Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 2 ވަނަ ބައި

aasi
April 2, 2016
9 Mins Read
96 Views
4 Comments

މޫސަބެއާއި ފައުޒާންއަށް ބަލައިލެވުނީ މައްޗަށެވެ. އެފެނުނު މަންޒަރުން ހައިރާންވެފައި ފައުޒާންއަށް ބަލަން ހުރެވުނީއެވެ. ކައިރީގައި ހުރި ޖޭމުގަހުގެ ގޮފިގަނޑަކަށް އަރާ ހުރި އަންހެންކުއްޖާ ބަލަމުންދަނީ މަތީގޮފިގަނޑެއްގައި އިން ޖޭމެއް ބިދެވޭތޯއެވެ.

“އޭތްބަލަގަ މަންޖޭ! މަންޖެ ގަހުގަ އޮވެގެން ހޫރާލި ފައިވާން ކިބައައިސް އެޖެހުނީ މިހިރަ މެހެމާނުގެ ގައިގަޔޭ! ގޮއްޔެ ތަނެއްދޮރެއްވެސް ބަލައި ނުލަންދޯ!” މޫސަބޭއަށް އެމަންޒަރު ފެނުމުން މޫސަބެއަށް ނުހުރެވިގެން ހަޅޭއްލަވައިގަތެވެ.

ފައުޒާންއަށް މީގެކުރިން ދުވަހަކުވެސް އެގޮތަށް އަންހެންކުދިން އުޅޭތަނެއް ފެނިފައެއް ނުވެއެވެ. މޫސަބޭގެ އަޑަށް އެކުއްޖާ ތިރިއަށް ބަލަންހުރެލާފައި ހަލުވިކަމާއިއެކު އެއްގޮފިން އަނެއް ގޮތްޕަށް ބަދަލުވެލުމަށްފަހު ބިންމައްޗަށް ފުންމާލިއެވެ. އަދި ހަލުވިކަމާއެކު ބާރަށް ހިގާލާފައި އައިސް މޫސަބެއާއި ފައުޒާން ހުރި ހިސާބަށް އައިސް އުނަގަނޑުގައި އަތްވިއްދާލަމުން ހުއްޓުނެވެ.

ފައުޒާންއަށް އެކުއްޖާއަށް ބަލަންހުރެވުނީ ހައިރާންވެފައެވެ. ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ ކުރު އަންހެންކުއްޖެކެވެ. ހީވަނީ ފަނަރަ ވަރަކަށް އަހަރުގެ ކުއްޖެއް ހެނެވެ. ގައިގެ ކުލައައްޔެވެ. ބޮލުގައިވަނީ ހުޅިއެއް ޖަހާފައެވެ. ހުޅިތެރެއަށް ކޮށްޕާލައިފައިވާ ގޮފިކޮޅުގައި ފަތެއްވެސް އިނެވެ. ބޮޑުބޮޑު ދެލޮލުން ބަލަހައްޓައިގެން ހުރިއިރު ދިގުދިގު އެސްފިޔަތަކުން ލޯކައިރިއަށް ހިޔަނި އެޅިފައިވެއެވެ. ކުޑަރަތްކުލައެއް އަރާފައިވާ ތުންފަތްމައްޗަށް ވައްތަރެއް ޖައްސާލައިގެން ހުރީ ރުޅިއައިސްފައިވާކަން ދެއްކުމަށެވެ. ލައިގެން ހުރީ ގަޔައްދޫ ޓީޝާރޓަކާއި ކަށިމައްޗާ ހަމައަށް އަންނަ ހަރުވާޅެކެވެ.

“މޫސަބޭވެސް މީހުންގޮވައިގެން ދަނީ ގަސްދޮށުންވިއްޔަ! ގައިމު ގަސްދޮށުން ދަންޏާ ގަހުގައި ހުންނައެއްޗިހި ވެރޭނެނު! ތިކަމުގަ އަހަރެން ކުރާނެކަމެއް އެބައޮތްތަ؟” ދެއަތް އުނަގަނޑުގައި ވިއްދައިގެން ހުރެ އެ އަންހެންކުއްޖާ މޫސަބެއާއި ވާހަކަދެއްކީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އަދި ވާހަކަ ދެއްކުމުގައި އެރަށުގެ ރާގުގަނޑެއްވެސް ނެތެވެ.

ހާދަ ފޮނި ކުއްޖެކެވެ. އަދި ފައިވާނުން ޖެހުނީމަ މާފަށްވެސް އެދޭކަށް ނޭގުނެވެ. މީ ކޮންކަހަލަ ކުއްޖެއްހެއްޔެވެ. ފައުޒާން ހިތައްއަރަމުން ދިޔައެވެ. މޫސަބޭ ކުރިމަތީ އެކުއްޖާއާއި ދިމާއަށް އެއްޗެއް ނުބުނީ މޫސަބޭއަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ނަމަވެސް ފައުޒާންވެފައި ހުރިތަދުން ހުރީ އެކުއްޖާދެކެ ވަރަށް ރުޅިއައިސްފައެވެ. ނިތްކުރިން ހުރީ ގޮނބިވެސް ނަގާފައެވެ.

“މަމެން ދޯ އަދި މިގޯސްވީ. ބަލަ ގަހުގައި ފައިވާން އަޅާތަ؟ އަދި މާފަށްވެސް އެދުމެއްނޯވޭދޯ! މަންޖެ ގެޔައްދޭ!” މޫސަބޭހުރީ ނުރުހިފައިވިޔަސް ހިސާބަކަށް ސަމާސާގޮތެއް ރާގުގައި އެކުލެވިފައި ވެއެވެ.

“އެއީ މޫސަބޭމެންގެ ކުށެކޭ! އަހަރެން މިރަށުގަ އުޅެންޏާ ގަސްދޮށުން ދާން ނުވާނެކަން މޫސަބެއަށް އެގެން ޖެހޭނެނު! ގެއަށް ދެވޭނީ އިރުކޮޅަކުން. މަންމަ ކައިރީ އެކަމު ނުބުނައްޗޭ މިވާހަކަ.” އެކުއްޖާއެހެން ބުނެލާފަ ގޮސް އަނެއްކާވެސް ގަހަށް އަރަން ފެށިއެވެ. މޫސަބޭވެސް ދެފަރާތައް ބޯ ހޫރާލަމުން ހިނގައިގަތެވެ. ފައުޒާން ވެސް ނިތްކުރީގައި އަތްކާތާލަމުން މޫސަބޭ ފަހަތުން ހިގައިގަތީ އަދިވެސް އެއްފަހަރު ފަހަތަށް އެނބުރި އެކުއްޖާއަށް ބަލައިލަމުންނެވެ. އެކުއްޖާ ހިޔާލެއް ފިކުރެއް ނެތި ޖޭމެއް ބިނދެވޭތޯ ގަހުގައި އޮވެގެން ބަލަމުން ދެއެވެ.

ފައުޒާން ކަމުންދިޔައީ ވަރަށް މީރުކޮންނެވެ. އަބަދުވެސް ދިވެހި ކެއުމަކީ ފައުޒާންއަށް އެންމެ ކަމުދާ ކެއުމެވެ. ކުއްލިއަކަށް މޫމިނާއައިސް އިލޮށިފަތި ނެގިއެވެ. އަދި ދޮރުން ވަދެގެން އައި އަންހެން ކުއްޖެއް ގައިގައި އިލޮށިފަތިން ދެބޮނޑި އަޅާލިއެވެ.

“އައްދޯތް މަންމާ! ތަދުވެޔޭ. އަޅެފަހެ މަށަށް ކުރެވުނީ ކީއްތަ؟” އެ އަންހެންކުއްޖާ އަމިއްލަ ގައިގައި ފިރުމާލަމުން ބުނެލިއެވެ.

” ހިބާއަކަށް ނޭގެދޯ ކުރެވޭ ކަމެއްވެސް. މިއަދު މިރަށަށް އައި މެހެމާނެއްގެ ގައިގަ ފައިވާން ކިބައިން ޖެހުނީމަވެސް މާފަށްވެސް ނޭދިއެއްނު ތިއައީ. ބަލަގަ އަހަރެމެން އުޅެނީ އެހެންތަ؟ ހިބާއާ ހެދި ލަދުގަންނަން މިޖެހެނީ އަހަރުމެންނޫންތަ؟ އަހަންނަކަށް ނޭގެ މީނަ މާލެ ކިޔަވަން ފޮނުވިފަހުން އުޅެމުން މިއަންނަ ވައްތަރެއް. އެކުން ފޮނިއަރައި ގަނެގެން ތިއުޅެނީ ކާކު ދަސްކޮށްދީގެންތަ؟ ކޮންމެހެނަކުން މާ ފެންވަރު ދައްކައިގެން އުޅޭނެކަމެއްނެތް އިނގޭ.” މޫމިނާ ހިބާއާއި ދިމާއަށް ހަޅޭއްލަވަމުން ދިޔައީ ފިސާރި ބާރަށެވެ. ކާންއިން ފައުޒާންއަށްވެސް މޫމިނާގެ ހަޅޭކުގެ އަޑު އިވެއެވެ. ފައުޒާން އިނީ ހިތްނުތަނަވަސް ވެފައެވެ. އެގޮތަށް މީހުނާ ދިމާއަށް އެއްޗިހިކިޔާ ހަދަންޏާ އަބަދުވެސް ފައުޒާންގެ ބޮލަށް އުނދަގޫވެއެވެ. ފައުޒާން އިނީ ކަންބޮޑުވެފައެވެ.

އިރުކޮޅަކުން މޫމިނާއައީ އެއަންހެން ކުއްޖާގެ އަތުގަ ހިފައިގެން ކާގެއަށެވެ. އަދި ފައުޒާންގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. ފައުޒާން އިސްއުފުލާ ބަލައިލިއިރު ހުރީ ޖޭމުގަހަށް އަރާއޮތް އަންހެން ކުއްޖާއެވެ. ފައުޒާންއަށް ހައިރާންކަމެއްލިބި ބަލަހައްޓައިގެން އިނދެވުނެވެ.

ހިބާވެސް ފައުޒާން ފެނުމުން ހައިރާންވެފައި ބަލަން ހުއްޓެވެ. އަދި ހުރީ ރުޅިއައިސްފަކަމެއް ބިރުންކަމެއް ފައުޒާންއަކަށް ނޭގެއެވެ.

“ހިބާ. މީ ފައުޒާން. އޭނަގެ ކިބައިން މާފަށްއެދެންވީ. ތިހިން ބަލަން ހުރެގެން ވޭތަ. އެއީ ހަފީޒާގެ ދަރިއެއް. މަގޭ ނުލާހިކު ގާތް ރައްޓިއްސެއްގެ ދަރިއެއް. ހިބާ ކަންތައްކުރި ގޮތުން އަހަރެން މިހިރީ ލަދުން.” މޫމިނާ ނުރުހިފައި ހުރެ ހިބާއާއި ދިމާއަށް ބުންޏެވެ. އޭރުވެސް މޫމިނާގެ އެއްއަތުގައި އިލޮށިފަތި އޮތެވެ.

“ސޮރީ… ގަސްތުގައެއްނޫން ޖެހީކީ. ފައިވާން އެއްލުނީ ބަލައިނުލާކަމުން ޖެހުނީ.” ހިބާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އެހާއަވަހަށް ހިބާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ހިގައްޖެއެވެ.

އެވަގުތު ގޭތެރެއަށް މޫސަބޭ ވަދެގެން އައިތަން ފެނުނެވެ. ހިބާ ކުއްލިއަކަށް މޫސަބެއާ ދިމާއަށް ދުއްވައި ގަތުމުން މޫސަބޭވެސް ދުވަންފެށީ ހިބާއަށް އަތުނުވާން ވެގެނެވެ. ދުވަސްވެފައި ހުއްޓަސް މޫސަބޭ ދުވާލެއް ނިކަން ބާރެވެ. މޫސަބޭ ހިބާއަށް އަތުނުވާންވެގެން ގެއިން ބޭރަށް ނުކުމެގެން ހިގައްޖެއެވެ.

“ދެން އަތުޖެހިއްޖެއްޔާ ބޮލުގަ އެންމެ އިސްތައްޓެއްވެސް ނުބައިންދާނަން.” ހިބާ އަމިއްލަ ތުންފަތުގައި ދަތްއަޅާލަމުން އެއް އަތްތިލައިގައި އަނެއްއަތުން ގޮށްމުށުން ޖަހަމުން ބުނެލިއެވެ. ކުއްލިއަކަށް ހިބާގެ ކަންފަތުގައި މީހަކު ހިފުމުން ތަދުވެގެން އައްދިއްޔޯއިޔޭ ކިޔާ ހަޅޭއްލަވައި ގަނެވުނެވެ.

“ގޮއްޔެއަށް ވިސްނޭނީ ކޮންދުވަހަކުންތަ؟ ނަމަނަމަ މޫސަބެއަށް ކަމެއް ނުކުރާތި. މަގޭ ހުރި ހަމައެކަނި އެއްބަނޑު މީހަކީ މޫސަބޭ. މަގޭ ނުބައިކަން ފެނިދާނެ މޫސަބެއަށް ކަމެއް ކޮށްފިއްޔާ.” މޫމިނާ ހިބާގެ ކަންފަތުގައި ހިފައިގެން ހުރެ ބުންޏެވެ.

އޭރު ފައުޒާން ކައިނިމިގެން އެތަނަށް ނުކުމެ ހުއްޓެވެ. މޫމިނާއަށް ފައުޒާން ފެނުމުން ހިބާގެ ކަންފަތުން ދޫކޮށްލާފައި ފައުޒާން ކައިރިއަށް ހިނިއައިސްފައި ހުރެ އައެވެ.

“އެކޮއެ. ދުފާލަންވާނެނު. ދުފާލައިގެން ހިބާ ހަންޑިއާއެކު ރަށުތެރެ ބަލާލަން ދޭބަލަ. މީ ބޮޑު ރަށެކޭ. މީހުން މަދަކަސް އެންމެންވެސް ނިކަން ހެޔޮވާނެ.” މޫމިނާ ހިތްހެޔޮ ކަމާއެކު ވަހަކަ ދައްކަމުން އެތެރެއަށް ވަނެވެ. ފައުޒާން ހިބާއާއި ދިމާއަށް ބަލައިލިއިރު ކަންފަތުގައި ފިރުމާލަ ފިރުމާލަ ހިބާ ހުރީ ފައުޒާންއާއި ދިމާއަށް ލޯއަޅާލައިގެނެވެ. ހިބާ ބަލަން ހުރި ގޮތުން ފައުޒާންއަށް މަޖާގޮތެއް އިހުސާސް ކުރެވުނެވެ. އިތުރަށް ހިބާ ރުޅިއަރުވާލާ ހިތްވިއެވެ. އެހެންކަމުން އެދިމާއަށް ހިގައިގަތް ވަގުތު މޫމިނާ ދުފާތަބަށް ހިފައިގެން ނިކުމެއްޖެއެވެ.

“އެކޮއެ. ރަގަޅަށް ދުފާލާ. ކައިގެން ދުފާލީމަނު ކޭއެއްޗިހިވެސް ހަމަޖެހިލާނީ.” މޫމިނާ ދުފާތަބަށް ފައުޒާންއަށް ދިއްކޮށްލަމުން ބުންޏެވެ. ފައުޒާން އޭގައި ހިފަމުންވެސް ހިބާއަށް ބަލައިލިއެވެ. ހިބާއަދިވެސް ހުރީ ބުމަ ކައިރި ކޮށްލައިގެނެވެ. ފައުޒާން ފޯއްފޮއްޗެއް އަނގައަށް ލައިފައި މޫމިނާއަށް ތަބައް ދިއްކޮށްލިއެވެ.

“އައްދެ ހާދަ ކުޑަގޮތެއް ތިހެދީ. ރަގަޅަށް ދުފާލިނަމަ.” މޫމިނާ ތަބަކުގައި ހިފަމުން ބުންޏެވެ.

“ދައްތާ. އަހަރެން އެހާ ބޮޑަށް ދުފައެއް ނޫޅެމޭ.” ފައުޒާން ހީލަމުން ބުނެލިއެވެ.

“ހިބާ ދަރިޔާ. ދޭބަލަ ރަށުތެރެ ދައްކާލަން މިސޮރުގޮވައިގެން ހިގާލަން. މިދިމާ ހުޅަނގުފަރާތު އަތިރިއަށް ނިކަން ވައިޖެހޭނެ. އެއީ ވަރަށް ހިތްގައިމު ހިސާބެއް.” މޫމިނާ ހިބާއާއި ދިމާއަށް ބުންޏެވެ.

ހިބާ ހިގައިގަތީ ގެއިންބޭރަށް ނިކުންނާށެވެ. މޫމިނާ ފައުޒާންކައިރީ އަވަހަށް ދާށޭ ބުނެލުމުން ފައުޒާން ނުކުތްއިރު ބާރުބާރަށް ހިބާ ހިނގަމުން ދެއެވެ. ފައުޒާން ދުވަމުން ކަހަލަ ގޮތަކަށް އައިސް ހިބާއާއި އަރާ ހަމަކުރިއެވެ.

“މަޑުކޮށްބަލަ. ތިހާ ބާރަށް ގޮސްގެން ރަށުތެރެ ދެއްކޭތަ؟ ” ފައުޒާން އެހެން ބުނުމުން ހިބާ ހުއްޓިލާފައި ފައުޒާންއަށް ބަލައިލިއެވެ.

“އާން އޭރުންދެން ތިކަމުން އަވަހަށް ސަލާމަތްވާނެނު.” ފައުޒާން ވެސް ހުއްޓިލަމުން ހީލިއެވެ. ފައުޒާން ހުރީ ހިބާއާ ސަމާސާ ކޮށްލާހިތުންނެވެ.

” ހުޅަނގުފަރާތަށް ދާށޭނު ބުނީ. ކޮންތާކަށް ތިދަނީ؟” ހިބާ އަނެއްކާވެސް ހިނގައި ގަތުމުން ފައުޒާންފަހަތުން ހިގައިގަތެވެ.

” ނޭގޭތަ އަމާބުނީތީ ފަރަށް މިދަނީ.” ހިބާ ފައުޒާންއަށް ބަލައިލަމުން ބުނެލިއެވެ. ފައުޒާން ހިބާގެ ބޮލުގެ ހުޅިއަށް ހަރާފައިވާ ގޮފިކޮޅަށް ބަލަން ހުއްޓެވެ. އިރުކޮޅަކުން ކުއްލިއަކަށް ގޮފިކޮޅު ދަމައިގަތެވެ. ދަމައިގަތުމާއިއެކު ފަށުވި ދިގު އިސްތަށިގަނޑު ނިއުޅިގެން އައިސް ހިބާގެ އުނަގަޑާހިސާބަށް ތިރިވެގެން ހިގައްޖެއެވެ. ކަޅުކުލަގަދަ އޮފްއަރާލާފައިވާ އިސްތަށިގަނޑުން ހިބާގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ހީވަނީ އުޑުން ފައިބާހުރި ހޫރު ޕަރީއެއް ހެނެވެ.

ފައުޒާންއަށް ބަހެއްނުބުނެވިފައި ބަލަން ހުރެވުނީއެވެ. އެފަދަ ރީތިކަމެއް މީގެކުރިން ފައުޒާންއަށް ފެނިފައެއް ނެތެވެ. އެހާދިގު އޮމާން އިސްތަށިގަޑެކެވެ. އެސްދިޔަދިގު ބޮޑުބޮޑު ދެލޮލުން ބަލަން ހުންނައިރު އެލޮލުގެ ވިދުވަރު އެހާގަދައެވެ. މަޑުފިޔާތޮށިކުލައެއް އަރާފައިވާ ތުންފަތެކެވެ. ފިރިހެނަކަށް މިކުއްޖާއާ ދުރުގައި ހުންނަން އުނދަގޫވާހާ ރީތިކަމެއް މިކުއްޖާއަށް އެވަނީ ލިބިފައެވެ.

“ތި ފައުޒާން އަކާހެދި މަގޭގައިގަ މަންމަ މިއަދު ތެޅީވެސް. އަދިވެސް އަދިވެސް ތިއުޅެނީ ކީއްކުރާނަމޭ ހިތާތަ.” ހިބާ ހުރީ ވަރަށްވެސް ރުޅިއައިސްފައެވެ. ކުއްލިއަކަށް ފައުޒާން އަތުގަ އޮތް ގޮފިކޮޅު އަތުލައިގެން ބޮލަށް ހުޅިޖެހީ އެގޮފިކޮޅުބޮލަށް މަހާލައިގެނެވެ. އަދި އުނަގަނޑުގައި އަތް ވިއްދާލަމުން ފައުޒާންއާއި ދިމާއަށް ލޯއަޅާލަމުން ބަލަން ހުއްޓެވެ.

“ބަލަ މަށާހެދިއެއް ނޫނެއްނު. އަމިއްލައަށް ފައިވާން ހޫރުވާލާފަ އަދި މާފަށްވެސް ނޭދި އެއްނު ތިއުޅެނީ.” ފައުޒާން ބުނެލިއެވެ. “މަގޭ ނިއްކުރިއަށްވެސް ނުލާހިކު ތަދުވިޔޭ.” ފައުޒާން އަމިއްލަ ނިއްކުރީގައި ފިރުމާލިއެވެ.

” އެ މޫސަބޭ އަތުޖެހުނުހާއަވަހެއް އޮތީ. ހުރިހާކަމެއް މިހެން މިވީ މޫސަބެއާ ހެދިޔޭ.” ހިބާ ދަތްބާރުކޮށްލަމުން ބުނެލިއެވެ.

“އެކަމު މޫސަބޭ ކުރީ ކީއްތަ؟” ފައުޒާން ހައިރާން ވެފައި އަހާލިއެވެ.

“ބުނަންތަ. އަހަރެންގެ ބޮލާ ނުކުޅެއްޗޭ. އަހަރެން އެންމެ ރުޅިއަންނަ ކަންތައް އެއީ.” ހިބާ ޝަހާދަތް އިނގިލި ފައުޒާންއާއި ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ. “މިހެން ދިއައިމަ އަވަހަށް ގެއަށް ދެވޭނީ. އާދޭ.” ހިބާހިގަން ފަށަމުން ޖެހިގެން އޮތް ބޮޑުމަގަކަށް އަޅަމުން ބުނެލިއެވެ.

ފައުޒާން ހުރީ ހައިރާންވެފައެވެ. މީ ކޮންކަހަލަ އަންހެން ކުއްޖެއްހެއްޔެވެ. މިކަހަލަ އަންހެން ކުއްޖަކާ މީގެކުރިން ފައުޒާންއާ ދިމާވެފައެއް ނެތެވެ. ރީތި ހުސްކޮށްގެން ހުރި އަންހެން ކުއްޖަކަށްވިއަސް އުޅުމުގައި ފިރިހެނުންގެ ހިތްދަމައިގަންނަ ގޮތެއް ނެތެވެ. ލަދުވެތިކަމާ ތުއިކަމެއް އެއްގޮތަކަށްވެސް ނެތެވެ.

މަގުގެ ދެފަރާތުގައި ގަސްތައް ހައްދާފައިވުމުން އެމަގުގެ ބޮޑުބަޔަށް އޮތީ ހިޔާއެޅިފައެވެ. އެހެންކަމުން ފިނިކޮށްލަން އެމަގުގެ ގޭގޭގެ ދޮރުމަތީ ޖޯލީގައި މަދު މަދުން މީހުން ނިކުމެ ތިއްބެވެ. ބައެއް ޒުވާން އަންހެންކުދިން ހަސަދަވެރި ގޮތަކަށް ފައުޒާންއާއި ހިބާއާއި ދިމާއަށް ބަލަމުން ގެންދެއެވެ.

“ވާލަ ހިބާ. ކޮން ސޮރެއް ގޮވައިގެން ތިދަނީ؟” ގެއެއްގެ ޖޯލީގައި އޮތް އަންހެން ކުއްޖަކު ގޮވާލިއެވެ. އެއަޑަށް ފައުޒާންއަށް އެދިމާއަށް ބަލައިލެވުނެވެ. ޒުވާން ފުރައިގެ އުކުއްޖާ ޖޯލީގައި އޮތީ ހިނިއައިސްފައެވެ. އަދި ތުއި ގޮތަކަށް ތެދުވެ ލަިގެން ހުރި ކުރު މަތީކޮޅު ރަގަޅުކޮށްލަމުން އަޅާފައިވާ ޝޯލްވެސް ކުޑަކޮން ރީތިކޮށްލަމުން ފަރިގޮތަކަށް ހިގާލާފައި ހިބާމެން ކައިރިއަށް އައިސްފިއެވެ. ހިބާ ތުން އަނބުރާލަމުން ހަށަން ބަނދެލިއެވެ.

ހިބާއަށްވީގޮތް ފެނިފައި އެއަންހެން ކުއްޖާއަކީ ހިބާގެ މާބޮޑު ރައްޓިއްސެއް ނޫންކަން ފައުޒާންއަށް އިނގުނެވެ.

“މީ ކޮންކުއްޖެއް ވާލަ ހިބާ؟” އެކުއްޖާ އެމީހުން ކައިރިއަށް އައިސް އަހާލިއެވެ.

“ޒީބާއަށް ކީއްތަ ކޮންމެމީހެއްވިއަސް. އެހެން ނޫނަސް ޒީބާއާ ވާހަކަ ދައްކާކަށް ޓައިމްއެއްވެސް ނެތް. ދަނީދާން.” ހިބާ އަނެއްފަރާތައް އެނބުރި ހިނގައި ގަތެވެ.

“ދެން އިންޓްރޮޑިއުސް ނުކޮށްދީ ދިޔައިމަޔޯ؟” ޒީބާ ތުއިގޮތަކަށް ބުނެލަމުން ފައުޒާންއާ ކައިރިވެލިއެވެ.

“ޒީބާއަކަށް ނޭގޭތަ؟ އަހަރެންނަކީ ހިބާގެ ބޯއި ފްރެންޑޭ. ރަށުކުއްޖަކަށް ވެހުރެ ނޭގުނީތީ ހައިރާން ވެއްޖެ.” ފައުޒާން ކުއްލިއަކަށް ހިބާގެ އަތުގައި ހިފަމުން އެ ބުނި އެއްޗަކުން ހިބާއަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. އަދި ގަބޫލު ނުކުރެވިފައިހުރެ ފައުޒާންއާއި ދިމާއަށް ބަލައިލިއެވެ.

ޒީބާވެސް ހައިރާންވެފައި އެދެމީހުނަށް ބަލަންހުރީ ގަބޫލުނުކުރެވިފައެވެ. ޒީބާގެ މޫނުމަތިން ހަސަދައިގެ ކުލަވަރެއްވެސް ފާޅުވެގެން ދިޔައެވެ.

“ހިބާ މަންމަ ކައިރީ ބުނާނަން. ޔަގީން ހިބާ މަންމަ ތިކަމާ ނުލާހިކު ނުރުހޭނެ.” ޒީބާ ބުނެލިއެވެ. ޒީބާ އެހެން ބުނުމުން ހިބާ ހުރީ ކަންތައް ބޮޑުވެފައެވެ. އަނެއްކާވެސް މަންމަގެ އިލޮށިފަތީގެ ހަމަލާއެއް އަންނާނެ އެތިފަހަރެކެވެ. ހިބާ އެއްޗެއްބުނަން އަނގަ ހުޅުވަލިވަގުތު ފައުޒާން ވާހަކަ ދައްކަން ފެށިއެވެ.

“އައްދެ. ދެން މަންމައަށް އިނގޭނެނު. މިރަށަށް އެވަރަކުން މިއައީވެސް ހިބާ މަންމައާ މީޓްކޮށްލަން ވެގެން. އެގެއިން ކައިގެން މިއަންނަނީވެސް. ކާން ބަލާވެސް ދިޔައީ މޫސަބޭ. ދެން ކީއްވެ ރުޅި އަންނަންވީ. ހިބާ މަންމައަށް އަހަރެން ވަރަށް ކަމުދެޔޭ.” ފައުޒާން ހިބާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ.

ޒީބާ ހަސަދައާއި ރުޅި އެކުލެވޭ ގޮތަކަށް އެދެމީހުނަށް ބަލަން ހުރެލާފައި އެނބުރި އަނެއްފަރާތައް ހިގައިގަތީ ކުރަންއައި ކަންތައް ކާމިޔާބު ނުވުމުންނެވެ.

ޒީބާ ތަންކޮޅަކަށް ދިޔަތަނާ ހިބާ ފައުޒާންގެ އަތް ފޮޅުވާލިއެވެ. އަދި ރުޅިވެރި ނަޒަރަކުން ފައުޒާންއަށް ބަލަން ހުއްޓެވެ. ހިތުގެ އަޑިން ފައުޒާންއަށް ޝުކުރުވެރިވާންވެސް ބޭނުން ވެއެވެ. އެއީ ޒީބާގެ ކިބައިން ސަލާމަތްކޮށްދިނީމައެވެ.

“ކިހިނެއްވީތަ؟ ޝުކުރިއްޔާއޭ ބުނަން ނުކެރިގެންތަ ތި އުޅެނީ؟” ފައުޒާން ހެވިފަ ހުރެ ހިބާއާއި ދިމާއަށް ބުނެލިއެވެ.

“ކީއްކުރާކަށްތަ ތީ މަގޭ ބޯއި ފްރެންޑޭ ތިބުނީކީ؟ އަހަރެންގެ ހުރެޔޭ ބޯއި ފްރެންޑެއް. އޭނަ އަނެއްކާގޮސް މަންމަ ކައިރީ އެވާހަކަ ބުނާނީވެސް.” ހިބާ ލޯއަޅާލަމުން ވާހަކަދައްކަމުން ދިޔައެވެ.

” އޭނަ އަކަށް ނުކެރޭނެ ހިބާ މަންމަ ކައިރީ ބުނާކަށް.” ފައުޒާން އަނެއްކާވެސް ހިބާގެ އަތުގަ ހިފިއެވެ. “ހިބާގެ ބޯއި ފްރެންޑެއް ހުއްޓެއްކަމަކު އަހަރެން ވެސް ބޯއި ފްރެންޑަކަށް ހެދިދާނެނު.” ފައުޒާން ބުނެލިއެވެ.

“ތީ ފައުޒާންމެން އުޅޭގޮތް. އަހަރުމެން އުޅެގޮތެއްނޫން.” ހިބާ ފައުޒާންގެ އަތް ދެވަނަ ފަހަރަށް ފޮޅުވާލިއެވެ. “އަހަރެން އަހަރެންގެ ބޯއިފްރެންޑް ދެކެ ނުލާހިކު ލޯބިވޭ. އަދި އޭނަވެސް އަހަރެން ދެކެ ލޯބިވޭ. އެކަމުގެ ހެއްކެއްގެ ގޮތުން އަތުގަ އަޅާފަ މިއޮތް އަނގޮށްޓިންވެސް އިނގޭނެ.” ހިބާގެ ވައަތުގެ ކަށި އިނގިލީގައިވާ ރިހި އައި އަކުރެއް ޖަހާފައިވާ ރަން އަންގޮއްޓި ދައްކާލަމުން ހިބާ ބުނެލިއެވެ. އެވަގުތު ފައުޒާންގެ ފޯނު ރިންގުވާއަޑު އިވެން ފެށިއެވެ. ފައުޒާން ފޯނުނަގާ ބަލައިލިއިރު ގުޅަނީ ނަދުވާއެވެ.

“ހެލޯ!” ފައުޒާން ފޯނަށް ޖަވާބުދެމުން ހިބާއަށް ފުރަގަސް ދިނެވެ.

“މިއުޅެނީ ރަށުތެރެ ބަލައިލަން ނުކުމެ. ހަތަރެއް ޖަހާއިރު ފެށޭނެ. އެހެންވީމަ ދެން އިރުކޮޅަކުން ތައްޔާރުވާން ދާން މިއުޅެނީ.” ފައުޒާން ބުނާއަޑު ހިބާއަށް އިވުނެވެ.

“ޔާ، ސީޔޫ ސޫން. މިސްޔޫ ޓޫ.” ފައުޒާން ބުންޏެވެ. ހިބާ ފައުޒާންގެ ކުރިމައްޗައް އެރިއެވެ.

“އައި ލަވް ޔޫ.” ފައުޒާންއަށް އެވަގުތު އެހެން ބުނެވުނީ ހިބާއާއި ދިމާއަށް ބަލަން ހުރެއެވެ. ހިބާއަށް ހީވީ ހިބާގެ މުޅިގައިން ހީބިހި ނެގިހެނެވެ. ހައިރާން ކަމެއް ލިބިފައި ހުރެގެން ފައުޒާންއާއި ދިމާއަށް ރަގަޅަށް ބަލައިލެވުނެވެ. ހާދަ ރީއްޗެވެ. އެހާރީތި ޒުވާން ފިރިހެނުންވެސް ދުނިޔޭގައި ތިބޭހެއްޔެވެ. ކުރިން އެލޮލާ އެ ހަށިގަނޑުގެ ރީތިކަން ނުފެނުނީ ކީއްވެ ހެއްޔެވެ؟ އައި ލަވަ ޔޫ ބުނެލިގޮތްވެސް އެހާމެ ހިތްގަިމެވެ. ހާދަ ރޮމެންޓިކެވެ. ހިބާ ހިތައް އަރަމުން ދިޔައެވެ.

ފައުޒާން ފޯނު ކަޑާލާފައި ޖީބަށް ފޯނުލަމުން ހިބާއަށް ބަލައިލިއެވެ. އޭރުވެސް ހިބާ ހުރީ ހިޔާލެއްގައެވެ. ފައުޒާން ހިބާގެ މޫނާދިމާލުގައި ފުއްޓަތްކެއް ޖެހުމުން ހިބާ ސިހުނެވެ.

“ވާލަ ހިބާ، ކިހިނެއްވެފަ ތިހިރީ؟ ލޯބިވާ ސޮރުމަތިން ހަދާން ވެފަދޯ ތިހުންނަނީ؟” ފައުޒާން ބުނެލިއެވެ. ހިބާއާއި ސަމާސާ ކޮށްލުމުން ފައުޒާންއަށް އުފާވެރިކަމުގެ އިހުސާސެއްވަނީ ކީއްވެކަމެއް ފައުޒާންއަކަށް ނޭގެއެވެ.

ހިބާ ލޯއަޅާލަމުން ފައުޒާންއަށް ބަލައިލިއެވެ. އަދި ތުންއަނބުރާލިއެވެ.

“އިނގޭތަ ރަތްފިނިފެންމާގެ؟ ހިނގާބަލަ އެގެއާ ހަމައަށް ލައިދޭން. މިހާރު ދާންޖެހިއްޖެޔޭ.” ފައުޒާން ހިބާއާއި ދިމާއަށް ބުންޏެވެ. ފައުޒާންއަށް އެރަށުގެ މަގުތަށް އަދި ދަހެއް ނުވެއެވެ. އެހެން ކަމުން ފައުޒާންއަކަށް އެތާހުރެފަ އެމީހުން އުޅޭ ގެއަށް ދާކަށް ނޭގެއެވެ.

“ކުރިމަތީ ތިއޮތް މަގުން ހިގަމުންގޮސް މޫނުޖެހޭނީ ރަތްފިނިފެންމާގޭ ޖޭމުގަހުގައި. ދެން ހަމަ ވަންނަންވީ ޖޭމުގަސް ކައިރީ ހުރި ދޮރުން.” ހިބާ ބުންޏެވެ.

ތެދެކެވެ. އެގޭ ދޮރުމަތީ ކުޑަކޮން އެއްކައިރީ ބޮޑު ޖޭމުގަހެއް ހުރެއެވެ. އެއީ އެގެ ފާހަގަކުރަން ވަރަށް ރަގަޅު ގަހެކެވެ.

“މީހުން ވާލަ ހިބާއޭ ކިޔަނީ އެކަހަލަ ޖޭމުގަސް ގަހުން ވާލެއްހެން ހިބާ އުޅޭތީ ދޯ. ސަޅި އަދި އެހާމެ ގުޅޭ ނަމެކޭ އެއީދޯ.” ފައުޒާން ދަމުންވެސް ދިޔައީ ހިބާއާ ސަމާސާކޮށްލާފައެވެ. ހިބާހުރީ ރުޅިއައިސްގެން ފަޅައިގެންދާން ކައިރިވެފައެވެ. ހިބާއާއި ދިމާއަށް ވާލަ ހިބާ ކިއުމަކީ އެއްގޮތަކަށްވެސް ހިބާ ގަބޫލު ކަމެއްނޫނެވެ. އަދި އެހެން ކިޔާ މީހުންދެކެ ހިބާ އެހާ ރުޅިވެސް އާދެއެވެ.

ފައުޒާންގޮސް އެމަގުން އޮބާލަންދެން ހިބާ ބަލަން ހުއްޓެއްވެ. ހިގާފަދާއިރު ވަރަށްވެސް ސްމާރޓެވެ. ދެފަރާތައް ކޮނޑު އެއްލަމުން އެއްޖީބަށް ބައެއްފަހަރު އަތްޖަހާލައިގެން ހުރެ އާދައިގެ ވަރަކަށް ހިގާލާފައި ފައުޒާން ދެއެވެ. މަގުން ލަބާލަމުން ފަސްއެނބުރި ފައުޒާން ބަލައިލިއެވެ. އަދި ހިބާއަށް ހަނާ އަޅާލިއެވެ. ހިނިއައިސްފައި ހުރެއެވެ. ހިބާއަށް އަތްނެގުނީ ބޭ އިހުތިޔާރުގައެވެ. ފައުޒާންއަށް ޖަވާބުދޭށެވެ. ނަމަވެސް ފައުޒާން ދިއުމާއިއެކު ފައުޒާންއަށް ހަނާއެޅުމަށް ހިބާ ނެގިއަތަށް އަމިއްލައަށް ބަލައިލެވުނެވެ. އެއަތްނެގުނީތީ އެކަމާ ހިބާ ފޫހިވެއްޖެއެވެ. އެހެންކަމުން އަމިއްލަ ނަފަސަށް ކުދިކިޔަމުން ގެއާދިމާއަށް ހިގައިގަތެވެ.

ނަދީމާ އުޅެނީ އޭނަގެ ފިރިހެން ދަރިފުޅަށް ރޭގަނޑު ކާން ދިނުމުގެ ކަންތަކުގައެވެ. އޭރުވެސް ނަދީމާއަށް ގަޑި ބަލައިލެވެނީ ނަދުވާ ނައިސްގެންނެވެ. ނަދުވާ ހެދުނު އޮފީހަށް ދިޔަގޮތަށް އަދިވެސް ނާދެއެވެ. މިހާރު އަށެއް ޖަހާ ބޮޑުވީއެވެ. ނަދުވާއަށް ގުޅުމުން ފޯނަކަށް ޖަވާބު ދެނީކީއެއްވެސް ނޫނެވެ. ނަދީމާއަށް މިހާރުވަނީ އެއްކަމެއް ފާހަގަ ކުރެވިފައެވެ. އެއީ ނަދުވާ  މާގިނައިން ގެއިން ބޭރުގައި އުޅޭކަމެވެ. އެކަން އެހެން ވަނީ ކީއްވެކަން މިހާރު ނަދީމާ އޮޅުންފިލުވަން ބޭނުން ވެއްޖެއެވެ. ނަދީމާ ހުންނަނީ ނަދުވާ ފައުޒާންއާ ގުޅުމުން އެކަމާ ނުހަނު ހިތްހަމަ ޖެހިފައެވެ.

“މަންމާ. ނަވާއަކަށް ދެން ނުކެވޭނެ. ނަވާ ހޮޑުލަވަނީ.” ނުވައަހަރުގެ ނަވާލް އިނދެފައި ބުންޏެވެ. ނަވާލްއަކީ ނަދުވާއަށްފަހު ކުއްޖަކު ނުލިބިގެން ބޭސްކޮށްގެން އެތައް އަހަރެއްވީފަހުން ނަދީމާއަށް ލިބުނު ކުއްޖާއެވެ. އެއީ ނަދީމާއާއި ސައީދުގެ ދެލޮލުގެ ނޫރެވެ. ނަދުވާ ދެކެވެސް އެދެމަފިރިން އިންތިހާއަށް ލޯބިވެއެވެ.

“ދަރިފުޅާ. ހާދަ މަދުންނޭ މިރޭ ތި ކެއީ. މިހާރަކަށް އައިސް ދަރިފުޅު ކަނީ މާ މަދުން. ދެން ބަލިވާނީ އިނގޭ. އޭރުން މަންމަ ކިހާދެރަވާނެ.” ނަދީމާ ނަވާލްއަށް ވިސްނައިދިނުމުގެ ގޮތުން ބުންޏެވެ.

އެވަގުތު ގެއަށްވަންނަ ދޮރު ހުޅުވިގެން ދިއައެވެ. ނަދީމާއާއި ނަވާލް އެދިމާއަށް ބަލައިލިއެވެ. ނަދުވާ އައިސް ފައިވާން ހަރުގަނޑުގައި ބަހަށްޓާފައި މޭޒުކައިރިއަށް އައެވެ.

“ނަދޫ. ދަރިފުޅު ފޯނަށް ކިހިނެއްވެފަތަ؟ މަންމަ މިހާރު ކަންތައް ބޮޑުވެގެން ގުޅާގުޅާ ކޮން އިރެއް.” ނަދުވާއާއި ދިމާއަށް ނަދީމާ ބުންޏެވެ.

“މަންމާ. ނަދޫގެ ފޯނު ޗާޖް ދިޔައީއޭ. މިއަދު އޮފީސް ނިމުނީ ވަރަށް ލަހުން. ދެން ގެއަށް އައިސްފަ ފޫހިވާނެތީ ރައްޓެހި ކުއްޖެއްގެ ގެއަށް ނަދޫ ދިޔައީ. މި ހުރިހާއިރު ނަދޫ އިނީ އެގޭގަ. ނަދޫ މިއައީ ކައިގެން. މިރޭދެން ނުކާނަން.” ނަދުވާ ބުންޏެވެ. ގޮނޑީގައި ބަތްނުކާން ބޮޑާހާކައިފައި އިން ނަވާލްގެ ކޮލުގައި ނަދުވާ ހިފާލިއެވެ.

“ދޮންތިގެ ނަވާ މީނީ ކިހިނެއްވެފަ؟ ނަވާ ބަނޑު ފުރުނީތަ؟” ނަދުވާ ނަވާލްއަށް ބަލައިލާފަ ނަދީމާއަށް ބަލައިލިއެވެ.

“ނޭގެ. މިހާރަކަށް އައިސް ނަވާ ރަގަޅަށް ނުކައި. މަންމައަށް ހީވަނީ ޑޮކްޓަރަކަށް ދައްކަން ވީހެން. ހަފީ ކައިރީ އަހާލާފަ ދެން ދައްކާނީ.” ނަދީމާ ބުންޏެވެ. ނަދީމާ ހުރީ ކަންބޮޑުވެފައިކަން މޫނުމަތިން އިނގެއެވެ.

“މަންމަ މާބޮޑަށް ތި ހާސްވަނީ. ނަވާކޮއްކޮ ހަމަ މިރޭ ކާން ބޭނުން ނުވީކަމަށް އެވާނީ. ދެން ނަވާ ނިދަން ފޮނުވާ.” ނަދުވާ ބުންޏެވެ. ނަދުވާވެސް ނަވާދެކެވާ ލޯބި ނަދީމާއަށް ތަސައްރަވު ކުރެވެއެވެ.

ފައްވާޒު ކައިގެން ތަށިގެންގޮސް ސިންކަށްލިއެވެ. އަދި އަތްދޮވެލައިގެން އައިސް އިށީނީ ޓީވީ ބަލާށެވެ.

“ވާޒް! ދަރިފުޅާ، ކައިގެންތަ ތީނީ؟” ހަފީޒާ ކޮޓަރިން ނިކުތްއިރު ފައްވާޒް ޓީވީ ބަލަން އިންތަން ފެނުމުން އަހާލިއެވެ.

“އާން މަންމާ. ޒާން ގުޅިތަ؟ ކޮން އިރަކުންތަ ޒާން އަންނަނީ؟” ފައްވާޒް އަހާލިއެވެ.

“ޒާން ގުޅި. މޫމިނާމެން ވަރަށް ހެޔޮވާހަކަ ބުނި. މިރޭވެސް އެގެއަށް ކާންދާން ބުންޏޯ. އެކަމު މިރޭ އެމީހުންގެ ކޮންމެސް ސާރއެއް ކެއުން ދޭތީ ނުދެވޭނެކަމަށް ބުނީމޯ.” ހަފީޒާ އައިސް ފައްވާޒް ކައިރީ އިށީނެވެ. “ޒާން އަންނާނެ މާދަމާރޭ.”

“މަންމާ. ޒާން އައިމަ މިއުޅެނީ މިގެއަށް ރިފާ ގެންނަން ވެގެން. ރަގަޅު ކެއުމެއް ހަދަންވާނެ ނަދޫގެނެސްގެން.” ފައްވާޒް ބުންޏެވެ. ހަފީޒާ ހިނިތުން ވެލަމުން ބޯޖަހާލިއެވެ.

ހަފީޒާއަށް އަދިއެއް އެބުނާ ރިފާއެއް ނުފެނެއެވެ. އެއީ ފައްވާޒް ހަޔާތުގެ ބައިވެރިއަކަށް ހޮވައިގެންއުޅޭ ކުއްޖެކެވެ. އެއީ ކިހިނެއް ހުންނަ ކުއްޖެއް ކަމެއްވެސް އަދި ހަފިޒާއަކަށް ނޭގެއެވެ. އެހެންކަމުން ހަފީޒާވެސް ހުންނަނީ ރިފާ ދެކިލާހިތުންނެވެ.

“ރިފާގެ މައިންބަފައިންވެސް ގެންނަން ވާނެނު.” ހަފީޒާ ބުންޏެވެ.

“މަންމާ. ރިފާއަކީ ވަރަށް ނިކަމެތި ޔަތީމު ކުއްޖެއް. ރިފާކުޑައިރު ރިފާގެ މަންމައާއި ބައްޕަވަނީ މިދުނިޔެ ދޫކޮށްފަ. ރިފާ ބެލީ ރިފާގެ ބޮޑުދައިތައެއް. އިހަކަށްދުވަހު ބޮޑުދައިތަވެސް ބަލިވެއުޅެފަ ދުނިޔެ ދޫކޮށްފި. ބޮޑުދައިތަގެ ކުދިން ރިފާއާއި ދޭތެރޭ އެހާ ރަގަޅެއްނޫން. އެހެންވެ އަވަހަށް އިނަންވެސް މިއުޅެނީ. ރިފާ މިހާރު އުޅެނީ ވަރަށް ހާލުގަ.” ފައްވާޒް ބުންޏެވެ.

“އާން ތިހެންވިއްޔާ ލަސްކުރާނެ ކަމެއްނެތް.” ހަފީޒާ ބުންޏެވެ.

“ބައްޕަ އައިމަ ދެން އެކަމާ އުޅެންވީ. ޒާން އައިމަ އަހަރެން ދާނަން ރިފާމެންގެ ރަށަށް. ރިފާގެ ރަށުގަ ހުރެޔޯ މުސްކުޅި ބޮޑުބޭބެއެއް. އެބޭބެ އަތުން ވަލީހޯދަންޖެހޭނެނު. އެހެންވެ ޒާން ކައިރީބުނީ އަވަހަށް އަންނާށޭވެސް.” ފައްވާޒް ބުންޏެވެ.

އެރޭ ނިދަން އޮވެގެން ފައުޒާންއަށް ހިބާއާއި ދޭތެރޭ ވިސްނުނެވެ. ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ. ހިބާގެ އެހުންނަ ގޮތަކީ އެހެން އަންހެން ކުދިންގެ ހުންނަގޮތެއް ނޫނެވެ. ރުޅިއައިސްފަ ހުންނަގޮތުންވެސް އިތުރަށް ރުޅިއަރުވާލަން ބޭނުންވާފަދަގޮތެއް ވަނީ ކީއްވެހެއްޔެވެ. ރުޅިއަރުވާލެވުނީމައި މަޖާވަނީ ކީއްވެ ހެއްޔެވެ. ނަދުވާ މެސެޖު ކުރަންފެށީ ފައުޒާން ހިބާގެ ހިޔާލުގައި އޮއްވައެވެ.

ނަދުވާއަށް މެސެޖުކުރަން އޮއްވާ ފައުޒާންއަށް ނިދުނު އިރެއްވެސް ނޭގެއެވެ. ހޭލެވުނީ އިރުއަރައިގެން އައިވަގުތުއެވެ. އޭރު ކޮޓަރީގައި ކަރީމްއާއި ސުނާދު ހޭލާ އުޅެއެވެ. އެމީހުން ތައްޔާރުވަނީ ސަޔަށްދާށެވެ. ފައުޒާންވެސް ތެދުވެ ތައްޔާރުވެލީ އެމީހުނާއެކު ސަޔަށްދާށެވެ.

މުޅި އެރަށުގައިވެސް ހުންނަނީ އެންމެ ހޮޓަލެކެވެ. އެތަނަށްދާން ތިންމީހުން ހިގަމުންދިޔައިރު ފައުޒާންގެ ލޮލުގައި އަޅައިގަތީ ކޯޗެއްކަމެއް ނޭގެއެވެ. ކުއްލިއަކަށް ހުއްޓިއްޖެއެވެ.

“ކިހިނެއްވީ؟ ތި ހުއްޓުނީ ކީއްވެ؟” ކަރީމްވެސް ހުއްޓެމުން ފައުޒާން ކައިރީ އަހާލިއެވެ.

ފައުޒާން އިށާރާތުން ދައްކާލީ ގޯއްޗެއްގެތެރޭގައި ކޮރާކުޅެމުންދިޔަ ކުދިބައެކެވެ. އެތާ ކުޅެންއުޅެނީ ހުސް ކުޑަކުދިންނެވެ. ނަމަވެސް ބޮޑު އަންހެން ކުއްޖެއްވެސް އެތާ އެކުދިންނާއެކު ކޮރާކުޅެމުންދާތަން ފެނިފައި ކަރީމްވެސް ހުރީ ހައިރާން ވެފައެވެ. މިޒަމާނަށް ބަލާއިރު އެގޮތަށް އުޅޭ އެއުމުރުގެ ކުއްޖެއް ނުފެންނާނެއެވެ. އެގޮތަށް ކުޑަކުއްޖެއްހެން އެއުޅެނީ ކޮންމެސް ކަހަލަ ސިކުޑީގެ އުނިކަމެއް ހުންނާތީހެން ކަރީމަށް ހީވިއެވެ.

“އެގޮތަށް އުޅޭ އަންހެން މަންޖެއެއް ދުވަހަކުވެސް ދެކުނިންތަ؟” ފައުޒާން ކަރީމްއާއި ސުނާދުއާ ދިމާއަށް ބަލައިލަމުން އަހާލިއެވެ.

“އާން. ފިލްމުތަކުން ފެނޭ. އެއީ މޮޔަކުއްޖެއްތަ؟ އެވަރު ކުދިން މިޒަމާނުގަ ވަރަށް ނޫޅޭނެ އެހެންދޯ. މިރަށުންވެސް ނުފެނޭނު އެކުއްޖާ ފިޔަވާ އެގޮތަށް އުޅޭ ކުއްޖެއް. ފޯނު، ކޮމްޕިއުޓަރ ޒަމާނުގަ އެމަންޖެ އެއުޅެނީ ކޮރާކުޅެން. ސިކުނޑި ޅަކުއްޖަކީ ކަންނޭގެ.” ކަރީމް ބުންޏެވެ.

“ނޫނޭ. ގައިމުވެސް މޮޔަކުއްޖެއްނޫން އެއީ. އެކަމަކު ވެދާނެ ސިކުނޑި ޅައީކަމަށް.” ފައުޒާން ހިގައިގަންނަމުން ބުންޏެވެ.

“ޒާން ދަންނަ ކުއްޖެއްތައެއީ. އެކުއްޖާއަށް ކިތައް އަހަރު؟” ކަރީމް އަހާލިއެވެ. ބަލާބެލުމަށް ހިވަނީ ސާދަ ފަނަރަ އަހަރުގެ ކުއްޖެއް ހެނެވެ.

“ސަތާރަ އަހަރު. އަހަރުމެންގެ އަޒްކާވަރުވަނީ. އެކަމު ހީވަނީ އަޒްކާއަށްވުރެންވެސް ކުޑަހެން ދޯ.” ޒާން ކަރީމްއަށް ބަލައިލަމުން ބުންޏެވެ. ކަރީމް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

އެދުވަހު މެންދުރުވެސް މޫސަބޭ ކާން ބަލާއައެވެ. މިއަދު ކަރީމްއާއި ސުނާދުވެސް ގޮވައިގެން ދިއުމަށް މޫސަބޭ ބުންޏެވެ. އެހެންކަމުން ފައުޒާން ދިޔައީ އެދެމީހުން ގޮވައިގެނެވެ. މޫމިނާތަ މެންގެއާ އަރާހަމަވިއިރު ގޭތެރެއިން ދެމީހަކު ވާހަކަދައްކާއަޑު އިވުނެވެ. ފައުޒާންއަށް މަޑުކޮށްލެވުނީ ފައުޒާންގެ ނަން ބުނުމުންނެވެ.

51
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 1 ވަނަ ބައި

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 1 ވަނަ ބައި

Next
April 2, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 1 ވަނަ ބައި

Previews
April 1, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 1 ވަނަ ބައި

4 Comments

  1. Aisha says:
    April 2, 2016 at 1:12 am

    Maadhamaa vx dhe part kiyaalan libeyne kamah hykuran… Vaahaka v reethi

  2. princess says:
    April 2, 2016 at 6:25 pm

    Vrh rythi vaahaka eh mi……???..nd this ia one of my fav story

  3. Faxoo says:
    April 22, 2016 at 10:34 am

    varah salhi mibai ves 😀 😉 dhen oi bayah ves comment eh kollaanan InShaAllah <3

  4. Rafa says:
    July 16, 2016 at 3:13 pm

    I really like like this story..next bai kon irakun baa nikunnaany??

Comments are closed.

All Right Reserved!