
ދަރިފުޅު (9 ވަނަ ބައި)
އައިހަމް ކުރަހަމުން ދިޔައީ ކަޅުކުލައިގެ މޫނެކެވެ. ހުދު ކަޅިއެއްލާފައިހުރި ބިރުވެރި ސިފައެއްގެ މޫނެކެ. ހަމަ އެވަގުތު ބޭއިޙްތިޔާރުގައި އައިޝާއަށް އައިހަމްގެ މޫނަށް ބަލާލެވުނެވެ. އެހިންދު އައިހަމްގެ މޫނުގެ ކުލަވަރުފެނި އައިޝާ ސިހިގެންދިޔައެވެ. އައިހަމް އެއިނީ ކުރަހަންއިން މަންޒަރަށް ބަލާކަށްނޫނެވެ. އޭނާ އެއިނީ ކޮޓރީގެ ފާޙާނާގެ ދޮރާދިމާލަށް ކަޅިހުއްޓައިގެނެވެ. ކުރަހަން އިން މަންޒަރު ޗޯކުކުލައިން ކުލަ ޖައްސަމުން ދިޔައިރުވެސް އައިހަމް ގެ ކަޅިއަކަށް ބަދަލެއްނާދެއެވެ. އައިހަމްގެ ހަލުވިހަރަކާތުން ކުރެހުން ފުރިހަމަކުރަމުންދިޔައިރު އޭނާއަކަށްވެސް ކުރެހޭއެއްޗެއްނޭނގެއެވެ. އެކުއްޖާގެ ކަރުއެނބުރިފައި އިންއިރު ހީވަނީ ދެންމެދެންމެ ބޮލާ ގަޔާ ވަކިވެދާނެހެނެވެ. މިހާހިސާބުން އައިޝާ ގެ ހިތްބިރުގަނެ މަންމާއޭ ކިޔާ ހަޅޭއްލަވައިގަތެވެ. ހަމަ އެއާއިއެކު އެހަޅޭކުގެ އަޑަށް ތުއްތުއައިހަމަށް ހޭވެރިކަންވެ އައިޝާއާއި ދިމާލަށް ބާރަކަށް ހަޅޭއްލަވައިގެންފައި ހޭނެތިގެން ބިއްމައްޗަށްދެމިއްޖެއެވެ. ހިނދުކޮޅެއްނުވެ ލީނާއާއި މަންމަ ދުވެ ކޮޓަރިތެރެއަށް އައީ ބޮޑުކަމެއްވެއްޖެކަން ޔަގީންވެގެންނެވެ.
“ކިހިނެއްތަވީ؟ އައިހަމަށް ކަމެއްވީތަ؟ ” އަވަސް އަވަހަށް އައިޝާގެ މަންމައަށް އަހާލެވުނެވެ. އެއިރު އައިޝާ އައިހަމް އަތްދަނޑިމައްޗަށްނަގައިގެން އެނދަށްއަރުވަނީއެވެ. ރޮމުން އައިހަމްގެ ބޮލުގައި ފެންލަމުން ކަންވީގޮތް މަންމައާއި ލީނާއަށް އައިޝާކިޔައިދިނެވެ.
“އަވަސްކުރޭ!، ހަސަންބެއަށް އަންގަންއުޅޭ! މިކުއްޖާ މިއޮތީ ޖިންނިއަވަލާފަ ދަރިފުޅާ! ހަސަންބެ ރުގިޔާކިޔަވައިގެން ނޫނީ މިކަމުން އެފަކީރު ސަލާމަތެއްނުވާނެ.” އައިޝާގެ މަންމަ އައިޝާއާއަށް ނަސޭހަތްތެރިވަމުންދިޔައެވެ.
“ކިހިނެތްވެގެންތަ އެކަމަކު މަންމާ!” އައިހަމާ ޖިންނިއެއް އަވަލާންވީ ކީއްވެގެންކަމެއް އައިޝާއަކަށްނުވިސްނުނެވެ. ނަމަވެސް ހިނދުކޮޅަކު ވިސްނަންހުރެފައި ތުނޑިއަށް އެންމެފަހުން ދިޔަ ދުވަސްމަތިން އައިޝާ ހަނދާންވިއެވެ.
“ކަލޭމެން ގާތު އަހަރެން އަބަދުވެސް ބުނަން ތުނޑިއަށް ހަވީރު ވީމާ ނުދާށޭ! ތިވާނީ އެދުވަހު އެކުއްޖާއާއި ދިމާވިކަމެއްކަމަށް.” އަައިޝާގެ މަންމައަށްވެސް ވިސްނުނީ ހަމަ އައިޝާއަށް ވިސްނުނުއެއްޗެކެވެ. ކޮންމެއަކަސް ލަސްނުކޮށް އައިސާމަނިކެ އިންތަނުން ތެދުވެ ލީނާގޮވައިގެން ހަސަންބެ ހޯދަން ގެއިންނުކުތެވެ. އައިސާމަނިކެމެން ގެއިން ނުކުމެވުނީ ހަމަކިރިޔާއެވެ. އެމީހުންގެ ކުރިމައްޗަށް ޖެހުނީ ފާތުންގެ މަންމައެވެ.
“މަގޭ ދަރި ހަލާކުވެ ނެތިގޮއްސި، އައިސާ މަނިކޭ! ހިނގާބަލަ ހަސަންބެ ހޯދަން. ހެޔޮނުވާނެ! އާލިޔާ އެބައޮތް ބޯކޮޅު ވަތަށް އެނދުމައްޗަށް ދެމިފަ، އެކުއްޖާ ގެ ކަޅިއެއްނެތް، އެފަކީރުގެ ހަށިގަނޑުގައި ރޫހާނީ ބާރެއް އެބައުޅޭ…” އައިމިނާމަނިކެ ރޮމުން ހޭރެމުން އާލިޔާއަށް ވެގެންއުޅޭގޮތެއް ކިޔައިދެމުންދިޔައެވެ.
…………………………………………………………………………………………………………………………………………
“ކިހިނެތްތަވީ އާލިޔާއަށް؟ ރުއިން ހުއްޓާލާފަ މަށަށް ކިޔައިދީބަލަ ފާތުން.” ފަތިހު ފަތިހާ ޔޫޝައުމެންނާއެކު މަހަށްދިޔަ ހަސަނަށް ހަބަރުލިބިގެން ހުރިތާކުންގެއަށް އައިސް ފާތުންނާ ސުވާލުކުރަންފެށީ އޭނާގެ ދަރިފުޅު އޮތްގޮތް ފެނި ކަންބޮޑުވެގެންނެވެ. މިކުދިންނާ ކަންކަންދިމާވެގެން އުޅޭވާހަކަ އަކީ ރަށުތެރޭގައި އެންމެގަދައަށް ދައްކަމުންދާއެއްވާހަކައެވެ.
” ހަސަން ފަތިހު ގެއިންނުކުމެގެން ދިޔައިމަ އަހަރެން އާލިޔާއަށް ބުއްފުޅިއެއްހަދައިގެން އައިސް އޭނާއަށް ބުއްފުޅި ދީފަ ފެންވަރުވައިގެން ރީތިކޮށްފަ އެނދުގަބޭއްވިން. ދެން އޭނަ ނިދޭހެން ހީވީމަ އަހަރެންދިޔައީ ބަދިގެ ފަރާތަށް މަންމައާއި އެކު ރޮށިފިހަން. ރޮށިފިހެލާފަ ކޮޓަރިއަށް އައިސް އާލިޔާ ގެ އެނދުކައިރިޔަށް ދިޔައިރު އޭނަ އެނދަކުނެތް. ކަންބޮޑުވެގެން މަންމަ ގާތުއެހިން އޭނަ ނެގިންތޯވެސް. މަންމަ ނުނަގަމޭ ބުނީމަ ދެން މަންމައާއި ދެމީހުންވެގެން ކޮޓަރި ހޯދަންފެށީ، އިރުކޮޅަކުން އިވެންފެށީ އެނދުދަށުން އެއްޗެއް މާނޭވާލާއަޑު..” ފާތުންނަށް އާލިޔާއަށް ވެގެން އުޅޭގޮތެއް ކިޔައިދެވެނީ ހަމަކިރިޔާއެވެ. އޭނާ އެހެރީ ބިރުންހަލާކުވާވަރުވެފައެވެ. ” ދެން، މަށާ މަންމައާއި އަވަސްއަވަހަށް އެނދުދަށްބަލާލި އިރު އާލިޔާ އޮތީ އެނދުދަށުގަ. އޭނަގެ ލޮލުގެ ކަޅިގެއްލި ހިނިއައިސްފަ. ބިރުންވެސް ހަލާކުނުވީ ކިރިޔާ، އެކަމުވެސް މަންމަޔާ މަށާ ދެމީހުންވެގެން އަވަހަށް އެނދުދަށުން ނެގިން. އެނދުދަށުން ނަގައިގެން އެނދުމަތީ ގަ ބޭއްވީމަ ދެންވީ މާ ނުބައި… ހަސަން އާލިޔާއާ އެހެރީ ޖިންނިއެއް އަވަލާފަ، ހެޔޮނުވާނެ މަގޭދަރި ސަލާމަތްކުރޭ..” ފާތުންނަށްރޮވިއްޖެއެވެ.
“ދެން ކިހިނެތް އޭނަ މައިތިރިވީ؟” ހަސަން ބޭނުންވީ އާލިޔާއަށް ވި ހުރިހާކަމެއް އޮޅުންފިލުވާށެވެ.
“އެނދަށް ލީމަ، އާލިޔާގެ ހިނިގަނޑު ފަޅައިގެން ދިޔައީ، ހީވީ ބޮޑު މާސިންގާ އަންހެނެތް ހޭންފެށިހެން. ބަހެއްނުކިޔޭ މަގޭ ދަރި ދެންފެށީ ވާހަކަދައްކަން. ބުނީ، ކަލޭމެންނަށް ދަރިންނަށް ވާ ތަކުލީފު ފެނި ވަރަށް ހިތަށް އުނދަގޫވެއްޖެދޯއޭ. އަހަންނަށްވެސް ވަރަށް އުނދަގޫވިއޭ.. ދެން ބުނަނީ، އެކެއްގެ ދަރިއެއްވެސް ސަލާމަތްވިއަކަ ނުދޭނަމޯ.. އާލިޔާ ވާހަކަ ދައްކަ ދައްކާ ހުއްޓާ މަންމަ ހެދިގޮތަކީ ފޮނުން ރުގިޔާ ޖެހީ. އެހާހިސާބުން އާލިޔާގެ ކަޅިފެނި އެނދަށްދެމިއްޖެ. އެކުއްޖާފަކީރު ހޭހުސްވެ މައިތިރިވީ ދެން. ހަސަން. ކިހިނެތްތަ މިވީ..” ފާތުން ރޮމުން އޭނާ އަށްފެނުނު ހުރިހާ މަންޒަރެއް ފިރިމީހާއަށް ކިޔައިދިނެވެ.
“އެހެންވެ ދޯ މަންމަ އެދިޔައީ ފަނޑިތަވެރިޔެއްހޯދަންށޭ ކިޔަމުން..” އައިމިނާމަނިކެ ދުވަމުން ދިޔަތަނެއް ޔަގީންވުމުން ހަސަން އަހާލިއެވެ.
“ފާތުން، އެހެންވީމަ މަށަށްވެސް ހީވަނީ އާލިޔާ އެއޮތީ ޖިންނިއަވަލާފަހެން. ބޮޑު އަންހެން ޖިންނިއެއްކަންނޭގެ ދޯ. އޭތި އެބުނީ އެކަމަކު ކީކޭބާ؟” އާލިޔާގެ ގައިތެރެއަށްވަދެ އުޅުނު ޖިންނިދެއްކި ވާހަކައާއިމެދު ހަސަން ވިސްނަންފެށިއެވެ.
” ‘އެކެއްގެ ދަރިއެއްވެސް ސަލާމަތެއްވިޔަކަ ނުދޭނަމޭ!’ ، ކީކޭބާ އެބުނީ” ހަސަން ޖިންނިބުނިއެއްޗަކާއިމެދު ވިސްނަމުންދިޔައިރު ފާތުންވެސް ދިޔައީ އެކަމާ ވިސްނަމުންނެވެ. ކުއްލިއަކަށް ހަނދާންވީ އެންމެފަހުން ތުނޑިއަށްގޮސްގެން ކުދިވެރިން ބޮއްޔާކުޅެން އުޅުނުހަނދާނެވެ. އާލިޔާގެ އަތާއި އައިހަމްގެ އަތަށްވެފައި ހުރިގޮތެއްވީ ވެސް އެބޮއްޔެއް ނަގައިގެން އުޅުމުގެ ސަބަބުންކަން އޭނާއަށް ޔަގީންވިއެވެ. އައިހަމާއި އައިޝާއަށް އަދި އައިންތުގެ ދަރިފުޅުގެ ފަޔަށްވެގެން އުޅުންގޮތްވެސް މިކަމާ ގުޅުންއެބަހުރިކަން މިހާރު ފާތުންނަށްވިސްނިއްޖެއެވެ.
“ދަރިފުޅާ ފާތުން! ތިވިސްނަނީ ހަމަ ރަނގަޅަށް! އާ ކަލޭމެން ތުނޑިއަށްގޮސްގެން އުޅުނުދުވަހު އެކުދިންއަތުން ކޮންމެވެސް ގޯނާއޭއް އެއިން ޖިންނިއަކަށް ވެގެން ތިއުޅެނީ! ކޮޓަރިދޮރުމައްޗަށް ހުއްޓި އެހެރީ ލީނާއާއި އައިޝާގެމަންމަ އާއި ފާތުންގެ މަންމައެވެ. ފަންޑިތަވެރިޔާ ހަސަންބެވެސް ގޮވައިގެންނެވެ. ފާތުންގެ ބޮޑުދައްތަ އައިސާމަނިކެ އެދެއްކީ ހަމަ ރަނަގަޅުވާހަކައެކެވެ. ވިކަމެއްވެގެން މިއުޅެނީ ތުނޑިމަތިން އެކުދިން ގެންގުޅު ބޮއްޔެއްގެ ސަބަބުންނެވެ. މިހާރު ފާތުންނަށްވެސް ކަށަވަރުވެއްޖެއެވެ.
“ހަސަން! އަވަސްކުރޭ! އައިނތުގެ ދަރިފުޅާ، ރިޝޫގެދަރިފުޅަށް ކަމެއްވިތޯބަލާބަލަ! ދޭބަލަ!”
(ނުނިމޭ)
6 Comments!
Comments are closed.
Ehaa dhuvaskohffa genai irugavex haadha kurey ?
Vaahaka varah reethi. Baraabarah up kohdhehchey mifaharu.
Hayaathuga ves mihaa real biruveri story eh nukiyan, hiy athah nagaigen ove mikiyany, keep it up dear,,
Ahdhe..haadha lahunney up vany..adhi ul vaairu ves ehaa kuru..kamalu nudhey..
3 aharu v adhives vhk nunimey .9 vana bai..dhn new boduvaru ingey ekm..????
Ehaa dhuvahah fahu keekuran? Anehka ehaaa kuru
Rythi