Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (އެކާވަންނަ ވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
October 3, 2016 15 Mins Read
46 Comments

ކޮރިޑޯގެ އެއްފަރާތެއްގައި މަޑުކޮށްގެން ތިބި ޒިބާނާ ތަޒްކިޔާއަށް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. “ޒިބާން… ދެން ކެހެނަކަށް ހަދާނެއި… އެވެރިން ފަންޑިތަ ހަދާ އެ ހިނގަނީ…” (ޒިބާން… ދެން ކިހިނެއް ހަދާނީ… އެމީހުން ފަންޑިތަ ހަދަން އެއުޅެނީ…)

“މިކަމާއި ތާށި ވޭނެއި ޒޭބާ.. އޯނޯ… ހިނގައު ގެއް އެބޭ…” (މިކަމުގަ ތާށިވާނީ ޒޭބާ… އޯނޯ… ހިނގާ ގެއަށްދާން…) ޒިބާނާ އެކީ ތަޒްކިޔާ އެރީ ލިފްޓްގެ އެއްފަރާތުން ބޭރު ފެންނަގޮތަށްހުރި ކުޑަދޮރު މައްޗަށެވެ. ދެމަޚްލޫގުންގެ އަތް ގުޅުވާލަމުން އެކީގައި މައްޗަށް ދާން މިސްރާބުޖެހިއެވެ.

ޒިބާންމެން ގެއަށް އައިސް ވަތް އިރު އެމީހުންގެ އިންތިޒާރުގައި ސަކޭރާއާ ސައިބްރޯތުމެން ތިއްބެވެ. “ހައުދަހައި ލަސްވީ… ކޮބާ މަންޗާ މިކޯ ކެހެނަކަށް؟…” (ހާދަ ލަސްވީ… ކޮބާ މަންޝާ މިހާރު ކިހިނެއް؟…)

ސަކޭރާ އެހެން އެހުމުން ޒިބާން މަންޝާ ރަނގަޅުވަމުން ދާ ކަމަށް ބުންޏެވެ. “ޒޭބާ ގައި އެތެރެހިށި ދުވަސްތައް މަންޝާގެ ހަނދާނަކި ނެއް… އެހެންނޫން ހުށުހައިކަމަކަސް ރަނގަޅަ…” (ޒޭބާ ގައިތެރޭގައި ހުރި ދުވަސްތައް މަންޝާ ހަނދާނުގައެއް ނެތް…. އެހެންނޫން ހުރިހާ ކަމެއްވެސް ރަނގަޅު…)

ޒިބާން މިހެން ބުނުމަށްފަހު ބިއްލޫރި މޭޒު ކައިރިއަށްގޮސް ހުއްޓުނެވެ. އޭރު އެތާ ޒޭބާ ހުރިކަން ޒިބާނަށް އެނގުނީ އެވަގުތެވެ. ޒިބާން ހުރީ ޒޭބާއާ ދިމާއަށް ބަލާށެވެ. އޭނާގެ ސިކުނޑީގައި އެތައްކަމެއް އުތުރި އަރަމުން ދިޔަ ވަގުތެކެވެ. މަންޝާގެ ހާލަތާ ޟިރާރުމެން ފަންޑިތަ ހަދަންއުޅޭކަމެވެ. އެކަމުގެ ތެރޭގައި އޭނައާ ޒޭބާ ބެދޭނެކަން އޭނައަށް ކަށަވަރުވިއެވެ. އައި ރުޅިއާ ވީ ފޫއްސެއްގެ ބޮޑުކަމުން ޒިބާން މުށްކަވާލަމުން ބިއްލޫރިމޭޒުމަތީގައި ޖެހިއެވެ. އެވަގުތު އެ ބިއްލޫރި ގަނޑު އެތަނަށް ކުދިކުދިވެގެން ފޭބިއެވެ.

“ޒިބާން… ކެހެނަކަށް ވެގެން ތެ ހިނގަނީ… ތެހެއި ރިޑިއަރަގެން ތެ ހިނގަނީ ކިއަންވީ…” (ޒިބާން… ކިހިނެއްވެގެން ތިއުޅެނީ… ތިހާ ރުޅިއައިސްގެން ތިއުޅެނީ ކީއްވެތަ؟..) ސަކޭރާ ވާހަކަ ދައްކަމުން ޒިބާން ގާތަށް ޖެހިލިއެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ޒިބާނާ ދިމާއަށެވެ. ޒޭބާގެ ލޮލަށް ހުއްޓުމެއް ނެތި ކަރުނަ ޖަމާވީ ޒިބާން ރުޅި އައިސްގެން އެއުޅެނީ އޭނާއަށް ކަންތައްކުރެވުނު ގޮތުންކަން ޒޭބާއަށް އިހްސާސްވުމުންނެވެ. މަންޝާއަށް އެހާބޮޑުވޭނަކާ ތުރާލެއް އެޖެހުނީ ޒިބާން ބުނި ބަހަށް އޭނާއަށް ހިމޭނުން ނުހުރެވުނީމައެވެ. އެކަމާ ޒޭބާ މިހާރު ހިތާމަ ކުރެއެވެ. ޒިބާނަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން އޭނާ އެހުރީ ތައްޔާރަށެވެ.

“ޒީބާން ކިއެންކެރާ އެވަގުތެ ވާހަކަ ދެއްކީ… އަދި އެއަސް މަންޝާ މެދުވެރިއަކާ ހަދަގެން ވިއްޔާ ވާހަކަ ދެއްކީ… ޟިރާރުއަށް ކަމެއް ގޯސްވެގޭކަން ނަގައިގަނެވެނެއި އެހިސާބުން… ދެން ކެހެނަކަށް ހަދާނެއި…” (ޒިބާން ކީއްކުރާކައްތަ އެވަގުތު ވާހަކަ ދެއްކީ.. އަދި އެވެސް މަންޝާ މެދުވެރިއަކަށް ހަދައިގެން ވިއްޔާ ވާހަކަދެއްކީ… ޟިރާރުއަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނީ އެހިސާބުން… ދެން ކިހިނެއް ހަދާނީ…) އޭރު ހޮސްޕިޓަލުގައި ވީ ކަންތައް ތަޒްކިޔާއަށް ރަނގަޅަށް އެނގުނެވެ. ޒިބާނަށް ވިސްނާނުލާ އެޅުނު ފިޔަވަޅުރަނގަޅު ނޫންކަންވެސް އެނގެއެވެ. އެކަމުގެ ސަބަބުން ދެން އެމީހުންނަށް ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ކަންތައް ގަނޑެއްކަންވެސް އެމީހުންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އިންސީންނާ ޖިންނީންގެ މެދުގައި މިވީހާތަނަށް ހިނގާ ހަނގުރާމަތަކުގައި ގިނަ ފަހަރަށް ބަލިވެ ފަނާވެގެން ދަނީ ޖިންނިންކަމެވެ.

“އެމީހާގަނޑޮ އެކިޔަވާ އެއްތެއްގެ ސަބަބުން މަގޭ ކޮއްޔާއަށް ގެއްލުމަށް ވޭތިކޮށް ހިންނައް ވިއްޔާ… މަށް ގޮތަށް ނިހެދެނޭ އެއްތެއްނާ މަންޝާ ބަނޑި އަސްލު ހިންނަން ޖެހޭވަރަށް ފުއްޕަލީ އެއްތެއްނާ ދެން ވޭނެ ގޮށް އެނގެއި… އެހިސާބުން އެވެރިން މަސައްކަތް ކެރާނެއި މަ އެކަނި ހޯދާކަށް ނޫން… އެ ކޮއްޔާ މަރަލާކަށަސް އެވެރިން ފަހަށް ނިޖެހޭހެއް…” (އެމީހާ ގަނޑު އެކިޔަވާ އެއްޗެއްގެ ސަބަބުން އަހަރެންގެ ދަރިފުޅަށް ގެއްލުމެއް ވަންދެން ހިމޭނުން ހުންނަންވީތަ.. އަހަރެން ގޮތެއް ނުހެދިނަމަ މަންޝާގެ ބަނޑު އަސްލު ހުންނަން ޖެހޭ ވަރަށް ފުއްޕާލިނަމަ ދެން ވާނެ ގޮތް އެނގޭތަ… އެހިސާބުން އެމީހުން މަސައްކަތް ކުރާނީ އަހަރެން އެކަނި ހޯދާކަށް ނޫން… އެ ދަރިފުޅު މަރާލާކަށްވެސް އެމީހުން ފަހަކަށް ނުޖެހޭނެ…) ޒިބާންގެ ރުޅި ކޮންޓްރޯލް ވާގޮތެއް ނުވިއެވެ. ތަޒްކިޔާއާ ދިމާލަން މޭ ފުއްޕާލައިގެން ހުރެ ކުރިއަށް ފިޔަވަޅުއަޅަމުން އައި އިރު ހީވީ ދެންމެ ދެންމެ އަރައިގެންފާނެ ހެންނެވެ.

“ސައިބްރޯތު ހެޔޮނިވޭހެއް ޒިބާން މެންނަށް އެހީވެއު…” (ސައިބްރޯތު ހެޔޮ ނުވާނެ ޒިބާންމެންނަށް އެހީވެދީ…) ސަކޭރާ އާދޭހުގެ ރާގަކަށް ސައިބްރޯތާ ވާހަކަ ދެއްކިއެވެ.

“ސަކޭރާ… ތޭކީ އެހެއި ފަސޭހަ ކަަމަށް ނޫން… އެވެރިން ފަންޑިތަ ހަދާ އެހިނގަނީ ކޮން ދުވަހަށްތޯ އަވަ ބަލަފިން… އެކަން ކެރާ އެހިނގަނީ މިހުކުރު ވިލޭރެއި… އޭ އަފިރިންގެ ބާރޮ ދަށްވެގެން އޭ ރެއެއްކަން އެވެންނަށް އިނގެއި… އަފިރިން ކިތަންމެ ބޭނުންވިޔަސް އެކަމި ކާމިޔާބަށް ނިވޭހެ… އެކަން އެވެރިން އެކެރަނީ ޝައިތޯނުންގެ އެހީއެ… އަފިރިން އެތަނަށް ފައިބަގޭފެހޭ އަފިރިންގެ މިޅި އާއިލާގެ ވަހަސް މިދުނިޔެއިން ފޮހެލާހަ… ވެގެންވޭފެހޭ ޒިބާނަސް އެރޭ ބިމަށް ނިފޭބިފެހޭ ރަނގަޅަވޭނެއި…” (ސަކޭރާ… ތީކީ އެހާ ފަސޭހަ ކަމެއް ނޫން… އެމީހުން ފަންޑިތަ ހަދަން އެއުޅެނީ ކޮންދުވަހެއްގަތޯ އަހަރެން ބަލައިފިން… އެކަން ކުރަން އެއުޅެނީ މި ހުކުރުވިލޭރޭ… އެއީ އަހަރެމެންގެ ބާރު ދަށްވެގެންދާ ރެއެއްކަން އެމީހުންނަށް އިނގޭ.. އަހަރެމެން ކިތަންމެ ބޭނުންވިޔަސް އެކަމުގަ ކާމިޔާބެއް ނުވާނެ.. އެކަން އެމީހުން އެކުރަނީ ޝައިތޯނުންގެ އެހީގަ… އަހަރެމެން އެތަނަށް ފައިބައިފިއްޔާ އަހަރެމެންގެ މުޅި އާއިލާގެ ވަސްވެސް މި ދުނިޔޭން ފޮހެލާނެ… ވެގެން ވަންޏާ ޒިބާންވެސް އެރޭ ބިމަށް ނުފޭބުން ރަނގަޅުވާނީ…) ސައިބްރޯތުގެ ވާހަކަ ނިމުނުތަނާ ޒިބާން އެތަނުން ދުމެއް ޖަހާފަ ނުކުތެވެ. އެމީހުން ގޮވުމުންވެސް ޒިބާން މަޑެއް ނުކުރިއެވެ.

“ޒިބާން ނިއޭ… މަޑޮކެރަ… މިވަގުތެ ބިމަށް ނިފައިބަ… ހެޔޮނިވޭހެ ޒިބާން…” (ޒިބާން ނުދޭ… މަޑުކުރޭ… މިވަގުތު ބިމަށް ނުފައިބޭ… ހެޔޮނުވާނެ ޒިބާން…) އެކޮޓަރީގެ އެއްކަނެއްގައި އެކަނިމާ އެކަނި އިން ޒޭބާ ތެދުވެ ކުރިއަށް ޖެހިލަމުން ބުނެލިއެވެ. އެއަޑަށް ސައިބްރޯތު ފަސްއެނބުރި ޒޭބާއާ ދިމާއަށް ބަލާލިއެވެ. ބޮޑުވެފައިވާ ޒޭބާގެ ބަނޑާ ދިމާއަށް ބަލަން ހުރުމަށްފަހު ސައިބްރޯތު ވާހަކަދައްކަން ފެއްޓިއެވެ.

“މީ ހުސް ތާއި ހެދި ވޭ ކަންތައް…  ސަކޭރާ އާދޭސް ކެރިވަރުން  ތަ މިތެި ބާހިށުވާ މަ އެއްބަސް ވީ… ދެން އިތުރު އެއްވެސް އެހީތެރިކަމަށް ތަށް ނިލިބޭހެއް ކަން ހަނދާން ކެރާހެތި… ތަ ތެހިށީ އިންސާނަކާގެ ދަރިއަކާ ބަލިވެ.. ކެހެނަކަށް މިކަންތައްގަނޑުން އަފިރިން ސަލާމަށްވޭނެއި… މިކަމި މިއާއިލާއެންމެން ރައްކާ ކެރަން ޖެހޭހެ… ސަކޭރާ އަވަތެބޭން … ނަމަނަމަ ސަކޭރާ ބިމަށް ނިފައިބާހެތި…” (މީ ހުސް ކަލެއާ ހެދި ވާކަންތައް.. ސަކޭރާ އާދޭސްކުރިވަރުން ކަލޭ މިތާ ބަހައްޓަން އަހަރެން އެއްބަސްވީ… ދެން އިތުރު އެއްވެސް އެހީތެރިކަމެއް ކަލެއަކަށް ނުލިބޭނެކަން ހަނދާން ބަހައްޓާތި… ކަލޭ ތިހުރީ އިންސާނެއްގެ ދަރިއަކަށް ބަލިވެ… ކިހިނެއް މިކަންތައްގަނޑުން އަހަރެމެން ސަލާމަތްވާނީ… މިކަމުގަ މިއާއިލާ އެންމެން ރައްކާ ކުރަން ޖެހޭނެ… ސަކޭރާ އަހަރެން އެބަ އަންނަން… ނަމަ ނަމަ ސަކޭރާ ބިމަށް ނުފައިބާތި…) ސައިބްރޯތުގެ އެދުމަށް ސަކޭރާ ބޯޖަހާލުމުން ސައިބްރޯތު އެތަނުން ނުކުމެގެން ދިޔައީއެވެ.

*** *** *** *** *** ***

މީރާ އެނދުމަތިކޮށްފައިވާ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ރިޔާޒް އެތެރެއަށް ވަތް އިރު އޭނާގެ ބޯ ވަނީ ހާސްވެފައެވެ. މަންޝާއަށް ވީ ގޮތް އޭނާއަށް ފެނުނެވެ. އެއީ ރަނގަޅު ކަމެއް ނޫންކަން ރިޔާޒަށް ދެނެގަންނަން އެނގުނެވެ. ރޫހީ މޮޔަވެފައި ހުރި ދުވަސްވަރު އޭނާއަށް ވަމުންދިޔައީވެސް އެފަދަ ގޮތްތަކެކެވެ. ރޫހީގެ ހަށިގަނޑު ތެރޭގައި ހުރެ ވާހަކަ ދެއްކި ޖިންނީގެ އަޑު ރިޔާޒަކަށް ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެއީ އިއްޔެ ހިނގި ކަމެއްހެން އޭނާގެ ސިކުނޑީގައި ހަރުލާފައިވާ ބިރުވެރި ހާދިޘާއެކެވެ.

މީރާމެން ކޮޓަރިއަށް ވަތް އިރު ރިޔާޒްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވޭތޯ ލައްކަ މަސައްކަތް ކުރިއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން މީރާ ވިސްނާ ފިކުރުކުރާކަށް ރިޔާޒެއް ނޭދެއެވެ. އެނދުމަތީ އޮށޯވެގެން އޮތް މީރާއަށް ނިދިފައި އޮތުމުން ރިޔާޒް ބަލާލީ ސޯފާގައި އިން އާމިނައަށެވެ. އާމިނަގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސް ކަމެވެ.

މަންމަގެ ހާލާ މެދު ރިޔާޒަށް ވިސްނާލެވުނީ އެވަގުތުއެވެ. ބައްޕަގެ އެހެންބަނޑަކަށް ދަރިއަކު ހުރިކަން އެނގުމުން އާމިނަ އެއިނީ ދެރަވެފައެވެ. ރިޔާޒް އާމިނަ ގާތުގައި އިށީންނަމުން ވާހަކަ ދައްކަން ފެށިއެވެ. “މަންމާ… މަންޝާކީ ބަައްޕާގެ ކޫދަށް… މަންމާ އެކަމާ ތެހެށީ ދެރަވެފައިއްޔާ؟..” (މަންމާ… މަންޝާއަކީ ބައްޕަގެ ދަރިއެއް… މަންމަ އެކަމާ ތިހުރީ ދެރަވެފަތަ؟…)

އާމިނަ ދެއަތަށް ބޯހޫރުވާލިއެވެ. “ނުން ރިޔާޒް… މަންމާ ދެރަވެފެއި މިހިށީ އެހެންވެއަށް ނޫން… މަންމާ މަދީހާކީ ކަންކާކަން އެނގެއި… މަދީހާގެ ދާރަކާ ހިށިކަން އިނގެނެ އެއްތެއްނާ އެދުވަހި މަދީހާއި އެކެހި ނުގުޅާކެނައު ނިބެނީސް… އަންހެނަކާވެހިށެ އެހެން އަނަހެނަކާ ހިތެޖައްސާ އެފަދަ ހާލަތަކި އެކަނިވެރިކޮށްލާކަށް މަށް ކުޅަދާނަކަމަކަށް ނިވީސް… މަދީހާއި އެކެހި ދެން ނުގުޅާށް ކެނައު، ރިޔާޒްގެ ބައްޕާ ހޯދާ މަސައްކަށް ނިކެރާސް ކަނއު މަންމާ ބެނީ އެއިން އެއްވެސް ކަމަށް ނިއެނގޭހެތި… އެހެންނޫން އެއްތެއް ނާ މަންޝާއަށަސް ޟިރާރުގެ އެހެން ދަރިންނަށް ލިބެނެ ހުށުހައި އެއްތައް ހިއްސާކޮށްގެން ގިނިވޭނޑެނެއިސް… މަންޝާ މިކޯ ރަނގަޅައި؟..” (ނޫން ރިޔާޒް… މަންމަ ދެރަވެފަ މިހުރީ އެހެންވެއެއް ނޫން… މަންމައަށް މަދީހާއަކީ ކާކުކަން އެނގޭ.. މަދީހާގެ ދަރިއަކު ހުރިކަން އެނގުނުނަމަ އެދުވަހު މަދީހާ ގާތު ނުގުޅާށޭ ނުބުނީމުސް… އަންހެނަކަށްވެހުރެ އެހެން އަންހެނަކު ހިތުގައި ޖައްސާ އެފަދަ ހާލަތެއްގައި އެކަނިވެރިކޮށްލާކަށް އަހަރެންނަކަށް ކުޅަދާނަ ނުވީސް… މަދީހާ ގާތު ދެން ނުގުޅާށޭ، ރިޔާޒްގެ ބައްޕަ ހޯދަން މަސައްކަތް ނުކުރާށޭ މަންމަ ބުނީ އެއިން އެއްވެސް ކަމެއް ނޭނގޭތީ… އެހެން ނޫންނަމަ މަންޝާއަށްވެސް ޟިރާރުގެ އެހެންދަރިންނަށް ލިބުނު ހުރިހާއެއްޗެއް ހިއްސާކޮށްގެން ގެންގުޅުނީމުސް… މަންޝާ މިހާރު ރަނގަޅުތަ؟…) މަންޝާއާ އޭނާގެ މަންމައާ ދޭތެރޭ އާމިނަގެ ހިތް ސާފެވެ.

“މަންޝާ ރަނގަޅަށް ނޫން… ރީހީއަށް އަވަލާފައިހިށި އެއްތާ މަންޝާއަށް އުނދަގޫކެރަމުން އޭނީ… މަންޝާގެ އަތްތިލަމަތިން ހިށީ ފިހިފެއި.. އަވަބެނިން ހަމަ ތެކަހަލައި ތަންގަނޑަށް މީރާ މޭމައްތަ ތެބެހިށައު… އެހިސާބުން ބައްޕާ ކޮްނމެސް އެއްތައް ކިޔަވާށް ފެށިމެއި މަންޝާގެ ވާހަކަ ދެއްކުން ބަދަލޮވެއި އަޑޮ ބަދަލޮވެއި… އެއީ މަންޝާއަށް ނޫން… އެއީ ރޫހީ ގާށް ވަތް ޖިންނި..” (މަންޝާ ރަނގަޅެއް ނޫން… ރޫހީއަށް އަވަލާފަހުރި އެތި މަންޝާއަށް އުނދަގޫކުރަމުން ދަނީ… މަންޝާގެ އަތް ތިލަމަތިންހުރީ ފިހިފަ.. އަހަރެން ބުނިން ހަމަ ތިކަހަލަ ތަންގަނޑެއް މީރާ މޭމަތީގަ އެބަހުއްޓޭ.. އެހިސާބުން ބައްޕަ ކޮންމެވެސް އެއްޗެއް ކިޔަވަން ފެށީމަ މަންޝާގެ ވާހަކަ ދެއްކުން ބަދަލުވެ އަޑު ބަދަލުވި… އެއީ މަންޝާއެއް ނޫން.. އެއީ ރޫހީ ގަޔަށް ވަތް ޖިންނި…) ރިޔާޒް ހުރިހާ ވާހަކައެއް އާމިނައަށް ކިޔައިދިނެވެ.

“ތޭ ޟިރާރުގެ ކަންތަކުން ވޭކަންކަން… ޟިރާރުވެގެ ތަނަކުން މީހަކާ ފެޭތަނުން އެމީހަކާއިއެކީ ކުދިިން ހޯދާ… އެހެންނޫން އެއްތެއްނާ އަދޮ މަންޗާއަށް އެ އުނދަގުލަށް ނިޖެހެނެއިސް… ކިހެއި ދެރަ… ދެން ކެހެނަކަށް ހަދާނެއި… އަޒީމް މިކަމާއި ކެންކައު ބެނަނީ؟…” (ތީ ތި ޟިރާރުގެ ކަންތަކުން ވާ ކަންކަން… ޟިރާރު ވެއްޖެ ތަނަކުން މީހަކު ފެންނަ އިރަށް އެމީހަކާ އެކީ ދަރިންހޯދަން.. އެހެން ނޫންނަމަ މިއަދު މަންޝާއަކަށް އެ އުނދަގުލެއް ނުޖެހުނީސް… ކިހާ ދެރަ.. ދެން ކިހިނެއް ހަދާނީ… އަޒީމް މިކަމާ ކީކޯ ބުނަނީ؟..) އާމިނަ ކަންތައް ބޮޑުވިއެވެ. ހާސްވެފައި އިންވަރުން އާމިނަގެ ވާހަކަ ދެއްކުންވެސް އަވަސްވެފައި އަނގަމަތި ވަރަށް ހަލުވިއެވެ. އާމިނަ ބުނި އެއްޗަކާ ދޭތެރޭ ރިޔާޒަށް ވިސްނާލެވުނެވެ. ބައްޕަ އަބަދުވެސް އެހެން އުޅެނީބާވައޭ ރިޔާޒްގެ ހިތަށް އެރިއެވެ. މަންމަ ބުނި ބަހަށް ވިސްނަން ހުރެ ރިޔާޒް އިތުރު ވާހަކައެއް އަހަން މިވަގުތު ފަސްޖެހުނެވެ. ސަބަބަކީ މީ އެފަދަ ވާހައެއް ދައްކަން އެންމެ ރަނގަޅު ވަގުތައްވެސް ނުވީމައެވެ.

“އަޒީމަސް ބޭނުންވީ ބައްޕާގެ ލަފާ… މަންޝާ އެަމުން ސަލާމަށް ކެރާ… ބައްޕާ ޯ މިކޯ އަލިބޭ އެކަހާ ގޮސް… ހުށުހެއި ކަމަށް ވަރަށް އަވަހަށް ފަށާހެއް ކަމަށް ބެނީ… އިރާދަކުރެއްވިފެހޭ މަންޝާ ސަލާމަށް ވޭހެ…” (އަޒީމްވެސް ބޭނުންވީ ބައްޕަގެ ލަފާ… މަންޝާ އެކަމުން ސަލާމަތްކުރަން.. ބައްޕަ ވީ މިހާރު އަލިބެ ކައިރިއަށް ގޮސް… ހުރިހާ ކަމެއް ވަރަށް އަވަހަށް ފަށާނަން ކަމަށް ބުނީ… އިރާދަކުރެއްވިއްޔާ މަންޝާ ސަލާމަތް ވާނެ…) ރިޔާޒް ވާހަކަ މެދުކަނޑާލަމުން ސޯފާއިން ތެދުވެ ފޯނަށް ބަލާލިއެވެ.

“ރިޔާޒް… މަންމާ ވަރަށް ބިރިގަނި… މަންމާ ބޭނުަމށްނޫން އެފަނޑިތާ ހަދާ ތަނަށް ރިޔާޒް އޭކަށް… ކުރިންފަހަރަސް ފަންޑިތަ ހެދިރެއި އަލިތައްކާޏު މަރޮވިހަނދާން މަވެއި… ހެޔޮ ނިވޭހެއް ތެކަމާއި ގާއްނިވޭހެތި…” (ރިޔާޒް… މަންމަ ވަރަށް ބިރުގަނޭ.. މަންމަ ބޭނުމެއް ނޫން އެ ފަންޑިތަ ހަދާ ތަނަށް ރިޔާޒް ދާކަށް.. ކުރިން ފަހަރުވެސް ފަންޑިތަ ހެދި ރޭ އަލިތައްކާނު މަރުވި ހަނދާން އަހަރެން އެބަހުރި… ހެޔޮ ނުވާނެ ތިކަމާ ގާތް ނުވާތި…) އާމިނަ އާދޭހުގެ ރާގަކަށް ރިޔާޒާ ވާހަކަ ދައްކަމުން ރިޔާޒްގެ އަތުގައި ހިފާލިއެވެ. އާމިނަ ބިރުގަނެފައި ހުރިވަރު ފެނުމުން ރިޔާޒް އެކަމުގެ ތެރެއަށް ނުވަންނާނަން ކަމަށް އެއްބަސްވެ ބޯ ޖަހާލިއެވެ. ނަމަވެސް މަންޝާގެ މަންމައަށް ވީ ވައުދު ރިޔާޒްގެ ހަނދާނަކުން ފިލައިގެން ނުދެއެވެ.

*** *** *** *** *** ***

ބޮޑު ފެން ފުޅިއެއް ބޯލައިގެން މަންޝާ އެނދުގައި ހަމަޖެހިގެން އޮވެވޭތޯ މަސައްކަތް ކުރިއެވެ. މަންޝާ ހުރީ ކުޑަކަމުދާން ބޭނުންވެފައެވެ. ނަމަވެސް މަޑުކޮށްގެން އޮތީ ނަރުސްކުއްޖެއް އަންނާނެ ވާހަކަ ބުނެފައި އޮތުމުންނެވެ. ކޮޓަރިން މަދީހާއާ މުނީރާ ނުކުމެގެން ދިޔައީ ރޭގަނޑުގެ ކެއުމަށް މަންޝާއަށް އެއްޗެއް ހަދައިގެން އެބަ ގެންނަމޭ ބުނަމުންނެވެ. އެހެްކަމުން މަންޝާ ކައިރީގައި އެވަގުތު ހުރީ އަޒީމެވެ. އަޒީމާ ވާހަކަ ދައްކަން މަންޝާ ބޭނުމެއް ނުވާތީ އެނދުގައި އެއް އަރިއަކަށް އޮށޯވެ މަންޝާގެ ދެލޯ މަރާލިއެވެ.

“މަންޝާ….” ފަހަތުން މީހަކު ގޮވާލިއަޑަށް މަންޝާ އެނބުރި ބަލާލިއެވެ. ބެރެބެދި ގަސް ދަށުގައި އެހުރީ ޒިބާނެވެ. މަންޝާއަށް ހިނިތުންވެވުނެވެ. ޒިބާން އައިސް މަންޝާގެ އަތުގައި އޮތް ފަށް ނަގާ މަންޝާގެ ކަރުގައި އަޅާލިއެވެ. އަދި އެފަށަކީ އެ ދެމީހުންގެ ލޯބިގެ ނިޝާން ކަމާ އެފަށް އަބަދުވެސް މަންޝާގެ ހިތާ ކައިރީގައި ގެނގުޅެން ޒިބާން އެދުނެވެ. މަންޝާ ފަށުފުލުގައި ފިރުމާލަމުން އަހާލިއެވެ.

“ޟިރާރަކީ އަހަރެންގެ ބައްޕަތަ؟… އޭނަ އައި… އައިމަ އަހަރެންނަށް ވަރަށް އުނދަގޫވި…” މަންޝާ ކުރި ސުވާލަށް ޖަވާބުދެމުން ޒިބާން އެ މައުލޫ އޮޅުވާލަން މަސައްކަތް ކުރިއެވެ.

“އާން އެއީ މަންޝާގެ ބައްޕަ… މަން.. އަހަރެން ގޮވާލާނަން ބޭސް ބޯންވާ ގަޑި ޖެހުނީމަ.. މީހުންގެ ތެރޭ މާބޮޑަށް ތެޅިގަނެ ކަމެއްވާކަން ނުދެއްކޭތި… އަހަރެން ގޮވާލީމަ މަޑުުމަޑުން ފާޚާނާއަށް އާދޭ… އިނގޭ…” ޒިބާން މިހެން ބުނެލަމުން މަންޝާގެ ނިތްކުރިއަށް ބޮސްދިނެވެ. އަދި މޭގައި ގެނެސް މަންޝާގެ ހަށިގަނޑު ޖައްސާލަމުން ޒިބާންގެ ދެއަތުގެ ތެރޭގައި މަންޝާގެ ހަށިގަނޑު ފޮރުވާލިއެވެ.

“މަންޝާ… މަންޝާ…” މީހަކު ގޮވާއަޑަށް މަންޝާ ލޯހުޅުވާ ބަލާލިއެވެ. އެއީ އަޒީމްކަން އެނގުމުން މަންޝާ ދެލޯ އަޅާލިއެވެ. ނަރުސްކުއްޖެއް އޭރު އެކޮޓަރި ތެރޭ ހުރުމުން މަންޝާ ވާހަކަ ދެއްކީ އެކުއްޖާއާއެވެ. ވަރަށް ބޮޑަށް ހީސްލަވާ ކަމަށް ބުނުމުން ސްކޭން ކުރަން ދާން ހިނގާށޭ ނަރުސްކުއްޖާ ބުނެލިއެވެ. ކޮޓަރިއަށް ގެނެސްފައިވާ ފުރޮޅުލީ ގޮނޑީގައި މަންޝާ އިށީނެވެ. އެ ހިސާބުން އެ ގޮނޑި ދުއްވާލީ ލިފްޓާ ދިމާއަށެވެ. ސްކޭން ކުރަން ދާން ފެށުމުން މަންޝާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. މަންޝާގެ ބަނޑުގައި އޮތީ އިންސާނެއް ނޫންކަން މަންޝާއަށް އެނގެއެވެ. އެމީހުން ސްކޭން ކުރުމުން ހުރިހާ ކަމެއް ފަޅާ އަރާނެކަމަށް މަންޝާ ބިރުގަތެވެ. އެހެންވެއްޖެ ނަމަ އެމީހުން އެކުއްޖާގެ ދުވަސް ދުއްވާލާނެއެވެ. ހިތާހިތުން ޒިބާނަށް ގޮވާލެވުނެވެ. އެވަގުތު އެމީހުން އަރަން ހުރި ލިފްޓުގެ ދޮރު ހުޅުވުނެވެ. ލިފްޓްތެރޭ ހެވިދިލިފަ ހުރި ޒިބާން ފެނުމުން މަންޝާއަށްވެސް ހިނިތުންވެވުނެވެ. މަންޝާއަށް ވަމުން ދިޔަގޮތް އަޒީމަށް ކޮންމެވެސް ވަރަކަށް ފާހަގަވިއެވެ. މަންޝާގެ ކަޅި އަމާޒްވެފައިވާ ދިމާއަށް އަޒީމް ބަލާލިއެވެ. ނަމަވެސް އަޒީމަކަށް އެތަނުން އެހެން މީހަކު ނުފެނެއެވެ.

ސްކޭން ކުރާ ކޮޓަރިއަށް ވެއްދުމަށްފަހު އެކޮޓަރީގައިވާ ހަނި އެނދުގައި މަންޝާ އޮށޯތެވެ. އެވަގުތު މަންޝާގެ ގާތުގައި ޒިބާން ހުއްޓެވެ. އަޒީމް ވެސް އިނީ މަންޝާގެ ގާތުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ސްކޭން ކުރާ ޑޮކްޓަރ ސްކޭން ކުރަން ފެށީ އެވަގުތުއެވެ. އަޒީމް ދެލޯ ހަނިކޮށްގެން ޑޮކްޓަރ ސްކޭން ކުރަމުންދިޔަ އިރު އެ މަންޒަރު ފެންނަމުން ދިޔަ މޮނީޓަރަށް ބަލަމުން ދިޔައެވެ. އޭގެން އެފެންނަ އެއްޗެއް އަޒީމަކަށް ނޭނގުނެވެ. ޑޮކްޓަރ މަންޝާ ގާތު އޭނާ އެންމެ ފަހުން ހައިޟުވީ ދުވަސް އަހާލިއެވެ. މަންޝާ ތާރީޚް ބުނުމުން އެ ޑޮކްޓަރ އެ ދުވަސް ޓައިޕްކޮށްލިއެވެ. އެއަށް ފަހުސްކޭން ކުރިއަށް ގެންދިޔައެވެ. ބިރުން ވިރިވިރި އޮތް މަންޝާގެ ހިތުގެ ވިންދު އަވަސްވެފައިވަނީ އިންތިހާއަށެވެ. އެވަގުތު މަންޝާގެ އަތުގައި ޒިބާން ހިފާލިއެވެ.

ޑޮކްޓަރ ބުނި ބަސްތަކުން މަންޝާއަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. “ދަ އެމްބްރިޔޯ އިޒް ވެރީ ސްމޯލް… ސޯ އެޓްދިސް މޯމެންޓް ވީކާންޓް ސީ ދަ ބޭބީ… ބަޓް އައިމް ޝުއަރ ޔޫއާ ޕްރެގްނަންޓް.. ކޯޒް ހިއަރ ވީކޭން ސީ ދަ ސެކް…”  ޑޮކްޓަރ ދިން ސްކޭންގެ ރިޕޯޓާއެކީ މަންޝާ ސްކޭން ރޫމަށް ގެނައި ނަރުސްކުއްޖާގެ އެހީގައި މަންޝާ  ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ. އެވަގުތު މަންޝާ ހުރީ އިންތިހާއަށް ފާޚާނައަށް ދާން ބޭނުންވެފައެވެ. ކޮޓަރިއަށް ވަދެ ވުމާ އެކީ މަންޝާއަށް ޒިބާން ގޮވާލި އަޑު އިވުނެވެ. އެހެންކަމުން މަންޝާ ގަސްތުކުރީ ފާޚާނާއަށް ވަންނާށެވެ. އެ ގޮނޑިން މަންޝާ ތެދުވެތެދުވެ ހުއްޓާ އަޒީމް އައިސް މަންޝާއަށް އެހީވާން މަސައްކަތް ކުރިއެވެ. އަޒީމްގެ އަތް ފޮޅުވާލަމުން މަންޝާ ބުނެލިއެވެ. “އަހަރެން ގައިގަ އަޒީމް އަތްނުލާތި…”

އަޒީމް ހުއްޓުން އެރިއެވެ. މަންޝާގެ މިޒާޖަށް މިއަންނަ ބަދަލުތައް އޭނާއަށް ދެނެގަންނަން ނޭނގޭތީއެވެ. ގޮނޑިން ތެދުވެގެން ފާޚާނާއަށް ވަންނަން މަންޝާ ދިޔައީ އެކަންޏެވެ.  ފާޚާނާ ދޮރު ހުޅުވާލި އިރު ޒިބާން ފާޚާނާގައި ހުއްޓެވެ. ފާޚާނާގެ ދޮރު ތަޅުލުމަށްފަހު މަންޝާ ޒިބާނާ ގާތްވެލިއެވެ. “އަހަރެމެންގެ ބޭބީ އެހާ ކުޑައީތަ؟…” މަންޝާ ހުރީ އެކަމާ ހައިރާންވެފައެވެ.

“ނޫނޭ.. އަހަރެމެންގެ ޒޯއީ ވަރަށް ރަނގަޅު … މަންޝާ ވިހާ ދުވަސް ތިހުރީ ގާތްވެފަ… އަހަރެން އެތާ ހުރީމެއްނު ސްކޭން ކުރިއިރު.. އެހެންވެ ކުއްޖާ ނުފެނުނީ…” ޒިބާން އަތުގައިވާ ބޭސްފުޅި ނަގާ މަންޝާއަށް ދެމުން އެބޭހުން އެތިފޮދެއް ބޯލާށޭ ބުންޏެވެ. މަންޝާ އެބޭސް ބޯލުމާއެކީ ހަށިގަނޑަށް ތާޒާ ކަމާ ހަކަތަ ލިބުނު ކަހަލައެވެ.

ފާޚާނާ ދޮރުގައި އަޒީމް ޖަހާލަމުން އަވަސްކުރާށޭ ބުނެލީ އެވަގުތުއެވެ. “ސާބަސް… މި ނުކުންނަނީ…” މަންޝާ މިހެން ބުނެލުމަށްފަހު ފަހަތަށް އެނބުރުނު އިރު ޒިބާން އެތާކު ނެތެވެ. ފާޚާނާ ކޮށްލައިގެން މަންޝާ ނުކުތްއިރު މަދީހާ ހުރީ މަންޝާއަށް ކާން ހަދާފައެވެ. މުގު ރިހައާ ބަތާ ފިހުނުމަހެވެ. މަންޝާ އެނދުގައި އިށީނދެ ކާމޭޒު ގާތްކޮށްލިއެވެ. މަންޝާގެ ހަރަކާތް ހުރިގޮތުން ބަލިމީހެކޭވެސް މިހާރު ނުބުނާނެއެވެ. ކާން މަންޝާ އިންދާ އަޒީމްގެ ފޯނު ރިންގް ވިއެވެ. އެގުޅަނީ ޞިރާރެވެ. އަޒީމް ފޯނު ނަގަމުން މަޑުމަޑުން ވާހަކަ ދެއްކިއެވެ. ފަންޑިތައިގެ ކަންތަކަށް ތައްޔާރުވާން ހޯދަންޖެހޭ އެއްޗިހި ހޯދަން ދާން އާދެވޭނެތޯ ޟިރާރު އެހުމުން އަޒީމް އެކަމަށް އެއްބަސްވިއެވެ. އެއަށްފަހު އަޒީމް އެކޮޓަރިން ނުކުމެގެން ދިޔައީ އެބައަންނަމޭ ބުނަމުންނެވެ.

ކައި ނިމިގެން އެނދުގައި މަންޝާ އޮށޯތުމުން މަދީހާ އަވަސް ވެގަތީ މަންޝާ ކެއި ތަށިތައް ނަގާށެވެ. އެތަށިތައް ހިފައިގެން އެކޮޓަރީގައިވާ އަތްދޮންނަ އިސްކުރާ ގާތްވެލިއެވެ. ތަށި ދޮވެ ނިންމާލުމާއެކީ މަދީހާގެ ކަންފަތުގައި ޖެހުނީ މީހަކު ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑެވެ. އަތުގައި ހުރި ފެންތައް ފޮޅަމުން މަދީހާ ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރީ މަދީހާއެކޭ ދާދި އެއްއުމުރެއްގެ އަންހެނެކެވެ. ހިނިތުންވެލަމުން ތީ ކާކުތޯ މަދީހާ ސުވާލުކޮށްލީ ހިތްހެޔޮކަމާއެކީގައެވެ.

“މަދީހާ ދޯ…” އެއަޑު ޖެހުމުން މަދީހާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ އެ އަންހެންމީހާއެވެ. “މީ ޞިރާރުގެ އަންހެނުން އާމިނަ…” އާމިނަ ޖަވާބު ދިނެވެ.

މަދީހާ ކޮޓަރި ދޮރު ހުޅުވާލަމުން އެތެރެއަށް ވަނުމަށް އެދުނެވެ. އާމިނަ އެތެރެއަށް ވަދެ މަންޝާއަށް ގޮވާލިއެވެ. އަދި މަންޝާގެ ގައިގާ ފިރުމާލިއެވެ. އާމިނައަށް ހީވީ އޭނާގެ އަންހެން ދަރި ރޫހީ ފެނުނުހެންނެވެ. ދެލޮލަށް ހިފެހެއްޓުމެއް ނެތި ކަރުނަ ޖަމާވިއެވެ. މަންޝާގެ ހާލު އަހުވާލު އޮޅުން ފިލުވާލަމުން އާމިނަ މަންޝާގެ އަތުގައި ފިރުމާލިއެވެ. އަދި އެއްވެސް ކަމަކު ބޭނުން ވަންޏާވެސް އާމިނަ ގާތު ބުނަން އެދުނެވެ. އާމިނަ މަންޝާ ދެކޭނީ އަމިއްލަ ދަރިއެއް ފަދައިންކަމަށް ބުނުމުން މަދީހާ އަށްވެސް އުފަލުން ރޮވުނެވެ.

ކޮޓަރިއަށް އެވަގުތު އައި ނަރުސްކުދިން ގާތްވެލީ މަންޝާގެ ލޭގެ ޕްރެޝަރާ ހުން ބަލާށެވެ. އެކުދިންގެ މަސައްކަތް ނިމުމުން އާމިނަ އެކުދިންގާތު މަންޝާ ކިހިނެއްތޯ އަހާލިއެވެ. އެވަގުތު ނަރުސް ކުއްޖާ ޖަވާބުދެމުން ހިނިތުންވެލިއެވެ. “މިހާރު ޕޭޝަންޓް ގެ ލޭގެ ޕްރެޝަރވެސް ހުރީ ނޯމަލްވެފަ.. މިއަދު ހެދި ސްކޭންވެސް ރަނގަޅު….”

މަދިހާ ވެސް ސުވާލެއް ކޮށްލިއެވެ. “ދެން ކޮންއިރަކުތޯ ދޫކޮށްލާނީ…” މަދިހާގެ ސުވާލަށް ޖަވާބުދެމުން ނަރުސްކުއްޖާ ބުނެލިއެވެ.

“މާދަމާ ހެދުނު ޑޮކްޓަރ ދެން ދުރުވާނީ.. އެވަގުތު ރިޕޯޓްސްތައް ބަލާފަ ޑޮކްޓަރ ވިދާޅުވާނެ ދޫކޮށްލާ ދުވަހެއް… ގުޑްނައިޓް…” ނަރުސްކުއްޖާ ކޮޓަރިން ނުކުތުމުން މަންޝާ ދެލޯ މަރާލީ ނިދާލާށެވެ. އެހެންކަމުން މަދިހާއާ އާމިނަ އެކޮޓަރިން ނުކުންނަމުން ކޮޓަރީގެ ނިދާބޮކި ދިއްލާލީ މަންޝާއަށް އުނދަގޫ ވެދާނެތީއެވެ. އަދި މަދީހާމެން މިތިބީ ކޮޓަރިން ބޭރުގައި ކަމަށް ބުންޏެވެ.

ކޮޓަރިން ބޭރަށް ނުކުމެ ވާހަކަ ދައްކަމުން އާމިނަ މަދީހާގެ ފަރާތުން މައާފަށް އެދުނެވެ. އަދި މަންޝާ ހުރިކަން އެނގުނު ނަމަ އާމިނަ އެހެން ނުހެދީސް ކަމަށް ބުންޏެވެ. އާމިނަގެ އޯގާތެރިކަމާ ރަނގަޅުކަން ފެނި މަދީހާ އުފާވިއެވެ. މަދީހާއަށް ކަމެއް ވިޔަސް މަންޝާ ބަލާނެ ބަޔަކު ތިބިކަމުގެ އިހްސާސް ވުމުން ހިތްހަމަޖެހުނެވެ.

ދެލޯ މަރައިގެން އޮތް މަންޝާއަށް ސިހުމެއް ވީ ފަހަތުން މީހަކު އޭނާގެ އުނަގަނޑުގައި ހިފާލުމުންނެވެ. އެއް އަރިއަކަށް އެނދުގައި އޮށޯވެގެން އޮތް މަންޝާއަށް އޭނާގެ ފަހަތުގައި ހުރި މީހަކު ބަލަން ބޯ އަނބުރާލިއެވެ. މަންޝާގެ ފަހަތުގައި އޮށޯވެގެން އޮތީ ޒިބާނެވެ. ޒިބާންގެ އަތުގައި ހިފާލަމުން މަންޝާގެ ހަށިގަނޑު ޒިބާންގެ ގައިގާ ޖައްސާލިއެވެ. ޒިބާން މަންޝާގެ ގައިގާ ފަހަތުން ބައްދާލަމުން ވާހަކަ ދެއްކިއެވެ. “މަން… ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދައްޗޭ؟…” ޒިބާންގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ. އެހެންޏާ އެއަޑުން ފާޅުވާ ޖޯޝާ ފޯރި ނެތްކަން މަންޝާއަށް އެނގުނެވެ. ޒިބާނާ ކުރިމަތިލާން މަންޝާ އެނބުރިލަމުން ޒިބާންގެ މޫނަށް ބަލާލިއެވެ.

“ކިހިނެއްވީ ޒިބާން.. ކީއްވެ މާ ދެރަވެފަ؟..” ޒިބާންގެ އުދާސްވެފައިވާ މޫނަށް ބަލަމުން މަންޝާ ޒިބާންގެ ދަތްދޮޅީގައި ހިފާލިއެވެ. “އަހަރެން ދުވަހަކުވެސް ޒިބާނާ ވަކި ނުވާނަން.. ޒިބާން ދެކެ އަހަރެންނަށް މިވެވުނު ލޯބި އެހެންމީހަކަށް ފޮހެލާކަށް ލާހިކެއް ނޫން… ޒިބާން… އަހަރެން ޒިބާން ދޫކޮށްނުލާނަން.. ދެން އެކަހަލަ ވާހަކަ ނުދައްކާތި…” ޒިބާންގެ މޭގައި މަންޝާ ބޯ އަޅާލިއެވެ.

މަންޝާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޒިބާން ވާހަކަ ދެއްކިއެވެ. “މަން… އަހަރެންނަށް މަންޝާ ކޮންމެ ތާކު ހުރެ ގޮވާލިއަސް އަހަރެން އަންނާނަން… މިކަމެއް އެއްވެސް މީހަކަށް ނުހުއްޓުވޭނެ…. އިނގޭ… ކަމެއް ބޭނުންވިއަސް ނުގޮވާ ނުހުންނާތި…” މަންޝާ ހޫން ލައްވާލިއެވެ. އޭރު މަންޝާގެ ލޮލަށްވަނީ ނިދި ސަވާރުވެފައެވެ.

މަންޝާއަށް ބަލަން އޮތް ޒިބާންގެ ދެލޯ ކަރުނުން ފުރުނެވެ. އޭނާއަށް މަންޝާ ގެއްލިދާނެކަމުގެ ބިރު ހިތުގައި އަށަގަތެވެ. މަންޝާ ހިމާޔަތް ކުރަން ހުންނަން ބޭނުންވިޔަސް އެއްވެސް އެއްޗަކީ ދުނިޔޭގައި ތާއަބަދަށް ދެމިހުންނާނެ އެއްޗެއް ނޫންކަން ޒިބާނަށް އެނގުނެވެ. މަންޝާދެކެ ޒިބާން ވާ ލޯތްބަށް ޓަކައި އޭނާ އެހުރީ އޭނާގެ އަމިއްލަ ނަފްސު ގުރުބާން ކުރަން ތައްޔާރަށެވެ.

މަންޝާއަށް ލޯހުޅުވާލެވުނީ ނަރުސްކުއްޖަކު އައިސް އަތުގައި ކޮއްޓާލުމުންނެވެ. އޭރު އެކޮޓަރީގައި ވާ ކުޑަދޮރުތަކުން ކޮޓަރި ތެރެއަށް ވަނީ އަލިވެފައެވެ. އިރު އެރިކަންވެސް މަންޝާއަށް ނޭނގުނެވެ. އެހާވެސް ގަދައަށް އޭނާއަށް ނިދުނީ ހެއްޔެވެ. މަންޝާ އެނދުމައްޗަށް ބަލާލީ ޒިބާން އޮތްކަމަށް ހީކޮށެވެ. ނަމަވެސް ޒިބާނެއް ނެތެވެ.

އަނެއްކާވެސް ނަރުސްކުއްޖާ ގޮވާލުމުން މަންޝާ އިސް އުފުލާ ބަލާލިއެވެ. ނަރުސްކުއްޖާގެ ފަހަތުގައި ހުރި ޑޮކްޓަރ ފެނުމުން މަންޝާގެ އަތުން އޭނާގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. މަންޝާގެ އެނދުކައިރިއަށް އަޒީމާ މަދީހާ ގާތްވެލީ ޑޮކްޓަރ ދައްކަން އުޅޭ ވާހަކަ ސާފުކޮށް އަޑުއިވޭތޯއެވެ.  ޑޮކްޓަރ މަންޝާ ކިހިނެއްތޯ ސުވާލުކޮށްލުމުން މަންޝާ ރަނގަޅުކަމަށް ބުންޏެވެ.

“ބްލަޑް ޓެސްޓް ރިޕޯޓްތަކުގައި އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކާ… މިހާރު ލޭގެ ޕްރެޝަރވެސް ވަރަށް ބޮޑުތަން ރަނގަޅުވެފަ ހުރީ… ސްކޭން ރިޕީޓް ކޮށްލަން ޖެހޭނީ.. އެކަމަކު އެއީ ދެހަފްތާ ފަހުން… ސޯ މިއަދު ހަވީރު ދޫކޮށްލެވޭނެކަމަށް މި ބަލަނީ… ގިނައިން އަދިވެސް ދިޔާ އެއްޗިހި ބޭނުންކުރޭ… އަދި މޭވާޔާ ތަރުކާރީވެސް ގިނައިން ބޭނުން ކުރާތި… އެންޑް ސްްރެސް އިޒް ޮޓް ގުޑް ފޯރ ޔޫ…” ޑޮކްޓަރގެ ވާހަކަ ނިންމާލުމަށްފަހު ކޮޓަރިން ނުކުތީ ދެން ތިބި ބަލި މީހުންގެ ގާތަށް ދިއުމަށެވެ. އަޒީމް ފޯނު ނަގާ ޟިރާރަށް ގުޅާލުމަށްފަހު ހަވީރުން މަންޝާ ދޫކޮށްލާ ކަމުގެ ޚަބަރު ދިނެވެ.

*** *** *** *** *** ***

ހެނދުނު އެރިއިރާއެކީ ޒިބާން ހުރީ ގޭގައެވެ. ސައިބްރޯތު ގޭގައި ހުރުމުން ޒިބާން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާތީ އަނގައިން ބަހެއް ނުބުނެއެވެ. ސައިބްރޯތު އުޅެނީ މަސައްކަތެއްގައި ކަމުން އޭނާއަށް މާގިނަ ވަގުތަކު ގޭގައި މަޑުކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ގެއިން ނުކުމެގެން ދަމުން ޒިބާނާ ސަލާމްކޮށްލިއެވެ. ސައިބްރޯތު ގެއިން ނުކުމެގެން ދިއުމާއެކީ ސަކޭރާވެސް ތައްޔާރީތަކެއް ވާން ފެށުމުން ޒިބާނަށް ކަމެއް ގޯސްވަމުންދާކަން ނަގައިގަންނަން އެނގުނެވެ. އޭނާގެ ސިކުނޑީގައި ހުރިހާ ކަންތަކެއް އެއް ފަހަރާ އެނބުރެން ފެށުމުން ހަދަންވީ ކިހިނެއްކަން އޭނާއަށްވެސް އޮޅޭ ގޮތްވިއެވެ. ހަމަޖެހުމުގެ ނޭވާތަކެއް ދޫކުރަމުން ޒިބާން ދިޔައީ ރަނގަޅު ޕްލޭނެއް ރާވާ ލެވޭތޯއެވެ.

ބޭރަށް ނުކުމެ ނުކުމެ ހުރި ސަކޭރާ ހިފެހެއްޓީ ޒިބާނެވެ. މިވަގުތު އެހާ އަވަސްއަރުވާލާފަ ސަކޭރާ އެދަނީ ކޮންތަނަކަށްތޯ ބަލަން ޒިބާން ސުވާލުކޮށްލިއެވެ. ޖަވާބު ދެމުން ސަކޭރާ ޒިބާނަށް ވިސްނައިދިނެވެ. “ޒިބާން… ޒޭބާ އެހިށީ ވެހާށް ކަވަރިވެފެއި… އެވެރިން ކިއެވެލި ކިޔަވާހެދި އެއަ އެވޭނޑެނީ އުދަގޫވެގެން… ސައިބްރޯތު އެހީވޭން ބޭނުން ނިވިއަސް ޒޭބާށް ދެރަގޮތަށް ވޭކަށް ބޮޑޮދައިތާ ނިއެދޭ… ބިމަށް ފައިބާ މަނާކޮށްފެއި ހިށިމެއި ބޭސް ތައްޔާރުކެރާޖެހޭ ސާމާނުތައް ހޯދާ ޖެހޭނެއި ބަރަކް އެކަހާ އޭ… އެއަ ކަވަރިއަށް ޒިބާން އޭއް އެހެއ ރަނގަޅާ ނޫން… އެހެންވެ ބޮޑޮދައިތާ މިއެނީ… ބޮޑޮދައިތާ އޭތިކޮ މިތެއި ޒޭބާއެކެހި މަޑޮކޮށްލަ…” (ޒިބާން… ޒޭބާ އެހެރީ ވިހަން ކައިރިވެފަ… އެމީހުން ކިޔެވެލި ކިޔާވާތީ އޭނަ އެއުޅެނީ އުނދަގޫވެގެން… ސައިބްރޯތު އެހީވާން ބޭނުންނުވިއަސް ޒޭބާއަށް ދެރަގޮތެއް ވާކަށް ބޮޑު ދައިތައެއް ނޭދެން… ބިމަށް ފައިބަން މަނާކޮށްފަ ހުރުމުން ބޭސް ތައްޔާރުކުރަންޖެހޭ ސާމާނުތައް ހޯދަން ޖެހޭނީ ބަރަކް ކައިރިއަށް ދާން… އޭނާ ކައިރިއަށް ޒިބާން ދިއުން އެހާ ރަނގަޅެއް ނުވާނެ.. އެހެންވެ ބޮޑުދައިތަ މިދަނީ…. ބޮޑު ދައިތަ އަންނަން ދެން މިތާ ޒޭބާ ކައިރީ މަޑުކޮށްލާތި…)

ބޮޑުދައިތަ ގެއިން ނުކުމެގެން ދިއުމުން ޒިބާން އެތެރެއަށް ވަންނަން އެނބުރިލި ވަގުތު ޒިބާންގެ ލޮލުގައި އަޅައިގަތީ އުނގަނޑުގައި އަތް ވިއްދައިގެން ހުރި ޒޭބާއެވެ. ކަޅުކުލައިގެ ކުރު ހެދުމެއް ލައިގެން ހުރި އިރު ޒޭބާގެ ބަނޑުވަނީ ވަރަށް ބޮޑުވެފައެވެ. ހީވަނީ ދެންމެދެންމެ ވިހާފާނެ ހެންނެވެ. ޒޭބާ ހުރިގޮތުން އޭނާއަށް ކޮންމެވެސް އުނދަގޫތަކެއް ވަމުން ދާކަން ޒިބާނަށް އެނގުނެވެ. ޒޭބާގާތަށް ޖެހިލަމުން ޒިބާން ވާހަކަ ދެއްކިއެވެ. “ޒޭބާ… ކިހެނަކަށްވެނީ؟… ބަނޑޮރިހެނިއްޔާ؟..” (ޒޭބާ… ކިހިނެއް ވަނީ؟… ބަނޑުގަ ރިއްސަނީތަ؟…)

ޒިބާނާ ހަތަރުކަޅި ހަމަކޮށްލަމުން ޒޭބާ ވާހަކަ ދެއްކިއެވެ. އޭރު ޒޭބާގެ މޫނުގެ ހަންގަނޑުގެ ނާރުތައް ވަނީ ފުއްޕާފައެވެ. އެ ނާރުތަކުން ފާޅުވަމުންދޔައީ ނޫ ކުލައެވެ. “އާހް… ޒީބާން… އެވެރިން މަ ހޯދާ އެ މަސައްކައްކެރަނީ… މަށް ވަރަށް އުދަގޫ ތެބެވެއި… ޒިބާން… މަކަށް ހިއެއް ނިވެއި މިކަންތައް ނިމިގެންއޭކޯ މަ މި ދުނިޔެއި ހިންނަހެއްހެން… މަ ބަނޑިމިއޮއް ކޮއްޔާ ބަލައި ދޭހެއްކަމަށް ވައުދުވެ… މަށް ދުވަހަކިކަމަށް ކޮށްދޭފެހޭ މިކޮއްޔާ ޒިބާންގެ ކޮއްޔާއި އެއްވެސް ތަފާތުކަމަށް ނިބަހައްޓައި ބަލައިދޭހެތި… މަށް މައުފްކޮށްލަ…” (އާހް.. ޒިބާން.. އެމީހުން އަހަރެން ހޯދަން އެ މަސައްކަތް ކުރަނީ… އަހަރެންނަށް ވަރަށް އުނދަގޫ އެބަވޭ… ޒިބާން…. އަހަރެންނަކަށް ހިއެއް ނުވޭ މިކަންތައް ނިމިގެން ދާ އިރު އަހަރެން މިދުނިޔޭގަ ހުންނާނެ ހެން… އަހަރެންގެ ބަނޑުގަ މިވާ ދަރިފުޅު ބަލައި ދޭނަން ކަމަށް ވައުދުވޭ… އަހަރެންނަށް ދުވަހަކު ކަމެއް ކޮށްދެންޏާ މިކުއްޖާ ޒިބާންގެ ކުއްޖާއާ އެއްވެސް ތަފާތުކަމެއް ނުބަހައްޓާ ބަލާދޭތި… އަހަރެންނަށް މާފް ކުރޭ…” ޒޭބާގެ ލޮލުން ފައިބަމުންދިޔަ ކަރުނައިގެ ކުލަ ހުރީ ކަޅު ކުލައަށެވެ. އޭނާގެ ދެއަތުގައި ތުރުތުރެއް ހުއްޓެވެ.

“ތެހެން ނިބެނަ ޒޭބާ… ޒޭބާއަށް އެއްވެސް ކަމަށް ނިވޭހެ… އަވަ ޒޭބާ ސަލާމަށް ކެރާށުން…” (ތިހެން ނުބުނޭ ޒޭބާ… ޒޭބާއަށް އެއްވެސް ކަމެއް ނުވާނެ… އަހަރެން ޒޭބާ ސަލާމަތް ކުރާނަން…) ޒިބާން އޭނާގެ އަތުގައި އަޅާފައިވާ އަނގޮއްޓި ނެގިއެވެ. އެ އަނގޮއްޓި ޒިބާންގެ އަތުން ވަކިކޮށްލުމާ އެކީ އޭގެ އެސް ހުދުކުލައަށް ބަދަލުވިއެވެ. “ޒޭބާ… މިއަނގޮޓި އެޑަ… އެކަލަކި އެވެރިން ކިތަންމެ ވަރަކަށް ހޯދިއަސް އެވެންނަށް ޒޭބާ ނިފެނޭހެ… އަދި އެވެރިން އެކެރާ ކަންތަކުން ޒޭބާއަށް އެއްވެސް އުނދަގުލަށް ނިވޭހެ..” (ޒޭބާ މި އަނގޮއްޓިއަޅާ.. އޭރުން އެމީހުން ކިތަންމެ ވަރަކަށް ހޯދިއަސް އެމީހުންނަކަށް ޒޭބާއެއް ނުފެންނާނެ…އަދި އެމީހުން އެކުރާ ކަންތަކުން ޒޭބާއަށް އެއްވެސް އުނދަގުލެއް ނުވާނެ…)

ޒިބާން ދިއްކުރި އަނގޮއްޓިއަށް ބަލަން ޒޭބާ ހުރީ އަޖައިބުވެފައެވެ. “ޒިބާން ކެހެނަކަށް ހަދާ ތެ ހިނގަނީ…” (ޒިބާން ކިހިނެއް ހަދަން ތިއުޅެނީ؟…) ޒޭބާ ކުރި ސުވާލަށް ޒިބާން ޖަވާބުދެމުން ހަދަންވީ ގޮތް ތަފްސީލުކޮށް ކިޔައިދިނެވެ. އެއަށް ފަހު ޒޭބާ އެ އަނގޮއްޓި އަޅާލިއެވެ. އެ އަނގޮއްޓި ޒޭބާގެ އަތުގައި އެޅުމާ އެކީ އޭގެ ހުދު އެސް ބަދަލުވީ ނޫ ކުލައަށެވެ.

“އަވަ ޒޭބާއަސް މަންޝާއަސް ސަލާމަށް ކެރާށުން… މަ ބެނިހެން މަންޝާއެކަހާ އޭއް ތައްޔާރަށް ހިންނަހެތި… އެވެރިން ފަންޑިތަ ހަދާ އެރާވަނީ މިރެއި… ހުކުރުވިލޭރެއި…” (އަހަރެން ޒޭބާވެސް މަންޝާވެސް ސަލާމާތްކުރާނަން… އަހަރެން ބުނިހެން މަންޝާ ކައިރިއަށް ދާން ތައްޔާރަށް ހުންނާތި… އެމީހުން ފަންޑިތަހަދަން އެރާވަނީ މިރޭ… ހުކުރުވިލޭރެއަށް…)

*** *** *** *** *** ***

ހަވީރު ހޮސްޕިޓަލުން ދުކޮށްލާ ވާހަކަ ބުނުމުން އެކަމާ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. މަދީހާގެ މަންމަ ހުޅުމާލޭން އަންނާތީ މަދީހާއަށްއެތަނަށް ދާން ޖެހުމުން ވަރަށް ދެރަވިއެވެ. “ދަރިފުޅާ… މަންމަ މިދަނީ.. މާމަ ބަލާ ދާން ޖެހޭތީ… ކަމެއް ބޭނުންވިޔަސް މަންމައަށް ގުޅާތި އިނގޭ.. އަޒީމް ދެން މަންމަ ގޮސްލަނީ…” މަދީހާ ކޮޓަރިން ނުކުމެގެން ދިއުމުން އަޒީމް، މަންޝާއާ ގާތް ވެލިއެވެ. އޭރު މަންޝާ ހުރީ އޭނާގެ ސާމާނުތައް ދަބަހަށް އަޅާ ޕެކް ކުރާށެވެ.

“މަންޝާ… އަހަރެމެން މިކަމުން ސަލާމަތްވީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ނޫންތަ…” މަންޝާގެ އުނަގަނޑުގައި ހިފާލަމުން އަޒީމް ވާހަކަ ދެއްކިއެވެ.

“އަޒީމް… އަހަރެން ގައިން ދޫކޮށްލާ.. އަހަރެން ބޭނުމެއް ނޫން އަޒީމް އަހަރެން ގައިގަ އަތްލާކަށް… އަހަރެން އަޒީމްދެކެ މިހާރު ލޯބި ނުވާކަން އަޒީމަށް އެނގޭނެ…” މަންޝާ ރުޅިއައިސްފަ ހުރެ ވާހަކަ ދެއްކުމުން އަޒީމް ފަހަތަށް ޖެހިލިއެވެ.

“މަންޝާއަށް އިނގޭތަ މަންޝާ ތިހުރީ ޖިންނި މޮޔަވެފަކަން.. އެހެންވެ މަންޝާއަށް މިހާރު ވާނުވާ ނޭނގެނީ…” އަޒީމް މަސައްކަތް ކުރީ މަންޝާގެ ރުހުން ހޯދާށެވެ.

“ކޯއްޗެކޭ ކިޔާކަށް އަހަރެންނަށް ހުރިހާ ކަމެއްވެސް އިނގޭ… އަހަރެން މޮޔައެއްނޫން އިނގިއްޖެތަ؟…” މަންޝާ އަޒީމާ ދިމާއަށް އަތް އުކަމުން ވާހަކަ ދެއްކިއެވެ.

“އަހަރެމެން މިއުޅެނީ ފަންޑިތަހަދަން… މިރޭ ބާރަ ޖަހަންވާއިރަށް އެތަނަށް ދާން ޖެހޭނެ.. އެ ޖިންނި ނައްތާ ލެވުނީމަ މަންޝާއަށް ރަނގަޅަށް ވިސްނޭނެ…” އެމީހުން ކުރަން އުޅޭ ކަންތައް އަޒީމް ހާމަ ކުރިއެވެ.

ކުރިއަށް ޖެހި އަޒީމްގެ ގަމީހުގެ ގިރުވާނުގައި ހިފަމުން މޫނާ މޫނު ގާތްކޮށްލަމުން އަޒީމްގެ ދެލޮލަށް މަންޝާ ބަލާލިއެވެ. ކިހިނެއްވީތޯ އަހާލަމުން މަންޝާގެ އަތުގައި އަޒީމް ހިފާލި ނަމަވެސް މަންޝާ އޭނާގެ އަތެއް ދުލެއް ނުކުރިއެވެ. “އަޒީމް.. ތި ފަންޑިތައިގެ ކުޅިގަނޑު ހުއްޓާލާ… ތިއުޅެނީ އޭނަ މަރާލަންތަ… އަހަންނަށް އޭނަޔާ ނުލާ ނޫޅެވޭނެ.. އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ.. އެކަން ހުއްޓުވާ… އެމީހުން އެކުރަނީ ރަނގަޅުކަމެއް ނޫން… ހަމަތެދަށް މިބުނަނީ… އޭނަ އަހަރެންނާ އަވައެއްނުލާ… އަހަރެންނަށް އޭނަ ދެކެ ލޯބި ވެވުނީ.. އަޒީމް.. ޕްލީސް… ދުވަހެއްގެ ކޮޅުންވެސް އަހަރެން ބުނާ ކަމެއް ކޮށްދެންޏާ ތި ކުރަންއުޅޭ ކަންތައް ހުއްޓާލާ…” މަންޝާ އާދޭސްކުރަމުން ދިޔައީ އެކަންތައް ހުއްޓުވޭތޯއެވެ. އެމީހުން ފަންޑިތަ ހަދަން އުޅޭ ވާހަކަ ބުނުމުން ޒިބާން ގެއްލިދާނެ ކަމުގެ ބިރު މަންޝާގެ ހިތުގައި ވަނީ އަށަގެންފައެވެ.

“މަންޝާއަށް އޭތި އަވަލާފަ ހުރީމަ ތިވައްތަރަށް ތިއުޅެނީ… މަންޝާއަށް ތިވެވިގެން އުޅެނީ ލޯތްބެއް ނޫން… ތީ ޖިންނި މޮޔަވީމަ މީހުން ކިޔާ އެއްޗެއް… އަހަރެމެންނަށް ވުރަށް އޭއްޗިހިން މުހިއްމުވާނީ އެހެންވެ… މަންޝާ ރަނގަޅުވީމަ އަދި ވިސްނޭނެ…” މަންޝާގެ އަތުގައި އަޒީމް ހިފާ ގިރުވާނުން އޭނާގެ އަތް ވަކިކޮށްލިއެވެ.

“އަހަރެން މީމޮޔައެއް ނޫން… އަހަރެން ޖިންނި މޮޔައެއް ނުވޭ.. އަހަރެން އޭނަ ދެކެ ލޯބިވީ އަހަރެން ހަމައިގަ ހުރެގެން.. އަހަރެން ބޭނުންވެގެން… އަޒީމަށްވުރެ އޭނަ މާ ރަނގަޅު… އަހަރެން މިގޮތަށް އުޅެން ބޭނުމީ… ތި ފަންޑިތަ ހަދާ ތަނަށް އަހަރެން ނުދާނަން…” މަންޝާ ރުޅިއައިސްފަ ހުރެ ފާޚާނާއަށް ވަދެ ބަންލާފަ ދޮރުފަތް ލައްޕާލިއެވެ.

“ތިއެއް ބަލާލާނަން… އަހަރެންތޯ ނޫނީ ޖިންނިތޯ މިކަމުގަ މޮޅުލިބެނީ…” އަޒީމް މިހެން ބުނެ އެކޮޓަރިން ނުކުމެގެން ތިރިއަށް ދިޔައީ ޑޮކްޓަރ ގަންނަން ލިޔެދީފަ ހުރި ބޭސްތަކެއް ނަގާށެވެ.

ލިފްޓުން ތިރިއަށް ފޭބިއިރު ލިފްޓު ކައިރީ މަޑުކޮށްގެން ތިބި ޟިރާރާ ރިޔާޒް ފެނުމުން އަޒީމް ހީލިއެވެ. “އަފިރިން މި ހިނގަނީ އަޒީމް އެކަހާ… ކޮންތާކަށް ތެއެނީ؟..” (އަހަރެމެން މިދަނީ އަޒީމް ކައިރިއަށް… ކޮންތާކަށް ތި ދަނީ…) ޟިރާރު އަހާލިއެވެ.

“މިއެނީ ޑޮކްޓަރ ލެއިދެރެފެއި ހިށި ބޭސްތައް ނަގާ… ކޮބާ ހުށުހެއިކަމަށް ރެޑީވެގެއި؟….” (މިދަނީ ޑޮކްޓަރ ލިޔެދީފަހުރި ބޭސްތަކެއް ނަގަން…. ކޮބާ ހުރިހާ ކަމެއް ރެޑީވެއްޖެތަ؟…) އަޒީމް ޟިރާރު މެންނާ އެކީ ބޭރަށް ނުކުންނަން ހިނގައިގަންނަމުން ބުނެލިއެވެ.

“ހާ.. މިކޯ ހުށުހެއިކަމަށް ހަމއަކަށް އެޑިގެ… އެ ޖިންނިއަ ގިނެވޭތޯ ވަރަސް ކިއެވެލި ކިއެވިގެ… އެއަ ގިނެވޭގޮތަށް ނިވި… މަންޝާ ގިނިގޮސްގެން ނޫނީ މިކަން ކާމިޔާބަށް ނިވޭހެއް…” (އާން މިހާރު ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެ… އެ ޖިންނި ގެނެވޭތޯ ވަރަށް ކިޔެވެލި ކިޔެވިއްޖެ.. އޭނަ ގެނެވޭ ގޮތެއް ނުވޭ… މަންޝާ ގެންގޮސްގެން ނޫނީ މިކަން ކާމިޔާބެއް ނުވާނެ…) ޟިރާރުގެ ވާހަކަ އެހިސާބަށް ދިއުމުން އަޒީމްގެ ފިޔަވަޅު ހުއްޓުނެވެ.

“މަށް ހިއެއްނިވެއި މަންޗާ އެތަނަށް ގިނެވޭނެހެން… މިކލަސް ފަންޑިތަ ހަދާ ހިނގާކަން  އެނގިގެންރިޑިއަރަފެއި ހިށީ… ހިނަގއު އެއަ ހެއިނައްތަގެން ގިނޭ…” (އަހަންނަކަށް ހިޔެއް ނުވޭ މަންޝާ އެތަނަށް ގެންދެވިދާނެހެނެއް… މިހާރުވެސް ފަންޑިތަހަދަން އުޅޭކަން އެނގިގެން ރުޅިއައިސްފަހުރީ…ހިނގާ އޭނަ ހޭ ނައްތާލައިގެން ގެންދަން…) ވާހަކަ ދައްކަމުން ދިޔަ އަޒީމްގެ ސިކުނޑިއަށް އައި ފުރަތަމަ ހިޔާލު ދުލުން ބޭރު ކޮށްލީ އެއްވެސް ވިސްނާލުމަކާ ނުލައެވެ.

“ސާބަސް އަޒީމް… މަންޝާ ބަނޑޮބޮޑަސްމެ… މަށް ފެނެނީ އެއަގެ ރުހުމެ ތެތަނަށް ގިނޭ… އެހެން ނޫނީ ތެކަން ކެރާ ވޭނޑެނިކޮށް ބޭބީއަށް ގެއްލުމަކަސް ލިބިއޭހެ…” (ސާބަސް އަޒީމް.. މަންޝާ ބަނޑުބޮޑުވެސްމެ.. އަހަންނަށް ފެންނަނީ އޭނަ ރުހުމުގަ ތިތަނަށް ގެންދަން.. ނޫނީ ތިކަން ކުރަން އުޅެނިކޮށް ބޭބީއަށް ގެއްލުމެއްވެސް ލިބިދާނެ…) ރިޔާޒް ވާހަކަ ދެއްކީ އަޒީމަށް ވިސްނައިދެވޭތޯއެވެ. އެވަގުތު މީރާ ގުޅަން ފެށުމުން ރިޔާޒް ފޯނު ނެގިއެވެ. އެއަށް ފަހު ޟިރާރާ އަޒީމް ގާތު މިދަނީ މީރާ ކައިރިއަށޭ ބުނެ އޭނާ ހޮސްޕިޓަލް ތެރެއަށް ވަންނަން މިސްރާބު ޖެހިއެވެ.

“ރިޔާޒްމެން މިކަހަލެއި ކަންތައްތަކަށް ވަރަށް އައުވޭހެ… އަސްލު މިރެއި ނޫޏީ މިކަން ކެރާ ރަނގަޅޮ ރެއަށް ދެން ނިއޭހެ… ކޭތަ ހިފާ ރެއަކަށް ވީމެއި މިރެއިމީ މިކަން ކެރާ އެންމެ ރަނގަޅޮރެއި…. މިރެއި މިކަން ނިވިގޭފެހޭ ދެން މިކަން ކެރެވޭނެއި އެނަށް ކޭތަ ހިފާ ރެއި…. މަށް ފެނެނީ ރަނގަޅޮ ބޭހަށް ދޭ…” (ރިޔާޒްމެން މިކަހަލަ ކަންތައްތަކަށް ވަރަށް އާވާނެ. އަސްލު މިރޭ ނޫނީ މިކަން ކުރަން ރަނގަޅު ރެއެއް ދެން ނާންނާނެ… ކޭތަ ހިފާ ރެއަކަށް ވީމަ މިރޭ މީ މިކަން ކުރަން އެންމެ ރަނގަޅުރޭ… މިރޭ މިކަން ނުވެއްޖިއްޔާ ދެން މިކަން ކުރެވޭނީ އަނެއް ކޭތަ ހިފާ ރޭ… އަހަންނަށް ފެންނަނީ ރަނގަޅު ބޭހެއް ދޭން…) ޟިރާރު މިހެން ބުނުމުން އަޒީމްވެސް އެކަމަށް އެއްބަސްވެ ބޯޖަހާލިއެވެ. އަޒީމަށް އަދި ފަހުން ދަރިއަކުވެސް ހޯދިދާނޭ ހިތަށް އެރިއެވެ. މިވަގުތުއަޒީމަށް މުހިއްމުވީ އެޖިންނި މިދުނިޔެއިން ނައްތާލާށެވެ. އޭނާއަށް މަންޝާ ހާސިލްކުރެވޭނީ އޭރުންނެވެ.

“ނަމަނަމަ މިކަން މިހެން ކެރާ ވާހަކަ ރިޔާޒް އެކެހި ނިބެނާހެތި… މިރެއިގެ ކިޔެވެއްޔަށް ހައް މީހުން ބޭނުންވޭކޯ އަލިބެ އެ ހުށުހައި ކަަމަށް ވެނީ ހަމަޖައްސަފެއި… މިކަން މިރެއި ކޮންމެގޮތަށް ހަދަފެއިވިއަސް ކެރާށްޖެހޭހެ…” (ނަމަނަމަ މިކަން މިހެން ކުރާ ވާހަކަ ރިޔާޒް ކައިރީ ނުބުނާތީ… މިރޭގެ ކިޔެވެއްޔަށް ހަތް މީހުން ބޭނުންވާއިރު އަލިބެ އެ ހުރިހާކަމެއް ވަނީ ހަމަޖައްސާފަ.. މިކަން މިރޭ ކޮންމެ ގޮތެއް ހަދާފަވެސް ކުރަންޖެހޭނެ…) އެދެމީހުން އެކީގައި ގޮސް ވަނީ އޭ.ޑީ.ކޭ ކުރިމަތީ ހުރި ފާމަސީއަށެވެ.

*** *** *** *** *** ***

އަޒީމް ކޮޓަރިއަށް އައިސް ވަނީ މަންޝާ ހޮސްޕިޓަލުން ދޫކޮށްލާތީ ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމުގެ ކަންތައް ނިންމާލުމަށްފަހުއެވެ. އޭރު މަންޝާ އިނީ އެނދުގައި އިށީނދެގެން އޭނާގެ ކަރުގައި އަޅާފައިވާ ފަށުގެ ފުލާ ކުޅެލަކުޅެލައެވެ. އަޒީމް އައިސް ވަނުމާ އެކީ ގެއަށް ދަނީ ކޮންއިރަކުންތޯ މަންޝާ އަހާލިއެވެ.

ޖީބުން ނެގި ދެގުޅަ ބޭސް މަންޝާ އަތަށް އަޒީމް ދިއްކޮށްލިއެވެ. “ނަރުސްކުއްޖާ ބުނީ މިބޭސް މިހާރު ކާން ޖެހޭނެއޯ… ބޭސް ކައިގެން ހިނގާ ދާން…” މަންޝާ އެބޭސްގުޅަތައް ފެންފޮދެއްގެ އެހީގައި އަވަހަށް ދިރުވާލިއެވެ. އެއަށްފަހު ދަބަސް ކޮނޑުގައި އަޅާލަމުން އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

އަޒީމާއެކީ ލިފްޓަށް އެރި ވަގުތު މަންޝާގެ ބޮލަށް ފާޑެއްގެ އުނދަގުލެއް ވީހެން ހީވުމުން މަންޝާއަށް އަތް އެޅުނީ އެވަގުތު އޭނާގެ ބަނޑުގައެވެ. ލިފްޓު ތިރިއަށް އައުމުން ލިފްޓުން ފައިބަން އެޅި ފިޔަވަޅާއެކީ މަންޝާގެ މޫނުމައްޗަށް އަނދިރިވާ ގިތްވުމުން ހުއްޓުނެވެ. އޭރު ލިފްޓުގެ ބޭރުގައި ގިނައަދަދެއްގެ މީހުން މަޑުކޮށްގެން ތިއްބެވެ. މަންޝާގެ އަތުގައި ހިފަމުން ފައިބާށޭ އަޒީމް ބުނެލުމުން އަޒީމްގެ އަތުގައި މަންޝާ ހިފީ ހިތާ ދެކޮޅަށެވެ.

ދެމީހުން އެކީގައި ބޭރަށް ނުކުތްއިރު ޓެކްސީއެއް ހުއްޓުވައިގެން އެމީހުންގެ އިންތިޒާރުގައި ޟިރާރު ހުއްޓެވެ. އެހިސާބަށް ދިޔައިރު މަންޝާގެ ދެލޯ ފުސްވަމުންދާތީ ކުރިއަށް މަންޝާ ހިނގަމުން ދިޔައީ އަޒީމްގެ އެހީގައެވެ. “އަޅެ އެމީހުން އެދިނީ ނިދާބޭސްތަ… ގެއަށް ގޮސް އެބޭސް ކެވުނުނަމަ…” މަންޝާ އެހެންބުނީ އޭނާގެ ބޮލަށް ބަރުވާތީއެވެ.

ޓެކްސީގެ ދޮރުހުޅުވަމުން މަންޝާ ޓެކްސީގައި އިށީނުމުން އަޒީމް އެރީ މަންޝާ ކައިރިއަށް ޓެކްސީގެ ފަހަތު ސީޓަށެވެ. އެމީހުން ޓެކްސީއަށް އެރުމާއެކީ ޓެކްސީގެ ކުރީ ސީޓަށް ޟިރާރު އެރިއެވެ. ދާންވީ ތަން ޓެކްސީ ޑްރައިވަރ ކައިރީ ޟިރާރު ބުނުމުން އެ ޓެކްސީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ގޯތިތެރެއިން ނުކުތުމަށް ދުއްވާލިއެވެ.

“އަޒީމް… އަޒް… އަހަރެން ބޮލުގަ ވަރަށް ރިއްސާ….” މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަނގައިގާ އެއްވެސް ވަރެއް ނެތް ކަހަލައެވެ. ސޯސަންމަގާ މަޖީދީމަގާ ހަތަރު އަނގޮޅިވާ ސަރަހައްދުގައި ހުރި ޓްރެފިކް ލައިޓް ކައިރިން މަޖީދީ މަގަށް ކާރު ލަނބާލީ މާފަންނާވީ ކޮޅަށް ދާށެވެ. އޭރު މަންޝާގެ ދެލޯ މެރިއްޖެއެވެ. ގައިން ވަރު ދޫވެ އަޒީމްގެ ގައިގާ ލައްވުމުން މަންޝާގެ ގައިގާ އަޒީމް ހިފަހައްޓާލިއެވެ.  ޓެކްސީ ދުއްވަން އިން ޑްރައިވަރު ކުރިމަތީ ހުރި ކުޑަ ލޯގަނޑުކޮޅުން ފަހަތް ބަލާލީއެވެ. އޭނާއަށް އެމަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ލޯބިވަން ޔާރާ އޭ 7

Next

ސިއްރު 8

Next
October 4, 2016

ސިއްރު 8

Previews
October 3, 2016

ލޯބިވަން ޔާރާ އޭ 7

46 Comments!

  1. Sam says:
    October 3, 2016 at 11:53 pm

    Try me frst

  2. Naash says:
    October 4, 2016 at 12:06 am

    Me 2nd?

  3. Mansha says:
    October 4, 2016 at 12:19 am

    Me 3rd

  4. bella❤ says:
    October 4, 2016 at 12:39 am

    story is awsum.. zeba kon dhera e vaaka tha mihaaru… mansha and zeban ge eyo loabi life e halaaku vany…. liraar . mee play boy e kaneynge dhow..

  5. Khajja says:
    October 4, 2016 at 2:15 am

    Wow super ekam zibaan ah dheragothennaha dhachchey texi driver akah eyny zibaan dhw v hyvey ehen n nxt prt avahah up koh dhybala plx waitin waitin waitin

  6. §∅m€∅ñ€ §¶€©iāL says:
    October 4, 2016 at 3:03 am

    zibaan will save manshaa
    no matter what…
    azeem haadha nubaey.. mabsha banduga oiy kujjaa maruviyas eynayah okyo… i hate azeem… ziban pls kill azeem like how alithkkaanu died… waiting for next episode

  7. Faai says:
    October 4, 2016 at 6:09 am

    Afnaan ah vee kihineththa?? Dhen othy last part dho? Afnaan’ge bayeh nugenes ninmiyya varah hama nujeheyne.

  8. Fathun says:
    October 4, 2016 at 6:44 am

    Zibaan eiy jinni eh. Whn he is not a muslim how cum mansha nd he have a love life. Namadhu nuko ehn ulhen eiy loabe nun. Azeem buny fahun dariye hoadhi dhaaney. Gaimu axeem kodhin kantha mansha hadhaan nethuny tha. Eynage family dhukolaafa mansha aa kaiveni kury..dhemyhun ves dhuruvy jinnyge udhagulaa hedhi. Azeem.ah dheragothe nahadhathi. Please..aslu ruhi jinni moyavy kyve..lhiraar aa enmen avalany kyve

    1. §∅m€∅ñ€ §¶€©iāL says:
      October 4, 2016 at 11:12 am

      vaahaka rangalhah kiyaalan feney… zibaan akee muslimeh…. hehehe… and vaahaka nimuneema kameh saafu nuvefa oiy nama thihen bunan ok… adhi eh episode eba oiy… kehkohllaa dhoonyaaa…..

    2. منشآ says:
      October 4, 2016 at 12:06 pm

      Azeem namaadh kuraa vaahaka eh ves nuliye

  9. shaky says:
    October 4, 2016 at 6:47 am

    taxi ga in driver akee ziban ah vaane nama hehe

  10. ken? says:
    October 4, 2016 at 7:36 am

    i wish taxi driver anee zibaan kamah vun…hhehe… so he cud save his love n baby too….n azeem ah reethi javaabei libeyne kamah ummeedhu kuran…btw afnan ah vee goi ingen beynun….eynaves preg ei noontha.. last partga hurihaa suvaakuthakeige javaabu libeyne kamah heekuran…wish u good luck ☺

  11. laira says:
    October 4, 2016 at 8:00 am

    Eee Hama zibaan vv reethi addu bahun hunnaathee undhagoo kiyan vedhaane addu bas neyngeythee vaagothe kamaves

  12. laira says:
    October 4, 2016 at 8:00 am

    Eee Hama zibaan vv reethi addu bahun hunnaathee undhagoo kiyan vedhaane addu bas neyngeythee vaagothe kamaves

  13. laira says:
    October 4, 2016 at 8:00 am

    Eee Hama zibaan vv reethi addu bahun hunnaathee undhagoo kiyan vedhaane addu bas neyngeythee vaagothe kamaves

  14. laira says:
    October 4, 2016 at 8:00 am

    Eee Hama zibaan vv reethi addu bahun hunnaathee undhagoo kiyan vedhaane addu bas neyngeythee vaagothe kamaves

  15. Mai says:
    October 4, 2016 at 8:55 am

    Azeem nd manshaa gulheny… ehen noonas zibaan e e jinni eh azeem kihaa loabi vey manshaa dheke

  16. Ainy says:
    October 4, 2016 at 9:54 am

    Mee meheithaan kiyene emme nala vaahakaa….. waiting for the next part.. 🙂

  17. Shaa says:
    October 4, 2016 at 10:21 am

    jinni moya vyma knmme meehaku ves balaany elamun salaamai ve veythw.. azeem goaheh noon..knmme gotheh viyas e zibaan ah gotheh hadhaagen mansha normal vaany and azeem and mansha kuryge happy life beynun vany.. varah salhi eyru.. flower you are amazing !!

  18. Shaa says:
    October 4, 2016 at 10:23 am

    sorry .. shax *

  19. شيزا مصطفى says:
    October 4, 2016 at 11:21 am

    Miadhu mi site nuhulhuvey

  20. Madhy says:
    October 4, 2016 at 12:13 pm

    Wow story amazing ?

  21. sham says:
    October 4, 2016 at 1:26 pm

    Zibaan an Masha
    gulheny

  22. Sabeeha says:
    October 4, 2016 at 2:04 pm

    v salhi…?

  23. girl :))) says:
    October 4, 2016 at 2:14 pm

    noolhen xibaan n mansha..axeem dheybala dhurah..i love xibaaan soo much <3 <3 eyna e vaavara gaathahves axeem mann dheke loabinuvey

  24. huj says:
    October 4, 2016 at 8:20 pm

    varah foohi story mihaaru sorrry for the negetive comment but gonna read it intresting

  25. Jailam says:
    October 4, 2016 at 8:22 pm

    shaxlyn vez enmefahun vee copy cat akaha dhw. Most of the incident in this story was exactly copied from a famous story I’ve read. I read your story which was published before this. It was Good and truly original. But this plot is a mixed from another story. 75% of the story is taken from another story. mi story feshigen mihisaaba kiyaali iru v v v v bodah notice vefa othy shaxlyn mi story copy eh kan kiyun therin ah neygey gotha story kuriyah gendhan v maseykai kohfa hurikan. Mi konmehen shaxlyn aa jassaalaigen kiyaa eche nun. mihaa dhuvas v iru eki liyun theringe eki story tha kiyaafa hury. baeh liyun therin kairy thedha eche bunefiyaa hyvaany readers ulheny eh liyun theriyakaa jassaalaigenney. mi kahala vaahaka migotha bunan baeh readers ah nukereny kamah ves vedhaane. ginafaharah mikahala comment thakah hudhu writer ves react kuraa goi rangalhu nun v ma. Ehen viyas mi vaahaka ah medhu aharenge hiyaalu huri goi mi.

    1. mann says:
      October 4, 2016 at 9:47 pm

      so aslu vaahakaige nan bunanveenu…
      thihen bunaahaa ehcheh nukiaa gabookeh nukureveyne

    2. fan of shaxlyn says:
      October 5, 2016 at 12:40 am

      i read alot of dhivehi stories..bt thibunaa copy kuri vaahaka e keefa e nei.. so y dnt u tell eyee kon story e kan.. jailam ge name ga thi comnt kuraa meehaky konme meehe kamuga viyas thi bunaa eche evs meehe gaboole nukuraane.. cox shaxlyn akee meege kurin ves vaahaka liyaa liyuntheri e thibunaa copy e kohfa oi nama ehen meehuna ves ekan faahaga vees.. mi site ga laara ge vaahaka e ge copy e jeheema enmenah ves ingunu eyee kon vaahaka egge copy ekan .. ekan hurihaa kiyuntherinna ves vaguthun faahaga vi.. mansha vaahakaige 50 episode nimun iru ves thikahala shakuvaa e naanaanee gaimu ves copy e noon v ma..mashah heevany thi comnt kuraa meehaa j vany hen shaxlyn mikahala varugadha story e genesdheythy.. anyways shaxlyn ur one of the best authr tht v all love.. keep it ..and this story is amaxing .. ❤from a loving fan

    3. Nisha says:
      October 5, 2016 at 4:13 pm

      Nisha ah ves notice kurevey baeh than thankolhu kurin kiyaafa in story ehge than thankolhaa vatharukan but echekey nubunan hury myge kurin shaz ge ehves story ahkun ehen notice nuvaathy i thought she is trying to write a different story this time. I’m not saying this in a bad way i do like ur stories enmen fahun nimifa inn story kandu fen ves v reethi.

  26. §∅m€∅ñ€ §¶€©iāL says:
    October 4, 2016 at 9:59 pm

    isit… alhe dhakkaba thi copy vaahakaige aslu… meehaku dhera kollan komme kahala ehchehves kiyaafaane… mi kihaa bura masakkathekan jailum ah ingeyhtha.. dhogu badhnaam alhuva iru .

  27. §∅m€∅ñ€ §¶€©iāL says:
    October 4, 2016 at 9:59 pm

    isit… alhe dhakkaba thi copy vaahakaige aslu… meehaku dhera kollan komme kahala ehchehves kiyaafaane… mi kihaa bura masakkathekan jailum ah ingeyhtha.. dhogu badhnaam alhuva iru .

  28. §∅m€∅ñ€ §¶€©iāL says:
    October 4, 2016 at 9:59 pm

    isit… alhe dhakkaba thi copy vaahakaige aslu… meehaku dhera kollan komme kahala ehchehves kiyaafaane… mi kihaa bura masakkathekan jailum ah ingeyhtha.. dhogu badhnaam alhuva iru .

  29. §∅m€∅ñ€ §¶€©iāL says:
    October 4, 2016 at 9:59 pm

    isit… alhe dhakkaba thi copy vaahakaige aslu… meehaku dhera kollan komme kahala ehchehves kiyaafaane… mi kihaa bura masakkathekan jailum ah ingeyhtha.. dhogu badhnaam alhuva iru .

  30. Haasaru says:
    October 4, 2016 at 10:48 pm

    Saying so confidently that this is a 75% copied story but not even one mentioned the name of that story .lol

  31. Anonymous says:
    October 5, 2016 at 12:11 am

    mivaahaka copy ekey bunaathy hama hairaan vey. i read alot of storys. ekamaku this story is quite different then other jinni stories. heevanee jahssaalaigen ulhey meeheh hen. alhe bunanveenu thi story akaa vahtharuvegen ukhey storyge name.

  32. kokaa says:
    October 5, 2016 at 2:08 am

    Nooney miwaruge wahakaeh adhi nukiyey….mi wahaka nimman ulheythy v dherawey ingey…jailam kokko buneba thibunaa wahakaige nan dhw… ??

    1. Lovely girl says:
      October 6, 2016 at 5:54 pm

      Dhen eki miihunah fenaanii eki gothah dho jailam ah fenna goi eenaa eh buni
      I am also a fan of shax and i dont believe jailam but there is nothing to react in what he said baeh readers hiivanii moya bolah araafa hurihen

  33. Hiyaalu says:
    October 5, 2016 at 11:27 am

    dhen mihaaru vv foohi. maa dhigu vegen gos haasaru bodi. kadufen story vv reethi. but mi vaahaka mihaaru kamaku nudhey.

  34. Anonymous says:
    October 5, 2016 at 11:28 am

    My main concern is that this story is good to read. It’s a very unique love story. But wouldn’t say it’s a horror one. Not even 30% of the story is scary. As a love story I’d say is perfect. But surely one of the worst horror stories I have read.

    1. Haasaru says:
      October 5, 2016 at 8:33 pm

      Agreed.. doesn’t fit under horror category

  35. Anonymous says:
    October 5, 2016 at 4:06 pm

    100% copy nuneeyaa copy aka mihaaru nuve. ehen vaahaka thakun tan tankolhu nagaigen improvise kurumakee mihaaru writers in kuraa kameh. eyee creativeness. shaxlyn too did that i think it. so its not copy.

  36. Hi says:
    October 5, 2016 at 4:20 pm

    I also read many dhivehi and english stories. But I’ve never seen anything like this one. This is a strikingly beautiful story..

  37. Mem says:
    October 6, 2016 at 1:42 am

    mi vaahaka ninman v dhen. hus haasaru bodi ginai

  38. Azuna says:
    October 6, 2016 at 1:49 am

    Nice

  39. xaha says:
    December 10, 2016 at 7:57 am

    aslu zibaan aky mooumin jinni ehnun..ehnveema mansha vx namadh kurane dhw… kaafaru jinni akaa eki ulhenyaa dhw masha namaadhu nukuraanyves????

Comments are closed.

Next Episodeމަންޝާ (ބާވަންނަ ވަނަ ބައި)←


All Right Reserved!