“ލަޔަކް . އަސްލު .. އަސްލު ލަޔަކްގެ ބައްޕަ މާލެ ދަތުރުކުރި ލާންޗްގައި ކަރަންޓް ސޯޓެއްވެގެން ރޯވީކީ ނޫން.. ބަޔަކު ގަސްތުގައި ލާންޗްގައި ރޯކޮށްލީ.. އެމީހުންގެ ޓާގެޓަކީ ލަޔަކްގެ ބައްޕަވީމަ.. ” ޒޯހާއަށް އެހެންބުނެވުނު ވަގުތު ކޮޓަރީންބޭރުން ދޮރާދިމާއިން ބާރުއަޑެއް އިވިގެންދިޔައެވެ. ދޮރާއި އެންމެ ކައިރީގައި ހުރިއަލޫކް އަވަހަށް ތެދުވެދޮރާދިމާއަށް ދިޔައެވެ. ދެންތިބިމީހުންވެސް ލިބުނު ސިހުމާއެކު ބާރަށް ދޮރާއި ދިމާއަށް ދިޔައިރު އަލޫކް ދޮރުހުޅުވައިގެން ދެލޯބޮޑުވެފައި އިނެވެ. ދުވެފައި ނިކުތް ލަޔަކްއަށްވެސް ވީ އެވަރެވެ. ފެނުނުމަންޒަރާއެކު މީހާ […]
އަމްނާ މިއަދު ހަތަރު ދަމު ދަށްބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައިރު ފެނިގެން ދިޔަ ސޫރައަކީ މީގެ ކުރިން ފެނިފައިނުވާ ފަދަ ފުރިހަމަ ސޫރައެކެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތް ކަތިލި ޒުވާނެއް އެނޫނިއްޔާ ނުވެއެވެ. އާދެ! ޑރ. އަމީމެވެ. ކޮޓަރިއަށް ވަތް ގޮތަށް ބުރުގާ ބޭލުމަށްފަހު ފާޙާނާއަށް ވަދެ ލައިގެން ހުރި ކަޅު އަބާޔާ، އަތްކުރު ޓީޝާޓަކާއި ކުރު ސޯޓަކަށް ބަދަލުކޮށްލީ ނިދަން އޮށޯވެލުމަށެވެ. ފާޙާނާއިން ނުކުތް އިރު އެނދު މަތީގައި އިން ހާތިބު ފެނި ފަހަތަށް […]
އެ ރެޔެވެ. އެ ފުރިހަމަ ރޭގައި އަހަރުމެން ހިނގާލަން ދިޔައީމެވެ. އަހަންނާ އަހަރެންގެ ލޯބިވެރިޔާ މިކާއިލް އެވެ. އަތުގުޅުވާލައިގެން ތިބެ އަހަރުމެން ވެސް އެތައް ވަޢުދަކާ އަހުދެއް ވީމެވެ. ހަނދު ހެކިކޮށެވެ. އުޑުގައި ވިއްޔާ ވީ ވިލާއެއް ވެސް ހެކިވާނެއެވެ. ހުރިހާ ތަރިއެއް ބޭލީމެވެ. ނަމަވެސްް މިއަދު ދެކޭށެވެ. އަހަރެންގެ ހާލަތު ދެކިފައި އެ ތަރިތައް ވެސް އަހަންނަށް ކުރަނީ މަލާމާތެވެ. އެ ތަރިތައް ބުނާކަހަލައެވެ. “އޭ ލީޝާއެވެ. އެރޭ ވީ އަހުދުތައް މިހާރު ކޮބާހެއްޔެވެ؟ ކަލޭ […]
އަމީމަކީ 26 އަހަރުގެ ޒުވާނެކެވެ. ކިޔަވާ ނިމިފައި ހުރި އަންހެނުންގެ ޙާއްސަ ޑަކްޓަރެކެވެ. ބޮޑަށް ވައްތަރީ މޮޑެލްއަކާއެވެ. އެހާވެސް ފުރިހަމަ ހަށިގަނޑެކެވެ. ހަމުގެ ކުލަ އަލިވެފައި އެހާ އޮމާނެވެ. އަޅި ކުލައިގެ ކަޅިއަކާއި ކަނދުރާއާއި ހަމައަށް އަރާވަރުގެ ފަން ފަން އިސްތަށިގަނޑެކެވެ. ބަލާ ބެލުމަށް ކޮރެއާ ކުއްޖަކާއި މާ ބޮޑު ތަފާތެއް ނެތެވެ. އަމީމްގެ މައިންބަފައިން އެންމެ ހާސް ވަނީ އުމުރުން 26 އަހަރު ވީ އިރުވެސް ކައިވެނި ކުރުމުގެ ހިޔާލު އަމީމް ނުކުރާތީއެވެ. އަންހެނުންގެ ހާއްސަ […]
ކުއަލި އަކަށް ވާރޭގެ އަޑާއެކު އިވުނު އަޑުގެ ސަބަބުން އަޖްމަލް އާއި އިވްލާން ގެ ހަތަރެސްފައި ކޮޅައް ޖެހި ގައިން ހީބިހި ހިލުވާލިއެވެ. ވާނުވާއެއް ނޭނގިފައި ތިބި ދެ ޒުވާނުންނަށް ވެސް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ.ތެޅި ތެޅި އޮތް ހިތާއިއެކު ވެސް އިވްލާން މިސްރާބު ޖެހީ ބަދިގެއާއި ވީ ދިމާއަށެވެ.އެއީ އެ އަޑު އެއައީ އެދިމާއިން ކަމަށްވެފައި މަންމަ ވެސްވީ އެތާނގައި ކަމަށްވާތީވެ.ނަމަވެސް ފަސްފަހަތުން އަޖްމަލް އަންނަ ކަމެއް އިވްލާން އަކަށް ރޭކާވެސް ނުލައެވެ. ބަދިގޭގެ ދޮރުން […]
އެއީ ވިއްސާރަ އަނދިރި ކަޅުފޮއި ރެއެކެވެ.ޢިޝާ ނަމާދުގެ ބަންގީގެ އަޑާއި އެކު ގްރޫޕް ސްޓަޑީ ހަދަން ތިބި ކުދިންތައް ކިޔެވުން މެދުކަނޑައިލުމަށްފަހު އެމީހެއް ގެ ގެއަށް އެމީހަކު ދިޔަ އެވެ. ގްރުޕްސްޓަޑީސް ހަދަން ތިބި ކުދިން ތަކުގެ ތެރޭގައި އުޅޭ އެންމެ ސަކަ މިޒާޖުގެ ކުއްޖާ ކަމަށްވާ އަޖްމަލް ފިޔަވާ އެހެން ހުރިހާ ކުދިން މިހާރު އެކުއްޖެއްގެ ގެއަތް ހިނގަށް ޖެއެވެ. އަޖްމަލް އާއި އިވްލާން ތިބީ އިވްލާން މެންގެ ގޭގައިއެވެ. އެއީ އިވްލާންގެ މަންމަގެ އެދިގެންނެވެ. […]
ފަހަތަށް އެނބުރި ބަލާލި އާޔާ ސިހުނީ ކުރިމަތީގައިތިބި ޖުނައިދުއާއި ހިޝާމްގެ އިތުރުން ޒަފަރު ފެނުމުން ނެވެ. “ޖު.. ޖުނައިދު މިތާ.. ” އާޔާ އަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. ހަޤީގަތަކީ އާޔާ މިހާރު މަސައްކަތްކުރަނީ ޖުނައިދުމެންނަށް ނޫންކަމެވެ. މަސްތުގެ ހާލަތުގައިވަނިކޮށް އާޔާގެ އިއްފަތްތެރިކަން ޖުނައިދުމެން ގްރޫޕް އެެެންމެންހެން ފޭރިގަނތުމާއެކު އާޔާގެ ހިތުގައި އެމީހުންގެ މައްޗަށްވަނީ ނަފުރަތާއި ރުޅިވެރިކަމުގެ އިތުރުން ބިރުވެސް އެކުވެފައި ވާކަމެވެ. އެރޭ އާޔާއަށް ހަމަހޭވެކަން ވީއިރު ހަށިގަނޑުގަ އަޅަމުންދިޔަވޭނާއެކު ބޭހަށްއެދުމުންވެސް އެމީހުން އެކަމަށް ދިނީ ބީރުކަންފަތެކެވެ. […]
“ކޮންކަމެއްތަ.. އައިރާއަށް ކިހިނެއްތަވީ.. ބަލަ ޖައިލަމްއާއިއެކު ހަތަރުދަމުއުޅުނަސް ދޮންތަ ބުނަންތަ އެއްވެސް އެއްޗެއް.. ވީއިރު އައިރާވެސް ހުރިހާ ކަމަކާއި ނުބެހިހުރޭ.. އެހެން ނޫނަސް އައިރާ އާ ނުޖެހޭނެ ދޮންތަކުރާ ހުރިހާ ކަމަކާ ބަސްބުނަން.. އެހެންނަމަ އައިރާއަށް އަހަރެން ދޯ ދޮންތަ ކިޔާނީ..” ހިތުގައި އަޅަމުންދިޔަ ވޭނާއެކު އައިރާފެނުމުން އާޔާ އައީ އަމަށަކުރުޅިއެއް ނޫނެވެ. އާޔާ ހިކޮއްގެންހުރީ ރޭ އެހާދަންވަންދެން އައިރާ އުޅުނީ އެޒުވާނާ އާއެކީގައި ކަމަށެވެ. ވުމާއެކު އާޔާވެސް ބޭނުންވީ އޭނައަށްވެސް ވާނެކަން ދައްކާލާށެވެ. ނަމަވެސް އެހެންކަންތައްކުރުމުން […]
ހަވީރުގެ ފިނިފިނި ވައިރޯޅިއާއި އެކު ހެލިލާ ގަސްތަކުގެ ފަތްތަށް ހިތްގައިމު ނާނާއެއްކިޔާލާފަދައެވެ. މިއަދަކީ އޮފްދުވަހަކަށް ވުމުން އާޔާއިނީ އައިރާ އާއި އައިކާ ކުޅޭތަން ބަލަން އަތިރިމަތީގައެވެ. އެތަނަަށް އެމީހުން ގޮވައިގެންދިއުންވެސް އެއީ ވަޒީފާއެއްފަދައިން އޭނާކުރަންޖެހޭ ކަމެކެވެ. މަންމަބުނާތީ ކިތަންމެ ހިތްހަމަނުޖެހުނަސް ކޮންމެ އޮފްދުވަހެއްގައި އާޔާ ކޮއްކޮމެންގޮވައިގެން އެގޮތަށްދެއެވެ. ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން އާޔާ އަށް ބަޔަކު ވާހަކަ ދައްކާހެން ހީވެގެން ބަލާލިއިރު އެއްކަލަ ޒުވާނާ އާއި ޖައިލަމްގެ ދޮންބެ އެދިމާ އަތިރީ ހަޓުގައި ތިބިއިރު ޖައިލަމްވެސް […]