މަންޝާ ބިރުގަތެވެ. ބަނޑުބޮޑު ވެއްޖެއްޔާ މީ އަޒީމްގެ ނޫނީ ޒިބާންގެ ކުއްޖެއްކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ. އެ ޚިޔާލުތަކުގައި ހުއްޓާ މަންޝާގެ ބުރަކަށި ހިރުވަން ފެށިއެވެ. ލައިގެން ހުރި ހެދުން ބަދަލު ކުރަން ބޭނުންވިއެވެ. ކޮނޑުމަތިން އަތްނަގާ ބުރަކަށި ކަހަން މަސައްކަތް ކުރެވުނެވެ. އަލަމާރި ތެރެއިން ނިދަންލާ ހެދުން ނަގާ ހެދުން ބަދަލުކުރަން ފެށިއެވެ.
ބެލްކަންޏަށް ފުރަގަސް ދީގެން ހުރެ ޖިންސު ބޭލިއެވެ. ޓައިލްސްމަތީ ގައިން ބޭލި ޖިންސު ބޭއްވުމަށްފަހު މަންޝާ އޭނާ ލައިގެން ހުރި ޓޮޕްކޮޅު ބޭލިއެވެ. އަދި އަޑިން އަޅައިގެންހުރި ބުރާ ވާގަނޑު ފަހަތުން ނައްޓާލިއެވެ. އެވަގުތު ބެލްކަނީ ބިއްލޫރި ގަނޑުގައި އެއްޗެއް ޖެހުނު އަޑު އިވުނެވެ. މަންޝާއަށް ސިހުމެއް ލިބުނެވެ. ބިރުވެރިކަމެއް ހިތަށް އިހްސާސް ކުރެވުނެވެ. މިވަގުތު ބެލްކަނިން އެފަދަ އަޑެއް އިވުނީ ކީއްވެތޯ ބަލަން ބޭނުންވިއެވެ. ބުރާ އެކީ ނުބާލާ، ނިދަންލާން ނެގި ހެދުމުން މޭމަތި ނިވާކޮށްލަމުން ފަސް އެނބުރި މަންޝާ ބަލާލީ ޖެހިލުންވެ ހުރެއެވެ.
ބެލްކަނީގައި ހުއްޓިގެން ހުރި ޒިބާންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ބެލްކަނީ ދޮރާ ހަމައަށް މަންޝާ އައިސް ބެލްކަނީގެ ދޮރުފޮތިގަނޑު ކަހާލީ އެއްއަތުން މޭމަތީގައި އަޅާފައިވާ ހެދުމުގައި ހިފަހައްޓައިގެން ހުރެއެވެ. ޒިބާން ފެނުމުން މަންޝާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރިއެވެ. ޒިބާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުމުން މަންޝާގެ ހިތުގައި ސުވާލުތަކެއް ފެންމަތިވިއެވެ. އަނެއްކާ ޒިބާން އެ ރޮނީ އޭނަ ދުރުކޮށްލައިގެން އުޅޭތީ ބާވައޭ މަންޝާގެ ހިތަށް އެރިއެވެ. އަނބުރާ ފޮތިގަނޑު ކަހާލުމަށްފަހު މަންޝާ އެތެރެއަށް ވަނީ ވިސްނުމެއްގައި ހުރެއެވެ. ނިދަންލާ ހެދުން ގަޔަށް މަހާލިއެވެ. އެއަށްފަހު ބެލްކަނި ކައިރިއަށް ގޮސް ފޮތިގަނޑު ކަހާލިއެވެ. އޭރުވެސް ޒިބާން އެ ބެލްކަނި ބޭރުގައި ހުއްޓިގެން ހުރީ މަންޝާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
ދޮރުފަތް ކަހާލަމުން ޒިބާން ގާތު އެތެރެއަށް ވަނުމަށް މަންޝާ އެދުނެވެ. ދެމީހުން އެކުގައި އައިސް އެނދުގައި އިށީނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހުު މަންޝާ ވާހަކަ ދައްކަން ފެށިއެވެ. ” ޒިބާން… އަހަރެން ބުނިން ދޯ މި ރިލޭޝަން މި ގޮތަށް ކޮންޓިނިއު ކުރެވޭކަށް ނެތޭ… ދެން ކީއްކުރަން ތިއައީ.. އަދި އެވެސް ބެލްކަނިން އަރަންތަ އެނގުނީ… ޕްލީސް ޓްރައި ޓު އަންޑަސްޓޭންޑް… އައިމް ހެވިން އަ ހާޑް ޓައިމް… އެންޑް އަހަރެންމީ މީހެއްގެ…” އެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަންޝާގެ ތުންފަތުގައި ޒިބާންގެ އިނގިލި ޖައްސާލީ އެވާހަކަތައް އޭނާ އަޑުއަހަން ބޭނުން ނުވާތީއެވެ.
“އަބަދު ތިހެން ނުކިޔަސް އަހަރެންނަށް އިނގޭ… މަންއަކީ މީހެއްގެ…. އެކަމަކުވެސް ހެޔޮ…. އަހަރެންނަށް މަންޝާއާ ނުލާ ނޫޅެވޭނެ… އަހަރެން… ކިހިނެއް މިހުރިހާ ވާހަކައެއް ކިޔައިދޭނީ… އަހަރެންގެ ސަބަބުން މަންޝާއަށް ކިހާބޮޑު މުސީބާތަކާތަ ކުރިމަތިލާން ތިޖެހެނީ… އަހަރެން މަންޝާ ކައިރިއަށް ނައިނަމަ… މިހެން ނުވީސް!!!… އެންމެ ފުރަތަމަ ދުވަހުވެސް މިހިސާބަށް ނާދެވުނުނަމަ….” ޒިބާންގެ ދުލުން ނުކުންނަމުން ދިޔަ ބަސްތައް އަމާޒުވަމުން ދިޔައީ ބަދަލުހިފުމަށް އޭނާއަށް ހަވާލުކުރި މަސައްކަތާއި ބެހޭ ގޮތުންނެވެ. ނަމަވެސް މަންޝާއަށް އެ ވާހަކަތައް މާނަ ކުރެވުނީ މުޅިން އެހެން ގޮތަކަށެވެ. އަޒީމާ މަންޝާގެ ދިރިއުޅުން ހަލާކުވާން މެދުވެރި ސަބަބަކީ ޒިބާން ކަމަށް އޭނާ ވިސްނަނީ ހެއްޔެވެ.
ކޮޅަށް ތެދުވެ އުނަގަނޑުގައި އަތްވިއްދައިގެން ޒިބާން ހުރީ ފިކުރު ބޮޑުވެފައެވެ. މަންޝާއަށް އެއްވެސް އުނދަގުލެއް ޖައްސާކަށް ޒިބާން ނޭދެއެވެ. މަންޝާއަށް އޭނަ ފުރަގަސްދިނެވެ. އެވަގުތު ޒިބާންގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔައެވެ. ޒިބާންގެ ހަރަކާތަށް ބަލަންއިން މަންޝާއަށް ކަމެއް ހަނދާންވެގެން ތެޅިގަތެވެ. އެނދުމަތީ އޮތް ފޯނު ނަގާ އަޒީމްގެ ނަންބަރަށް ގުޅަން މަސައްކަތް ކުރިއެވެ. އިރުގަނޑަކު ފޯނު ރިންގުވުމަށްފަހު އެކޮޅުން ފޯނު ނަގައިފިއެވެ. މަންޝާ ހަލޯއޭ ބުނެލިއެވެ. އެކޮޅުން އެއްވެސް ޖަވާބެއް ނުދިނެވެ. އަނެއްކާވެސް ހަލޯއޭ ކިޔާ އަޒީމަށް ގޮވާލިއެވެ. އެވަގުތު އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް މަންޝާއަށް ސާފުކޮށް އަޑު އިވުނެވެ.
“ބޭބީ…އައި ލަވް ޔޫ….”
މަންޝާގެ ކަންފަތުގައި ޖެހުނީ އެއްކަލަ އަންހެން ކުއްޖާގެ އަޑެވެ. އެއަޑާއި ވިދިގެންް އަޒީމް ވާހަކަ ދައްކަން ފެށި އަޑު އިވުނެވެ. އެއިން އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވުމުން މަންޝާ އެފޯނު ކަނޑާލިއެވެ. އަދި ޒިބާނާ ދިމާއަށް ބަލާލިއެވެ. އޭރުވެސް ޒިބާން ހުރީ މަންޝާއަށް ފުރަގަސް ދީގެންނެވެ. އެވަގުތު މަންޝާގެ ހިތްވަނީ ކުދިކުދިވެފައެވެ. އަޒީމް އެ ދިޔައީ އޭނާގެ ލޯބިވެރިޔާ ކައިރިއަށެވެ. އަޒީމް އެހުރީ މުޅިން ބަދަލުވެފައެވެ. މަންޝާ ބާކީ ވީއެވެ. އަޒީމާއެކީ ދެކެމުންއައި ހުވަފެން ބިލާހަކަށް ވީއެވެ. ބިނާކުރަމުން އައި އުފާވެރި ދިރިއުޅުން ސުންނާފަތިވީއެވެ.
އެނދުމަތިން ތެދުވެ ޒިބާނާ ދިމާއަށް މަންޝާއަށް ދެވުނީ ނޭނގޭ ބާރަކުންނެވެ. ޒިބާންގެ އުނަގަނޑުގައި އަތް ވަށާލަމުން ޒިބާންގެ ހަށިގަނޑުގައި ބައްދާލީ އޭނާގެ ފުރަގަހުންނެވެ. އަދި ބުރަކަށީގައި ބޯ އަޅައިގެން ހުރިއިރު މަންޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޒިބާންގެ ގަމީސް ތެތްމަމުން ދިޔައެވެ.
ރުޅިގަދަވެފައި ހުރި ޒިބާންގެ ލޮލުގެ ރަތްކަން ކެނޑެމުން ދިޔައެވެ. ޒިބާންގެ ހިތަށްވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. މަންޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޒިބާންގެ ހިތަށް އުނދަގޫވިއެވެ. މަންޝާއާ ކުރިމަތިލަމުން މަންޝާގެ ނިތްކުރިއަށް ބޮސްދިނެވެ. އަދި މަންޝާގެ ގައިގާ ބައްދާލިއެވެ. އަޑުން އަޑުނަގާ މަންޝާ ރޯން ފެށިއެވެ. “ޒިބާން.. އަހަރެންގެ އަޒީމް… އޭނާ އެހެން އަންހެން ކުއްޖަކާއެކީ… އޭނާ އަހަރެން ދެކެ ލޯތްބެއް ނުވޭ….”
މަންޝާ ދައްކަމުން ދިޔަ ވާހަކައަށް ވުރެ ބޮޑަށް ޒިބާންގެ ސަމާލުކަން ހުރީ މަންޝާގެ ކަނދުރާ މައްޗަށެވެ. މަންޝާ ލައިގެން ހުރި ނިދާ ހެދުމަކީ ފަހަތުކަރު ވަރަށް ބޮޑު ހެދުމެކެވެ. މަންޝާގެ ދިގު އިސްތަށިގަނޑު ވަނީ ހުޅިއެއްހެން ބޮލުމެދަށް އައްސާފައެވެ. އެހެންކަމުން ކަނދުރާ މައްޗާއި ބުރަކަށީގެ ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ.
މަންޝާގެ ކަނދުރާ މަތީގައި ކަޅުވެފައިވާ ފާހަގަ ފެނުމުން އެއީ ޖިންނިއެއްގެ ހަމަލާކަން އޭނާއަށް ނަގައިގަނެވުނެވެ. އާޓިފިޝަލް ބީޗުން މަންޝާގެ ގައިގާ ޖެހިގެންފައި އޭނަ ދިޔައީ މަންޝާ އެތަނުން ވައްޓާލާށެވެ. މަންޝާއަށް ހަމަލާއެއް އައިސްދާނެތީ ޒިބާން އެވަރަށް ބަލަމުން އައި އިރުވެސް މަންޝާގެ ބުރަކަށި އެވަނީ ފިއްސާލާފައެވެ. ނުރުހުމުގައި ޖިންނި ޝައިތޯނުން އިންސާނުންގެ ހަށިގަނޑުގައި އަތްލާ ތަންތަން ހުންނާނީ ފިހިފައެވެ. މަޑުމަޑުން އެދިމާލުގައި ޒިބާންގެ އަތް ޖައްސާލިއެވެ. އެވަގުތު އެތަނުން ނެގި ދިލައިން މަންޝާ ދުރަށް ޖެހިލިއެވެ.
“ޒިބާން… އަޅެ މިތަން ބަލާބަލަ… މިރޭ އިރު އޮއްސުނުފަހުން ދިލަނަގާ ކަހާ ތަނެއް މީ… ވަރަށް ތަދުވޭ….” ޒިބާނަށް ބުރަކަށި ދައްކާލަމުން އެތަނުން ދިލަ ނަގާ ވާހަކަ މަންޝާ ބުންޏެވެ. ޒިބާންގެ ލޮލުން އަލިފާންކަނި ބުރަންފެށިއެވެ. މަންޝާގެ ބުރަކަށީގައި މަޑުމަޑުން އަތް ޖައްސާލިއެވެ. މަންޝާ އެނބުރި ޒިބާނާ ކުރިމަތިލީ ވަގުތު ޒިބާން އޭނާގެ ދެލޯ މަރާލިއެވެ. ޒިބާންގެ ލޮލުގެ ކުލަ ބަދަލުވެފައިވާ ކަން މަންޝާއަށް އެނގިދާނެތީއެވެ. މަންޝާއަށް އެކަން ފޮރުވަން ބޭނުންވީއެވެ.
ޒިބާން ލައިގެން ހުރި ގަމީހުގައި މަންޝާ ހިފަހައްޓަމުން ޒިބާނަށް ބަލާލިއެވެ. އަދި މަޑުމަޑުން ޒިބާންގެ މޭގައި ބޯ ޖައްސާލިއެވެ. މަންޝާގެ ހިތަށް ކުރަމުން ދިޔަ އަސަރަށް ލުޔެއް ލިބޭތޯއެވެ.
ރުޅިވެރިކަމުން ފުރިފައިވާ ޒިބާންގެ ލޯ ހުޅުވާލިއެވެ. އެވަގުތު ޒިބާނަށް ކުރަމުން ދިޔައީ ތަފާތު އިހްސާސެކެވެ. މަންޝާގެ ހަށިގަނޑުގައި ވިންދު ޖަހަމުންދާ އޭނާގެ ދަރިފުޅުގެ އިހްސާސެވެ. ޒިބާނަށް ހިމޭނަކުން ނުހުރެވުނެވެ. މަންޝާގެ ހަށިގަނޑު ޒިބާންގެ އަތުތެރޭގައި ފޮރުވާލިއެވެ. މަންޝާ ހުރީ އެފަދަ ލޯތްބަކަށް ފެންބޮވައިގެންފައެވެ. އަޒީމްގެ ބޭވަފާތެރިކަން ހިތަށް ވެރިވެ އެ ހަނދާންތައް ފޮހެލަން ބޭނުންވެފައެވެ. ޒިބާނާ ގާތްވާ ކޮންމެ ފަހަރަކު މަންޝާއަށް ދުރަށް ދާން އުނދަގޫވެއެވެ. މިހެން މި ދިމާވަނީ ކީއްވެކަން ޚުދު މަންޝާއަކަށްވެސް ނޭނގެއެވެ.
*** *** *** *** *** ***
ފަތިސްވެ ދުނިޔެ މައްޗަށް އަލިވާން ފެށުމުން އަޒީމް އަވަސްވެގަތީ އޮފީހަށް ދާން ތައްޔާރުވާށެވެ. އަޒީމް ފާޚާނާއިން ނުކުތް އިރު ޒޭބާ ހުރީ ހޫނު ކޮފީ ތައްޓެއް ތައްޔާރު ކޮށްގެންނެވެ. އަޒީމްގެ ދަބަހުން ނެގި ޔުނީފޯމްގައި ކޮންމެވެސް ވަރަކަށް ރޫ ހުރުމުން ޒޭބާ އެ ހެދުން އިސްތިރިކޮށްދިނެވެ. އަޒީމް ކޮފީތަށި ބޯލުމަށްފަހު ޒޭބާގެ މަޑު ތުންފަތަށް ބޮސްދިނެވެ. އަޒީމްގެ ތުންފަތުން ލީ ކޮފީރަހައެވެ. ތުންފަތް ފޮހެލަމުން ޒޭބާ މަޑުމަޑުން ދުރަށް ޖެހިލިއެވެ.
“އަސްލުގައިއަސް މި ކޮފީއަށް ވުރެ މާ މީރި….” (އަސްލުވެސް މި ކޮފީއަށް ވުރެ މާ މީރު…) ޒޭބާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.
” އަޒީމް ތެހެން ބެނާނެއި…. އެކަމަކި ޒޭބާ މީ މީހަކާށަސް ނިވޭހެއް… އަޒީމް ވައިފްދެކެ މާ ލޯބި ވޭހެއް…” (އަޒީމް ތިހެން ބުނާނީ…. އެކަމަކު ޒޭބާ މީ މީހަކަށްވެސް ނުވާނެ… އަޒީމް ވައިފް ދެކެ މާ ލޯބިވާނެ…) ތުންގަނޑު އޫކޮށްގެން ހުރެ ޒޭބާ ވާހަކަދެއްކީ ބޮޑާހާކާ ފަދަ ގޮތަކަށެވެ.
“މަ ޒޭބާ ދެކެ ވަރަށް ލޯބި ވެއި… މިރެއިއަސް މިއައި ނުން.. ޔުއާރ ސޯ އިމްޕޯޓަންޓް… އިއްޔެއަސް މަ ގަޑި ޖެހެނެ… އައި ޑޯންޓް ވޯނަބީ ލޭޓް.. އެބޭނީ ވާ… ސީ ޔޫ ސޫން…) (އަހަރެން ޒޭބާ ދެކެ ވަރަށް ލޯބިވޭ… މިރޭވެސް މިއައީ ނުން…. ޔުއާރ ސޯ އިމްޕޯޓަންޓް… އިއްޔެވެސް އަހަރެން ގަޑި ޖެހުނު.. އައި ޑޯންޓް ވޯނަބީ ލޭޓް.. ދަނީ އިނގޭ…. ސީ ޔޫ ސޫން…) ޒޭބާގެ މޫނުގައި ހިފާލަމުން އަޒީމް އޭނާގެ ނިތްކުރިއަށް ބޮސްދިނެވެ. ޒޭބާ ދެރަކުރަން އޭނާ ބޭނުމެއް ނޫނެވެ. އާއިލާގެ އެހީތެރިކަމެއް ލިބިފައިނުވާ ޒޭބާއަށް އެހީތެރިވާން ބޭނުންވެއެވެ.
ޔުނީފޯމް ބެގީ ޖެހުމަށްފަހު އަޒީމް އަވަސްވެގަތީ އޮފީހަށް ދާށެވެ. މިއަދު އަޒީމް އެ ކޮޓަރިން ނުކުމެގެން ދިޔައީ ހަނދާންނެތި އަޒީމްގެ ދަބަސް ބާއްވާފައެވެ. ފޯނުން ގަޑިއަށް ބަލަމުން ހަލުވި ހިނގުމެއްގައި ބަސް ހުއްޓިއާ ހަމައަށް ދެވުނުއިރު ބަސް އައިސް އެހިސާބަށް މަޑުކުރަނީއެވެ. ބަސްތެރޭ އިން އިރު އަޒީމްގެ ފޯނަށް އައިސްފައިވާ ކޯލްތަކަށް ބަލާލިއެވެ. މަންޝާގެ ކޯލެއް ނެގިފައިވާ ކަމަށް ދައްކައެވެ. އެއީ އެއްމިނެޓްގެ ކޯލެކެވެ. އެވާނީ އަޒީމްގެ ޖީބުގައި ފޯނު އޮއްވާ ނެގުނީ ކަމަށެވެ. ފަހުން މަންޝާ ގުޅާފައި ނެތުމުން މާ ބޮޑުކަމެއް ނުވާކަމަކަށް އަޒީމް ނިންމިއެވެ.
އޮފީހަށް ވަދެގެން އައި އަޒީމާ ދިމާއަށް ނަވާފް ބަލަން ހުރީ ތަފާތު ގޮތަކަށެވެ. ޒުހާ ކިޔައިދިން ވާހަކަތަކަށްފަހު ޒުހާ ގާތު މިކަމުގައި އެމީހުންނަށް އެހީތެރި ވެދޭނެ ވާހަކަ ނަވާފް ވަނީ ބުނެފައެވެ. އެހެންކަމުން ނަވާފް ވިސްނަމުން ދިޔައީ ވާހަކަ ފަށާނެގޮތަކާއި މެދުއެވެ.
“ކޮބާ ހިނގާ ސަޔަށް ދާން… އަހަރެން މީނީ އަޒީމް އަންނަން ދެން…” ސަޔަށް ގޮސް ވާހަކަ ދައްކަން ނަވާފް ވިސްނީ އޮފީހުގައި މަސައްކަތް ކުރާ މީހުންނަށް ނީވޭނެހެން އެވާހަކަ ދައްކާށެވެ.
ސައިބޯން ދިޔަ ތަނުގައި މާގިނަ މީހުންނެއް ނެތެވެ. އެހެންކަމުން ދެމީހުން ކޮފީއަކަށް އޯޑަރުކޮށްފައި މޭޒުދޮށުގައި އިށީނެވެ. “އަޒީމް… މަށަށް ފެންނަނީ އަންނަ އަހަރު ލަންކާއަށް ދާން… މަންޝާ ޑޮކްޓަރަށް ދައްކައިގެން ބޭސްކުރަން… ލަންކާގަ ތިކަމަށް ވަރަށް ރަނގަޅު ހޮސްޕިޓަލެއް ހުރޭ…. ކިހިނެއްވާނީ؟…” ނަވާފްގެ ވާހަކަ މެދުކެނޑުނީ އެ މޭޒު ކައިރިއަށް ކޮފީ ތަށި ހިފައިގެން ވެއިޓަރު އައުމުންނެވެ.
“ހޫން… ތިވާހަކަ ދޯ… އަސްލު މިހާރު ތިކަމާ ދޭތެރޭ ނުވިސްނަން… އަސްލު… އައި ނީޑް އަ ބްރޭކް… އެމް ޓަޔަޑް އޮފް ޓްރައިންގް… ދެން ނޭނގޭ… އަސްލުވެސް ވަރަށް ބޮޑަށް ޚިޔާލު ބަދަލުވެފަ މިހުރީ…. ނޭނގޭ މިވާ ގޮތެއް…” އަޒީމްގެ ފޯނަށް މެސެޖެއް އައުމުން ފޯނަށް ބަލާލިއެވެ. އެ އައީ ޒޭބާގެ މެސެޖެކެވެ.
އަޒީމްގެ ތުންފަތަށް ވެރިވި ހިނިތުންވުމަށް ބަލަން ހުރުމަށްފަހު ނަވާފް ވާހަކަ ދެއްކިއެވެ. “މަންޝާތަ؟… މަގޭ ސަލާމް ބުނައްޗޭ…”
އަޒީމަށް ސިހުމެއް ލިބުނެވެ. ނަވާފާ ދިމާއަށް ބަލާވެސްނުލާ ފޯނުން މެސެޖްކުރުމުގައި އަޒީމް އިނެވެ. ދެތުންފަތް ފިއްތާލަމުން އަޒީމަށް ހިނިތުން ވެވުނެވެ. އެކުވެރިޔާއަށް ވަމުންދާގޮތް ދެނެގަންނަން ނަވާފަކަށް އުނދަގުލެއް ނުވިއެވެ.
“އަސްލު… މީ އެހެން ކުއްޖެއް… ޒޭބާ ކިޔަނީ؟…” ކަޅިޖަހާނުލާ ނަވާފް ބަލަން އިންގޮތުން އަޒީމް އޭނާގެ ސިއްރު ގުޅުން ހާމަކުރިއެވެ. ނަވާފަށް ސިއްރުކޮށްގެން ކަމެއް ކުރުމަކީ އަޒީމަށް ވަރަށް އުނދަގޫ ކަމެކެވެ.
“ކިހިނެއްވީ ކަމެއްތީ… ފޭސްބުކުން ދޯ.. މަ އެހެންވެ އެފްބީއަށްވެސް ނުވަންނަނީ… ދެން މަންޝާ ޔޯ…” ނަވާފް ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އަޒީމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ނަވާފް އިނީ ކެތްމަދުވެފައެވެ.
“ހުޅުމާލޭގެ ރިޒްވީ ގެސްޓް ހައުސަށް މަސައްކަތު ގޮސްގެން ދިމާވި މަންޖެއެއް މީ… އޭނަ އެއީ އައްޑޫ ކުއްޖެއް…. މިކަހަލަ ކަމެއް ހިނގާފާނެޔޭ ހިތަކަށްވެސް ނާރާ… ބަޓް… ދެން ނަވާފަށްވެސް އިނގޭނެ އަހަރެންމީ ކުރިން އެހެން އުޅުނު މީހެއްވެސް ނޫން.. ބަޓް ޝީޒް ޑިފަރަންޓް… ދެން ނޭނގެ… ހިތަށް އަރާ މަންޝާ ގަބޫލިއްޔާ ދެ އަންބަށް އިންނަން ވިއްޔޭ….” އަޒީމް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިން ނަވާފްގެ ދެލޯވަނީ ބޮޑުވެފައެވެ. އެހާ ކުޑަ ދުވަސްކޮޅެއް ތެރޭ އެހާ ބޮޑު ނިންމުމެއް އަޒީމަށް ނިންމަން ކެރުނީތީވެސް ނަވާފް އިނީ އަޖައިބުވެފައެވެ.
“ކީކޭ ނަވާފް ބުނަނީ؟…” ނަވާފްގެ ފަރާތުން ޖަވާބެއް ނުލިބުމުން އަޒީމް އަހާލިއެވެ.
“ކީކޭ އަހަރެން ބުނާނީ.. ހާދަ ފާސްޓޭ…. ތީ އައްޑޫ ކުއްޖެއް ދޯ… ކިހިނެއް އިނގެނީ ތި މަންޖެ ފަންޑިތައެއް ހެދީ ނޫންކަމެއް… މީހުން ބުނޭ އެހިސާބު މީހުން ވަރަށް ބްލެކް މެޖިކް ބައި ބޮޑުވާނޭ…” ނަވާފަށް ވިސްނުނުގޮތް ހާމަކުރިއެވެ. ނަވާފް ބޭނުންވީ އަޒީމްގެ ހިޔާލް ބަދަލުކޮށްލާށެވެ.
“ހެހެހެ… ނޫނޭ… ބަލަ އަހަރެންވެސް މީ އައްޑޫ މީހެއް… އަހަރެން ނޫޅެން ފަންޑިތަ ހަދާކަށް… ތީ ބައެއް މީހުންގެ ވާހަކަދޯ… ބަޔަކު އެހެން އުޅުޔޭ ބުނީމަ އޭގެ މާނައަކީ އެންމެންނަކީ އެކަހަލަ މީހުންނެއް ނޫންދޯ…” އަޒީމް ކޮފީތަށި ނިންމާލުމަށްފަހު ދުފާ އެއްޗިހި ގެނައުމަށް އެދުނެވެ.
“ނޭނގެ.. ވެދާނެ ތީ ރިޒްވީގެ ޕްލޭނެއް ކަމަށް… އައި ޑޯންޓް ނޯ.. އަޒީމް ރަނގަޅަށް ވިސްނާތި… މިކަމުގަ މަންޝާއަށް ދެރަގޮތެއް ނުހަދާ ވޭތޯ…” ނަވާފް އޭނާގެ ރަހްމަތްތެރިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“އާން.. އަހަރެން މިވާހަކަ މަންޝާ ގާތު ބުނާނަން.. ބަޓް މާދަން އޭނާ ރަށަށް ދާން އެ ފުރަނީ… އޭނާ ރަށުން އަންނަން ދެން މަޑުކުރާނީ…” ދުފައިގެން ދެމީހުން ތެދުވީ ބިލް ދައްކަން ދިޔުމަށެވެ. ބިލް ނިންމާލުމަށްފަހު އޮފީހާ ދިމާއަށް މިސްރާބު ޖެހިއެވެ.
އޮފީހަށް ވަދެ ހަމަޖެހިނުލެވެނީސް އަޒީމްގެ ފޯނު ރިންގްވިއެވެ. އެގުޅަނީ ޒޭބާއެވެ. އޭނާގެ މެސެޖަށް ރިޕްލައި ނުކުރުމުން ކަން އަޒީމަށް އެނގުނެވެ. އޮފީސް ތެރެއިން އެއްފަރާތަކަށް ޖެހިލަމުން ފޯނު ނަގާ ހަލޯއޭ ބުނެލީ މަޑުމަޑުންނެވެ.
“އަޒީމް… ޔޯ ބޭގް އިޒް ހިއަރ….” ޒޭބާ އެހެން ބުނުމުން އަޒީމަށް އޭނާގެ ދަބަސް ބާއްވާފަ ދެވުނު މަތިން ހަނދާން ވިއެވެ. މި ވަގުތު ބިޒީކަމަށް ބުނުމަށްފަހު އަޒީމް ފޯނު ބޭއްވީ ފަހުން ގުޅާނަން ކަމަށް ވަޢުދު ވަމުންނެވެ. ޒޭބާ ފޯނު ކަނޑާލީ އަޒީމް އަދި އަންނާނެކަން ޔަގީން ވުމުން އެކަމާ އުފަލުން ހުރެއެވެ.
*** *** *** *** *** ***
ފޯނުން ވާހަކަ ދައްކަން އިން މުނީރާގެ ސަމާލުކަން ދިޔައީ ގޭ މައި ދޮރުން އެތެރެއަށް ވަދެގެންއައި ހަސަނު ފެނުމުންނެވެ. ފޯނު ކަނޑާލަމުން ހަސަނު ގާތަށް މުނީރާ ލެފިގަތީ އޭނާ ހިފައިގެން އައި ސާމާނުތައް ބަލާށެވެ.
“މީ ހާދަ އެއްޗެކޭދޯ…. ލިސްޓުގަ ހުރި ހުރިހާ އެއްޗެއް ހަމައަށް ހުންނާނެ… އަން… މިތާ މޭޒުދަށުގައި މިހިރީ ހުސްފޮށިގަނޑެއް…. މީއްޗިސް އަޅާފަ ފޮށިގަނޑު ބަންދުކުރޭ…. އަހަރެން މުޅިން ހަންވެއްޖެ…” ހަސަނު އެތެރެއަށް ޖެހިލަމުން ކޮޓަރިތެރޭ ފޮތެއް ހިފައިގެން އޮތް އަފްނާނު ފެނުމުން އެ މަންޖެ އިތުރު އެއްޗެއް ބޭނުންވޭތޯ ސުވާލު ކުރިއެވެ. އަފްނާނު ބޯހޫރާލިއެވެ. އެވަގުތު އަފްނާނަށް މުނީރާ ގޮވާލިއެވެ. “އަފޫ… ގެނެސްދީބަލަ ފޮށިބަންދު ކުރަން ޓޭޕާ މާކަރާ…”
ކޮޓަރި މޭޒުމަތީ އޮތް މާކަރާ ޓޭޕްރޯލް ހިފައިގެން އަފްނާން ނުކުތެވެ. އެވަގުތު ހަސަނު ހުރީ އަފްނާނާ ދިމާއަށް ބަލާށެވެ. “އަފޫ… މިއޮއް ހޫނުގަދަ ދުވަސްވަރު ގޭގަ ތި ފޮތިފޭލި އޮޅައިގެން އުޅެނީ ކީއްވެތަ؟… ގޭގަ ލާން ވަކި ހެދުންތަކެއް ހުންނައިރު އެ ނުލަނީއްޔޯ!!… ހޫނުވެގެން ގައިގަ ބިހިނަގާ ވާހަކަ ދައްކާނެ….” ހަސަނު އެހެން ބުނުމުން އަފްނާނު މާކަރާ ޓޭޕްރޯލް ދިއްކޮށްލިއެވެ.
“ބޭރުން އައިސް އަދި ހެދުން ބަދަލު ނުކުރެވިފަ މީނީ… ފޯނެއް އައިމަ… އެބަ އަންނަން ބައްޕާ” އަފްނާން އޭނާގެ ކޮޓަރި ދޮރު ލައްޕާލީ ހެދުން ބަދަލު ކުރާށެވެ. ގޭތެރޭގައި ލާން ގެންގުޅޭ ޝޯޓު ބުރިއާ އަތްކުރު ޓީޝާޓް ލައިގެން އަފްނާނު ސިޓިންގް ރޫމަށް ނުކުތީ މަންމައަށް އެހީވާށެވެ. އޭނާ ލައިގެން ހުރި ޝޯޓުން ފޫކޮޅު މަސްގަނޑު ނިވާވަނީ ކިރިޔާއެވެ. އަފްނާނަކީ ހަމުގެ ކުލަ ދޮން ކުއްޖެއް ކަމުން އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ހާމަވާފަދަ ހެދުން އެޅުމުން ނުބަލަން ހުންނަ މީހާއަށްވެސް ބެލޭނެއެވެ.
ފޮށިގަނޑަށް އެއްޗެހި އެޅުމަށްފަހު ފޮށިގަނޑު އަދި ބަންދުނުކޮށް މަޑުކޮށްލީ އިތުރު އެއްޗެއް ލާން ޖެހިދާނެ ކަމަށެވެ. ހަސަނަށް ފެންތައްޓެއް ހިފައިގެން އައިސް ހަސަނު ގާތު ސޯފާގައި މުނީރާ އިށީނެވެ. ހަސަނުގެ އަނެއް ފަރާތުގައި ހަމަ އެ ސޯފާގައި އަފްނާނު އިނީ ދެފައި ކުރުކޮށްލައިގެން ފޯނާ ކުޅޭށެވެ. ފެންތަށީގައި ހިފަމުން ހަސަނު ވާހަކަ ދެއްކީ އެއް އަތުން އަފްނާނުގެ ކަކޫމަތީ ފިރުމާލަމުންނެވެ. “މުނީރާ… ކާކުތަ ދެންމެ ގުޅީ؟…. މަންޝާއަށް ގުޅާލަން ވާނެ އިނގޭ… އޭނަ ރަށަށް ދަނީ އެކަނިމާ އެކަނި.. އަޒީމް ބުނި މިދަތުރުގަ ނުދެވޭނޯ!!…”
“ދެންމެ ގުޅީ މަދީހައްތައޭ… ވަރަށް ކިޔާ އެގޭގަ މަޑުކުރަން…. ކިހިނެއް ހަދާނީ؟….” ހަސަނު ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މުނީރާ އިނެވެ. ފޯނުން މީހަކާ ޗެޓް ކުރަން އިން އަފްނާން ވަށްކަޅިން ހަސަނުމެންނާ ދިމާއަށް ބަލާލިއެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކައަށް އޭނާގެ ސަމާލުކަން ދިޔައެވެ.
“އެކަމާ ހާސްނުވޭ.. އަހަރެން ބައްޕައާ ވާހަކަ ދައްކާނަން… މަދީހާ އެވަރަށް އެދޭ އިރު މިފަހަރު އެގޭގަ މަޑުކުރާނީ ދޯ… މުނީރާގެ އަމާވެސް ހިތްހަމަޖެހޭނީ އޭރުންނެއްނު… ހުރިހާ ކުދިން މިފަހަރު ގެއަށް ހަމަވާނެތާ… ދެން އަވަހަށް މަންޝާއަށް ގުޅާ…” ފެންތަށިން މަދު އެތިފޮދުފޮދު ބޮމުން ހަސަނު ވާހަކަދެއްކީ ޓީވީއަށް ބަލަން އިނދެއެވެ.
“ދޮނާ ރަށަށް ދޭތަ؟…” ސޯފާއިން ތެދުވެގެން ބަދިގެއާ ދިމާއަށް ހިނގައިގަތް މުނީރާއާ ދިމާއަށް އެނބުރެމުން އަފްނާނު އަހާލިއެވެ.
މުނީރާގެ ޖީބުން ފޯނު ނަގާ މަންޝާއަށް ގުޅަން ނަންބަރު ޖަހަމުން އަފްނާނު ދެއްކި ވާހަކައަށް އާއެކޭ ބުނެލިއެވެ. ” އާން… އަފޫ… ރަށަށް ގޮސް ގޭތެރޭ ތި ކުރު ޝޯޓުތައް ނުލައްޗޭ… ބުރުގާ އަޅައިގެން ހުރެ ތިކަހަލަ ހެދުމުގަ މީހުންނަށް ފެނުނީމަ ފާޑުފާޑުގެ ވާހަކަ ދައްކާނެ… ހިސާބުގަނޑު މީހުން ތިބޭނީ ދައްކާނެ ވާހަކައަކަށް ބަލަބަލާ… ފާޒިރާމެން ނުލާހިކު އަނގަގަދަ ވާނެ… އަނެއްކާ އެގޭތެރޭގައި ހުންނަ އިރު ބޭރުންދާ މީހުންނަށް ގޭތެރެ އޮންނާނީ ހާމައަށް ފެންނަން… ނޫންތަ ހަސަނާ…” މުނީރާ ވާހަކަ ދައްކަމުން ބަދިގެ ތެރެއަށް ދިޔައެވެ.
ސޯފާ ތެރޭ އަފްނާން ހަމަޖެހިލީ ތުން އަނބުރާލަމުންނެވެ. މުނީރާގެ ހާސަރު އަޑުއަހާއިރު އޭނާ އަބަދުވެސް މުނީރާގެ ފަސްފަހަތުން ވައްތަރު ޖައްސާނެއެވެ. އަފްނާންގެ ބައްޕައާ ދިމާއަށް ބަލާލަމުން ތުންގަނޑު ދަމާލީ އަފްނާން ހިތްހަމަނުޖެހޭކަން ދައްކާށެވެ.
މުނީރާ ދެއްކި ވާހަކައަށް އަފްނާނު ޖެއްސި ވައްތަރު ފެނުމުން ހަސަނު ގާތަށް ހިނިއައެވެ. “ރަށަށް ދިޔަޔަސް އެހާ ހޫނުގަ ކިހިނެއް ބުރުގާ އަޅައިގެން ގޭތެރޭގަ އުޅޭނީ؟… ނިދާ ގަޑީ ސޯޓު ލެވިދާނެއްނު…” އަފްނާނުގެ ކޮނޑަށް އަތް ވައްޓާލަމުން ހަސަނުގެ ކަޅި އަމާޒުވެގެން ދިޔައީ އަފްނާނުގެ ދޮން ފަަލަމަސްގަނޑަށެވެ. އަފްނާނުގެ ކޮނޑުގަޔާ ކަނދުރާ ދަށުގައި ފިރުމާލަ ފިރުމާލަ ހަސަނު އިނީ މަންޝާ އެކަނި ރަށަށް ދާތީ އެކަމާ އުފަލުން ފޮޅިފައެވެ. މަދީހާމެން ގޭގައި ތިބޭގޮތަށް ހަމަޖެހުނުކަމުން އެކަމާވެސް ހަސަނު ހުރީ އެތައް ޕްލޭނެއް ސިކުނޑީގައި ރާވާލައިގެންނެވެ.
އަފްނާނަށް ފޭސްބުކްއިން ފެނުނު މަޖާ ވީޑިއޯއެއް ހަސަނަށް ދައްކާލިއެވެ. ދެބަފައިންނަށް އެކުއެކީ ހެވުނެވެ. ސޯފާގައި އިނދެ ބަދިގެ ފަރާތަށް ބޯއަރިކޮށް ބަލާލަމުން އަފްނާނު ގާތު ބާރަށް ނުހޭން ހަސަނު ބުނެލީ މުނީރާއަށް އަޑުއިވިގެން ސްޓިންގްރޫމަށް އައިސްދާނެތީއެވެ. “ޝްޝްޝް” ހަސަނު އިނީ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާ ދެލޯ ބޮޑުކޮށްގެންނެވެ. އޭރުވެސް އޭނާގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިއެވެ. ނުހޭން މަސައްކަތް ކުރަމުން އަނގަމަތީ އަތްއަޅައި، ތުން ފިއްތައިގެން އަފްނާން އިނީ އަދިވެސް އެ ވީޑިއޯއަށް ބަލާށެވެ. ހަސަނު އިހުނަށް ވުރެއް ބޮޑަށް އަފްނާނު ގާތަށް ޖެހިލީ ފަޓުލޫނުގެ ކަށްގަނޑަށް ދަމާލަމުންނެވެ.
*** *** *** *** *** ***
މަންޝާއަށް ހޭލެވުނީ ގައި ދަށުގައި އޮތް ފޯނު ވައިބްރޭޓް ވާތީއެވެ. އެ ގުޅަނީ މުނީރައްތައެވެ. އެހެންކަމުން ފޯނަށް ޖަވާބުދެމުން ގަޑިއަށް ބަލާލިއެވެ. މެންދުރު ފަސްވެއްޖެއެވެ. “ހަލޯ….” ނިދި މޫނާއެކީ މަންޝާ ވާހަކަދެއްކީ ކަންނެތް ގޮތަކަށެވެ.
“ދަރިފުޅާ… ފުރަންދާ ގަޑީގަ މަންޝާ ބަލައި ދާންވީތަ؟.. މަންމަ ދެންމެ ގުޅާފަ ބުނި މަންޝާ ފޯނު ނުނަގާ ވާހަކަ….” ލޯބިން ފުރިގެންވާ ގޮތަށް މުނީރާ ވާހަކަ ދެއްކިއެވެ.
“އާން… ރޭގަ ބާޒާރުކޮށްފަ އައިސް ވަރަށް ލަހުން ނިދީ… އެހެންވެ ދެންމެ މިހޭލެވުނީ… އަހަރެން ބޯޓު ކައިރިއަށް ދާނީ އަޒީމާ އެކީ… ގޮއްސަ ދައްތައަށް ގުޅާނަން…” މަންޝާ އެހެންބުނުމުން މުނީރާ ފޯނު ބޭއްވިއެވެ.
ކޮޓަރި ތެރެއަށް މަންޝާ ބަލާލީ ދެނެވެ. އޭރު ޒިބާން އެކޮޓަރީގައެއް ނެތެވެ. މަންޝާ ނިދާފަ އޮއްވާ އޭނާ ދިޔައީކަން މަންޝާއަށް އެނގުނެވެ. ފޯނުގަ ހުރި މިސްޑް ކޯލްތަކަށް ބަލާލުމަށްފަހު މަންޝާ މަންމަގެ ނަންބަރަށް ގުޅާލިއެވެ. ދެބުރަކަށް ގުޅުމުންވެސް އެކޮޅުން ފޯނަށް ޖަވާބެއް ނުދިނެވެ. އެހެންކަމުން ތެދުވެ ފާޚާނާއަށް ވަދެ މޫނުދޮވެ ދަތް އުނގުޅާލިއެވެ. ދަތްއުނގުޅަން ހުރިއިރު ބުރަކަށިން ދިލަނެގި މަތިން ހަނދާންވުމުން އަނގައިގެ ކަނަކަށް ދަތް އުނގުޅާ ބުރުސް ޖަހައިގެން ހުރެ ލޯގަނޑުން އޭނާގެ ބުރަކައްޓަށް ބަލާލިއެވެ. އެއްވެސް ކަމެއްވެފައި ހުރިހެނެއް ހިއެއް ނުވެއެވެ. ރަތްވެފައެއްވެސް ނެތެވެ. ބިހިތަކެއް ނަގާފައެއްވެސް ނެތެވެ. މަޑުމަޑުން އެތަނުގައި މަންޝާގެ އަތް ކާއްތާލިއެވެ. ރޭގަ ހުރި ކުރަކި ކަމެއްވެސް އެތާކު ނެތެވެ. އަނގައަށް ވައްތަރެއް ޖައްސާލަމުން މޫނުދޮންނަ ތަށިތެރެއަށް ކުޅުޖަހާލުމަށްފަހު ފެންފޮދަކުން ކޯ ދޮވެލިއެވެ.
ފާޚާނާއިން ނުކުމެ މަންޝާ އަވަސްވެގަތީ ކާނެ އެއްޗެއް ތައްޔާރު ކުރާށެވެ. ރޭގަ ނުކައި ހުރުމުން މަންޝާ ހުރީ އިންތިހާއަށް ބަނޑުހައި ވެފައެވެ. ބަދިގޭގައި ކައްކަން އުޅެނިކޮށް މަންޝާގެ ފޯނު ރިންގްވާ އަޑު އިވުނެވެ. ކޮޓަރިއަށް ގޮސް އެނދުމަތީގައި އޮތް ފޯނު ނަގާ މަންޝާ ބަލާލީ އެ ގުޅަނީ އަޒީމް ކަމަށް ހީކޮށް ހުރެއެވެ. ނަމަވެސް އެ ގުޅަނީ ޒުހާއެވެ.
“ހަލޯ.. އޭއި ދޮރު ހުޅުވަބަލަ… މަމި އަރަނީ….” މަންޝާ ފޯނު ކަނޑާލުމަށްފަހު ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ޒުހާ ސިޑިން އަރަނީއެވެ. ތުއްތު ޒަފްރީން ގޮވައިގެންނެވެ. އެ މަންޖެއަށް އޮތީ ނިދިފައެވެ. އެހެންކަމުން މަންޝާގެ ކޮޓަރި އެނދުގައި ޒަފްރީން ބާއްވާލިއެވެ. އަދި ޒުހާ ބަދިގެއަށް ދިޔައީ މަންޝާއާ ވާހަކަ ދައްކާށެވެ.
“ޕެކްކޮށް ނިމުނީތަ؟… އަދި ކިރިޔާދޯ ތި ހޭލީ….” މަންޝާގެ ދުޅަވެފައިވާ މޫނު ފެނުމުން ޒުހާ އަހާލިއެވެ.
ހޫން އަޅުވާލަމުން މަންޝާ ކައްކަން އަރުވާފަ އިން ނޫޑްލްސް ތެލީގެ މަތިޖަހާލަމުން އުނދުނުގެ ހުޅު ކުޑަކޮށްލުމަށްފަހު ޒުހާ ގާތުގައި އިށީނެވެ. “ރޭގަ ޒިބާން އައި….” މަންޝާ ވާހަކަ ފެށުމުން ޒުހާ ދިޔައީ ތަރިބުރައިގެންނެވެ. “ކީކޭ… އަނެއްކާ ގަނޑެއްގަތީތަ؟…ސާބަސް…” ޒުހާ ދެލޯ ބޮޑުކޮށްލަމުން ސުވާލުކޮށްލިއެވެ.
މަންޝާ ދެއަތަށް ބޯހޫރަމުން ވާހަކަ ދެއްކިއެވެ. “ނޫނޭ… އަހަރެމެން ތިކަހަލަ ކަމެއް ނުކުރަން… ހަމަތިބީ… އަސްލު ޒިބާން ފޮނުވާލަން ހުރީ… ބަޓް.. އަހަރެން އަޒީމަށް ގުޅީމަ އެނގިއްޖެ އޭނަހުރީ އެކުއްޖާގަނޑު ކައިރީކަން… ސޯ ޒިބާން ފޮނުވާލާކަށް ބޭނުމެއް ނުވި… ދެމީހުން ހަމަތިބީ…”
މަންޝާއަށް ހިތްވަރުކުރުމަށް ޒުހާ ނަސޭހަތް ދިނެވެ. ދެމީހުން އެކި ވާހަކަ ތަކުގައި ތިއްބުމަށްފަހު ނޫޑްލްސް ކެކުމުން ކައިގެން ފޮށިތައް ބަންދުކުރަން އުޅުނެވެ. ހުރިހާކަމެއް ނިމުނުއިރުވެސް ޒަފްރީން އޮތީ ނިދާފައެވެ. ޒައިކް ސްކޫލުން ނިމޭ ގަޑި ކައިރިވާތީ ޒުހާ ގެއަށް ދާން ތައްޔާރުވިއެވެ. ނިދާފައި އޮތް ޒަފްރީން އުރާލުމުގެ ކުރިން މަންޝާގެ ގައިގާ ބައްދާލަމުން ބުރަކަށީގައި ފިރުމާލިއެވެ.
“ދެންދަނީ… މަންމައަށް ސަލާމް ބުނާތި… އަހަންނަށް ބޯޓު ކައިރިޔަށް ނުދެވޭނެތީ މިގަޑީގަ ގެއަށް މިއައީވެސް… ޒައިކް ބަލާ ދާން ނުޖެހޭނަމަ އަސްލު އަދިވެސް ހުންނާނީ މިގޭގަ… ވަރަށް މިސްވާނެ.. މަށަށް ގުޅާތި.. އިނގޭ…” ޒުހާ ވާހަކަ ދައްކަމުން އެގެއިން ނުކުތީ ނުކުންނަ ހިތަކުން ނޫނެވެ. މަންޝާގެ އެންމެ ގާތް އެކުވެރިޔާއަށް ރަށުން އަންނައިރު ހަދިޔާ ގެނެސްދޭނަން ކަމަށް ބުނަމުން ގޭގެ ދޮރު މަންޝާ ލައްޕާލިއެވެ.
ސޯފާގައި ހަމަޖެހިލަމުން މަންޝާ ޓީވީ އަޅުވާލީ އަދި ފެންވަރަން މާ އަވަސްވީމައެވެ. އެހެން އިންނަތާ އިރުކޮޅެއް ވީފަހުން އަޒީމް ގެއަށް އައެވެ. ބޫޓު ބޭލުމަށްފަހު އޭނާ ގޮސްވަނީ ކޮޓަރިއަށެވެ. އަޒީމް ގާތު ކާން ހަދަންތޯ މަންޝާ އަހާލިއެވެ. އަޒީމް ބަހެއް ނުބުނެއެވެ. އެ ދިޔަގޮތަށް ގޮސް ހެދުން ބަދަލުކޮށްގެން އެނދުގައި އޮށޯތީއެވެ. މަންޝާ ބޭނުންވީ ފުރުމުގެ ކުރިން އަޒީމާ އެކު ލޯބީގެ ވަގުތުކޮޅެއް ހޭދަކުރާށެވެ. އަޒީމްގެ މަގަތުގައި އޮށޯންނަމުން އަޒީމާ ގާތްވެލިއެވެ. އަޒީމްގެ ބޮލުގެ އިސްތަށިތަކުގައި އަތުގެ އިނގިލިތަކުން ކުޅެލިއެވެ. އަޒީމްގެ ކޯތާފަތަށް ބޮސްދިނުމަށް ކައިރިވިއެވެ.
“މަން… އަހަރެން މިއުޅެނީ ބޮލުގައި ރިއްސާތީ… ވަރަށް ވަރުބަލިވޭ… ޕްލީސް އަހަރެން ބޭނުން ނިދާލަން…” އަޒީމް ވާހަކަ ދެއްކިއިރު އޭނާގެ އަނގައިގަ ވަރެއް ނެތް ކަހަލައެވެ. އަޒީމް ދުރަށް ޖެހިލިއެވެ. އަނެއް ފަރާތަށް އެނބުރި ބާލީހުގައި ބައްދާލިއެވެ.
އަޒީމް އޮތީ ހަމައެކަނި ޝޯޓެއް ލައިގެންކަމުން މަންޝާގެ ލޮލުގައި އޭނާގެ ބުރަކަށީގައިވާ ވަކިތައް އަޅައިގަތެވެ. އެ ވަކިތައް ހުރީ ވަރަށް ފާޑަކަށެވެ. ފާރުގަނޑެއްހެން ހުރި ތަންތަންވަނީ ދޮސްލާފައެވެ. އެ ހިސާބު ކައިރީގައި ފޮޅު ބިހިތަކެއް ވެސް ފެންނަން ހުރުމުން މަންޝާ ޖެހިލުންވިއެވެ.
މަންޝާގެ ހިތަށް އުނދަގޫވިއެވެ. އަޒީމަށް މިވަނީ ކިހިނެއް ބާއޭ ހިތަށް އަރާ އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެން ފެށިއެވެ. އެތަން ޑޮކްޓަރަށް ދައްކަން ދިއުމަށް އެދި މަންޝާ އަޒީމްގެ ގައިގާ އަތްޖައްސާލީ އަޒީމަށް ގޮވާށެވެ. މަންޝާގެ ދެލޯ ބޮޑުވިއެވެ. ކަމަކުދާކަށް ނެތެވެ. އަޒީމް ހުމާ ފިހެނީއެވެ.
)ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.





Varah reethi
woowww.. this part ves haadha salhi eyy… hassanbe ulhey faaadeh dho…love to read next part soooooon…. avaha up kurahchey ❤❤
wow. v reethi.
Reethi
?
V v v reethi mi bai vx. Next part avahah up koh dhehchey please please please……
V salhi
Wow varah salhi
V sàlhi
Manshaa rashah nudhevey goiy dhww mivanee,axeem Bali v gud. Avahah man preg kan engine..V v nice
V v salhi
Mi hasanu moee amila dhari kairee inairuves kahgadhah dhaman jehey meeheitha hama huvaa mi hasanu mee vareh ge meeheikan ????
Abhigoyei hinhama jahsaidhevey kamakah nuvey edhuga yei ekam ehen meehunah balan vaane ????
muneera muskulhi veema hasaanah kamu nudhaneeyo. ?? hassan wants something yound n beautiful. dhaiy huri dhuvahu kaashi keveynee ???
hasaanbe ah kamudhanee lhakudhinhen varah heevey… ??? muneeraa mihaaru dhuvasveema hassanah kameh vaa vareh nuvey ???
mivaahaka akee varah thafaathu vaahakaeh.. keep it up shaaz
Huh muneeraa tha adhives muskulee muneeraa bunivihya edhuge kolhakah jehilaa irah adhoiy kiyanee hasanei ????
Ehenveema hassanuthaa muskulhimivee pakaas ?
ei hassanbe dhekki bahanaaekey…. hahahaha…
muneeraa ehen huttaa mihaar afoo aa ekairivaneee…. naughty hassanbe….. ??????
zeyba beynumee azeem hama ekani zeybage meehakah vaan
noway. dhe ainbah neennaanan ???
muneera muskulhiveema hasanah kamu nudhaneeyey. ?????
dhaiy huri dhuvahu kaashi keveynee… young veevareh hassanah kamu dhaanee.. ??? vaahaka habeysssss
AZEEM KALEY MOYA V THA FURATHAMA I WANTED AZEEM AND MANN BUT NOW ZIBAAN VES MAA VAFAATHERI AZEEM AH VURE I WANT ZIBAAN AND MANN
Zeyba eiy jinni eh dho. Ehn nun nama kyve ethan dhoslaafa hunanvy. Azeem nd zeyba ge bai kiyaqfa hodulavaa goi vany. Azeem mihaaru mansha dheke liabe nuvey dho. Mansha ge baduga zibaan ge dhari othy ma v.fuhi dhn.
BODUKAMEH MIHIRI FENNA HASSANBE YAA HEDHI
EY AXEEM THEETHI KADA EYY
vaahaka hama varah hitu. where does all these udeas comes from. unique n gendhaa goiy varah salhi. i hate hassanbe
Sikundin 😛
Hahah salhi ingey… v gina dhuvas kohfa mi kiyaalee episode thah.. keep it up shaz lyn.
Vaahaka v salhi igey mee esfiya mi site ah kuraa first comment mivaahaka reethikamun hama comment kohlaahih v next part avahah up kohladheythi im waiting. ….☺☺
I think zeyba ei jinniyeihen….nice story……i really hate dat stupid hassanbe……love the story……curiously waiting for the next part……v unique story e mee…….shax lyn hama thivareinei…….love your work….keep it up…n update sooon….
kobaaa ma dhookollaafa gos thi ulhevenee jinni zeybaa eh kairi ehnu. hahahaha onnaanee bondi bovifa. mashaa xibaan ufaluga ulheyni. hasanu ge kanthah dho dhen. cheedi
I’m loving it, mi vaahaka liyaa kujja dhekeves
Stry liyaa kujjeh nulibeynoa!! 😛 n azeem mihaaru de girl gengulhey iru kiykuran ithuru kujje hoa dani.. Man n zeyba in fudaalaa…:-)
hama bunaane ehcheh neyngifa meenee
VAAHAKA HAMA SUPERB. VARAH HIT
Thank u for bringing such beautiful story… ur a v creatuve writer. waiting eagerly for the next part.
Mabunee hasanbe ah kameh vaavareh nuvey dw adhi…. aharungeyga 2nd floor ga ulhey faihaa hasanbe ah dhakkan vee… vaane goiives neygey….lol… this part v salhi
Fox thi faihaage vaahaka kiyaidheebala thankolheh rangalhah.
Fox n box konmehen aharenge vaahaka dhahkaane kameh neh!! Aharen ves nudhahkan fox konme reaku 2nd floor ga aharen kairy nidhan onnavaahakeh..
Mi vaahaka habeys..aslu zebaa and zibaan eii siblings kan ingijje..cox that man ah hurt kuran beynun vaa alhigulha is zeba…man ah hurt very dhw zeba azeem aa ekii ehn hedhyma..ziban vx Maa good man ah… N congrats meera n man… U r preg..plus mi has any dhw… ???ulhey vahthareh… Anyway sroryy hama????????????????habeyxxx… Umhhww
V v v reethi haadalahun. ……
Eeeeh!!! Biruveri kuhjeh xeyba aky.. Balaabe axeem kohlaafa oih varu maa tiger vegen… Xeybaaan haadha cute ey jinni akas… Miulhey hasanbe ah gotheh hadhan vehje ??
Very nice story
HIS OWN DAUGHTER…HIS OWN FRIKKIN DAUGHTER
smh