Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ބާވަންނަ ވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
October 6, 2016 13 Mins Read
62 Comments

ޓެކްސީގެ ދޮރުހުޅުވުމަށްފަހު މަންޝާ އިށީނުމުން އަޒީމް އެރީ މަންޝާ ކައިރިއަށް ޓެކްސީގެ ފަހަތު ސީޓަށެވެ. އެމީހުންނަށް ޓެކްސީއަށް އެރުމާއެކީ ޓެކްސީގެ ކުރީ ސީޓަށް ޟިރާރު އެރިއެވެ. ދާންވީ ތަން ޓެކްސީ ޑްރައިވަރ ކައިރީ ޟިރާރު ބުނުމުން އެ ޓެކްސީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ގޯތިތެރެއިން ނުކުތުމަށް ދުއްވާލިއެވެ.

“އަޒީމް… އަޒް… އަހަރެން ބޮލުގަ ވަރަށް ރިއްސާ….” މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަނގައިގާ އެއްވެސް ވަރެއް ނެތް ކަހަލައެވެ. ސޯސަންމަގާ މަޖީދީމަގާ ހަތަރު އަނގޮޅިވާ ސަރަހައްދުގައި ހުރި ޓްރެފިކް ލައިޓް ކައިރިން މަޖީދީ މަގަށް ކާރު ލަނބާލީ މާފަންނާވީ ކޮޅަށް ދާށެވެ. އޭރު މަންޝާގެ ދެލޯ މެރިއްޖެއެވެ. ގައިން ވަރު ދޫވެ އަޒީމްގެ ގައިގާ ލައްވުމުން މަންޝާގެ ގައިގާ އަޒީމް ހިފަހައްޓާލިއެވެ.  ޓެކްސީ ދުއްވަން އިން ޑްރައިވަރު ކުރިމަތީ ހުރި ކުޑަ ލޯގަނޑުކޮޅުން ފަހަތް ބަލާލީއެވެ. އޭނާއަށް އެމަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ.

*** *** *** *** *** ***

ދެލޯ މަރައިގެން އޮތް މަންޝާއަށް ލޯ ހުޅުވުނީ އޭނާގެ މޫނަށް ފިނިކަމެއް އިހްސާސް ވުމުންނެވެ. ދެލޯ ފިއްތާ ބާރުކޮށްލުމަށްފަހު މޫނުގައި ޖެހުނު ފެންތިކިތައް ފޮހެލަން އަތް އުފުލާލަން މަސައްކަތް ކުރި ނަމަވެސް މަންޝާގެ އަތެއް ނުނެގުނެވެ. ދެލޯ ތަންމިނަށް ހުޅުވާލަމުން އަތާ ދިމާއަށް ބަލާލެވުނީ އެވަގުތެވެ. މަންޝާ އޮތީ ދަގަނޑު އެނދެއްގައި ދެއަތާ ދެފައި ވަލެއްގެ އެހީގައި އައްސާފައެވެ. މަންޝާގެ ގައިމަތީގައި އަޅާފައިވަނީ ހުދުކުލައިގެ ފޮތިގަނޑެކެވެ. ބިރުވެރިކަމެއް މަންޝާގެ ހިތަށް ވެރިވީ އެވަގުތު ކަންފަތުގައި ޖެހުނު އަޑުންނެވެ. މަންޝާ އޮތް އެނދު ވަށާ ދުރުދުރުގައި ވަށްބުރެއްހެން އެތުރިގެން ހަތް ފިރިހެނުން ތިބީ ތަޅުން މަތީގައި ދެފައިވަށްކޮގެން، ގަނޑުތަކެއް ހިފައިގެން، އެގަނޑުގައިވާ އެއްޗެއް ކިޔަވާށެވެ. އެއިން ކޮންމެ މީހަކުވެސް ދިޔައީ އަޑުބާރުކޮށް ކިޔަވަމުންނެވެ.

ކިޔަވަން ތިބި މީހުންގެ ތެރޭގައި ދަންނަ މީހަކު ހުރިތޯ ބަލަން މަންޝާ މަސައްކަތް ކުރި ނަމަވެސް އެވަގުތު މަންޝާގެ ސަމާލުކަން ހުއްޓުނީ އޭނާ އެއޮތް ތަނަށެވެ. އެއީ އުޑުމަތި ހާސާކޮށް ފެންނަން އޮތް ތަނެކެވެ. މަންޝާގެ ބޮލާ ދިމާލުން މަތީގައި ފެންނަން ހުރި ފުރިހަމަ ރީތި ހަނދެކެވެ. އުޑުމަތި ސާފު ރެއެއްކަމަކު ވައިގަދަވަމުން ދިޔަކަން މަންޝާއަށް އިހްސާސްވިއެވެ. ގައިން ނަގަމުން ދިޔަ ތޫނުތަދާއި ދަށްބަނޑަށް ވަމުން ދިޔަ އުނދަގުލުން މަންޝާއަށް ރޮއެގަނެވުނެވެ.

“ހުއްޓާލާ.. އަހަރެންނަށް ތަދުވޭ… ނޫން ހުއްޓާލާ…” އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން މަންޝާ ދިޔައީ އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ތޫނު ތަދަށް ކެތްނުކުރެވިގެންނެވެ.

ދުރުގައި އަޒީމް ހުރީ އޭރު އަލިބެ ދިން ތަވީދު ހިފަހައްޓައިގެންނެވެ. އެ ތަވީދު އަޒީމްގެ އަތުގައި އައްސާލަން ގާތްވެލީ ޟިރާރެވެ. ޟިރާރާ އަޒީމާ އަލިބެގެ އިތުރުން ދެން އެތާ ތިބީ ކިޔަވަން ތިބި ހަތް ފިރިހެނުންނެވެ. އެމީހުން ކައިރީގައި ރިޔާޒެއް ނެތެވެ. މަންޝާ ހަޅޭއްލަވާ އަޑަށް އެމީހުން މަންޝާއާ ދިމާއަށް ބަލާލިއެވެ. އަލިބެ އެދުނީ އަދި މަންޝާއާ ގާތްނުވާށެވެ.

“ކިހިނެއްވީ؟… މިހާރު އޭނަ ހޭ އެރީމަ އަލިބެ އަހަން ބޭނުންވާ ސުވާލުތައް ކުރެވިދާނެއްނު…” އަޒީމް ބޭނުންވީ ވީ އެންމެ އަވަހަކަށް މަންޝާ ރަނގަޅު ކޮށް މިކަންތަކުން ސަލާމަތްވާށެވެ.

“އަހަރެމެންނަށް މިކަން ކާމިޔާބުކުރުމަށް އެހީވާން ހުރި އެންމެ ވަރުގަދަ އެކަކު އަދި މިތަނަށް ނައިސްގެން މިހުރީ.. އޭނާ އައިމަ މިކަން ފަށަންވާނީ…” އަލިބެ ވަށައިގެން އެ ޓެރަސް މައްޗަށް ބަލާލިއެވެ. އެއީ ދިހަބުރީގެ ބޮޑު އިމާރާތެއްގެ އެންމެ މަތީގައިވާ ޓެރަސް ބައެވެ. ޓެރަސްގެ ވަށައިގެން ބަހައްޓާފަ ހުރި މާ ޓުކުރިތައްވެސް ހީވަނީ ވަޔާ ވިއްސައިގެން ހިނގައިދާނެހެންނެވެ.

“ކީއްވެތަ އޭނައަށް ނާދެވިގެން އެއުޅެނީ؟…” އަލިބެއާ ގާތްވެލަމުން ޟިރާރު އަހާލިއެވެ. ކެތްމަދުވެފައިހުރި އަޒީމް ހުރީ ތެޅިލަތެޅިލައެވެ.

“އަހަރެމެންނަށް މިކަމުގަ ހުރަސް އަޅާ ބަޔަކު އެބައުޅޭ… އެމީހުން ކިތަންމެ ވަރަކަށް މިކަންކުރުމަށް ހުރަސްއަޅަން އޭނަ ހިފެހެއްޓިއަސް ކޭތަ ހިފުމާއެކީ އެމީހުންގެ އަތުން އޭނަ ވީއްލިގެން އަންނާނެ… އަދި ގަޑިން ބާރަ އެޖެހީ…” އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލަމުން އަލިބެ ވާހަކަ ދެއްކިއެވެ.

“ކޭތަ ހިފާނީ އަދި ދޮޅުގަޑިއިރު ފަހުން…. ހާދަ ވަގުތެއް އެބައޮތޭ… މަންޝާ މާ އަވަހަށްދޯ އެހޭއެރީ…” މަންޝާ ކައިރިއަށް ދާން ހިނގައިގަންނަމުން އަޒީމްވެސް އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. މަންޝާ ކައިރިއަށް އަޒީމަށް ދެވުނު އިރު މަންޝާ އޮތީ ދާހިއްލާ ފޯވެފައެވެ. ދެލޯ މަރާ ފިއްތާލައިގެން އޮތް އިރު މަންޝާ އޮތީ އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅައިގެންނެވެ.

ކުއްލިއަކަށް މަންޝާ ދެލޯ ބޮޑުކޮށްލަމުން އަޒީމާ ދިމާއަށް ބަލާލި ގޮތުން އަޒީމް ސިހިގެން ފަހަތަށް ޖެހެވުނެވެ. އޭރުވެސް ޓެރަސްގައި ތިބި ކިޔަވާ މީހުންތައް ނުހުއްޓި ކިޔެވެލި ކިޔަވަމުން ދިޔައެވެ.

“އަހަރެން ފަންޑިތަހަދަން ނާންނާނަމޭވެސް ބުނީމަ އަހަރެން ނިންދަވައިގެން މިތަނަށް ތިގެނައީ ކީއްކުރަން؟.. ނަރުސްކުދިން ދިން ބޭހެކޭ ކިޔާފަ އަޒީމް ދޮގު ހެދީދޯ… ހޮސްޕިޓަލުން ނަރުސްކުދިން ބޭސް ދެންޏާ ބޭސްދޭން އަންނާނީ އެމީހުން… ބަލަ އަހަރެންގެ ދަރިއަށް މިކަމުން ގެއްލުމެއް ވެއްޖިއްޔާޔޯ…. އާދޭސްކޮށްފަ މިބުނަނީ އަަހަރެންގެ އަތް މޮހެލަދީ…” މަންޝާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. މަންޝާގެ މޫނަށް އޭރުވަނީ ޖަންބުކުލަ އަރާފައެވެ.

“ޝްޝްޝް… އަޑުގަދަނުކޮށް މަޑުން އޮވޭ… އަހަރެން ބޭނުމެއް ނޫން މަންޝާ އަބަދު ތިހެން އުޅޭކަށް.. އަހަރެން މަންޝާއާ ކައިވެނި ކުރީ ފޮނި އުންމީދުތަކެއް ކޮށްގެން… އަހަރެންގެ މަންމަ ބުނީ ރަނގަޅަށް މިކައިވެނި އަހަރެންނަށް ނުކުރެވުނު ނަމައޭ މިހާރު މަގޭ ހިތަށް އަރާ…” މަންޝާއާ ގާތްވަމުން އަޒީމް ވާހަކަ ދެއްކީ ހަމައެކަނި މަންޝާއަށް އިވޭނެ ވަރަށް މަޑުމަޑުންނެވެ.

“ދެން އަހަރެން ވަރިކޮށްލަންވީނު… އަހަރެންވެސް ބޭނުމެއް ނޫން އަޒީމާ އެކީ އުޅޭކަށް… އަހަރެން މިހާރު ލޯބިވާ އެހެންމީހަކު އެބަހުރި… އަހަރެން ވަރިކޮށްލާ… މިކަން ނުކޮށްވެސް އަޒީމަށް އަހަރެން ދޫކޮށްލެވިދާނެއްނު… ދެން ކީއްކުރަން ހަދާ ފަންޑިތައެއްތަ މީ…” މަންޝާގެ އުނަގަނޑު ވަށައިގެން ރިއްސަމުން ދާތީ އުއްޑުން އޮންނަން މަންޝާއަށް އުނދަގޫ ވިއެވެ. އެއްފަރާތަށް އެނބުރެވޭތޯ އަތުގައި އައްސާފައިވާ ވާތަކުން މިންޖުވާން ލަކި ޖަހަމުން މަންޝާ ގަދަހެދިއެވެ. ނަމަވެސް ކާމިޔާބެއް ލިބޭގޮތެއް ނުވިއެވެ.

“ވަރިކުރާށޭ… ކަލޭގެ ހަޔާތްކުޑަކަން ބަލާބަލަ… މަ ކަލޭ ވަރިއެއް ނުކުރާނަން… ތިއުޅެނީ އަހަރެންގެ ހަގީގަތް އަދި ނޭނގިގެން… އަހަރެންނަކީ އަހަރެން އެ އެއްޗެއް ބޭނުންވެއްޖެ ނަމަ އެއެއްޗެއް ހާސިލް ކުރާ މީހެއް… އަހަރެންނަކީ ތިހާ ފަސޭހައިން ބަލި ގަބޫލުކުރާ މީހެއް ނޫން… އަދި އަހަރެން އަތުގަ އޮތް އެއްޗެއް ޖަހައިގަނެއްޖެ މީހެއްގެ ދުވަސް އަހަރެން ދުއްވާލާނަން… މަންޝާއަކީ މަގޭ މީހެއް… ހަމަ އެކަނި މަގޭ…. އަޑު އިވިއްޖެ… އަހަރެން ފޫހިވިޔަސް ކަލޭ ދުލެއް ނުކުރާނަން… ކޮންމެ ހާލެއްގަވެސް މަންޝާއަށް ޖެހޭނީ އަހަންނާއެކީ އުޅެން…. މިރޭ ތި ޖިންނިއެއްގެ ދުވަސް ދުއްވާލާނަން… އޭގެ ހިޔަނިވެސް އަހަރެމެންނާ ނޭޅެވޭނެ ވަރު ކޮށްލާނަން…” އަޒީމް ދަތްކުނި ވިކާލަމުން ވާހަކަ ދައްކަމުން ދިޔަ ގޮތުން މަންޝާ ހިތުގައި ޖެހުނެވެ. މިއީ މީގެ ކުރިން މަންޝާއަށް ފެނުނު އަޒީމް ބާވައޭ އޭނާގެ ސިކުނޑީގައި ސުވާލު އުފެދުނެވެ. ކިތަންމެ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުނަސް މީހަކު ދަސްނުވެދާނެކަން މަންޝާ މިހާރު ގަބޫލު ކުރެއެވެ.

“އަހަރެންނަށް އެހެންމީހަކު ދެކެ ލޯބިވެވުނީ އަޒީމާ ހެދި.. އަޒީމްވެސް އެހެން އަންހެނަކާ ހެދި އުޅެން ފެށީމަ.. އަހަރެން އައީ އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދެމުން…. އެކަމަކު އަޒީމް ހުރީ އޭރު ހައްދު ފަހަނަ އަޅާފަ… މިކަމުގަ އަޒީމަށް އަހަރެން އެކަނި ކުށްވެރި ކުރެވޭކަށް ނެތް… އޭނައަށް ގެއްލުމެއް ދީފިއްޔާ އަހަރެން އަޒީމާ އެކީ ދިރިއުޅޭކަށް ނުހުންނާނަން ކަން ހަނދާން ބަހައްޓާތި” މަންޝާގެ އަޑު އިހުނަށް ވުރެއް ބާރެވެ.

“ކައިވެންޏަށް އެހާ ދުވަސްވީއިރު އަހަރެންވެސް ހުރީ މަންޝާދެކެ ފޫހިވެފަ… ދަރިއަކު ހޯދަން މަސައްކަތް ކޮށްކޮށް އަހަރެންވެސް މި ދިރިއުޅުން ދެކެ ފޫހިވެ ވަރުބަލިވީ… ދެން ފަހުން އަހަންނަށް ވިސްނުނީ އެހެން ކައިވެންޏެއް ކުރުމޭ މީގަ ބުއްދިވެރީ… އެޚިޔާލު އަހަރެންގެ ބަދަލުވީ މަންޝާ ބަނޑުބޮޑުކަން އެނގުނު ހިސާބުން…” އަޒީމް ދައްކަމުންދިޔަ ވާހަކަ މެދުކެނޑުނީ އަޒީމްމެން ކައިރިއަށް އަލިބެއާ ޟިރާރުމެން އަންނަން ފެށުމުންނެވެ. އޭރުވެސް މަންޝާ ދިޔައީ ގަދަ ހަދަމުންނެވެ. އަލިބެގެ މުށުތެރެއަށް ފެންގޮށްޓެއް އަޅާލުމަށްފަހު މަންޝާގެ ގަޔަށް ބުރުއްސުވާލަމުން ތުންތަޅުވާލިއެވެ. އެފެންތައް މަންޝާގެ ހަށިގަނޑުގައި ޖެހުމުން ކަރުބުޑުން މަންޝާ ހަޅޭއްލަވައިގަތެވެ.

“މަންޝާ…. ކަލެއާ އަވަލައިގެން އުޅޭ ޖިންނި މިތާ އެބަހުރިތަ؟…” އަލިބެގެ އަޑަށް ދެލޯ ބޮޑުކޮށްލަމުން މަންޝާ ބަލާލީ ބޯމަތިން ފެންނަން ހުރި ހަނދާ ދިމާއަށެވެ. އެވަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ ރަތްކުލައިގެ ބޮޑު އަލިގުޅައެކެވެ. އެ އަލިގުޅަ އައީ ވަރަށްވެސް ހަލުވި ކޮށެވެ. ޓެރަސް މައްޗަށް އެއަލިގުޅަ ތިރިވުމާއެކީ މަންޝާގެ ހިތް ތެޅިގަތެވެ.

“ޒިބާން ނޫން.. މިތަނުން ދޭ.. އެމީހުން ޒިބާން ގެންނަން ބޭނުންވެގެން އަހަންނަށް މިހެން އެހަދަނީ.. ޕްލީސް މިތަނުންދޭ… ޒިބާން…” އަޑުގެ ނެތްތަނަށް ޒިބާން ގާތު އެތަނަށް ނާންނާށޭ ކިޔާ މަންޝާ ހަޅޭއްލަވަމުން ދިޔައެވެ. ޒިބާން ފަހަތަކަށް ނުޖެހެއެވެ. މަންޝާ ސަލާމަތްކުރަން އޭނާ ހިތްވަރުކޮށް ކުރިއަށް ފިޔަވަޅު އެޅީ އޭނާގެ ހަށިގަނޑަށް ވަމުންދާ އުނދަގޫތަކާ ހަނގުރާމަ ކުރަމުންނެވެ. ޒިބާންގެ ނަން މަންޝާ ބޭނުން ކުރުމުން އަލިބެގެ އިޝާރާތަށް ހަތްމީހުންގެ ކިއެވެލި ކިއުން ހުއްޓާލިއެވެ.

“ޒިބާން ކަލޭ އަހަރެންގެ ލޯ ކުރިމައްޗަށް ފާޅުވޭ… އެހެންނޫނީ…” ކިޔެވެލި ކިޔަވަންތިބި ހަތްމީހުންގެ މެދުގައި ޖަހާފައިވާ އަލިފާންގަނޑަށް ފެންގޮއްޓެއް ބުރުއްސުވާލަމުން އަލިބެ ވާހަަކަ ދެއްކީ ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގަމުންނެވެ. އެވަގުތު އެ އަލިފާންގަނޑުގެ ހުޅު ބޮޑުވެގެން ދިޔައެވެ. އަލިބެ ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލުމަށްފަހު އޭނާގެ އަތުގައި ހުރި ފެންފުޅިން ފެންފޮދެއް މަންޝާގެ ގަޔަށް ބުރުއްސާލިއެވެ. އަލިފާން ޖެހުނީމަ ވާކަހަލަ ތަދެއް މަންޝާއަށް އިހްސާސް ވިއެވެ. ނެގި ތޫނުތަދާ އެކީ މަންޝާގެ އުނަގަނޑުގަޔާ ބަނޑުގެ ރިހުން ގަދަވިއެވެ. އަޑުން އަޑުނަގާ މަންޝާއަށް ގޮވާލެވުނީ ޒިބާންގެ ނަމުންނެވެ. އެވަގުތު ޒިބާން އައިސް މަންޝާގެ ގާތަށް ހުއްޓި މަންޝާގެ އަތުގައި ފިރުމާލަމުން އޭނާ އަލިބެއާ ކުރިމަތިލިއެވެ.

“އަހަރެން މިހުރީ.. ދެން މަންޝާ ދޫކޮށްލާ..” ޒިބާން ވާހަކަ ދެއްކިއެވެ. ޒިބާންގެ އަޑު އެތާތިބި އެންމެންނަށް އިވުނެވެ. މަންޝާ ފިޔަވާ އެވަގުތު ޒިބާން ފެންނަނީ އަލިބެއަށް އެކަންޏެވެ.

“ކަލޭ އަހަރެމެންގެ ގާތަށް އައިސް ތިއުޅެނީ ކޮން ބޭނުމަކު… މިކުރާ ސުވާލުތަކަށް ޖަވާބުދީ…” އަލިބެ އަޑުބާރުކޮށް ބުނެލިއެވެ. ޒިބާން ޖަވާބެއް ނުދީ އެހުރިތަނަށް ކަކޫ ޖަހާ ތިރިވިއެވެ.

“އަހަރެން މިތަނަށް އައީ ޟިރާރަށް ބަދަލުހިފަން.. އެ ކަމުގެ ތެރޭގައި އަަހަންނަށް މަންޝާ ދެކެ ލޯބިވެވުނީ… އަހަރެން މަންޝާއަށް އެއްވެސް ގޯނާއެއް ނުކުރަން… އަހަރެންނަށް ކުރެވިފައިވާ ކުށްތަކަށް އަހަރެން ތައުބާވެ އިސްލާހުވާން ބޭނުން…” ޒިބާން މިހެން ބުނީ އިސްޖަހާލަމުންނެވެ. އޭނާ ގަދަ ހަދަން ބޭނުން ނުވާކަހަލައެވެ. ޒިބާން އެހުރި ދިމާލު ވަށާ ހިނގަމުން އަލިބެ ވާހަކަ ދެއްކި އިރު އޭނާ ދިޔައީ ޒިބާންވަށާ ބުރެއް ކުރަހަމުންނެވެ. އަލިބެގެ އަތުގައި ހުރި ލޮނު ކޮތަޅުން ލޮނު އަޅައިގެން އެ ބުރު ފުރިހަމަ ކޮށްލިއެވެ.

“އަހަރެން ކަލޭގެ ފަރާތުން އެތައް ސުވާލުތަކެއްގެ ޖަވާބު ބޭނުން… ކަލޭ ދޮގު ނުހަދާ ހުރިހާ ސުވާލަކަށް ޖަވާބު ދޭން ޖޭހޭނެ.. އެހެންނޫނީ.. އެކަމުން އަނިޔާވާނީ މަންޝާއަށް….” އަލިބެގެެ އަޑު ބާރުކޮށްލަމުން ވާހަކަ ދެއްކިއެވެ.

އެނދުގައި އޮތް މަންޝާ ދެއަތަށް ބޯހޫރަމުން ދިޔައެވެ. ޒިބާން އެކަމަށް އެއްބަސް ވެދާނެތީ މަންޝާ ބިރުގަތެވެ. ޒީބާނާ ވަކިވުމުގެ ވަގުތުއައިސް ޖެހިއްޖެ ކަމުގެ އިހްސާސް އޭނާއަށް ކުރަމުންދިޔައެވެ. ޒިބާން އެވަގުތު މަންޝާއަށް ދިމާއަށް ބަލާލިއެވެ. މަންޝާގެ ސިކުނޑީގައި ފުނި ޖެހެމުން ދިޔަ ސުވާލުތަކާއި އާދޭސް އޭނާއަށް އެނގުނެވެ. މަންޝާގެ ހިތުގެ ގޮވުންތަކަށް ފުރަތަމަ ފަހަރަށް ފުރަގަސްދޭން ޖެހޭތީ ޒިބާން އިންތިހާއަށް ދެރަވިއެވެ. ޒިބާންގެ ހިތް ފަޅައިގެންދާހާވިއެވެ. ޒިބާނަށް މިކަންތައް ހުއްޓުވެން އޮތީ އޭނާގެ އަމިއްލަ ނަފްސު ގުރުބާން ކޮށްގެންނެވެ. ޒިބާންގެ ދަރުފުޅާ ޒޭބާއާ މަންޝާ ސަލާމަތްކުރަން އޭނާ ބޭނުންވިއެވެ.

*** *** *** *** *** ***

ދެއަތަށް ހިނގާލަ ހިނގާލަ ހުރި ޒޭބާ ފެނުމުން ސަކޭރާ ސުވާލުކޮށްލިއެވެ. ދިޔޭ… ކެހެނަކަށް ވީ… މިރެއި އެކާލޯ ވެހާހެ…. މިކޯ ތަދޮވެއި….” (ދަރިފުޅާ… ކިހިނެއްވަނީ… މިރޭ ދަރިފުޅު ވިހާނެ… މިހާރު ތަދުވޭތަ…) ސަކޭރާ ކުރަމުން ދިޔަ ސުވާލުތައް ޒޭބާގެ ކަންފަތަށް އަޑު ނީވޭ ކަހަލައެވެ. އޭނާގެ ހިޔާލާ ފިކުރު ހުރީ މުޅިން އެހެން ދިމާއަކަށެވެ. ޒިބާން ގޮވާލާނެ ވަގުތެއްގެ އިންތިޒާރުގައި ހުރި ޒޭބާއަށް އޭނާ ވިހަން ގާތްވެއްޖެ ކަމުގެ ސިގްނަލް އަޅަން ފަށައިފިއެވެ.

ދެ ކަކުލުގަ އަތް ވިއްދާލަމުން ޒޭބާ ގުދުވެލީ އޭނާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކަށް ލުޔެއް ލިބޭތޯއެވެ. ފުންނޭވާތަކެއް ދޫކުރަމުން ޒޭބާ ތެދުވެ ހިންދެމިލިއެވެ. އެވަގުތު އެގޭތެރެއަށް ވަދެގެން އައި ތަޒްކިޔާ ފެނުމުން ޒޭބާ ހުއްޓުނެވެ. “ކޮބާ ޒިބާން؟…” ތަޒްކިޔާ ކުރި ސުވާލަށް ޒޭބާއަކަށް ޖަވާބުދެވޭގޮތެއް ނުވިއެވެ. ޒޭބާ ހުރީ ވާހަކަ ދައްކަން އުނދަގޫވެފައެވެ.

” ޒިބާން މިތާކި ނެއް؟… ކެހެނަކަށް ވީ؟…” (ޒިބާން މިތާކު ނެތް؟… ކިހިނެއްވީ؟…) ސަކޭރާ ދެއަތް ފޮލާލަމުން ވާހަކަ ދެއްކިއެވެ.

“މާއި އެއްކޮށް ބޭރެ ހިށެފެއި ދެނަކަށް ކުއްލިއަަކަށް ޒިބާން ގެއީ ނިއެސް ބެނައި.. މަ ހީކެރީ ގެއްކަމަށް ގެއީ؟..” (އަހަންނާ އެކީ ބޭރުގަ ހުރެފަ ދެންމެ ކުއްލިއަކަށް ޒިބާން ދިޔައީ ބުނެވެސްނުލާ.. އަހަރެން ހީކުރީ ގެއަށް ކަމަށް އައީ؟…) ތަޒްކިޔާ ވާހަކަ ދެއްކީ ސަކޭރާއާ ނަމަވެސް ތަޒްކިޔާގެ ސަމާލުކަން ހުއްޓިފައިވަނީ ޒޭބާއަށެވެ. ޒޭބާ ކުރިއަށް ހިނގައިގަތީ ބޭރަށް ނުކުންނާށެވެ. ޒޭބާ ގެއިން ބޭރަށް ނުކުންނަން އެޅޭތަން ފެނި ސަކޭރާ ގޮވާލިއެވެ. “ޒޭބާ… ކޮންތާކަށް ތެއެނީ… މިގަޑިއެ ތާކަށް އޭނެ ކަމަށް ނެއް. މިކޯ މިބޭސް ތައްޔާރޮކޮށް ނިމެނީ…” (ޒޭބާ… ކޮންތާކަށް ތިދަނީ.. މިގަޑި ތަނަކަށް ދާނެކަމެއް ނެތް… މިހާރު މިބޭސް ތައްޔާރުކޮށް ނިމެނީ…)

ޒޭބާ ފަސްއުނބުރި ސަކޭރާއާ ދިމާއަށް ބަލާލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. “ބޮޑޮދައިތާ މަށް މިކޯ މިތެއި ހިށެވޭކަށް ނެއް… ޒިބާން މަށް ތެބެ އޯލައި… މަ އެބޭއް ޖެހޭ ވަގުތު ޖެހިގެ… މަންޝާ ސަލާމައްކެރާ ތެބެ ޖެހެއި… ކޭތަ ހިފުމުގެ ކުރިން މަންޝާ ސަލާމަށް ކެރެވެގޭފެހޭ ނޫނީ ކާމިޔާބަށް ނިލިބޭހެއް…” (ބޮޑުދައިތާ… އަހަރެންނަށް ދެން މިތާ ހުރެވޭކަށް ނެތް… ޒިބާން އަހަރެންނަށް އެބަ ގޮވާ… އަހަރެން ދާން ވީ ވަގުތު އައިސް ޖެހިއްޖެ… މަންޝާ ސަލާމަތްކުރަން އެބަ ޖެހޭ… ކޭތަ ހިފުމުގެ ކުރިން މަންޝާ ސަލާމަތް ކުރެވިއްޖިއްޔާ ނޫނީ ކާމިޔާބެއް ނުލިބޭނެ…) ޒޭބާ މިހެން ބުނެ ބޭރަށް ދާން ހިނގައިގަތެވެ.

“ކެންކައު… ޒިބާން އެކެހި ނިއޭއްކެނައު ބެނިމެއިއަސް އެވަރުނަސް އެތަނަށް ގެއިއްޔާ… ޒޭބާ… މިވަގުތެ ގޮސްގެން ޒޭބާއަށް ތެހަނގެރާމަ ކެރެވޭށީ… އެހެއި ވަރަށް ޒޭބާ ގާކި ނިހިންނަހެ…” (ކީކޭ.. ޒިބާން ކައިރީ ނުދާށޭ ބުނީމަ އެވަރުންވެސް އެތަނަށް ދިޔައީތަ؟.. ޒޭބާ… މިވަގުތު ގޮސްގެން ޒޭބާއަށް ތި ހަނގުރާމައާ ކުރިމަތިލެވޭނެތަ؟.. އެހާވަރެއް ޒޭބާ ގައިގަ ނުހުންނާނެ…) ސަކޭރާ ދައްކަމުން ދިޔަ ވާހަކައަށް ބީރު ކަންފަތެއް ދެމުން ޒޭބާ އެގެއިން ނުކުތެވެ. ޒޭބާގެ ފަހަތުން ތަޒްކިޔާ މިސަރާބުޖެހީ އެވަގުތެވެ.

ވައިގެ ތެރޭ ދަތުރު ކުރަމުން ދިޔަ ޒޭބާގެ ކުރިމައްޗަށް ހުއްޓެމުން ޒޭބާގެ އަތުގައި ތަޒްކިޔާ ހިފެހެއްޓިއެވެ. “ޒޭބާ ތެކެރަނީ މުއަކަމަށް… އެތާން އޭނެ ކަމަށް ނެތް؟…” (ޒޭބާ… ތި ކުރަނީ މޮޔަ ކަމެއް… އެތަނަށް ދާނެ ކަމެއް ނެތް؟….) ތަޒްކިޔާގެ ބަސްހުއްޓުނީ ޒޭބާގެ އަތުގައިި އަޅާފައިވާ އަނގޮއްޓި ފެނުމުންނެވެ.

“ތަޒްކީ… މަށް މިހުށުހައި ވާހަކައަށް ދައްކާނެ ވަގުތަށް ނެއް… ޒިބާން އެހިށީ އެތެއި ހައްޔަރޮވެފަ… ޒިބާން ބެނނިގޮތަށް މަމި ކަންތައް ކެރަނީ އެކަމަކި ތަޒްކީ މަށް ކަމަށްކޮށްދޭފެހޭ މަބެނާ ގޮތަށް ހަދައިދެރަފެލަ… މިވާހަކަ އެއްވެސް މީހަކާކެހި ނިބެނާހެތި؟… އާހް…” (ތަޒްކީ.. އަހަރެންނަށް މިހުރިހާ ވާހަކައެއް ދައްކާނެ ވަގުތެއް ނެތް.. ޒިބާން އެހެރީ އެތާ ހައްޔަރުވެފަ.. ޒިބާން ބުނި ގޮތަށް އަހަރެން މިކަންތައް ކުރަނީ އެކަމަކު… ތަޒްކީއަށް އަހަންނަށް ކަމެއް ކޮށްދެންޏާ އަހަރެން ބުނާ ގޮތެއް ހަދާދީ.. މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި؟… އާހް..) އުނަގަނޑަށް އަރަމުން ދިޔަ ތަދަށް ކެތްނުވެގެން ޒޭބާއަށް ރޮވުނެވެ. ޒިބާންގެ ރޭވުން ތަޒްކިޔާއަށް ކިޔައިދިން އިރު ތަޒްކިޔާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ޒޭބާ މަޑުކުރުމެއް ނެތި ދުނިޔެއަށް ދިއުމަށް ދަތުރު ފެއްޓިއެވެ. ތަޒްކިޔާ އެހުރި ފިޔަވަޅުމަތީ ގުޑިލަންވެސް ނޭނގި ހުރީ ދެން ވެދާނެގޮތަކާ މެދު ހިތުގައި ބިރުވެރިކަން އަށަގަންނަން ފެށުމުންނެވެ.

ތަޒްކިޔާއާ ޒޭބާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ދުރުގައި ސަކޭރާ ހުއްޓެވެެ. ޒިބާން އެވާ ގުރުބާނީއަކީ ކިހާ ބޮޑު ގުުރުބާނީއެއްކަން ސަކޭރާއަށް ވިސްނުމުން ޒިބާނަށް އެހީވާން އޭނާ ބޭނުންވިއެވެ. އެނބުރި ގެއާ ދިމާއަށް ދާން ސަކޭރާ މިސްރާބު ޖެހީ އަވަސް ހައްލެއް ހޯދުމުގެ ބޭނުމަގައެވެ.

*** *** *** *** *** ***

“ކަލޭ މިއާއިލާއާ އަވަލީ ކޮން ހިސާބަކުން؟…ކަލޭ ބުނި ޟިރާރަށް ބަދަލެއް ހިފާށޭ އައީ… އެއީ ކޮން ބަދަލެއް…؟” އަލިބެގެ ސުވާލުތަކަށް ޒިބާން ޖަވާބެއް ނުދީ މަޑު ޖެހިލިއެވެ. މަންޝާއާ ދިމާއަށް ބަލާލުމަށްފަހު ޒިބާން ވާހަކަ ދައްކަން ފެށިއެވެ. އޭރުވެސް ޒިބާން އިނީ ދެކަކޫ ޖަހައިގެންނެވެ.

“އަަހަރެން ހުރިހާ ސުވާލަކަށް ޖަވާބު ދީފާނަން… މަންޝާ ދޫކޮށްލާ… މަންޝާ މިތަނުން ދުރަށް ގެންދޭ…” ޒިބާން ދައްކަމުން ދިޔަ ވާހަކަތައް އަޒީމަށާ ޟިރާރަށްވެސް އަޑުއިިވެއެވެ. ނަމަވެސް އެމީހުންނަކަށް ޒިބާނެއް ނުފެނުނެވެ.

“އަލިބޭ… އޭނަ ބުނާހެން ހަދަމާ.. އަދި ތިބުނާ އަނެއް ޖިންނިވެސް މިތަނަށް ނާދެވޭ އިރު އޭނާ ބުނާ ގޮތް ހެދުން ކަންނޭނގެ ބުއްދިވެރިވާނީ… އެހެންނޫނީ އޭނަގެ ފަރާތުން އެއްބާރުލުން ނުލިބިއްޖިއްޔާ މިކަން ކުރަން ވަރަށް އުނދަގޫވާނެ… އޭނާ ދޫކޮށްލަން ބުންޏަސް ދޫކުރާކަށް އަހަންނަކަށް ނުފެނޭ…” އަލިބެގެ ކަންފަތް ދޮށުގައި ޟިރާރު މިހެން ބުނުމުން އަލިބެ އެކަމަށް ބޯޖަހާލިއެވެ.

“މިހިރަ ކޮޓަރިއަށް މަންޝާ ވައްދާ… އެއަށްވުރެ ދުރަކަށް މަންޝާއެއް ނުގެންދެވޭނެ….” އަލިބެ މިހެން ބުނުމުން ޒިބާނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އޭރުވެސް މަންޝާ ދިޔައީ އޭނާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކަށް ކެތްނުކުރެވިގެން ތެޅި ފޮޅެމުންނެވެ. އަޒީމާ ޟީރާރާ އެކީ ކިޔަވަން ތިބި މީހުންގެ އެހީގައި މަންޝާ އޮތް އެނދުގައި ހިފާ އެ ކޮޓަރިއަށް އެނދު ވައްދަން އެމީހުން މަސައްކަތް ކުރިއެވެ.

“ނޫން ޒިބާން… މިތަނުން ދޭ.. އެމީހުން އެ އުޅެނީ ޒިބާން އަންދާލަން…” މަންޝާ ރޮމުން ވާހަކަ ދައްކަމުން ދިޔައީ މޮޔައެއް ހެނެވެ. އަޒީމްމެންގެ ނިޔަތް ރަނގަޅު ނޫންކަން މަންޝާއަށް އިނގެއެވެ.

ލިފްޓުކައިރީ ހުރި ދިހަ ފޫޓު ދިހަ ފޫޓުގެ ކޮޓަރި ތެރެއަށް މަންޝާ ވެއްދުމަށްފަހު އެމީހުން އެތަނުން ނުކުމެގެން ދިޔައެވެ. އެކޮޓަރިން އެންމެފަހު މީހަކަށް ނުކުތުމަށް ހިނގައިގަތީ ޟިރާރެވެ. ކޮޓަރިން ނުކުންނަމުން މަންޝާއާ ދިމާއަށް ޟިރާރު ބަލާލިއެވެ. އޭރު މަންޝާ އޮތީ ދާހިއްލާ ފޯވެފަކަން ޟިރާރަށް އެނގުނީ މަންޝާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އޭނާގެ މޫނުގައި ތަތްވެފައި ހުރުމުންނެވެ. ކޮޓަރީގައި ހުރި ފަންކާގެ ސްވިޗް ޟިރާރު ޖައްސާލީ މަންޝާގެ ހަށިގަނޑަށް ފިނިކަމެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެ ފަންކާ މަސައްކަތް ނުކުރާތީ ޟިރާރު ގާތްވެލީ އެކޮޓަރީގެ އެއް ފަރާތުގައިވާ ކުޑަދޮރު ހުޅުވާލާށެވެ. ކުޑަ ދޮރު ހުޅުވާލުމުން އެ ކޮޓަރި ތެރެއަށް ފިނި ވައިރޯޅިތައް ވައްދަން ފެށިއެވެ. ރޮއިރޮއި އޮތް މަންޝާއަށް ބަލަމުން ޟިރާރު އެ ކޮޓަރިން ނުކުމެ ދޮރުފަތް ލައްޕާލިއެވެ.

ޓެރަސްއަށް ނުކުތް ޟިރާރު ފެނުމުން އަޒީމް އަތް ހަނާ އަޅާލިއެވެ. އަޒީމް ގާތަށް ބޮޑު ފިޔަވަޅުތަކެއްގައި ހިނގާފައިގޮސް އައިސް ޟިރާރު ހުއްޓުނެވެ. “ޟިރާރުބެއަށް އެ ޖިންނިއަ ފެނެއި؟…” (ޟިރާރުބެއަށް އެ ޖިންނި ފެނޭތަ؟…)

އަޒީމް ސުވާލުކޮށްލި އިރު އޭނާގެ ކަޅި އަމާޒުވެފައިވަނީ ލޮނުން އަޅާފައިވާ ވަށް ބުރަށެވެ. ނޫނެކޭ ބުނަން ޟިރާރު ދެއަތަށް ބޯ ހޫރުވާލިއެވެ. “ކިއަންވީ އަފިރންނަށް އެއަ ނިފެނެނީ…” (ކީއްވެ އަހަރެމެންނަށް އޭނަ ނުފެންނަނީ…) އަޒީމް ހުރީ މަންޝާއާ އަވަލައިގެން އުޅޭ ޖިންނި ބަލާލަން ބޭނުންވެފައެވެ.

“އެވެރިން އަތި އެ ބާރޮ އޮންނަނެއި… އަފިރިންނަށް ފެނޭ ގޮތަށް އެވެރިން ފާޅޮވެނީ އެވެރިން ބޭނުންވެގޭ ހިނދަކި… އެވެރިން ބޭނުންވޭ ބާކިންގެ ލޯ މައްތައް އެވެރިން ފެނޭނެއި…” (އެމީހުންގެ އަތުގަ އެބާރު އޮންނާނީ.. އަހަރެމެންނަށް ފެންނަ ގޮތަށް އެމީހުން ފާޅުވާނީ އެމީހުން ބޭނުންވެއްޖެ ހިނދެއްގަ… އެމީހުން ބޭނުންވާ ބަޔެއްގެ ލޯމައްޗަށް އެމީހުން ފާޅުވާނީ…) ޟީރާރަށް އެކަން އެނގިފައިވަނީ ކުރިން ފަހަރު ހެދި ފަންޑިތައިގެ ސަބަބުންނެވެ. އެދެމިޙޫންނަށް އަލިބެ ކުރަންހުރި މަސައްކަތް ފެނުމުން އަވަސްވެގަތީ އަލިބެ ގާތަށެވެ. އެއްފަރާތެއްގައިވާ މޭޒުކައިރީ އަލިބެ ހުރީ ފޮތެއް ހުޅުވައިގެންނެވެ. އޭނާ ތުންތަޅުވަމުން ދިޔައިރު އޭނާ އެދަނީ ކޮންމެވެސް ކިޔެވެއްޔެއް ކިޔަވަމުންކަން އެނގުނެވެ. މޭޒުމަތީގައި ދުންދަނޑިތަކެއް ޖާހާފައި ހުރި އިރު ވަތުތައްޓެއްގައި ލޭ ޒާތުގެ އެއްޗެއްވެސް ހުއްޓެވެ.

“އަދިވެސް އޭނާއަށް މިތަނަށް ނާދެވިގެން އެއުޅެނީ.. އޭނާ މިތަނަށް ނައިސް މިކަމެއް ކާމިޔާބެއް ނުވާނެ….” އަލިބެ ބޯ ހާސްވާ ގޮތްވިއެވެ.

ވަށްބުރުތެރޭ އިށީނދެގެން އިން ޒިބާން ބަލާލީ ހަނދާދިމާއަށެވެ. ޒިބާންމެންގެ ރޭވުން ކާމިޔާބު ކުރެވޭނެހާ ވަގުތު އޮތުމުން ޒޭބާއަށް އޭނާ ގޮވާލިއެވެ. ޒިބާން ގެއަޑު އެއިން އެއްވެސް އިންސާނަކަށް ނީވޭނެހެންނެވެ. އެވަގުތު ޒިބާންގެ ލޮލުގައި އަޅައިގަތީ ދުރުން ފެންނަމުން ދިޔަ ނޫކުލައިގެ އަލިގުޅައެވެ.

*** *** *** *** *** ***

އެނދުމަތީ ދެއަތަށް ލަކިޖަހަމުން ދިޔަ މަންޝާގެ ބަނޑަށް ވަމުން ދިޔަތަދަށް ކެތްކުރެވޭ ވަރެއް ނޫނެވެ. ބަލަބަލާ ހުއްޓާ މަންޝާގެ ބަނޑު ފުއްޕަން ފަށައިފިއެވެ. އޭނާއަށް އޭނާ ވިހަން ގާތްވެއްޖެކަން ރޭކާލުމުން ދެލޮލުން ކަރުނަ ފޭބިއެވެ. ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. އެހެންއޮވެ ދެން ހަދާނެގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ. ހަތަރެސްފައި މޮހެވޭތޯ ލަކިޖަހާ ޖަހާ މަންޝާ ވަނީ ވަރުބަލިވެފައެވެ. ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއާ އެކީ ކުޑަދޮރުގައި ހަރުކޮށްފައިވާ ދޮރުފޮތިތައް ހެލިލިއެވެ. މަންޝާގެ މޫނު އަނބުރާލަމުން ކުޑަދޮރާ ދިމާއަށް ބަލާލީ ނޫކުލައިގެ ވިދުމެއް ކޮޓަރި ތެރެއަށް ފާޅު ވުމުންނެވެ.

ކޮޓަރި ތެރެއަށް ވަތް ނޫކުލައިގެ އަލިކޮޅު ހުއްޓުނީ މަންޝާ އައްސާފަ އޮތް އެނދު ކައިރިއަށެވެ. އެވަގުތު އެއަލިގުޅަ ބޮޑުވެ އެ އަލިކަމުގެ ތެރެއިން ޒޭބާގެ ސިފަ ފާޅުވިއެވެ. މަންޝާއަށް ޒޭބާ ފެނުނު ހަނދާން އެބަހުއްޓެވެ. ޒޭބާ އޭނާއަށް ހެދިގޮތް ޒިބާންވަނީ ކިޔައިދީފައެވެ. އެހެންކަމުން މަންޝާ ބިރުގަނެ ފަސްޖެހޭ ގޮތްވިއެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ޒޭބާ އިހާނެތިގޮތެއް ހަދާފާނެތީއެވެ.

މަންޝާ ސަލާމަތްކުރަން ޒޭބާ އަވަސް ވެގަތެވެ. މަންޝާގެ އަތުގައި އައްސާފައިވާ ވާތައް މޮހެލަން ޒޭބާ މަސައްކަތް ކުރިއެވެ. އެވާތަކުގައި ޒޭބާ އަތްލުމާއެކީ އޭނާގެ އަތަށް ހޫނުވެ ދުން އަަރަން ފެށުމުން ޒޭބާ އަތްފޮޅާލަމުން ދުރަށް ޖެހުނީ ޗޫސް ދަމަމުންނެވެ. ޒޭބާއާ ދިމާއަށް ކަޅިޖަހާނުލާ ބަލަން އޮތް މަންޝާގެ ލޮލުގައި އެވަގުތު އަޅައިގަތީ ޒޭބާގެ ބޮޑުވެފައިވާ ބަނޑެވެ. އަނެއްކާވެސް ޒޭބާ އެވާތަކުގައި ހިފާލިއެވެ. އަދި ގައިހުރިބާރެއްލާ ވާ ގަނޑުގައިހިފާ ދަމައިގަތެވެ. މަންޝާވެސް އެވަގުތު އެ އަަތަށް ބާރުލާ ދަމައިގަތެވެ. އެވާގަނޑުގައި ހިފަހައްޓާއިގެން ހުންނަތާ ގިނަ އިރުވުމުން ޒޭބާގެ އަތްތިލައަށް ކަޅުކުލަ އަަރަން ފެށިއެވެ.

ހުރިހާ ވާތަކެއް މޮހެވުމުން މަންޝާގެ ގައިމަތީގައި އަޅާފައިވާ ހުދު ފޮތިގަނޑު ނަގާ ޒޭބާ ދުރަށް ޖައްސާލިއެވެ. މަންޝާގެ ބޮޑު ބަނޑާ ދިމާއަށް ޒޭބާ ބަލާލަމުން މަންޝާގެ އަތުގައި ހިފަމުން ޒޭބާ ވާހަކަ ދެއްކިއެވެ. “މަންޝާ ހިނގާ ދާން… މަންޝާ ތިއުޅެނީ ވިހަން… އަހަރެން މިއައީ މަންޝާ ބޮޑުދައިތަ ކައިރިއަށް ގެންދަން…. ބިރު ނުގަންނާތީ އަހަރެން މަންޝާގެ އަތުގައި ހިފައިގެން ހުރިހާ ހިނދަކު މަންޝާއެއް ނުވެއްޓޭނެ…”

ޒޭބާ ބުނި ބަސްތަކުން މަންޝާގެ ހަނދާނަށް އައީ ޒިބާނާ އެކު ދައްކާފައިވާ ވާހަކަތަކެވެ. “ނޫން ޒޭބާ… އަހަރެމެން ދިޔުމަށް ވުރެ ޒިބާން ސަލާމަތްކުރުން ބުއްދިވެރިވާނީ.. އެމީހުން ޒިބާން އަންދާލާނެ…”މަންޝާއަށް ރޮވުނެވެ. އަޒީމްމެންގެ އަތްދަށުވެފައިވާ ޒިބާން އެތަނަށް ދޫކޮށްލާފައި ދާން މަންޝާ ބޭނުމެއް ނުވިއެވެ.

“ބޮޑަ ނުހާކާ ހިނގާ ދާން….” ޒޭބާ އިތުރު އެއްޗެކޭ ނުބުނެ މަންޝާގެ އަތުގައި ހިފާލިއެވެ. މަންޝާއަށް ތެދުވެ އެނދުމަތީ އިށީނދެވުނީ ޒޭބާގެ އެހީގައެވެ. މަންޝާ އަތުގައި ހިފާ ކުޑަދޮރާ ދިމާއަށް ދާން އެޅި ފިޔަވަޅު ހުއްޓުނީ ޒޭބާގެ ބަނޑަށް ވާންވެ ގަދަ ތަދެއް އިހްސާސް ވުމުންނެވެ. ވޭނީ އާހަކާއެކީ ޒޭބާ މަންޝާގެ އަތުން ދޫކޮށްލިއެވެ. އަދިއެއަށްފަހު މަންޝާ ގާތުގައި އެނާ ބުންޏެވެ. ” އެނދުގަ އިށީނދެގެން އިނދެ ފުންނޭވާ ލަމުންދޭ… މަންޝާ… އަހަރެންނަށް މަންޝާ ގޮވައިގެން ދެން ނުދެވޭނެ…”

މަންޝާ ގޮވައިގެން ދާން ކިތަންމެ މަސައްކަތެއް ކުރިއަސް ބޮޑުދައިތަ ކައިރިއަށް މަންޝާ ނުގެންދެވޭނެކަން ޒޭބާއަށް އެނގުނެވެ. މަންޝާ އޭރުވެސް ހުރީ ބިރެއް ފެނިފައި ހުރިހެންނެވެ. ޒޭބާ ބުނިހެން އެނދުގައި އިށީނދެގެން އިނދެ ޒޭބާއާ ދިމާއަށް މަންޝާ އޭނާ ބިންމައްޗަށް ތިރިވުމުންނެވެ.

ޒޭބާގެ ބަނޑުގައި ރިއްސާފައިވަނީ އިންތިހާއަށެވެ. އޭނާއަށް ދެން ކެތެއްނުކުރެވޭނެކަން އެނގުނެވެ. އިސްއުފުލާމުން ސީލިންގާ ދިމާއަށް ޒޭބާ ބަލާލިއެވެ. އޭރު ޒޭބާގެ ދެލޯވަނީ ނޫކުލައިން ދިއްލިފައެވެ. ދެލޯ ބޮޑުކޮށްގެން އިނދެ ޒޭބާ އަނގަ ހުޅުވާލިއެވެ. އޭރު އޭނާގެ ސިފައަށް ބަދަލުތައް އަންނަން ފަށައިފިއެވެ. މޫނުމައްޗާ ގައިގެ ހަންގަނޑުގައި ހުޅުނބުތައް ފަޅަންފެށިއެވެ. ބުޅި އިސްތަށިގަނޑުގެ ފޯލިތައް ވަޔާ އެކު ވިިހުރެމުން ދިޔައިރު އެ އިސްތަށިގަނޑު ބޯވައެއްގެ ފައިތަކެއްހެން ވިހުރިލަ ވިހުރިލަ ހުއްޓެވެ. މުޅިގަޔަށް ވަނީ އަޅިފާޑުގެ ކުލައެއް އަރާފައެވެ.

ހަތަރު މޮށްގަނޑު ޖަހައިގެން ހުރެ ޒޭބާ ދަތްކުނި ވިކާލިއެވެ.  ޒޭބާގެ ހަޅޭކުގެ އަޑާއެކީ އޭނާގެ ބުރަކަށިން ކަށިތަކެއް ނުކުތެވެ. އޭނާލައިގެން ހުރި ކަޅު ހެދުން ފޫ ދުއްވާލާފަ އެ ކަށިތައް ނުކުތް އިރު ޒޭބާ ދިޔައީ އުންކާރު ދެމުންނެވެ. އެ މަންޒަރު ބަލަން މަންޝާ އިނީ ގަބު ކައިފައެވެ. އޭނާގެ ހަމަ ލޮލުން އެމަންޒަރު ފެންނާތީ އޭނާ ބިރުގަތެވެ. ދުވަހަކުވެސް ނުފެންނަ ކަހަލަ ބިރުވެރި ސިފައަކަށް ޒޭބާ ހުރުމުން އޭނާ ހުރީ ހުއްޓުން އަރާފައެވެ.

ފެންތަކަކާ އެކީ ޒޭބާގެ ބަނޑުދަށަށް އެނާވިހެއި ކުއްޖާ ވެއްޓުނެވެ. އެކުއްޖާ އޮތީ ޒޭބާ ހުރިހެން އަޅިކުލައަކަށް ހުޅުނބު ފަޅާފައެވެ. އެ ކުއްޖާ ގެ ފޫޅުދަނޑީގައި ޒޭބާ ދަތްއަޅާ ބުރިކޮށްލުމަށްފަހު ފޫޅުގެ ކޮޅު ގޮށްޖަހާލިއެވެ. އެއަށް ފަހު އެކުއްޖާ އެއްފަރާތުގަ ބާއްވާފަ ޒޭބާ ތެދުވަން މަސައްކަތް ކުރަމުން މަންޝާއާ ދިމާއަށް ބަލާލިއެވެ. ބިރުން ވިރިފައި އިން މަންޝާއަށް ތެޅިގަނެވުނެވެ. “ނޫން.. ނޫން… އަހަރެންނަށް ގޮތެއް ނުހަދާތި.. އަހަރެން މަރާނުލާތި… ނޫން.. ދުރަށް ދޭ…”

ބިރުގެންފައި އިންވަރުން މަންޝާއަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ. އަދި ގައިގާ އަޅަމުން ދިިޔަ ވޭނުން މަންޝާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ޒޭބާ ކުރިއަށް ޖެހި މަންޝާއާ ގާތްވެލަމުން އޭނާގެ އަތުގައި ހިފާލިއެވެ. ޒޭބާގެ އަތުގައި ހުރި ލޮނދި ފާޑުގެ އެއްޗެތި މަންޝާގެ ގައިގާ ޖެހުމުން މަންޝާ ފަކުރުގަތެވެ. ނަމަވެސް އެއިން ކަމަކާ ވިސްނޭ ވަރަށް ވުރެއް މަންޗާ ވަނީ ވަރުބަލިވެފައެވެ.

“ޝްޝްޝް.. މަންޝާ އަހަރެން މިއައީ މަންޝާއަށް ގެއްލުމެއް ދޭކަށް ނޫން.. ޒިބާން ބުނެގެން އެހީވާން… މަންޝާ ވިހާ ވަގުތު ޖެހިފަ ތިހުރީ.. ފުންކޮށްނޭވާލަމުން ތަދަށް ހިފާ…” މަންޝާ ލައިގެން ހުރި ހަރުވާޅު ބާލަމުން ޒޭބާ ބުނެލިއެވެ. ކަކުލާ ހަމައަށް ހުރި ހެދުންކޮޅު ޒޭބާ މައްޗަށް އަރުވާލިއެވެ. ގައި ހުރި ބާރެއްލަމުން ބަނޑުގައި ރިހޭ ރިހުމާ އެކު މަންޝާ ތަދަށް ހިފާލިއެވެ.

މަންޝާއަށް އެހީވުމުގެ ގޮތުން މަންޝާގެ އަތުގައި ޒޭބާ ހިފާލިއެވެ. “އަދި ބާރަށް ހިފާލާ… މާ ގިނަ އިރެއް ނުވާނެ.. މަންޝާ… އަދި ތަންކޮޅެއް ބާރަށް…” އޭރުވެސް ޒޭބާހުރީ އެ ބިރުވެރި ސިފައިގައެވެ. މަންޝާ ވިއްސަން މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް މަންޝާގެ ހެޔަށް ގޮތްވެ ގައިން ވަރުދޫވާކަން ޒޭބާއަށް އެނގުނީ ޒޭބާގެ އަތުން މަންޝާ ދޫ ކޮށްލުމުންނެވެ.

“މަންޝާ… މަންޝާ… ލޯހުޅުވަބަލަ…” ޒޭބާ ދެބުރަކަށް މަންޝާއަށް ގޮވާލިއެވެ. މަންޝާ ދެލޯ ހުޅުވާލީ ވަރަށް ވަރުންނެވެ. ޒޭބާ ތަދަށް ހިފަން އެދުމުން ދެން ނުވާނޭ ބުނާ ފަދަ ގޮތަކަށް މަންޝާ ބޯހޫރުވާލިއެވެ.

“ޒޭބާ… އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ… އަހަރެންނަށް ދެން ނުވާނެ… މިކުއްޖާ ސަލާމަތްކޮށްދީ…” މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އަނގައިގަ އެއްވެސް ވަރެއްނެތެވެ. ކަރުތެރެ ހިކިފައިވުމުން މަންޗާ ކޮށިކެއްސުމެއް އެރިއެވެ. ޒޭބާއަށް ދެން ހަދަންވީ ގޮތް ހުސްވީ އެހިސާބުންނެވެ.

ޒިބާނަށް އޭނާ ވީ ވައުދު ފުއްދަން ޒޭބާ ބޭނުންވިއެވެ. އެންމެ ފަހުން ޒޭބާއަށް ފެނުނު އެންމެ މޮޅު ގޮތަށް އޭނާ ކަންތައް ކުރަން ނިންމިއެވެ. މަންޝާގެ އަތުގައި ހިފާލަމުން މަންޝާގެ މޫނަށް ޒޭބާ ބަލާލިއެވެ. މަންޝާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތްކަން ޒޭބާއަށް އެނގުނެވެ. މަންޝާގެ އެސްފިޔަތަކަށް ވަނީ ބަރުވެފައެވެ. ޒޭބާ ފުންނޭވާއެއް ލަމުން މަންޝާގެ އަތުގައި ޒޭބާ ހިފާލިއެވެ. މަންޝާގެ ހަށިގަނޑު ތެރެއަށް ފުރޭނިގެން ޒޭބާ ދިޔުމުން މަންޝާގެ ދެލޯ ނޫކުލައިން ދިއްލުނެވެ. ޒޭބާ އެތައް މަސައްކަތެއް ކުރަމުން ދިޔައީ މަންޝާގެ ހަށިގަނޑަށް ގެއްލުމެއް ނުދީ މަންޝާގެ ބަނޑުގައިވާ ދަރިފުޅު ސަލާމަތް ކޮށްދެވޭތޯއެވެ. މިހާރު މަންޝާގެ ހަށިގަނޑުގައި އެ ހިނގަނީ ޒޭބާގެ ބާރެވެ.

އެނދުގައި އޮށޯންނަމުން މަންޝާގެ ދެފައި ދުރުކޮށްލިއެވެ. އެނދުގެ އަރިމަތީގައިވާ ދަނގަނޑުގަނޑުގައި ހިފާ ބާރުކޮށްލަމުން މަންޝާ ތިރީ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލިއެވެ. ގަޔަށް ލެވުނު ބާރެއްލާ ވިހަން ތަދަށް ހިފާލިއެވެ. ރިހުން ކުޑަވަމުން ދާތީ ޒޭބާ އުންކާރު ދެމުން އައީ ވަރަށް އުނދަގުލުންނެވެ. މާ ގިނަ ވަގުތެއް އެކަމަކަށް ނުނެގިއެވެ. މަންޝާ އޮތް އެނދުމައްޗަށް ކުޑަ ކުއްޖާ ވިހެއުމާ އެކީ ޒޭބާ މަންޝާގެ ހަށިގަނޑު ތެރެއިން ނުކުތެވެ. މަންޝާ ވިހެއީ އަންހެން ކުއްޖެކެވެ. އެކުއްޖާ އޮތީ އިންސާނެއްގެ ސިފައިގައި ވިޔަސް ބުރަކަށީގައި އާދަޔާ ޚިލާފަށް ގިނައިން ކެހެރި ހުއްޓެވެ. އެކުއްޖާ ނަގާ އުރާލަމުން ޒޭބާ އެތުއްތު ކުއްޖާގެ ނިތްކުރިއަށް ބޮސްދިނެވެ. އޭރު ޒޭބާގެ ލޯކަރުނުން ފުރުނެވެ.

ތަޅުން މަތީ އޮތް ޒޭބާގެ ދަރިވެސް އުރާލިއެވެ. ދެކުދިން ގައިގަ ބައްދާލުމަށްފަހު މަންޝާ ގާތުގައި އެދެކުދިން ބާއްވާ ލިއެވެ. ޒޭބާ މިހާރު ހުރީ އޭނާގެ ރީތި ސިފައިގައެވެ. މަންޝާގެ ބޮލުގައި ފިރުމާލަމުން ޒޭބާ ވާހަކަ ދެއްކިއެވެ. “މަންޝާ.. އަހަރެން މިދަނީ ޒިބާން ސަލާމަތް ކުރަން… ޒިބާނަށް އެއްވެސް ދެރަގޮތެއް ނުވާނެ….” ޒޭބާ ދައްކަމުން ދިޔަ ވާހަކަ މަންޝާއަށް ސާފެއް ނުވެއެވެ. އޭނާގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު މުޅިންފުސްވެ އެކީ ލޯމެރުނެވެ.

މަންޝާގެ ކައިރީގައި ތިބި ދެކުދިންގެ ފޫޅުދަނޑިކަނޑާ ރީތިކޮށްފައިވާކަން މަންޝާއަށް އެނގުނެވެ. އެކުދިންނާ ދިމާއަށް މަންޝާ ބަލާލިއެވެ. ދެކުދިން ވެސް ތިބީ ނިދާފައެވެ. މަންޝާ އެ ދެކުދިންގެ ގައިގާ ފިރުމާލުމަށްފަހު ތެދުވިއެވެ. އޭރު މަންޝާ އޮތް އެނދުގައިވަނީ ހުސް ލެއެވެ. މަންޝާ ބިންމައްޗަށް ބަލާލީ އޭނާ ލައިގެން ހުރި ހަރުވާޅު ހޯދާށެވެ. މަޑުމަޑުން އެނދުން ފޭބުމަށްފަހު މަންޝާ އޭނާގެ ހަރުވާޅު ލިއެވެ. ކުދިންނާ ދިމާއަށް މަންޝާ އެނބުރިލީ ކުދިން އަޑުއަޑު ލައްވާތީއެވެ. އެކުދިން އޭރު އެ އެނދަކު ނެތެވެ. އެކުދިން އޭރު ތިބީ އުޑަކު ބިމަކު ނުޖެހިއެވެ. ހީވަނީ މީހަކު އެކުދިން އުރާލައިގެން ހުރިހެނެވެ.

މަންޝާ ކުރިިއަށް ފިޔަވަޅު އަޅަމުން ވާހަކަދެއްކިއެވެ. “މަގޭ ދަރި…..” އެހިސާބުން އެ ދެކުދިން ކުޑަދޮރާ ދިމާއަށް ދިޔައެވެ. ހީވަނީ މީަހކު އެކުދިންތައް ގެނދަނީ ހެންނެވެ. މަންޝާގެ ހަށިގަނޑުގައި މާ ބޮޑުވަރެއް ނެތުމުން ކުޑަދޮރާހަމައަށް އަވަހަކަށް ނުދެވުނެވެ. މަންޝާ އެހިސާބަށް ދާން ވާ އިރަށް އެ ދެކުދިން ވައިގެތެރެއިން ވިލާތަކާ ދިމާއަށް ދަތުރު ފެއްޓިއެވެ.

“ނޫން…. މަގޭ ދަރިފުޅު…. ނުގެންދޭ…. މަގޭ ދަރިފުޅު ގެނެސްދީ….” މަންޝާ ރޮއެ އާދޭސްކުރަމުން ދިޔަ ނަމަވެސް އެކުދިންތައް ދިޔައީ ދުރަށެވެ. އެކުދިންގޮސް ލޮލުކޮޅަށް ގެއްލުނު ދިމާާއަށް ބަލަހައްޓައިގެން މަންޝާ ހުރިއިރު އޭނާއަށް ރޮވެނީއެވެ. ކުޑަދޮރު ކައިރިން ބިންމައްޗަށް ތިރިވެ ރޮމުން ދިޔައިރު މަންޝާގެ ގައިގާ މާ ބޮޑު ވަރެއް ނެތެވެ. ތެދުވަން މަސައްކަތް ކުރަން އުޅުނު ނަމަވެސް ތެދުވެވޭ ވަރެއްވެސް ނެތެވެ. ބިންމަތީ ކޭތެމުން އެކޮޓަރީގެ އަނެއް ބިތުގައި ހުރި ދޮރާ ދިމާއަށް މަންޝާ ފިރުކިގަތީ ޒިބާނަށް ގޮވަމުންނެވެ. ދޮރާ ހަމައަށް ދެވުމުން މަންޝާ އެ ދޮރުގެ ތަޅުގައި ހިފާލިއެވެ. ނަމަވެސް އެދޮރުވަނީ ބޭރުން ތަޅުލާފައެވެ.

ދޮރުގައި ލައްވަމުން މަންޝާ ރޯން ފެށިއެވެ. “ޒިބާން އަހަރެމެންގެ ދަރިފުޅު އެ ގެންދިޔައީ… އަޅެ ނޫން…. އަޒީމް އޭނާ ދޫކޮށްލާ….”  

*** *** *** *** *** ***

އަލިބެ ހުރީ އޭނާގެ މަސައްކަތްތަކުގައި ގެންގުޅޭ ޖިންނި އެތަނަށް ނައިސްގެން ކަންބޮޑުވެފައެވެ. އެ ދަނޑިވަޅުގައި މަންޝާ އޮތް ކޮޓަރި ދޮރު ކައިރިން އައި ޒޭބާ ފެނުމުން ޒިބާންގެ ދެލޯ ބޮޑުވިއެވެ. ޒިބާން ބުނިގޮތް ނޫން ގޮތަކަށް ޒޭބާ ކަންތައް ކުރަން އުޅޭކަން ޒިބާނަށް އެނގުނެވެ. “އެބޭ މިތަނުން އެބޭ….” (ދޭ މިތަނުން ދޭ….) ޒިބާން ވާހަކަ ދެއްކީ ޒޭބާއަށް އިވޭނެ ވަރަށެވެ. އެދެމީހުން ދައްކާ ވާހަކަ އެތަނުގައި ތިބި އިންސާނުންނަކަށް އަޑެއް ނީވެއެވެ.

“ޒިބާން… އަވަ ޒިބާޏް ސަލާމަށް ކޮށްދޭށުން… މަކަށް އެކުދިންނާއި މަންޝާއި ގިނެވޭގޮތަށް ނިވި…” (ޒިބާން.. އަހަރެން ޒިބާން ސަލާމަތްކޮށްދޭނަން.. އަހަންނަށް އެކުދިންނާ މަންޝާ ގެންދެވޭގޮތެއް ނުވި…) ޒޭބާ ވާހަކަ ދައްކަމުން އައިސް ހުއްޓުނީ ޟިރާރު ކުރިމައްޗަށެވެ. އެވަގުތު އެތާ ތިބި އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވީ އޭނާގެ އަތުގައި އޮތް އަނގޮއްޓި ނަގާ ޒިބާނާ ދިމާއަށް ހޫރާލުމުންނެވެ.

“ނުން… ޒޭބާ ކެހނަކަށް ތެހެދީ؟…” (ނޫން… ޒޭބާ ތިހެދީ ކިހިނެއް؟…) ޒިބާން އަނގިއްޓީގައި ހިފަމުން ބުނެލިއެވެ. ޒޭބާ މިކަމުގެ ތެރޭގައި ނިމިގެން ދާން ބޭނުން ނުވާތީ ޒިބާން އެހިސާބަށް އައިސް އެކުރި މަސައްކަތްވެސް ފެނަށް ދިޔައީއެވެ.

“ޒިބާން… މަށް ވީ ވައުދު ހަނދާން ބަހައްޓާހެތި؟… މަށް ކެރެވެނެ ކުށް ރަނގަޅަކެރާ މި މަސައްކައް ކެރަނނީ…” (ޒިބާން.. އަހަރެންނަށް ވީ ވައުދު ހަނދާން ބަހައްޓާތި؟… އަހަރެންނަށް ކުރެވުނު ކުށް ރަނގަޅުކުރަން މި މަސައްކަތް ކުރަނީ….) މިހެން ބުނެ ޒޭބާ މަސައްކަތް ކުރީ ޟިރާރުމެންނާ ކުރިމަތިލާށެވެ.

އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވުމުން އެންމެން ހައިރާންވެފައި ބަލަން ތިއްބެވެ. މިވަނީ ކިހިނެއްކަމެއް އަލިބެއަކަށް ނޭނގުނެވެ.  ޟިރާރުވެސް ހުރީ އަންތަރީސް ވެފައެވެ. އަޒީމް ޒޭބާއަށް ގޮވާލަން އަނގަހުޅުވާލި ވަގުތު ޟިރާރު ވާހަކަ ދެއްކުމުން އަޒީމް ހުއްޓުން އެރިއެވެ. “ކައޭޝާ… ކައޭޝާ ކެހެނަކަށް ދުނިޔެ ތެ ހެށީ… އަވަ ތަ ނައްތަލިން…” (ކައޭޝާ… ކައޭޝާ ކިހިނެއް ދުނިޔޭގަ ތިހުރީ… އަހަރެން ކަލޭ ނައްތާލިން….)

“ކައޭޝާއޭ… އެއީ ކައޭޝާއެއް ނުން… އެއީ ޒޭބާ… ޒޭބާއަސް ތޭ ޖިންނިއަކީ؟…” (ކައޭޝާއޭ… އެއީ ކައޭޝާއެއް ނޫން.. އެއީ ޒޭބާ…. ޒޭބާވެސް ތީ ޖިންނިއެއްތަ؟…) އަޒީމްގެ ޖުމްލަ އަޑުއިވިފައި ޟިރާރު ހުރީ ވާނުވާ ނޭނގިފައެވެ. ޟިރާރަށް އެއީ ކައޭޝާ ކަން ޔަގީނެވެ. އަޑު ބާރުކޮށް ޒޭބާ ހިނިގަނޑެއް ޖަހާލިއެވެ. ވާނުވާ ނޭނގިފައި އެންމެން އެމަންޒަރު ބަލަން ތިއްބެވެ. ޟިރާރަށް އޭނާގެ މާޒީ ސިފަވި ކަހަލައެވެ. އެއީ ހަމަ އެ މޫނެވެ. ވަލުތެރެއިން ފެނިގެން ޟިރާރުގެ ހިިތް މޮޔަކޮށްލި ޒުވާނާއެވެ.

(ނުނިމޭ….)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ލޯބިވަން ޔާރާ އޭ 10

Next

ތި ލޯބި އެދިގެން.. 4

Next
October 6, 2016

ތި ލޯބި އެދިގެން.. 4

Previews
October 6, 2016

ލޯބިވަން ޔާރާ އޭ 10

62 Comments!

  1. aff says:
    October 6, 2016 at 10:19 pm

    baavahnna e ee kn adhadheh .. alhe knmes kuhjaku bunela dheebr ..

    1. Shax Lyn says:
      October 6, 2016 at 10:25 pm

      52

  2. Elvi says:
    October 6, 2016 at 10:25 pm

    M 1st oaaaaa…v niceee ?

  3. nanna says:
    October 6, 2016 at 10:26 pm

    This part is so exciting omg neivaa hifahahtaalaigen hurevuny!

  4. Sam says:
    October 6, 2016 at 10:28 pm

    Kutgah vna part in nimeni??

  5. . says:
    October 6, 2016 at 10:32 pm

    There is a mistake… mansha was the who developed feelings for ziban way before azeem knew zeyba.
    So in a way mansha betrayed him first

  6. Imsha says:
    October 6, 2016 at 10:32 pm

    ❤ this… Baaky othy enme chapter eh dhw ?

  7. Same says:
    October 6, 2016 at 10:45 pm

    Mee 52 vana episode eh noontha? Anyway story is awsonme..

  8. Same says:
    October 6, 2016 at 10:46 pm

    Mee 52 vana episode eh noontha? Anyway story is awsome..

  9. Black beauty says:
    October 6, 2016 at 10:47 pm

    Fahu baey buni mee ekam nunimey adhi

  10. wish says:
    October 6, 2016 at 10:49 pm

    baavanna akee 52

  11. Swwt says:
    October 6, 2016 at 11:03 pm

    Ehen veema azim ves mansha dheke loaibe nuve ehnu.zibaan a dhera e nudheh chey.manshaa azim a nudhey thi

  12. Fathun says:
    October 6, 2016 at 11:03 pm

    Now.azym goskolytha
    Thi.kada dhn
    Not fair. Anyways mansha v.gos. eyna furathama beyvafatheri vy. Ehn nunas ruhi ge kushe nethi e hadhaali goi. Lhiraar adhi kame kuriyas nujehey dho ehn hadhaka. Azeem gos kolyma kada dhm.miha dhuvahu azym ge character ky iru he was the best. Plus now its difficult for us to beleav dat he hates mansha. Aneka mansha preg vyma.he refused to be with zeyba dho

  13. Fathun says:
    October 6, 2016 at 11:03 pm

    Now.azym goskolytha
    Thi.kada dhn
    Not fair. Anyways mansha v.gos. eyna furathama beyvafatheri vy. Ehn nunas ruhi ge kushe nethi e hadhaali goi. Lhiraar adhi kame kuriyas nujehey dho ehn hadhaka. Azeem gos kolyma kada dhm.miha dhuvahu azym ge character ky iru he was the best. Plus now its difficult for us to beleav dat he hates mansha. Aneka mansha preg vyma.he refused to be with zeyba dho

    1. paatey says:
      October 7, 2016 at 12:13 am

      annekaa ibzeema azeem ah eche kaan dhineetha ehaa mansha dheke rulhi e annany.. salhi igey mihaaru mi vaa goi

  14. Fathun says:
    October 6, 2016 at 11:03 pm

    Now.azym goskolytha
    Thi.kada dhn
    Not fair. Anyways mansha v.gos. eyna furathama beyvafatheri vy. Ehn nunas ruhi ge kushe nethi e hadhaali goi. Lhiraar adhi kame kuriyas nujehey dho ehn hadhaka. Azeem gos kolyma kada dhm.miha dhuvahu azym ge character ky iru he was the best. Plus now its difficult for us to beleav dat he hates mansha. Aneka mansha preg vyma.he refused to be with zeyba dho

  15. Fathun says:
    October 6, 2016 at 11:03 pm

    Now.azym goskolytha
    Thi.kada dhn
    Not fair. Anyways mansha v.gos. eyna furathama beyvafatheri vy. Ehn nunas ruhi ge kushe nethi e hadhaali goi. Lhiraar adhi kame kuriyas nujehey dho ehn hadhaka. Azeem gos kolyma kada dhm.miha dhuvahu azym ge character ky iru he was the best. Plus now its difficult for us to beleav dat he hates mansha. Aneka mansha preg vyma.he refused to be with zeyba dho

  16. mann says:
    October 6, 2016 at 11:12 pm

    hithahves eri azeem ei hama rundiekey…. ehen eveee… hahaha. liraarakeeves ragalhumeeheh noon… next episode in engidhaanethaa vaagoiy… vaahaka hama superb…

  17. Azuna says:
    October 6, 2016 at 11:13 pm

    Nice

  18. Neee says:
    October 6, 2016 at 11:17 pm

    Ehen veemaa azim ves mansa dheke nuvey dhw loaibe.azim a manshaa nudhey thi.mansaa ge dharin thah gen dhiyaa kaaku baa

  19. Anonymous says:
    October 6, 2016 at 11:34 pm

    how come zeyba is kaeysha

  20. Dtom says:
    October 6, 2016 at 11:38 pm

    Mihaaru thihedhi goeh varah foohi……….jinni akaa insaanakaa keekurantha gulhuvany……..nimun varah varah kada vaane kamah feney………?

    1. Lovely girl says:
      October 7, 2016 at 8:38 am

      This is a story in stories ending should be like that
      Dhen thi bunii azeem aa mansha ah eh tha

    2. Anonymous says:
      October 7, 2016 at 10:10 am

      yeah dhw.. ma ves beynumy mansha and azeem ge love life hama

    3. someone says:
      October 9, 2016 at 2:19 pm

      story eh viyas islam dheenah fushoo araa gothakah liyevigen nuvaane. ehen noonas miee hiyaalee vaahakaehnu

  21. Rose says:
    October 6, 2016 at 11:56 pm

    Jini akaa insaana kaa gulhivaane kame neiy.ekam azim a manshaa nudhey thi.aslu zibaan hunaanenu mansaa a

    1. Lovely girl says:
      October 10, 2016 at 5:13 pm

      Asluga mikahala kameh vaanama even I wouldnt support ekamu this is a story
      I think sad ending like vaa miihun hen ehen liyefa ehuree
      Zibaan ah mansha nulibuneema eh vaanee sad ending akah nu and I dont like sad ending thats why I am saying this

  22. Grl says:
    October 7, 2016 at 12:01 am

    Mee hiyaalhee vaahaka e hagee gathe noon.ehen veema mansha a ziban lhibuneemaa vaki keetha.ziban ge dhariye mansaa ge e othee ves.

  23. Keen says:
    October 7, 2016 at 12:02 am

    Esfiya meenee goru boifatha .comment kuraan ulhe ulhe nukure vun.mi ves balaa e

    1. keen ge amaa says:
      October 7, 2016 at 2:25 pm

      ma hama hee hee balivehje mi comment kiyaafa….saabas

  24. Mar Sha Marsha says:
    October 7, 2016 at 12:13 am

    V rythi… asluves azeem goas tha?? Kaeysha aky zeyba ge mom n they look the same dho??? Aneh bai vv kiyaa hiy vey eba… keiytheri kameh nethi monday ge inthizaaruga…

  25. bella says:
    October 7, 2016 at 12:16 am

    kaesha mee new caractr e tha… waitting to know who she is … nice this part ves

  26. kokaa says:
    October 7, 2016 at 1:06 am

    Woww…vv salhi…avahah next part genesdhehchey shaz… ???

  27. zeybaa says:
    October 7, 2016 at 2:56 am

    hii guys.. I’m back.. comment nukureveythy vvvv vai vefa hutta at last…. alhey shaaz ma maraa nulahchey. hurihaa nubai kameh dhoo kollaafa islaahu vaanan. hehee…….. any ways story is awesome. I love it. keep it up

  28. Baby says:
    October 7, 2016 at 3:32 am

    This is the best story i have read so far. I love it. Keep it up dear.

  29. JJ says:
    October 7, 2016 at 8:26 am

    Kurin part ehga buni jinni ah geyah nuwadhey waahaka, approval nulibenee hen.. ekam miadhu part ga zeyba ah aiss manshaaa kairi ah wadhe wijje.. not good

  30. JJ says:
    October 7, 2016 at 8:27 am

    52 episodes eyy kurin buni ihnanee ..total kihaa wareh tha ihnanee ?

  31. ken? says:
    October 7, 2016 at 8:33 am

    kaeshaa akee ziban menge mom dhw…mi part v v interesting…shax bunin dhw 52 episodes ey innaanee…55 hama kohlaathi..xiraaruge maazee kurugothakah genessa ingey…???

  32. Azee says:
    October 7, 2016 at 10:47 am

    V foohi mihaaru azeem kuhverivaa gothah vaahaka kuriyahgendhaathy. Dhariyaku nulibunas kihaa loabin azeem manshaa aa eky ulhuni. Manshaa zibaan aa eky evahtharah ulheytha kihaa dhuvaheh fahuntha azeem aa zeyba dhimaa veeves. Manshaa ge sababun azeem kairiyah a zeybaa aeeves

  33. Zeev says:
    October 7, 2016 at 12:19 pm

    Mansha and azeem both cheated on each other. So rangalhu gothakee dhen emeehunge relationship end kollun. Mansha and ziban gulhuneema reethi vaanee.

    1. huhh says:
      October 7, 2016 at 1:50 pm

      U r right,

  34. sad says:
    October 7, 2016 at 4:46 pm

    Ekyhve tha mi bai nufennany..nukiyey ehnve.. Vrh dhera

  35. Khajja says:
    October 7, 2016 at 5:35 pm

    Wow v interestin v furihama keep it up

  36. ExGirlFriend says:
    October 8, 2016 at 3:02 am

    liraaru badi kan. mansha aslu furathama beywafa vee. azeem ves vaki rangalheh noon. but now beynumee ziban and mansha gulhen. not azeem. azeem can die

  37. ExGirlFriend says:
    October 8, 2016 at 3:02 am

    liraaru badi kan. mansha aslu furathama beywafa vee. azeem ves vaki rangalheh noon. but now beynumee ziban and mansha gulhen. not azeem. azeem can die

  38. ulya says:
    October 8, 2016 at 8:55 am

    The second best story ive ever read ??…. its really awsome ❤❤❤

  39. raf says:
    October 9, 2016 at 3:41 pm

    mi vaahaka v habeys kandhufen vaahaka v sali mamee dh kudahuvadhoo mihekey..

  40. nannna says:
    October 10, 2016 at 7:43 am

    Alhe waiting for the next part restlessly! Avahah up kohdhehcheii ?

  41. leen says:
    October 10, 2016 at 4:37 pm

    Alhe kon irakun next part?? Dhen innaany emme fahu bai dho

  42. zuu says:
    October 10, 2016 at 4:39 pm

    Mi vaahaka nimeithy varah dhera vey

  43. Champa says:
    October 10, 2016 at 7:24 pm

    Azeem goas kolli goiy varah hama nujehey.

  44. kiki says:
    October 10, 2016 at 8:20 pm

    Kobaaa adhi nuveytha up kuran kiyaahiythun miulhenii?

  45. raaz says:
    October 10, 2016 at 10:30 pm

    up kohba alhe avahah

  46. jana says:
    October 10, 2016 at 11:17 pm

    Mirei nidhei vareh ves noon hama kiyaahithun next part. Avahah up kohdheeba alhe. Last part v ma tha las vany

  47. Anonymous says:
    October 10, 2016 at 11:21 pm

    Kobaatha next part.. Adhivess 10 nujahaneetha.. Noonee miadhu dhen up nuvaanee tha.

  48. secrets says:
    October 10, 2016 at 11:23 pm

    Inthizaaru ga. ..????

  49. Saami says:
    October 10, 2016 at 11:26 pm

    When it come to professionalism there should be no excuses.

  50. Hi says:
    October 10, 2016 at 11:29 pm

    Avahah upkoh dheeba plx

  51. Hudy says:
    October 11, 2016 at 12:01 am

    Shaxooooooooooooooooooo……???inthixaaru kolhun lani mioiy

  52. Hudy says:
    October 11, 2016 at 12:01 am

    Shaxooooooooooooooooooo……???inthixaaru kolhun lani mioiy

  53. MM says:
    October 11, 2016 at 12:55 am

    Alhe mondayves mioh nimuny. Adhivx neh

  54. ayesha says:
    March 16, 2018 at 1:20 pm

    Kyvve tha mi part nukiyeny faadeh ge akuru thakeh araafa hunnany

Comments are closed.

Next Episodeމަންޝާ (53 – ފަހުބައި)←


All Right Reserved!