ފޯނުން ގުޅަައިގެން ވާހަކަ ދެއްކިއިރު ޒިބާން ދެއްކި ވާހަކަ ހަނދާންވުމުން މަންޝާއަށް ކަމެއް ރޭކާލިއެވެ. ނަމަވެސް ދެމީހަކު ބުނާ ވާހަކައެއް އެހާ ބޮޑަށް ދިމާވާންވީ ކީއްވެ ހެއްޔެވެ. އަޒީމާ ކައިވެނިކޮށްގެން އުޅޭތާ ހަތްއަހަރު ވީފަހުން ފުރަތަމަ ފެނިލުމުންވެސް ކަމުދިޔަ ވާހަކަ ބުނަންވީ މިއަދު ހެއްޔެވެ. ނޫނީ އަޒީމަށް ކަމެއް އެނގުނީ ހެއްޔެވެ. ޒިބާން ގުޅާ ކަމާ ޒިބާނާ މަންޝާ ވާހަކަ ދެއްކިކަން އަޒީމަށް އެނގުނީ ހެއްޔެވެ. އެކަަން އަންގާލަން ފަހަރުގައި އެހެން ބުނީ ކަންނޭނގެއެވެ. އެހެންވެއްޖިއްޔާ އަޒީމް […]
“އާސީން.. އަހަރެން އާސީންދެކެ ލޯބިވޭ.. ވަރަށް ބޮޑަށް.. އަހަރެން ބޭނުންވަނީ އާސީންއާއި އެކު ދެން ދުވަސްތައް ގުނަން.. އާސީން އަހަރެންގެ ހުރިހާ އުފަލެއް އަދި ހިތާމައެއްގައި ބައިވެރިވެގެން.. ހުރިހާ ހާލަތެއްގައި.. އަހަރެންގެ ދިރިއުޅުމުގެ ހިއްސާއަކަށް އާސީން ވާނަންތަ” އައިރް އަހަރެންނާއި ދިމާލަށް ބަލާލަމުން މާ ދިއްކޮށްލިއެވެ. އަހަރެންނަށް އުފަލުން ގޮސް ރޮވުނެވެ. އަނގަމަތީގައި އަތް އަޅާލައިގެން ހުރެވުނީ އައިރްގެ ޖުމްލަ ނިމެންދެންނެވެ. “ޔެސް.. ޔެސް.. ޔޭސް..” އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަދި އަވަސް އަވަހަށް މަލުގައި ހިފީމެވެ. އައިރް […]
ޕާރުސަލް ބޭރުގައި ލިޔެފައިވާ ނޯޓުކޮޅު ކިޔާލުމަށްފަހު ނަވާފާ ދިމާލަށް މަންޝާ ބަލާލިއެވެ. “ޒަފްރީން… މާޝާﷲ… ވަރަށް ލޯބި ނަމެއް….” “އާން މި ހިފައިގެން ނާދެވިގެން މިއުޅުނީ….. ބައިވަރު ގޭތަކަށް ގޮއްސަ މިގެއަށް އެންމެ ފަހުން މިއައީ… މަންޝާއަށް އެވަރަށް ގުޅީ ގޭ ބޭރަށް ނުކުމެބަލާށޭ ބުނަންވެގެން….” މަންޝާއަށް ގުޅި ސަބަބު ނަވާފް ހާމަކުރިއެވެ. “އަޅެ ސޮރީ…. އަހަރެންނަށް ނިދުނީ… ނޭނގެ… މިހާރު ވަރަށް ގިނައިން މަންގެ ފޯނަށް އެހެންވޭ… ފޯނު އެކްސަޕަޔަރ ވަނީ ތޯއްޗެއް… ވަރަށް ބޯކޮށް […]
އަހަރެން ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ދުރައްދިޔައީމެވެ. ސައިކަލު ކައިރިއަށް ދެވުނު އިރު ސިކުނޑީގައި ވަނީ އެންމެ ނަމެވެ. އައިރްގެ ނަމެވެ. އައިރް އައިސް އަހަރެން އެބިރުވެރިކަމުން ސަލާމަތް ކޮށްދޭނެނަމައެވެ. އަހަރެން މިތަނުން ދުރައްގެންދާނެ ނަމައެވެ. އޭރުވެސް އަހަރެންނަށް ކުރެވެމުން ދިޔަ ކަންތަކެއް ނޭނެއެވެ. ސައިކަލަށް ތަޅުދަނޑި ޖަހަން އުޅެއުޅެ އެކަމެއް ނުވިއެވެ. ފަހަތަށް ބެލޭވަރުން ކައިރިވަމުން ދިޔަ ބަންޝީލް އަހަރެންނަށް ފެންނަމުން ދިޔައެވެ. “އާސީން” ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ އެމީހަކާއި ދިމާލަށް އަބުރާލިއެވެ. […]
އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނޭވާ ހުރީ އަވަސްވެފައެވެ. އޭނަގެ އަތް އަހަރެންގެ ގައިގައި ޖެހުނު ވަގުތު ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. “އަހަރެންދެކެ ބިރު ގަންނަ ނަމަކަ.. އާސީންއަށް ތިވާ ހުރިހާ ގޮތެއް ނުވޭނެ.. އަދި އަހަރެންނަށް އާސީންއާއި މިހާ ކައިރީގައި ނުހުރެވޭނެ” އަހަރެން ނަގާ ކޮޅަށް ބަހައްޓަމުން އައިރް އެހެން ބުނެލިއިރު އަހަރެންގެ އަމިއްލަ ނަފްސުގެ ބާރުވަނީ ކެޑިފައެވެ. އަހަރެންގެ އެއްވެސް އިހްތިޔާރެއް ނެތި ކުރިއަށް ވުރެއް ބޮޑަށް އައިރްއާއި ކައިރިއަށް ޖެހިލެވުނެވެ. […]
“ސާރާ..” ގޮނޑުދޮށުގައި ރާޅުތަކަށް ގެއްލިފައި އިން ސާރާ ސިއްސައިގެން ދިޔައީ އޭނާ އާއި ވަރަށް ކައިރިން މީހަކު ގޮވާލުމުންނެވެ. އޭނާ އަވަސް އަވަހަށް ވަށާ ހޯދާލިއެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. “އަނެއްކާ ފެށުނީ..” އޭނާ ހިތާ ހިތުން ކިޔާލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެ އަނެއްކާވެސް ސަރާ އެތަން ވަށާ ނަޒަރު ހިންގާލިއެވެ. އެއްވެސް މަޙްލޫޤްއެއްގެ ހިލަމެއް ނުވެއެވެ. އެކަމު އެއްވެސް މަޙްލޫޤްއެއްގެ ހިލަމެއް ނުވުމުގެ މާނައަކީ އެތާގައި އެއްވެސް އެއްޗެއް ނެތިކީ ނޫންކަން ސާރާ އަށް […]
“ކާކު… ކާކު….” ޖެހިލުންވެ ހުރެ މަންޝާ ކުރިއަށް ދިޔައީ އެމީހާގެ ފުށުން ޖަވާބެއް ނުލިބުމުންނެވެ. އޭރު އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވަނީ ތެމި ފޯވެފައެވެ. މަންޝާ ކުރިޔަށް ޖެހެމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތިކިތައް މަންޝާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ދެލޯ ހަނިކޮށްގެން ހުރެ އެމީހާއާ ދިމާލަށް ބަލަމުން ދިޔައީ ބުރަމުންދިޔަ ފެންތިކިތަކުން އުނދަގޫ ވާތީއެވެ. މަންޝާއަށް އެއީ ކާކުކަން ނަގައިގަނެވުނެވެ. “ޒިބާން….” އެ ޒުވާނާގެ ނަމުން ގޮވާލަމުން މަންޝާ އޭނާގެ ކޮނޑުގައި […]
އެދެލޮލުން އަހަރެންނަށް ފެންނަން ހުރީ ބިރުވެރިކަމާއި އެކަނިވެރިކަމެވެ. އަހަރެން އެހުރިހާ އިރަކު އައިސްފައިވާ ރުޅި ނާސިރުގެ ދެލޯ ފެނުމުން ފިނިވެގެން ދިޔައެވެ. “އަހަރުމެންނަށް ލިބިފައި އޮތީ ވަރަށް ކުޑަ ވަގުތު ކޮޅެއް..” އައިރް އެހެން ބުނެލިއެވެ. އަހަރެން ނާސިރުގެ ކުރި މައްޗަށް ހުއްޓިލީމެވެ. “ނާސިރުގެ އެދުމުގެ މަތިން އަހަރެން މިހުރީ އައިސް” އަހަރެން ހުއްޓުމުން ނާސިރު އިސްޖެހިއެވެ. އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އެހެން އިނުމުން އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް ނާސިރު އިސްއުފުލާ ބަލާވެސް ނުލިއެވެ. […]
“މަންޝާ… ދެން ބޭބެ ގޮސްލަނީއޭ…. އަދި ފަހުން އަންނާނަން… މުނީރާ ވަރަށް ސަލާމް ބުނި…” ގެއިން ބޭރަށް ނުކުންނަމުން ހަސަންބެ މިހެން ބުނެލިއެވެ. އެޕާރޓްމެންޓްގެ ދޮރުފަތް ލައްޕަމުން މަންޝާ ހިތާ ހިތުން ބުނެލިއެވެ. “އަންނާނެކަމެއް ނެތް…. ކޮންފަދަ ސިޑިން ވެއްޓި ތަނެއް ބިނދޭނެ ނަމަ…” މަންޝާ ދޮރުފަތް ލެއްޕުމުން ހަސަނު މަޑުމަޑުން އޭނާގެ އަތުން ކުރިމަތި ފަރާތުގައި ފިރުމާލީ އަނގަޔަށް ވައްތަރެއް ޖައްސަމުންނެވެ. ދެފައި ފިއްތައިގެން ހިނދުކޮޅަކު ހުރުމަށްފަހު ސިޑިން ތިރިއަށް ފައިބަން ހިނގައިގަތެވެ. ހަމައެވަގުތު ސިޑި […]