Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (ފަހުބައި)

Maree Level 110 Stories
November 6, 2017 5 Mins Read
9 Comments

ހަސަންބެ ބަލަންނުހުރެ، ކިޔެވެލި ކިޔަވަމުން އައިހަމާއި ދިމާލަށްއެނބުރުނީ ޒާކްގެ ވާހަކަދެއްކުންހުއްޓި ހަށިފުރާ ނޭވާއެއް ލި އަޑު އިވި އެކުއްޖާ ބިންމައްޗަށް ދެމުމުންނެވެ. އަދި ކިޔެވެލި ކިޔަވަމުން ދިޔަހިނދު، ރިޝްފާމެންނަށްބަލާލައި، އިޝާރާތުން ކުދިންތައް ބިންމަތިން ނެގުމަށް އަންގާލިއެވެ. އެހެންކަމުން ބަލަންތިބި އެންމެންއައިސް  އަވަސް އަވަހަށް ކުދިންތައް ނަގައި ގޭތެރޭގެ ކޮޓަރިއަކަށްވަނެވެ. އެއިރު އައިޝާއާއި އޭނާގެ ފިރިމީހާ ރިޒާންހުރީ އެމީހުންގެ ދަރިފުޅުގެ ސަލާމަތްކަމަށް އެދިއެދިއެވެ.

ހަސަންބެ އައޫޒާއި ބިސްމިކިޔަންފެށީ ސޯފާމަތީ ދެލޯ ބޮޑުކޮށްގެން ރުޅިގަދަވެފައި އިން އައިހަމްގެ ބޮލުގައި އެއްއަތުން ހިފައިގެން ހުރެއެވެ. ކިޔެވެލި ކިޔަވަންފެށުމާއިއެކު އައިހަމް މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ދައްކަންފެށިއެވެ. އޭނާ ގެ ދެއަތް ހޫރެންފަށައިފިއެވެ. އައިހަމް މައިތިރިނުވެދާނެހެން ހީވާންފެށުމުން ހަސަންބެގެ އިޝާރާތަކަށް، މަންޒަރު ބަލަންހުރި ރިޒާންއާއި ކިނާން އައިސް އައިހަމްގެ ދެއަތުގައި ހިފެހެއްޓިއެވެ. ހަމަ ދަނޑިވަޅަށް އައިހަމް ސޯފާމައްޗަށް އުއްޑުން ވެޓިގަތެވެ. އަދި ބަނޑުމެދުން މީހާ ހިއްލި އަނގަ އޮރިވާންފެށިއެވެ. އައިހަމަށްވަމުން ދާގޮތްފެނި އޭނާގެ މަންމަ ރޮއެ ހޭރެމުންދިޔައެވެ. ބޮޑުދައިތަމެންނާއި މަންމަ އައިސާމަނިކެވެސް އައިޝާމައިތިރިކުރަމުން ދިޔައިރު އެމީހުންނަށްވެސް ރޮވެނީއެވެ.

“ނޭވާ އެތެރެއަށްދަމާލާފަ ބޭރުކުރޭ! ތިހެން ރުޅިނުދައްކާ! މަންމަގެ ގާތަށް ދާންބޭނުމެއްނުވޭތަ؟ ބޭނުންވަންޏާ…….” ހަސަންބެ ވާހަކަދައްކަންފެށީ އައިހަމްގެ ގައިތެރޭގައި އުޅޭ ޖިންނިއާއިއެވެ. އޭނާގެ ޖުމްލަ ނުނިމެނީސް އައިހަމް ހަސަންބެއާއި ދިމާލަށް އެނބުރި ބާރު ބާރަށް ހަޅެލަވައިގަތެވެ. “ނުނުކުންނާނަން! މަންމަބުންޏަސް ނުނުކުންނާނަން! ގެއަށްގޮސްގެން އަހަންނަކަށް ފަރުވާ ހޯދައިދޭނެ އެއްވެސް ގޮތެއް ނުހުންނާނެ! އަހަރެންގެ އަތާ ފަޔާ ހަލާކުވެގެން ދިޔައީ އައިހަމާހެދި! ތިކަންތައް ހުއްޓާލާ! މަންމާ! މިކަންތައް ހުއްޓުވާ!ސަލާމަތްކޮށްދީ ” އައިހަމްގެ މިވާހަކަތައް އަޑުއަހަން ތިބި އެންމެން ހައިރާންވެ ދެލޯ ބޮޑުވެގެންދިޔައެވެ. ޖިންނި ސަލާމަތަށްއެދި ގޮވަމުން ދިޔައީ އޭނަގެ މަންމައަށެވެ.

“ކަލޭގެ މަންމައަކަށް މިތަނާ ކައިރިއެއްނުވެވޭނެ! ބުނާގޮތަށް ހަދާ! ބަސްއަހާ! ކަލޭ ބުނާގޮތަށްނުހަދައިފިއްޔާ އަހަންނަށްޖެހޭނީ ކަލެއަށް އަނިޔާކުރަން.!” ހަސަންބެ ތަންފުކެއްވެސް ޖިންނިއަށް ދުލެއްނުކުރެއެވެ.

ކުއްލިއަކަށް އައިހަމްގެ އަތުގައި ހިފަހައްޓައިގެން ހުރި ރިޒާންގެ މޫނަށް އައިހަމް ކަޅިއެއްލާ ބަލާލުމަށްފަހު ބާރުއަޑެއްލައްވާފައި ގޯންޏެއް އެއްލާލާ އުސޫލުން ރިޒާން ނަގާ ސޯފާމަތިން ފުރަގަހަށް އެއްލާލިއެވެ. ހަމަ  އެފަދައިން އައިހަމް ކިނާންވެސް ފޮޅާލައި،  އަވަސް ސްޕީޑެއްގައި ބިމަށްފައިބައި ބައުކިޔަމުން ގެއިންބޭރަށް ދިއުމަށް މިސްރާބުޖެހިއެވެ. އޭނާގެ މިހަރަކާތްފެނި ބިއްމަތީގައި ސޯފާފުރަގަހަށް ވެއްޓިފައި އޮތް ރިޒާން އައިހަމަށްވުރެކުރިން ދުވެގޮސް ގޭދޮރު ތަޅުލައި ތަންޑުއަޅުވައި ދޮރުމަތީ ހުއްޓިގަތެވެ. އެއިރުވެސް ހަސަންބެގެ ކިޔެވެއްޔަށް ހުއްޓުމެއްނާދެއެވެ. ކިޔެވެލިކިޔަވާތީވެ އައިހަމަށް އުނދަގޫވާވަރުން ކެތްނުވެއެވެ. ސިޓިންގްރޫމުގެ ފާރުތަކަށްއަރައި ސީލިންގަށް އަރައި  މުޅި ތަނުގައި މައިތިރިނުވެ ހަތަރެސްފައިން އައިހަމް ދުވަނީއެވެ. މަންޒަރު ބަލަންތިބިއެންމެން އައިހަމް މައިތިރިކުރެވޭތޯ ވަރަށް މަސައްކަތްކުރެއެވެ. އެހެނަސް ކައިރިވާ ކޮންމެ މީހަކަށް އައިހަމް ދިޔައީ ކޮންމެވެސް ހަމަލާއެއް ދައްކަމުންނެވެ.

ބައިގަޑިއިރުފަހުން، ރުކެއްކަނޑާ ވައްޓާލާ އުސޫލުން އައިހަމް ބަންޑުން ބިންމައްޗަށް ވެއްޓި ޖެހިއްޖެއެވެ. އައިހަމް ވެއްޓިޖެހުނުއަޑަށް އެތާގައި ތިބި އެންމެން ސިހިގެންގޮސް ހަމަހިމޭންވެއްޖެއެވެ. ހަބަރުހުސްވެފައި އޮތް ހަށިގަނޑު ތޮޅިނުލައި މައިތިރިވުމުން ހަސަންބެއަށްވެސް ހުއްޓުންއެރިއެވެ. ކުއްލިއަކަށް ވީނުވީއެއް ނޭނގުމުންނެވެ. ޤުރުއާންކިޔެވުން ހުއްޓާލި ހަސަންބެ މަޑުމަޑުން ފިޔަވަޅުއަޅަމުން ހިނގައިގަތީ އައިހަމާއި ދިމާލަށެވެ. ދެއަތް ބިއްމަތީ ދެމިފައިއޮތް އައިހަމް ހީވަނީ މަރުވެފައި އޮތް މައްޔިތެއްހެނެވެ. އެ ތުއްތުކުއްޖާގެ މުޅިމޫނުގައި ވަކީގެ ތާޒާ ނިޝާންތަަކުން ލޭ ފައިބަމުންދެއެވެ. ދެލޯ ތައްމިނަށްހުޅުވާފައި އޮތްއިރު އައިހަމްގެ ކަޅިއަކަށް ގުޑުމެއްނާދެއެވެ. އެސްފިޔާގެ ތެޅުމެއްވެސްނެތްކަހަލައެވެ. ނޭފަތުން ނޭވާލާހެނެއްވެސް ހިޔެއްނުވެއެވެ.

އޭނާގެ ކައިރިއަށް ދެވުމުން ހަސަންބެ އެއްކަކޫމައްޗަށް ތިރިވެ އައިހަމަށް މަޑުމަޑުން ގޮވާލިއެވެ. ދެ ތިން ފަހަރު ގޮވާލުމުން، ކުއްލިއަކަށް އައިހަމް އެސްފިޔަޖަހައިލާ ލޮލުން ކަޅިގެއްލުވާލިއެވެ. އަދި ފުއްމައިގެން ތެދުވެ ހަސަންބެގެ ކަރުގައިހިފިއެވެ. ޖިންނީގެ މަގްސަދަކަށްވީ އޭނާ މަރާލުމެވެ. ހަސަންބެގެ ކަރުގައި ހިފުމާއިއެކު މަންޒަރު ބަލަންހުރި ރިޒާން ދުވެފައިގޮސް ހަސަންބެ ގެނގުޅުނު ފެންތަށި ހިފައިގެންއައިސް އައިހަމްގެ މޫނަށް އޮށްސާލިއެވެ. ހަމަ އޮއްސާލުމާއިއެކު އައިހަމް ހަސަންބެގެ ކަރުން ދޫކޮށްލިއެވެ. އޭރު ހަސަންބެ ނޭވާ ނުހުއްޓިހުރީ ހަމަ ކިރިޔާއެވެ. ޖިންނި ވޭނުގައި ކެކެމުންދިޔަ ދަނޑިވަޅުބަލައި މާނޭވާލަމުން، ކެއްސަމުން ދިޔަ ހަސަންބެ ދިޔަގޮތަށްގޮސް އޭނާ ގެންގުޅޭ ކުޑަދަބަހުން ހިމަ ތޫނު ވަޅިއަކާއި ފިލާފޮތްޗެއްނެގިއެވެ. އަދި ޤުރުން ކިޔެވުން އަލުން ފަށައި،  އިށީނދެ އިނދެ އެ ވަޅިން ފިލާކޮޅުގައި ތަޅަންފެށިއެވެ. މޫނުމަތީގައި ހުރި ފެންތަކުން ވޭންއަޅަމުން ދާތީ ދެއަތުން އައިހަމް މޫނު ތަޅަމުންދިޔައީ އެފެން ފޮހުމުގެ ނިޔަތުގައެވެ. އެހެނަސް ކުއްލިއަކަށް އައިހަމްގެ ހަރަކާތަށް ހުއްޓުން އަރައި ބިރުވެރިކަމުން ފުރިގެންވާ ހާލު ހަސަންބެއާއިދިމާލަށް  ބަލާލީ އޭނާއަށް ތަދުއިހުސާސްވާން ފެށުމުންނެވެ. “ނޫންންންންންންން….. ތިހެން ނުހަދާ!… ހުއްޓާލާ!” ބާރުބާރަށް އައިހަމް ހަޅޭއްލަވަމުން ދިޔައީ ހަސަންބެ ކިޔެވެލިކިޔަވަމުން، ފިލާކޮޅަށް ވަޅިޖަހަމުން ދިޔަ ކޮންމެފަހަރަކު އޭނާއަށް އަނިޔާވަމުން ދާތީއެވެ.

“ކަލޭއަށް މިނޫންގޮތެއްނެތް! ކިޔައި ދީ ދީ އަޑެއް ނޭހީމެއްނު ދޯ؟ ކުޑަ މަޙުލޫގަކަށްވެހުރެ ބުނާގޮތްނުހެދުމަކީ އަދަބު ލިބޭނެ ކަމެއް! ” ހަސަންބެ މިހެންބުނެފައި ފިލާކޮޅަށް ވަޅި 7 ފަހަރަށް ޖެހީ ޤުރުއާނުގެ އާޔަތްތަކެއްކިޔަވަމުންނެވެ. ހިނދުކޮޅެއްގެ ތެރޭ، ހަށިފުރާ ނޭވާއެއް ބޭރުކުރުމަށްފަހު ބިއްމައްޗަށްވެއްޓި އައިހަމްގެ ހަބަރު ހުސްވެގެންދިޔައެވެ. އެ ދަނޑިވަޅުވެގެންދިޔައީ ހަސަންބެގެ ކިޔެވެލިވެސް ނިންމާލައި ފިލާފޮށްޗަށް ފަހުފަހަރަށް ވަޅިޖެހި ދަނޑިވަޅަށެވެ.

“އަވަސްކުރޭ.. ގޮސް އައިހަމްނަގާ! އޭނާއަށް ފަރުވާދޭންފަށާ، ޖިންނި މަރާލައިފިން!”  އަވަސް ސްޕީޑެއްގައި ނޭވާލަމުން ދިޔަ ހަސަންބެ ހަމަޖެހިލަމުން ރިޒާން ގާތު މިހެންބުނީ ޖިންނި މަރާލެވުނުކަން ޔަގީންވުމުންނެވެ.

…………………………………………………………..

އިރުއޮއްސުމުގެ ކުރިން އައިޝާގެ ގޭތެރޭގެ މާހައުލު ހަމައަކަށްއެޅިއްޖެއެވެ. ރިޝްފާގެ ޒާކްއާއި އައިންތުގެ މާއިން ގޭ ގޯތިތެރޭ ކުޅެން ތިބިއިރު އައިހަމް އޮތީ ކޮޓަރީގައެވެ. އޭނާ އަށް ވެފައި ހުރި އަނިޔާތަކަށް  ހަސްފަތާލުން ފަރުވާ ހޯދައިގެން ގެއަށް ގެނެސް ކޮޓަރީގައި ނިންދަވާފައި  ބާއްވާފައި އޮތީ ޑޮކްޓަރުގެ ލަފާ މަތިންނެވެ. ވޭތުވެދިޔަ ދެ ތިން ދުވަސްތެރޭ ދަރިފުޅު ތަހައްމަލު ކުރަމުން ދިޔައީ ކޮންފަދަ ކަންތައްގަނޑެއްކަން އިހުސާސްވުމުން އެކަމާ ދެރަވެ، އައިހަމްގެ މަގަތުގައި އޮވެ  އައިޝާ ލޮލުން ކަރުނަ އޮހޮރަމުންދިޔައެވެ. އައިޝާގެ އެހާލު ބަލަން އެނދުގެ އަނެއްފަޅީގައި، އައިހަމްގެ އަތުގައި ހިފައިގެން އިން ރިޒާންގެ ލޮލުންވެސް ކަރުނަ ފައިބަމުންދެއެވެ. ދެން ހުރިހާ ކަމެއްވެސް އިރާދަކުރެއްވީތީ ރަނގަޅުވީއޭ ބުނެ ރިޒާން އައިޝާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ.

އައިޝާމެންގޭ ގޯތި ތެރޭގައި ހުރި ޖޯލިތަކުގައި ހާސްވެފައި ތިބި ކުދިންގެ މަންމައިންނާއި ބައްޕައިން ދައްކަމުންދިޔައީ އަވަހަށް އެނބުރި މާލެ ދާވާހަކައެވެ.  މި ވާހަކައިގައި މުނާއާއި ކިނާންވެސް ޝާމިލްވެއެވެ. މިއަދު އެމީހުންގެ ލޮލަށްފެނުނު މަންޒަރުތަކަކީ ދުވަހަކުވެސް ދެން ދެވަނަ ފަހަރަކަށް ބަލަންބޭނުންވާނެ މަންޒަރުތަކަކަށް ނުވާތީއެވެ.

“އާ! އަހަރެން ޓިކެޓް ބުކްވެސް ކޮށްފިން. ދެން ދުވަހަކުވެސް ރަށަކަށް ނާންނާނަން!” އާލިޔާ ގޮވައިގެން ޖޯލީގައި އިން ފާތުންގެ ސިކުނޑީގައި ދުވަހަކުވެސް ރަށަށްއެނބުރި އަންނާކަށް ހިޔާލެއްނެތެވެ.

“މަ ވެސް!” ބޭ އިހްތިޔާރުގައި ދެންތިބި އެންމެންނަށް އެއްފަހަރާ މިހެންބުނެވުމުން ކޮންމެވެސް ވަރަކަށް އެންމެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ހަވީރުވާންފެށުމުން އެންމެންވެސް އެބައެއްގެ ގެއަށްދިއުމަށް ހިނގައިގަތެވެ. ބަދިގެފަރާތުގައި އުޅުނު އައިސާމަނިކެ އޭނާގެ ދައްތަމެންނަށް ކާންދީ ނިމިގެން ބަދިގެ ހަމައަކަށް އަޅުވައި ބޭރުގައި ވާހަކަދައްކަން ތިބި އެމީހުންގެ ކުދިވެރިން ގާތަށް އާދެވުނީވެސް ހަމަ ދަނޑިވަޅަށެވެ. އެންމެން އެބައެއްގެ ގެއަށް ދިއުމުން، އައިސާމަނިކެ ގޭ  ދޮރުތައްލައްޕައި ، ސިޓިންގްރޫމުގައި ހުރި ލަވަ ސެޓުން ޤުރުއާން ޖަހައިލައި ކޮޓަރިއަށްވަނެވެ. އެއިރު މަޢްރިބް ނަމާދަށް ބަނގިގޮވަމުންދިޔައެވެ.  ބަންގީގެ އަޑަށް ކޮޓަރިންނުކުމެ ނަމާދަށް ދިއުމަށް ރިޒާންވެސް ގެއިންނުކުމެ ދޮރުލައްޕާލިއެވެ. ގޯތިތެރެއިން ބޭރަށް ނުކުންނަން ހުރި ގޭޓާއި އަރާ ހަމަވުމުން ކުއްލިއަކަށް ރިޒާންސިހިގެން ގޮސް ފަހަތްއެނބުރި ބަލާލެވުނީ، ރިޒާންއަށް އައިޝާ ގޮވިއަޑަށެވެ.  ލައްޕާފައިހުރި ގޭ ދޮރުމަތީގައި އައިޝާ ހުރިތަންފެނުމުން ރިޒާން އަނެއްކާއެނބުރި އައިޝާގާތަށް އައެވެ.

“ކިހިނެތްވީ އައިޝާ؟”

“މަށަށް ކަމެއްކޮށްދީބަލަ.. ޤުރުއާން ޖަހާފަ ހުރި ޕްލެޔާރ ނިއްވާލަދީބަލަ.”  ބޭނުންވެގެން އުޅޭ ކަންތައް އައިޝާ ރިޒާންގާތު ފާޅުގައި އެދުނެވެ. ޤުރުއާން ކިޔެވުުން ހުއްޓުވާ ވާހަކަ ދެއްކުމުން ރިޒާން ހައިރާންވެގެންދިޔައެވެ.

“އެ ކިހިނެތްވީ އަނެއްކާ އައިޝާ؟ ހަސަންބެ ބުންޏެއްނު ޤުރްއާން ޖަހާފަބަހައްޓައްޗޭ؟؟؟”

“އާނ އެނގެޔޭ! ސާބަސް! ބުނީ ބަޤަރާ ސޫރަތްޖަހާފަ ބަހައްޓާށޭ! ހަނދާނެއްނެތްތަ؟ އަހަރެން އުޅެ އުޅެ އޭތި ސްޓޮޕްއެއްނުވި.. އަޅެ ސްޓޮޕްކޮށްދީބަ، ސްޓޮޕްކޮށްލާފަ ދޭ އަވަހަށް ނަމާދަށް، ދެން އައިޝް ބަޤަރާސޫރަތް އޮތް ސީޑީ އަޅުވާލާނަން އިނގޭ؟” ހަސަންބެ ބުނި ގޮތަށް ކަންތައްކުރުމަށް އައިޝާބޭނުންވެފައި ހުރިލެއްބޮޑުކަމުން ހަދަންވީގޮތް އައިޝާ ރިޒާންއަށް ކިޔައިދީފައި ހިނގައިގަތީ ގޯތިތެރޭގައި އޮތް އަނދިރިގަނޑާއި ދިމާލަށެވެ.

“ދެން ތިދަނީ ކޮންތާކަށް؟” އައިޝާ ހިނގައިގަތުމުން، ރިޒާން އައިޝާއާއި ސުވާލުކުރީ އޭނާ ދާތަނެއް ނުވިސްނުމުންނެވެ.

” މިތާ ރޯނުގަ ހުރި ބާލީސް އުރަތަށް ނުނަގާ ހުރީ، ނަގާލަން. އައިޝް މި އަންނަނީއޭ! އަންނަންވާއިރަށް އޭގަ އޮތް ސީޑޭ ނަގާލައްޗޭ! އިނގޭ؟” ރިޒާންއަށް ޖަވާބުދެމުން އައިޝާ ގޮސް ރޯނުގައި ހުރި ބާލީސްއުރަތައް ނަގަންފެށިއެވެ.

އަނބިމީހާ އެދުނު ކަންތައް ކޮށްދިނުމަށްފަހު  ނަމާދަށް ދާން ލަސްވެފައިހުރި ރިޒާން ގެއިން ނުކުމެގެން ހިނގައިގަތީ އަނދިރިގަނޑުގައި ހުރި އައިޝާގާތު ޕްލެޔަރ ސްޓޮޕް ވެއްޖެޔޭ ތިމަންނާ ދަނީޔެ ބުނަމުންނެވެ.އެއްމިޔަކަނިން ހިނިތުންވެލަމުން ބޭރުގައި ހުރި އައިޝާ ގޭތެރެއަށްވަދެ ދިޔަގޮތަށްގޮސް ވަނީ އައިޝާ އާއި ރިޒާންގެ ކޮޓަރިއަށެވެ.

……………………………………………………………

ނަމާދުން އަވަދިވެގެން ގެއަށް އައިއިރު ގޭގައި ޤުރުއާން ނުޖަހާހުރުމުން ރިޒާން ކަންބޮޑުވިއެވެ. އައިޝާ އެއިރު ބަގަރާ ސޫރަތް ޖަހާނަމޭ ބުނިހަނދާން ގައިމު ރިޒާންއެބަހުއްޓެވެ. އަވަސް ފިޔަވަޅުތަކެއްއަޅައި ރިޒާން ގެއަތްވަދެ ސިޓިންގްރޫމުގައި ހުރި ޕްލެޔަރ ކައިރިއަށް ދިޔައިރު ފެނުނީ ސީޑީޖަހާބައި ހަލާކުވެފައިވަނިކޮށެވެ. ސީޑީ ޖަހަން މަސައްކަތްކޮށްކޮށް އެކަމެއް އޭނާއަށްނުވުމުން ކޮޓަރިއަށްވަނީ އައިޝާއާއި ސުވާލުކުރުމުގެ ނިޔަތުގައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު ރިޒާންދިޔައީ ސިހިގެނެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށްވަދެ ރިޒާން ދޮރު ލައްޕާލީ އައިޝާ އެ އޮތްހާލުގައި ކޮޓަރިތަޅުވެސް ނުލާ އޮތުމުން އެކަމާ ވިސްނުމުނެނެވެ. ދެލޯ ބޮޑުވެ ހައިރާންކަންމަތީ ދޮރުމަތީ ރިޒާންއަށް ހިނދުކޮޅަކަށް ހުރެވުނީ ބަރަހަނާ ކަންމަތީ އެނދުގައި އޮތް އައިޝާގެ ޖާދުވީ ހަށިގަނޑު އޭނާއަށްމަރުހަބާކިޔައިގެން އޮތްތަން ފެނުމުންނެވެ. އައިޝާ މިހާލުގައި ފެނި އޭނާ ދައްކަންއައި ވާހަކަވެސް ހަނދާންނެތިއްޖެއެވެ. ހިތުގައިއުފެދެމުންދިޔައީ މުޅިން އެހެންކަމެކެވެ. އޮތްތަނުންތެދުވެ އެނދުގެ ހެޑްބޯޑަށް ލެނގިލަމުން އިނގިން އަންނާށޭ ބުނާހެން އައިޝާ ރިޒާންއަށް އިޝާރާތްކުރަމުންދިޔައެވެ. ހެޔެއްނެތް އިންސާނެއްހެން ރިޒާންއަށް އޭނާގެ އިޝާރާތަށް ތަބާވެވުނެވެ. ރިޒާން ހީވަނީ ދަމާބާރުން އައިޝާގެ ގާތަށް ގެންދާހެނެވެ. އެނދާ އަރާހަމަވުމާއިއެކު، ރިޒާންލައިގެން ހުރި ޓީޝާޓް ބާލުވައި ކަރުގައި ހިފައި އައިޝާ އޭނާ އެނދަށްވައްޓައިލިއެވެ. އަދި ރިޒާންގެ ގައިމައްޗަށް އަރައި އިށީނދެ، މޫނާއިމޫނު ކައިރިކޮށްލުމަށްފަހު ރިޒާންގެ ޖިސްމުން ލިބެން އޮތް ހުރިހާ އަރާމެއްހޯދަންފެށިއެވެ. ރިޒާންގެ ލޯމެރިފައި އޮތްއިރު އޭނާއަށް މިވަނީކީއްކަމެއްވެސް ނޭނގޭކަހަލައެވެ. ރިޒާންގެ ހަށިގަނޑުން އަރާމު ހޯދަމުންދިޔައިރު އައިޝާގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރުފެންނަންހުއްޓެވެ. އަދި ހެނދުނު އޭނާގެ ދަރިފުޅާއިމެދު ކަންތައްކުރަމުން ދިޔަ ގޮތް ހަނދާނަށް އިޔާދަވަމުންއައެވެ. “މަންމާ، އަހަރެން ސަލާމަތްކުރޭ! މިކަންތައް ހުއްޓުވާ! އެމީހުން މިތަނުން ދުރަށްފޮނުވަދީ!” ދަރިފުޅުގެ ދުލުންނުކުންނަމުން ދިޔަ ބަސްތައް ހަނދާންވެ ރިޒާންގެ ގައިމަތީއޮތް އައިޝާގެ ދެލޮލުގެ ކަޅިގެއްލި މުޅީ މީހާ ހުދުވެގެންދިޔައެވެ. އިސްތަށިގަނޑު ދިގުވެ ވައިގެތެރޭ ވިހުރެމުންދިޔައެވެ. ހޯދަމުންދިޔަ ޖިންސީ އުފާވެރިކަމުގެ ސްޕީޑް އަވަސްކޮށްލީ އޭނާ ބޭނުންވާ ކަންތައް އިޝާނަމާދުގެ ވަގުތުޖެހުމުގެ ކުރިން ކުރެވޭތޯއެވެ. އިޝާނަމާދަށްބަންގި ގޮވުމާއިއެކު ރިޒާންއަށް ހޭވެރިކަންވެގެންދިޔައެވެ. އަދި ކައިރީގައި ހެދުންލައިގެން އިށީނދެގެން އިން އޭނާގެ އަންހެނުންފެނި ސިހިގެންދިޔައެވެ. ދާހިއްލާފޯވެފައި އިން ރިޒާންއަށް ދެންމެ އިހުސާސްވެގެންދިޔައީ ކޮންފަދަކަމެއްބާއެވެ.

“ކިހިނެތްވެފަ ރިޒާން! ދާހިއްލާ ފޯވެފަ! ނަމާދަށްގޮސް ހާދައަވަހަށޭ އައީ ދޯ؟  ނަމާދުން ފައިބައިގެން އައިމަ ކާންއަންނާށޭ ބުނީމަ ކޮޓަރިއަށްވަދެ މީ ދޯ ކުރިކަމަކީ؟ މާ ވަރުބަލީތަ؟” ރިޒާންއަކަށް އައިޝާ ދައްކަމުންދިޔަ އެއްވެސްވާހަކެއް ސާފެއްނުވިއެވެ. އޭނާ ނަމާދުންގެއަށްއައިސް ކޮޓަރިންބޭރުން އައިޝާއަކާއިދިމައެއްނުވެއެވެ.

“ކާކު ޕްލެޔަރު ރަނގަޅުކުރީ؟” ގޭތެރެއިން ޤުރުއާނުގެ އަޑުއިވޭތީ، މީގެ އިރުކޮޅެއްކުރިން ޕްލެޔަރު ހަލާކުވެގެން ޤުރުއާން ނުޖެހިފައި ހުރި ހަނދާންވުމުން ރިޒާން އައިޝާއާއި ސުވާލުކޮށްލިއެވެ.

“ކޮން އިރަކުތަ ޕްލެޔަރު ހަލާކުވީ؟ ” އައިޝާ އެކުރިސުވާލުން ރިޒާންއަށް ހައިރާންކަމެއް ލިބުމުން ނޫނެކޭބުނެ، އޭނާގެއަށް އައިއިރު ދިމާވި ކަންތައް ކިޔައިދިނެވެ.

“ތިވާނީ، ރިޒާންނިދަންއޮވެ ފެނުނު ހުވަފެނެއްކަމަށް!” އައިޝާ އޭނާއަށްހީވިއެއްޗެއް ބުނެލިއެވެ. ރިޒާންވެސް ވިސްނާލާފައި ދިމާވި ކަންތަކަކީ ހުވަފެނެއްކަމުގައި ނިންމީ ހޭވެރިކަން ވީއިރު ލޯމއްޗަށް ފެންނަމުންދާ ކަންތައް ތަކަކީ ހަޤީޤަތްކަން އިހުސާސްވާތީއެވެ. ހުވަފެނުގައި އައިޝާއާއިއެކު ގުޅުންހިންގިވާހަކަ ބުނުމުން އައިޝާގެ ގާތަށްހިނި އައިސް ލާނެއް ސަކަރާތެއްޖަހާލިއެވެ. އަދި ދެމީހުން ތެދުވެގެން ކޮޓަރިންނުކުމެ އައިހަމްގެ ކޮޓަރިއަށްވަނީ އޭނާ އަޮތްގޮތްބަލާލާށެވެ. މައުސޫމު އައިހަމް ނިދަން އޮތްގޮތްފެނި ރިޒާން އޭނަގެ ބޮލުގައި އަތްހާކާލީ ﷲ ގެ ހަޒްރަތަށް ހަމްދުކުރަމުންނެވެ.

………………………………………………………

އައިޝާގެ ގޭ ގޯތިތެރެއަށް ވެރިވެފައިވާ އަނދިރިގަނޑުގައި ހުރި އަންހެން މަޙްލޫގަށް އެގޭ ތެރޭގައި ހިނގަމުންދާ ހުރިހާ ކަމެއް އިހުސާސްވަމުންދެއެވެ. ލޮލުންކަރުނަ އޮއްސަމުން ނިކަމެތިހާލު އެތާ އޭނާ އެހުރީ މިއަދު އޭނާގެ ދަރިފުޅަށް ކުރިއަނީޔާތައް ލޯމަތިން ފެނި އެއްވެސް އެހީއެއް އޭނާގެ ދަރިފުޅަށް ފޯރުކޮށް ނުދެވުމުން އެހިތާމައިގައެވެ. ދަރިފުޅުގެ އެންމެފަހުނޭވައާއި ޖެހެންދެން އެގޭތެރެއަށް ވަންނަން މަސައްކަތްކުރި އެއްކަމަކު އޭނާގެ މަސައްކަތް ނާކާމިޔާބުވިއެވެ. ހަސަންބެއާއިހެދިއެވެ. ހަސަންބެ ކުރި ވައުދާ ހިލާފުވެ  ދަރިފުޅު ނެތިކޮށްލީއެވެ. އެގޮތަށް ކަންތައްކުރާނެކަން އެނގުނުނަމަ އޭނާ އެތަނުން ނުދިޔައީހެވެ. ހެނދުނު ކަނތައްތައްވިގޮތާއިމެދު ވިސްނަން ހިނދުކޮޅަކަށް ހުރެފައި ކުއްލިއަކަށް ޖިންނީގެ ބަނޑަށް ގޮތެއްވާހެން ހީވާންފެށުމުން ބަނޑުގައިއަތްއަޅައި ގުދުވިއެވެ. އަދި އިހުސާސްވިތަދާއި އެއްވަރަށް އުފާވެރިކަމެއްވެސް އިހުސާސްވެގެން ދިޔައެވެ. އެއްމިޔަކަނުން ހިނިތުންވެލަމުން އެ ޖިންނި އެތަނުންގެއްލިގެން ދިޔައީ ރިޒާންގެ ދަރިއެއްބަނޑުގައި އުފެދެމުން ދާކަން ކަށަވަރުވުމުންނެވެ. ދަރިއަކަށް ދަރިއެއް ހޯދައިގެނެވެ. ވަރަތައް ނެރެލައި ފަޒާގެތެރެއަށް އުދުއްސައި ގަތީ، ދަރިފުޅު ޝާމިލުކޮށްގެން، އެމީހުންގެ ކިބައިން ބަދަލު ހިފުމުގެ އަޒުމާއިގެން ކޮންމެވެސްދުވަހަކުން އެނބުރިއައުމުގެ ނިޔަތުގައެވެ.

(ނިމުނީ)

Share Article

Follow Me Written By

Maree

Level 110 Stories

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ތޭރަވަނަބައި)

Next

ހިތްއެކީ ދެވިއްޖޭ (8)

Next
November 7, 2017

ހިތްއެކީ ދެވިއްޖޭ (8)

Previews
November 6, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ތޭރަވަނަބައި)

9 Comments!

  1. Lily says:
    November 7, 2017 at 7:04 am

    Ma Sha Allah. Varah reethi mi vaahaka. Mi vaahakaige season 2 nikunnaane kamah varah ummedhu kuran. You are a very talened writer❤

  2. thaaaai ? says:
    November 7, 2017 at 9:15 am

    Eyy season two neendhey tha? Eythi genesdheebaley… ingey?? ehen noonee hadi vaane…Mi part ves varah reethi??????

  3. xim says:
    November 7, 2017 at 11:31 am

    Reethi

  4. selena says:
    November 7, 2017 at 7:38 pm

    wow, nice stories maree

  5. Xiroo thihthi says:
    November 10, 2017 at 12:52 pm

    Vaahaka varah reethi… Merge dhevana season eh onnanvaane kamah gabool kuran….

  6. xeybooo says:
    November 10, 2017 at 9:49 pm

    2 season aisihyya warahhhhhhhhhhhhhhhhhhhhhhhhhh salhi waaane !

  7. Chanyoel says:
    November 29, 2017 at 5:32 pm

    Nzbdjdbsjx xjsjsbsjsvs jsvsjsbsjd djbdbdvdjcxjbsjsbsksnsnnsndnxkxndnxnxb xjdbvxjxbxjxv x xjxnbxznvxjxvx xjvdjxbxjbz xjbx z xbzj;sbvdud d xjhdjsbsjs sjbsvsusvd djaisjqhd sihqsjbdusbdjabus sjhsbajsvwushaugdvdusuqvd sjgwhdidvrbjshw jshw uhh dvjshxiebbdyd jaugeva bcc tnz. Sab djvejjack jshd jsvr

  8. Minn says:
    December 8, 2017 at 7:20 pm

    Part 2 plxxxxx

  9. alaa says:
    December 21, 2017 at 2:07 pm

    varah reethi mi vaahaka varah reethi adi 2vana part ganachaa

Comments are closed.



All Right Reserved!