Skip to content
އެސްފިޔަ

ދެލޯރަތް ހަންޑި

އަހަރެން މިކިޔާދޭން މި އުޅެނީ އަހަރެންގެ ރައްޓެއްސަކަށް ދިމާވި ހާދިސާއެއްގެ ވާހަކައެވެ.

ޗުއްޓީގައި ހަސަން ދިޔައީ ހަސަންގެ އާއިލާ މީހުންނާއެކީ ކާފަގެ ރަށަށެވެ. އެ ރަށުގައި އޭނާގެ ރައްޓެހިންނާއެކީ ކޮންމެ ދުވަހު ރޭގަނޑު 12 ޖެހުމަށްފަހު ވަލަށް ކުކުޅު ހޯދަން ދެއެވެ. ރައްޓެހިންނާއެކު ކުކުޅު ފިހެ ސަކަރާތް ޖެހުމަށެވެ.

އެއް ރެއެއްގެ ވަގުތެވެ. ހަސަނާއި އޭނާގެ ގާތް ތިން ރަހުމަތްތެރިން ދަންވަރު ގަޑީގައި ޓޯޗު ބައްތި ހިފައިގެން ކުކުޅު ހޯދަން ވަލަށް ދިޔައެވެ. އެރޭ ހަސަނުމެން ވަަލަށް ވަދެގެން ކުކުޅު ހޯދުމުގެ ތެރޭގައި ވަލުތެރެއިން ގެއްލުނެވެ. ހަސަން ހީކުރީ އެންމެން ވަކި ވަކިން ކުކުޅު ހޯދަން ދިޔައީ ކަމަށެވެ. އަދި އެހެންވެ ހަސަންވެސް ކުކުޅު ހޯދަން ވަލު ތެރެއަށް ވަދެގެން ދިޔައެވެ.

ކުކުޅެއް އަތުޖެހޭތޯ ގަޑިއެއް ހާއިރު މަސައްކަތކޮށްގެންވެސްް ކާމިޔާބެއް ނުވިއެވެ. ހުސް އަތާ ވަލުން ނުކުތުމުގެކުރިން ކުރިމަތީގައި ހުރި ބިޔަ ގަސް ކައިރި ބަލަމުންގޮސް ބައްތި އަލިކޮށްލީ ގަހާއި ދިމާލަށެވެ. ބައްތީގެ އަލި ގަހަށް އެޅުމާއެކު  ފެނުނު މަންޒަރުން ހަސަން ދިޔައީ ސިހިގެންނެވެ. ގަހުން ފެނުނީ ސިފަކުރަން އުނދަގޫ ބިރުވެރި ވައްތަރަކަށް ހުރި އެއްޗެކެވެ. އޭތީގެ އަނގުރު އަލިފާންހެން ހުރި ދެލޮލުން  ހަސަނާއި ދިމާއަށް ބަލަންހުއްޓައެވެ. ހަސަނަށް ހުރެވުނީ ހަދާނެ ގޮތެއް ނޭގިފައެވެ. މީހާ ބިރުން ތުރުތުރު ލާން ފަށައިފިއެވެ.

ކުއްލިއަކަށް ހަދާންވީ ހަސަނުގެ ކާފަ ހަސަނު ކައިރި އަބަދުވެސް ނަސޭހަތްދީ އެކަހަލަ ކަމަކާ ދިމާވީމާ ކަންތައް ކުރަންވީ ގޮތް ކިޔައިދިން މަތިންނެވެ. ކާފަ އަބަދުވެސް ބުނެ އުޅެއެވެ. ދެނަމާދު ދޭތެރޭ ބޭރަށް ނުދާށެވެ. އަދި ރޭގަނޑު ވަލުތެރެއަށް ވަދެ ނޫޅޭށެވެ. ވަލަށް ވަދެ އުޅޭއިރުވެސް އަލިކޮށްގެން އުޅެނިކޮށް އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ ކުއްލިއަކަށް ނިއްވާ ނުލާށެވެ. އަދި ބައްތި އެއާ ދިމާލަށް ދިއްކޮށްގެން ހުންނާށެވެ. ބައްތި ނިއްވާލާފިއްޔާ އެ ޖިންނި އަންނާނީ ތިމާއާ ދިމާއަށެވެ. އޭރުން އެ ޖިންނި އަންނާނީ ތިމާއާ ދިމާއަށް ހަމަލާ ދޭށެވެ.  އެއީ އެ ޖިންނިއަށް ތިމާ ބިރުގަނެފަ ހުރިކަން އިނގިއްޖެއްޔާއެވެ. ހަސަން ހުރިގޮތަށް ހުރީ ގުޑިލަންވެސް ނޭނގިފައެވެ. އަދި އެތައްއިރަކު އެހެން ހުންނަން ޖެހުމުން ހަސަން ބައްތި ހިފަހައްޓައިގެން ތިރީގައި އިށީނެވެ.  އެތައް އިރެއް ވީ ފަހުން ހަސަން ވިސްނީ އަތިރިއަށް ފައިބާފަ މޫދަށް އެރިގެން ރަށުގެ އަނެއްފަރާތު އަތިރިއަށް ދާގޮތަށެވެ. ނޭވާ ހިފަހައްޓާލާފައި ހަސަން ބައްތި ހިފައިގެން އަތިރިމައްޗާ ދިމާއަށް ދުއްވާގަތެވެ. އަދި، ގޮނޑުދޮށުން ލާފައި އޭނަގެ ރައްޓެހިން ހުރި ދިމާއަށް މިސްރާބުޖެހިއެވެ.

އާންމުކޮށް ބާބަކިއު ހަދާ ސަރަހައްދަށް ދެވުނުއިރު ހަސަނު ހުރީ ވަރުބަލިވެގެންގޮސް އަނބުރައިގަންނަ ވަރު ވެފައެވެ. އެތަނަށް ދިޔައިރު އެންމެން ތިބީ ހަމަޖެހިލާފައި ކުކުޅު ކާށެވެ.

ހަސަން އެމީހުންނާ ދިމާއަށް އަންނަ ތަން ފެނުމުން އެމީހުންނަށް ލިބުނީ ހައިރާންކަމެވެ. ” ތީ ކޮންކަހަލަ ބައެއް؟ އަހަރެން ކޮބާތޯވެސް ބަލައި ނުލާ! އަހަންނަށް ނުދީ ކުކުޅު ކަނީތަ؟” ހަސަން ހުރީ ހިތްހަމަ ނުޖެހިފައެވެ.

“އާ ! އަހަރެމެން ގުޅީމޭ ހަސަނަށް އެކަމް ހަސަން ފޯނު ނިވިފަކަމަށް ބުނަނީ އެހެންވެ އަހަރެމެން ހީކުރީ ހަސަން ގެއަށް ނިދަން ދިޔައީ ކަމަށް އެހެންވެ އިންނާނެ ހަސަނަށް ކުކުޅެއް ބަހައްޓާފަ..”

“އުހު! އަހަރެން ފޯނު ނިއްވައެއް ނުލަން..” އެހެން ބުނެފަ ހަސަން ފޯނު ބަލާލިއެވެ. ފޯނު އޮތީ ސައިލެންޓްގައެވެ. އޭރު ގަޑިން 4 ޖަހާފިއެވެ.

“އޭ ހަސަން ހިނގާ މާދަންވެސް މިގަޑީގަ ދާން…”

ހަސަންގެ ރައްޓެއްސެއް ހަސަނު ކައިރި ބުންޏެވެ. ހަސަނު ހުރީ ބިރުން ހަސަން އަށް ވަލުން ދިމާވި ބިރުވެރި އެއްޗެއްގެ ވާހަކަ ނުބުނާށެވެ.. އެންމެން ކައިނިންމާފަ ގެއަށް ދިޔައެވެ.އަނެއް ދުވަހު ހެދުނު ހަސަން ހޭލައިގެން އަވައްޓެރިންނާ ބައްދަލުކުރަން އަތިރިމައްޗަށް ދިޔައެވެ. އަދި އެމީހުން އެރޭ ހިނގާދިޔަ ހާދިސާ ކިޔައިދިނެވެ. އެވާހަކަ އަޑުއެހުމާއެކު އެމީހުން ބިރުންގޮސް ހުންގަދަވިއެވެ. އަދި އޭގެ ފަހުން އެކަކުވެސް ރޭގަނޑު ވަލަށް ނުދާ ގޮތަށް ހަމަޖެއްސިއެވެ.

 

-ނިމުނީ-

Comments (30)

  1. N88

    Wow… haadha biru veri aaa

  2. Anonymous

    Foohi. Hama nujehey

  3. Mann

    Alhey. Beyrah nudhahchey dhen dhena maadhu dheytherey eves valah

  4. Ram

    Salhi

  5. jaanu

    hehe… goheh noo… ek. varah kudakudhinge vaahaka vahtharujahaa

    1. angelic maako
      jaanu

      miee my frnd ah dhimaavi hageegee haadhisaa eh veema liyunee.. when he was 16yrs old

  6. red kukulhu

    kukulhu hifaagen varah meeru vaane taazaakoh fihunyma

  7. Raaya

    Kudakudhinge vaahaka…

  8. reader

    Sounds more of a 11/12 age ge kudhin kiyaa stoyeh gothah

  9. Abdulla

    9709767 ah viber kohlaba. I need to write a story.

  10. Angel

    vvvvv salhi ………. vvvv niruveri great stry

  11. shai

    Ey alHe Angel aky kaakukan bunedhevidhaanetha ? PLXXXX

  12. Anonymous

    Eha..salhi eh noooon

  13. raina

    reethikan ..biruveri..

  14. maaky

    salhi eh noon hama nujehee

  15. princess ✨

    Nice

  16. Reader

    Kudakudhinge vaahakaeh ……….Hama eh nujehey …bt nice

  17. Reader

    Kudakudhinge vaahakaeh …………bt nice

  18. evlee

    vv salhi..luv it..

  19. prince titan

    what a fuckin story ????

  20. Yaya

    Vaahaka hamaeh nujehey

  21. Zuley

    Reethi

  22. shame

    Reethi

  23. Fazeel

    reethi

  24. iyaash

    vaahakkahama nujehe

  25. Cinderella ?

    Nice❤️❤️

  26. Anonymous

    Very nice

    A

  27. Azu

    Lol. Ahannakah neinge vaa nuvaa ehves.poor writing. Not suitable.”kudakudhinge vaahaka”. Bakahteh ves thi ah vure reethi vaahaka eh liye faane

  28. Azu

    🤌🤌🤌🤌🤌🤌🤌🤌🤌

  29. Shia ♡mummy♡

    Alhey mee kon kahala? Ahere 9 aharu dhari meethi kiyaa mihaaru ulheny birun. Haadha sakarath vaahaka eh!

Comments are closed.