” އާޔާ..” ޖައިލަމްއަށް އެހެންބުނެވުނު ވަގުތު ކުރިމަތީގައި ހުރި ކުއްޖާވެސް ސިހިފައިބަލާލިއެވެ. މިފަހަރުވެސް ޖައިލަމް ހައިރާންވީ އެއީ އެދެލޮލަށް ނުއޮޅޭނެސޫރައަކަށް ވުމުންނެވެ. “އައިރާވެސް މީ.. މީކިހިނެއްވާ ކަމެއް އަނެއްކާ…” ޖައިލަމްއަށް އެހެން ބުނެވުނުތަނާހެން ޖައިލަމްގެ އަތުގައި ކޮއްޓާލާފައި އަތުތެރޭގައި އޮތް ކުއްޖާ އުނދަގޫވާކަމަށް ބުނެލިއެވެ. އަވަހަށް އެކުއްޖާ ކޮޅަށް ނަގާދިނުމާއެކު ވާހަކަދައްކާލަން ޖައިލަމް ހުޅުވާލި އަނގަ ލައްޕާލަންޖެހުނީ މުޅިހަފްލާތެރޭގައިވާ ފަނޑުއަލި ކުއްލިއަކަށް ބަދަލުވުމުންނެވެ.

ކެއަރޓޮޕް ހޮސްޕިޓަލްގެ އިސްވެރިން ކަމުގައިވާ ފައިވްލެޖެންޑް ކޮންޕެނީގެ އިސްވެރިންނާއި އެމީހުންގެ އާއިލާތަށް ހިނިތުންވުމާއެކު ވަދެގެންއައިއިރު ފިސާރީ ޝާހީ ހާންދާނެއްގެ ބައެއްކަން ބަލާލި ކޮންމެ ލޮލަކަށްވެސް ދޮގުނުވާހާވެއެވެ. އެހާވެސް އެމީހުން ތައްޔާރުވެފައިވާލެއް ފުރިހަމަކަމާއި ހައިބަތާ ޝާއްބަކަން ދައްކުވައިދެއެވެ.

ތަނުގެއިސްވެރިން އައުމާއެކު އެމީހަކު އެންމެގާތުގައި ހުރި މޭޒެއްގެ ކައިރީގައި އަވަހަށް އިށީންދެލިއެވެ. ޖައިލަމްކައިރީ ގައި އައިރާ އިށީންނަމަވެސް ދެންހުރި އަންހެންކުއްޖާ އަތުގައި އޮތް ކާޑުއަޅާލުމާއެކު އަވަހަށް ހިނގައިގަތީ ހަދާފައިވާ ކުޑަ ސްޓޭޖާއި ދިމާއަށެވެ.

“އައިރާ އަސްލު މިތާންގަ.. ކިހިނެއް.. ކޮންއިރަކު މިކުންފުންޏަށް ޖޮއިންވީ.. ކީއްވެފަހުން ހަބަރެއްވެސް ނުވީ..އެތައްކަމެއް ބަދަލްވެގެންހިގައްޖެ އެކަމަކު އަންގާވެސްނުލާ.. ވަރަށްދެރަވެއްޖެ.. ވަރަށް ބޮޑަށް ދެރަވެއްޖެ..” ޖައިލަމް ވައިއަޑުން ކައިރީގައި އިން އައިރާއާއި އެއްފަހަރާ އެތަކެއް ސުވާލުތަކެއް ކޮއްލިއެވެ. “ޖައި އެހަށް ތިވާހަކަމިގަޑީ ނުދައްކާ ހިނގާބަލަ ވަކިން ބައްދަލްކޮއްލަން..” އައިރާ އާދޭހުގެ ރާގަކަށް އެހެން ބުނެލުމާއެކު ޖައިލަމްވެސް ބޯޖަހާލާފައި އެއްބަސްވިއެވެ.

ހަފްލާގެ ބައިވެރިން އިށީންދެހަމަޖެހިލުމާއެކު ހަފްލާ ފެށިގެންދިޔައީ ކީރިތިޤުރުއާނުގެ މޫރިތިވި އާޔަތްތަކަކުންނެވެ. އެއަށްފަހު ޖަލްސާގެ ތަޢާރަފްދެވެންފެށުނެވެ. ޖައިލަމްއަށް ދެލޯބޮޑުކޮށް ހައިރާންވެ ބަލަންހުރެވުނީ އެވަގުތު މައިކްދޮށުގައި ވާހަކަދައްކަންއިން އަންހެންކުއްޖާއަށެވެ. އެކަން ފާހަގަވުމާއެކު އައިރާ މަޑުމަޑުން ޖައިލަމް ގައިގަ ކޮއްޓާލުމުން ސިހިފައި ބަލާލިއިރު އޭނާގެ މޫނުމަތީގައި އެތަށްހާސް ކުލަވަރެއް އަރާފައިބައިގެން ދިޔައެވެ. “ޖައިލަމް.. އެއީ ދޮންތައެއްނޫން.. އައިކާކޮއްކޮ.. ” ފަނޑުހިނިތުންވުމަކާއެކު އައިރާ އެހެންބުނެލިއިރު ޖައިލަމްއިނީ ހިތަށްލިބުނު ކުޑަކުޑަ އުންމީދުކޮޅުވެސް ގެއްލުމާއެކު އިސްޖަހާލައިގެން ނެވެ. ހިތުގައި އުފެދިގެންދިޔަ ހައިޖާނުގަނޑާއެކު އެއްވެސް އިއުތިރާޒަކާއި ނުލައި ލޮލުން ކަރުނަހިލިގެން ދިޔައެވެ. ދުރުންބަލާލާ މީހަކަށް ނޭންގުން ނަމަވެސް އައިރާއަށް ޖައިލަމް ރޮނީކަން އެނގުމާއެކު މޭޒުދަށުން ޖައިލަމްގެ ކަކޫމަތީގައި އޮތް އަތުގައިހިފާ ބާރުކޮއްލީ ހިއްވަރުކުރާށޭ ބުނާފަދައަކުންނެވެ.

އެންމެފުރަތަމަވެސް ހަފްލާގައިކުރިއަށްދިޔައީ ހޮސްޕިޓަލްއެޅުމަށް ހިޔާލުއުފެދުނުގޮތާއި ކުރެވުނު މަސައްކަތްތަކާއިއެކު މިއަދުފެންނަމިހުރި ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދިޔަގޮތުގެ މައުލޫމާތާއި އެކުގައިވާ ޕްރެޒެންޓޭޝަނެއް ހުށައެޅުމެވެ. އެއަށްފަހު ކުންފުންޏާއި އަލަށްގުޅުނު  ލޯފަރމް އާއި އެކުގައި އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައެވެ. މިކަމުގައި އަލޫކްއާއި ފަރޫން ބައިވެރިވެގެންދިޔައީ ތަނުގައިތިބި ގިނައަދަދެއްގެ އަންހެންމުއައްޒަފުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކަށެވެ. އެހާ މަޝްހޫރު ދެ ވަކީލުން ހަމަލޮލަށްފެނުމުން އެއްބަޔަކު އުފާފާޅުކޮށް ތައުރީފްކުރަމުން ދާއިރު އަނެއްބަޔަކު އެމީހުންގެ އަނބިންނަށް ހަސަދަލަމުންދިޔައެވެ. މިއީ ދުނިޔޭގެ އާދައެވެ. ލޮލަށް ފެންނަށް ކޮންމެ ރީތި އެއްޗަކީ ތިމާގެ އަމިއްލަ މިލްކަކަށް ހަދާލަން ގިނަބަޔަކު ބޭނުންވާއިރު, ރީތިއެއްޗެހީގެ އެރީތިކަން ފަޑުވިޔަނުދޭން މަައްކަތްކުރާމީހުން ތިބޭތަން ފެނެއެވެ.

އަލޫކް އާއި ފަރޫން އެއްބަސްވުމުގައު ސޮއިކޮށް ނިންމާލަމުން ސްޓޭޖުން ފެއިބުމާއެކު, އެއަށްފަހު ދެން އޮތް އައިޓަމަށް ކުއްލިއަކަށް މުޅިސްޓޭޖް ނިވިގެންދިޔުމާއެކު ހުރިހާމީހުންގެ ސަމާލުކަން ސްޓޭޖާއިދިމާއަށް ހުއްޓިގެން ދިޔައެވެ. އެއާއެކު އިވެންފެށި މަޑުމިއުޒިކާއެކު ކޮންމެ މީހަކުހެން ކައިރީގައިވާ ބައިވެރިޔާއަށް  ބާލާލާ ހިނިތުންވަމުން ދިޔައިރު އޭގެތެރޭގައި ނަވާރު އާއި މަލީހް, ޖުމާނާ އާއި ޝަބީން, ޖުމްނާ އާއި ޝިވަން, އަލޫކް އާއި ލޫޔާ, ފަރޫން އާއި އަލްޔާ, އިބާ އާއި އަރުޝަދު, މަލާކް އާއި އަރޫން, މިޝާ އާއި ޝަމަލް, މައިޝާ އާއި މީރާންގެ އިތުރުން ނޫރާ އާއި މާހިލް ހިމެނެއެވެ.

**ވިސްނާލަން ނޭންގޭ ހިޔާލުތަކޭ..

** އަޖައިބެއްފަދަ އިހްސާސްތަކޭ…**

** މިވެވެނީ ލޯބިކަން ޔަގީން..**

ލަވައިގެފެށުން ކިޔާލުމާއެކު ފަނޑުއަލީގައި ހުރި އަންހެންކުއްޖާއާއި ފިރިހެންކުއްޖާގެ މޫނު ހާމަވެގެންދިޔައެވެ. އެއާއެކު އައިރާ އާއި ޖައިލަމް އަަށް އެކުއެކީގައިހެން “ލަޔަކް..”އޭ ބުނެވުންއިރު ކައިރީގައި ދެންހުރީ އައިކާ ކަމެއް އާޔާކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭންގުނެވެ. އައިކާ ހަފްލާއަށް އައީ އޮފީސްހެދުމުގައި ކަމުން އަދި އެ އެއްޗެހި އެހާ އަވަހަށް ބަދަލްކޮށް މޭކަޕް ކުރާހާ ވަގުތެއްނުލިބެއެވެ. ނަމަވެސް މިޒަމާނުގެ ހުނަރުވެރިންގެ އަތްމަތި އެހާއަވަސްނުވާނޭ ބުނަންވެސް އެހާދައްޗެވެ.

**ދީވާނާވޭ މޫސުން.. ތިޔަހެން ބަލާލުމުން… ހިނިތުންވީމާވެސް މާފޮޅޭ….** ލަޔަކް އެތަންކޮޅު ކިޔާލަމުން ހިނިތުންވެހުރެ އަތްދިއްކޮށްލީ އައިރާ އާ ދިމާއަށެވެ. ވީއުފަލާއެކު އައިރާއިނީ ނޭވާވެސް ލާން ނޭންގިފައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ލަޔަކްގެ ސޫރަ ހިތުގައި އަޅައިގެންއުޅޭތާ މިވީ ފަސްއަހަރުދުވަހު އައިރާ, ލަޔަކްގެ ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ. **ނޭންގޭޖާދޫއެކޭ… ހިތުގާ އުފަންވަނީ.. ބައްދަލުކޮއްލީމާ ހިތްފުރޭ…** އައިކާ އެބައިކިޔާލަމުން ޖައިލަމްއަށް ބަލާލިގޮތުން އައިރާއަށް އެއީ އައިކާ ކަން ޔަގީންވިއެވެ. ސްކޫލްދައުރު ނުނިމެނީސް އައިކާގެ ފޮތެއްގެ ތެރޭގައި ޖައިލަމްގެ ފޮޓޮއެއް ފޮރުވައިގެން އައިކާ ގެންގުޅުނީ އޭރުއްސުރެ އެޅަހިތުގައި ޖައިލަމްއަށް ދެވިފައިވާ މަގާމެއްގެ ބޮޑުކަމުންނެވެ.

ލަވަ ނިމިގެންދިޔައިރު ޖައިލަމް އާޝޯހްވެފައި އިންއިރު އައިރާ ހީވަނީ އުފަލުން އުދުއްސައިގެންފާނެހެންނެވެ. ހިތްގައިމު ލަވައިގެ ފަހުން ޖައިލަމް ބަލާބަލާވެސް ލަޔަކްގެ ހަބަރެއްނުވުމުން އިސްޖަހާލައިގެން އިން އިރު ވިސްނެމުންދިޔައީ އާޔާއާއި މެދުގައެވެ. ނަމަވެސް މިރޭ ލަޔަކް އައިރާއަށް ބަލަމުންދިޔަ ކަތިނަޒަރުން ޖައިލަމްގެ ހިތުގައި އެހެން ސުވާލެއްވެސް އުފެދިގެންދިޔައެވެ. އާޔާއޭކިޔާ ލަޔަކްއާއި އައިރާ އޭނައަށް ސިރުން ރައްޓެހިވެގެން އުޅޭކަމަށް ހިތުގެ ކަނަކުން ގޮވާލުމާއެކު ޖައިލަމް ފަހުން ދިމާކުރާނީއޭ ހިތާ އެވާހަކަ އެވަގުތު ނާހަންކަމަށް ފަސްކޮށްލިއެވެ.

އެހެން ނަމަވެސް ކެތްތެރުވެވުނީ ކުޑަވަގުތުކޮޅަކަށެވެ. ” ހޫމް.. ހޫމް.. މިހާރު އެކަންވެސް ކޮއްގެންދޯ.. ހާދަކުރިއަކަށް ޖައްސާލައިފިޔޭ ދޯ.. ” ޖައިލަމް އައިރާ އާއި ދިމާކޮއްލިއެވެ. ” ނޫން ޖައިލަމް.. އަދިވެސް މިހިތުގަ ވިންދުޖަހަނީ ހަމައެކަނި ލަޔަކްއަށްޓަކާ އެކަމަކު އަދިވެސް މިރޭ މިވީހާވަރުވެސް މިއިން ދުވަހަކުވެސް ނުވޭ..” ސީރިއަސް ރާގެއްގައި އައިރާ އެހެން ބުނެލުމާއެކު ޖައިލަމް އެއީ ތެދުކަން ޔަގީންވީ އައިރާގެ މޫނުމަތީގައިވާ އަސަރުން ނެވެ.

އެވަގުތު އެހެންމީހުންގެ ލޯތަކަށް ކަޝްފުވެގެން އިން އާޔާ އަށް އައިރާގެ މޫނަށް ބަލާލެވުނެވެ. “ކުރިންވެސް ކޮއްކޮ ނުބުންޏަސް އެެެންވީމަ ހަމަ ލަޔަކްއާ ހެދިދޯ ތިއުޅެނީ .. އަޅޭ ދޮންތަވެސް ކިހާގޯސް ދޮންތަގެ ހިތުގެވެރިޔާއަށް ކޮއްކޮ ހިތްކީހެން ހީވުމާއެކު ކޮއްކޮ ދުރުކޮށްލެވުނީ .. އަދި ކޮއްކޮދިން ދެއްކި އެއްވެސް ވާހަކައެއް އަޑުނޭހުނީ .. އެކަމުގެ ސަޒާ ދޮންތަޔަށް މިހުރީ ލިބިފަ .. ކޮއްކޮ ދެރަނުވޭ ދޮންތަޔަށް މިހާރު ހުރިހާކަމެއްވެސް އިނގޭ .. ދެންކޮއްކޮ ދެރަވާކަމެއްވިޔަކަ ނުދޭނަން.. ” އާޔާ އައިރާގެ ގާތުގައި ހުއްޓިލާފައި އެެެން ބުނެލިނަމަވެސް އެއިން އެއްވެސް އެއްޗެއް އައިރާއަކަށް އަޑެއްނުއިވެއެވެ.

ފައިވްލެޖެންޑްގެ ފަސްބައިވެރިން އެކީގައި ރިމޯޓަށް ފިތާލުމާއެކު ކެހިގެންދިޔަ ކެއަރޓޮޕް ހޮސްޕިޓަލުުގެ އިމާރާތުގެ ނަމާއެކު ހުރިހާ މުއައްޒަފުންނަށް ހޮސްޕިޓަލުގެ އެތެރެ ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެންމެފަހުގެ މެޝިނަރީޒް ތަކާއި އިކްއިޕްމަންޓްތަކުން ހޮސްޕިޓަލުގެ ލެބޯޓަރީ ފުރިހަމަވެފައިވާތަން ފެނި ޖައިލަމް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. އެވަގުތު އެތާންގައި ވިއްސަކަށްމީހުން ތަނުގެ ފެންވަރާއިބެހޭގޮތުން ވާހަކަދައްކަމުންދިޔައިރު އެއީ ލެބްގައި މަސައްކަތްކުރާ މީހުންކަން އެނގުނީ އެވަގުތު އެތަނަށް އައިސް ވަން ނާލް އެހުރިހާ މީހުނަށްވެސް ތަން ކަމުދޭތޯ އަހާ ވަކިވަކިން ސުވާލުކުރުމުންނެވެ. ޓެސްޓްތަށް ހަދާ މެޝިނުތަށް ކައިރީގައި އިން ޖައިލަމް އަށް ހަމަހިމޭންކަން އިހްސާސް ވުމާއެކު ފަހަތްބަލާލުމުން ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. ހަށިގަނޑުއެއްކޮށްހެން ފިހިފައިވާ މީހަކު ހުރީ ޖައިލަމްގައިގަ ޖެހޭނުޖެހޭ ހިސާބަށް އައިސް ބަލާށެވެ. އޭރު އެތާންގައި އެއްވެސް އެހެން މުއައްޒަފަކުވެސް ފެންނާން ނެތެވެ. ހިތުގައި އުފެދިގެންދިޔަ ބިރުވެރިކަމާއެކު ޖައިލަމް އަވަހަށް ނިކުންނަން ހިގައިގަތުމާއެކު އަތުގައި އެމީހަކު ހިފައިފިއެވެ.

ސިހިފައިބަލާލިއިރު ޖައިލަމްގެ އަތުގައި ހިފައިގެންހުރީ އަޔާގެ ސޫރައެވެ. އާއިކެވެ. އެއީ ހަމަ އާޔާއެވެ. ޖައިލަމް ދެލޯބޮޑުކޮއްގެން ބަލަން ފެށުމުން އާޔާ “ކިހިނެއްވީތޯ” ސުވާލުކޮއްލިއެވެ. ” އާޔާ.. ކީއްވެ މިތާންގަ.. ” ޖައިލަމްގެ އަނގައިން އާޔާގެ ނަން ނިކުތުމާއެކު ކުއްލިއަކަށް ކުރިމަތީގައި ހުރި އައިރާ އޭނާގެ އަތް ތަޅުވާލިއެވެ. “ސާބަސް ޖައިއަށް ތީދެންބޮޑުވަރު މި އެންމެންގެ ތެރެއިންވެސް ހަމަ ދޮންތަތަ އަބަދުފެންނަނީ.. ” އައިރާ އެހެންބުނުމާއެކު ޖައިލަމް ހަމަޖެހިލާފައި ވަށައިގެންވާ މާހައުލަށް ނަޒަރުހިންގާލިއެވެ. އައިރާބުނިހެން ކުރިންވެސް އެތެރޭގައި ތިބިމީހުން އެކިކަންކަމުގައި މަޝްއޫލުވެގެން އުޅެއެވެ. ވީއިރު ދެންމެ މިވީ ކިހިނެއްހެއްޔެވެ. އަނެއްކާ ހޭލާ ހުންނައިރު ހުވަފެންވެސް ފެންނަން ފެށީ ހެއްޔެވެ. ޖައިލަމް ހިތާ ސުވާލު ކުރިނަމަވެސް އެއަށް އެއްވެސް ޖަވާބެއްނުލިބުނެވެ.

އެވަގުތު އެހުރިހާ ވާހަކައެއް އަޑުއަހަން ހުރި ލަޔަކް މެޔަށް ނުބައިގޮތެއްވުމުން އަވަހަށް ނިކުތީ އަނބުރާ އަވަހަށް ގެއަށްދާށެވެ. ސްޓޭޖް އިން ފެއިބުމާއެކު މުސްތޮފާގެ އެދުމަށް ލަޔަކް ހުރިހާއިރު ވީއައިޕީގައި ނާލް އާއި އެކުގައި ޓެކްނިކަލް ކަންކަމުގައި އެހީވެދިނުމަށް އުޅެފައި ޖައިލަމް ކައިރިއަށް އައީ އެންމެ ފަހަރަކުވެސް އާޔާގެ ނަން ޖައިލަމްގެދުލުން އިވިދާނެކަމަކަށް ނޫނެވެ. އަނެއްކާ ޖައިލަމް އެބުނާ ހިތުގެ ވެރިޔަކީ އާޔާާއަށް ވާނަމަ ގެއްލުނުވާހަކަ އެބުނީ ކީއްވެހެއްޔެވެ. ހައްތަހާވެސް ޖަވާބުނޭންގޭ ސުވާލެެވެ. ލަޔަކް އަވަހަށް ބޯހާސްވާން ފެށުމުން ނިކުމެ ޓެކްސީއެއްހޯދައިގެން އަވަހަށް ގެއާ ދިމާއަށް މިސްރާބުޖެހީ މާބޮޑަށް ބޮލަށް ބަރުވާން ފެށުމުންނެވެ.

***

ގަސްތަކުގެ ފަތްތަށް ވަޔާހެލިހާގޮތުން ހީވަނީ ދެންމެ ދެންމެ މުލުން ލުހެލާފާނެ ހެންނެވެ. ވިދާލާ ވިދުވަރާއެކު މުޅިތަން އަލިވެގެންދާއިރު އެއާވިދިގެން ޖަހާލާ ގުގުރިއާއެކު މުޅިރަށްވެސް ގުޑުވާލާހާ ބާރުގަދައެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭންގި ގާސިމް އާއެކު ހިނގަމުންދިޔަ ރިޒާ ހުރީ ބިރުން މޭވިރޭ ވަރުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ގާސިމްގެ ހާލަކީތޯއެވެ. ހިތް އޭގެ މަގާމުދޫކޮށް ނިކުންނަހާ ބާރުމިނުގައި ތެޅެމުންދާއިރު އަތްފައި ތުރުތުރުލާވަރުން ދެފަހަރަށް ވެެއްޓިއްޖެއެވެ. ނަމަވެސް އޮތްތާއޮވެގެން އެތަނުން ނިކުމެވޭނެ ގޮތެއް ނެތުމާއެކު މަަސައްކަތް ކުރަމުން ދިޔައީ އެވާބޯ ޖަންގަލީގެ ތެރެއިން ނިކުމެވޭތޯއެވެ. އަވަސްވެފައިވާ ހިތަކާއެކު ހިނގަމުންދިޔަ ރިޒާއާއި ގާސިމް ކުއްލިސިހުމާއެކު ވެއްޓުނީ ކުރިމަތިން އަލިފާންގުޅައެއް ހުރަސްކޮއްލުމުންނެވެ. ބާރުހަޅޭކާއެކު ގާސިމްވެއްޓުމާއެކު ދާދިގާތުން “ގާސިމް ..  ގާސިމް.. ” ކިޔާ ގޮވާއަޑަށް ދެލޯހުޅުވާލުމާއެކު ގާސިމް އަށް ތެޅިގަނެވުނެވެ. އޭރު މުޅިމީހާވަނީ ދާހިތްލައިގެން ފޯވެފައެވެ. ” ބަލަ ގާސިމް… މިއޮއް ދަންވަރު ކޮންހާ ހަޅޭކެއްތަ ތިލަވަނީ.. އަހަރެން ދަމުނަމާދަށް ހުއްޓަ ހަޅޭ ލަވައިގަތް އަޑަށް އަަަވަސްކޮއްލައިގެން މިފެއިބީ.. ކިހިނެއް ވީތަ.. ” ކިތަންމެ ނުރުހުން ވީނަމަވެސް އޯގާތެރިކަމާއެކު ނައީމާ އަހާލިއެވެ. އޭރުވެސް ގާސިމް ދިޔައީ މާނޭވާލަމުންނެވެ.

******

ފުއައްމުލަކުސިޓީ އަށް އިރުފެނުން ތޮޅިލީ އަނެއްކާވެސް އަނިޔާވެރިގޮތަކަށް މަރާލެވިފައިވާ މީހަކު ކުޅީކައިރިން ފެނުންކަމުގެ ހަބަރު މުޅިރަށުތެރޭގައި ކާޅުގޮވާހެން ގޮވަމުން ދަނިކޮށެވެ. ދާދިއެއްގޮތަކަށް ހަތަރު ފުރާނަވެސް ދިއުމާ އެކު މިއަދު ފުއައްމުލަކުގައު ތިބި ސިފައިންނާއި ފުލުހުންގެ އިތުރުން ކައުންސިލަރުންވެސް ތިބީ ކަމުގެ ހަގީގަތް ނޭންގުމުން އިސްޖެހިފައެވެ. ނަމަވެސް ތަހުގީގު ޓީމްތަކުން ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން އެދަނީ ކޮންމެވެސް އެއްގޮތަކުން ނަމަވެސް މިވާނުވާ ބަލާފައި ނޫނީ ނުހުއްޓާށެވެ. ކޮންމެފަހަރަކުވެސް މަސައްކަތް ހުއްޓެނީ ޑީ.އެން.އޭ ޓެސްޓްތަކުގެ ރިޕޯޓާއެކުގައެވެ.

ސިފައިންނާއި ފުލުހުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އެހީއާއި އެކުގައި މަރާލާފައިވާ މީހާ ނެގިއިރު އެހެންފަހަރުތަކާއި ހިލާފަށް އެމީހާގެ ޖިންސީގުނަވަންވެސް ވަނީ ހަތިޔާރަކުން ކަނޑާލާފައެވެ. މިމަންޒަރުފެނި އެއްބަޔަކު މޫނުއަނބުރާލިއިރު އަނެއްބަޔަކު އެމީހާގެ ހަށިގަނޑު ފޮތިގަނޑަކުން ނިވާކޮށް އަވަހަށް އެތާންގައި އޮތް އެންބިއުލޭންސަށް އެރުވޭތޯ އުޅުނެވެ. ތުންތުން މަތީން އެއީ ދޫރެސް އާމިރުގެ ދަރި ހައިޝަމްކަން މުޅިރަށަށް ފެތުރުނީ ނުހަނު އަވަހަށެވެ. އެއާއެކު އެންމެންގެ ދޫ މިފަހަރު ބަންދުވީ ހައިޝަމްއަކީ ރަށުގެ ބަސްވިކޭ ނުހަނު މުއްސަނދި ވިޔަފާރިވެރިއެއްގެ ދަރިއަކަށް ވެފައި, އެކުއްޖާއަކީ ދާދިފަހުން އާކިޓެކްޗަރ ކިިިިިިިިިިިިޔަވައިގެން އައި ޒުުުވާނަކަށް ވުމުންނެވެ. އެެެންމެެ ފަަަަަހުން މަރާލާފައިި އޮތް ޒުހޫރަކީ ވިޔާނުދާކޮށް ރަށުތެެެެރޭ އުުުޅޭސޮރަކަަަށް ވުމުން ފާޑުފާޑު ވާހަކަދެކެވުނީ އެެވެ.

“އާމިރޫ އަޅޭ އަހަރެމެންގެ ދަރިފުޅުގެ ކުށަކީ ކޮބާތަ.. އެހާއަނިޔާވެރިގޮތަކަށް އަހަރެންގެ ދަރިފުޅުގެ ފުރާނައިން އަތްދޮވެލި މީހަކު ކިބައިން އަހަރެން ބޭނުން މަރަށް މަރުހިފަން.. އެފަކީރުގެ ހަށިގަނޑުގެ އެއްގުނަވަންވެސް މަދޭ.. އަދި އެއޮތީ އެއްބައި އަނދާފަ.. ހާދަ ވޭނެއްގައޭ އެވަގުތުކޮޅު އެފަކީރު އުޅޭނީ..” ހައިޝަމް ގެ މަންމަ އާސިމާ ރޮއެ ރޮއެފައި ޝަކުވާ ކުރަމުން ދިޔައީ އޭނާގެ ފިިރިމީހާ އާމިރު ކައިރީގައެވެ. ނަމަވެސް ލިބިފައިވާ ފުންހިތާމައާއެކުގައި އާމިރު އިނީ ނެގިމަޑުވެފައެވެ. ކިޔާނެ އެއްޗެއް ދުލުކުރީގައި ނެތްއިރު ބުނާނެ އެއްޗެއް ހިތަށްވެސް ނުގެނެވިފައެވެ.

އާސިމާގެ ވާހަކަތަށް އަޑުއިވުމާއެކު ކައިރީގައި ހުރި އާޔާގެ މޫނު ރަތްވެގެންދިޔައިރު ދެލޯހީވަނީ އަނގުރުއަލިފާންކޮޅެއް ހެންނެވެ. ” ހުއް.. މިމީހުންނަށް އަމިއްލަ ދަރި ދޮންފުތުވެގެން އުޅޭއިރު އެދަރިކުރިހާ ފާފަވެސް ހަމަ ނޭންގެނީތަ.. އަހަރެންގެ މުޅިދިރިއުޅުން ހަލާކުކޮއްލީ ކަލޭގެ ދަރިފުޅުއަތުން.. އަދިމާ ލޯބިވާކަމަށް ހެދިގެން އެބައުޅޭނު.. ބަލަގަ ލޯބިވުމަކީ ބުނިހާއެއްޗެއް އޭނަގެ އަނގައިގަ ބަސްއޮއްވަ ހޯދަދީގެން ދަރިންބަލާ ބޮޑެތިކުރުމެއްނޫނޭ.. ” އާޔާ އެހުރިހާއެއްޗެއް ކީއިރު އާސިމާގެ މޫނުމަތީގައި އުނދަގުކުރަމުން އެނބުރިއެނބުރި އުޅުން މާބުރު އާސިމާ އަތުން ޖަހާ ވައްޓާލިއެވެ. އެއާއެކު އާޔާގެ ރުޅިގަނޑު ހޫނުވިއެވެ. ވަގުތުން އާސިމާގެ ބޮލުގެ ދެފަރާތުގައި ހިފާފިތާލިއެވެ. އެރި ތޫނު ތަދާއެކު އާސިމާ ހަބަރު ހުސްވެގެން ވެެއްޓުމުން އާމިރު ފުންމާފައިތެދުވެ އާސިމާ އަތްދަނޑިމައްޗަށް ލައިގެން ގެއަށްވަދެ ސޯފާގައި ބާއްވާ އަވަހަށް އެނބިއުލާންސް އަށް ގުޅާލިއެވެ. އާޔާވެސް އޭނާގެ އެކުވެރި މާބުރު ނަގާ ފިރުމާލުމާއެކު އޭތި ހިފައިގެން އުދުހިގަތީ ލަޔަކް އާއި ބައްދަލްކުރަން ބުނެފައިވާ ވަގުތު ކުޑަތަންވަމުން އަންނާތީ އެވެ.

*******

ހެނދުނުގެ ފިނި ވަގުތު ލަޔަކް ކަސްރަތަށް ދުވަމުން ދިޔައީ ރަސްފަންނުގެ ހިތްގައިމު މާހައުލުގައެވެ. އާޔާއައިސް މަޑުކޮއްލީ ރަސްފަންނުގައި ހަދާފައިހުރި ހަޓްތަކުގެ ތެރެއިން ހަޓެއްގެ ދޮށުގައެވެ. ހަމަޖެހިލާފައި ލަޔަކް އަށް ގުޅާލުމާއެކު ފޯނުނެގުމުން އަތްނަގާ ހޫރާލީ އެތަނަަށް އަންނާށޭ ބުނާފަދައަކުންނެވެ.

“ދޫނި ކޮންއިރަކު އައީ .. ވަރަށް އިރުވެއްޖެދޯ އިންނަތާ.. ” ލަޔަކް އައިސް އިށީންދެލަމުން ލޯތްބާއެކު އަހާލިއެވެ. ” ނޫން.. ކުޑައިރުކޮޅެއްކުރިން މިއައީ.. ލަޔަކް.. ބަލާލިންތަ ނިއުސްފީޑް.. ” ހިނިތުންވެލަމުން ނޫން ކަމަށް ހަދާފައި އާޔާ އަހާލިއެވެ. “ނޫން މާ ހާއްސަ ކަމެއްއޮތީތަ.. “އެހެން އަހާލަމުން ލަޔަކް އަވަސް އަވަހަށް ފީނުން ހަބަރު ބަލާލިއެވެ. “އޭން.. ހައިޝަމްވެސް..  ” ފޯނަށް ބަލަންއިނދެ ދެލޯބޮޑުކޮއްލުމާއެކު ލަޔަކް އެހެންބުނެލުމާއެކު އާޔާ “އާން.. އަދި ގާސިމް އާއި ޒަފަރުވެސް..” އޭ ބުނެލިއެވެ. “ކީކޭ ދޫނި އެއްޗެކޭ ބުނިންތަ.. ” އާޔާ އެއްޗެކޭ ބުނިހެން ހީވެގެން ލަޔަކް އަހާލިއެވެ. “ހެހެ ނޫން..” ފުޅާ ހިނިތުން ވުމަކާއެކު އާޔާ އެހެން ބުނެލިއިރު ލަޔަކްވެސް ހިނިތުންވެލިއެވެ.

ދުރުގައި މިހުރިހާ މަންޒަރެއްބަލަން ޖޯއްޔެއްގައި އިން އައިރާ އިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. ކޮންމެހެން ހަދާފައިވެސް މިއަދު އެވާހަކަ ޖައިލަމްއާއި އައިރާ ހިއްސާކުރާނެއެވެ.

****

ނިދަން އޮތް ހައިޝަމް ކުއްލިއަކަށް ދެލޯ ހުޅުވާލުމާއެކު ތެދުވެގެން ކޮޓަރިންބޭރަށް ނިކުތީ އާދަޔާ ހިލާފަށް ބާރަށެވެ. އޭރު އޭނާގެ ކޮޓަރީގެ ކުޑަދޮރުކައިރީގައި ބިޔަ ކަޅުހިޔަންޏެއް ހަރަކާތްތެރިވަމުން ދެއެވެ. ހައިޝަމް އެނިކުތްގޮތަށް ނިކުމެދޮރުތަޅުލާފައި ގެއިންނިކުމެ ބާރުހިނގުމެއްގައި އެދަނީ ކުޅިއާއި ދިމާއަށެވެ. ފެންނަމީހަކަށް ހައިޝަމް އޭ އެއީ ބުނަން ފާހަގަވެސް ނުވާނެހާ ބިޔަކަމެއް އޭރު މުޅިމީހާއަށްވަނީ އައިސްފައެވެ. ނޭންގޭބާރަކާއެކު ހައިޝަމްއަށް ގޮސް ކުޅީކައިރީގައި މަޑުޖެހިލެވުމާއެކު ހަމަބިމަށް އޭނާއަށް އާދެވުނެވެ. ހުރެވުނުތަނާމެދު ވިސްނާލަން އޭނާގެ ސިކުނޑިއަށް ކުޑަވަގުތުކޮޅެއް ބޭނުންވިއެވެ.

ކުރިމަތިން ފާޅުވަމުން އައި ދުންތަކާއެކު ހައިޝަމްގެ ދެލޮލަށް ފެނިގެންދިޔަ ކަޅުކުލައިގެ ހިޔަނީގެ ސަބަބުން, ހައިޝަމްގެ މޭގަނޑު އަތަށް ނައީކިރިޔާއެވެ. އޭރު މިހުރެވުނީ މިފަހަކުން މީހުން މަރާލާފައި އޮތްދިމާ ކައިރީގައިކަން ވިސްނި މުޅިމީހާވަނީ ގޮއްދާހިތްލާގޮތް ވެފައެވެ. ފެނުނު ކަޅުހިޔަންޏާއެކު ފާޅުވަމުން އައި ރަތްކުލައިގެ ދެލޯ ފެނި ހައިޝަމް ގައިހުރިބާރެއްލާފައި ދުއްވައިގަތް ނަމަވެސް ކުރިޔަށް އެންމެ ތަންކޮޅެއްވެސް ނުދެވެއެވެ. ހަމަ އެއްހިސާބެއްގައި ތެޅިތެޅި ހުރެވެނީއެވެ. އެހީއަކަށް އެދި ހުޅުވާލި އަނގައިން އަޑެއް ނުނިކުތް ތާންގަ އިތުރަށް އަނގަ ލައްޕާވެސް ނުލެވުނެވެ.

“ކަލޭކޮންތެޅުމެއްތިތެޅެނީ.. ދެންމިރޭ އިތުރުތާކަށް ދާން ހިޔާލުވެސްނުކުރާތި.. ތިހުރީމިހާރު މަގޭ ބާރުގެ ދަށުގަ.. ހަހަހަހަހަހަ.. ” ކަޅުދުންތަށް އޮލަވާންފެށުމާއެކު އޭގެތެރެއިން ފާޅުވަމުން އައި ސޫރަ ހައިޝަމް އާއި މުހާތަބުކޮށް އެބުނެލީ ފުރަތަމަ ހަމަލާ ހައިޝަމްގެ މެޔަށް އަމާޒްކޮށްލަމުން ނެވެ. ދިޔަ ބާރުމިނުގައި ގޮސް ހައިޝަމްގެ މޭމަތީ ދިގުނިޔަފަތިތަކުން  ވަކިއަޅާ ދަމާލީ އެންމެ ފުނަށް ކޮއްޕާލުމާ އެކުގައެވެ. އަނގައިން ނިކުތް ވޭނީ އާހާއެކުވާހަކަދެއްކިއެވެ.  ” ހެޔޮނުވާނެ އަހަރެން ދޫކޮށްލާ.. އަހަރެންގެ ފަރާތުން ކޮންކަމެއް ބޭނުންވެގެންތިއުޅެނީ.. ބުނޭ ފައިސާތަ.. ބޭނުންވަރަކަށް އެދީފާނަން.. އެކަމަކު އަހަރެންދޫކޮށްލާ.. ” އަޅާވޭނާއެކު ހައިޝަމް އެދެމުން ދިޔައީ އޭނާ ދޫކޮށްލުމަށެވެ. “ދޫކޮއްލާށޭ ކަލޭކައިރީ ރޮވިފަ އަހަރެން ކިތައްފަހަަރު އެދުނިން.. ކިހާ އާދޭހެއްކުރިން.. އެދުވަހު ކަލޭވެސް އިސްކުރީ އަމިއްލައެދުން.. ” ބިރުވެރިކަޅުސޫރައިގައި ހުރި ހިޔަނި އިންސާނެއްގެ ސޫރަޖެހެމުންދިޔައެވެ. ނަމަވެސް ދެލޯހީވަނީ އަނގުރު އަލިފާންހެންނެވެ.

އިވުނުވާހަކަތަކާއެކު ހައިޝަމްއަށް ވިސްނާލެވުނެވެ. އެއާއެކު އޭނާގެ ދުލުން ނިކުތީ އެންމެ ލަފްޒެކެވެ. “އާޔާ..” އެހެންބުނިވަގުތު އެއައިބާރުމިނުގައި އާޔާ އައިސަ ހައިޝަމްގެ ލަދުވެތިގުނަވަނުގައި ވަކިއަޅުވާލީގޮތަށް ހަށިގަނޑާއި ވަކިކޮއްލިއެވެ. “ދެންއިތުރަށް ތިމުޑުދާރު އަނގައިން މަގޭނަންވެސް ނުގަންނާތި.. އެހެންނޫނީ ދޫވެސް ދަމައިގަންނާނަން.. ” ރުޅިއައިސް ގެ އާޔާގެ ގައިން ކަނިބުރައެވެ. އޭރު މުޅިމީހާ އަނެއްކާވެސްވަނީ ދުންގަނޑަށް ބަދަލްވާން ފަށާފައެވެ. ލިބުނުވޭނާއެކު ހައިޝަމްގެ ހޭބުއްދިފިލާދިޔައެވެެ.

*****

ހޮސްޕިޓަލްގެ ވާރޑް ގައި އެނދުމަތި ކުރެވިފައިވާ އާސިމާ ފުންމާފައިތެދުވީ ‘”މަގޭ ދަރިފުޅާ..” އޭ ކިޔާގިވާލުމާއެކުގައެވެ. ދާދިދެންމެއަކު އެފެނުން ހުވަފެނުގެ ސަބަބުން އާސިމާގެ ތަބިއްޔަތު އިތުރަށް ގޯސްވެގެންދިޔައިރު އެފެނުނޫ ހަގީގަތްކަން ގަބޫލުކުރެވޭހާ ވާކަން އޭނާގެ ހިތްބުނަމުން ދިޔައެވެ. ނަމަވެސް އެވަގުތު އެވާހަކަ ދައްކައިގެން އާސިމާމޮޔަވީއޭ ކިޔާ މީހުން މަލާމަތް ކުރާނޭ ހިތަށް އެރުމާއެކު އެވާހަކަނުދައްކާ ސިއްރު ކުރިއެވެ.

********

ހޮސްޕޓަލް ހުޅުވުމާއެކު އަންނަމުންދިޔަ ކަސްޓަމަރުންގެ އަދަދު ގިނަކަމުން ލަޔަކްއަށް ޖައިލަމްއާއި ވަނީ ދިމާވާގޮތް ނުވެފައެވެ. އަނެއްކާ މިހާރު ލަޔަކްވެސް ވަޒީފާއަށް ނިކުންނަން ދެދުވަހަކަށްވީއެވެ. ލަޔަކްވެސް ގޭގައި ހުންނަން ފޫހިވާންފެށުމުން ނިކުންނަދުވަސް އަވަސްކޮއްލީ އެވެ.

ހެނދުނު ޑިއުޓީއަށް ނިކުތް އައިރާ ވެފައިވާ ބަނޑުކަމާއެކު މިސްރާބުޖެހީ ކެންޓީނާއި ދިމާއަށެވެ. އޭރު އިބާވެސް އަރުޝަދު ބަލާއައިސްހުރުމުން ލަންޗްއަށް ބޭރަށް ނިކުތީއެވެ. އިބާއާއި އައިރާ އަކީ ދެޑިޕާޓްމަންޓަކު މަައްކަތްކުރާ ދެނަރުހުންނަށް ވީނަމަވެސް އައިރާގެ ހިތްތިރި މިޒާޖުގެ ސަބަބުންވަނީ ހުރިހާ އެންމެގެ ހިތްތަކުންވަނީ ޖާގަހޯދާފައެވެ. ކެންޓީނަށް ވަދެގެންދިޔަ އައިރާ ހުސްމޭޒެއްދަމުން އެނބުރިލިވަގުތު ފެނުނުމަންޒަރާއެކު މިހާގަބުވާގޮތްވިއެވެ.

ނޯޓް: އެންމެފުރަތަމަވެސް ހުރިހާ ކިއުންތެރިންގެ ކިބައިން ލަޔާ މާފަށްއެދެން ވާހަކަ މިހާ ލަސްވީމަ.. ދިރިއުޅުމުގަ ދިމާވި ގިނަ ގޮންޖެހުންތަކަކާއެކު ވާހަކަ ލަސްވީނަމަވެސް ލަޔާ ވާހަކަ ނިންމާނުލާ ހުއްޓާލަންބޭނުން ނުވާތީ ވަގުތު ލިބުނީމަ އަވަހަށް މިއަޕްކޮއްލީ… ހުރެދާނެ ކުށްބަސްތަށް . އުންމީދުކުރަން އެކަންކަން ފާހަގަކޮއްލަދޭނެކަމަށް.. އަދި މިބައިވެސް ހުރިހާ ކިުންތެރިންނަށް ކަމުދާނެކަމަށް.. ޖަޒައަކަﷲ ޚައިރަ..

 

 

41

10 Comments

  1. Lily

    April 17, 2018 at 8:34 am

    Vaahaka reethi ekamaku ehaalahun kiyaalanlibeythee v foohi. Unmeedhukuran dhen egothah kanthah nuvaanekamah .?

    • Hawwi

      April 17, 2018 at 8:39 am

      Owwhh.. lily.. in sha allah dhen eheneh nahadhaanan..??

  2. Friends

    April 17, 2018 at 9:36 am

    Masha allah vvv furihama.e bahuri typing mistake dear ekam v kuda koh .stry haadha lassvy mi faharu dear. Ummeedh kuran dhen ehen nuvaane kamah. When next part upload.
    Waiting for 7 part.
    – salaam-????

    • Hawwi

      April 17, 2018 at 7:27 pm

      Ohh my dear friends .. ? thank you so much .. in sha Allah mibalanee mirey upkohleveythw. ??

  3. chumpu

    April 17, 2018 at 3:51 pm

    V vaanuvaa neygey mi part ga

    • Hawwi

      April 17, 2018 at 7:25 pm

      Alhey chumpu ehaadhuvasskohfa up ureemakamah vedhaane .. konthakolheh neyngenee

  4. rifa

    April 17, 2018 at 6:58 pm

    Hawwi ge vaahaka v reethi ekam mistake eh faahaga kohlan.. meehunge loa thakah kashf vegen huri aayaa ey liyefa othyma… loathakah nufenna meehun thibeyny vanhanaa vegen kashfu v ma fennaany dho ehen noontha

    • Hawwi

      April 17, 2018 at 7:24 pm

      Thank you dear rifa.. dhenfaharakun ekahala thanthan kolhu vissnaanan ??

  5. Hi Mi

    April 17, 2018 at 8:21 pm

    Vvv. Curious ingey himii. Alhey avas kohalhchey dhen in part. Vvvvv ufaavehjje up kohlima and mirey adhi eh part up vaane kamah bunima. ☺Thanks a lot flr the beautiful story ingey.

    • Hawwi

      April 17, 2018 at 9:22 pm

      Thank you HiMi dhooni mihaaru innane up kohlaafa ??

Comments are closed.