ފެނުނު މަންޒަރުން ނަބާގެ ހެޔަށް ގޮތެއް ވިކަން ޔަގީނެވެ. **** ނަބާގެ ލޮލަށް މަންޒަރު ފުސްވަމުން ދިޔަ ނަމަވެސް ރޮމުން ގެންދިޔަ އަންހެން ކުއްޖާގެ ގައިމަތީ އޮތް މީހާ އޭނާއަށް އިނގެއެވެ. އެއަކީ އީތަން އެވެ. ގައި ދަށުގައި އޮތް ކުއްޖާ ރޮމުން ނަބާއާ ދިމާލަށް އަތްދިއްކޮށްލީ އެހީއަށް އެދޭ ފަދައިންނެވެ. ނަބާ އެއަތުގައި ހިފަން ކިތަންމެ ބޭނުންވިއެވެ. ނަމަވެސް އެވަގުތު އޭނާގެ ހަބަރު ހުސްވެގެން ވެއްޓުނެވެ. **** އިރުކޮޅެއްފަހުން ބޮކިތައް ދިއްލި މުޅިތަން […]
ވަޔާއެކު އާދަޔާ ޙިލާފު ބާރަކުން ފަޒާގެ ތެރެއައް އަރަމުން ދިޔަ އަޔާނީއަށް އެކަމުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ލޯމެރިފައިވާ އަޔާނީ ބެހެއްޓުނީ ހަނދު މަތީގައެވެ. އެއާއެކު އޭނާގެ ފައިން ވާގިދޫވެގެން ވެއްޓުނެވެ. ހީވާ ގޮތުން އޭނާގެ ހަށިގަނޑުގައި ހުރި އާދަޔާޙިލާފު ބާރު ކެނޑުނީއެވެ. ******************************************** ” މަންމާ…ކޮބާ ޔާނީ” ފުޓުބޯޅަ ކުޅެނިންމާފައި ގެއަށް ވަދެގެން އައި އީތަން އޭނާ މަންމަ ރާނިޔާ ކުރެން އެއްސެވެ. ******************************************* ” މަންމަ އަކަށް ނޭނގޭ.. އެ މަންޖެ ގެއްލިގެން އުޅޭ ވާހަކަ […]
އީތަންގެ ދެލޯބޮޑުވެގެން ދިޔައީ ކުރިމަތިން ފެނުނު ސޫރައިންނެވެ. **** “އެތެރެއަށް ވަންނަން ވެސް ނުބުނާނަންތަ؟” ކުރިމަތީ ހެވިދިލިފަ ހުރި އަންހެންކުއްޖާ ބުނެލިއެވެ. “ޒޭބާ” ތުރުތުރު ލާއަޑަކުން އީތަންއަށް ބުނެލެވުނެވެ. “އޯ ކަމޯން. މީ ނަބާއޭ. އިޓްސް އަ ސްމޯލް ވޯލްޑް. ވައްތަރު މީހުންނަށްވެސް ދިމާވާނެ. ދެން ވައްދަބަ އެތެރެއަށް.” އެތެރެއަށް ވަންނަމުން ނަބާ ބުނެލިއެވެ. އޭރުވެސް އީތަން އަށް ހުއްޓުން އަރާފައި ހުރެވުނީ ފެންނަމުންދާ މަންޒަރު ގަބޫލު ނުކުރެވިގެންނެވެ. “ކީއްވީ؟ އުފަލެއްނުވޭތަ އަންހެން ކުއްޖެއް […]
ޖެހި ބާރުގަދަ ގުގުރީގެ ސަބަބުން ސިހިފައި ހާތިބުއަށް ލޯހުޅުވާލެވުނެވެ. އެހިނދު އޭނައާއި ދިމާއަށް ވަޅި ދިއްކޮށްލައިގެން ހުރި ބަރްކާ ފެނުމާއެކު ކުއްލިއަކަށް ހާތިބު ތެދުވާން އުޅުނެވެ. އަދި ބަރްކާގެ އަތުގައި އޮތް ވަޅި ފޮޅުވާލަން އުޅުނެވެ. ނަމަވެސް ހުޝިޔާރުވެގެން ހުރި ބަރްކާ އޭނަގެ އަތުގައި އޮތް ވަޅި ހާތިބުގެ އަތުގެ މުލައްދަނޑިއަށް ހަރާލިއެވެ. އެއާއެކު ހާތިބުގެ ވޭނީ ހަޅޭކުގެ އަޑު އިވުނެވެ. އެންމެ ސިކުންތެއް ވެސް ނަގާލުނާ ދެވަނަ ހަމަލާ ދޭން ބަރްކާ އަވަސްވެގަތެވެ. އޭނަ ހީކުރިގޮތާއި […]
ހިތްފަޅައިގެންދާ ޖަޒުބާތުތަކާއެކު ރޮމުން ދިޔަ ޝާޢާގެ ކުރިމައްޗަށް ހާތިބު ހުއްޓުނެވެ. ޝާޢާގެ ގިސްލުމާއި ލޮލުން ފައިބަމުންދާ ކަރުނަތަކުން އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވި ކަހަލައެވެ. އޭނަގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއިރު ކުރެވުނު ކަންތަކާ މެދު އެހިތުގައި ކުޑަމީސް ޖަޒުބާތެއް ނުވާ ކަހަލައެވެ. އެއްވެސް ކުށެއް ނެތް އިންސާނެއްގެ ފުރާނަ ދުއްވާލެވުމުން އެކަމާ މެދު ދެރަ ވެސް ނުވެއެވެ. އެއާ ޚިލާފަށް ޝާޢާއަށް ލިބިފައިވާ ފުން ހިތާމަތަކުން އޭނަގެ ހިތަށް ފިނިކަން ލިބިފައި ވިއެވެ. އޭނަ ޝާޢާގެ […]
ވަގުތު އައިސް ޖެހިއްޖެކަން އެޒުވާނާއަށް ވަގުތުން ނަގައިގަނެވުނެވެ. ހަށިފުރާ ނޭވާއެއް ލުމަށްފަހު ގެނައި އަވަސް ހަރަކާތާއެކު އެޒުވާނާ އޭނަގެ ފުރިހަމަ އިސްކޮޅުގެ މައްޗަށް ތެދުވެލިއެވެ. އަދި ހަށިގަނޑުގައި ހަރުލާފައި ހުރި ވެލިތައް އަވަސްއަވަހަށް ފޮޅާލިއެވެ. އޭރު ލުއި ފިޔަވަޅުތަކެއްގައި އައި މެދު އުމުރުގެ އަންހެންމިހާ އެޒުވާނާއި އަރާހަމަކުރަނީ އެވެ. ”ދަރިފުޅު ވާނީ މިތާނގައިކަން އެނގޭތީވެ މަންމަ މިއައީ… ވަގުތު އައިސް ޖެހިއްޖެކަން އެބައިނގޭ ދޯ؟…” ބަރްކާ އޭނަގެ ފިރިހެންދަރިފުޅުގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އޭނަގެ ދެލޮލުން ފެންނަމުން […]
ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ. ކަރުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނުވެއެވެ. އެހެނަސް އަރުތެރޭގައި ރިހުމެއް އުފެދިފައިވާހެން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިރުކޮޅެއް ވަންދެން މޫނު ބަލާ ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ބަލަން ޝާޢާ ހުއްޓެވެ. […]
ޖެހިލި ރޯޅިއާއެކު ހަށިގަނޑަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ފިނިކަމުގެ އަސަރާއެކު ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. އެއާއެކު އޭނަގެ ނިދިފިލައި ދިޔައީ ހިއްސުތަކުގައި އަޅުވާލި އިންޒާރުގެ ރަނގަބީލުންނެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ހިތަށް ހާސްކަމާއި ބިރުވެރިކަން ވެރިވެގެން ދިޔައީ އޭނައާއި ބައްދަލުކުރި މާހައުލުގެ ސަބަބުންނެވެ. ދެލޯބޮޑުކޮށްލަމުން ފަރާތްފަރާތަށް އޭނަ ނަޒަރު ހިންގާލިއެވެ. އޮވެވުނީ ބިންމަތީގައިކަން ވެސް އޭނައަށް ރޭކާލާން ވަގުތު ނެގި އެވެ. އަވަސްވެފައިވި ހިތާއި ކުރުވަމުން ދިޔަ ނޭވާތައް ހަމައަކަށް އަޅުވަން މަސައްކަތްކުރާ ހާލު ފެތުރިފައި އޮތް އަނދިރިކަމަށް […]
ބާރުދުވެލީގައި އައި ޕޮލިސްޖިޕް މަޑުކޮށްލީ ގާސިމް އެހާލުގައި އޮއްވައެވެ. ” އޭނާ ނަގާ.. މިތާންގައި މަސްތުވާތަކެތީގެ މުއާމަލާތެއް ހިނގާކަމުގެ ރިޕޯޓްލިބިގެން މިއައީ.. ” ޕޮލިހުން ފައިބާ ދެފުލުހަކު އައިސް ގާސިމް ނަގަމުން ބުނެލި ވާހަކައަކުން ގާސިމްގެ ދެލޯބޮޑުކޮށްލެވުނެވެ. އެވަގުތު ދުރުގައި ހެވިފައިހުރި އާޔާ ފެނުމާއެކު ގާސިމްއަށް ތެޅިގަނެވުނީ ބޭއިހްތިޔާރުގައެވެ. ” އޭނާ ބާރަށް ހިފާއްޓާ އެއުޅެނީ ފިލަން.. ރަނގަޅަށްޗެކް ކޮށްފަނޫނީ ދޫކޮށްލައިގެން ނުވާނެ..” އިސްކޮށް ހުރި ފުލުސްމީހާ އެހެންބުނުމާއެކު އެދެމީހުން ގާސިމް ބަލާފާސްކުރަން ފެށިއެވެ. ފުޅާ ހިނިތުންވުމަކާއެކު […]