ހުދު މުސަޅު

ވަޅުތެރެއަށް ދާނި ގަންބައިލުމާއެކު ފެންކޮޅެއްގައި ނުޖެހިގޮސް ދާނި ޖެހުނީ ވަޅުގެ އެންމެ ފުލުގައެވެ. ވަޅުން ފެންހުސްވުމުން ހަސީނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. “ވަޅުން ފެން ހުސްވެދާނެބާ؟!؟!” ރެއަކީ ކަޅުފޮއި ރެއެކެވެ. އުޑުމަތީގައި ހަނދެއް ނެތެވެ. އުޑުމަތިން ފެންނަނީ ވިދާ ބަބުޅާ ތަރިތަކެވެ. އެއް އަރިމަތީގައި ހުރި ބިޔަ ބަނބުކެޔޮ ގަހުން ހީވަނީ ބިރުވެރި ސިފަތަކެއް ދައްކުވައިދޭހެނެވެ.
ވަޅުތެރެ އަނދިރިކަމުން ވަޅުން އެއްޗެއް ނުފެނެއެވެ. ހަސީނާ ދެން ދިޔައީ ގިފިލީ ދޮރުގައި އަޅުވާފައިހުރި ބައްތިބަލައެވެ. ބަތިއާއި ކައިރިވުމުން ބައްތީގެ ރީނދޫ އަލިކަން ހަސީނާގެ ތުނި އޮމާން ހަށިގަނޑަށް އެޅުމުން އޭނާ ހުރީ އެއްވެސް ފޭރާނެއް ނެތިކަން ހާމަވިއެވެ. ފާރުމަތިން މީހަކު ބަލާލިހެން ހީވިއެވެ. ފާރާއި ދިމާލަށް ކުއްލިއަކަށް ބައްތި ދިއްކޮށްލިއެވެ. އެހެން ނަމަވެސް ފާރުމަތިން އެއްވެސް މީހެއްގެ ހިނލަބެއް ނުވެއެވެ. ވަޅުތެރެއަށް ހަސީނާ ގުދުވިއެވެ. ބައްތިން އަލިކޮށްލިއެވެ. ވަޅުގައި ފެން އެބަހުއްޓެވެ.
“އެހެންވީއިރު ދާނި ގޮސް އެޖެހުނީ ކޯއްޗެއްގަބާ؟” އެހެން ނަމަވެސް ގިނަ ވަގުތުތަކެއް ވަންދެން މަސް ކަށްކަން ބަދިގެތެރޭގައި އުޅުމުން ގައިން ދުވަނީ ފިއްލޯ ވަހެވެ. ލޯބިވާ ހަސަންފުޅާއެކު މިރޭ ނިދަން އޮށޯންނައިރު ގައިން ފިއްލޯވަސް ދުވެދާނެތީ ކޮންމެހެންވެސް ފެންވަރަން މަޖުބޫރެވެ.
ހިއްވަރުކޮށްފައި އަނެއްކާވެސް ވަޅުތެރެއަށް ދާނި ކޮށްޕައިލިއެވެ. މިފަހަރު ހަސީނާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މަޑުއެއްޗެއްގައި ދާނިޖެހޭކަމުގެ އިހުސާސެވެ. އަނެއްކާވެސް ބައްތި ގެނެސް ވަޅުތެރެއަށް އަލިކޮށްލިއެވެ. ވަޅުތެރޭގައި މިފަހަރު އެއްޗެއް އެބައޮތެވެ.ހަސީނާއަތުގައި އޮތް ފުޅި ބައްތި ގޮސް ވެއްޓުނީ ވަޅަށެވެ. ވަޅުތެރެއަށް ޖެހުމާއެކު ބައްތީގައި ހުރި ސާފުތެޔޮތައް ވަޅަށް ފައިބައިގެންގޮސް ވަޅުތެރޭގައި ހުޅު ހިފިއެވެ. ހަސީނާ ގަތީ އަމަށަކު ބިރެއް ނޫނެވެ.
“އަލިފާނޯ.. އަލިފާނޯ.. އަލިފާނޯ… ހަސަންފުފުފު..” ހަސަން ފުޅަށް ގޮވަން އުޅެފައި އަނގައިން ރަނގަޅަށް ބަހެއް ނުނިކުންނަނީސް ހަސީނާ ގޮތް ހުސްވެގެން ދޮރުމައްޗަށް ވެއްޓިއްޖެއެވެ.
ގަތްބިރުން އަހުރެން ދުވެފިލީ ވީގޮތެއްވެސް ނުމެބެލ،ީ
ގަސްތުގައި މީހަކުމިދިން ލޮޓިއަކުން އަހުރެން މިހަރަ ގޮސް ހުސްވަނީ.
އ.ގ.އ
![]()
ހަސަންފުޅު ދިޔައީ އޭނާގެ ކުޑަ ބައްތެލީގައި އޭނާގެ އުފަންރަށް ވިލުކަނޑުދޫ ކައިރީގައި ދުއްވަމުންނެވެ. ވަދާއަޅާމުގެ މަސައްކަތަށް އާންމުކޮށް މުހައްމަދު މިހާރު ނުކުންނަނީ އެކަންޏެވެ. ކުރިން އޭނާ މަހަށް ގޮސްފައި އައުމުން މަސްކެއްކުމަށް ހަސީނާ އުޅުނު ނަމަވެސް މިހާރު އެ މަސައްކަތުގައި އުޅެވޭ ވަރަށްވުރެ ހަސީނާގެ ހާލު ދެރައެވެ. އޭނާ ވަނީ ދުނިޔެއިން މޮޔަވެފައެވެ.މަވ މަހަށް ގޮސްގެން ކުރިން ހަސަންފުޅަށް ވަރަށް ބައިވަރު ލާރި ލިބެއެވެ. އެހެނަމަވެސް މިހާރު އޭނާއަކީ ފަގީރެކެވެ. އޭނާގެ ހުރިހާ ހުވަފެންތައް ފުނޑުފުނޑުވެގެން ދިޔައީ އެއްރޭ ހަސީނާ ގިފިލީގައި ހުއްޓައި ދިމާވި ހާދިސާއަކުންނެވެ. ދޯނި ދުއްވަމުން ދިޔައިރު ހަސަންފުޅުގެ ހިތުގައި ދިޔައީ މިކަހަލަ ހިޔާލުތަކެއް ދައުރުވަމުންނެވެ. ކުއްލިއަކަށް ކަންވާރާށް ވާންވެއްޖެއެވެ. އެއްފައިން ހުންގާނުގައި ހިފައްޓައިގެން ހުރެ ދެއަތުން ހުށިޔާރު ކަމާއެކު އޭނާ ކަންވާރު ނަގަން ފެށިއެވެ. މިއީ އޭނާ މަސްވެރިކަމުގައި އުޅުނުއިރު ދަސްވެފައިވާ ހުނަރެކެވެ. ބޭނުނީ ބޮޑު މުޑަހަންޖެކެވެ. މިއީ މިއަދު ބޭނުނު ތިންވަނަ ހަންޖެވެ. ހަސީނާގެ ހަށިގަނޑަށް ވަދެފައިވަނީ “ރޫހާނީ” ބާރެއްކަމަށް އެރަށުމީހުން ގަބޫލުކުރެއެވެ. އެހެނަސް ހަސަންފުޅު އެވާހަކަތައް ގަބޫލެއް ނުކުރެއެވެ. ހަސަންފުޅުށް އަދިވެސް އެއީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. ހަސީނާގެ މޫނު ކަފުންކުރާތަން ދެކޭކަށް ހަސަންފުޅު ބޭނުމެއް ނެވެއެވެ. އަދި ކުދިން ނުކެއުމުން ހަސީނާ ކާރިއަށް ގެންދާނެކަމަށް ބުނެ މީހުން ކުދިންނަށް ބިރު ދައްކައެވެ. އެެެރަށުގެ ތެރޭގައި ހަސީނާ ވެފައިވަނީ ފުރޭތައަކަށެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ.
ގިފިލިތެރެއިން ހަސީނާއަށް ދިމާވި ހާދިސާއަށްފަހު އޭނާ މޮޔަވެގެން ދިހަ ބާރަ ފިރިހެނުންނަށްވެސް ހަސީނާ މައިތިރިއެއް ނުކުރެވެއެވެ. ހަސީނާ ކޮންޓްރޯލް ކުރެވޭ ހަމައެކަނި ގޮތަކީ ވަޅުގައި އަލިފާން ހިފިއިރު އޮތް ކުޑަ ހުދު މުސަޅު މަރައިލާނެކަމަށް ބުނެ ބިރުދެއްކުމެވެ. އެދުވަހު ހަސީނާ އައިސް ގޭ ދޮރުމައްޗަށް ވެއްޓިފައި އޮތީ އުނު އޮރިޔާމުންނެވެ. ގިފިލިތެރޭގަ ހުރި ބަނބުކެޔޮގަހުން ބައެއް އޮތީ އަނދާފައެވެ. ބޮޑަށް އަނދާފައި ހުރީ ފެންވަރާ ވަޅާއި ދިމާލަށް ހުރި ގޮފިތަކެވެ. ގޮފިތަކުގެ ތެރެއިން ނާމާންކަން ވެރިވަމުން ދިޔައެވެ. ވަޅުތެރޭގައި ހުރި ފެންގަނޑުވެސް އޮތީ މުޅިން ކަޅުވެފައެވެ. އެ ފެންގަނޑުން އެއްޗެއް ތެޅޭތީ ބާލިދީއެއް ބާލައިގެން އެރޭ ބެލިއިރު އެއީ ކުޑަ މުސަޅެކެވެ. މުސަޅުގެ މޫނުމަތި ވަނީ އަނދާފައެވެ. އަޑުން އަޑުނަގާ މުސަޅު “ފޫވްފޫވްފޫވް..” ކިޔައި ރޮމުަން ގެންދެއެވެ. ހަސީނާ ހޭއެރިގޮތަށް އެންމެ ފުރަތަމަވެސް އެހީ މުސަޅު ކޮބައިތޯއެވެ. އެންމެ ފުރަތަމަ ހަސަންފުޅަށް ހީކުރީ ހަސީނާ މުސަޅުދެކެ ބިރުން އުޅެނީ ކަމަށެވެ. މުސަޅު މަރައިލައިފީމޭ ބުނުމުން ހަސީނާ ގާތަށް އައި ގަދަ ރުޅިގަނޑުގައި ހަސަންފުޅުގެ ފުރާނަ ދުއްވާނުލީ ކިރިއާއެވެ. ހަސަން ފުޅުގެ ނިއްކުރިން ތަންކޮޅެއް ފަޅައިގެންވެސް ދިޔައެވެ. ހަސަން ފުޅަށް ޖެހުނީ ފިލަން ދުވާށެވެ. ދެން ދެތިން މީހުން އެއްކޮށްގެން ގެއަށް ދިޔައިރު ހަސީނާއެއް ނެތެވެ.

ދެން ޖެހުނީ ރަށުގެ ރައްޔިތުން ނުކުމެ ރަށުގެ މުޅިވައުބަލައި ހޯދާށެވެ. ހަސީނާ ފެނުނީ ހުދުމުސަޅު މަގުން ގޮސް އަތިރިމަތީގައި ހުރި ނިކަގަހަކަށް އަރައި އޮއްވައެވެ. ހުދުމުސަޅު މަގަކީ އެރަށުމީހުންވެސް ބިރު ގަންނަ މަގެކެވެ. އެ މަގާގުޅޭގޮތުން ދެކެވޭ ފްލޯކު ވާހަކައެއް އޮވެއެވެ. އެއީ ކަޅުފޮއި ރޭރޭ އެމަގުން ހުދު މުސަޅުތަކެއް ރަށަށް އަރައިގެން އަންނަ މަންޒަރު ބައެއް މީހުންނަށް ފެންނަކަމަށް ބުނެއެވެ. ބުނެވޭ ގޮތުގައި އެ ރަށުގައި އިހު ޒަމާނުގައި އުޅުނު ދެޔޯއެއް ގެންގޮސް ހައްޔަރު ކޮށްފައިވަނީ އެމަގުގެ ކޮޅުގައެވެ. ބުނެވޭ ގޮތުގައި އެ ދެޔޯގެ އުނދަގުލުން ސަލާމަތް ކޮށްދިނީ ހަސީނާގެ މުނިކާފަ ތައްހާނު ދޮންހުތެވެ. އެހެން ނަމަވެސް ތައްހާނު ދޮންހުތުވެސް ދެޔޯ ބަލިކުރުމަށް ކުރި މަސައްކަތުގައި މަރުވެގެން ދިޔައީއެވެ. އެމަގުކޮޅަށް ތައްހާނު ދޮންހުތު ދެޔޯގޮވައިގެން ގޮސް ކަނޑަށް އެރި އެ ދެޔޯ ކަނޑު ފައްތަން އުޅުމުގެ ތެރޭގައި އޭނާ ގެނބިގެން މަރުވީަކަމަށްވެސް ވާހަކަ ދެކެވެއެވެ. އެކިމީހުން ދައްކަނީ އެކިވާހަކައެވެ. ނަމަވެސް ހަސަންފުޅާކީ އެކަހަލަ ފްލޯކު ވާހަކަތައް ގަބޫލުކުރަން ބޭނުންވާ މީހެއް ނޫނެވެ. ހަސީނާއާއި ރަށްޓެހިވެގެން އުޅުނުއިރު، ހަސީނާގެ މުނިކާފަ ހޯދަން ހިނގާށޭ ކިޔާ، ސަކަރާތްޖަހަމުން ދޮންހުސޭނު އެތައް ދުވަހަކު ހަސީނާ މުސަޅު މަގު ކޮޅަށްވެސް ގެންދިޔައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެ މަގުދެކެ ބިރުން މީހުން އެމަގަށް ވައިއެޅެންވެސް ބޭނުންނުވާތީ ޒުވާން ދެހިތެއްގެ ލޯބިވެރިންނަށް އެފަދަތަނެއް ވާނީ ރަނގަނޑަކަށެވެ.
ހަސަން ފުޅާކީ ތޯތޯ ވާހަކަތައް ގަބޫލުކުރާ މީހެއް ނޫންކަމުން ހަސީނާވެސް ދިޔައީ އެފަދަ ވާހަކަތަކާ ފެއަށް ޖެހެމުންނެވެ. މުސަޅުމަގު ކޮޅުގައި މޫދަށް އެރުމަކީ އެ ދެމީހުން ލޯބިވެރިންގެ ގޮތުގައި އުޅުނުއިރު އާންމުކަކެވެ. ރަށް އިންނަގޮތުން އެ މަގުކޮޅުގައި މޫދަށް އެރި އުޅުނަސް މީހަކަށް ނުފެނެއެވެ. ދެމީހުންގެ ލޯބީގެ ގުޅުންތަށް ފަޅާއަރާފާނެކަމުގެ ބިރަށް އެމީހުން މޫދަށް އެރި އުޅުނީ އުނުއޮރިޔާން ނިވާ ނުވާހާލުއެވެ. ދެމީހުންގެ ހަށިގަނޑު އެއްހަށިގަނޑެއްގެ ގޮތުގައި އޮޅުލައިގަނެގެން މޫދުތެރޭގައި ދެމީހުން އެތައް އިރެއްހޭދަކުރެއެވެ. އެތައްފަހަރަކު އެތައް ވަގުތެއް ހޭދަކުރިއެވެ.
ކައިވެންޏަށްފަހުވެސް ދެމަފިރިން އެންމެ މަގުބޫލު މަންޒިލަކީ މުސަޅުމަގު ކޮޅެވެ. ދެމީހުންނަށް ހިންދަމަލައިގެން ދުނިޔެވީ އަޑުތަކާއި ކަންކަމާއި ދުރަށް ދެވޭނެތީއެވެ. އަހަރު ތަކަކީ1960 ގެ އަހަރުތައް ނަމަވެސް ތަރައްގީގެ ކުލަވަރު ދުނިޔެމަތިން ފާޅުވާން ފަށައިފައެވެ.ތަރައްގީވާމިންވަރަކަށް ގުދުރަތީ މާހައުލާ އިންސާނާ ދަނީ ދުރުވަމުންނެވެ، އަދި އަޑުގަދަވެ މަގުމަތީގައި އުޅޭ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ.
އެންމެފަހުން ހަސީނާ މޮޔަވެގެންވެސް ދުނެވީ ކަންކަމާ ދުރުވުމަށް ދިޔައީ މުސަޅުމަގުކޮޅަށެވެ. ހަސީނާ މޮޔަވެފައި ހުއްޓަށް އަދި މިއަދު ދުނިޔޭގައި ވާގޮތް ނޭގުނުނަމަވެސް، ހަސަންފުޅާއެކު އޭނާ ހޭދަކުރި ލޯބީގެ ވަގުތުތައް ހަސީނާއަށް ހަނދާވާކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. މަގަކީ ބިރުވެރިތަނެއްގެ ގޮތުގައި އެހެން މީހުން ދެކުނަސް އަދިވެސް ހަސަންފުޅަށް އެއީ އެރަށުގައި ހުރި އެންމެ ހިއްގައިމު މަންޒިލެވެ. އޭނާގެ ހަޔާތާއި ގުޅިފައިވާ މަންޒިލެކެވެ.
މިފަދަ ހިޔާލުތަކެއް ކުރަމުން ފުދޭ ވަރަށް މަސް ބާނައިގެން އައިސް ހަސަންފުޅު ރަށުގެ ދޮން ވެލިގަނޑުމައްޗަށް ދޯނި ބީއްސައިލިއެވެ. ބާނައިގެން އައި ހަމަހުން ތިންމަސް ވިއްކައިލުމަށްފަހު އަނެއް ތިންމަސް ހިފައިގެން ހަސަންފުޅު އައީ ގެއަށެވެ.
ގެއައަށް އައިސް ވަނުމާއެކު އެންމެ ފުރަތަމަވެސް ބަލާލީ ގޭގެ އެއްވެސް ދޮރެެއް ހަލާކު ކޮށްލާފައި ހުރިތޯއެވެ. މިހާރު ހަސަންފުޅު ހުންނަނީ އެމީހުންގޭގެ ދިރުތައް ދަނގަނޑު ހޮޅިން ތައްޔާރުކޮށްފައެވެ. އެއީ ގޭތެރޭގައި ހަސީނާ މައިތިރިކުރުމަށެވެ. ރަށުތެރެއަށް އޭނާ ނުކުމެއްޖެނަމަ މީހުން ވެލިޖަހައި އޮއްގައު އުކައި ހަދާތީ ހަސަންފުޅަށް އެންމެ ރަނގަޅީ ހަސީނާ ގޭތެރޭގައި ބަންދުކޮށްގެން ނަމަވެސް އޭނާއަށް ގެއްލުމެއް ނުވާނެ ގޮތަކަށް ކަންކަން ކުރުމެވެ. ގޭގެ ދޮރު ފަރުމާކޮށްފައިވަނީ ކުޑަ ޖާހައަކުން ބޭރުގައި ހުއްޓަސް ގޭތެރެ ބަލައިލެވޭނެ ގޮތަށެވެ. ހަސަން ފުޅުގޮސް ދޮރުގައި މޫނުޖަހައި ބަލައިލިތަން ހަސީނާ ފުންމައިގެން އައިސް ހަސަންފުޅުނެ ލޮލުގައި ދައިނުގަތީ ކިރިޔާއެވެ. މާޔޫސްވެފައި ހުރެ އެ ޖާގައިން ރޯމަހެއް ކޮށްޕައިލިއެވެ. ބަނޑުހައިވެފައިވާ މިނިކާވަގެއްހެން ހަސީނާ އެ މަސްކައި ނިންމައިލިއިރު އެ މަަންޒަރު ބަލަން ހަސަން ފުޅު ގެއިން ބޭރުގައި ހުއްޓެވެ..
-ނުނިމޭ-
21 Comments!
Comments are closed.

Mahaana ey liyebala..thi kiyaa ehcheh neynge..
hmm
I dnt understand anythin.. n thi liyaa echeh hama vx nujehey!!
You are right rau!!!?
What the hell is this……??????
He is totally mad…… ?
Reeethi vahaka ey kamah balamaa..i dont c anything wrong in dis story r in dis part
Good one.. waitin for the next part??
Thafaathu vaahakaeh. Aneh bayah inthizaaruga.
Varah salhi
dont uderstand any thing
ވ. މަޖާތަންތަން ވެސް އެބަހުރި. ވާހަކަ ވަރަށް ރީތި
mistakes gina. check kollaafa upload kollaanama. misaalakah feyraaneh nethi is wrong. feyraameh nethi is correct. and fenkolheh noon. fenfodhu. adhives ebahuri mistakes. so e ecchehi rangalhu kollanys vaahaka furihama vaane. genesdheefa huri goi rangalhu. kiyaalaa hithun kiyaa levunu. waiting fr next part
hurihaa beyfulhunah ves shukuriyaa
adhiehves beyfulhaku aneh beyfulhakah huthurubahun muaamalaathu nukurehvun edhen.. aee alhugandaa dhimaalahves huthuru echehi baeh kudhin vidhaalhuveema varah undhagoovaathy.. hurihaa hiyaaluthakehves balaiganefin.. mi part ves rangalhukohlaaafa laanan alun
Musalhu where are you??
Lass vaathy hama mi ahaaly 🙂
V salhi story
varah baivaru spelling mistake bt nyc story…
Fulhibatthi ga huree saafutheyo adhi vettunee valhasho. Ekam saafuthelakee fenaa ekuveema faseyhain alifaan hifaa ehchehnoo. Valhah vetun bahthinn babukeyo gahehvess endhi… kihineh mi vanee… etc..
Oil doesnt react with water.. And effaharu hasanfulhu eneh faharu husenfulhu eneh faharu husen muhammadh.. Vrh undhaguu kiyann ehenve.. Its hard to understand..?
v reethi vaahakeh! rau mennah dhivehi neygenynu? :p