“އަހުސަނުގަނޑާ ހެދި ލަހުން ރިޕްލައި ކުރެވެނީ..” ޝިކާ އަހުސަނާ ދިމާއަށް އެއްޗެސް ކިޔަމުން ރިޕްލައި އެއް ލިޔެލިއެވެ. އަދި ރަނާ އާ އެކު ލޯންޑަރީ އަށް އަނެއްކާވެސް ދިއައީ އިސްތިރިކޮށް ނުނިމޭތީއެވެ. ************ އެރޭ ޝިކާ އަކަށް ނުވެސް ނިދުނެވެ. ތަފާތު އެހެން ސްކޫލަކަށް ދާންޖެހޭތީ ޖެހިލުންވަނީއެވެ. އޭނާ އެންމެ ބިރުގަންނަނީ އޭނާއަށް ކުލާހުން ރަހުމަތްތެރިއަކު ނުލިބިދާނެތީއެވެ. ފުރޮޅި ފުރޮޅި އޮއްވައި ކުއްލިއަކަށް މީހެއް ދޮރުހުޅުވާލި އަޑަށް އޭނާ ދިއައީ ސިއްސައިގެންނެވެ. ބޯހިއްލާ ބަލާލިއިރު ނިދާ ބޮކީގެ […]
“ތީ މިގެއަށް ކިޔަވަން ހުންނަން އަލަށް އައި މަންޖެއެއް…. ވަރަށް ގަޅި ވައްތަރު ޖަހާ ދޯ..؟” އަހުސަނު ހެމުން ހެމުން އަމީން ގާތު ބުންޏެވެ. އަހުސަނު އަނެއްކާ ވެސް ޝިކާ އާ ބެހެން ފެށުމުން ލިވާން ގެ ލޭ ކެކިގެން ދިއައެވެ. ނަމަވެސް ރުޅި ހިންދާލަމުން އަމީން ގާތު އެތެރެއަށް ހިނގާށޭ ކިޔައި އަމީން ގެ ކޮނޑުގައި އަތް އަޅައިގެން ގޭތެރެއަށް ވަދެގެން ދިޔައެވެ. އަހުސަނު ހެވިފައި އިސްޖަހައިގެން ހުރި ޝިކާ އަށް ބަލާލިއެވެ. އަދި ޝިކާގެ […]
“މަންމާ.. އަހަރެން ނުދާނަން އެތަނަކަށް..” އުމުރުން 16 އަހަރުގެ ޝިކާ އޭނާގެ މަންމަގެ ހެދުމުގެ ފަސްބައަށް ދަމަމުން ރޮމުން ގެންދިއައީ ކުޑަކުއްޖެއް ފަދައިންނެވެ. “މަންމާ ޕްލީސް… އަހަންނަކަށް ނޭންގެ މަންމަ އާ ވަކިން އުޅޭކަށް.. ” “ހޫން.. އަނެއްކާ ވެސް އެއްކަލަ ބޮޑާ ހާކަން ފެށީ ދޯ!” ޝިކާ ގެ މަންމަ، ރަހީމާ ހުރީ ރުޅި އައިސްފައެވެ. “އަދިވެސް އުޅެން އެނގެނީ ކުޑަ ކުއްޖެއް ހެން ވިއްޔަ.. އެހެން ވެގެންނޭ މިތަނުން ފޮނުވާލަންވީ ވެސް.. އުނދަގޫ ބޮޑު […]
ހަވީރުގެ ވަގުތެއްގައި މަލައިކާ އިނީ ކޮންޕިއުޓަރ ކައިރީގައި ޓައިޕްކުރަންށެވެ. އޮފީސް ތެރޭގައި އެހާ ގިނަ ބައެއް ނެތެވެ. މަލައިކާ ކުއްލިއަކަށް ސިހުނީ މަލައިކާގެ މެނޭޖަރ އާދިލް ފޯނުން އޭނާގެ 5 މަހުގެ ދަރިފުޅާ ވާހަކަ ދައްކާ އަޑުއިވިގެންނެވެ. އާދިލް އޭނާގެ ދަރިފުޅު ދެކެ ލޯބިވާ މިންވަރު މަލައިކާއަށް އަބަދުވެސް އިޙްސާސް ކުރެވެއެވެ. އާދިލް އޭނާގެ އަނބިމީހާއާ ވަރިވިޔަސް ދަރިފުޅަށް އޮންނަ ގުޅުން އެބަ އޮތެވެ. އާދިލްގެ ދަރިފުޅު ބަލިވިޔަސް ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެއެވެ. އާދިލް […]
މޫސަބެއާއި ފައުޒާންއަށް ބަލައިލެވުނީ މައްޗަށެވެ. އެފެނުނު މަންޒަރުން ހައިރާންވެފައި ފައުޒާންއަށް ބަލަން ހުރެވުނީއެވެ. ކައިރީގައި ހުރި ޖޭމުގަހުގެ ގޮފިގަނޑަކަށް އަރާ ހުރި އަންހެންކުއްޖާ ބަލަމުންދަނީ މަތީގޮފިގަނޑެއްގައި އިން ޖޭމެއް ބިދެވޭތޯއެވެ. “އޭތްބަލަގަ މަންޖޭ! މަންޖެ ގަހުގަ އޮވެގެން ހޫރާލި ފައިވާން ކިބައައިސް އެޖެހުނީ މިހިރަ މެހެމާނުގެ ގައިގަޔޭ! ގޮއްޔެ ތަނެއްދޮރެއްވެސް ބަލައި ނުލަންދޯ!” މޫސަބޭއަށް އެމަންޒަރު ފެނުމުން މޫސަބެއަށް ނުހުރެވިގެން ހަޅޭއްލަވައިގަތެވެ. ފައުޒާންއަށް މީގެކުރިން ދުވަހަކުވެސް އެގޮތަށް އަންހެންކުދިން އުޅޭތަނެއް ފެނިފައެއް ނުވެއެވެ. މޫސަބޭގެ އަޑަށް އެކުއްޖާ […]
ފާރުގައި ހުރި ގަޑިއަށް އިރުކޮޅަކާ ފައުޒާން ބަލައިލައެވެ. ތެތް ތުވާލި އަނދެގެން ހުރުމުން ފެންވަރައިގެން ނުކުތީ ކަން އިނގެއެވެ. އެއީ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ހެޔޮވަރެއްގެ އިސްކޮޅެއްގެ ވެރި އެކެވެ. އަންހެންކުދިންގެ ހިތް ދަމައިގަންނަ ފަދަބާރެއް ލިބިފައިވާ މުށިކުލައިގެ ތޫނުދެލޮލުން ވިދުމެއް ފާޅުވާން ހުއްޓެވެ. ހަމުގެ ކުލަ އައްޔެވެ. ގައިގެ މަސްތައް ހަރުވެލާފައި ހުރީ އުޅޭވަޒީފާގެ ގޮތުންނޭވެސް ބުނެވިދާނެއެވެ. ބާވީސް އަހަރުވީ މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ލިބިގެންނެވެ. ލޯގަނޑުކައިރިއަށް އައިސް ތުނިކޮން ކޮށާފައިހުރި ބޮލުގައި އަތްކާތާލިއެވެ. […]
މެންދަމުން އަލި ވެ އެކެއް ޖެހީއެވެ. ވަރަށް ބާރަށް އައި ކާރެއް ހޮސްޕިޓަލުގެ ދޮރު މަށްޗަށް މަޑު ކޮށްފިއެވެ. ކާރުން ފޭބީ ގަމީހުައި ލޭ އުނގުޅިފައި ވާ މީހެކެވެ. އެއީ ކާސިމްބެ އެވެ. ކާސިމްބެ ވަރަށް އަވަހަށް ހޮސްޕިޓަލަށް ވަންނަން ދުއްވައިގެންފިއެވެ. އެ ދިޔަ ގޮތަށް ގޮސް ފުރޮޅު ލީ ގޮނޑި އެއް ހިފައިގެން ކާރާ ދިމާއށް ހިނގައިގެންފިއެވެ. މި ތަން ފެނިފައި ހޮސްޕިޓަލު މީހުން އެ ތަނަށް އައެވެ. ވެެން އުޅޭ ގޮތެއް ސާފުވޭތޯ ސުވާލު […]
“ބަރާބަރު ހަތަރު ގަަޑި އިރު ލިބޭނީ ސަލާމަތް ކުރަން ބޭނުމިއްޔާ މިބުނި ކަން ތަށް ކުރޭ……” އެ ކަރުދާސް ގަނޑުގައި އޮތް ފަހު ޖުމުލައިން އަހަރެންގެ ހިތް ފުނޑުފުނޑު ކުރި އެވެ. ” ނޫން އެހެނެއް ނުވާނެ” އަޑުގެ ނެތް ތަނަށް އަހަންނަށް ހަޅޭ ލަވައިގަނެވުނެވެ… my first stry… inthixaar kohllahvva v avahah up kuran fashaanan.. hope u guys willl lyk.. i will ry my bst in shaa […]