ޒުވާނާ އަލްޔާ އާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށުމާއެކު ޖެހިލުންވެފައި ހުރެ އަލްޔާ ޖެހެނީ ފަހަތަށެވެ. މީކާކު ހެއްޔެވެ؟ މި މީހާ ކައިރިއަށް އެއަންނަނީ ކީއްވެ ހެއްޔެވެ؟ މީ އަދި މިހާތަނަށް މި ސްޓޭޝަނުން ފެނިފައިވާ މީހެއް ނޫނެވެ. މީ އަނެއްކާ ފުލުހެއްބާއެވެ؟ ރަތްކުލައިގެ ބެނިއަންގައި ޒުވާނާ ކިތަންމެހާ ވެސް ފުރިހަމައެވެ. އަލްޔާ އެންމެ އަޅައިގަތީ ޒުވާނާގެ ފުރިހަމަ އިސްކޮޅާއެވެ. ޖޭމުގަސް ކައިރީގައި ހުރި ޓިނުގަނޑުގައި އަލްޔާ އަށް ލައްވެލެވުނީ އިތުރަށް ފަހަތަށް ޖެހެން ޖާގައެއް ނެތުމުންނެވެ. […]
ހަށިގަނޑުގައި ޖަހާފައިވާ މަސްތަކުގެ ސަބަބުން ހިނގާ ބިގާވެ އުޅެން އުނދަގުވާކަން ޝަރީފާ ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުން ވެސް އެނގެއެވެ. ގޭދޮރުމަތި ކުނިކެހުމަށްފަހު ދުރުގައި ހުރި ޖަސްތުގަނޑާއި ގޯނިގަނޑު ހިފައިގެން އައިސް އެއްކޮށްފައި ހުރި ކުނިތައް އެއަށް އަޅަން އުނދަގުލުން ތިރިވިއެވެ. ލައިގެން ހުރި މާޖެހި ހައުސްކޯޓް ގަނޑު ކުޑަކޮށް މައްޗަށް ޖައްސާލީ އެތެރެއިންލާފައި ހުރި ހަރުވާޅު ފެންނަ ވަރަށެވެ. ބޮލުގައި އޮތް ކަންބުރުގާ ވެސް ދެފަރާތުން ގޮށެއް ޖަހާލާ އެއްފަރާތަކަށް އެއްލިއެވެ. “ހޫނ ކަންތަކާ މިޖެހުނީ…. […]
ކޮންމެވެސް މީހަކު މާނާގެ ލޮލުގައި އަތް އެޅިއެވެ. މާނާ ފަހަތް ބެލިއިރު އެތާއިނީ ދެވަނަ މީހެއްނޫނެވެ. އެއީ ރަަޝްވާނެވެ. އޭބަލަ މިހާރު އަހަރެން ފަހަތުންވެސް އަންނަން ފެށީތަ ނުވިތާކަށް މިހާރު ގަޔަށް ބޮލަށް ވެސް އަރަންފެށީތަ. މާނާ ރަޝްވާން އާދިމާލަށް ހަޅައިލަވައި ގަތެވެ. ބަލަ މަންޖޭ މަންޖެ ރުޅިއެރީމަ ހާދަހާ ޗާލޭ ރަޝްވާން ސިނގެރޭޓެއް ނަގައި ތުނބުގައި ޖައްސާލަމުން ބުންޏެވެ. ރަޝްވާން އަކީ މާނާ އާއި އަޅައިގަނެގެން އުޅޭމީހެކެވެ. މީހެކޭ ބުނުމަށްވުރެ ޕާޓޭއެކޭ ބުންޏަސް މާ ރަނގަޅުވާނެއެވެ. […]
އުޑުމަތި ވަނީ ކަޅުވިލާތަކުން ފުރިފައެވެ. ވާރޭ ވެސް ހުއްޓުމެއްނެތި ވެހެނީއެވެ. ވާރޭ އާތެމުމުގެ ނިޔަތުގައި 17 އަހަރަށްދާ މާނާ ހުދުކުލައިގެ ކުރު ސޯޓުކޮޅަކާއި މަޑުފިޔާތޮށި ކުލައިގެ އަތްކުރު މަތިކޮޅެއް ލައިގެން މަގުމަށް ނިކުތެވެ. ވާރޭ އާތެމުމަކީ މާނާ އެންމެ ކުރާހިއްވާކަމެވެ. މާނާގެ އޮމާން ދޮން މޫނުގައި ފެންތިކިތަށް ބީހިލާއިރު ވަރަށް ވެސް ފުރިހަމައެވެ. މިތަން ފެންނަ ކޮންމެމީހެއްގެ ވެސް ހިއްސުތައް ހޭލަށްވާލާނެކަން ގައިމެވެ. ވާރެއާތެމެމުންދިޔަ މާނާގެ މޫނުގައި މީހަކު އަތްއެޅިއެވެ. މާނާ ފަހަތް ބަލާލިއިރު އޭނަގެ މޫނުގައި […]
“ދަރިފުޅާ..” މާރިޔާ އިސްތިރި ކޮށްފައި އިން އަތްދިގު ހުދު ކުރުތާއާއި ޑެނިމް ޖީންސް އަޅުވާފައިއިން ކޮނޑު ހިފައިގެން އައިސް ޓަކިޖަހައިލިއެވެ. “ޖައިޝަން، މިއޮތީ އިސްތިރިކޮށް ނިމިފަ. މި އިނީ އިނގޭ ތަޅުގަ އަޅުވާލާފަ. އަވަސްކޮށްލާ އެއޮށް ގަޑިން 7 ޖަހާ ބޮޑުވީ” “އާން. މިނިމުނީ” ޖައިޝަންގެ ފިރިހެންވަންތަ އަޑު އިއްވާލިއެވެ. ރޭ ދަންވަރު މާލެއިން ރަށަށް އާދެވުމާއެކު އާންމުކޮށް ނިދާ އެނދު ބަދަލުވީމައި އޭނާއަށް ރޭ ނިދުންވީ ހިލައަކުން ދިޔަފެލުންކަހަލަ ކަމަކަށެވެ. އެންމެ ލޮލު ފިޔައެއްވެސް ޖަހައި […]
މިވާހަކަ ވަރަށް އަވަހަށް ތި ބޭފުޅުންނަށް ގެނެސްދޭނަން ………..އިންތިޒާރުކޮށްލަށްވާ……………..
ިއިރުގެ އަލި ދުނިޔެމަށްޗަށް ފެތުރޭ ވަގުތު އެދައްކައި ދޭ ގުދުރަތީ ރީތި މަންޒަރު ދެކިލުމަށްޓަކައި ، މަޑުހިނގުމެއްގައިި ހިނގަމުން ދިޔަ ސަނާ ގެ މިސްރާބު ހުރީ ތުނޑިމައްޗަށެވެ. ޖާދުވީ ގޮތަކަށް ވިދަވިދާ ހުރި ދޮންވެލިގަނޑު މަތީ އިށީންނުމަށް ފަހު ގީބުން ހެޑްސެޓު ނަގާ ކަންފަތަށް ޖެހިއެވެ. އަދި އެލަވަޔާ އެއްވަރަށް ބޯތަޅުވަމުން ދިޔައެވެ. އިރުއިރު ކޮޅާ ޖެހޭ ވައިރޯޅި ތަށް ސަނާގެ ފަން އަދި އެހާމެ ދިގު އިސްތަށިގަނޑުގައި ބީހެމުން ދެއެވެ. މި މަންޒަރު ފެންނަ މީހެއް […]
ޝިކާ ބަލާލިއިރު ރޮކެޓެކެވެ. “ލުކް އިންސައިޑް!” ރޮކެޓުގެ ބޭރުގައި އެހެން ޖަހާފައި އޮތުމުން ޝިކާއަށް ލިބިގެންދިއައީ ހައިރާންކަމެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އޭނާ އެ ރޮކެޓް ނިއުޅާލީ އެތެރޭގައި އޮތް އެއްޗެއް ކިޔާލުމަށެވެ. ޝިކާ ރޮކެޓް ނިއުޅާލާފައި އެތެރެ ބެލިއިރު އޭނާ ހީކުރި ގޮތާ ޚިލާފަށް އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ކައިރީގައި ހުރި މޭޒުމަތީގައި ކަރުދާސްގަނޑު ބާއްވައިފައި އޭނާގެ މަސައްކަތާއިގެން […]