އަނދިރީގެ ތެރޭގައިވެސް ރަތްކުލައިން ދިއްލިފައިވާ ރަންޔާގެ ދެލޯ އައިދުންއަށް ފާާހަގަވިއެވެ. އައިދުން ބަލައިލުމާއެކު އޭނާ ހީލިއެވެ. އެއާާއެއްކޮށް އޭނާގެ މުޅީ އަނގައިން އޮހޮރިގަތީ ރަތް ލެޔެވެ. ހުދުދަތްތައްވެސް ރަތް ލެއިން ފަވައިލައިފައިވާ ކަހަލައެވެ. އައިދުންއަށް ހިންދިރުވައި ލެވުނެވެ. އެސަކަރާތުގައި އެތައްއިރަކު ތިބުމަށްފަހު އާކިފްމެން މަސްބާނަން ދިއުމަށް ތައްޔާރުވާން ފަށައިފިއެވެ. އައިދުންވެސް އެމީހުންނާ ބައިވެރިވެގެން ދިޔައެވެ. ހުރިހައި އަންހެންކުދިން ޓެންޓްތަކަށްވަދެ ތިއްބެވެ. އެމީހުންނާއެކު އެތަނުން އެއްފިރިހެނަކު މަޑުކުރިއެވެ. މަސްބާނަން ތިބި އާކިފްމެން ގާތުގައި މަޑުކޮށްލައިގެން އައިދުން ހުއްޓެވެ. އެކަމާ […]
ނަމަވެސް ފަޅުރަށަކަށް އޯވަރ ނައިޓަކަށް ދާވާާހަކަ ބުނުމުން އައިދުންގެ މޫޑު އެއްކޮށް ޚަރާބުވިއެވެ. ޔަގީނެވެ. މިދަތުރުވެސް ވާނީ އޭނާއަށް ނާމާންކަމުން ފުރިގެންވާ ބިރުވެރި ދަތުރަކަށެވެ. ޖެހިގެން އައި ހުކުރު ދުވަހެވެ. މެންދުރަށް ކެއްކުމުގައި މަލާކް ޝާންތާ އަށް އެހީވުމުގައި ބަދިގޭގައި އުޅުނެވެ. ދޭތެރެ ދޭތެރެއިން ކުޑަދޮރުން ބޭރުބެލޭތީ މަލާކް އިނީ އުނދަގޫވެފައެވެ. ކިތަންމެ ހިތްގައިމު ނަމަވެސް އެދިމާ ބަލާކަށް މަލާކް ބޭނުމެއްނުވެއެވެ. އެހެނަސް ހަމަ ބެލެނީއެވެ. ފެންވަރައިގެން ހުކުރަށްދިޔަ އައިދުންއާާއި ކަމަރް އެނބުރި އައުމުން އެންމެން އެކުގައި […]
އައިދުންގެ ސިކުނޑި ހަމައިން ނެއްޓިއެވެ. ބޭއިޚުތިޔާރުގައި ބާރަށް ހަޅޭލަވައިގަތުމަށްފަހު ލެއިން ކަޅިވެފައިވާ ފެންތަށީގައި އަތުންޖަހައި ހޫރައިލިއެވެ. ފެންތަށި އެދިޔަ ބާރުމިނުގައި ގޮސް ބިންމަތީ ޖެހުމާއެކު ކުއްލިއަކަށް ގެއްލުނެވެ. އައިދުންއަށް އަނގަމަތީގައި އަތްއަޅައިލެވުނީ ފެނުނުމަންޒަރު ގަބޫލުނުކުރެވިފައިވާ ގޮތަކަށެވެ. މިއީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟ ބަދިގޭގައި އިން މަލާކް ސިހިފައި އައިދުންގެ އަޑަށް އަވަހަށް އައެވެ. ކޮޅަށްހުރި އައިދުންގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުން މަލާކް ކަންބޮޑުވިއެވެ. “އައިދު. ކިހިނެއްވީ ހަޅޭލަވައިގަތީ؟” އައިދުންގެ ކުރިމަތީ ފެންތަށި ބަހައްޓަމުން މަލާކް އަހައިލިއެވެ. އައިދުން މަލާކަށް […]
ވިދާލި ގަދަ ވިދުވަރާއިއެކު އުޑުމަތި އެކީ އެކައްޗަކަށް އަލިވެގެން ދިޔަ ވަގުތު ބޯވިލާތަކުގެ ނިވަލުން ކެރިގަނޑު އޮއްސާލީ އެއްފަހަރާއެވެ. ގަސްތަކުގެ ފަތްތަށް ގަދަވަޔާއި އެކު ވިއްސިގެން ދާއިރު ގުގުރީގެ ބާރު އަޑުފަށްގަނޑުން މުޅި ފަޒާ ގުގުމާލައެވެ. މާހައުލަށް ގަދަ ފިންޏެއް ވެރިވެފައި ވާއިރު ކަނު އަނދިރީގެ ތެރޭގައި ‘ރޯޒްވެލް’ ފެންނަނީ ބޮޑު ނާމާން ގަނޑުވަރެއް ސިފައިގައެވެ. ދަގަނޑުން ފަރުމާކޮށްފައި ހުރި ބޮޑު ގޭޓުގައި ފިނިފެންމަލެއްގެ ނިޝާން ވީއިރު އެތެރޭގައި ވަނީ ފުރިހަމައަށް އިމާރާތް ކުރެވިފައި ހުރި ގެއެކެވެ. […]
އަދިވެސް އެއީ ހުވަފެނެއްކަމަށް ގަބޫލުކުރަން ހާދަ ދައްޗެވެ. އައިދުންގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އެބިރުވެރި ސޫރަ އޭނާގެ ހިތުގައި ބިންވަޅުނެގިފައިވާ ކަހަލައެވެ. ހިތްނުތަނަވަސް ވަމުން ދިޔައެވެ. އެހުވަފެނަކީ ކޮންމެވެސް ނުބައިކަމެއް ވާން އުޅޭކަމުގެ ސިގްނަލެކޭ ހަމަ ހީވަނީއެވެ. އެތައްޒަމާނަކަށްފަހު އެ ސޫރަ ހުވަފެނުން ފެނުމުން އައިދުން އިތުރަށް ހާސްވިއެވެ. އެހާދިސާއަށްފަހު ދުވަހެއްގެ ކޮޅުންވެސް އޭނާއަށް ހުވަފެނަކުންވެސް އެސޫރަފެނިފަކައި ނުވެއެވެ. ވީއިރު މިރަށަށް އައި ފުރަތަމަ ދުވަހުވެސް އެސޫރަފެންނަންވީ ކީއްވެހެއްޔެވެ؟ ކޮންމެވެސް ނުބައެއް މިކަމުގައި އެބައުޅެޔޭ އޭނާގެ ހަވަނަ […]
ކޮޓަރީގެ ކައިރީގައި ހުރި ލަކުޑި މޭޒެއްމަތީ ތަބަށް ބެހެއްޓުމަށްފަހު ލައިގެންއިން ޖިންސްގެ ޖީބުން ރިހިކުލައިގެ ތަޅުދަނޑިއެއް ނަގައި ކޮޓަރީގެ ބޮޑު ދޮރުގައި އެޅުވިފައިވާ ތަޅު ކަމަރް ހުޅުވައިލިއެވެ. އަދި ދެއަތުން އެދޮރު ދެފަރާތައް ކޮށްޕައިލިއެވެ. އެއަށްފަހު ތަބަށް ނަގައި އެކަނު އަނދިރި ކޮޓަރިތެރެއަށް ވަނުމަށް ކަމަރް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިލުމަށްފަހު ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ސުވިޗްއަކަށް ކަމަރް އޮބައިލިއެވެ. އެއާއެކު ފަނޑު އަލިކަމެއް ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. ތަބަށް ހިފައިގެން ކަމަރް ހިނގައިގަތެވެ. ކޮޓަރިތެރެ އަލިވުމާއެކު މީހެއްގެ […]
ވިދާލި ވިދުވަރާއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެއާއެކު އޮއްސައިގަތް ބޯވާރޭގެ ސަބަބުން ހިތްތަކަށް ބިރުވެެރިކަން ވަންދަން މަސައްކަތް ކުރާކަހަލައެވެެ. ޖެހޭ ގަދަ ވަޔާއެކު ގަސްތައް ދެކޮޅަށް ހެލެމުންދިޔައެވެ. ގޭގޭގެ ފުރާޅުތައްވެސް ހީވަނީ ދެންްމެ ދެންމެ ނެއްޓިގެން ހިނގައިދާނެހެންނެވެ. ދޫނި ސޫފާ ސޫފިވެސް އެސޮރުމެންގެ ހާލިތަކަށްވަދެ ތިބީ މި ތޫފާނީ ރޭގައި ބޭރަށްނުކުމެލަން ބިރުންކަންނޭނގެއެވެ. ރަށުގެ ކޮންމެ މަގެއްވެސް ވަނީ ފަޅުވެފައެވެ. ކޮންމެ މީހަކުވެސް ބެލީ ރަޖާލައިގެން އަވަހަށް ނިދޭތޯއެވެ. ކުރާނެ އިތުރުކަމެއްވެސް ނެތުމުންްނެވެ. އާއްމުކޮށް ރަށުގެ ގެތަށް […]
އެއްފަހަރު ދޮރާއި ދިމާލަށް އަނެއްފަހަރު ބީހާލް އަށް ބަލާލަމުން ރަޔާހީން ދުވެފައި ގޮސް ދޮރުހުޅުވިއެވެ. އެތެރެއަށް ވަން ރައިނީ ފެނުމުން ރަޔާހީން ގަދަކަމުން ހީލިއެވެ. ވަގު ލޮލުން ބީހާލް އަށް ބަލާލަމުން ރައިނީ އަށް ނުފެންނާނެހެން އެއްއަތުން ތެމިފައިވާ ލޯކައިރި ފޮހެލިއެވެ. ހީން… ދެންމެ މިއާދެވުނީ. ކޮބާ ފޯނު. ފޯނަށް ވެސް ގުޅައިފިން. ހިނގާ ތިރިއަށްދަމާ ސައިބޯން. ހުރިހާ މީހުން އެބަތިބި” ރަޔާހީން ކައިރީގައި ހުއްޓެމުން ރައިނީ ބުނެލިއެވެ. “މިދަނީ ބޭރަށްދާންވެގެން. ރެޑީވާން ހުއްޓައޭ ކޫއްތަ ތިއައީ… […]