ކިޔެވުން ހުއްޓާލައިފައި ރަށު ސުކޫލުން ވަޒީފާއެއް ލިބުމުން އަޔާނީވެސް އީނާލް މެން ކައިރިއަށް ރަށަށް ބަދަލުވީ ރާނިޔާގެ މަރުގެ ސަބަބުން އެއާއިލާއަށް ލިބުނު ހިތާމަ ފޫބައްދައިދޭށެވެ. ރާނިޔާ މަރުވީ ރޫޙާނީ ކަމެއްގެ ސަބަބުން ކަމަށް އީނާލްމެސް އެންމެންވެސް ގަބޫލު ފެށީ ރާނިޔާ މަރުވިތާ މިވީ ހަފްތާ ވީއިރު އެއާއިލާއަށާ ގެއަށް ދިމާވަމުންދާ އާދަޔާޙިލާފު ކަންތައްތަކުގެ ސަބަބުންނެވެ. އިރުގެ އެންމެ ފަހުގެ ދޯދިތައް ދުނިޔެއާ އަލްވަދާޢު ކިޔެވެ. މަޢްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ރަށު ތެރޭގައި ގުގުމާލިއެވެ. ހުރިހާ ގެއެއްގެ ދޮރުތައް ލެއްޕުނެވެ. […]
ކަޅު ބަބުރެއްހެން ހުރި އެތީގެދެލޯ ހީވަނީ ރަތް އަނގުރުގަނޑެއްހެންނެވެ. ބޮލިގަ އިސްތައްޓެއްނެތްއިރު މުޅިގައިގަވެސް އެއްޗެއްނެތްފަދައެވެ. ފެނުނުބިރުވެރި ސޫރަޔާއެކު ޒޯހާގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. އަނގައިން ނިކުތް ތޫލިއަޑާއެކު ބާރަށް ހަޅޭލަވާގެންއިރު ޒޯހާއަށް ވަނީ ނޭވާލާން އުނދަގޫވެފައެވެ. ސިޓިންގް ރޫމްއަށް އައިސް މަޑުކޮއްލި ޖައިލަމް އާއި އައިރާ އަށް އެކީގައި ޒޯހާގެ ކޮޓަރިއާއި ދިމާއަށް ދިޔައިރު ރަޝްފާވެސް ކޮޓަރިން ނިކުތް ވަތުގައިކަމުން އެއަޑު އިވި އަވަހަށް އެދިމާއަށް ދިޔައެވެ. ދޮރުހުޅުވާލާފައި ޖައިލަމް އާއި އައިރާގެ އިތުރުން ރަޝްފާ […]
ބަދިގެ ތެރޭގައި ފިޔާ ކޮށަން ހުރި ރާނިޔާ ދިޔައީ އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުންނެވެ. ފިޔާ ކޮށައި ނިންމާފައި ތަށްޓަކަށް އެ ފިޔާ ކޮޅުތައް އޭނާ އަޅާލިއެެވެ. އެވަގުތު އޭނާގެ ފަހަތުން މީހެއްގެ ހިލަން ވީހެން ހީވިއެވެ. އާމިރާ ފަހަތް ބަލާލިއެވެ. އެއާއެކު އޭނާގެ ހިތް ނުހުއްޓުނީ ކިރިއާއެވެ. އާނއެކެވެ. ގަބޫލު ކުރަން ދަތި ނަމަވެސް ރާނިޔާ ކުރިމަތީގައި އެހެރީ މީގެ ފަސް އަހަރު ކުރިން މަރުވެފައިވާ އޭނާގެ ހަމައެކަނި ފިރިހެން […]
އީތަން އޭނާގެ ހިޔާލުތަކުން ބޭރުވީ ރައްޔާން އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. ” އަނެއްކާ ދުނިޔެއަށް ދިޔައީތަ ” ރައްޔާން އަހާލިއެވެ. އީތަން ބޯޖަހާލިއެވެ. ރައްޔާން، ޕިސް ޕިސް ޖަހާލަމުން ދެފަރާތައް ބޯ ހޫރާލިއެވެ އީތަން ދިޔައީ އޭނާގެ ހިތުގައިވީ އެއްޗެއް ރައްޔާން ކުރިމަތީ ބޭރުކުރަމުންނެވެ. ރައްޔާނަކީ މުޅި އެޖެންސީއިންވެސް އީތަންގެ އެންމެ އިތުބާރުކުރެވޭ ގާތް އެކުވެރިއާއެވެ. ރައްޔާނަކީ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެހެންމީހުންގެ ވާހަކަތައް އަހައި ހިތްހަމަޖައްސައިދިނުމަށް ރައްޔާނަކީ ދެ ވަނަ އެއް ނުވާފަދަ އެކުވެރިއެކެވެ. ******************************************* މަޑު ނޫކުލައިގެ ބޮޑު ކޮޓަރިތެރޭގައި ޒަމާނީ ފަރުނީޗަރު ވަނީ […]
“ޖައި ހިނގާބަލަ އެތެރެއަށް .. ” ޒޯހާ ޖައިލަމްއަށް ބަލަންއިންގޮތުން ގާސިމްގެ ވާހަކަ ބުނެފާނެތީ ލަޔަކް އަވަހަަށް ޖައިލަމްގޮވައިގެން ޒޯހާބަހައްޓަން ވިސްނި ކޮޓަރިއަށް ވަނެވެ. ލަޔަކް އިތުރު ވާހަކައެއް ދެއްކުމެއްނެތި އަވަހަށް އެތާންގެ އެތެރެސާފުކުރަން ފެށުމުން ޖައިލަމްވެސް އެއީ ކޮންކުއްޖެއްތޯ އަހަން ހިތަށްއަރާފައިވެސް ލަޔަކްއަށް އެހީވެދިނުމަށް އެނބުރިލިއެވެ. “ތިޔައީ ކޮންކުއްޖެއްތަ..” ރަޝްފާ އޯގާތެރިކަމާއެކުގައި އަހާލިއެވެ. ” އަޅުގަނޑަށް ކިޔަނީ ޒޯހާ… އަޅުގަނޑަކީ ފުއައްމުލަކް ކުއްޖެ.. ހާލުގައިޖެހުނުދުވަހު އެހީތެރިކަމާއި ރައްކާތެރިކަމުގެ އަތެއް ފޯރުކޮށްދެއްވީ ތިޔަފަރާތުހެޔޮލަފާ ދަރިފުޅާއި އޭނާގެ ރަހުމަތްތެރިއެއް.. […]
އެއަށްފަހު ބާރަކަށް ވަޓްއޭ ބުނިގޮތުން ނަބާ އަށް އެވީ ކީއްކަން އެނގުމަށް ޝައުގުވެރިވެވުނެވެ. **** “އަމް އެވްރީތިންގެ އޯކޭ؟” ފޯނު ކަނޑާލުމުން ވެސް އަކްމަލް އިންގޮތަށް އިނުމުން ނަބާއަށް އަހާލެވުނެވެ. “އަހަރެން ދަނީ. އީތަން މަރުވެއްޖޯ” އެއްމެ ހިނދުކޮޅަކަށްވެސް އެތާ މަޑުނުކޮށް އަކްމަލް އެތަނުން ދިޔައީ ނަބާގެ ދެލޯ ބޮޑުކޮށްލާފައެވެ. **** އަކްމަލް އަށް ހޮސްޕިޓަލްއަށް ދެވުނު އިރު އެވަގުތު ޑިއުޓީގައި ތިބި ޕޮލިހުންވެސް އެތަނުގައި ހުރިއެވެ. އަކްމަލް ގޮސް ހުއްޓުނީ […]
މިއީ މިހާރު އޭނާ ދިރިއުޅެމުން އަންނަ ދުނިޔެއެވެ. އޭނާ އަދިވެސް މީގެ ފަސް އަހަރު ކުރިން ސޯޅަ އޭޕްރީލްގައި މަރުވާން އުޅެނިކޮށް ޖިންނިންތަކެއް އޭނާ ސަލާމާތްކުރި ހަނދާންވިއެވެ. އެއާއެކު މާޒީގެ ސަފުހާއެއް ހުޅުވާލާ ފަދައިން އޭނާގެ ހިޔާލަށް އެދުވަސް ސިފަވެގެން ދިޔައެވެ. ******************************************** އަޔާނީގެ އުނގުތެރޭގައި އޮވެ ފުންނޭވާތަކެއް ލަމުން އީތަން އެއީ އޭނާގެ އެންމެ ފަހު ވަގުތު ކޮޅު ކަމަށް ހީކޮށް ހިތާހިތުން ޝަހާދަތް ކިޔާލިއެވެ. އަދި އެންމެ ފަހު ފަހަރަށް އަޔާނީގެ މައުސޫމު މޫނަށް […]
އައިރާ އެންމެ ކުޑަ ހަނދާން ހުންނައިރުން ފަށައިގެން ދިރޭސޫފާ ސޫފިދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ވީއިރު ކުރިމަތީގައި އިން މީހާގެ ބުރަކަށިން ކޮނޑާއި ވާގޮތަށް ގަމީހުގައި އިން އިގްއާނާ ފެނިފައި އަވަހަށް އައިރާ އައިކޮޅަށް އަނބުރާ ހިނގައިތެވެ. އެއީ އަސްލު އެއްޗެއްތޯ ނުނީ ޖަމީހުގައި އިން އެއްޗެއްތޯވެސް ބަލާލަން އައިރާއަކަށް ނުކެރުނެވެ. ވާނީވެސް އެހެންތާއެވެ. ކުޑައިރު ކުއްޖަކު އައިރާ ގަޔަށް ބޮނޑެއްލުމުންވެސް ހޭނެތި ހުންއައިސް ހަފްތާއެއް ވަންދެން އުޅެންޖެހުން ވިއްޔާއެވެ. ނިކުންނަން ދިޔަ އައިރާއަށް އެވަގުތު ކެންޓީނާއި […]
” އާޔާ..” ޖައިލަމްއަށް އެހެންބުނެވުނު ވަގުތު ކުރިމަތީގައި ހުރި ކުއްޖާވެސް ސިހިފައިބަލާލިއެވެ. މިފަހަރުވެސް ޖައިލަމް ހައިރާންވީ އެއީ އެދެލޮލަށް ނުއޮޅޭނެސޫރައަކަށް ވުމުންނެވެ. “އައިރާވެސް މީ.. މީކިހިނެއްވާ ކަމެއް އަނެއްކާ…” ޖައިލަމްއަށް އެހެން ބުނެވުނުތަނާހެން ޖައިލަމްގެ އަތުގައި ކޮއްޓާލާފައި އަތުތެރޭގައި އޮތް ކުއްޖާ އުނދަގޫވާކަމަށް ބުނެލިއެވެ. އަވަހަށް އެކުއްޖާ ކޮޅަށް ނަގާދިނުމާއެކު ވާހަކަދައްކާލަން ޖައިލަމް ހުޅުވާލި އަނގަ ލައްޕާލަންޖެހުނީ މުޅިހަފްލާތެރޭގައިވާ ފަނޑުއަލި ކުއްލިއަކަށް ބަދަލުވުމުންނެވެ. ކެއަރޓޮޕް ހޮސްޕިޓަލްގެ އިސްވެރިން ކަމުގައިވާ ފައިވްލެޖެންޑް ކޮންޕެނީގެ އިސްވެރިންނާއި އެމީހުންގެ އާއިލާތަށް ހިނިތުންވުމާއެކު […]