޑެއް ނަގާ މޫނު ބަލާލީމެވެ. ކުޑަކޮށް މޫނު ރީތި ކޮށްލުމަށްފަހު އަހަރެން ހިގައިގަތީ ގެއާއި ދިމާލަށެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން ގެއަށް ވަތް އިރު ސިޓިންރޫމްގައި އެއްވެސް މީހަކު ނެތެވެ. މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. “އާސީން.. އާ ޔޫ އޯކޭ” އަހަރެން ފެނުމާއި އެކު ޖައިޝް ބުނެލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. “އާސީން” ދޮންބެ އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. “ކިހިނެއްވީ” އަހަރެން ހިނިތުންވެލިޔަސް ކޮންމެވެސް ކަމެއް ވެއްޖެކަން ދޮންބެއަށް ނަގައިގަނެވުނެވެ. ކިތައްމެ ފޮރުވަން އުޅުނު ކަމުގައި ވިޔަ އަހަރެންނަކަށް ކަރުނަތަކެއް ސިއްރެއް ނުކުރެވުނެވެ. ދެލޮލުން ކަރުނަތައް އޮހިގަތީ ކެތްނުކުރެވުމުގެ ސަބަބުންނެވެ. ދޮންބެ އަހަރެންގެ ކޮނޑުގައި އަތް އަޅުވާލިއެވެ. “ކިހިނެއްވީ.. ލަތީފް ކަމެއް ކުރީތަ.. ހަމަ ތެދެއް މި ބުނަނީ.. އޭނަ އާސީންއަށް ކަމެއް ކޮށްފިއްޔާ.. އަހަރެން އޭނަ ދުލެއް ނުކުރާނަން” ޖައިޝް ބުނެލިއަޑު އިވިގެން ދިޔައެވެ. އަހަރެން ދޮންބެގެ މޭގައި ބޯ ޖައްސާލައިގެން ހުރެ ހިތް ފުރެންދެން ރޯލީމެވެ.

އަހަރެން ހަމަޖެހުމުން ދޮންބެ އަހަރެން ގެންގޮސް އެނދުގައި ބެއިންދިއެވެ. އަދި އެކި ކަހަލަ ސުވާލު ކުރަން ފެށިއެވެ. އަހަރެން ގެންގުޅު ދަބަސް ތެރެއިން އަހަރެން ވީޑީއޯ ކެމެރާއެއް ނެގީމެވެ. އެމީހުންގެ ހުރިހާ ސުވާލު ތަކަކަށް އަހަރެންނަށް ޖަވާބު ދޭކަށް ފަސޭހައެއް ނޫނެވެ. އަހަރެން އެހުރިހާ ވަގުތަކު ދަބަސް ކޮނޑުގައި އަޅުވައިގެން އުޅުނީ އޭގެ ތެރޭގައި އޮތް ކެމެރާއިން ރިކޯޑް ކުރުމުގެ ބޭނުމުގައެވެ. ލަތީފް އަހަރެންނާއި ދިމާލަށް ޖެހިގަންނަންދެން އޭގައި ރިކޯޑް ވެފައި ހުއްޓެވެ. ދެން އަނެއްކާވެސް ރިކޯޑް ވެފައި ހުރީ ލަތީފް އެންމެ ފަހު ވަގުތު ހުރިހާ ވާހަކައެއް ކިޔައިދިން ހިސާބުންނެވެ. ބަންޝީލްގެ އެއްވެސް ކަމެއް އޭގައި އެނގޭކަށް ނެތެވެ.

ވީޑިއޯ ބެލުމަށްފަހު އެމީހުން އަހަރެންނާއި އެކި ސުވާލު ކުރިއެވެ. އަހަރެން ވީ ހުރިހާ ކަމެއް ކިޔައިދިނީމެވެ. “ހަމަތެދެއް.. ލަތީފް” ޖައިޝް ކުއްލިއަކަށް ތެދުވިއެވެ. އަހަރެންނަށް ޖައިޝްގެ އަތުގައި ހިފަހައްޓާލެވުނެވެ. “ނަސީބެއް ބަންޝީލް އައި ކަން.. އެހެން ނޫންނަމަ” ދޮންބެ ބުނެލިއެވެ. އަހަރެން އިތުރަށް އެއްވެސް އެއްޗެއް ނުބުނަމެވެ. އަހަރެން ބޭނުންވީ ނިދާލަންކަަމަށް ބުނުމުން ޖައިޝް ނިކުމެގެން ދިޔައެވެ. ނަމަވެސް ދޮންބެ މަޑުކޮށްދިނުމަށް އަހަރެން އެދުނީމެވެ. ބޮލުގައި ރިއްސަމުންދާތީ އަހަރެން ބޭސް ކައިގެން އޮށޯވެލީ ނިދާލުމުގެ ބޭނުމުގައެވެ. ދޮންބެ އަހަރެންނަށް ނިދެންދެން އެތަނުގައި އިންނާނެކަމަށް ބުންޏެވެ.

“ހޭ އާސީން” ސިހިފައި އަހަރެންނަށް ބަލާލެވުނީ ބަންޝީލްގެ އަޑު އިވުމުންނެވެ. އަހަރެން ހުރީ ކުރިންރޭގައިވެސް އަހަރެން ހުރި ރަށުގައެވެ. އަހަރެން އެތަނަށް އައި ގޮތެއް އައި އިރެއް އަހަންނަކަށް ނޭނގެއެވެ. “އާ ޔޫ އޯކޭ..” ބަންޝީލް އަހާލިއެވެ. އަހަރެން މުޅި ސަރަހައްދަށް ބަލާލީމެވެ. އަހަރެން ހަނދާންވީ ނިދަންވެގެން އެނދުގައި އޮށޯވުން ހަނދާނެވެ. “ކިހިނެއް އަހަރެން މިތަނަށް އައި.. މިއީ ހުވަފެނެއްތަ” އަހަރެން ސުވާލު ކޮށްލީމެވެ. “ކިހިނެއް ހީވަނީ” މުޅި ސަރަހައްދަން ނަޒަރު ހިންގާލަމުން ބަންޝީލް ބުނެލިއެވެ. އަހަރެން ބަންޝީލްއާއި ދިމާލަށް ބަލާލިމެވެ. އާއެކެވެ. އެއީ ޖިންނިއެކެވެ. އެކަމަކު ފުރިހަމަ ޖިންނިއެކެވެ. އިންސާނަކަށް ވުރެއް އެތަށް ހާސްތަނެއް ރީއްޗެވެ. އެހާ ކުޅަދާނައެވެ. “އަހަރެން ހީކުރީ އަހަރެންގެ ތަވިދު އޮތްހާ ހިދަކު.. ބަންޝީލްއަށް އަހަރެންނާއި ކައިރި ނުވެވޭނެ ކަމަށް” އަހަރެން ބުނެލީމެވެ.

މިރޭ އިރާކޮޅުގައި ލަތީފްމެންގެ ގޭގައި އަހަރެން ހުރީ ބަންޝީލްއާއި ދާދި ކައިރީގައެވެ. އޭނަގެ ގަމީހުގައި ހިފަހައްޓައިގެންނެވެ. އެކަމަކު އޭނައަށް އެކަމުން އެއްވެސް އުދަގުލެއް ނުވެއެވެ. “އަހަރެން ބުނީމެއްނުން.. ތަވީދަކުން އެއްވެސް ކަމެއް ނުވާނެއޭ..” ބަންޝީލް ބުނެލިއެވެ. “ޝުކުރިއްޔާ މިރޭ އަހަރެން ލަތީފް ކައިރިން ސަލާމަތް ކޮށްދިނީތީ” އަހަރެން ހިނިތުންވެލަމުން ބުނެލީމެވެ. ނޭނގި ނަމަވެސް އަހަރެންނަށް ބަންޝީލް އާއި ދޭތެރޭގައި ޝައުގުވެރިކަމެއް އުފެދެން ފެށިއެވެ. އޭނައާއި ގިނައިން ވާހަކަ ދައްކާ ހިތްވާން ފެށިއެވެ. އަހަރެން ކިތައްމެ ރުޅި ގަދަ ކުރުވި ނަމަވެސް އޭނަގެ މިޒާޖުގައި ސަކަ ގޮތްގަނޑެއްވެސް ހުރިކަން އަހަރެންނަށް އެރޭގައި އެގިގެން ދިޔައެވެ. ކިތައްމެ ބޭނުން ނުވި ކަމުގައި ވިޔަސް ނޭނގޭ ފަދަ ބާރަކުން އަހަރެން ބަންޝީލްއާއި ކައިރި ކުރުވަމުން ދިޔައެވެ.

އަހަރެން އެތައް އިރަކު ބަންޝީލްއާއި ވާހަކަ ދައްކަން ތިބީމެވެ. އޭނައާއި ވާހަކަ ދައްކަން ފެށުމުން އިންސާނުންނަށް ވުރެއް އޭނަގެ އެތައް ރަނގަޅު ކަމެއް ފެންނަން ފެށިއެވެ. ޖިންނިއެއް ކަމަކު އޭނަގެ ސަކަ ގޮތްގަނޑެއް އެބަ ހުއްޓެވެ. ޖިންނިއަކާއި ގުޅުން ބާވައިގެން ވަކި އަހަރެންނަށް ލިބޭނީ ކޮން ދެރައެއް ހެއްޔެވެ. އެއްބައި ޖިންނިއަކާއި ވެސް ރައްޓެހިވެގެން އުޅުނީތާއެވެ. އެހެންވީމަ ފުރިހަމަ ޖިންނިއަކާއި ނުވާންވީ ސަބަބެއް ނެތެވެ. އަހަރެން ހިތައް އަރަމުން ދިޔަ އެއްޗެހީގެ ސަބަބުން އަހަރެންވެސް ހައިރާން ވިއެވެ. އެހާ ބޮޑު ބަދަލެއް އަހަރެންނަށް އައީތީ އަހަރެންވެސް ހުރީ ގަބޫލު ކުރަން އުދަގޫވެފައެވެ. ބައެއް ފަހަރު ހިގަމުން އަނެއްބައި ފަހަރު އެތަނުގައި އިށީދެގެން ތިބެ ދެމީހުން ވާހަކަ ދެއްކީމެވެ. އެކި ވާހަކައެވެ. ބަންޝީލްއަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭކަން އޭނަ ބުންޏެވެ. އެންމެ ފުރަތަމަ އަހަރެން ބަންޝީލްއަށް ފެނުނު ދުވަހުން ފެށިގެންވެސް އަހަރެންދެކެ ލޯބިވާ ކަމާއި ދުވަހަކުވެސް އަހަރެންނަށް ދެރައެއް ނުދޭނެކަމަށް އޭނަ ބުންޏެވެ.

ކުއްލިއަކަށް އަހަރުމެން ދެމީހުން ސިއްސައިގެން ދިޔައީ އަހަރެންނަށް މީހަކު ގޮވާލީމެވެ. “އާސީން” އެއަޑު އައީ އަހަރެންނާއި ވަރަށް ކައިރިންނެވެ. ނަމަވެސް ދެފަރާތް ހޯދާ ބަލާލިއިރުވެސް އެއްވެސް މީހަކު އަހަރެންނަކަށް ނުފެނުނެވެ. އަހަރެން ބަންޝީލްގެ މޫނަށް ބަލާލީމެވެ. މިތަނަށް އެހެން މީހަކަށް އާދެވޭނެތޯ އަހާލާ ފަދަ ގޮތަކަށެވެ. އޭރު އެމޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. “އާސީން” ދެވަނަ ފަހަރަށް އެއަޑު އަހަރެންނަށް އިވިގެން ދިޔައެވެ. މިފަހަރުވެސް އިވުނީ އެހާ ކައިރިންނެވެ. އަހަރެން އެބުރި ބަލާލީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ރީހާން ފެނިގެން ދިޔައެވެ. އެވަގުތު ބަންޝީލް އަހަރެންގެ އަތުގައި ހިފާފައި އޭނަގެ ފުރަގަހަށް ގެންދިޔައެވެ. ރީހާން ހިނިތުންވެލާފައި އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

 

ނުނިމޭ..

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Fantasy

Other Articles

Previous

އަސަރު 18

Next

އިންތިޒާރުގައި ހުރިން 11

Next
June 26, 2016

އިންތިޒާރުގައި ހުރިން 11

Previews
June 25, 2016

އަސަރު 18

52 Comments

  1. Nicky says:
    June 25, 2016 at 8:24 pm

    Haadha dhuvaheh fahun….nycc

    1. Fantasy says:
      June 25, 2016 at 8:28 pm

      sorry nicky ehaa las veema igey.. ekam dhen ehen neh nuvaane igey dear 🙂

  2. Fantasy says:
    June 25, 2016 at 8:27 pm

    kihinehtha hurihaa kudin.. fantasy beynun v bodah maafah edhen hurihaa kiyun theringe arihun.. mifaharu vaahaka nukoh dhevi las vegen dhiya eema.. ekam time eh nuvegen hama nuliyevuny igey kudiney.. ekam dhen ehen nuve veytho v try kuraanan.. mi baives hurihaa kudin nah reethi vaane kamah heekuran .. hurihaa kudinge hiyaal thakah maruhaba 🙂

  3. Aishu says:
    June 25, 2016 at 8:45 pm

    Haadha kurey…. Evx ehaa gina dhuvas kohfa update kohli iru vx…. Vedhaane story kiyaa hithun innyma kurukamah hyvany kamah vx….. Ekm vx mifahara sakuvaa kurevey haa dhuvas kohfa thi update kury…. Vaahaka v reethi… Dhn sakuvaa kuraane furusatheh nudhy vey thow balahchey ingey….

    1. Fantasy says:
      June 26, 2016 at 1:10 pm

      thnks Aishu bodu koh 🙂 thi hurihaa shakuvaa eh fantasy ufalaa eku balaigen fin.. and dhen ekahala furusatheh nudhy veytho v try kuraanan igey dear 🙂 thnks bodu koh 🙂

  4. Same says:
    June 25, 2016 at 8:48 pm

    v reethi. but next part avaskohlachcheyyy

    1. Fantasy says:
      June 26, 2016 at 1:11 pm

      thnks same 🙂 ya iraadha kureviyya avas koh dheynan igey 🙂

  5. Nern.. says:
    June 25, 2016 at 8:50 pm

    kyh thi kuree fantasy mihaa dhuvas vandhen.. haadha keiyh kohfeemey.. mihaaru ha’ndhaanehves neiyh.. kuree part thakun vee goih vess..

    1. Fantasy says:
      June 26, 2016 at 1:13 pm

      thnks nern bodu koh ehaa bodah inthizaaru kurthee 🙂 dhen ekam ehaa dhuvaheh nuvaane igey dear 🙂

  6. Shaa says:
    June 25, 2016 at 8:56 pm

    Nice story…. when next part????

    1. Fantasy says:
      June 26, 2016 at 1:14 pm

      thnks shaa bodu koh 🙂 v avahah up koh dheynan igey dear:)

  7. Ahmed Ammu says:
    June 25, 2016 at 9:03 pm

    V habeys story.

    1. Fantasy says:
      June 26, 2016 at 1:15 pm

      thnks Ahmed Ammu 🙂

  8. Abhy says:
    June 25, 2016 at 9:03 pm

    Inthizaaru koh koh bali vi fahun up mivy.. haadha dhuvaheh vejje. Mi vaahaka varah kiya hithun hunnany.. reehaan ethanah e dhiyaee anekkaa leekkuran baa??? Mi baives varah reethi. Next part avahah up kohdhehchey….??????

    1. Fantasy says:
      June 26, 2016 at 1:16 pm

      thnks Abhy 🙂 dhen ehaa dhuvahu inthizaaru kuruvaakah nujjassaanan igey dear 🙂

  9. DAITHA says:
    June 25, 2016 at 9:06 pm

    Reehaan mee new P.C dho?

    1. Fantasy says:
      June 26, 2016 at 1:17 pm

      reehaan eiy fanditha hadhaa meehaa 🙂

  10. shaai says:
    June 25, 2016 at 9:08 pm

    kon reyhaaneh?????? story v rythi

    1. Fantasy says:
      June 26, 2016 at 1:35 pm

      thnks shaai 🙂 reehan eiy fanditha hadhaa meehaa 🙂

  11. Nern.. says:
    June 25, 2016 at 9:11 pm

    kon reehaan eh thr..?? aaseen dhahna meehehthr..??

    1. Fantasy says:
      June 26, 2016 at 1:37 pm

      nern eiy fanditha hadhaa meehaa 🙂

  12. Someone says:
    June 25, 2016 at 9:15 pm

    Nice

    1. Fantasy says:
      June 26, 2016 at 1:37 pm

      thnks 🙂

  13. bulha says:
    June 25, 2016 at 9:18 pm

    Ebunaahen inthixaar koko moya veje.my favorite story.thanx

    1. Fantasy says:
      June 26, 2016 at 1:40 pm

      thnks dear 🙂

  14. laimaan says:
    June 25, 2016 at 9:31 pm

    Aslu v miss vefa mi hunnany mi story mathin. V reethi mi part vs, dhen kon irakun next part. Hope kuran avahah up vaanekamah

    1. Fantasy says:
      June 26, 2016 at 1:42 pm

      tomorrow or day fater tomorrow ga up koh dheynan iraadha kureviyya 🙂 thnks v bodah 🙂

  15. Twinkle Star says:
    June 25, 2016 at 9:33 pm

    Wow.. this is really fabulous.. ethah dhuvaheige inthizaaruge nimun mi aii.. At last … Alhe dhen fantacy mi vaahaka avahah up kohdhehchey.. i cant wait.. Awsome story.. keep it up..

    1. Fantasy says:
      June 26, 2016 at 1:51 pm

      thnks twinkle star bodu koh 🙂 inthizaarugai huryma v ufaa vejje 🙂 dhen ehaa gina dhuvas nukoh up koh dheynan igey v avahah 🙂

  16. Faxoo says:
    June 25, 2016 at 9:36 pm

    Fantasyy at last kiyaalan libijje vaahaka 😀 😀 konthaaku Fantasy ulhuny mioh hadhuvahu 😮 next part avas koddhchhey ingey Fantasyy 😀 Bansheel gandu Aaseen hallaaly dhw 😮 noooo jeez! dhn vaany kihinehba dhw 😀 waiting waiting 😉

    1. Fantasy says:
      June 26, 2016 at 1:52 pm

      thnks fazoo v bodu koh 🙂 baivaru kanthah thakaa hure vaahaka delay vee igey 🙂 reehaan aky fanditha hadhan genna meehaa ey dear 🙂

  17. Faxoo says:
    June 25, 2016 at 9:37 pm

    Reehaan ei kaaku? :/

    1. reehaan says:
      June 26, 2016 at 1:42 pm

      reehaan aki aaseen ge bappa :p

  18. ? says:
    June 25, 2016 at 9:49 pm

    Who is the reehan guy…alhey asly bansheel haadha loabiyey..wait reehan ei fanditha meeha dhw air gengulhey..r they nubaibai????

    1. Fantasy says:
      June 26, 2016 at 1:54 pm

      thnks dear bodu koh 🙂 dhen anna bai ga igeyne nubai bai meehaky kaaku kan igey 🙂

  19. naxnaxoo says:
    June 25, 2016 at 9:57 pm

    haadha gina dhuvas kohfa kiyaalan mi libuny….nice mi part ves…heekuran next part thahkolhey avahah upload kohdheyne kamah…☺??

    1. Fantasy says:
      June 26, 2016 at 1:54 pm

      thnks dear bodu koh 🙂 ya avas koh genes dheynan iraadha kureviyya 🙂

  20. Princess says:
    June 25, 2016 at 10:53 pm

    Varah reethi,,,, keep it up fantasy

    1. Fantasy says:
      June 26, 2016 at 1:55 pm

      thnks princess dear 🙂

  21. tinker says:
    June 25, 2016 at 11:29 pm

    maa shaa allah… v nice mi story.. dhuvaheh vehje inthizaaru kuraathaa.. nxt part avahah up koh dhehjey ingey

    1. Fantasy says:
      June 26, 2016 at 1:55 pm

      thnks tinker dear 🙂 ehaa dhuvahu inthizaaru kuryma v ufaa vejje 🙂 dhen avas koh dheyvetho v try kuraanan igey 🙂

  22. Angel says:
    June 25, 2016 at 11:39 pm

    Ei kaaku reehaan aky?

    1. Narash says:
      June 26, 2016 at 12:57 am

      E ee air fanditha hadhan genai meehaa

    2. Fantasy says:
      June 26, 2016 at 1:56 pm

      thnks angel 🙂 eiy fanditha hadhaa meehaa ey dhoo Narash 🙂

  23. xinxy says:
    June 26, 2016 at 1:07 am

    reehaan e ee Airu gengulhey fanditha hadhaa meehaa. vaahaka varah reethi maasha allah.

    1. Fantasy says:
      June 26, 2016 at 1:57 pm

      thnks dear bodu koh 🙂

  24. Sinan says:
    June 26, 2016 at 3:15 pm

    dhen kon dhuvahakun 22 vana bai up kuraany? mi baives v v reethi. avah up koh dhehchey. fentasy liyefa huri v gina vaahaka kiyaifin. hurihaa vaahakeh ves v rythi. v kiyaa hithun kiyaalevey

  25. shazoo says:
    June 26, 2016 at 7:00 pm

    V salhi. DhuvAhakuvx mihaa reethi vaahaka eh nukiyaA.. Dhn vaane gotheh kiyaaleveyne irehge inthixaaruga hurin??

  26. Aleena says:
    June 27, 2016 at 12:50 am

    Up kureema ufalun bunaane ehcheh vs neyge… 🙂

  27. ny says:
    June 27, 2016 at 8:29 am

    Thnks fantasy.?….v v v inthizaar kurevijje. ….mihaalasve keevetho latheef kaaria dhaan veemathoa?…….?????????????????????????

  28. Angel says:
    June 27, 2016 at 11:15 am

    Nice story .. looking forward for nxt part..

  29. Shaa says:
    June 27, 2016 at 7:48 pm

    Kobaa story avahah up kohdhyba

Comments are closed.

All Right Reserved!